Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބުނެދޭށޭ ރުހެމޭ 21

Saraa Level 910 Stories100 Comments100 Login500 Comments500 Login
April 26, 2019 5 Mins Read
23 Comments

“ރިދް… އައިމް ސޮރީ…” ހައިޒަލްގެ ޖުމްލައާއިއެކު ރިދާ އިސްއުފުލާ ބަލާލިތަނާ ހައިޒަލް ރިދާގެ އަތުގައި ހިފާ އޭނައާއި ގާތަށް ދަމާލިގޮތުން ރިދާ ހައިޒަލް މޭގައި ލައްވިއިރު ސިހިފައި ކަހަލަގޮތަކަށް ހައިޒަލްގެ މޫނަށް ބަލާލީއެވެ. އެެއާއިއެކު ހައިޒަލް ރިދާގެ މޫނަށް ބަލާލަމުން ރިދާގެ ތުނި އުނަގަނޑުގައި އަތްއަޅުވާލިއެވެ. އޭރު މަޑުހިނގުމެއްގައި ނައިނާ އައިސް އެ ހިސާބާއި އަރާހަމަވީއެވެ. ފެނުނު މަންޒަރުން ނައިނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައިރު އެ އެ ލޮލުން ފެނުނީ ހިތްހަލާކޮށްލާފަދަ ވޭނީ އަސަރުތަކެވެ.

“ބޭބީ… ޔޫ ލުކް ޕާރފެކްޓް ޓުނައިޓް… ރަތްކުލަ ރިދްއާ ވަރަށް ގުޅޭ… މައި ރޯޒީ ކުއީން…” ހައިޒަލް ރިދާގެ މޫނަށް ނަޒަރު ހުއްޓައިލައިގެން ހުރެ އެއްއަތުން މޫނުމައްޗަށް ފައިބައިފައިވާ ބުޅި އިސްތަށިކޮޅުތައް ރިދާ ކަންފަތްދޮށަށް ލައްވާލަދިނެވެ. ރިދާ ދެލޯބޮޑުކޮށްލައިގެން ހައިޒަލްގެ މޫނަށް ހައިރާންކަމާއިއެކު ބަލަހައްޓައިގެން ހުރީ ހައިޒަލް އެގޮތަށް ކަންތައްކުރަންޖެހޭ ސަބަބެއް ނަގައިނުގަނެވިފައެވެ. އޭރު ނައިނާ ހުއްޓުން އަރާފައި ހައިޒަލްގެ މޫނަށް ބަލަހައްޓައިގެން ހުރިއިރު ހައިޒަލް ހުރީ ނޭނގޭކަމަށް ހަދައިލައިގެންނެވެ.

ނައިނާ މަޑުމަޑުން ފަހަތަށް ޖެހެންފެށިއިރު ދެލޯ މަރާލާ ބާރުކޮށްލީ އެ ގާތްކަން ދެކެން ހިތަށް ކެތްނުވެގެންނެވެ. އެ މަންޒަރު ފެނި ހިތަށް ލިބުނު ޒަހަމްތަކުގެ ލޭތައް ހިތުން އޮހުރުނުއިރު ލޮލުން ކަރުނައިގެ ސިފައިގައި އެ ލޭތައް ފައިބައިގަތީ ހިތަށް ކުރި އަސަރަކުންނެވެ. އަނިޔާވެރި ލޯބިވެރިއެއްކަން ހައިޒަލް ކިތަންމެ ފަހަރަކު ކިތަންމެ ގޮތަކަށް ސާބިތުކޮށްދިން ނަމަވެސް ހައިޒަލް އެ ހިތް މިލްކުކޮށްފައިވަނީ ނައިނާއަށް ދުރަށް ނުދެވޭހާ ބޮޑަށެވެ. ހައިޒަލް ދޭ ޒަހަމްތަކާއި ރިހުމާއިއެކުވެސް ދުވަހުން ދުވަހަށް ލޯބި އިތުރުވަމުން އަންނަނީއެވެ. ހުރިހާ އުނިސިފަތަކާއިއެކު އަނިޔާވެރިކަމާއިއެކުވެސް އެ ލޯތްބަށް ފަނޑުކަމެއް އައީކީނޫނެވެ. ދުވަހަކަށް ވުރެ ދުވަހެއް ބޮޑަށް ހައިޒަލް އެހިތަށް ވެރިވަމުން އަންނަނީ އެ ހިތް މާޔޫސްކުރަމުންނެވެ. އެ ލޯތްބާއި ދުރަށްދާން ކުރާ މަސައްކަތް ބޭކާރުކުރަމުންނެވެ.

