Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިއުތިރާފް (7 ވަނަ ބައި)

Shafag Level 110 Stories
April 18, 2019 3 Mins Read
12 Comments

އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމުން ފައުޒިއްޔާއަކީ ހިތްހެޔޮ މީހެއްކަން އެނގުނެވެ. އަހަރެމެންގެ ގުޅުން ބަދަހިވެގެން ދިޔައީ ހީވެސް ނުކުރާހައި ފަސޭހައިންނެވެ. މިކަން ވެގެން ދިޔައީ ބޭކާރު ޚިޔާލުތަކާއި އަހަރެން ދުރުކޮށްދިން ކަމަކަށެވެ. ފުރަތަމަ ފަހަރަށް ސައީދުއާއި ކައިވެނި ކުރުމަކީ އަހަރެންނަށް ކުރެވުނު ރަނގަޅު ކަމެއްކަމަށް އިހުސާސްވީ އެވަގުތުއެވެ.

ދެމައިންގެ މަސައްކަތުން ހެނދުނުގެ ސައި ތައްޔާރުކޮށް ނިމުނުތަނުން އެގޭ އެހެން މީހުން ކާންއައެވެ. އެއީ އެއާއިލާ އެއްކޮށް އަހަރެން ދެކުނު ފުރަތަމަ ފަހަރެވެ. އެމީހުން ކަންތައް ކުރާގޮތުން އަހަރެން ހުރީ ހައިރާންވެފައެވެ. ފައުޒިއްޔާއަކީ އެމީހުންގެ ނަޒަރުގައި އެގޭގެ ނޯކަރެއްކަން އަމަލުން ދެއްކިއެވެ. އޭނާ އާއި އެކު އަހަރެން އުޅުނުތަން ފެނި އަހަރެންނާ މެދުވެސް އެމީހުންގެ އަމަލުތައް ބެހެއްޓީ އެފަދަ ގޮތަކަށެވެ. ރީއްޗަށް ވާހަކަވެސް ނުދައްކައެވެ.

ހެނދުނުގެ ކަންކަން ނިމުމުން އަހަރެން ކޮޓަރިއަށް ދިޔައިރު ސައީދު ކޮޓަރިން ނިކުންނަނީއެވެ. މުހިންމު ކަމެއް ޖެހިގެން އޮފީހަށް ދާން ޖެހުނީ ކަމުގައި ބުންޏެވެ. ނުކާނަންތޯ އެހުމުން ކާނީ އޮފީހުން ކަމުގައި ބުނެފައި މައާފަށް އެދުނީ ފުރަތަމަ ދުވަހު އޮފީހަށް ދާން ޖެހުނީމައެވެ. ކަމެއް ބޭނުންވެއްޖެނަމަ ގުޅަން އެދިފައި އޭނާ ދިޔައެވެ. ފެންވަރާލައިގެން ނިކުމެ އަހަރެންގެ އެއްޗެހިތައް ތަރުތީބު ކުރަން ފެށީ ކަމެއް ނެތި ހުންނަން ވެއްޖެނަމަ ވިސްނަން ބޭނުން ނުވާ ކަންތައްތަކާއި ވިސްނޭނެތީއެވެ.

