Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އޯގާވީ ހިތަކުން…47

މުތާ/ ސ.ހިތަދޫ Level 210 Stories
August 28, 2014 5 Mins Read
13 Comments

ޕިކްނިކް ދިޔައީ ޕިންގް މެޓްރޮޕޮލިޓަން ޕާކަށެވެ. އެތަނަށް ދެވުމާއެކު ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ކުލަކުލައިގެ ގުޑިތަކުން ހިސޯރުކޮށްފައި އޮތް އުޑުމައްޗެވެ. ކުޑަކުދިންނާއި ބޮޑެތިމީހުންތައް ވެސް ފޯރިއާއެކު ގުޑިއެރުވުމުގައި އުޅުނިއިރު ފަޒާ ހަލަބޮލިކޮށްލާފައި އޮތީ މީހުންގެ ހުނުމުގެ އަޑުންނެވެ. ފެހިކަން ގަދަ މާހައުލާއި މާމެލާމެލީގެ ގުލްޒާރަށް އިތުރު ދިރުމެއް ގެނެސްދެމުން ދިޔައީ މާތަކުން ފޮނިބޯން އުދުހެމުން ދިޔަ ކޮކާތަކުންނެވެ. ޕާކް ކައިރީގައި އޮތް ފަރުބަދަ ތަކުގެ ސިލްސިލާގެ ހުރަހަކަށް ވެފައިވަނީ އެދެމެދުގައި އޮތް މާސިންގާ ކޯރެވެ.

ބަލާލާ ކޮންމެ ދިމާލަމުން ވެސް ފެނިގެންދަނީ ޤުދުރުތުގެ ރީތިކަމެވެ. މި ހިތްގައިމު މާހައުލުގައި މުޅި ދުވަސް ފޫހިކަމެއް ނެތި ހޭދަކުރެވިދާނެއެވެ.

ޕިކްނިކް ބާސްކެޓްތައް ފަތުރާލަމުން އެންމެން ވެސް ހަމަޖެހިލައިފިއެވެ. މުޅި ތަނަށް ހިޔާ ދީފައި އޮތްއިރު ހޭލަމޭލަވަމުން ދިޔަ މީހުންތަކާއި ކުޑަކުދިންގެ ހުނުމުގެ އަޑު ސިކުންތުކޮޅަކަށް ވެސް ކެނޑިގެން ނުދެއެވެ.

”ހާދަ ރީތި ތަނެކޭ….” ފުޅާ ހިނިތުންވުމަކާއެކު އީނާ ބުންޏެވެ. އޭނަ ބޭނުންވީ އަލްޔަސްއާއެކު އެތާންގައި ހިނގާލަން ދާށެވެ. ބަލާބަލާ ފޫހިނުވެއެވެ.

ރޫޔާ އުޅުނީ ފޮޓޯ ނެގުމުގައެވެ. ހިތް ފުރެންދެން ނަޒްޔަކްގެ ފޮޓޯތައް ނަގާ ނިންމާލަމުން ދެން އޭނަ އަވަސް ވެގަތީ ފަރުބަދަތަކާ ނިވާވަމުން ދިޔަ އިރުގެ ރީތި މަންޒަރުތަކުގެ ފޮޓޯތައް ނެގުމަށެވެ. އެތައް އިރެއްވަންދެން ހުޅުރޯވަމުން ދިޔަ އުދަރެސްމައްޗަށް ބަލަހައްޓައިގެން ރޫޔާއަށް ހުރެވުނެވެ. ހުވަފެނެއްގައި އުޅެވޭހެން ވެސް ހީވެއެވެ. މިފަދަ ރީތި މާހައުލެއްގައި ލޯބިވެރިޔާއާއެކު ވަގުތު ހޭދަކުރެވޭނެނަމަ އެވަގުތުތައް އިތުރަށް ފުރިހަމަވީހޭ ރޫޔާގެ ހިތަށް އެރިއެވެ. ރޫޔާގެ އެ އިންތިޒާރަށް ނިމުން ވެސް އައެވެ. ފަހަތުން ނަޒްޔަކް ގޮވާލި އަޑު އިވުމުން ސިއްސައިގެން ދިޔުމުގެ ބަދަލުގައި އެތުންފަތް މައްޗަށް ވެރިވެގެން ދިޔައީ ލުއި ހިނިތުންވުމެކެވެ. އޭނަގެ ހިތުގެ ގޮވުންތައް ފުރިހަމަވެގެން ދިޔައީއެވެ.