ވީއިރު އޭނާގެ ތެދުވެރި ލޯބީގެ ބަދަލުގައި ހިތަށް އަނިޔާދޭން ހައިޒަލް ބޭނުންވަނީ ކީއްވެގެންހެއްޔެވެ؟ އޭނަ ހައިޒަލްއަށް ދިން ހިތް މުށުގެ ތެރެއަށްލާ ފިސްކޮށްލުމަށްފަހު ފިސްފިސްވެފައި ހިތުގެ އެތިކޮޅުތަށް އިތުރަށް ފިސްކުރަން ހައިޒަލް ބޭނުންވަނީ ކީއްވެގެންހެއްޔެވެ؟ އޭނަ މިވާ ލޯބީގެ އެއްވެސް އަގެއް ހައިޒަލް ކުރިމަތީ ނެތީ ހެއްޔެވެ؟

ނައިނާގެ ހިތަށްކުރި އަސަރާއިއެކު އެ މަންޒަރުދެކެން ކެތްނުވެގެން ފަސްދިންއިރު ބާރު ފިޔަވަޅުތަކެއްގައި ދުރަށް ހިނގައިގަތީއެވެ. އޭރު އެ ރީތި ލޮލުގެ ތެރެއިން ބޮޑިވަމުންދިޔަ ކަރުނަތައް ހުއްޓުވަން ނައިނާ ކުރަމުންދިޔަ ބޭކާރު މަސައްކަތާއިއެކުވެސް ލޯ ފުރިގެންދިޔަ ކަރުނަތައް ހައިޒަލްއަކަށް ސިއްރެއްނުވިއެވެ. އެ ކަރުނަތައް ދެކެން ކެތްނުވެގެން ހައިޒަލް ތުންފަތުގައި ދަތްއަޅާލިއިރު އެލޮލުން ރިހުމެއް ފެނިލިއެވެ. ނައިނާ ރޮއްވައިގެން އެ ހިތަށް އަނިޔާދޭކަށް ހައިޒަލް ނޭނދެއެވެ. ނަމަވެސް ނައިނާގެ ހިތުގައި އޭނައާއިމެދު ނަފްރަތު އުފައްދައިގެންވިޔަސް އެ ހިތުގައި އޭނަގެ މައްޗަށް ޖަހަމުންދާ ވިންދުތައް ކަނޑުވާލަން އޭނަ ބޭނުންވެއެވެ. އެހެންނޫނީ ނައިނާގެ ހިތަށް ދުވަހަކު ހަމަޖެހުމެއް ނުލިބޭނެއެވެ.

*********************

އުޑުމަތީ ކަފަވިލާގެ އަސަރެއްވެސް ނެތްއިރު ނޫ އުޑު ވިދަމުންދިޔައީ ފީރޯޒްކޮޅެއްފަދައިންނެވެ. މެންދުރުގެ ހޫނުކަމާއި ޖައްވުގައި ހިފާފައިވާ ހޫނުކަން ކުޑަކޮށްދެނީ ދޭތެރެއަކުން ޖެހިލާ ލުއި ވައި ރޯޅިންތަކުންނެވެ. ހައިޒަލް ކޯރިޑޯގެ ފުޅާ ކުޑަދޮރު ހުރިއިރު ވައިގެ ހަމަލާތަކަށް ކެތްނުވެގެން ކަނދުރާއާއި ހަމަޔަށް ދިގުކޮށްލެވިފައި ފަން އިސްތަށިކޮޅު ވިހުރެމުންދިޔައެވެ. އެއްއަތް ކުޑަދޮރުގައި ވިއްދާލެވިފައިވީ ގޮތުން ވަރުގަދަ މުލައްދަޑީގެ ރީތިކަންވީ ހާމައަށެވެ. އިރުގެ އަލި އެ މޫނާއި ކުޅެމުންދިޔައިރު އެ ތޫނުލޮލަށް ވެރިކޮށްލައިފައިވާ ވިދުން އަޖައިބެއްހާ ނަލައެވެ. ޖަވާހިރުކޮޅެއްފަދައިން ވިދަމުންދިޔަ ލޮލުގައިވާ ރިހުމުން އެ ރީތި ލޮލުގެ އަސަރުތައް ދެގުނަކުރުވައިފައި ވެއެވެ.

