ވިންދޭ ލޯބި ތީ އެދޭ 47
ނުހަނު މަސައްކަތުން އަޝްރާއަށް ފޯނުގައި އަތްލެވުނެވެ. ނާއިލް ހުޝިޔާރުކަމާއެކު އަޝްރާގެ އަތުން ފޯނު ދަމައިގަތެވެ. ނާއިލް މާބާރަށް ދަމައިގަތުމުން އަޝްރާ އައިސް ޖެހުނީ ނާއިލްގެ ހަށިގަނޑުގައެެވެ. އެވަގުތު ނާއިލްވެސް ހުރީ އެނދާއި ޖެހިފަކަމުން ދެމީހުން އެކުގައި އެނދު މައްޗަށް ވެއްޓުނެވެ. ހިނދުކޮޅަކަށް ދެމީހުންގެ ހަރަކާތްތަކަށް މަޑުޖެހުމެެއްއައެވެ. ދެމީހުންގެ ހޫނު ނޭވާ އެކަކު އަނެކަކަށް އިހުސާސްކުރެވެމުން ދިޔައިރު ދެޒުވާނުންގެ ހަތަރު ކަޅި ބައްދަލުވެފައިވުމުން ދެހިތުގައިވެސް ދިޔައީ ތަފާތު ޖަޒުބާތުތަކެއް އުތުރި އަރަމުންނެވެ. ކޮންމެ މީހަކަށްވެސް އެމީހެއްގެ އަމިއްލަ ނަފްސުގެ މައްޗަށް ބާރު ދޫވެފައިވާ ފަދައެވެ. ކަޅިޖަހާނުލައި އަނެކާގެ ދެލޮލަށް ބެލެމުން ދިޔައިރު ދެމީހުންވެސް އެކަކު އަނެކަކުގެ ދެލޮލުން ހާމަވާ އަސަރުތައް ދެނެގަތުމަށް މަސައްކަތްކުރަމުން ދިޔައެވެ. ދެމީހުންގެ ސިކުނޑީގެ މަސައްކަތްކުރުންވެސް ހިނދުކޮޅަކަށް ހުއްޓިފާވި ފަދައެވެ. ވަށާއިގެންވީ މާހައުލަކަށް އެދެމީހުންގެ އެއްވެސް ސަމާލުކަމެއްނެތެވެ. ހީވަނީ ގަޑީގެ ކަށިވެސް އެދެމީހުނަށް ވަގުތުކޮޅެއް ދިނުމަށް ހުއްޓިފާ ވީހެންނެވެ. އަޝްރާގެ އުނަގަނޑުގައި ނާއިލްގެ ދެއަތް ވަށާލާފައިވީއިރު އަޝްރާގެ ދެއަތުން ނާއިލްގެ ކޮނޑުފައި ހިފަހައްޓާލެވިފާވެއެވެ. އެވަގުތު އޭނަގެ އަމިއްލަ ކޮޓަރިން ނިކުމެގެން އައި އިއާންއަށް އަޝްރާގެ ކޮޓަރީގެ ދޮރު ކުރިމަތިން ހުރަސްކުރި ވަގުތު ފެނުނު މަންޒަރުން ދެލޯ ބޮޑުކޮށްލެވުނެވެ. ގަބޫލުނުކުރެވިފައި އިއާންއަށް ހުރި ފިޔަވަޅު މަތީ ހުރެވުނެވެ. އޭނައަށްވެސް ލިބުނު ފުރުސަތުގެ ބޭނުން ހިފުމުގެ ގޮތުން އިއާން އޭނަގެ ފޯނު ނަގައި ދެތިން ފޮޓޯ ނަގާލިއެވެ. އޭރު އޭނަގެ ތުންފަތުގައި ލާނެއް ހިނިތުންވުމެެއްވިއެެވެ.
ފޯނު އޭނަގެ ޖީބަށް ލުމަށްފަހު ހުޅުވާފައިިހުރި ދޮރުގައި އިއާން ޓަކި ޖަހާލިއެވެ. އިއާން ޓަކި ޖަހާލި އަޑަށް ނާއިލް އާއި އަޝްރާއަށް ހަމަހޭވެރިކަންވިއެވެ. ދެލޯ ބޮޑުކޮށްލަމުން ދެމީހުން ދޮރާއި ދިމާލަށް ބަލައިލިއެވެ. ލާނެއް ހިނިތުންވުމެއް ވެރިިކުރުވައިގެން ހުރި އިއާން ފެނި ދެމީހުން އަވަސް އަވަހަށް ތެދުވަން އަވަސްވެގަތެވެ. ” ހާދަ ރޮމޭންސެއް… ދޮރު ޖަހާލައިގެން އުޅޭނަމަދޯ… ނޭނގޭނެއެއްނު ދެމީހުން ނުވެސް ބުނެ ތިހާ ކުރިއަށް ޖައްސާލާނެކަމެއް… ހެހެހެ… ” ލުއި ހުނުމަކާއެކު އިއާން ދެއްކި ވާހަކަތަކުން އަޝްރާއަށް ދެލޯ ބޮޑުކޮށްލައިގެން ހުރެ ދެފަރާތަށް ބޯ ހޫރުވާލިއެވެ. އޭނާ ކަންބޮޑުވެފައި ނާއިލްއަށް ބަލައިލީ ކޮންމެވެސް އެއްޗެކޭ ބުނާށޭ ފަދައިންނެވެ. ” އަދި ނުބުނެވިގެނޭ ދޯ މިއުޅެނީ އަޝްރާ… އަހަރެމެން މިހެން ރޮމޭންސްކުރާތާ މިހާރު ދުވަސްކޮޅެެއް ވެދާނެ… ރަނގަޅު ވަގުތެއްގަ މިކަން ހާމަކުރަންވެގެން މަޑުކޮށްލީ… ” އިއާންއަށް ބަލައިލާ އެއްލޯ މަރާލަމުން އަޝްރާގެ ކޮނޑުގައި ހިފާ ގަޔާ ކައިރިކޮށްލަމުން ނާއިލް ބުނެލި އެއްޗަކުން އަޝްރާގެ އަނގަ ހުޅުވިގެން ދިޔައެވެ. އޭނައަށް ލިބުނު ހައިރާންކަމުގައި ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނީއެވެ. ” ނާއިލްގަނޑާ… ނުކުމޭ… ހަމަ މިހާރު ނުކުމޭ… ގެޓް އައުޓް ޔޫ އިޑިއަޓް… ” އައި ރުޅީގައި ނާއިލް އާއި ދުރުވެލާ މުށިތަކު މަތީގައި އޮތް ވާހަކަ ފޮތުން ނާއިލްގެ ގައިގައި ޖަހަމުން އަޝްރާ ބުނެލިއެވެ. އިއާން ވަގުތުން ސަލާމަތްވާންވެގެން އަޝްރާގެ ކޮޓަރިން ނިކުތެވެ. ” އާހް.. ތިވަރު ނުކުރިޔަސް ނުކުމެފާނަމޭ ތިކޮޓަރިން… ” އެކޮޓަރިން ނިކުންނަން ދަމުން ބުރަކަށީގައި ފިރުމާލަމުން ނާއިލް ވާހަކަ ދެެއްކިއެވެ. އޭރުވެސް އަޝްރާ ދިޔައީ އޭނަގެ ވާހަކަ ފޮތުން ނާއިލްގެ ބުރަކަށީގައި ފަހަރަކު ބޮނޑިއެއް އަޅަމުންނެވެ. އޭރު އިއާން އެކޮޓަރީގެ ބޭރުގައި އެމަންޒަރުތައް ބަލަން ހީލަހީލާ ހުއްޓެވެ. ނާއިލް އަވަސް އަވަހަށް އަޝްރާގެ ކިބައިން ސަލާމަތްވުމަށް ކޮޓަރިން ނިކުތެވެ. ނާއިލް ނުކުތުމުން ދޮރު ޖަހަން އުޅުނު އަޝްރާ ހުއްޓުނީ ދޮރުގައި ބާރަށް ހިފަހައްޓާއިގެން ހުރެ ނާއިލް ބޯ ދިއްކޮށްލުމުންނެވެ. ” އައި ވިލް ބީ ބެކް ލަވް… ” އެއްލޯ މަރާލަމުން މިފަހަރުވެސް ނާއިލް ކޮށްލި ސަމާސާއިން އަޝްރާގެ ދެބުމަ ގޮށްޖެހި ދަތްކުނޑި ވިކާލެވުނެވެ. ނާއިލް އަވަސް އަވަހަށް ދޮރުން ދޫކޮށްލާ އިއާންގެ ފަހަތުން ދާން ހިނގައިގަތެވެ. އަޝްރާ ނުހަނު ބާރަށް ކޮޓަރީގެ ދޮރު ޖަހާލުމާއެކު އިއާން އާއި ނާއިލްގެ ހުނުމުގެ އަޑު އިވިގެން ދިޔައެވެ. އެއާއެކު ކޮޓަރީގެ ދޮރު ކައިރި ހުރި އަޝްރާއަށްވެސް ހެވުނެވެ. ނާއިލްގެ ސަމާސަވެރި އަމަލުތަކާއި ބަސްތަކުން އިތުރަށް އަޝްރާއަށް ހެވުނެެވެ. މިހާރަކަށް އައިސް ނާއިލްގެ އެފަދަ ސަމާސާތައް އޭނާއަށް ނުހަނު ކަމުދެއެވެ. އެވަގުތު ރުޅި އާދެވުނަސް ފަހުން ވިސްނާލުމުން އޭނައަށްވެސް ވަނީ މަޖާކަމަކަށެވެ. ބައެއް ފަހަރު އެހަނދާންތަކުން ލަދުވެތިކަންވެސް އަޝްރާގެ މޫނު މަތިން ފެނިގެންދެއެވެ. ލުއި ހިނިތުންވުމެއްގައި ހުރެ އަތުގައި އޮތް ވާހަކަ ފޮތުން ބޮލުގައި މަޑުމަޑުން ޖަހާލަމުން އަޝްރާ އަނެއްކާވެސް ގޮސް ސޯފާގައި ޖައްސާލަމުން ވާހަކަ ކިޔަން ފެށިއެވެ.