މަސައްކަތުގައި އުޅެނިކޮށް ކޮޓަރީގެ ދޮރުގައި ޓަކިދިން އަޑު އިވުނެވެ. އަވަހަށް ގޮސް ދޮރު ހުޅުވައިލި އިރު ދޮރުމަތީގައި ހުރީ ސައީދުގެ ބޭބެގެ އަންހެނުން ހައިފާއެވެ. ހައިރާންވި ނަމަވެސް މޫނުމަތިން އެކަން ނުދައްކާވޭތޯ ބަލަމުން އޭނާ ވަންނަން ތަންދެއްކީމެވެ. ވަދެގެން ދިޔައިރު ވަށައިގެން ހޯދަމުން ދިޔުމުން އޭނާ މިތަނަށް ވަނީ އަލަށްކަން އެނގެއެވެ. “ހީކުރި ވަރަށް ވުރެ މިތަން ރީތި. ފަހަރިވެސް ވަކި ދެރައެއްނޫން.” އެނދުމަތީގައި އިށީންނަމުން އަހަރެންގެ ފައިން ފެށިގެން ބޮލަށް ނަޒަރު ހިންގާލައިފައި އޭނާ ބުނެލިއެވެ. އޭނާގެ ވާހަކަ އަހާފައި އަހަރެން ވީފޫއްސެވެ. ގަދަކަމުން ހިނިތުންވެލަމުން މަސައްކަތަށް އެނބުރުނީމެވެ. “މަންމަ ބުނި ދައްތަވެސް އޮފީހެއްގައޭ އުޅެނީ. މިއަދު ނުދާ ދުވަހަކީތަ؟” އަހަރެން މަޑުމަޑުން އަހާލީ ވާހަކައެއް ނުދައްކާ ނުހުންނަން ވެގެންނެވެ. “ކޮންމެ ކޮންމެ ދުވަހަކު ނުދެވޭނެ. ސަލާމަކީ ވެސް ބުނަން އޮންނަ އެއްޗެއްނު.” ހެމުން ހެމުން އޭނާ ވާހަކަ ދެއްކިއެވެ. “ކީއްވެޔޯ އެހާ ކުއްލިއަކަށް ތިދެމީހުން ކައިވެނި ކުރީ؟ އަހަރެމެންނަށް ދައުވަތެއްވެސް ނުލިބޭ.” އޭނާގެ ސުވާލަށް ދޭނޭ ރަނގަޅު ޖަވާބެއް ވިސްނަން ހުއްޓާ އަނެއްކާވެސް ވާހަކަ ދެއްކީ އޭނާއެވެ. “އަނެއްކާ ބަނޑުބޮޑީތަ؟” ކުޑަކޮށް އަހަރެންނާ ކައިރިއަށް ޖެހިލަމުން މަޑުމަޑުން އޭނާ އެހެން އަހާލުމުން އަހަރެންނަށް ސިހިފައި އޭނާއާއި ދިމާލަށް އެނބުރެވުނެވެ. “ބަނޑުބޮޑެއް ނޫން ދޯ؟ އަހަރެންނަށް އެނގޭ މާކުރިއްސުރެވެސް ސައީދު އެހާ ފިރިހެނެއް ނުވާނެކަން.” މަލާމާތުގެ ރާގަކަށް އޭނާ އެހެން ބުނުމުން އަހަރެންގެ ގާތަށް ރުޅިއަންނަ ގޮތްވިއެވެ. “ކައިވެނިން ބޭރުން އަންހެނަކު ބަނޑުބޮޑުވުމަކީ ފިރިހެން މީހާގެ ފިރިހެންވަންތަކަން ދައްކައިދޭ ކަމެއްތަ؟ ކަލޭމެން ކަހަލަ ހަނި ވިސްނުން ހުންނަ މީހުންނަށް ވިސްނޭނީ އެހެން. އެކަހަލަ ކަންކަމުން ދައްކައިދެނީ މީހާގެ ފިނޑިކަން. ގޮތެއް ނެތްކަން.” ބާރަށް ވާހަކަ ނުދެއްކިނަމަވެސް އޭނާއާއި ދިމާއަށް އިނގިލި ދިއްކޮށްގެން ހުރެ އަހަރެން ވާހަކަ ދެއްކި ހަރުކަށި ރާގުން އޭނާ ޖެހިލުންވިކަން އެމޫނުމަތިން އެނގުނެވެ. “ދައްކާނެ އިތުރު ވާހަކައެއް ނެތިއްޔާ ނިކުމޭ މިތަނުން.” އައިސްފައި ހުރި ރުޅިން އަހަރެން ބޭނުންވީ ވަގުތުން އޭނާ އެތަނުން ފޮނުވާލާށެވެ. އިސްޖަހައިގެން ހުރެ އޭނާ އެތަނުން ނިކުމެގެން ދިޔުމުން އަހަރެން ދޮރު ތަޅުލީމެވެ. އެނބުރި އައިސް އެނދުގައި އުއްޑުން އޮށޯތީ ރުޅި މަޑުކުރަން ބޭނުންވެފައި ހުރީމައެވެ.