ފާރަށް ލެގިލައިގެން ހުރިއިރު ހައިޒަލްގެ ނަޒަރު ހުއްޓިފައިވީ ކޯރިޑޯއިން ނިކުމެވެން އިން ބެލްކަނީގައި ހުރި ނައިނާއަށެވެ. ރެއިލިންގައި އަތްއަޅުވާލައިގެން ނައިނާ ހުރިއިރު މޫނުމަތީ ދެމެމުންދިޔަ މުތީތައް ފަދަ ކަރުނަތައް ވީ ހާމަައަށެވެ. ރުއިމުގެ އަޑު ބޭރުވިޔަނުދޭން އަނގަމަތީ އަތްއަޅާލައިގެންހުރިއިރު ހުއްޓުމެއްނެތި ކޯތާފަތްމަތީ ދެމެމުންދިޔަ ކަރުނަތަކުން ކޯތާފަތް ތެމެމުންދިޔަތަން ފެނި ހައިޒަލްގެ ހިތަށްވެސް ބާރުވެގެންދިޔަ ފަދަ އިހުސާސްއެއްކުރެވުނެވެ. ރަތްވެފައިވާ ދެލޮލާއި ތެމިފައިވާ އެސްފިޔަތަކުން ނައިނާ ކުރާ ހިތާމަތައްވީ ހާމައަށެވެ. އެ ލޮލުގައިވީ ވޭނީ ރިހުމާއި ހުސްކަންފެނި ހައިޒަލްއަށް އަމިއްލަ ނަފްސުކުށްވެރިކުރެވުނީ އިންތިހާއަށެވެ. އޭނަގެ ސަބަބުން ނައިނާ ކަރުނަ އޮހޮރުވުން އޭނަ ކެތްނުވާފަދަ ހިތާމައަކަށްވެގެންގޮސްފައިވެއެވެ. އޭނަގެ މާޒީގައި ހިފަހައްޓައިގެން ނައިނާގެ މައުސޫމް ހިތަށް އަނިޔާދިނުމަކީ އޭނައަށް ކުރެވޭ މޮޔަކަމެއް ނޫންބާވައެވެ؟

