Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މާޒީ (ނުވަވަނަބައި)

InaaSh Level 210 Stories100 Comments
April 22, 2019 4 Mins Read
29 Comments

ނާއިރާ ނައިލް އާއި ދިމާއަށް ބަލައިލިއިރުގައި ޝާއިންގެ ނަޒަރު ހުއްޓިފައިވަނީ ނާއިރާއަށެވެ. ނާއިރާއަށް ހިންދިރުވާލެވުނީ ބޭއިހްތިޔާރުގައެވެ. ނާއިރާ ފަހަތުގައި ހުރި ނައިލްއަށް ބަލާލިއެވެ. ނައިލްވެސް ހުރީ ނާއިރާ ޝާއިންއަށް ދޭނެ ޖަވާބެއްގެ އިންތިޒާރުގެއެވެ.
”ތީ އީއްޔަގަ ނަގާފަ އިން ފޮޓޯއެއް….ރީތީ ދޯ؟….ދޮންބެ އެހެން ހުއްޓަސް ވެސް ވަރަށް މޮޅުވާނެ ފޮޓޯނަގަން….”
ނާއިރާ ޝާއިން އެއްޗެކޭ އެހުމުގެ ކުރިން އަވަސް އަވަހާ ބުނެލީ ނައިލް ޝާއިންގެ ކުރިމަތީގައި ބޭޒާރު ވެދާނެތީއެވެ. ނައިލްއައިސް ނާއިރާއާއި އަރާ ހަމަކުރަމުން ނާއިރާއަށް ހީލީއެވެ. ނާއިރާވެސް ނައިލްއަށް ބަލާލަމުން އެއްލޯމަރާލިއެވެ.
”ހޫމް ވަރަށް ރީތި މި ފޮޓޯ….ނައިލް ފޮޓޯނަގަން ވެސް ހާދަ މޮޅޭ ދޯ….”
”ހެހެހެ….ތެންކްސް….ޝާއިން މިގަނޑީގަ ކީއްކުރަނީ މިގޭގަ….”
ޝާއިން އެގަނޑީގައި އަންނާނީ ކޮންމެވެސް ކަމަކުއޭ ހިތަށް އެރުމުން ނައިލް ޝާއިންއާއި ސުވާލު ކޮއްލިއެވެ.
”މިރޭގަ ފްރެންޑުން ތަކަކާއި އެކުގަ ބީޗްއަށް ބާބަކިއުއެއް ހަދަން ދާން ވެގެން މިއުޅެނީ….އެހެންވެ ނައިލްއަށް ވެސް ދައުވަތުއަރުވަން ވެގެން މިއައީ… ތިހެން ގޭގަ ނީންދެ ތަންތަނަށް ގޮސްލާ ހެދީމައެއްނު ނިއު ފްރެންޑްސް ވެސް އިތުރުވާނީ…”
ޝާއިންގެ އެ ހުށައެޅުން ނައިލްއަށް ވެސް ވަރަށް ކަމުދިޔައެވެ. އެހެންކަމުން އެކަމާ ވަގުތުން އެއްބަސް ވިއެވެ.
”އަޅެ އަހަރެން ނުގެންދާނަން ތަ؟…”
ނާއިރާވެސް ހުރީ ވަރަށް ދާ ހިތުންނެވެ. ނާއިރާ ލޯބިގޮތަކަށް ބަލައިލަމުން އެހެން އަހައިލުމުން ޝާއިންއަށް ހުރެވުނީ އެ މޫނުން ނަޒަރުވަކި ކޮއްލަން ނޭންގިފައެވެ.
”ސޮރީ ނާއިރާ….ބޯއީސް އޮންލީ…..އެހެން ފަހަރަކުން ނާއިރާ ދާނީ ދޯ…”
