ވިންދޭ ލޯބި ތީ އެދޭ 48
ފްރިޖާއި ކައިރިވެލާ އޭގެން ދެފުޅި ފެންޓާ އާއި ކޯކު ފުޅިއެއް ނަގައި ކައިރީގައި ހުރި ހަރުގަނޑުގައި ބެހެއްޓުމަށްފަހު ފްރިޖް ލައްޕާލަމުން ފަސްއެނބުރުނު މިންހާ ސިހުނީ ދާދި ގާތުން ފެނުނު ސޫރައަކުންނެވެ. އޭނަގެ ކުރިމަތީގައި ހުރި އަލޫފް ފެނި މިންހާގެ ދެބުމަ ވަގުތުން ގޮށްޖެހުނެވެ. މޫނު މަތިން ނުރުހުންވުުމުގެ އަސަރުތައް ފާޅުވާން ނެގީ މަދު ސިކުންތުކޮޅެކެވެ. މިންހާ އެއްވެސް އެއްޗެކޭ ބުނުމެެއްނެތި އޭނާ ނެގި ފުޅިތައް ނަގަން އަވަސްވެގަތެވެ. އެވަގުތު އަލޫފް މިންހާގެ އަތުގައި ހިފަހައްޓާ އެކަން ހުއްޓުވިއެވެ. ” ލީވް މައި ހޭންޑް އަލޫފް… ” ފިހާރަ ތެރެއަށް ނަޒަރު ހިންގާލަމުން ދަތްތަކަށް ބާރުލައިފައި މިންހާ ބުނެލިއެވެ. އިއާންމެންވެސް ހަރަކާތްތެރިވަމުން ދިޔައީ ތަންކޮޅެއް ދުރުގައި ހުރި ހަރުގަނޑެއް ކައިރީގައެވެ. ފިހާރަ ތެރޭގައި އެހެން މީހަކުވެސް ހަރަކާތްތެރިވަމުން ދިޔުމާއެކު މިންހާ ބުނެލީ ނުހަނު މަޑުންނެވެ. ކިތަންމެ މަޑުން ބުނެލި ނަމަވެސް އެއަޑުގައިވި ނުރުހުންތެރިކަން އެއަޑު އިވުނު މީހަކަށް އިހުސާސްކުރެވޭނެކަން ގައިމެވެ. ” ލިސެން ޓު މީ މިނޫ… ” މިންހާގެ އަތުން ދޫކޮށްނުލާހުރެ އާދެހުގެ ބެލުމަކުން މިންހާގެ ދެލޮލަށް ބަލައިލަމުން އަލޫފް ވާހަކަ ދެއްކިއެވެ. ”އަހަރެން ބޭނުމެއް ނޫން އަލޫފް ދައްކާ އެއްވެސް ވާހަކައެއް އަޑުއަހާކަށް… ” އުނދަގުލުން ނަމަވެސް އޭނަގެ އަތް ފޮޅުވާލަމުން މިންހާ ބުނެލިއެވެ. އެތަނުން ދާން އުޅުނު ވަގުތު އަލޫފް މިންހާގެ އަތުގައި ހިފާ އޭނަ އާއި ގާތަށް ދަމާލިއެވެ. އަލޫފްގެ ހަށިގަނޑުގައި އައިސް ޖެހުމާއެކު ފަހަތަށް ޖެހެން އުޅުނު މިންހާއަށް ނާކާމިޔާބުވީ އަލޫފް އޭނަގެ އަތުގައި ބާރަށް ހިފަހައްޓާފައި ހުރުމުންނެވެ.
” އަލޫފް ލީވް މީ.. އަހަރެން މިތަނުން މީހަކަށް ގޮވާކަށްވެސް ފަހެެއް ނުޖެހޭނަން އިނގޭ… ” ބިރުގަނެފައި ހުރި ނަމަވެސް އަލޫފްއަށް އެކަން އިނގެން ބޭނުންނުވާތީ މިންހާ އިންޒާރެއްދޭ ފަދައިން ބުނެލިއެވެ. ” ގޮވާބަލަ… ކޮންމެ މީހަކަށް ގޮވިޔަސް މިއަދު މިންހާއަށް ދެވޭނީ އަހަރެންގެ ވާހަކަ އަޑުއަހާފަ… އެއްފަހަރު ޒިޔަލްއަކާއެކު… އަނެއް ފަހަރު އިއާންއާއެކު… ކީއްވެތަ އަހަންނާއެކު ނުހުރެވެނީ… ” ހިތްހަމަނުޖެހިފައި ހުރެ އަލޫފްވެސް ވާހަކަ ދެއްކިއެވެ. ” އަހަރެން ކޮންމެ މީހަކާއެކު ހުއްޓަސް އެއީ އަލޫފްއާ މިހާރު ބެހޭކަމެެއް ނޫން… އިނގިއްޖެތަ… މިބުނީނު ދޫކުރާށޭ… ” ދެލޯ އަޅާލާ އަލޫފްއަށް ބަލައިލަމުން މިންހާ ވާހަކަ ދެއްކިއެވެ. އިތުރު މީހަކަށް އަޑު އިވިދާނެތީ ދެމީހުންވެސް ވާހަކަ ދެއްކީ މަޑުންނެވެ. ފިހާރަ ފުދޭވަރަކަށް ބޮޑުވެފައި އެކި ހިސާބުތަކުގައި ބައިވަރު ހަރުގަނޑުތައް ބަހައްޓާފައި ހުރުމުން ފިހާރައިގައި އުޅޭ އެހެން މީހުނަށްވެސް އެދެމީހުން ފެންނަ ގޮތެއް ނުވިއެވެ. މިންހާ އަލޫފްގެ އަތް ނައްޓުވާލެވޭތޯ މަސައްކަތްކުރަމުން ދިޔައިރު އަލޫފް މިންހާގެ ހަރަކާތްތަކަށް ބަލަން ހުރީ މަލާމާތުގެ ހިނިތުންވުމެއް އޭނަގެ ތުންފަތަށް ވެރިކުރުވައިގެންނެވެ. އެހިނިތުުންވުމުން މިންހާ ކިތަންމެ ވަރަކަށް ސަލާމަތްވާން މަސައްކަތްކުރިޔަސް އޭނަގެ އަތްދަށުން ސަލާމަތެއް ނުވެވޭނޭ ބުނާ ފަދައެވެ. މިންހާ ދެފަހަރަކު އިއާންއަށް ގޮވަންވެސް ހިތަށްއެރިއެވެ. އެހެނަސް އިއާންއަށް ގޮވައިގެން ގެނެސްފިނަމަ ކަންތައްތައް ގޯހުން ގޯހަށް ގޮސްދާނެތީ ފަސްޖެހެވުނީއެވެ. ފިހާރަ ތެރޭގައި އެފަދަ އެއްވެސް ކަމެއް ހިނގާކަށް މިންހާ ބޭނުމެއްނުވެއެވެ. އެފަދަ ކަމެއް ހިނގައިފިނަމަ ކައުންޓަރުގައި އިން މީހާވެސް ހީކުރާނީ ކީކޭ ހެއްޔެވެ؟ މިފަދަ ޚިޔާލުތަކެއް މިންހާގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. އޭރުވެސް އޭނަ ދިޔައީ އަލޫފްގެ އަތް ނައްޓުވަން މަސައްކަތްކުރަމުންނެވެ.