މީހަކާ އެގޮތަށް އަހަރެން ވާހަކަ ދެއްކި މިއީ ފުރަތަމަ ފަހަރެވެ. ބޮލުގައި ރިހުމެއް ހުރިކަން އިހުސާސްވީ އެވަގުތުއެވެ. އެތައް ދުވަހެއް ފަހުން އަހަރެންގެ ދިރިއުޅުމުގެ ހާލާމެދު ވިސްނާލެވުނެވެ. މިކައިވެންޏާމެދު އެކި މީހުން ދެކޭނީ އެކި ގޮތަށެވެ. އޭގެ ހެކި ދެންމެ އެފެނުނީއެވެ. ހަގީގަތް އެނގޭނީ މަދު މީހަކަށެވެ. ހަގީގަތް އެންމެންނަށް ކިޔާދޭހާ ހިތްވަރެއް އަހަރެންގެ ނެތެވެ. މިކައިވެންޏާއެކު މިހިސާބަށް އާދެވިދާނެ ކަމަށްވެސް އަހަރެން އުންމީދެއް ނުކުރަމެވެ. އަހަރެންގެ ގައިގައި މިހާ ހިތްވަރު ހުރީތީވެސް އަހަރެން ހައިރާންވެއެވެ. ކުރިމަތިނުލާން މިމަސައްކަތް ކުރާ ހަގީގަތް ކުރިމައްޗަށް އަންނަ ހިނދު ވާނޭ ގޮތެއް ބުނެދޭންވެސް ނޭނގެއެވެ.

ޚިޔާލުތަކަށް ގެއްލިފައި އޮއްވާ އަހަރެންނަށް ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭނގެއެވެ. ހޭލެވުނުއިރު ހަވީރު ވެއްޖެއެވެ. ހޭލެވުނުއިރަށް ނުދަންނަ ތަނެއްގައި އޮވެވުނު ކަމަށް ހީވެ އަހަރެން ސިހުނެވެ. ހުރިހާ ކަމެއް ހަނދާންވީ އިރުކޮޅެއްފަހުންނެވެ. އަވަހަށް ތެދުވެ ފެންވަރައިގެން ނަމާދު ކޮށްލީމެވެ. ބަނޑުހައިވެފައި ހުރުމުން ބަދިގެއަށް ވަދެ ބަލާލިއިރު މެންދުރަށް ކެއްކި އެއްޗެހި ހުއްޓެވެ. ކާމޭޒުމަތީގައި ކައިފައި ހުރި ތަށިތަކެއްވެސް ނުނަގައި ހުއްޓެވެ. އަވަހަށް ކައިގެން ތަށިތައް ނެގުމުގައި އުޅެނިކޮށް ފައުޒިއްޔާ އައިސް ބަދިގެއަށްވަނެވެ. ސައީދު އައިތޯ އަހާލުމުން ނާންނަ ކަމުގައި ފައުޒިއްޔާ ބުންޏެވެ. “ނާންނާނެ ކިތަންމެ އިރެއްވިޔަސް. މަންމަ މިހާރު ބުނެބުނެ ވަރުބަލިވެއްޖެ. ދަރިފުޅުވެސް އެއޮފީހުގައި ދޯ އުޅުނީ. ދަރިފުޅާއި އަޒާންގެ މަސައްކަތުގެ ވާހަކަ ވަރަށް ދައްކާނެ” ހިފައިގެން ހުރި ތަށި އަތުން ދޫވެ ސިންކުތެރެއަށް ވެއްޓުނީ އަޒާންގެ ނަން އިވިފައެވެ. ހިތުގެ ހިނގުން އަވަސްވެ އަތް ތުރުތުރުލާން ފެށިއެވެ. ފައުޒިއްޔާއަށް ފާހަގަ ވެދާނެތީ އަވަހަށް ތަށި ނަގައިގެން ދޮންނަން ފެށީމެވެ. ނަސީބަކުން އޭނާއަށް ފާހަގައެއް ނުވިއެވެ. ފައުޒިއްޔާ ދިޔުމުން ލޯމަރައިގެން އިރުކޮޅަކު ހުރީ ކޮށްފައިވާ އަސަރު ފިލަންދެނެވެ. ކަންކަން ނިންމާލުމަށްފަހު އަހަރެން ނިންމީ މަންމަގެ ގެއަށް ދާށެވެ. އެހުރިހާ އިރެއް ވީއިރުވެސް އަހަރެން ސައީދުއަށް ނުގުޅީ އޭނާއާއި ވަކިން އުޅެން އަހަރެންނަށް ފަސޭހަވީމައެވެ. ދިރިއުޅުން ބޮއްސުންލާފައި ވާވަރު އެކަމުން އެކަނިވެސް އެނގެއެވެ. އެހެން މީހުން ބޭނުންވަނީ ފިރިމީހާގެ އަޅާލުމެވެ. އަހަރެން ބޭނުންވަނީ ވީހާވެސް ގިނަވަގުތު އޭނާއާއި ދުރުގައި ހޭދަކުރުމެވެ.