*********************************

ބްލޫސްގެ ތިންވަނަ ފަންގިފިލާއަކީ ކުރީގައި ބްލޫސްގެ ޑޮކިއުމެންޓްސްތަކާއި ފައިލްތައް އަދި އެހެނިހެން މުހިންމު ލިޔެކިޔުންތައް ބެހެއްޓުމަށް ހާއްސަކުރެވިފައިވީ ބައެވެ. ބްލޫސްގެ އެހެން ފަންގިފިލާތަކާއި ހިލާފަށް އެ ފަންގިފިލާ ފެންނަނީ ފުދޭވަރަކަށް ވީރާނާކޮށެވެ. ކޮންމެވެސް ސަބަބަކާއިހުރެ އެ ބައި އާރާސްތުކުރުމަށް ކޮމްޕެނީގެ ވެރިޔާ އަލްހާން އެއްއިރެއްގައިވެސް މާބޮޑު ސަމާލުކަމެއް ދީފައެެއްނުވެއެވެ. އެބައިގެ މަސައްކަތްތައް މިހާރު އެހެން ފަންގިފިލާއަކަށް ބަދަލުކުރެވިފައިވީއިރު މިހާރު އެ ބައި ބޭނުންކުރެވެމުންދަނީ ކުންފުނީގެ ކުރީގެ ލިޔެކިޔުންތައް ރައްކާކުރާ ބައެއްގެ ގޮތުގައެވެ. އެބައިގައިވާ ބޮޑު ޑޮކިއުމެންޓް ރޫމްއާއި ޖެހިގެންވާ ގިނަ ރޫމްތައް ހުސްކޮށްވާއިރު މުވައްޒަފުންނަށް ހާއްސަކޮށްގެން ފެންވަރު ރަނގަޅުކޮށް އެއް ރޫމް ހެދިފައިވެއެވެ. އެ ފަންގިފިލާއަކީ އާންމުކޮށް މުވައްޒަފުން ބޭނުންނުކުރާ ފަންގިފިލާއަކަށްވާއިިރުވެސް ސަލާމަތީ ސަބަބުތަކަށްޓަކައި އެބައިގައި ސެކިއުރިޓީ ޑިޕާރޓްމެންޓްގެ ބައެއް މުވައްޒަފުން ހަރަކާތްތެރިވެއެވެ. މުވައްޒަފުންގެ މަދުކަމާއިއެކު ދުވާލުގެ ގިނަވަގުތު ބްލޫސް އެހެން ފަންގިފިލާތަކާއި އަޅާ ބަލާއިރު އެތަން ފެންނަނީ ފުދޭވަރަކަށް ފަޅުކޮށެވެ.

ތިންވަނަ ފަންގިފިލާއަށް ލިފްޓު ހުއްޓުމާއިއެކު ނައިނާ ނިކުމެ މެޝިންގައި ކާރޑް ޖައްސާލުމަށްފަހު ދިގު ކޯރިޑޯއިން ކުރިއަށްދާންފެށިއެވެ. ދިގު ކޯރިޑޯ ނިމޭ ހިސާބުގައިވާ ބޮޑު ލައިބްރަރީއާއި އަރާހަމަވުމާއިއެކު ނައިނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައިރު ދޮރުގައި ހަރުކުރެވިފައިވާ ތަޅުގައި ހިފާލިއެވެ. ބްލޫސްގެ އެހެން ރޫމްތަކާއި ހިލާފަށް އެ ރޫމްގެ ދޮރު ލަކުނޑިން ވާއިރު ދޮރުގައި ހަރުކުރެވިފައިވަނީ ފުދޭވަރަކަށް ބޮޑު ތަޅެކެވެ. ނައިނާ ޖީބުން ނެގި ތަޅުދަނޑިން ދޮރުހުޅުވާލުމަށްފަހު އެތެރެއަށް ފިޔަވަޅުތައް އަޅަންފެށިއެވެ.

ލައިބްރަރީ ފުދޭވަރަކަށް ބޮޑުއިރު ވަށައިގެންވަނީ ފޮތް ހަރުގަނޑުތައް ބަހައްޓާލެވިފައެވެ. އެއްފަރާތެއްގައި ބަހައްޓާލެވިފައިވާ ބޮޑު ލަކުނޑި މޭޒުމަތީގައިވެސް ފައިލްތައް ބަރިބަރިއަށް ޖަހާލެވިފައިވެއެވެ.  އެތަނުގައި ބެހެއްޓިފައިވާ ފަރުނީޗަރުތަކަކީ ފުދޭވަރަކަށް ދުވަސްވެފައިވާ ފަރުނީޗަރުތަކެއްކަން ފެންނަފެނުމުންވެސް ފާހަގަކުރެވެނީ އޮފްކަން ކެނޑި ލަކުނޑީގެ ރީތިކުލަ ފަނޑުވެފައިވާ ގޮތުންނެވެ. ފަރުނީޗަރުތަކުން ކޮންމެވެސް ވަރަކަށް ހިރަފުހުގެ އަސަރު ފެންނާތީ ބަރާބަރަށް ސާފުނުކުރާތަނެއް ހީވެއެވެ.