ކުއްލިއަކަށް ދެމީހުނަށްވެސް ސިހުންގެނުވީ އިއާން އައިސް މިންހާގެ އަތް އަލޫފްގެ އަތުގެ ތެރެއިން މިނިވަންކޮށް އެދެމެދަށް ވަދެ އަލޫފްގެ މޫނު މައްޗަށް ގޮށްމުށުގެ ހަމަލާއެއް ދިނުމުންނެވެ. ކަންތައް ހިނގާ ދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ކަމުން މިންހާއަކަށް އިއާން ހުއްޓުވޭ ގޮތެއްނުވިއެވެ. އޭރު ޒިޔަލް އާއި އޫޝާވެސް އައިސް ހުއްޓެނީއެވެ. އަލޫފްއަށްވެސް ލިބުނީ ޝޮކެކެވެ. އިއާންގެ ހަރަކާތްތައް އެހާ އަވަސްވެދާނެ ކަމަކަށް އަލޫފް ހިއެއްނުކުރެއެވެ. އަމުދުން އެފަދަ ހަމަލާއެއް ދީފާނެ އެކޭ ކުޑަކޮށްވެސް ހިތަށް ނާރައެވެ. ވީތަދުން އަލޫފްއަށް އެތަނުގައި ފިރުމާލެވުނެވެ. އޭނާ ދެބުމަ ގޮށްޖަހާލަމުން އިއާންއަށް ބަލައިލާ ގޮށްމުށުގެ ހަމަލާއެއް ދޭން އުޅުނެވެ. ” އާން… ” އެމަންޒަރު ފެނި ހިތް ނުތަނަވަސްވެފައިވި ހާލު މިންހާއަށް އިއާންއަށް ގޮވާލެވުނެވެ. އިއާން ހުޝިޔާރުކަމާއެކު އަލޫފްގެ އަތް ހިފެހެއްޓިއެވެ. ގާތްވެފައިވި ދެބުމަ އާއި ދެދަތްޕިލަ ޖައްސާ ބާރުކޮށްގެން ހުރި ގޮތުން އިއާން ރުޅި އައިސްފައިވި މިންވަރު ހާމަވެއެވެ. ” އަރ ޔޫ އޯކޭ މިންނު… ” ޒިޔަލް އާއި ދެމީހުން އައިސް މިންހާގެ ގާތުގައި މަޑުކޮށްލަމުން އޫޝާ ސުވާލުކުރިއެވެ. މިންހާ މަޑުމަޑުން ބޯ ޖަހާލިއެވެ. އެވަގުތު ކައުންޓަރުގައި އިން މީހާވެސް އައިސް ކިހިނެއްވީތޯ ސުވާލުކުރިއެވެ. ” ހައު ޑެއަރ ޔޫ ޓު ޓަޗް ހަރ… ހަނދާންކުރާތި… މީގެ ފަހުން މިންހާގެ ގައިގަ އިނގިލި ކުރި ޖައްސާލަންވެސް ހިތަށް ނާރުވާތި… އޯރ އެލްސް އައި ވޮންޓް ސްޕެއަރ ޔޫ… ” ޝަހާދަތް އިނގިލި ދިއްކޮށްލައިގެން ހުރެ ރުޅިވެރިކަމާއެކު އިއާން އަލޫފަށް އިންޒާރު ދިނެވެ. ” ކަލޭތީ ކާކު އަހަންނާ މިންހާއާ ދެމެދަށް ވަންނަން… އާތް… މީ ކަލެއާ ބެހޭކަމެެއް ނޫން… ސްޓޭ އިން ޔުއަރ ލިިމިޓްސް… ” އަލޫފްވެސް އައި ރުޅީގައި ބުނެލިއެވެ. އިއާން އެއްޗެކޭ ބުނުމުގެ ކުރިން އަލޫފް ދެވަނަ ހަމަލާއެއްދޭން އަތް އުފުލާލުމާއެކު އަލޫފްގެ ނަމުން ބާރަށް ގޮވާލަމުން މިންހާ އެެދެމީހުންގެ ދެމެދަށް ވަނެވެ. އެއާއެކު އަލޫފްއަށް އޭނަގެ އަތް އެހިސާބަށް ހުއްޓަން މަޖުބޫރުވިއެވެ. މިންހާގެ ފަރާތުން އެފަދަ ކަމެެއް ފެނުމުން އެންމެންވެސް ތިބީ ހައިރާންވެފައެވެ.
” ޑޯންޓް ޔޫ ޑެއަރ… އާންއަކީ އަހަންނަށް ވަރަށް މުހިއްމު ފަރާތެއް… އަހަރެންގެ ދިރިއުޅުމުގެ ވަރަށް ބޮޑު ހިއްސާއެއް… ކޮންމެ ހާލަތެއްގަވެސް އަހަންނާއެކު ހުންނަ ފަރާތެއް… ކޮންމެ ކަމަކާ ކުރިމަތިލުމަށްވެސް ހިތްވަރުދީ އަހަންނަށް އިތުބާރު ކުރާ ފަރާތެއް… އަލޫފް ހެން ބޭނުންވީމަ އައިއްސަ ބޭނުންނެތުނީމަ އެއްލާލާ އުސޫލެއް ނޫން އާންގެ ހުންނަނީކީ… ކުރިންވެސް ބުނިހެން އަލޫފްއަކަށް އަހަރެންގެ ދިރިއުޅުމުގެ ކަންކަމާ ބެހުމުގެ އެއްވެސް ހައްގެއް ނޯންނާނެ… އަލޫފްއަށް ކީއްތަ ވަނީ އަހަރެން ކޮންމެ މީހަކާއެކު އުޅުނަސް… އާންއާއެކު އުޅުނަސް އަދި ޒިޔަލްއާއެކު އުޅުނަސް އެއީ އަލޫފްއާ ބެހޭކަމެެއް… އިޓްސް ނަން އޮފް ޔުއަރ ބިޒްނަސް… ސޯ ސްޓޭ އިން ޔުއަރ ލިމިޓްސް… ” އައިސްފައި ހުރި ރުޅީގައި މިންހާއަށް ވާހަކަދެކެވުނެވެ. އޭނާ މިކަން މިއަދު ކޮންމެވެސް އެއްގޮތަކަށް ނިންމަން ބޭނުމެވެ. އަލޫފްގެ އުނދަގޫތަކުން ސަލާމަތްވާން ބޭނުމެވެ. ވާހާ ދުވަހު އެއްޗެކޭ ނުބުނެވެސް ހުރެވިއްޖެ ނޫން ހެއްޔެވެ؟ ދެން އިތުރަކަށް ކެތެއްނުވާނެއެވެ. ”އެކަކު އަނެކަކު ގަޔަށް އަތްލައި ދެބަސްވަންޏާ ފިހާރައިން ނިކުމެވެފަ ތިކަން ކުރިއަށް ގެންދޭ… މިތަނަށް އެހެން މީހުންވެސް ވިޔަފާރި ކުރަން އަންނާނެ… ” ފިހާރައިގެ ސޭޓަކަށް ހުރި މީހާ ހިތްހަމަނުޖެހުން ފާޅުކުރިއެވެ. އަލޫފްއަށް ހިތްހަމަނުޖެހިފައި ހުރެ ބަލައިލުމަށްފަހު މިންހާ އޭނާ ނެގި ފެންޓާ ދެފުޅި އާއި ކޯކް ފުޅި ހިފައިގެން ކައުންޓަރާއި ދިމާލަށް މިސްރާބުޖެހިއެވެ. މިންހާ ކައުންޓަރާއި ދިމާލަށް މިސްރާބު ޖެހުމުން ސޭޓަކަށް ހުރި މީހާވެސް އެދިމާލަށް ހިނގައިގަތެވެ. އިއާން އާއި ޒިޔަލްގެ އިތުރުން އޫޝާވެސް ހިތްހަމަނުޖެހިފައި ހުރެ އަލޫފްއަށް ބަލައިލަމުން އެމީހުން ނެގި ތަކެތި ހިފައިގެން ކައުންޓަރު ކައިރިއަށް ދިޔައެވެ. ކަންތައް ހިނގާދިޔަ ގޮތުން އައިސްފައި ހުރި ރުޅީގައި އަލޫފްއަށް ދެއަތް މުއްކަވާލެވުނެވެ. ހިތްހަމަނުޖެހުނުވަރުން އޭނާ ބާރު ހިނގުމެެއްގައި ފިހާރައިން ނިކުތެވެ. ގެއަށް ދާން އުޅެފައިވެސް އަލޫފް ގޮތް ދޫކުރާކަށް ބޭނުމެއްނުވިއެވެ. ކޮންމެ ގޮތެެއް ހަދައިގެންވެސް އޭނާ މިންހާ ގާތު ދައްކަން ބޭނުންވި ވާހަކަތައް ދައްކާނެއެވެ. މިންހާމެން ހަރަކާތްތެރިވަމުން އެދަނީ ބާބަކިއު ހަދާ ސަރަހައްދުގައި ކަން އަލޫފްއަށް އެނގުނެވެ. އެހެންކަމުން އޭނާ އެދިމާލަށް މިސްރާބުޖެހިއެވެ. ތަންކޮޅެއް ދުރުގައި ހުރި ގަހެެއްގައި ލެނގިލައިގެން ހުރެ އަލޫފް އިންތިޒާރު ކުރަމުން ދިޔައީ އެމީހުން ފިހާރައިން ނިކުންނާނެ އިރަކަށެވެ.