ކޮޓަރީގެ އެނދުގައި ބަންޑުން އޮށޯވެ މޭދަށަށް ބާލިހެއް ލައިގެން ލެޕްޓޮޕުން ފިލްމެެއް ބަލަން މިންހާ އޮތެވެ. އޭނަގެ ހުރިހާ ސަމާލުކަމެއް ވަނީ ލެޕްޓޮޕުގެ ސްކްރީނަށް ދެވިފައެވެ. ފިލްމަށް ގޮސް ގެއްލިފައި އޮތްވާ ކައިރީގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. ފިލްމް ޕޯސްކޮށްލުމަށްފަހު އެނދުގެ އެއްފަރާތުގައި އޮތް ވަށް ކުޑަ ބުރުގާ އަޅާ ފޯނު ހިފައިގެން މިންހާ ބެލްކަންޏަށް ނުކުތެވެ. ” ހަލޯ… ޒިޔަލް… މިގަޑީގަ ކިހިނެއްވީ އަނެއްކާ… ” ބެލްކަނީގެ ރެއިލިން ކައިރި ހުއްޓިލަމުން މިންހާ ފޯނު ނަގައި ވާހަކަ ދެއްކިއެވެ. ” މިދެން ހަމަ ފޫހިވެގެން… ހިނގާބަލަ ކޮފީއަކަށް ބިޒީ ނޫނިއްޔާ… ” ޒިޔަލް އޭނަ ގުޅި ބޭނުން ހާމަކޮށްލިއެވެ. ” ކޮފީއަކަށް… މިގަޑީގަ… މިހާރު މާ ލަސްވެއްޖެ… ނުވަގަޑި ބައިވެސް ވެއްޖެއެއްނު މިހާރު… އެހެން ފަހަރަކުންދޯ ދެން ދާނީ… ” މިންހާގެ ފަރާތުން ލިބުނު ޖަވާބުން ޒިޔަލް މާޔޫސްކުރުވިއެވެ. ” އޯކޭ… ކީއްތަތިކުރަނީ… މިރޭ އޮންލައިންވެސް ނުވޭ… ” މާޔޫސީ ރާގެއްގައި ޒިޔަލް ބުނެލިއެވެ. ” ފިލްމެއް ބަލަނީ… ހެހެހެ… އަހަރެންވެސް ފޫހިވެގެން… އޫޝާ ގާތު އަހާބަ ކޮފީއަށް ދާން… އައި ތިންކް ޝީ ވިލް ގޯ… ” ޒިޔަލްގެ މާޔޫސްވެފައި އަޑު ޖެހުމުން މިންހާ ބުނެލިއެވެ. ” މިންހާއާއެކު ދާން ބޭނުންވާތީ ދޯ މިންހާ ގާތު އަހާނީ… ” ފުން ނޭވައެއް ދޫކޮށްލަމުން ޒިޔަލް އެހެން ބުނެލުމާއެކު ހިނދުކޮޅަކަށް އެއްވެސް އެއްޗެކޭ ނުބުނެ މިންހާ މަޑުކޮށްލިއެވެ.
” ޒިޔަލް… އަހަންނަށް އެނގޭ ޒިޔަލްގެ ހިތުގަ އަހަރެންނަށް ޚާއްސަ ކަމެއް ދެވިފަ ވާކަން… ޒިޔަލް އަހަންނާމެދު ދެކެނީ ތަފާތު ނަޒަރަކުންކަން ޒިޔަލްގެ އަމަލުތަކުން އިނގޭ… އެކަމަކުވެސް.. އައިމް ސޮރީ ޒިޔަލް… އަހަރެން ޒިޔަލް ދެކެނީ ހަމައެކަނި ގާތް ރަހުމަތްތެރިއެއްގެ ގޮތުން… އެހެން އެއްވެސް ނަޒަރަކުން އަހަރެން ނުދެކެން… އައިމް ސޮރީ… އެކަމަކު މިކަމާ ހެދި އަހަރެން ބޭނުމެއްނޫން އަހަރެމެންގެ ފްރެންޑްޝިޕް ކެނޑިގެން ދާކަށް… ޒިޔަލްވެސް ގާތް ރަހުމަތްތެރިއެއްގެ ގޮތުން އަހަރެން ދެކެފާނަންތަ… ތީ ވަރަށް ރަނގަޅު ހިތްހެޔޮ އިންސާނެެއް… ކޮންމެ ކަމެއްގަވެސް ވަރަށް ސަޕޯޓިވް މީހުނާ ގުޅޭ ފަރާތެއް… އައި ޖަސްޓް ވޯންޓް ޓު ބީ އަ ކްލޯޒް ފްރެންޑް… ޕްލީޒް… ” ޒިޔަލްއަށް ވިސްނައިދިނުމުގެ ގޮތުން މަޑުމައިތިރިކަމާއެކު ވާހަކަ ދައްކަމުން އައިސް ބެލްކަނީގައި އިން އުނދޯލީގައި މިންހާ އިށީނެެވެ. ޒިޔަލްވެސް އިތުރު ވާހަކައެއް ދެއްކުމެއްނެތި މިންހާގެ ވާހަކަތައް އަޑުއަހަން ހުއްޓެވެ. ” އެންމެ ރަނގަޅު… މިންހާ ބޭނުންވަނީ ތިގޮތް ކަމަށްވަންޏާ… އައި ވިލް ކޮންސިޑާ ޔޫ އޭޒް އަ ކްލޯޒް ފްރެންޑް އޮންލީ…” މިންހާގެ ވާހަކަތައް ގަބޫލުކުރަމުން ޒިޔަލް ބުނެލިއެވެ. ” ތޭންކްސް ޒިޔަލް ފޯ އަންޑަސްޓޭންޑިން… ވަރަށް އުފާވެއްޖެ ޒިޔަލްގެ ތިނިންމުން އަޑުއިވިފަ… ” ޒިޔަލްގެ ވާހަކައިން ލިބުނު ހިތްހަމަޖެހުމުގައި މިންހާއަށް ވާހަކަ ދެކެވުނެވެ. މިންހާ އެހެން ބުނުމުން ޒިޔަލްގެ ލުއި ހުނުމުގެ އަޑު އިވުނެވެ. ” ސުވާލެއްކޮށްލަންތަ… އިފް ޔޫ ޑޯންޓް މައިންޑް… ” ވިސްނަން ހުރެފައި ޒިޔަލް ސުވާލުކުރިއެވެ. ” މިންހާ އާންދެކެ ލޯބިވޭތަ… މިހެން މިބުނީ އަހަންނަށް ވަރަށް ހީވޭ އެހެން… ބިޓްވީން ޔޫ އެން އާން… ދެއަރ އީޒް ސަމްތިން މޯރް ދޭން ފްރެންޑްޝިޕް… ޔޫ ހޭވް ފީލިންގްސް ފޯ ހިމް… ރައިޓް… ” ޒިޔަލްގެ ސުވާލުން މިންހާގެ ހަރަކާތްތަކަށް ހުއްޓުމެެއް ގެނުވިއެވެ. އޭނައަށް އިރުކޮޅަކު އެކަމާ ވިސްނާލަން އިނދެވުނެވެ. އޭނައަށް އިއާންދެކެ ލޯބިވެވުނީ ހެއްޔެވެ؟ ޒިޔަލްގެ ވާހަކަ އޭނައަށް ގަބޫލެއްނުކުރެވުނެވެ. ވިސްނުމަށް ގެއްލިފައި ވަނިކޮށް މިންހާއަށް ހޭވެރިކަންވީ ޒިޔަލް ދެތިން ފަހަރު ގޮވާލުމުންނެވެ. ” އަމް… އިޓްސް ނަތިން ލައިކް ދެޓް… ވީ އަރ ސޯ ކްލޯޒް ފްރެންޑްސް… އެހެންވެ ޒިޔަލްއަށް ހީވާ ގޮތް އެއީ… ކުޑައިރުއްސުރެވެސް އެހާ ކްލޯޒް ފްރެންޑްޝިޕެއް އޮންނާތީ ވަރަށް ގިނަ މީހުނަށް އެހެން ހީވޭ… ކްލާސް ކުދިންވެސް ބުނާނެ ތިހެން ވަރަށް ގިނައިން… ހެހެހެ… ” ހަމަޖެހެން މަސައްކަތްކުރަމުން މިންހާ ވާހަކަ ދެއްކިއެވެ. ”ހެހެހެ… އޯކޭ… ވެދާނެ މަށަށް ހީވާ ގޮތެއް ކަމަށްވެސް… ނޫނީ ވެދާނެ އަދި މިންހާއަށް ރިއަލައިޒް ނުވަނީ ކަމަށްވެސް… އެއްފަހަރުވެސް އަޅެ އަމިއްލަ ނަފްސާ ސުވާލުކޮށްލަބަލަ ތިހިތުގަ އާންއަށްޓަކައި އިހުސާސްތަކެއް އުފެދިފާވޭތޯ… އަހަރެން ވަރަށް އުފާވާނެ މިންހާއަށް މިންހާގެ ލޯބި ކާމިޔާބުވީމަ… ގުޑް ނައިޓް… ” ޒިޔަލް އޭނާ ދައްކަން ބޭނުންވި ވާހަކަތައް ދެއްކިއިރުވެސް މިންހާއަށް އިނދެވުނީ ނެގިމަޑުވެފައެވެ. ” ގުޑް ނައިޓް… ” މިންހާގެ ދުލުން އެބަސްތައް ބޭރުވީވެސް ނުހަނު މަޑުންނެވެ.
ޒިޔަލް ފޯނު ބޭއްވުމުންވެސް މިންހާއަށް އުނދޯލީގައި އިނދެވުނީއެވެ. އޭނައަށް ތަކުރާރުކޮށް ޒިޔަލްގެ ވާހަކަތަކާއިމެދު ވިސްނެމުން ދިޔައެވެ. އޭނައަށް އަމިއްލަ ނަފްސާ އެތައް ފަހަރަކު ސުވާލުކުރެވުނެވެ. ހަމަ ހަގީގަތުއިވެސް އޭނަ އިއާންދެކެ ލޯބިވީ ހެއްޔެވެ؟ އޭނަގެ ހިތުގައި އިއާންއަށްޓަކައި އިހުސާސްތަކެެއް އެބަވޭ ހެއްޔެވެ؟ މިންހާއަކަށް ޔަގީން ޖަވާބެެއް ނުލިބުނެވެ. އެހެނަސް އޭނަގެ ހިތަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައިސްފައިވާހެން ބައެއް ފަހަރު ހީވެއެވެ. އިއާން އާއި ގާތުގައިވުމުން ކުރިން ތަފާތު އިހުސާސްސެއް ކުރެވިގެންދެއެވެ. އައު ޖަޒުބާތެއް ހިތު ތެރޭގައި އުފެދިގެންދާހެން ހީވެއެވެ. މިޚިޔާލުތަކުން ސިކުނޑި ހާސްކުރުވަމުން ދިޔުމާއެކު މިންހާ އުނދޯލިން ތެދުވެ އަނބުރާ ކޮޓަރިއަށް ދިޔައެވެ. އެޚިޔާލުތަކުން ދުރުވުމަށްޓަކައި އަނެއްކާވެސް އޭނާ ގޮސް އެނދުގައި ފިލްމް ބަލަން ޖައްސާލިއެވެ.
އައު ދުވަހެއްގެ ފެށުން ނާއިލް މިއަދުވެސް ފެއްޓީ ފަތިސް ނަމާދުންނެވެ. ފަތިސް ނަމާދަށްފަހު ކަސްރަތުކޮށްލައިގެން އައިސް އޮފީހަށް ދާން ތައްޔާރުވާން އަވަސްވެގަވެ. ޑްރެސިން ޓޭބަލް ކުރިމަތީގައި ހުރެ އޭނަގެ ފަން އިސްތަށިކޮޅު ރީތި ސްޓައިލަކަށް ހެދުމުގައި ނާއިލް އުޅުނެވެ. އިސްތަށިކޮޅުގައިވި ތެތްކަމުންނާއި މޫނު މަތީގެ ތާޒާކަމުން ދެންމެ އެއައީ ފެންވަރާލައިގެންކަން ހާމަވެއެވެ. ހަމައެކަނި ކަޅު ކުލައިގެ ޒަމާނީ ފަޓުލޫނެއްގައި ހުރިއިރު އެކަސްރަތީ ހަށިގަނޑު ފެނި އަންހެން ކުދިންގެ ހިތްތައް ލަންބުވާނެކަން ގައިމެވެ. ބޮލުގެ އިސްތަށިގަނޑު ރީތި ސްޓައިލަކަށް ހަދާލުމަށްފަހު އެނދު މަތީގައި އޮތް ކަޅު ކުލައިގެ އިސްޓާކީނަށް އެރިއެވެ. އެއަށްފަހު އަލަމާރިން ހުދު ކުލައިގެ އަތް ދިގު ގަމީހެއް ނަގައި ލިއެވެ. ގަމީހުގެ އަތު ކުރީ ގޮށް އަޅުވާލާ ރީތިވަރަކަށް ގަމީސް ދަށަށް ޖަހާލުމަށްފަހު ބެލްޓް އަޅާލިއެވެ. އަލަމާރީގެ ޓައިތައް ބަހައްޓަން ޚާއްސަކުރެވިފައިވި ވަތްގަނޑު ހުޅުވާލާ ކަޅު ކުލައިގެ ހިމަ ދިގު ޓައިއެއް ކަރުގައި އަޅާލުމަށްފަހު ޑްރެސިން ޓޭބަލް މަތީގައި އޮތް އޭނަގެ ރިހި ކުލައިގެ ގަޑި އަތުގައި އަޅާލަމުން ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލިއެވެ. ބަލައިލަން ވަރަށްވެސް ހިތްގައިމެވެ. އެފިރިހެންވަންތަކަން ފެނި އަންހެން ކުދިންގެ ހިތްތަކަށް އަސަރުނުކޮށް ނުދާނެއެވެ. ސިކުނޑިއަށް ވެރިވެގަތް ޚިޔާލުތަކެއްގެ ސަބަބުން ނާއިލްއަށް އޭނަގެ މޭމަތީގެ ހިސާބެއްގެ އަތް ޖައްސާލެވުނެވެ. އޭނަގެ ސިކުނޑީގައި އެދުވަހު އަޝްރާއާއެކު ހޭދަކުރެވުނު މަންޒަރުތައް ސިފަވަމުން ދިޔައެވެ. އަޝްރާގެ ތުންފަތް ޖެހުނު ހިސާބުގައި އަތުން މަޑުމަޑުން ފިރުމާލަމުން ނާއިލްއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. އޭނައަށް އެދުވަހުގެ އެވަގުތުކޮޅު ވެގެން ދިޔައީ ނުހަނު ޚާއްސަ ވަގުތުކޮޅަކަށެވެ. ކީއްވެ ކަމެެއް ނޭނގެއެވެ. އެނގޭހާވެސް ކަމަކީ އެވަގުތުކޮޅު އޭނައަށް ޚާއްސަވިކަމެވެ. އޭނަގެ ހިތާއި ސިކުނޑީގައި ރައްކާލުކުރެފައިވި ފޮނި ހަނދާނަކަށް އެވަގުތުކޮޅުވިއެވެ.