ދުވަސްތައް މިގޮތަށް ފާއިތުވަމުން ދެއެވެ. އަހަރެންނާއި ސައީދުގެ ގުޅުމަކަށް ކުރިއެރުމެއް ނާދެއެވެ. އޭނާ ގިނަވަގުތު ހޭދަކުރަނީ އޮފީހުގައެވެ. އަހަރެން އޮފީހަށް ދިއުން ހުއްޓައިލީ ދެމަފިރިން އެއް އޮފީހަކަށް ދިއުމަކީ ރަނގަޅުކަމެއް ކަމަށް އަހަރެންނަށް ނުފެންނާތީއެވެ. ހައިފާއާއި އަހަރެންގެ މެދުގައި ޖެހުނު މައްސަލައަށް ފަހު އޭގެތެރެއިން އެކަކުވެސް އަހަރެންނާ ވާހަކަ ދައްކަން މަސައްކަތެއް ނުކުރެއެވެ. އަހަރެންގެ ފިކުރުތަކާއި އުދާސްތަކުން ދުރުވުމަށް ގޭތެރޭގެ ހުރިހާ ކަމަކާ ހަވާލުވެގެން އުޅެނީ އަހަރެންނެވެ. އަހަރެން އުޅޭ ގޮތުން މަންމަ ހުންނަނީ ވަރަށް ހާސްވެފައެވެ. އަހަރެންގެ ހިތުގައި ހިނގާ އެއްޗެއް އެހެން މީހަކާ ހިއްސާ ނުކުރާތީ އެޝަކުވާ އަބަދު ކުރެއެވެ. މަންމައަށް ނޭނގޭ ކަމަކީ އަހަރެންގެ ހިތުގައި ހިނގާ ކަމެއް މިހާރު އަހަރެންނަށްވެސް ނޭނގޭ ކަމެވެ.