ޝާއިން ނާއިރާ ކިތަންމެ ގެންދަން ބޭނުންވިނަމަވެސް ހުސް ފިރިހެން ކުދިންދާތީވެ ގެންދެވެން ނެތީއެވެ. ނާއިރާގެ މޫނުމަތިން މާޔޫސީ ކުލަވަރު ފެނުނީ ޝާއިންގެ ޖަވާބު އަޑުއަހައިފައެވެ. ދެ އާއިލާ އެއްކޮއް ޕިކްނިކްއެއް ރާވައިލައިގެން ބާބަކިއު އަކާއި އެއްޗެހި ހަދާލަން ދާނީ އޭ ބުނެ ނައިލް ނާއިރާގެ ހިތްހަމަ ޖައްސައިލިއެވެ. ނާއިރާއަށް އެ ހިޔާލުވެސް ވަރަށް ކަމުދިޔައެވެ. ނާއިރާ ހިތްހަމަ ޖެހިފައި ހުރިތަން ފެނިފައި ޝާއިންގެ މޫނުމަތީގައި ވެސް ދުވެލީ ރީތި ހިނިތުންވުމެކެވެ. އިޝާނަމާދު ފަހުން ނައިލް ބަލާ އަންނާނެ ކަމުގައި ބުނަމުން ޝާއިން ދިޔައީއެވެ. ބަރާބަރު އަށެއްޖެހި އިރުގައި ޝާއިން އިނީ ނައިލްމެން ގޭގެ ކުރިމަތީގައެވެ. ޝާއިން ނައިލްއަށް ގުޅައިލަމުން އަންނަން ބުނިތާ މިނެޓެއް ވެސް ނުވަނީސް ނައިލްގޭގެ ދޮރު ހުޅުވައިލަމުން ނިކުތެވެ. ނައިލްއައީ އަނިލް އަދި ނިޝާގާތުގައި އަހާ ހުއްދަ ހޯދުމަށްފަހުގައެވެ. އެއީ ނައިލް އަދި ނާއިރާގެ އަބަދުގެވެސް އާދައެވެ. ކޮންމެކަމެއް ކުރިއަސް ވެސް އަނިލްމެންގެ ހުއްދަ ނައިލް އަދި ނާއިރާ ހޯދައެވެ. ޝާއިން ސައިކަލުގައި ގޮސް މަޑުކޮއްލީ ގެއެއްގެ ކައިރީގައެވެ.
”ދިސް އިޒް މައި ހޯމް…..އާދެ އެތެރެއަށް….އަދި އެއްޗެއް ހިފައިގެން މެއިން ތަނަށް ދެވެން އޮތީ…”
ޝާއިން ސައިކަލުން ފައިބަމުން ކުރިމަތީގައި ހުރި ގެއަށް އިޝާރާތް ކޮއްލަމުން ބުނެލިއެވެ. ނައިލް ޝާއިންގެ ފަހަތުން ކަހަލަގެ ގޮތަކަށް އެގެއަށް ވަދެގެން ދިޔައިރުގައި ނައިލްގެ ނަޒަރު ހުއްޓުނީ އެގޭގައި ހުރި ބޮޑުއަނބު ގަހެއްގެ ދަށުގައި ހުރި ޖޯލިފަތީގައި އޮތް ޝާޔަންއެވެ. ޝާއިން އެބަ އަންނަމޭ ބުނަމުން ގޭތެރެއަށް ވަދެގެން ދިޔައެވެ. އެހެންކަމުން ނައިލްއައިސް މަޑުކޮއްލީ ޝާޔަންގެ ގާތުގައެވެ.
”ނައިލް ދޯ….”
ނައިލް އައިސްއެތާގައި މަޑުކޮށްލިތާ އިރުކޮޅެއްވީތަނުން ޝާޔަން ޖެހިލުމެއްނެތި އަހައިލިއެވެ. ނައިލްހުރީ ހައިރާންވި ވަރުން ބުނާނެއެއްޗެއް ވެސް ނޭންގިފައެވެ.