ނައިނާ މަޑުމަޑުން ހަރުގަނޑުތަކާއި ދިމާލަށް ދިޔައިރު ވަށައިގެން ނަޒަރު ހިންގުނެވެ. އެވަގުތު ފަހަތުން ވަރަށް ބާރަށް ދޮރެއް ޖެހުނު އަޑުއިވިފައި ނައިނާ ސިހިގެންދިޔައިރު އަރުތެރެއިން ތޫލި ހަޅޭކެއްގެ އަޑު ބޭރުވިއެވެ. އެއާއިއެކު މަޑުމަޑުން ފަހަތަށް އެނބުރިބަލާލިއިރު ހިތަށްހަމަޖެހުމެއް ލިބުނީ ލެއްޕިފައިވާ ދޮރުފެނިފައެވެ.

ނައިނާ މަޑުމަޑުންގޮސް ފޮތް ހަރުގަނޑުތަކާއި ކައިރިވީއިރު ލަކުނޑީގެ ވަހާއި ގިނަދުވަސްވީ ކަރުދާސްތަކުގެ ވަސް އެކުވެގެން ދުވަމުންދިޔަ ހިނދުރިއަށް އުނދަގޫކުރާ ވަހުން ނައިނާގެ ނޭފަތުގައި އަތްއަޅާލަން ޖެހުނެވެ. ތަނުގެ އުދާސްކަމާއިއެކު ވައި ބޭރުވާނެގޮތެއް ނެތުމުން މަދު ވަގުތުކޮޅެއްގެ ތެރޭގައި ނައިނާގެ ހަށިގަނޑުން އަރަންފެށި ހޫނުކަމާއިއެކު މޫނުމަތިން ދާތިކިތައް ފާއްދާލިއެވެ.

އެވަގުތު ސެކިއުރިޓީ ފައިލްސް ޖަހާލައިފައިވާ ހަރުގަނޑު ނައިނާގެ ލޮލުގައި އަޅައިގަތްއިރު ނައިނާ ހަރުގަނޑާއި ކައިރިއަށް ޖެހިލުމަށްފަހު އަވަސް ހަރަކާތަކާއިއެކު ފައިލްތައް ޗެކްކުރަންފެށީ އޭނަ ހޯދަން ބޭނުންވާ ފައިލް ފެނޭތޯއެވެ. އޭރު ތަނުގެ ހޫނުކަމާއިއެކު ދުވަމުންދިޔަވަހުގެ ސަބަބުން ނައިނާ ހުރީ އަވަހަށް އެތަނުން ނިކުންނަން ބޭނުންވެފައެވެ. ހިރަފުގެ އަސަރުކޮށްގެން ދޭތެރެއަކުން އުނދަގޫގޮތަކަށް ކެއްސަމުންދިޔައިރު ލޮލުން ކަރުނަ ފާއްދާލައިފައިވެއެވެ. އަވަސް ހަރަކާތަކާއިއެކު ނައިނާ ފައިލްތަށް އަތަށް ނަގަމުންދިޔައިރު ހިރަފުސް ބޯވެފައިވާ ފައިލްތަކުގެ ލިޔުންތައް ސާފުނުވާވަރުވެގެން ހިރަފުސް ފޮޅަން ޖެހެއެވެ. އޭރު ހިރަފުގެ އަސަރުކޮށްގެން ނައިނާގެ ނޭވާއަށް އުނދަގޫވެފައި ހުރިއިރު ނޭވާލަމުންވެސް ދިޔައީ އުނދަގޫގޮތަކަށެވެ.