ފިހާރައިން ނިކުން މިންހާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅާއިގަތީ އެމީހުން ދާން އޮތް މަގުގެ ތަންކޮޅެއް ދުރުގައި ހުރި ގަހެެއްގައި ލެނގިލައިގެން ހުރި އަލޫފްއެވެ. އަލޫފް ފެނުމުން އޭނައަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ”މިންނު… ކިހިނެއް ހަދާނީ… އޭނަ އަނެއްކާވެސް އެބަހުރި ދޯ… ” އޫޝާ މިންހާގެ މޫނަށް ބަލަހައްޓާއިގެން ހުރެ ސުވާލުކުރިއެވެ. އިއާން އާއި ޒިޔަލްވެސް ތިބީ މިންހާގެ ޖަވާބެއްގެ އިންތިޒާރުގައެވެ. ”ލެޓްސް ގޯ… އައިމް ރެޑީ ޓު ފޭސް ހިމް… ” މިންހާ މިހެން ބުނުމުން ހަތަރު މީހުން އެކުގައި ހިނގައިގަތެވެ. އެމީހުން ހަމަ އަޅާވެސް ނުލައި ކުރިއަށް ދިޔައެވެ. އަލޫފް ހުރި ހިސާބަށް އެރުނުތަނާއި ލައިގެން ހުރި ޖިންސުގެ ޖީބަށް އަތް ޖަހާލަމުން އައިސް އަލޫފް މިންހާގެ ކުރިމައްޗަށް ވާގޮތަށް ހުއްޓުނެވެ. އަލޫފްގެ އެއަމަލުން މިންހާ އިސްއުފުލާލާ އެއްވެސް އަސަރެއްނެތްފަދަ ގޮތަކަށް އަލޫފްގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. ” މިނޫ… އައި ނީޑް ޓު ޓޯކް… މިންހާ އާ އެކަނިން ވާހަކަ ދައްކާލަން ބޭނުންވަނީ… ” އަލޫފް އެއެންމެންގެ މޫނަށް ނަޒަރު ހިންގާލަމުން ވާހަކަ ދެއްކިއެވެ. އަލޫފްގެ ވާހަކަތައް އަޑުއިވުނު އިއާންގެ ދެބުމަ ވަގުތުން ގޮށްޖެހުނެވެ. ” އަހަރެންނާ ދައްކަން ބޭނުން ވާހަކައެއް މިއެންމެން ތިއްބަސް ދެއްކޭނެ… އަހަރެން އެކަނި ހުރެ އަލޫފް ދައްކަންޖެހޭ އެއްވެސް ވާހަކައެއް ނޯންނާނެ… ” މިންހާގެ ޖަވާބުން އަލޫފް ވަރަށް ހިތްހަމަނުޖެހުނެވެ. އެކަން އޭނަގެ މޫނު މައްޗަށް ގެނުވި އަސަރުތަކުން ހާމަވެގެން ދިޔައެވެ. އެސަރަހައްދުގައި ނަސީބަކުން އެއްވެސް އިތުރު މީހަކު ފެންނާކަށްނެތެވެ. ”ކީއްވެ އެކަނި ހުރެ ވާހަކަ ނުދެއްކެންވީ… ޒިޔަލްއާ ހީހީފަ ވާހަކަ ދެއްކޭ… އިއާންއާއެކު ރޭގަނޑު ހިނގާލަންދެވޭ… އެދެމީހުނާ ވާހަކަ ދެއްކޭއިރު އަހަންނާ ކީއްވެތަ މިންހާއަށް ރީތިކޮށް ހިނިތުންވެފަ ވާހަކަ ނުދެއްކެނީ.. ” ހިތްހަމަނުޖެހުނުވަރުން އަލޫފްއަށް ބުނެލެވުނެވެ. އަލޫފްގެ ވާހަކަ އިއާން އާއި ޒިޔަލްގެ ތުންފަތަށް މަލާމާތުގެ ހިނިތުންވުމެއް ވެރިވިއެވެ. ” އަހަރެން ދެން ކިހިނެއް އަލޫފްއަށް ވިސްނައިދޭނީ… އިއާން އާއި ޒިޔަލްއަކީ އަހަންނަށް ވަރަށް މުހިއްމު ދެފަރާތް… އަހަންނާ ވަރަށް ކްލޯޒް ދެމީހުން… އެމީހުނާ އަލޫފްއަކާ އެއްގޮތެެއް ނުވާނެއެއްނު… ރިމެމްބަރ ދެޓް… އަދި ކުރިންވެސް ބުނިހެން… އަހަރެން ކޮންމެ މީހަކާ ވާހަކަ ދެއްކިޔަސް… ކޮންމެ ގޮތަކަށް އުޅުނަސް.. އަލޫފްއަކާ ނުބެހެވޭނެ…. އަދިވެސް އެއްފަހަރު ބުނެލަން… ސްޓޭ އިން ޔުއަރ ލިމިޓްސް… ” ނުހަނު ހަމަޖެހިލައިގެންހުރެ މިންހާ ރައްދުގައި ބުނެލިއެވެ.
” އަހަންނާ ބެހޭ ކަމެއް އެއީ… އަދިވެސް އަހަރެން ލޯބިވަނީ މިންހާދެކެއޭ… މިހިތުގެ ވިންދު އެދޭ ހަމައެކަނި ލޯތްބަކީ ތީ… އަހަންނަށް ޔަގީން މިނޫވެސް އަހަރެންދެކެ ލޯބިވާކަން… އަހަންނަށް އޭރު ކަންތައް ކުރެވުނު ގޮތަށް މަޢާފުކޮށްދީ… އައިމް ސޮރީ ފޯ ހަރޓިން ޔޫ މިނޫ… އޭރު އަހަންނަށް އެގޮތަށް ކަންތައް ކުރެވުނީ އީލާފްއާ ޝަމްހާގެ ސަބަބުން… އީލާފްއާ ޝަމްހާގެ ވާހަކަތައް ގަބޫލުކުރެވުނީ… މިނޫއަށް އޮޅުވާލާ އެހެން ކަންތައް ކުރެވުނީތީ މިއަދު އަހަރެން ވަރަށް ދެރަވޭ… އައިމް ރިއަލީ ސޮރީ ފޯ ވަޓް އައި ޑިޑް… ޕްލީޒް ގިވް މީ ވަން ލާސްޓް ޗާންސް… މިނޫއަށް އޭރު ދެވުނު ހިތާމަތަށް ހިތުން ފޮހެލެވޭ ވަރަށް ލޯބިދޭނަން… އިތުބާރުވެސް ކުރާނަން… އަހަރެންގެ ހަޔާތުން މިހާރު ޝަމްހާވެސް ބޭރުކޮށްލައިފިން… އޭނައާ އޮތް ގުޅުން އަހަރެން ކަނޑާލައިފިން… ޕްލީޒް މިނޫ… އަހަރެންގެ ހަޔާތަށް އެނބުރި އާދޭ… އައި ސްޓިލް ލަވް ޔޫ… އޮންލީ ޔޫ… ” ޖަޒުބާތުގައި ޖެހުމާއެކު އަލޫފްއަށް އޭނަ ބުނަން ބޭނުންވި ހުރިހާ އެއްޗެއް ބުނެލެވުނެވެ. އާދޭސްކޮށްގެން ނަމަވެސް މިންހާ އޭނަގެ ހަޔާތަށް އަލުން އަނބުރާ ގެންނަން އަލޫފް ބޭނުމެވެ. ” ހެހެހެ… ލޯބި… އަލޫފް ލޯބިވަނީ އަހަރެންދެކެތަ… ހެހެހެ… އައި ކާންޓް ބިލީވް އިޓް… ” މިންހާ އޭނަގެ އަތުގައިވި ކޮތަޅު އޫޝާއަށް ދީ އަތުން ދެފަހަރަކު އަތްތިލަ ބަޑި ޖަހާލާ ދެފަރާތަށް ބޯ ހޫރާލަމުން ހެވިފައި ހުރެ ވާހަކަ ދެއްކިއެވެ. މިންހާގެ އެހަރަކާތުން އަލޫފްއަށް ހައިރާންކަން ގެނުވިއެވެ. މިންހާގެ އެއަމަލުން އޭނަގެ ވާހަކަ ގަބޫލުނުކުރާކަން އަލޫފްއަށް އިނގުނެވެ. އޭރުވެސް އިއާންމެން އެދެމީހުން ކަންތައް ކުރާ ގޮތް ބަލަން ތިއްބެވެ. ” މިންނު… އައިމް ސީރިޔަސް… އައި ސްޓިލް ލަވް ޔޫ… އަހަންނަށް އިނގޭ ނުބުންޏަސް މިންހާވެސް އަހަރެންދެކެ ލޯބިވާކަން… ގަބޫލުކޮށްބަލަ… ” މިންހާގެ ދެއަތުގައި ހިފަހައްޓާލަމުން އަލޫފް ސީރިއަސްކަމާއެކު ބުނެލިއެވެ. އަލޫފްގެ އެހަރަކާތުން އިއާންއަށް ދަތްކުނޑި ވިކާލެވުނެވެ. ” ނުވޭ އަހަރެން އަލޫފްދެކެ ލޯތްބެެއް… އައި ހޭޓް ޔޫ… ތިސޫރަވެސް ދެކޭކަށް ބޭނުމެއްނޫން… ” އިއާންއަށްވުރެ ކުރިން އޭނާ އަމިއްލައަށް އަލޫފްގެ އަތް ފޮޅުވާލަމުން ރުޅިވެރިކަމާއެކު އެބަސްތައް ބޭރުކޮށްލިއެވެ. މިންހާގެ ދުލުން ބުނެލި ބަސްތައް ތީރުތަކެއް ފަދައިން އައިސް އަލޫފްގެ ހިތަށް ހެރި ޒަޚަމްކޮށްލިއެވެ. ހިތަށްކުރި އަސަރަކުން އިތުުރު ބަހެއްވެސް ނުބުނެ އަލޫފްއަށް މިންހާގެ ދެލޮލަށް ބަލަހައްޓާއިގެން ހުރެވުނީއެވެ. އަނެއްކޮޅުން އިއާންމެން ތިބީ މިންހާގެ އެހިތްވަރު ފެނި ހައިރާންވެފައެވެ. އެހާ ފާޅުކަން ބޮޑު ގޮތެއްގައި މިންހާ އެހެން ބުނެފާނެއެކޭ އެއިން އެއްވެސް މީހަކު ހިތަކަށް ނާރައެވެ. ހިތާއިހިތުން އެތިން މީހުނަށް މިންހާއަށް ތަޢުރީފުކުރެވުނެވެ.