” ނައިލްއެއް ނޫންތަ އަނެއްކާ؟…”
ޝާޔަން ތެދުވެ ޖޯލީގައި ހަމަޖެހިލަމުން އަނެއްކާވެސް އަހައިލިއެވެ.
”ހޫމް ނައިލް…. އެކަމް ކިހިނެއް އިނގުނީ…”
ނައިލްހުރީ ހަމަ ރަނގަޅަށް ވެސް ހައިރާންވެފައެވެ.
”ހެހެހެހެ….ސެންޓުގެ ވަސް ޖެހުނީމަ އިނގިއްޖެ ތީ ނައިލްކަން….ތި ވަސް ދުވާ ސެންޓެއް އަހަރެން ދަންނަ އެހެން މީހެއް ނުޖަހާ ވީއްޔަ…”
ޝާޔަން ކުޑަހުނުމަކާއި އެކުގައި ބުނެލިއެވެ. ނައިލްގެ މޫނުމަށްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ ޝާޔަންއަށް ނައިލް ފާހަނގަ ކުރަން އިނގުނީތީވެ އެކަމާއި އުފަލުންނެވެ.
”ހެހެ…..އެ ދޯ ވީ ގޮތަކީ؟……ޝާޔަން ކިހިނެއް؟..”
”އަލްހަމްދްލިﷲ ހަމަ ބަރާބަރު…..ތި ދަނީ ދޮންބެ އާއިއެކު ބާބަކިއުއަށް ދާން ދޯ…؟…..”
”އާން ޝާޔަންގެ ދޮންބެ އިންވައިޓް ކުރީމަ މަޖާ ކޮއްލަން ދާން މިދަނީ….”
ނައިލްއަށް އިތުރަށް އެއްޗެކޭ ނުބުނެވެނީސް ޝާއިން ގެއިން ނިކުމެގެން އައިސް ނައިލްއާއި ހަމަ ކުރިއެވެ.
”ކޮބާ ހިނގާ ދާން…އެމީހުން އަހަރުން ލަސްވެގެން އެބަ ގުޅާ…ދަނީ އިނގޭ ޝާޔަން….”
ޝާއިން ޝާޔަންގެ ބޮލުގައި ފިރުމާލަމުން ދާން ހިނގާގަތެވެ. ޝާއިންގެ އެކުޑަ ކުޑަ އަމަލުން ވެސް ޝާޔަންދެކެ ވާ ލޯބި ހާމަވެގެން ދިޔައެވެ. ނައިލްއާއި ޝާއިން ދިޔައިރުގައި އެންމެން ތިބީ އިންތިޒާރުގައެވެ. އެކި ކަންކަމުގައި މުޅި ރޭގަނޑު ނިމިގެން ދިޔައީ ނައިލްއަށް އިތުރު ރައްޓެހިން ތަކެއް ލިބިފައެވެ.
ދުވަސްތަށް އާދައިގެ މަތިން ފާއިތުވެގެން ދިޔައީ ދާދި އަވަހަށެވެ. އަނިލް އާއި ރިޔާޒުގެ ގުޅުންވެސް މިހާރު އެންމެ ކުރިއެކޭ އެއްގޮތަށް ކުރިއަށް ދިޔައީ ވަރަށް ފުރިހަމައަށެވެ. އަނިލް ރަށަށް ބަދަލުވިތާ މަހެއް ވީ އިރުގައި ނައިލް އާއި ނާއިރާވަނީ މިހާރު ރަށަށް ރަނގަޅަށް ހޭނިފައެވެ. ނައިލް ޝާޔަންދެކެ ވާ ލޯބި ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުން ދިޔައިރުގައި ޝާޔަންގެ ހިތުން ވެސް ނައިލްއަށް ޖާގަ ދެވުނުތާ ކިތެންމެ ދުވަހެކެވެ. ނައިލް ބޭނުންވީ މާޒީ ހަދާން ނައްތާލުމަށެވެ. ނަމަވެސް އެއީ އެހާ ފަސޭހައިން ވާނެ ކަމެއް ނޫންކަން ނައިލްއަކަށް ނޭންގުނެވެ.