” ހޫމް ހޫމް… މަގޭ ކޮއްކޮއަށްވެސް އެންމެފަހުން އިޝްޤީ ބަލި ޖެހުނީދޯ… ހެހެހެ… ” ޚިޔާލީ ކަނޑުގައި ފީނަމުންދިޔަ ނާއިލްއަށް ހޭވެރިކަންވީ ނަޝްފާގެ އަޑަށެވެ. އޭރު ނަޝްފާ ކޮފީ މަގެއް ހިފައިގެން އޭނަގެ ކޮޓަރީގެ ދޮރުގައި ލެނގިލައިގެން ހުއްޓެވެ. ” ދޮންތަ ދައްކާ ވާހަކަ… އެއީވެސް ބައްޔެއްތަ… ނަސީބަކުން އަހަންނަކަށް ތިޒާތުގެ ބައްޔެއް ނުޖެހޭ… ” ނާއިލް ވަރަށް ނޫންކަމަށް ހެދެމުން ނަޝްފާއަށް ބަލައިލަމުން ބުނެލިއެވެ. ”އެކަމެއް ނޭނގެ… އަޝޫގެ ތުންފަތުގެ ނިޝާން އިން ތަނުގަ ފިރުމާލަ ފިރުމާލަ ތިހުރީ ކީއްވެތަ ދެން… ނާއިލްގެ މޫނަށް ބަލައިލަބަލަ… ތިމޫނު މަތީގެ އަސަރުތަކުންވެސް ހަމަ ރަނގަޅަށް ހާމަވޭ ނާއިލްގެ ހިތުގަ ލޯބީގެ އިހުސާސް އުފެދިފަވާކަން… އިޝްޤީ ބަލީގެ އަލާމާތްތައް ނާއިލްގެ ފަރާތުން ދޮންތައަށް ފެނެއޭ.. ތިހެން ޚިޔާލުތަކަށް ގެއްލިފައިހުރެ ހިނިތުންވެވުން އެއީވެސް މިބަލީގެ ސީރިއަސް އަލާމާތެއް… ” އެއްލޯ މަރާލަމުން އައިސް ކޮފީ މަގު ބިއްލޫރި ވަށް މޭޒު މަތީގައި ބަހައްޓަމުން ނަޝްފާ ދެއްކި ވާހަކަތައް އަޑުއިވި ނާއިލްއަށް ލިބުނީ ކުއްލި ޝޮކެކެވެ. ” ދޮންތަ… ދޮންތައަށް ކިހިނެެއް އިނގުނީ… ” މޫނު މަތިން ހާސްކަން ނުދައްކާވޭތޯ މަސައްކަތްކުރަމުން ނާއިލް ސުވާލުކުރިއެވެ. ”ހެހެހެ… ދޮންތައޭ ނާއިލްގެ އެއްޗެހި ދޮންނަނީ ގިނައިން… އެދުވަހު ދާއެއްޗެހި އަޅާ ވަށިގަނޑުން އެއްޗެހި ނަގަމުން ދަނިކޮށް ފެނުނީ… ކޮންމެވެސް ވަރަކަށް އޭރުވެސް ތުންފަތުގެ ނިޝާން ހުރި… ދޮންތަ އޭރުވެސް ހިތަށް އެރި އެއީ އަޝޫއޭ… އެއީ ނާއިލްއާ އެންމެ ގާތުގަ އުޅޭނީ އަޝޫދޯ… ނާއިލްގެ ޕީއޭ އަކީ އަޝޫއެއްނު… ދެން އޭގެ ދެތިން ދުވަސް ފަހުން ދޮންތަބެ ގާތު ދޮންތަ އެހެން ކީމަ ދޮންތަބެ އެދުވަހު ކަންތައް ވީގޮތް ކިޔައިދިނީ… ” ނަޝްފާ ނާއިލްގެ މޫނު މަތީގެ ކުލަވަރު ދިރާސާކުރަމުން ވާހަކަ ދެއްކިއެވެ. ނާއިލްއަށް އިތުރަށް ބުނާނެ އެއްޗެއް އެވަގުތު ސިކުނޑިއަކަށް ނުވިސްނުނެވެ. ” އަދި އިތުރު ވާހަކަތަކެއްވެސް ދޮންތަބެ ކިޔައިދިން… އޮފީހުގަ ވަރަށް ކަންކަން… ” ނަޝްފާއަށް މިހިސާބަށް ބުނެވުނުތަނާ ލަސްވަނީ ކަމުގައި ބުނެ ކާރުގެ ތަޅުދަނޑި އާއި ފޯނު ޖީބަށް ލައި އޮފީހަށްދާއިރު އަރާތަނުން އަރާ ކަޅު ކުލައިގެ ބޫޓަކަށް އަރައިގެން ނާއިލް ނުކުތެވެ. ” އަޅެ ނާއިލް… ކޮފީ ބޮއެގެންނު ދާންވާނީ… ” ނާއިލް ނުކުތުމާއެކު ނަޝްފާ ބުނެލިއެވެ. ” ދޮންތަ ބޯލާ.. އައިމް ގެޓިން ލޭޓް… ” ސިޑި ބަރިއާއި ދިމާލަށް މިސްރާބުޖަހަމުން ނާއިލް ނަޝްފާއަށް އަޑުއިވޭ ވަރަށް ވާހަކަ ދެއްކިއެވެ. ނާއިލްގެ ޖަވާބުއިވި ނަޝްފާ ދެފަރާތަށް ބޯ ހޫރާލަމުން ހިނިތުންވެ ހުރެ ކޮފީ މަގު ނަގައި އޭގެން އެތިފޮދެއް ބޯލިއެވެ. އޭނާވެސް މިސްރާބުޖެހީ ތިރިއަށް ފޭބުމަށެވެ.