” ކިހިނެއްވީ… އެއްޗެެކޭ ނުބުނެ ތިހިރީ… ހިތަށް އަސަރު ކުރީތަ… ތިހިތަށް ތަދުވޭތަ… އަހަންނަށްވެސް އޭރު ތަދުވި… ހިތަށް ވަރަށް އަސަރުކުރި… އެކަމަކު މިހާރު… އިޓް ޑަޒަންޓް މޭޓަރ ޓު މީ… އައި ޑޯންޓް ކެއަރ އަލޫފް ކޮންމެ މީހަކާއެކު އުޅުނަސް… އަދި އެއްވެސް މީހަކާ ރައްޓެހިނުވެ ހުއްޓަސް… ޝަމްހާ އަލޫފްގެ ހަޔާތުން ބޭރުކޮށްލިޔަސް އަހަރެން އެނބުރި އަލޫފްގެ ހަޔާތަށް ނުދާނަން… އަލޫފް އަހަންނާމެދު ކަންތައް ކުރި ގޮތުން އަހަރެން އަލޫފްއަށް ނަފްރަތުކުރަން… އަހަންނަށް އެންމެ މުހިއްމު ދުވަސްކޮޅު… އަލޫފް އަހަރެންގެ ހިތުގަ ޖައްސާ ޖެއްސުން ކުރީ… އަހަރެން ހާދަ އިތުބާރެއް ކުރީމޭ… އެކަމަކު އަލޫފް… ޝަމްހާއާ އީލާފްގެ ވާހަކަތަކަށް ހެެއްލުނީ… އަހަންނާ ރައްޓެހިވެގެން ހުރެ ޝަމްހާއާ ގުޅުން ބޭއްވީ… އަހަންނަށް އޮޅުވާލީ… އަހަރެންގެ އިހުސާސްތަކަށް ބެލުމެއްނެތި އަލޫފް ހިތުހުރި ގޮތަކަށް ކަންތައް ކުރީ… ހައު ކުޑް ޔޫ އިވަން ޑޫ ދެޓް… އޭރު އެއްވެސް އެއްޗެއް ހިތަށް ނޭރިއިރު މިއަދު ކީއްވެ… ޝަމްހާއާ އީލާފްގެ ވާހަކަތަށް އަލޫފް ގަބޫލުކުރީ އަހަންނަށް އިތުބާރު ނުކުރާތީނު… ދުވަހަކުވެސް އަލޫފ އެހެން މީހުންގެ އިހުސާސްތަކަށް ގަދަރުކުރިންތަ… ޝަމްހާގެ ބޭނުން ނެތީމަ މިއަދު ޝަމްހާވެސް ދުރުކޮށްލީ… އޭނަގެ ހިތަށްވެސް އަސަރު ކުރާނެދޯ… އެންމެ ކުޑަމިނުން އަލޫފް އޭނައާއެކު އުޅުނު ގޮތްވެސް ވިސްނާލަބަލަ… ތިކަހަލަ މީހަކަށް ދެވަނަ ފަހަރަކަށް އިތުބާރެއްނުކުރެވޭނެ… އަލޫފްގެ ދިރިއުޅުމަށް އަނބުރާ އައުމުގެ އެއްވެސް ޝައުގެއް އަހަރެން ނެތް… އައި ޑޯންޓް ލަވް ޔޫ އެނީމޯރް… ސޯ ޕްލީޒް… އަހަރެންގެ ލައިފްގެ އެއްވެސް ކަމަކާ ނުބެހި ހުރޭ… އަހަންނާ ދުރުގަ ހުރޭ… އަލޫފްގެ ލޯތްބެއްވެސް… އަލޫފްގެ ހަމްދަރުދީ އެއްވެސް… އެހީތެރިކަމެެއްވެސް.. އަހަރެން ބޭނުމެއްނޫން… އައި ޑޯންޓް ނީޓް ޔޫ އެނީމޯރް… އައި ހޭވް މައި އޯން ފެމެލީ އެންޑް ފްރެންޑްސް ވިތް މީ… ސޯ ޖަސްޓް… ސްޓޭ އަވޭ ފްރޮމް މައި ލައިފް… އަޑު އިވިއްޖެތަ… ” ރުޅި އާއި ހިތާމައާ އެކުވެގެން ހިތުގައި އުފެދުނު ޖަޒުބާތާއެކު މިއޮތް ހުރިހާ ދުވަހު އޭނާ ބުނަން ބޭނުންވެފައިހުރި ބަސްތައް ބޭރުކޮށްލިއެވެ. އޭރު މިންހާގެ އެބޮޑު ދެލޮލަށް ކޮންމެވެސް ވަރަކަށް ކަރުނަ ޖަމާވެފައިވީއިރު، އެދެލޮލޮން ފެންނަނީ އިންތިހާއަށް ރުޅިވެރިކަމެވެ. އިއާންއަށްވެސް ހުއްޓުން އަރާފައި މިންހާއަށް ބަލަހައްޓާއިގެން ހުރެވުނީއެވެ. މިންހާގެ އެހިތްވަރާއި ކެރުންތެެރިކަން ފެނި އެމީހުން ތިބީ ބަސްހުއްޓިފައެވެ. އިތުރަށް އެތަނުގައި މަޑުކުރުމެއްނެތި މިންހާ ހިނގައިގަތެވެ. އޭނާގެ މިސްރާބު ހުރީ ބާބަކިއު ހަދާ ސަރަހައްދު ނޫން އަނެެއް ފަރާތުގައިވި އަތިރި މައްޗެވެ. އޭނާ މިވަގުތުކޮޅު ބޭނުންވަނީ އެކަނި ވެލާށެވެ.
” މިހާރު ޖަވާބު ލިބިއްޖެއްނު… ދެން މިންހާގެ ފަސްފަހަތުން އުޅެގެން ނުވާނެ… އަލޫފްގެ ފަރާތުން މިންހާއަށް ކުޑަވެސް ގެއްލުމެެއް ނޫނީ އުނދަގުލެއް ވެއްޖެނަމަ ހަނދާންކުރާތި… އައި ވިލް ނޮޓް ސްޕެއަރ ޔޫ… ” އިއާން އަލޫފްއަށް އިންޒާރުދިނެވެ. އެހެނަސް އަލޫފް އޭރުވެސް ހުރީ މިންހާގެ ބަސްތަކުން ހަމަހިމޭންވެފައެވެ. އޭނާ ހުރީ ޝޮކެއް ލިބިފައެވެ. އުއްމީދުނުކޮށް ހުއްޓާ މިންހާގެ ފަރާތުން އެފަދަ ޖަވާބެއް ލިބުމުން އެކަން ބަލައިގަންނަނ އޭނައަށް ދަތިވިއެވެ. ” ޒިޔަލްއާ އޫޝީއާ ދާންވީނު… އަހަރެން އެބައަންނަން މިންނު ގާތަށް ގޮސްލާފަ… ” އިއާން އޭނަގެ އަތުގައިވި ކޮތަޅު ޒިޔަލްއަށް ދެމުން އެހެން ބުނުމާއެކު އެދެމީހުން ބޯ ޖަހާލުމަށްފަހު ދާން ހިނގައިގަތެވެ. އިއާން އަދިވެސް އެއްފަހަރު ނުރުހުމާއެކު އަލޫފްއަށް ބަލައިލިއެވެ. އެއަށްފަހު އާދައިގެ ހިނގުމެއްގައި މިންހާގެ ގާތަށް ދާން ހިނގައިގަތެވެ. އިއާން ހިނގައިގަތުމާއެކު އަލޫފް އެއްފަހަރު ފަސްއެނބުރި ބަލައިލުމަށްފަހު ގޮތް ހުސްވެފައިވި މީހަކު ފަދައިން ގެއަށް ދިޔުމަށް ހިނގައިގަތެވެ.