ނައިލް ކޮޓަރީގައި ހަމަޖެހިލައިގެން އޮތީ ޝާޔަންގެ ފޮޓޯތަކަށް ބަލާށެވެ. މިވީ ދުވަސްކޮޅުގެ ތެރޭގައި ނައިލް ވަނީ ސިއްރު ސިއްރުން އަދި ހާމައަށް ވެސް ޝާޔަންގެ ކިތައްމެ ފޮޓޮއެއް ނަގައިފައެވެ.
”ޝާޔަން އަޅޭ އަހަންނަށް ކިހިނެއްތަ ތި ހަދަނީ….ވައި އާރ ޔޫ ސޯ ޑޭމް ކިއުޓް….ޝާޔަންގެ ހުރިހާ ކަމެއް ވެސް ކޮންމެ އާދަ އެއްވެސް ހާދަ ޕާފެކްއޭ…..ޝާޔަންއަށް އަހަރެން ކަމުދޭ ތަ؟…އަހަރެން ލޯބި ހުށައެޅީއްޔާ ޝާޔަން އެކްސެޕްޓް ކުރާނަންތަ؟…އައި އެމް ޑީޕްލީ އިން ލަވް ވިތްޔޫ ބޭބީ…..”
ނައިލް ވާހަކަ ދައްކަމުން ދިޔައީ ނައިގެ ފޯނުން ފެންނަން އިން ޝާޔަންގެ ފޮޓޯއަށެވެ.
”އެހެންވީމާ ދޮންބެ ޝާޔަން އާ ދޭތެރޭގަ ސީރިއަސްދޯ؟…”
ފަހަތުން އިވިގެން ދިޔަ ނާއިރާގެ އަޑުން ނައިލް ދިޔައީ ސިއްސައިގެންނެވެ. ނައިލް ފަހަތް ބަލައިލިއިރުގައި ނާއިރާހުރީ ހީ ހުދުވެގެންނެވެ. ނައިލް ކުއްލިއަކަށް ކަހަލަގެ ގޮތަކަށް ތެދުވެ އެނދުމަތިގައި އިށީނެވެ. ނާއިރާވެސް އައިސް ނައިލް ގާތުގައި އިށީނެވެ. ނައިލް ފުރަތަމަ ފަހަރަށް ނައިލްގެ ހިތުގެ ހާލަތު ނާއިރާއަށް ކިޔާދިނެވެ.
”އަމް ސޯ ހެޕީ ފޯޔޫ ދޮންބޭ….ޝާޔަން އެއީ ހަމަ ޕާރފެކްޓް ގާރލް އެއް ދޮންބެއަށް…. ޔޫ ގާއިސް ލުކް ލައިކް ޔޫ އާ މޭޑް ފޯ އީޗް އަދާރ…ވަރަށް ގުޅޭ ދެކުދިން ވެސް….ޝާޔަންއަށް ލޮލަށް ނުފެނުނު ނަމަވެސް އިރާދަކުރެއްވިއްޔާ އޮޕަރޭޝަން ކުރީމާ ޝާޔަން މުޅިން ރަގަނޅު ވާނެ….އައިތިންކް ޔޫ ޝުޑް ކޮންފެސް ޔުއާ ފީލިންގްސް ޓޫ ހާރ…….ޑޭޑް މެންވެސް ވަރަށް ހެޕީ ވާނެ ހަމަ ގައިމުވެސް…އެން ރިޔާބެ މެންވެސް އޯކް ވާނެ ކަން ހަމަ ޔަގީން…”