އަލޫފް އޭނަގެ ކެބިންގައި ދެއަތުން ބޮލުގައި ހިފަހައްޓާލައިގެން އިސްޖަހާލައިގެން އިނެވެ. ރޭގައި ރަނގަޅަށް ނުނިދުމުގެ ސަބަބުން ބޮލުގައި ވަނީ ރިހުމެއް އުފެދިފައެވެ. އޮފީހަށް އައި ގޮތަށް އޭނާ އެއިންނަނީ އެއްވެސް މަސައްކަތެެއްވެސް ކުރާހިތްނުވެފައެވެ. އަލޫފް އިސްއުފުލާލާ ގޮނޑީގައި އޭނަގެ ބުރަކަށި ޖައްސާލަމުން ރީތިކޮށް ލައްވެލިއެވެ. ގޮނޑީގައި ލައްވެލާ ދެލޯ މަރާލީ ބޮލަށް ކުޑަވެސް ލުއެއް ލިބޭތޯއެވެ. އިރުކޮޅެއްނުވެ ކެބިންގެ ދޮރުގައި ޓަކި ޖަހާލި އަޑުއިވުނެވެ. އަލޫފް ވަންނާށޭ ބުނުމާއެކު ބޭރުގައި ހުރި މީހަކު އެތެރެއަށް ވަނެވެ. ފައިވާނުގެ ކަށި އަޑުއިވެމުން ދިޔުމުން އެތެެރެއަށް ވަނީ އަންހެން ކުއްޖެެއްކަން އަލޫފްއަށް ނަގައިގަނެވުނެވެ. އޭރުވެސް އޭނަ އޮތީ ކުރިން އޮތްހެން ދެލޯ މަރާލައިގެންނެވެ. ”ފައިލްތައް ބަހައްޓާފަދޭ އީލޫ… އައި ވިލް ޗެކް އިޓް ލޭޓަރ… ” އެތެރެއަށް ވަން މީހާގެ އެއްވެސް ޚަބަރެއްނުވުމުން އަލޫފްއަށް ހީކުރެވުނީ އެއީ އީލާފްކަމަށެވެ. އެގަޑީގައި އާއްމުކޮށް އައިސް އުޅެނީވެސް އީލާފްކަމަށްވުމާއެކުގައެވެ. އަލޫފް ވާހަކަ ދެއްކުމުންވެސް އެމީހެއްގެ ފަރާތުން އެއްވެސް އަޑެއް ނީވުުމުން ދެލޯ ހުޅުވާލަމުން ބަލައިލިއެވެ. އެވަގުތު އޭނައަށް ބަލަހައްޓާއިގެން ހުރި ޝަމްހާ ފެނި އަލޫފްގެ ދެބުމަ ގޮށްޖހިގެން ދިޔައެވެ. ” އަލޫފް… ޕްލީޒް… އަހަރެން ދައްކާ އެފަހަރުވިޔަސް އަޑުއަހާލަދީ… ޕްލީޒް… ” އަލޫފްގެ މޫނު މައްޗަށް އަރާ ފައިބަމުންދިޔަ ކުލަވަރުތަކުން ނުތަނަވަސްވެފައި ހުރެވެސް ޝަމްހާ ވާހަކަ ދެއްކިއެވެ. ”އައި ޑޯންޓް ވޯންޓް ޓު ހިއަރ އެނީތިން… ޖަސްޓް ގޯ ފްރޮމް ހިއަރ… ” ހިތްހަމަނުޖެހިފައި އަލޫފް ވާހަކަ ދެއްކި ގޮތުން ޝަމްހާގެ ހިތް ކުދިކުދިވިއެވެ. އަދިވެސް އަލޫފްގެ ރުޅިގަނޑު މަޑެެއްނުވެއެވެ. ” އަލޫފް… ޕްލީޒް އެއްފަހަރު އަހަރެން… ” އަލޫފް އާއި ކައިރިއަށް ޖެހިލާ އަލޫފްގެ އަތުގައި ހިފާލަމުން ޝަމްހާ ވާހަކަ ދައްކަން މަސައްކަތްކުރިއެވެ. އެހެނަސް އޭނައަށް ސިހިފައި ފަހަތަށް ޖެހިލެވުނީ އަލޫފް ތެދުވަމުން އޭނަގެ އަތް ފޮޅުވާލުމުންނެވެ. ” ކިތައްފަހަރުތަ ބުނަންވީ ޝަމްހާގެ ވާހަކަތައް އަޑުއަހާކަށް ބޭނުމެއްނޫނޭ… ބުނީމަ ކީއްވެތަ އަޑުނީވެނީ… އަހަރެން ބުނެފީމެއްނު މިހާރު އަހަރެމެން ދެމީހުންގެ ދެމެދު އެއްވެސް ގުޅުމެެއް ނޯންނާނޭ…” އަލޫފް އައިސްފައި ހުރި ރުޅީގައި ޝަމްހާ އާއި ވާހަކަ ދެއްކިއެވެ. ” އަލޫފް ޕްލީޒް… ރުޅިމަޑުކޮށްފަ އެއްފަހަރުވެސް އަހަރެންގެ ވާހަކަ އަޑުއަހާބަލަ… އަހަރެން އެހެން ކަންތައް ކުރީ އަލޫފްދެކެ ލޯބިވާތީއޭ… ޕްލީޒް އަލޫފް… އަލޫފް ބުނި ގޮތަކަށް އަހަރެން އުޅޭނަން… ޖަސްޓް ވަން ޗާންސް… ވަރަށް ލޯބިވޭ އަހަރެން އަލޫފްދެކެ… ” ލޮލަށް ކަރުނަތައް ޖަމާވަމުންދިޔަ ހާލު އަސަރާއެކު ޝަމްހާ ވާހަކަ ދެއްކިއެވެ. އަލޫފްދެކެ އޭނަ ވަނީ ހަގީގީ ލޯތްބެވެ. އެހެނަސް އެލޯބި ހޯދަން އޭނައަށް އިޚްތިޔާރުކުރެވުނީ ގޯސް މަގެވެ. އެކަން މިހާރު ޝަމްހާއަށް ކޮންމެވެސް ވަރަކަށް އިހުސާސްކުރެވެއެވެ.
” ބުނެފީމެެއްނު އެއްވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއްނޫނޭ… އަހަރެމެން ދެމީހުންގެ ދެމެދު އެއްވެސް ގުޅުމެއް ނޯންނާނެ… އަދި އިތުރަކަށް ބާއްވާކަށްވެސް ބޭނުމެއްނޫން… ތިސޫރަވެސް އަހަންނަށް ރަނގަޅީ މީގެ ފަހުން އަހަންނަށް ނުދެއްކިއްޔާ… ޝަމްހާގެ ސަބަބުން އަހަންނަށް އަހަރެންގެ ލޯބި ގެއްލުނީ… އިޓްސް އޯލް ބިކޯޒް އޮފް ޔޫ… ” ރުޅިވެރިކަމާއެކު ނުހަނު ބާރަށް ޝަމްހާގެ އަތުގައި ހިފާ ފޮޅުވާލަމުން އަލޫފް ވާހަކަ ދެއްކިއެވެ. އިތުރަށް އެތާ މަޑުކުރުމެއްނެތި ބާރަށް ކެބިންގެ ދޮރު ހުޅުވާލުމަށްފަހު އެކެބިން އިން އަލޫފް ނުކުތެވެ. ގޮތްހުސްވެފައިވި މީހަކު ފަދައިން ޝަމްހާއަށް އެތަނުގައި ހުރި ގޮނޑިއެއްގައި އިށީންދެވުނެވެ. އޭރު އޭނައަށް ދިޔައީ ހަމަ ރަނގަޅަށްވެސް ރޮވެމުންނެވެ. އަލޫފް އާއި ނުލައި އޭނަ އުޅޭނީ ކިހިނެއް ހެއްޔެވެ؟ އޭނަގެ ހަޔާތުން އަލޫފް ދެން އުުމުރަށް ގެެއްލުނީ ހެއްޔެވެ؟ އަލޫފްގެ ލޯބި އޭނައަށް ލިބެން ނެތީ ހެއްޔެވެ؟ މިވީހާ ދުވަހު އޭނައާއެކު އުޅުނުއިރުވެސް ލޯބީގެ ޒައްރެއްގެ މިންވަރުވެސް އަލޫފްގެ ހިތުގައި އޭނައަށްޓަކައި ނުވަނީ ހެއްޔެވެ؟ އޭނަ އާއި އަލޫފް އެބޭއްވި ގާތްކަމުގެ އެއްވެސް މާނައެއް ހެއްޔެވެ؟ އެއިން އެއްވެސް ކަމެއް އެއީ އަލޫފްއަށް މުހިއްމު ކަމަކަށް ނުވަނީ ހެއްޔެވެ؟ ޝަމްހާ ދިޔައީ ރަނގަޅަށްވެސް ގިސްލެވެމުންނެވެ. އޭނައަށް ދެން ކަންތައް ކުރަންވީ ގޮތެއް ނޭނގެއެވެ. އަލޫފްގެ ލޯބި އަނބުރާ ލިބޭނެކަމުގެ އެއްވެސް އުއްމީދެއްނެތެވެ. އޭނަގެ ވަށާއިގެންވީ މާޔޫސްކަމެވެ. ނާކާމިޔާބީއެވެ. އެކަކަށް ދެރައެއް ދީފާ އަނެކަކަށް އުފަލުގައި ނޫޅެވޭނޭ ފަދައިން މިއަދު އޭނައަށްވެސް މިވަނީ އެހާލު ޖެހިފައެވެ. ގިސްލާ ރޮމުންދިޔަ ޝަމްހާ ކެބިންގެ ދޮރު ހުޅުވުނު އަޑަށް ބަލައިިލިއެވެ. އޭނާ އުއްމީދުކުރީ އެއީ އަލޫފްކަމަށެވެ. އެހެނަސް އޭނަގެ އެއުއްމީދުވެސް ފުރިހަމައެއްނުވިއެވެ. ކެބިންގެ ދޮރު ހުުޅުވާލުމަށްފަހު އެތެރެއަށް ވަނީ އީލާފްއެވެ. ”ޝަމޫ… ކީއްވެތަ ތިރޮނީ… އަރ ޔޫ އޯކޭ… ” ގެނައި ފައިލް މޭޒު މަތީގައި ބާއްވާ ޝަމްހާގެ ގާތަށް ގޮސް ހުއްޓި އޭނަގެ ކޮނޑުގައި އަތް ބާއްވާލަމުން އީލާފް ވާހަކަ ދެއްކިއެވެ. ޝަމްހާ ރޮއެފައި ރޭގެ ކަންތައް ހިނގާދިޔަ ގޮތުން ފެށިގެން އެންމެ ފަހުން އޭނާ އަލޫފް އާއި ވާހަކަ ދައްކަން މަސައްކަތްކުރުމުން ކަންތައް ހިނގާދިޔަ ގޮތް އީލާފްއަށް ކިޔައިދިނެވެ. ” ކީކޭ ދެން އަހަރެން ވަކި ބުނާނީ… އަހަރެންވެސ މިހުންނަނީ ބޯ ގޮވާފަ ތިކަމާ… ދޮންބެ ހުރީ އަހަރެންދެކެވެސް ވަރަށް ރުޅިއައިސްފަ… އަހަރެން ވާހަކަ ދެއްކިޔަސް އަޑެއް ނާހާނެ… ގަބޫލެއްވެސް ނުކުރާބެ އަހަރެން ދައްކާ ވާހަކައެއް… ޝަމޫއަށް އަހަރެން ކިތައް ފުރުސަތު ފަހިކޮށްދިނިން… އިޓްސް ބީން މޯރް ދޭން ސެވަން އިއާސް… ތިދެމީހުންގެ ރިލޭޝަން… ޝަމޫއަށް އެހުރިހާ ދުވަސްވީއިރުވެސް މިންހާގެ މަގާމެއް ދޮންބެގެ ހިތަކުން ނުލިބުން… އައި ޑޯންޓް ނޯ ވަޓް ޓު ޑޫ… ބައިވަރު މަސައްކަތްވެސް އެބަހުރި… އަހަރެން ދަނީ… ރަނގަޅު ވަގުތެެއް ފެންނަންދެން އެހަށް މަޑުން ހުުރުން ރަނގަޅުވާނީ އަހަރުމެން ދެމީހުނަށްވެސް… ” މިހެން ބުނެ އީލާފްވެސް ކެބިންއިން ނުކުތެވެ. އީލާފްއަކަށްވެސް އަދި ކަންތައް ކުރަންވީ ވަކި ގޮތެއް ވިސްނިފައެއްނުވެއެވެ. ކަންތައްވެގެންދިޔަ ގޮތުން އޭނާ އެހުންނަނީ އަލޫފް އާއި ވާހަކަ ދައްކަންވެސް ނުކެރިފައެވެ. އީލާފް ދިޔުމުންވެސް ޝަމްހާ ފަނަރަ ވަރަކަށް މިނިޓް އެކެބިންގައި މަޑުކުރިއެވެ. އެންމެ ފަހުން ގޮނޑިން ތެދުވެ ކަރުނަތައް ފޮހެލުމަށްފަހު އެތަނުން ނުކުތުމަށް ޝަމްހާ ހިނގައިގަތީ ވަކި ގޮތެއް ނިންމަމުންނެވެ.
ހަވީރުއްސުރެ ހޮސްޕިޓަލުގެ ގިނަ މުވައްޒަފުން ހަރަކާތްތެރިވަމުން ދިޔައީ ރަށުގެ ބާބަކިއު ހެދުމަށް ޚާއްސަ ކުރެވިފައިވި ސަރަހައްދުގައެވެ. ޑިއުޓީގައި ހަރަކާތްތެރިވާ މުވައްޒަފުން ފިޔަވައެވެ. އިރުއޮއްސި މަޢްރިބް ނަމާދުކޮށްގެން އަނެެއްކާވެސް މިންހާ ބާބަކިއު ސަރަހައްްދަށް ދާން ދިޔައެވެ. ދިޔަ މަގުމަތީ އިއާން އާއި ދިމާވުމުން ދެމީހުންވެސް އެސަރަހައްދަށް ދިޔައީ އެކުއެކީގައެވެ. ދެމީހުންވެސް ގޮސް އެކި ކަންކަމުގައި ހަރަކާތްތެރިވިއެވެ. އަދި ބޭނުންވާ ބައެއް ތަކެތި މަދުވާތީ އިއާންމެން އެސަރަހައްދާ އެންމެ ކައިރީގައިވި ފިހާރައަކަށް ގޮސް އެތަކެތި ގަންނަން ނިންމިއެވެ. އިއާން އާއި ޒިޔަލްގެ އިތުރުން މިންހާ އާއި އުޝާ އެކުގައި ގޮސް ފިހާރައަށް ވަނެވެ. މިހަތަރު މީހުންގެ މެދުގައިވަނީ ވަރުގަދަ އެކުވެރިކަމުގެ ގުޅުމެެއް އުފެދިފައެވެ. ފިހާރައަށްވަދެ އެކި މީހުން އެކި އެއްޗެހި ނަގަން އަވަސްވެގަތެވެ. ފްރިޖާއި ކައިރިވެލާ އޭގެން ދެފުޅި ފެންޓާ އާއި ކޯކު ފުޅިއެއް ނަގައި ކައިރީގައި ހުރި ހަރުގަނޑުގައި ބެހެއްޓުމަށްފަހު ފްރިޖް ލައްޕާލަމުން ފަސްއެނބުރުނު މިންހާ ސިހުނީ ދާދި ގާތުން ފެނުނު ސޫރައަކުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
57 Comments!
Comments are closed.








Salaam dear readers… Here is the next part… It’s more than 2000 words ???… Hope all will like this part too n feel free to comment your views ???… Next part In Sha Allah Wednesday night ga ???… Keep waiting… Last part ge comment thakah reply kohlaanan In Sha Allah maadhamaa ge vaguthehga ???… Thankyou sooooooooo much dear readers ifoo ah thidhey support ah n love you all my readers ❤️❤️❤️?????????…
Me first baa..kiyaafa comment eh kohlaanan In Sha allah ??
Yesss jiji ???… Ur first ???… Congratulations on being first ❤️❤️❤️???… Waiting for your comment ???…
Hey dear!!!! Vaaahaka v reethi ngeh as always ♥️♥️ Ekm scarlet ah heevaa echeh bunelaanan that aaamu koh end kuraaa iru kmms myheh fenna thankolhun v nimmaakan try to change that kuda koh ngeh otherwise v v v loabi now story dhaaa goi ???♥️❤️♥️??