ނައިނާ ފައިލްތައް ގެނެސް މޭޒުމަތީ އަތުރާލަމުން ފަހަރަކު ފައިލްއެއްގެ ނަން ކިޔަމުން ޗެކްކުރަންފެށީ ޒިޔާން ހޯދަން ހަވާލްކުރި ފެނޭތޯއެވެ. ހުރިހާ ފައިލްތަކެއްގެ އަޑިން އެ ފައިލް ފެނުނުއިރު ނައިނާ ބާކީހުރި ފައިލްތައް އެއްކޮއްލަމުން ހަރުގަނޑާއި ދިމާލަށް ހިނގައިގަތެވެ. އެވަގުތު ނައިނާގެ އަތުން ޖެހިފައި އެހެން ހަރުގަނޑަކުން ބޭރަށް ނިކުމެފައި އިން ފައިލްއެއް ވެއްޓުނުއިރު ނައިނާ ފައިލްތައް ހަރުގަނޑުގެ ތެރޭގައި ތަރުތީބުކޮށްލުމަށްފަހު ހިންދެމީ އެ ފައިލް ހިފައިގެންނެވެ. ހިރަފުހުން ބޯވެފައިވާ ބަނޑޭރިގަނޑާއިއެކު ރަތްވެފައިވާ ކަރުދާސްތަކުންވެސް އެފައިލްއަކީ ފުދޭވަރަކަށް ދުވަސްވެފައިވާ ފައިލެއްހެން ހީވެއެވެ. ނައިނާ ފައިލްގެ ބޭރުގަނޑުގައިވާ ހިރަފުސްތަކުގެ މަތީގައި އަތް ހިންގާލުމުން ފައިލްގެ ބޭރު ގަނޑުގައި ކަނޑާނަގައިފައިވި ނަންކޮޅު ކިޔާލިއެވެ. 1993 (އޭ.އެޗް.ފިނޭޝިއަލް) ނައިނާގެ ލޮލުގައި ކޮމްޕެނީގެ ނަމާއި ލޯގޯ އަޅައިގަތްއިރު ކުޑަކޮށް ހައިރާންވާގޮތްވީ އެހެން ކޮމްޕެނީގެ ފައިލްއެެއް ބްލޫސްގެ ލައިބްރަރީގައި އޮންނަންވީ ސަބަބެއް ނޭނގިފައެވެ. ނައިނާ އެފައިލްގެ އެތެރެ ބަލާލާހިތްވެހުރެވެސް އަތުގައި އަޅާލެވިފައިވީ ގަނޑިއަށް ނަޒަރެއް ދެމުން އެ ފައިލް ހަރުގަނޑުގެ ތެރެއަށްލަމުން ދޮރާއި ދިމާލަށް ހިނގައިގަތީ މާލަސްވެއްޖެނަމަ ޒިޔާން ހިތްހަމަނުޖެހޭނެކަން އިނގޭތީއެވެ.

ނައިނާ އެތެރެއިން ތަޅުގައި ހިފާލި އަނބުރާލިއިރު ދޮރު ނުހުޅުވުމުން ހައިރާންކަމެއް މޫނުމަތިން ފެނިލިއެވެ. އޭނަ އެތަނަށް ވަނުމަށްފަހު ދޮރު އެތެރެއިން ތަޅުނުލާކަށް އޭނަ ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ނައިނާ ދެތިންފަހަރަކު ދޮރުގައި ހިފާލުމަށްފަހު ތަޅުދަނޑިނަގައި ތަޅުވަޅަށް ޖަހާލުމަށްފަހު ތަޅުދަނޑިއަށް އަނބުރާލުމަށްފަހު ތަޅުގައި ހިފާލުމުންވެސް އެ ހަކަތައިގެ ދޮރު ގުޑާލީކީނޫނެވެ. ނައިނާގެ ހިތުގައި ހިނގާލި ބިރުވެރިކަމާއިއެކު ދިގު ތަޅުގައި ހިފާ ތަޅުވައިގަނެވުނީ ހަށިގަނޑުގައި ހުރިހާ ބާރަކާއިއެކުގައެވެ. އެވަރުންވެސް ދޮރު ގުޑާނުލުމުން ނައިނާގެ ހިތުގައި ބިރުވެރިކަން ދެގުނަވިއިރު ނޭނގޭގޮތަކަށް ހަށިގަނޑަށް ފިނިވެގެންދިޔައެވެ. ކެތްތެރިކަން ކުޑަވެފައި ހުރިކަހަލަގޮތަކަށް ތަޅުގައި ހިފާ ތަޅުވައިގަތްއިރު ނައިނާއަށް ބާރުބާރަށް ރޮއެގަނެވުނެވެ. އެ މޫނުމަތިން އޭރު ދާތިކިތައް ފާއްދަމުން ދިޔައީ ވަމުންދިޔަ ހޫނަށްވުރެ ހިތަށް ލިބިފައި ސިހުމެއްގެ ސަބަބުންނެވެ. އެ މޫނުމަތިން ފެނުނު މާޔޫސްކަމާއިއެކު ދޮރަށް ލެގިލެވުނީ ވަރުދޫވެގެންގޮތަށެވެ. އުއްމީދުގެ ދޯދިކޮޅު ކަނިވެގެންދިޔަވަގުތު ފޯނު މަތިން ހަނދާންވެފައި ނައިނާ ތެޅިގަނެފައި ބެލްސް ޖީބްގައި އަތް ޖައްސާލިއެވެ. ހުސްކޮށްވާ ޖީބުގައި އަތްޖައްސާލެވުމާއިއެކު ނައިނާއަށް ކަރުއެލުވާލެވުނެވެ. އޭނަގެ ފަރުވާކުޑަކަމުން އާދެވުނީވެސް ކެބިންގައި ފޯނު ބާއްވާފައެވެ.