ނާއިރާގެ ވާހަކަ އަޑުއަހަން އިން ނައިލް އިނީ ވަރަށް ހިތްހަމަ ޖެހިފައެވެ. ނާއިރާ އާއި އެވާހަކަތަށް ހިއްސާކޮއްލެވުމުން ހިތަށް ހަމަޖެހުން ލިބިގެންދިޔައެވެ. ނާއިރާ ދިޔައީ އެތަށް އިރަކު ނައިލްއާއި ވާހަކަ ދައްކަން އިނުމަށްފަހުގައެވެ. ނައިލްއަށް ނިދުނީ އެހެންއެކި ހިޔާލުތަކުގައި އޮއްވައެވެ. ދަންވަރު ގަޑިން އެކެއްޖެހިއިރުގައި ނައިލްއަށް ހޭލެވުނީ ފޯނު ރިންގުވާއަޑަށެވެ. ނައިލް ނިދިމަތީގައި އޮވެ ފޯނުނަގާ ކަންފަތުގައި ޖަހައިލަމުން ހަލޯ އޭ ބުނެލިއެވެ.
”ހެލޯ ނައިލް……..”
ނައިލްއަށް ފުއްމައިގެން ތެދުވެވުނީ އެއިވުނު އަޑަށް އިތުބާރު ނުކުރެވޭ ހާލުގައެވެ.
”ކާކު؟…”
ނައިލްއަށް ބޭ އިހްތިޔާރުގައި އަހައިލެވުނެވެ.
”ހެހެހެ… ނައިލް ޑިޑް ޔޫ އޯލް ރެޑީ ފޮގޮޓް އެބައުޓު މީ؟ ހާދަ ހީނުވެ އޭ އެކަމް……”
ނައިލްގެ ނިދި މުޅިންހެން ފިލައިގެން ދިޔައީ އެއީ ކާކުކަން ޔަގީންވީމައެވެ. އެއީ ނައިލް ދެން ދުވަހަކު ވެސް އިވޭނެ ކަމަކަށް ހީކުރި އަޑެއް ނޫނެވެ.
”އާރަވް…”
ނައިލްއަށް ބުނެލެވުނެވެ.
”ހެހެހެ ޔެސް އިޓްސް މީ….ހައު ހޭވް ޔޫ ބީން ބަޑީ؟….ނައިލް ތިހާއަވަހާ އަހަރެން މަތިން ހަދާން ނައްތާލިއަސް އަހަރެން އަދި ހަދާނެއް ނުނެތޭ އިނގޭ…ލަންޑަން އިން ރަށަށް ދިރިއުޅުން ބަދަލުކުރީ އަހަންނަށް ނޭންގޭނެ ކަމަށްތަ؟…އައި ނޯ އެވްރީތިން އެބައުޓް ޔޫ……ނައިލް ހީކުރީ އަބަދު އަހަންނަށް ފިލައިގެން އުޅެވޭނެކަމަށް ތަ؟…..އެހެން ހީވަންޔާ ތީ ވަރަށް ބޮޑު ކުށްހީއެއް…….ވޮޗް ޔޮއާރ ބެކް ނައިލް… ކޯޒް އަމް ބެކް….”
އާރަވް ނުލަފާ ހިނިގަނޑަކާއި އެކު އެހެން ބުނުމަށްފަހު ފޯނުކަޑައިލި އިރުގައިވެސް ނައިލްއިނީ އަނގައިން ބަހެއް ބުނެލަން ވެސް ނޭންގިފައެވެ.
”އާރަވް…”
ނައިލްއަށް އަނެއްކާވެސް އާރަވްގެ ނަން ކިޔާލެވުނީ ބޭއިހްތިޔާރުގައެވެ. މާޒީވެ ގޮސްފައިވާ ދުވަސްތަށް އީއްޔަ ވީ ކަމެއްހެން ނައިލްގެ ލޯމަށްޗަށް ސިފަވަންފެށީ އަމިއްލަ އިހްތިޔާރުން ބޭރުގައެވެ.
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