Scarlet ❤️❤️❤️… Thankyou sooooooooo much dear ❤️❤️❤️?????????… V v v ufaavehje ???… Yesss dear ???… Ifoo vx gaboolu kuran ???… Mi part ga aslu I planned to more than this but maa gina iru liyan inyma aslu athah thadhuvaathy hithah ery dhn mihisaabun ninmaalany ey… Offyhuga vx typing n geyah aisa story typing ???… Kurin vx 2 or 3 times mikahala incident akun ninmaalin… Will try my best dear ???… Much more loves from me ❤️❤️❤️?????????…
vaahaka kiyaalaafa cmmnt eh kohllanan.
Ok dear… Waiting for your comment ???…
Its awesome dear.. masha allah.. keep it up girl❤❤
Thankyou sooooooooo much dear ❤️❤️❤️?????????… V v v ufaavehje ???… Hope to see ur comment more often ???…
Vv salhi.dhn next part konirakun
Thankyou sooooooooo much dear ❤️❤️❤️?????????… Next part In Sha Allah Wednesday night ga ???… Keep waiting ???…
Masha Allah Vvv Vvv reethi ???
Axee ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????…
Wow wow wow♥♥??????❤❤?..I’m speechless..neyge hama bunaane ehcheh vec..haadha reehchey mi part vec..v majaa naail nd ashoo ulhey gothun..ifoo thy hama best writer mihaaru mi site ga huri??????????????…nd sifakohlaafa hunnanleh v furihama..v like vaa gothakah hunnany story liyefa…hehhehe..mi part kureh noon..hama rangalhu..Alhe kaakubaa aee??I guessing it’s aloof or aan..I’m curious to knw wat’s gonna be happen nextu..hehe..U knw..Reading this Story makes me proud feel for u???♥??⚪⚫⭐✔..mi part kiyaa nimunu iru hyvy flim eh balailevunu hn.. Masha allah..that much talented u r..I am outta of words aslah vec..dhn Ifoo plx aan nd minnu gulhuvaba avahah..can’t wait to see them together..Curiously waiting for the next..luv ya sooooooooooooooooo much darla???❤❤????????
Awwwwnn ❤️❤️❤️???… So sweet of you jiji ❤️❤️❤️??????.. Thihaa loabi loabi colourful comment kuranyaa ifoo kykey bunaanyvx ???… You made me speechless dear ???… Heheheh… Hama aslu vx v v v ufaavehje jiji ge faraathun thihaa support libeythy ???… Mikahala loabi comments kiyaalyma ithurah kuriah dhiyumah hihvaru libigen dhey ifoo ah ???… Thank you sooooooooo much dear from bottom of my heart ❤️❤️❤️?????????… Ur are really very supportive reader ???❤️❤️❤️… Let’s see what happens ???… Vedhaane hama aee aan ah vx aloof ahvx or ziyal ahvx ???… Hhehe… Let’s see ???… Sending more n more loves from me dear ❤️❤️❤️?????????…
ifuuu sis vaahaka hama awsme!!!!
waitin 4 the nxt prt
Mailyn ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… Keep waiting dear ???…
Masha Allah ur soooo talented ??????… Mi partvx furihama vefa rythi kamun myny hama bunaane ehchehvx nengifa ehaavx furihama vefa rythi ❤❤❤???… I’m proud of u ??????… I really appreciate your hard work n keep up the good work dear ??????… curiously waiting for the next ??????… lysm ifooo ?????????❤❤❤???????????????
Awwwwnn ❤️❤️❤️???… Thankyou sooooooooo much for the support n love ❤️❤️❤️?????????.. It really means a lot for me ???… I’m glad that I got a reader like you ???… Much more n more loves from me ❤️❤️❤️?????????…
alheyyyy ❤❤❤❤ v v v v v v v v v v v v furihama ?????.I’m speechless.. bunaane ehcheh vess hhama neyge ??????hama
ehaa vss furihama ?????masha allah ??????❤❤❤sifa kurun vss v v v v furihama ❤❤???????????????????mashah allah ??????❤❤❤than you so much.. mi part thankolheh dhigukoh genes dhineema❤❤❤????????????????????best writer ifoo thee mi site ga huri ?????hama awardeh dheyvaruveyy ???LOVE YOU SO MUCH ❤❤❤❤❤❤??????????????????Next part avahah up kohdhehche??????❤❤??????????????????
Yaaanaa ❤️❤️❤️❤️… Alheyyyyy ❤️❤️❤️???… Thankyou sooooooooo much for the support n love ❤️❤️❤️?????????… Your truly one of my biggest fan ❤️❤️❤️?????????… Thihaa loabi colourful comment kohleema ifoo ah bunaane ehcheh vx neyngun ???❤️❤️❤️… Heheh ???… Ur so sweet ❤️❤️❤️???… It really encouraged me a lot ❤️❤️❤️?????????… V v v ufaavehje yaaanaa ifoo ge reader akah v ma ???… Every writer will wish to have a reader like you ❤️❤️❤️??????… I’m so lucky to have you as my reader ???❤️❤️❤️… Once again thankyou sooooooooo much ???❤️❤️❤️??????… Ummeedhukuran abadhuvx thigothugai huredheyne kamah ???… Next part In Sha Allah Wednesday night ga… Keep waiting… Sending more n more loves from me ❤️❤️❤️?????????…
Heyy ifoo siss… storyy varahh riithi..ehaa ves furihama…bunaane ehchehh neii ..hehe☺☺…story dhaa goii varah riithi… sifakurun thahh ves ehaa furihama…hiivanii hama kurimathiiga sifa vaahen….anywayys…hows u dear…❤❤❤❤..hope u are fine…varahh dhuvas kohlaafa dhww comment ehh mi kurevunii…varah buxy kamun comment nukurevenii…ekamm storyy kiyann….i cant wait for the moment when aan n minnu goes into a relation ?????…. ashu and naail ves varahh gulheyy????… n also usha n zial ves gulheyy..????…curiously waitin for bext part dear????…much loves ❤❤❤❤ and misses from me…?????
Heyy ifoo siss… storyy varahh riithi..ehaa ves furihama…bunaane ehchehh neii ..hehe☺☺…story dhaa goii varah riithi… sifakurun thahh ves ehaa furihama…hiivanii hama kurimathiiga sifa vaahen….anywayys…hows u dear…❤❤❤❤..hope u are fine…varahh dhuvas kohlaafa dhww comment ehh mi kurevunii…varah buxy kamun comment nukurevenii…ekamm storyy kiyann….i cant wait for the moment when aan n minnu goes into a relation ?????…. ashu and naail ves varahh gulheyy????… n also usha n zial ves gulheyy..????…curiously waitin for next part dear????…much loves ❤❤❤❤ and misses from me…?????
Hiii Naukko ❤️❤️❤️… Hws u dear??? Alhamdhulillah ifoo hama v ragalhu ???… After a long time dhw ???… V v v ufaavehje ehaa dhuvas fahun vx comment kohleema ❤️❤️❤️???… Bxy koh ulhemunvx story kiyaalythyve v v v ufaavehje ???… It means a lot for me ???… Thankyou sooooooooo much dear for the support n love ❤️❤️❤️?????????… I really missed your comments ???… Let’s see what happens ???… Keep waiting dear… Much more loves from me dear ❤️❤️❤️?????????…
Masha Allah..wwooooiiiiiwww..i forget to close my mouth also ..that much awesome ingey…ehnve a bunany thy number one writer and my fav writer ever a…Masha Allah.. sifakurun that vx vvvv baraabaru n story mi varu ok igey kureh noon..Hama best …hope next part vx mihaa awesome vaane kamah.. ????????????????????????????️?️?️??????????????????????