ނައިނާ އިރުކޮޅެއްވަންދެން ހިމޭނުން ހުރެފައި ދޮރުފަތުގައި ތަޅަންފެށީ އަތަށް ތަދުވާހާ ބާރަށެވެ. އެއާއިއެކު އެހީއަކަށް އެދި ބާރުބާރަށް ހަޅޭލަވަންފެށުނީ އެއަޑު މީހަކަށް އިވިދާނެކަމުގެ އުއްމީދުގައެވެ. ތަނުގެ ބަންދުކަމާއިއެކު އެއީ ނުވާނެކަމެއްކަން އިނގޭއިރުވެސް އެ ތަނުން ސަލާމަތްވާންބޭނުންވެފައި ހުރިވަރުންނެވެ. ފާރުގައި ހަރުކުރެވިފައިވާ ބިއްލޫރިކޮޅަކުން އެޅޭ އަލިކަން ފިޔަވާ އެހެން އަލިކަމެއް އެތަނުގެ ތެރޭގައި ނެތްއިރު އެއަލިކަން ގެއްލި އަނދިރިކަމަށް ގެނބުމުގެ ކުރިން އެތަނުން ނުނިކުމެވިދާނެކަމުގެ ބިރުވެރިކަން ނައިނާގެ ހިތުގައި ވަކިހިއްޕާލައިފައިވަނީ ވަކިވަރަކަށް ނޫނެވެ. އެގޮތުގައި ތިރީސްވަރަކަށް މިނެޓް ފާއިތުވެގެންދިޔައިރު ނައިނާގެ އަޑުކުރެހިގެންދިޔައިރު މަޑުމަޑުން ފަހަތަށް ފިޔަވަޅުތައް ނަގަންފެށިއެވެ. އޭރު ނައިނާގެ މޫނުންނާއި މުޅި ހަށިގަނޑުން ދާހިއްލަމުންދިޔައިރު ނޭވާލަމުންދިޔައީ އުނދަގޫގޮތަކަށެވެ. “ހައިޒަލް…” ނައިނާގެ އަރުތެރެއިން އެބަސްވެސް ބޭރުވީ އުނދަގޫ ގޮތަކަށެވެ. ކޮންމެވެސް ސަބަބަކާއިހުރެ ހައިޒަލް އޭނަ ސަލާމަތްކުރަން އަންނާނެކަމަށް އެވަގުތުކޮޅު އުއްމީދުކުރެވުނުވަރުންނެވެ.

ސިކުނޑީ ވަށާލަމުންދިޔަ ބިރުވެރި ހިޔާލުތަކާއިއެކު ނައިނާގެ ކުރަމުންދިޔަ ކުޑަހިތްވަރުވެސް އެލިގެންދިޔައެވެ. މޫނުމަތިން ފެނިލި ޖެހިލުންވުމުގެ ކުލަވަރާއިއެކު ނައިނާގެ ހަށިގަނޑުން ވަރުދޫވެގެން ކަހަލަގޮތަކަށް ބިންމައްޗަށް ތިރިވެވުނެވެ. އެއާއިއެކު ދެކަކޫގެނެސް މޭގައި ޖައްސާލަމުން މޫނު ފޮރުވާލިއިރު މުޅި ރޫމްތެރޭ ގުގުމާލީ ނައިނާގެ ރުއިމުގެ އަޑެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saraa

Level 910 Stories100 Comments100 Login500 Comments500 Login

I enjoy reading story since childhood.......Interested in writing since grade 7.