އިއާން އާދައިގެ ހިނގުމެއްގައި ގޮސް އޭނާ ލައިގެން ހުރި މަޑު ނޫކުލައިގެ ޖިންސްގެ ޖީބަށް އަތް ޖަހާލަމުން މިންހާގެ ފަހަތުގައި ހުއްޓުނެވެ. ފަހަތުގައު މީހަކު އައިސް ހުއްޓުނުކަމުގެ އިހުސާސްކުރެވުމުންވެސް އެއްޗެކޭ ބުނާކަށް މިންހާ ނޫޅުނެވެ. ހަރަންބަދަލައިގެން ކަހަލަ ގޮތަކަށް ހުރިއިރު އޭނަގެ ނަޒަރު ހުއްޓިފައި އިރުއިރުކޮޅާއި އައިސް ދޮންވެލިގަނޑުގައި ބީހިލާ ރާޅުތަކަށެވެ. އެރާޅުތަކުން އިވިލާ މަޑު މިއުޒިކުގެ އަޑާއެކު ޖެހިލާ ވައިރޯޅިން ފަތްތައް ހެލިލާ އަޑު ފިޔަވައި އިތުރު އެއްވެސް އަޑެއް އެމާހައުލުން ނީވެއެވެ. ”މިންނު… އަރ ޔޫ އޯކޭ… އައިމް ސޯ ޕްރައުޑް އޮފް ޔޫ… މިންނުގެ ތިހިތްވަރަށް ހަމަ ސާބަސްދެން… ޔޫ މޭޑް ދަ ރައިޓް ޑިޒިޝަން… އަލޫފްއަކަށް މިންނު ޑިޒަރވްއެއް ނުވޭ… ” މިންހާ އެއްޗެކޭ ނުބުނުމުން އިއާން ވާހަކަ ދެއްކިއެވެ. ”އައިމް ޓޯޓަލީ ފައިން އާން… ޓު ބީ އޯނެސްޓް… މައިންޑަށް ވަރަށް ބޮޑަށް އީޒީވެއްޖެ… އެތައް ދުވަހެއްވެއްޖެ އަހަރެން ބުނަން ބޭނުންވި ބަސްތަކެެއް އަލޫފްގެ ކުރިމަތީގައި ބޭރުކޮށްލެވުނީ… ހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބިއްޖެ… އައި ޖަސްޓް ފީލް ދެޓް… ފައިނަލީ މައި ޕާސްޓް ހޭޒް ގެޓް ރިޑް ފްރޮމް މައި ލައިފް… ތޭންކްޔޫ އާން… ތޭންކްޔޫ ސޯ މަޗް ފޯ ދަ ސަޕޯޓް… ” ފަސްއެނބުރި ހިނިތުންވުމެއް ހަދިޔާކުރަމުން މިންހާ ބުނެލިއެވެ. މިންހާގެ ވާހަކަތަކުން އިއާންގެ ހިތަށް ހަމަޖެހުން ގެނުވިއެވެ. ” ދެޓްސް ލައިކް މައި ގާލް… ” މިންހާގެ ކޮލުގައި މަޑުމަޑުން ހިފާލަމުން އިއާން ބުނެލުމާއެކު މިންހާއަށް އޭނަގެ ނޭވާ ހިފަހައްޓާލެވުނެވެ. އިއާންގެ އެއަމަލުން އޭނަގެ ހިތުގެ ހިނގުމަށް ބަދަލުގެނުވިއެވެ. މިހާރަކަށް އައިސް އިއާންގެ ގާތްކަމުން އޭނައަށް އެފަދަ އިހުސާސްތަކެއް ކުރެވެއެވެ. މިންހާއަށް އައި ކުއްލި ބަދަލުން އިއާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. މިންހާގެ ހަރަކާތްތަކުން އޭނައަށްޓަކައި މިންހާގެ ހިތުގައި އިހުސާސްތަކެއް އުފެދެން ފަށާއިފިކަން އިއާންއަށް ގަބޫލުކުރެވުނެވެ. ”ބައިދަވޭ… ވަރަށް އުފާވެއްޖެ މިންނުގެ ލައިފްގެ ވަރަށް ޚާއްސަ ފަރާތަކަށްވީމަ… ބުނެދީބަލަ ކިހާ ވަރަކަށްކަން ޚާއްސަވަނީ… ތިހިތަށް ވާސިލްވެވޭނެހާ އަހަރެން ސްޕެޝަލްތަ… ” ދެފިޔަވަޅު މިންހާ އާއި ގާތަށް އަޅާލަމުން، ސީދާ މިންހާގެ ދެލޮލަށް ބަލަހައްޓާއިގެން ހުރެ އިއާން ބުނެލިއެވެ. އޭރެ އޭނަގެ ތުންފަތުގައިވީ ލާނެއް ހިނިތުންވުމެކެެވެ. އިއާންގެ އެސުވާލަށް ދޭނެ ޖަވާބެއް މިންހާގެ ދުލަކަށް ނައެވެ. އިއާންގެ އަސަރުގަދަ ދެލޮލުން އޭނައަށް ބަލަން ހުރި ގޮތުން މިންހާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި މިންހާގެ ދޮން މޫނު ލަދުވެތިކަމުގެ ޖަންބު ކުލައިން ފެވިގެން ދިޔައެވެ. އޭރު ފިޔާތޮށި ކުލައިގެ ތުނި ތުންފަތުގައިވީ ލަދުވެތި ހިނިތުންވުމެކެވެ. ލަދުން އިއާންގެ ކުރިމަތީގައި ހުންނަން ނުކެރުމުން މިންހާ އިއާންގެ ކައިރިން ލައިފާ ދާން ހިނގައިގަތެވެ. ދެތިން ފިޔަވަޅު ކުރިއަށް އެޅިތަނާ ސިހިފައި ހުއްޓެވުނީ އިއާން އޭނަގެ އަތްތިލައިގައި ހިފުމުންނެވެ. ”އެދުވަހަކަށް ވަރަށް އިންތިޒާރުކުރަން… އުއްމީދަކީ ވަރަށް އަވަހަށް މިކުރާ އިންތިޒާރަށް ނިމުމެއް އައުން… ” އިއާންގެ ފިރިހެންވަންތަ އަޑުން އެހެން ބުނެލުމާއެކު މިންހާގެ ތުންފަތުގައިވި ހިނިތުންވުން ފުންވެގެން ދިޔައެވެ. މަޑުމަޑުން އިއާންގެ އަތުގައިވި އޭނަގެ އަތަށް ދަމާލިއެވެ. އަދި ފަސްބެލުމެއްނެތި އާދައިގެ ހިނގުމެެއްގައި ބާބަކިއު ހަދާ ސަރަހައްދަން ދިއުމަށް ހިނގައިގަތެވެ. ހިތްހަމަޖެހިފައިހުރެ އިއާންވެސް މިންހާގެ ފަހަތުން ކުރިއަށް ހިނގައިގަތެވެ.
” އާން ވަރަށް ލޯބިވޭ ދޯ މިންނުދެކެ… އަހަރެންނަށް އަސްލު ކުރިންވެސް ހީވި އާންގެ ހިތުގަ މިންނުއަށްޓަކައި ފީލިންގްސް ވެޔޭ… މިރޭ ޔަގީންވެެއްޖެ… އަލޫފްގެ އެހަރަކާތުން އާން ރުޅިއައިސްފަ ހުރިވަރު ޒިޔަލްއަށްވެސް ފެނުނެއްނު… ހޮސްޕިޓަލުގަ އުޅޭއިރުވެސް ވަރަށް ފާހަގަވޭ.. އާން މިންނުއަށް ބަލަިލާ ގޮތްވެސް ތަފާތު… ވަރަށް ސްޕެޝަލް ލުކްއެއް މިންނުއަށް ދެނީ… ” އެހެން މީހުނާ ތަންކޮޅެއް އެކަހެރިވެލައިގެން ތިބެ އޫޝާ ޒިޔަލް އާއި ވާހަކަ ދެއްކިއެވެ. ” ޔެއާ… ސީމްސް ދެޓް މޭޑް ފޯރ އީޗް އަދަރ… ” އިއާން އާއި މިންހާ އަންނަތަން ފެނި މައުނަވީ ހިނިތުންވުމެެއް އޭނަގެ ތުންފަތް މައްޗަށް ވެރިވުމާއެކު ޒިޔަލްއަށް ބުނެލެވުނެވެ.
ހުރިހާ ކަމެެއް ތައްޔާރުވުމާއެކު އެންމެން ކާން ފެށިއެވެ. ބައެއް ފަރާތްތަކުން ޑިއުޓީ ގަޑި ޖެހެން ކައިރިވާތީ އަވަސް އަވަސް ކޮށްލައިގެން ދިޔައިރު ޑިއުޓީ ނިންމާލާފަ އަންނަ ފަރާތްތަކުން ބައިވެރިވަމުން ދިޔައެވެ. ކައި ނިމިގެން އެންމެންވެސް ބޭނުންވީ މަޖާ ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. މެދުގައި ބޮޑު އަލިފާންގަނޑެއް ރޯކޮށް އެންމެން ވަށާއިގެން ވަށްބުރަކަށް އިށީނެވެ. އެންމެން އެކުގައި މަޖާ ވާހަކަތައް ހިއްސާކުރަމުން ދިޔައިރު ކޮންމެ މީހެއްގެ މޫނު މަތީގައިވެސްވީ އުފާވެރިކަމެވެ. ” އޭ އާން… އާން ވަރަށް ރީތިކޮށް ލަވަ ކިޔާ ކަަމަށް ވަނީ… އަހަރެމެނަށްވެސް ތިހުނަރު ދައްކާލަބަލަ… މިކަހަލަ ރެއެއްގަދޯ މިކަހަލަ ކަމެއްވެސް ކޮށްލެވޭނީ… ” ގިޓާ ހިފައިގެން އިން އަފްޒަލް އެހެން ބުނުމާއެކު އެންމެން ކަހަލަ ގޮތަކަށް އެކަމަށް ތާއީދުކުރިއެވެ. އިއާން އެންމެ ރަނގަޅު ކަމުގައި ބުނެ އަތަށް ގިޓާ ހެޔޮވަރުކޮށްލަމުން ރީތި ރާގެއް ކުޅެލިއެވެ. ” ވާ ލޯބިންނޭ ދީވާނާ ވަނީ… ގާތުގައި ވާށޭ ބޭނުންވަނީ… ޔާރާ ތިޔަ ލޯތްބަށް އެދިއެދިވީމޭ… ދީފިން މަގޭ ހިތްއެކީ… މިހިތުގެ ލޯތްބަކީ… ” ސީދާ މިންހާގެ މޫނަށް ބަލަހައްޓާއިގެން އިނދެ ގިޓާއިން ލަވައިގެ ރާގު ކުޅެމުން އިއާން ލަވަކިޔަމުން ދިޔައެވެ. ދެވަނަ ފަހަރަށްވެސް ލަވައިގެ އެބައި ތަކުރާރުކޮށް އިއާން ކިޔާލިއެވެ. ރޯކޮށްފައިވި އަލިފާންގަނޑުން މިންހާގެ މޫނަށް އޮރެންޖު އަލި އެޅިފައިވީއިރު ނުހަނު ހިތްގައިމެވެ. އިއާންގެ އެބެލުންތަކުން މިންހާ ލަދުން އިސްޖަހާލިއެވެ. އިއާންގެ ދުލުން ކިޔާ ކޮންމެ ބަހެއްމެ ނިސްބަތްވަނީ އޭނައަކަށް އިނގި މިންހާ އިތުރަށް ލަދުގަންނަ ގޮތްވިއެވެ. ” އަބަދު ތި ސާދާ މޫނަށް ބެލެޔޭ ޒުވާން… ޔާރު ލަދުރަކިވެ ނުކޮށްލާށޭ ނިވާ… އަބަދު ތި ސާދާ މޫނަށް ބެލެޔޭ ޒުވާން… ޔާރު ލަދުރަކިވެ ނުކޮށްލާށޭ ނިވާ… އުޖާލާ ހަނދާއޭ… ކަލާ ތީ ވިންދޭ މަގޭ… ” އިއާން ދެން ކިޔައިލި ބައިތުތަކުގެ ސަބަބުން މިންހާއަށް އިސްއުފުލާލަމުން އިއާންގެ ތޫނު ދެލޮލަށް ބަލައިލެވުނެވެ. ހަމައެސިކުންތު އަނެއްކާވެސް މިންހާ އޭނަގެ ނަޒަރު އެހެން ދިމާލަކަށް ބަދަލުކޮށްލިއެވެ. އިއާންގެ ކޮންމެ ބެލުމަކުން އޭނަގެ ހިތަށް އެނގުންވެލައިގެންދެއެވެ.