Awwwwnn ❤️❤️❤️???… Such a lovely comment ❤️❤️❤️???… Thankyou sooooooooo much girl ❤️❤️❤️?????????… V v v ufaavehje ???… I’m so glad that you like it ???❤️❤️❤️.. I will try my best dhigukoh genesdheveythr ???… Ur truly a great supporter dear ???❤️❤️❤️???… Once again thank you soooooo much n much more loves from me ❤️❤️❤️?????????…
Cant wait for the next part ifooo❤❤ Best of the best❤
Awwwwnn ❤️❤️❤️???… Thankyou sooooooooo much Sasha ❤️❤️❤️?????????… Keep waiting dear ???… Much loves ❤️❤️❤️?????????…
Ifoo mi part ok. Salhi
Keep it up
Inu ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????…
Vaahaka v reethi. ❤️❤️❤️
Can’t wait for next part. Dhn konirakun vaahaka up kohlanee
Noora ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… Next part In Sha Allah Wednesday night ga… Keep waiting dear ???… Much loves ❤️❤️❤️?????????…
Stry is awsm ifoo sis ??? speechless ???? curiously waitinn for the nxt part??much luvs frm Nau ????
Nau ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… Next part In Sha Allah Wednesday night ga… Keep waiting dear ???… Much loves ❤️❤️❤️?????????…
Hi sis!!!??sry for the late cmnt☹️ school ga buxy kamun…??????term test anan kairi viy ma aslu ????an stry hama habbu ???gurl ah abadhu ves faahaga kurevey ifoo Stry ge sifa kurun salhi Kan ???dhen ashu an minnu ah luv vaakan realize viy ma rom vaaniy??????? ???ziyal haadha rangalhey dhw???? ??? other boys girls reject kuriyma rulhi annaa niy? ???shamhaa ah visnuniy maa fahun ???lwbi vey more ???????????????️???????
Awwwwnn ❤️❤️❤️???… My dear Daisy girl ❤️❤️❤️… Thankyou sooooooooo much dear ❤️❤️❤️?????????… Adhi laheh nuveyey dear ???… V v v ufaavehje bxy koh ulhemunvx story kiyaalaathy ???… Concentrate on your exams dear n I wish you all the best ???❤️❤️❤️???… Yeah… Ziyal is a very good boy ???… Hehhe… Let’s see what happens… Much more loves from me dear ❤️❤️❤️?????????…
Thnx sis
Maybe this will be the last cmnt before my exm☹️☹️☹️bt my request is my ge cmnt eh kithanme fahun libu nas rply kohdhehchey ????
v v reethi…thanks ingey dhigu kohdhineema…. cant wait for next part
Thankyou sooooooooo much for appreciating ❤️❤️❤️?????????… V v v ufaavehje ???… Next part In Sha Allah Wednesday night ga… Keep waiting…
Ekkala aloof gandu efenunee mihaaru dhen minnu vejjedho aan except kuran efakeeru ehaa kehtheri vegen hunnairu mibaiga enme majalee eulheny dhe lovebirds hama habeys varah reethi mibaives keep it up dear waiting for the next part
Noor ❤️❤️❤️… Thankyou sooooooooo much for the support ❤️❤️❤️?????????… V v v ufaavehje ???… Heheh… Let’s see who that person is… N minnu ge reaction akee kobaa thr ???… Next part In Sha Allah Wednesday night ga… Keep waiting.. Much more loves ❤️❤️❤️?????????…
Omg??……. haadha reachey???????….masha allah..yor are the best best best writer??????????????????….haadha loabi ey mi part ves..?????❤❤❤❤❤❤❤❤❤❤?????????????????????hama bunaane ekahcheh ves neyge…sifa kutumaai ibaareh kurun ves hama obiness to the max??????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤…..i was really over the moon.??????????????..ehaa dhigu kn genes dhinyma ufalun 32 teeth fenijje????????????….hehe u make all of us proud.??????????????????????????…hitha araa mi bai nunimunu namaey…mi stry vvv majaa ingry☺☺☺☺☺☺☺☺☺☺..adhivs adhives ashoo n naail ge bai majaa kollaba☺☺☺…maai mi vaahaka ah rate kurany 5 out of 5 star??????????????????⚘?????????????????…hama ehaa reethi……bodu bodu kn love u ifoo darlin❤?????❣????????❣❣??????????????❤❤❤❤❤❤❤❤❤❤❤❤
Your big fan maai
Maai ❤️❤️❤️… What should I say ???… U made me speechless
???… It was such a lovely comment ❤️❤️❤️???… Knme faharakuvx maai ge comment v v v loabi ❤️❤️❤️… Thankyou sooooooooo much dear for the support n love ❤️❤️❤️????????????… V v v bodah ufaavehje ???… Kuriah dhiyumah ithuru hihvareh libihje ???… Next part In Sha Allah Wednesday night ga… Keep waiting.. Much more loves ❤️❤️❤️?????????… Once again thankyou sooooooooo much n sending more n more loves from me ❤️❤️❤️????????????…
?? masha allah varah reethi???mi part vas keep it up ??❤??
Fathun ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… It means a lot for me ???… Hope to see ur comment more often ???…
omg omg omg vrh vrh vrh reethi mi part vess❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤i am speechless dear???????????????????????????u are the best writer and this is the best story ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Masha Allah ❤❤❤❤❤❤ i can’t wait to see what happen in next part ❤❤❤❤❤ i really love this story a lot???????????????????????????????????well done ifoo dear ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤waiting for next part ❤❤❤❤❤❤❤❤
Awwwwnn ❤️❤️❤️???… Haadha loabi colourful comment ekey ???❤️❤️❤️… I loved it ❤️❤️❤️???… Thankyou sooooooooo much kiyaaraa ❤️❤️❤️????????????… V v v ufaavehje ???… Hope to see ur comment more often ❤️❤️❤️???… Much much more loves from me ❤️❤️❤️????????????…
Vvvvv salhi
Zeen ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????…
Yes..❤❤????..Finally uploaded the story…❤❤????…Its really fantastic..Just amazing dear…❤❤????I dnt knw what to say…!!! ❤❤????..I am just speechless…❤❤????.. No words to explain hw beatiful this story..❤❤????…I am addicted to this…❤❤???? ..Dheenee kanthahthakah samaalu kan dheefa hunnaany vvvv kamudhey story aslu…❤❤????..And sifa kurun thakaai genesdhyfa vaaleh vex ehaa furihama…❤❤????…I just love the way you bring it..❤❤????…Thanx mifaharu dhigu koh genes dhinyma..❤❤????..Who is that..?? I think its aloof…!!! Vrh salhi naail and ashoo ge parts thah vex..❤❤????..Keep it up dear…❤❤????..Really appriciated it…❤❤????.Waiting for next part..❤❤????Hope next part will be more intresting…❤❤????…Much loves..❤❤????
THE BEST STORY
THE BEST WRITTER
❤❤❤❤????
@Ikleel ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje ???… Let’s see what happens… Much loves ❤️❤️❤️?????????…
Fahu bai nais kithah ep baaky ebaoeh? Ok sure noonas ifoo ah heevaa gothakah buneladhiniyyaa varah rangalhu
I don’t know exactly kihaa vareh kameh ???… Ifoo mi balany enme gina vegen vx 10 parts ah vure dhigu nukuran dhn ???… Thankyou dear ❤️❤️❤️?????????…
Varah reethi mi part ves…???dhuvahaku nukiyan mihaa reethi vaahaka eh minnu aa aan ge bai Madhu hen heevey ????ekamu varah obi
Awwwwnn ❤️❤️❤️???… Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje ???… Sorry dear… Sometimes parts egothah vx hunaane… Mihaa up kohfa inn new part ga gina vaany minnu n aan ge bai ???… Much more loves from me ❤️❤️❤️?????????…
i love this story <3
mi kithah parts ge vaahaka ehtha ifoo ?
I don’t know exactly kihaa vareh kameh ???… Ifoo mi balany enme gina vegen vx 10 parts ah vure dhigu nukuran dhn ???… Thankyou soooooo much dear ❤️❤️❤️?????????…