InaaSh

Level 210 Stories100 Comments

Other Articles

Previous

ޒަވާ – 4

Next

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ…………! (17 ވަނަ ބައި)

Next
April 22, 2019

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ…………! (17 ވަނަ ބައި)

Previews
April 22, 2019

ޒަވާ – 4

29 Comments!

  1. Thisha says:
    April 22, 2019 at 10:22 pm

    Yeyy me first dhw ❤️ story very nice. Waiting for next part. Keep it up ?

    1. InaaSh says:
      April 24, 2019 at 9:47 am

      Jazakillah khairan ?

  2. jiji says:
    April 22, 2019 at 10:27 pm

    Me first dhw..kiyaafa comment eh kohlaanan

    1. jiji says:
      April 22, 2019 at 10:34 pm

      Oops me second heheh ????

    2. InaaSh says:
      April 24, 2019 at 9:47 am

      Hehe aan first eh nun mifaharu ?

  3. AZOO AHOO says:
    April 22, 2019 at 11:44 pm

    mi part ge inthizaaruga mi innanives mi part ves varah ???❤????

    1. InaaSh says:
      April 24, 2019 at 9:48 am

      Sorry for the delay…. jazakillah khairan ?

  4. Ibsha says:
    April 22, 2019 at 11:47 pm

    ?

    1. InaaSh says:
      April 24, 2019 at 9:48 am

      Jazakillah khairan ?

  5. Daisy girl says:
    April 23, 2019 at 6:34 am

    Hama v.perfect ey bunaa niy
    All the best

    1. InaaSh says:
      April 24, 2019 at 9:48 am

      Hehe jazakillah khairan ?

  6. Lau says:
    April 23, 2019 at 7:55 am

    Vvvvvvvvvvvvvvvvvvvvvvv.lwbi mi part ves mi part he inthizaaru ga mi in any ves????????varah obi?????

    1. InaaSh says:
      April 24, 2019 at 9:49 am

      Hehe jazakillah khairan ?

  7. Lau says:
    April 23, 2019 at 7:55 am

    Vvvvvvvvvvvvvvvvvvvvvvv.lwbi mi part ves mi part he inthizaaru ga mi in any ves????????varah obi?????next part kon irakun

    1. InaaSh says:
      April 24, 2019 at 9:49 am

      Jazakillah khairan… insha allah balaanan madhan up kohleweytho ?

  8. Lau says:
    April 23, 2019 at 7:55 am

    Vvvvvvvvvvvvvvvvvvvvvvv.lwbi mi part ves mi part he inthizaaru ga mi in any ves?????????????next part kon irakun

  9. Lau says:
    April 23, 2019 at 7:56 am

    Vvvvvvvvvvvvvvvvvvvvvvv.lwbi mi part ves mi part he inthizaaru ga mi in any ves?????????????next part kon irakun…hope very soon

  10. Aarav says:
    April 23, 2019 at 12:57 pm

    yes i m back

    1. InaaSh says:
      April 24, 2019 at 9:50 am

      Yes ?

  11. jiji says:
    April 23, 2019 at 1:28 pm

    Wow..v v salhi mi part vec??❤❤?????♥?????..Alhe kon Aarav eh thr dhw….whn next part dear..Hope next part also will be interesting miah vure vec bodah…Ly sooooooo much dear??????????

    1. InaaSh says:
      April 24, 2019 at 9:50 am

      Hehe jazakillah khairan ??

  12. Yoo shi-jin oppa says:
    April 23, 2019 at 5:38 pm

    ? Nice
    ? Waiting for the next part
    ?? Naill

    1. InaaSh says:
      April 24, 2019 at 9:51 am

      Jazakillah khairan oppa ?

  13. ފާތުމަތު says:
    April 24, 2019 at 10:04 am

    Finally dhuwas thakakah fahu part eh kiyaalan libihje…. mi part wes hama habeys ?

    1. InaaSh says:
      April 24, 2019 at 12:09 pm

      Sorry for the delay…
      Jazakillah khairan ?

  14. Amin says:
    April 24, 2019 at 10:04 am

    Waiting for the next part… upload it soon ?

    1. InaaSh says:
      April 24, 2019 at 12:10 pm

      Insha allah ?

  15. Reader? says:
    April 24, 2019 at 10:05 am

    Awsome…. mi arav mi kaku baa??? ?

    1. InaaSh says:
      April 24, 2019 at 12:10 pm

      Jazakillah khairan…
      Lets see who is arav ?

Comments are closed.

Next Episodeމާޒީ (ދިހަވަނަބައި)←


All Right Reserved!