އިއާން އޭނަގެ ލަވައާއިގެން ކުރިއަށް ދިޔައެވެ. ”ތިޔައޭ ޒުވާނާ ލޯބިން ހޯދާ ރޭދުވާ… ވަކިވެ ނުދާނަން އަދު ކުރަމޭ ހުވާ… އެކީގައި ހުރީމޭ… ހިތާ މީ ވަޢުދޭ މަގޭ… ވާ ލޯބިންނޭ ދީވާނާ ވަނީ… ގާތުގައި ވާށޭ ބޭނުންވަނީ… ޔާރާ ތިޔަ ލޯތްބަށް އެދިއެދިވީމޭ… ދީފިން މަގޭ ހިތް އެކީ… މިހިތުގެ ލޯތްބަކީ… ” އިއާން އޭނަގެ ފިރިހެންވަންތަ އަޑުން ލަވަ ކިޔާ ނިންމާލުމާއެކު އެންމެން އަތްތިލަ ބަޑީގެ ހޫނު ތަރުހީބުދިނެވެ. އެގޮތުގައި އުފަލާއި މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު އެންމެންވެސް ގެއަށް ދިޔައީ ދިހައެއްޖަހަން ގާތްވެފައި ވަނިކޮށެވެ. މިންހާވެސް ގެއަށް ގޮސް އަވަހަށް ފެންވަރާ ތާޒާވެލިއެވެ. ޑްރެސިން ޓޭބަލް ކުރިމަތީގައި އިނދެ އޭނަގެ ގަދަ މުށި ކުލައިގެ ރާޅު ބާނި އިސްތަށިގަނޑުގައި ފުނާ އަޅަމުން ދިޔައިރު މިންހާ ދިޔައީ މަޑުމަޑުން އިއާން ކީ ލަވައިގެ ރާގު ލައްވަމުންނެވެ. އޭރުވެސް ހީވަނީ އިއާންގެ ދުލުން އެލަވަ ކިޔާލާ އަޑު އޭނަގެ ކަންފަތަށް އިވޭހެންނެވެ. އިއާންގެ އެބެލުންތަކާއި އެރޭ އެދެމީހުންގެ ދެމެދު ހިނގާދިޔަ ހުރިހާ ކަމެއް މިންހާއަށް ސިފަކުރެވެމުން ދިޔައެވެ. އިއާން އޭނަގެ މަޑު އަތްތިލައިގައި ހިފާލި ގޮތެވެ. އެދުލުން ބުނެލި ބަސްތަކެވެ. މިހުރިހާ ކަމެެއްވެސް ވަނީ އޭނަގެ ހިތުގެ އެންމެ ފުން މިނުގައި ރައްކާކުރެވިފައެވެ. ދެފަރާތަށް ބޯ ހޫރުވާލާ އެޚިޔާލުތަކުން ދުރުވެ މިންހާ އަވަސް އަވަސްކޮށްލައިގެން ފުނާ އަޅާލިއެވެ. އެއަށްފަހު އަދި އިޝާ ނަމާދު ނުކުރެވޭތީ އަވަހަށް ނަމާދުކުރަން އަވަސްވެގަތެވެ. ނަމާދުކޮށްލައިގެން އެއްޗެހި ބަދަލުކުރުމަށްފަހު މިންހާ އެނދުގައި އޮށޯތެވެ. މާގިނަ އިރެއްނުވެ ވެފާހުރި ވަރުބަލިން މިންހާގެ އެސްފިޔަތަކަށް ބަރުވެ ދެލޯ މެރިގެން ދިޔައެވެ.
ޖެހިގެން އައި ދުވަހުގެ ހަވީރުގެ ވަގުތެވެ. އާދައިގެ މަތިން މިންހާ އާއި އަޝްރާ ދެމީހުން ބަދަރު ސަރަހައްދުގައި ހުރި ބުރުތަކުން ބުރެއްގައި ތިއްބެވެ. ދެމީހުންގެ ދެމެދުގައިވެސް ދިޔައީ ވާހަކަ ދެކެވެމުންނެވެ. ” މިންނު… ސުވާލެއް ކޮށްލަންތަ؟ އިފް ޔޫ ޑޯންޓް މައިންޑް… ” ވާހަކައިގެ ތެރެއިން އަޝްރާ ސީރިއަސްކަމާއެކު އަހާލިއެވެ. ” ހޫމް… ކޮށްބަލަ… އަޝޫ އަހަރެން ކައިރިން ހުއްދަ ހޯދާކަަށް ނުޖެހޭނޭ… ” ހިނިތުންވުމެއްގައި އިނދެ މިންހާ ބުނެލިއެވެ. ”މިންނުގެ ހިތުގަ ދޮންބެއަށްޓަކައި ފީލިންގްސް ވޭދޯ… ” އަޝްރާގެ ސުވާލުން މިންހާގެ ހަރަކާތްތަކަށް ހުއްޓުމެެއްއައެވެ. ބުނާނެ އެއްޗެެއް ނޭނގިފައި އޭނައަށް އަޝްރާއަށް ބަލަހައްޓާއިގެން އިނދެވުނެވެ. ” އައި ޑޯންްޓް ނޯ… އައިން ނޮޓް ޝުއަރ… އެކަމަކު ކުރިއާ ތަފާތު އިހުސާސްތަކެއް ކުރެވޭ… ” އިސްޖަހާލާ އިނގިލިތަކާ ކުޅެމުން މިންހާ ބުނެލިއެވެ. ” އަސްލުތަ… ތަފާތު އިހުސާސެއްކުރެވޭ ދޯ… ނަސީބެއްނު… ފައިނަލީ… ކުޑަ ނަމަވެސް ހޯޕެއް… އަހަރެން ހާދަ ދެކެން ބޭނުމޭ މިންނުއާ ދޮންބެ ރިލޭޝަންއަަކަށް ދާ ދުވަސް… ދޮންބެގެ މިދިގު އިންތިޒާރަށް ނިމެއް އަންނާނެ ދުވަސް… މިންނު އަލޫފްއާއެކު ރިލޭޝަންއަކަށް ނުދާއިރުންސުރެވެސް ދޮންބެ މިންނުދެކެ އެހާ ލޯބިވޭ… ސޯ ހީ ޑިޒަރވްސް ޔުއަރ ލަވް… ” ވާހަކަ ދައްކަމުން ދިޔަ އަޝްރާއަށް ހުއްޓެވުނީ ދެބުމަ ކައިރިކޮށްލައިގެން އިނދެ މިންހާ އޭނައަށް ބަލައިލުމުންނެވެ. ”އަޝޫ… ސޭ އިޓް ވަންސް އެގެއިން… އަހަރެން އަލޫފްއާއެކު ރިލޭޝަންއަކަށް ދިޔުމުގެ ކުރިންނޭ… އޭރުއްސުރެ… އާން… އާން ލޯބިވަނީ… އަހަރެންދެކެތަ… ” އިވުނު ވާހަކަތައް ގަބޫލުކުރަން ދަތިވުމުން އަޅައަޅާއިގަންނަމުން މިންހާ ސުވާލުކުރިއެވެ. މިންހާގެ އެސުވާލުން އޭނައަށް ބުނެވުނީ ބުނަން ނުވާވަރުގެ ވާހަކައެއްކަން އަޝްރާއަށް ވިސްނުނެވެ. އޭނާ ވާނީ އިއާން ގާތު މިންހާއަށް އެކަން ނާންގާނެކަމަށް ވަޢުދުވެފައެވެ. އެހެނަސް ނޭނގުމެެއްގެ ތެރޭގައި އޭނައަށް އެވާހަކަތައް ދުލާ ހަމައަށް ގެނެވުނީއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
62 Comments!
Comments are closed.