Other Articles

Previous

ބުނެދޭށޭ ރުހެމޭ 20

Next

އިއުތިރާފް (9 ވަނަ ބައި)

Next
April 26, 2019

އިއުތިރާފް (9 ވަނަ ބައި)

Previews
April 26, 2019

ބުނެދޭށޭ ރުހެމޭ 20

23 Comments!

  1. AMAAN says:
    April 26, 2019 at 5:26 am

    Thank you avahah up kohladhinyma….

    1. dhiraa wish says:
      April 26, 2019 at 7:38 am

      wlcm

    2. HAIZAL says:
      April 26, 2019 at 2:15 pm

      thee hama vaahaka liyaa manje tha ??

    3. dhiraa wish says:
      April 26, 2019 at 5:57 pm

      ??

    4. HAIZAL says:
      April 27, 2019 at 8:46 am

      cox liyun theriyaage kula aky green but urs is white thats why

    5. dhiraa wish says:
      April 27, 2019 at 11:03 am

      hehhehee…eii login nuve hure rpl kureema..

  2. LondhiFindhu says:
    April 26, 2019 at 7:40 am

    Avas kohlahchey anehbai varah reethi hama mihaaru hurevenee eh noon anehbai kiyaahithun

    1. dhira wish says:
      April 26, 2019 at 11:20 am

      thankss… veehaaves avahakah up kohlaanan

  3. Haii says:
    April 26, 2019 at 8:27 am

    Vvvvvv reethi Masha Allah…….kon iraku next part sis

    1. dhira wish says:
      April 26, 2019 at 11:22 am

      thanksss…

  4. jiji says:
    April 26, 2019 at 8:57 am

    ?Habbu nge mi part

    1. dhira wish says:
      April 26, 2019 at 11:24 am

      thankss

  5. Haii says:
    April 26, 2019 at 12:55 pm

    Laalu adhi nukiyany baa???????……… school ah nudhaathy kanneyge dhw

    1. Laalu says:
      April 29, 2019 at 11:13 am

      Nooney kiymey dhariyaa eviygothaki thankolheh busy viy

  6. Ninnu says:
    April 26, 2019 at 2:09 pm

    Vv reethi??????

    1. dhiraa wish says:
      April 26, 2019 at 5:58 pm

      thnks

  7. Sau says:
    April 26, 2019 at 9:04 pm

    V reethi . Dhen Kon duvahakun baa anebai up koleveyni

    1. dhiraa wish says:
      April 26, 2019 at 9:44 pm

      thnks. insha allah v avahah

  8. dhira wish says:
    April 26, 2019 at 9:27 pm

    thankss.. saturday night ga dhira vaahaka up kuran fonuvaanan…

  9. flower says:
    April 27, 2019 at 1:02 pm

    mee flower varah kiyaa hithun kiyaa vaahaka eh… esfiya ah upvaa enme reethi story… dhiraa konme part ehves thi ninmaalanee ehaa curious kohlaafa… baivaru suvaalu hithuga eba ufedhey.. haizal akee haira and alhaan ge dharifulhu dho.. and haizal ah fehna flashbacks akee aslu konkameh… too curious to know… shalee and mayaan ge parts thah varah loabi… naina and hai ge loabi parts ah varah eba inthizaaru kurevey… keep the good work girl

    1. dhiraa wish says:
      May 14, 2019 at 9:53 pm

      thnku… lets c

  10. haizal says:
    April 27, 2019 at 8:17 pm

    manje vaahaka up kohffa habareh vahche

    1. dhiraa wish says:
      April 27, 2019 at 9:14 pm

      vaahaka up kohfin… esfiya site ppr is taking time to publish…… naina nufenuneetrr annehkaa

Comments are closed.

Next Episodeބުނެދޭށޭ ރުހެމޭ 22←


All Right Reserved!