ފައުޒިއްޔާގެ އެދުމަށް ގޭތެރެ ސާފުކުރުމުގައި އޭނާއާއި އެކު އުޅުނު ދުވަހެކެވެ. ޓީވީ ހުޅުވާފައި ހުރުމުން އޭގެ އަޑު އިވިއިވި ހުއްޓެވެ. ކުއްލިއަކަށް އަހަރެންގެ ސަމާލުކަން ޓީވީއަށް ހުއްޓުނީ ކިޔަމުން ދިޔަ ޚަބަރަކުންނެވެ. ހައިރާންވެފައި ޓީވީ ބަލަހައްޓައިގެން ހުއްޓާ ފައުޒިއްޔާ ގޮވާލިއެވެ. “މިހާރު ދެން މިނިމުނީ. މަންމަ ދެން މިދަނީ ކޮޓަރިއަށް. ދަރިފުޅުވެސް ދޭ ތާޒާވެލަން.” ފައުޒިއްޔާ އޭނާގެ ކޮޓަރިއަށް ދާން ހިނގައިގަތުމުން އަހަރެން ސާފުކުރަން ގެންގުޅުނު ފޮތިކޮޅު ކައިރީގައި ހުރި މޭޒެއްގެ މަތީގައި ބާއްވާފައި އަވަހަށް ގޮސް އަހަރެންގެ ފޯނު ނެގީމެވެ. ބޭނުންވާ ނަންބަރު ހޯދައިގެން ބަލަން ހުރެވުނީ ކިހާ އިރެއްވަންދެން ކަމެއްވެސް ނޭނގެއެވެ. އެންމެ ފަހުން ގުޅާފައި ފޯނު ކަންފަތުގައި ޖެހިއިރު އަތް ތުރުތުރުލައެވެ. އަހަރެންގެ އަޑު ނިކުތީ އެކޮޅުން ފޯނު ނަގާފައި ހައިރާންކަމާއެކު ދެފަހަރަކު ގޮވާލި ފަހުންނެވެ. “ރާއިޝް. އަހަރެން މިގުޅީ ކަމަކު ކިޔަންވެގެން. މިކަންތައް ކޮށްދެވޭނެ ހަމައެކަނި މީހަކީތިއީ.” މަޑުމަޑުން އަހަރެން ވާހަކަ ދެއްކީމެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shafag

Level 110 Stories

Other Articles

Previous

މާޒީ (އަށްވަނަބައި)

Next

ކަލާޔާ ނުލާ 12

Next
April 20, 2019

ކަލާޔާ ނުލާ 12

Previews
April 18, 2019

މާޒީ (އަށްވަނަބައި)

12 Comments!

  1. Lara says:
    April 18, 2019 at 1:47 am

    So so reethi and curiosity varah high mihaaru ❤
    Waiting for next part ?❤

    1. Shafag says:
      April 20, 2019 at 12:17 pm

      Thankyou Lara. ❤❤

  2. jiji says:
    April 18, 2019 at 5:08 am

    So interesting..haadha reehchey mi part vec..maa curious kohlaafa thi nimmaaly???????..avahah up kohdhehchey ingey..waiting for the next part

    1. Shafag says:
      April 20, 2019 at 12:18 pm

      Thankyou jiji. Miadhu up vaane In sha Allah ❤

  3. saorise ronan says:
    April 18, 2019 at 2:12 pm

    Alheyy avahah liyebala……vvvv interested

    1. Shafag says:
      April 20, 2019 at 12:19 pm

      Thankyou saorise ❤ miadhu up vaane hen heevany.

  4. Noona says:
    April 20, 2019 at 4:48 pm

    Amazing ?
    ? Waiting for the next part

    1. Shafag says:
      April 21, 2019 at 12:22 pm

      Thankyou ❤❤

  5. Kiyaaraa says:
    April 20, 2019 at 7:52 pm

    Vvvvvvvv rethi mi partvess????????????????? waiting for next part i love this story ???????????????????????????????????????????????????plx upload sooooon???????????????

    1. Shafag says:
      April 21, 2019 at 12:21 pm

      Thankyou ❤❤

  6. izoo says:
    April 21, 2019 at 12:16 pm

    kobaaa thar story miadhu upp vaaneyyy kiyaafa

    1. Shafag says:
      April 21, 2019 at 12:21 pm

      Really sorry. I sent the story for review on friday night. It will be up soon. ?

Comments are closed.

Next Episodeއިއުތިރާފް (8 ވަނަ ބައި)←


All Right Reserved!