Salaam dear readers… Again here is a long part ???… Hope all will like this part too… Keep commenting your views ???… Next part In Sha Allah Saturday night ga ???… Mistakes huredhaane… Check vx nukoh mi up kohly… Last part ge comment thakah reply kohlaanan In Sha Allah maadhama ge vaguthehga ???… Love you all my readers n thankyou sooooooooo much for the support ???❤️❤️❤️??????…
I am first dhw vvv reethi
Zeen ❤️❤️❤️… Yesss dear ur first ???… Congratulations on being first ???… N thankyou soooooo much ???❤️❤️❤️??????…
yayyyy i am the first nd story vrh reethi vaane hen heevany kiyaalaafa comment eh kohlaanan igey
Friends ❤️❤️❤️… This time ur second ???… Waiting for your comment ???…
Yey..me second..adhi alah ehaa avahah mi kiunee ifoo darlinge vaahaka…..conment kollanna kiyaalafa..
Your big fan maai
Maai ❤️❤️❤️… This time ur third dear ???… Heheh… Congrats ehaa avahah kiyaalevunyma ???… Waiting for your comment dear ???…
Me third dho? Will comment after reading
Ur fourth dear ???… Waiting for your comment ???…
Maasha allah….my great great young writer haadha molhey.??????????????????????..bunaane ehcheh ves neyge…your story is just amazing???….haadha reachey mi baivea..finally minnu and aan gulheny dhw..⚘⚘⚘⚘⚘⚘⚘??????????????????????????????..vaahak nunimi kithah ep eba oii tha…ashoo n naail ge parts mathin vvvv miss vey. ❤❤❤❤❤❤❤❤❤❤❤❤..e kudhinge part next ep ga himanchey…..i am so so soooo happy ehaa dhigu ln genes dhinyma…..ehves kujjaku shakuvaa eh nukuraane mi part kiyaafa kuruvegenneh??????????????….i am really glad to have a greate writer like u.???…..next part avahah up kurachey…any way i am out of words….vvvvvvv loabi mi vaahaka…love u so much cutie ??❤?❣????❤?❣????????????????????????????❤❤❤❤❤???????❤❤❤❤❤
Your big fan maai
Awwwwnn ❤️❤️❤️???… Thankyou sooooooooo much my dear maai ❤️❤️❤️?????????… I’m speechless ???… V v v ufaavehje maai ge comment kiyaalaafa ???… Neynge bunaane ehcheh vx ???… I’m so happy that u like it ???… Exactly kithah parts kameh bunan dhathi… Bt I’m trying 10 parts ah vure dhigu nukuran ???… Next part ga In Sha Allah naail and ashraa ge baeh vx annaane ???… Keep waiting dear ???… Once again thankyou sooooooooo much for the support n love ❤️❤️❤️?????????… V v v ufaavey thikahala reader eh libunyma ???… Sending more n more loves from me my dear big fan maai ❤️❤️❤️????????????…
ifooo.. this stry is awesome… i love it… keep up the good work dear.. lotss and lotss of luv and best wishes frm me
Maayu ❤️❤️❤️… After a long time dhw ???… V v v ufaavehje comment kohleema ???… Thankyou sooooooooo much dear ❤️❤️❤️?????????… Hope to see ur comment more often n much more loves from me ❤️❤️❤️?????????…
Speechless ❤❤❤ Masha Allah ur sooo talented ??????… Mi partvx hama obiness to the maxxx ??????… V v v furihama vefa rythi ingey mi story n I just love it ??????… N thank you sooo much dear mi part dhigukoh genasdhinyma ❄❄❄???… Thy naju v v v loabivaaa v v v rangalhu kujheh ??????… I’m glad to have a frnd like u ⭐⭐⭐???… N I really appreciate it ??????… curiously waiting for the next ??????… lysm dear ??????❤❤❤?????????????????????
Awwwwnn ❤️❤️❤️???… That’s so sweet of you Naju ❤️❤️❤️???… V v v ufaavehje comment kiyaalaafa ???… Thankyou sooooooooo much for the support n love ❤️❤️❤️????????????… Ur hama one of the best reader ey buneveynee ???❤️❤️❤️???… Much much more loves from me ❤️❤️❤️????????????…
Haadha lahey dhw
Las vias story is best dho??? ❤️
It’s because of my busy schedule ???… N I don’t think ehaa Las heneh… Week ehga 3 parts ragalhu kamah ifoo gaboolu kurany ???…
Muslim ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????…
Wowwwww… Ifooo… ??????????Literally Wowwwww…????❤️????. No words to utter… I am speechless… Mihaaru v bodah curious kohfa thinimmalee.?????… V v v v reethi… Ma Sha Allah…???????? Keep up the good work dear… May Allah bless you… ❤️??????And thanks ehaa reethi part eh genes dhineemaa..?❤️?????????. One of the best episodes Ever in this story… ????U are the best writer…. No doubt about that..?????????. Much and much more loves from mee….??????? Once again… Ifooo u are the best❤️??????
Awwwwnn ❤️❤️❤️????… Thankyou sooooooooo much ❤️❤️❤️?????????… This is one of the best comment I got ???… N ur one of my best reader ey buneveynee ???❤️❤️❤️???… Thidhey support ah v v v bodah thanks ❤️❤️❤️?????????… V v v ufaavehje comment kiyaalaafa ???… It means a lot for me ???… Sending more n more loves from me ❤️❤️❤️?????????…
Wow…❤❤????… I am just speechless dear…❤❤????…I dnt know what to say about this story…❤❤????..I am addicted to this..❤❤????….Up kuran bunaa dhuvahu vrh ginain check kurevey up vi thoa…❤❤????..Hey ifoo..❤❤????…You are improving in every part dear…❤❤????.Thi part also just awesome and intresting..❤❤????…Wow…Minnu haadha gadha ey dhw…❤❤????.. I like that…❤❤????…Keep her happy always…❤❤????…And ann also feel great dhw now…❤❤????…I think minnu aan aa vrh avahah gulheyne…❤❤???? ..Waiting for that to happens…❤❤????…Romantic scene thah vrh vrh salhi…❤❤????…Mulhi part ga vex sifa kurun vrh vrh reethi ingey..❤❤????…Like loa kurimathin fennan hen…❤❤????.I think minnu ah aan kurin vex minnu dheke like vaakan angunyma she will think more about it and make a decision soon..❤❤????..Keep it up dear..❤❤????…Your doing really fantastic job..❤❤????..Waiting for next part dear.. ❤❤????..Hope next part will be more intresting and long too..❤❤????.. Will support you always…❤❤???? …Much loves dear..❤❤????
THE BEST STORY
THE BEST WRITTER
❤❤❤❤????
Awwwwnn ❤️❤️❤️????… Again a lovely comment ❤️❤️❤️???… Thankyou sooooooooo much ❤️❤️❤️?????????… ur one of my best reader ey buneveynee ???❤️❤️❤️… Thidhey support ah v v v bodah thanks ❤️❤️❤️?????????… V v v ufaavehje comment kiyaalaafa ???… Let’s see what happens ???… Keep waiting ???… Sending more loves from me ❤️❤️❤️?????????…
Wow ifooo sis ?❤?????..alhe haadha reehchey mi part vec… v v interesting nge….konme scene eh vec hama ehme habbu koh hithah genevun..Hama Speechless vefa myny dear???♥♥??????..nuvythaakah mi part upkodhinyma hurihaa teeths eh fenna v heylaigen myny..heheh ..Alhey aan nd minnu ulhey goiy haadha loehbey dhw..They r made for each other hama??♥♥??????????..Naail part eh nethyma v sad vi..next part eh ga ashoo menge fight eh gennahchey ..hehe…I like the way that u r bringing the story darla?❤?????????????..I am outta of words hama..mi part ga in song vec v v rythi nge..ehme gulhey hama..Don’t knw dhn hama bunaane ehcheh…heheh ??????…u r so talented..Masha allah….Ifoo thy hama world’s best story writer nge..mi site ge quween….hehe..??????????..ifoo sis ge haalu kihineh thr..I hope u r doning well as me….Sending more nd more lovx from me ifoo lavu kolhu….Lysm??????????Hope next part will also be more nd move intersting like this
Awwwwnn ❤️❤️❤️??????… What a lovely comment ❤️❤️❤️??????… I loved it ❤️❤️❤️???… Jiji ❤️❤️❤️… What should I say ???… I don’t know how to describe how happy I am ???… V v v ufaavehje jiji ge comment kiyaalaafa ???… Thankyou sooooooooo much for the support n love ❤️❤️❤️????????????… Ur so sweet dear ❤️❤️❤️????????… Jiji akee ifoo ge one the best reader ey buneveynee ???❤️❤️❤️… Ur so supportive ??????❤️❤️❤️… Ifoo alhamdhulillah v ragalhu ???… Next part ga In Sha Allah naail and ashraa ge baeh genesdheynan ???… Once again thankyou soooooo much dear n much much more loves from me dear jiji ???❤️❤️❤️?????????…
alheyyyy ??????haadha reecheyy mi part ?????mashah allah ❤❤???? bunaane ehcheh vss hama neyge ????❤❤ v v v v furihama ❤❤????sifa kurun vss hama varah salhi ???????? minnu haadha gadha eyy dhww.. mihaaru aloof ah hunaaneee rangalhah visnifa ?????yess finally minnu ah aan dheke loabi vevenee dhww?????????❤❤ dhnn avahah aan aai minnu aa gulhuvaa ❤❤????next part avahah up kodhehche ?????????? LOVE U ???????❤❤????????????
Awwwwnn ❤️❤️❤️???… Again yaaanaa ge lovely, colourful Comment eh ❤️❤️❤️??????… Thankyou sooooooooo much yaaanaa ifoo ah thidhey support ah ❤️❤️❤️????????????… V v v ufaavey thi fadha reader eh libunyma ??????… Let’s see what happens dhw ???… Next part In Sha Allah Saturday night ga… Till now I haven’t started writing… V v v bxy koh miulheny… Bt will try my best to upload ???… Much much more loves from me ❤️❤️❤️????????????…
Vaahaka reethi. Bt ehkahalage seen thakeh maaginain liyefa hunna kan faahaga kohlan… I mean eh Vaahaka thakeh
Thoo ❤️❤️❤️… I believe mi part ga ehen hunnaane because aloof repeatedly minhaa aa same question ahaafa hunnaane cause of jealousy… It shows how jealousy he is… Thankyou soooooo much ❤️❤️❤️?????????…
Story v reethi. Mi part ves v reethi. Can’t wait for next part.
Noora ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… It means a lot for me ???…
My faaaaaaaaaaaaaaavv writer…?????????♥️♥️ifoo vareh neh mi oh bodu esfiya akuvc ..ifoo viyya gavaaidhah story up kohdheveyne kuhjakah ulheny ????????
Dear like always this sooo gud..
Adnhi vvvvv ufaavehje thihaa burakoh ulhemn vc story ehaa dhigu Koh up kohdhiny a… Sukuriyaa ??Masha Allah.. good bless you… hope next part vx mihaa awesome vaane kamah inshallah…??????????????????????????️???????????
Awwwwnn ❤️❤️❤️???… Thankyou sooooooooo much girl ❤️❤️❤️????????????… V v v ufaavehje favourite writer ah v ma ???… Thidhey support ah ifoo ge hithuga adin shukuruverivan ???… Thankyou sooooooooo much dear ❤️❤️❤️????????????… Sending more n more loves from me ❤️❤️❤️????????????…
Wowww dear so so so beautiful ♥️♥️♥️ I don’t have the words to describe how beautiful it is ❤️❤️❤️❤️ Pls pls next part avahah up kohdhy plsssssssss ?????
Awwwwnn ❤️❤️❤️???… Scarlet ❤️❤️❤️… Thankyou sooooooooo much dear ❤️❤️❤️????????????… V v v ufaavehje ???… Next part In Sha Allah Saturday night ga… But till now I haven’t started writing… V v v bxy koh miulheny… But will try my best to upload on Saturday night… Keep waiting dear ???… Sending more n more loves from me ❤️❤️❤️????????????…
Alhey … Haadha reechey??…. I am just speechless…. This story is amazing..❤️❤️❤️❤️❤️❤️
Awwwwnn ❤️❤️❤️???… Zuam ❤️❤️❤️… Thankyou sooooooooo much ❤️❤️❤️????????????… V v v ufaavehje ???… Sending more n more loves from me ❤️❤️❤️????????????…
Dear it’s amazing…..???????❤️❤️❤️❤️❤️???? alhey hama habbu ? you are the best writer gurl ge favvv ????????????? aloof kada vaane ???????????????? Hehehehe ….. Minnu haadha shock koh laafa thi ninmaaaliy mi prt ??????ashuu haas vaane dhw…..????? it’s amazing ithuru ehchehi kiyaa kah neynge….????? lots of love ❤️❤️❤️❤️ ❤️❤️❤️❤️❤️
My dear Daisy girl ❤️❤️❤️???… Thankyou sooooooooo much ❤️❤️❤️????????????… V v v ufaavehje ???… I’m soooooo happy to see ur regularly ???… Sending more n more loves from me ❤️❤️❤️????????????…
Minnu gadha ingey that ‘s what I like to see from her vaahaka varah reethi , hama Heevanee laaraage vaahaka eh kiyaaleveyhen maashaa allah you’re doing great job dear keep it up waiting for the next part i wish you a Bride future ifoo
Awwwwnn ❤️❤️❤️???… Thankyou sooooooooo much ❤️❤️❤️????????????… V v v ufaavehje ???… Noor ge comment knme part akun vx fennaathy v v v ufaavey ???… V v v bodah ufaavehje story kamudhiyaima ???… Sending more n more loves from me ❤️❤️❤️????????????…
Aloof ah ihusaas kireven jeheyne. But minnu ves dhen aloof ge haalu understand velaafa kuriah dhaa nama v salhi vaane. Aan nd minnu gulhen ok. Writer jeheyne ekahala massege eh dheyn ves.
Keep waiting ???… Story is not finished yet ???… Story nimey iru In Sha Allah ragalhu message thakeh libigen dhaane ???… Thankyou for the compliment ❤️❤️❤️?????????…
Mi story vvvv salhi.plx den minnu n aan gulhuvaba plx plx
Airah ❤️❤️❤️… Keep waiting n let’s see what happens ???… Thankyou sooooooooo much ❤️❤️❤️?????????…
Alhey..❤❤❤❤.. story hama habeysss???..its awesome.. finally minnu is starting to have feelings for aan…???.. just hope that she realizes that she loves aan soon.. loved this part..???.. ❤❤much love ??????
Naum ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje comment kohleema ???… Let’s see what happens ???… Sending more loves from me ❤️❤️❤️?????????…
Vvv salhi keep it up ifoo
Asra ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????…
Wow wow it’s awesome ??????????????????????????????ifoo dear u r the best??????????????????long koh genes dhineema thanks vvv bodah?????????vvvvv reethi story ?????????????i am speechless… bunaane echeh vess nenge???????ehaavess story reethi ??minhaa aloofah hedhee enme rangal goi i hate aloof ???????? and story is soooooo beautiful ???????????????????????
Kiyaaraa ❤️❤️❤️… Thankyou sooooooooo much for the colourful Comment ❤️❤️❤️?????????… I’m soooooo happy to see ur comment ???❤️❤️❤️… V v v ufaavehje comment kiyaalaafa ???… Once again thankyou soooooo much dear n much more loves from me ❤️❤️❤️????????????…
Varah nice vaahaka kuria yo baa inthizar kuran
Aish ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????…
Varah nice vaahaka 49 vanabaya inthizar kuran
Aish ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????…
Alheyyy this part is so long !!! Kiyan in iru ves realize vi.. Its that long ??❤❤ Thank you so so so much ifoo ????? Hows you dear? Dhuvaskolheh fahun dho livy ah habareh mi vevuny.. Hehe.. Komme faharaku ves story kiyaalaafa busy vegen fahun comment kollan hurefa ves nukureveny.. So sorry ❤❤❤ but story is going hama amazing !!! Eyoh scene eh ingey hama saabas minnu ah ????????? it was too good ! Hama feel Vi aloof aa dhimaalah kee hurihaa ehcheh ?? Speechless.. ?????? And yes Aan ves gadha ???? Hama moonu mathy jehy viyya.. And loveeeee the way minnu was protecting aan and defend kuri goi.. Saying that he is special I was so happyyyyy ??????? Haha.. Shamha ves mihaaru dhera vaane kameh nethennu.. Dhen alhe minnu ah realize vaa nama dho minnu ves loabivaakan.. Ashoo ah ves bunevijje viyya aloof aa relationship akah dhiyumuge kurin loabivikan.. But aan minnu ge studies ah focus nukurevidhaane thy dho confess nukury.. Curious to know how Minnu is gonna react ?????? Aloof rangalhah j kollan vaane ingey ???? shamha and eelaaf ah ves landeh dheefa.. Thank you so so so so much ifoo for bringing this story.. Next part mirey dhw.. ?? Cannot wait hama ??????????????????? Lots of love dear ??????????
Vvvvvvvvv nice……. abadhuves inthizaaruga idhevey…..❤❤❤❤❤❤❤❤?????????????????????????☘????????☘?????☘????????
Ifoo dear were is story ?????????????????I am unbearable to wait for story????????please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please Aves kobaar can’t wait ??????????????????????????????????????????????????????????????????????????????
ifoo dear were is story I am unbearable for story please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please avss kobar dear I CAN’T WAIT
unbearable to wait *
Adhi vc up eh nuvey
Dhooooooniiii can’t wait
Avs avs
Ifoo adhivec up nuveyey. .I can’t wait anymore..avahah up kohdheeba rangadaaa?????