”ރޫ…. ލަވަބައިޒުބާތީ ކުޅެން އަންނާށޯ….” ނަޒްޔަކް އައިސް ރޫޔާއާ އަރާހަމަކޮށްލަމުން ބުންޏެވެ. ”ވަރަށް ރީތި ދޯ؟….” ހުވަފެނީ ރާގަކަށް ރޫޔާ ބުންޏެވެ. އޭރު އުޑުގައި ކުރަހާލެވިފައި ވާ ކުރެހުންތަކުގެ ހިޔަނިތައް ފެންގަނޑުގެ ތެރޭގައި ނަށަމުން ދިޔައެވެ.

”ހޫމްމް، ރޫ ވެސް އެހާ ރީތި….” އޮރެންޖް ކުލައިގެ ދަޅަތައް އެޅިފައިވާ ރޫޔާގެ މޫނަށް ބަލަން ހުރެ ނަޒްޔަކް ބުންޏެވެ. ނަޒްޔަކްގެ ފަރާތުން ލިބުނު ތަޢުރީފުގެ ބަސްތަކާއެކު ރޫޔާގެ ހިތް ނަށާލައިފިއެވެ. ރޫޔާ އިސްއުފުލާލި ވަގުތު ދެޒުވާނުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. ރޫޔާގެ ހިތް އިންތިހާއަށް އަވަސްވެގެން ދިޔައީ ނަޒްޔަކްގެ ލޮލުން ފެނުނު ޝުޢޫރުތަކުގެ ސަބަބުންވެ. އޭގެ މާނަ ފަސޭހަކަމާއެކު އޭނަ ދެނެގެންފިއެވެ. އަތްފައި ފިނިވެގެން ދިޔައީވެސް އެހެންވީމައެވެ. ދުނިޔޭގެ ހުރިހާ ކަމެއްމަތިން ހަނދާން ނެތިގެން ދިޔައެވެ.

”ތޭންކްސް….” ރޫޔާ ބުންޏެވެ. ހަށިގަނޑަށް ފިނިކަމެއް އިހުސާސް ވެގެން ދިޔައެވެ. މުޅި މީހާއަށް އަންނަން ފެށި ބަދަލުތަކަކީ މީގެކުރިން އޭނައަށް ތަޖުރިބާކުރެވިފައިވާ ބަދަލުތަކެއް ނޫނެވެ. އެއާއެކު ރޫޔާ ހާސްވާ ގޮތް ވެސް ވިއެވެ. ޒަލަފްއާ ރައްޓެހިވެގެން އުޅުނުއިރުވެސް މިފަދަ ބަދަލުތަކެއް ނާދެއެވެ. ނަޒްޔަކްގެ ދެލޮލަށް ބަލާލެވުމުން މާޒީމަތިން ހަނދާން ނެތި،ހިތް ބަންޑުންވެގެންދާ އިހުސާސްތަކަށް ދޭނެ ނަމެއް އޭނަ އަކަށް ނޭގެއެވެ. އެނގޭހާ ވެސް އެއްޗަކީ މިމަދު ދުވަސްކޮޅުގެ ތެރޭގައި ނަޒްޔަކް ދެކެ ލޯބިވެވިއްޖެކަމެވެ.

”އެންޑް އިން ހާރ ސްމައިލް އައި ސީ ސަމްތިންގް މޯރ ބިއުޓިފުލް ދޭން ސްޓާރސް….” ނަޒްޔަކް ފުންނޭވާއެއް ދޫކޮށްލަމުން ބުނެލި ޖުމްލަ ރޫޔާގެ ކަންފަތުގައި ގުގުމާލައިފިއެވެ. ސާފު ޢިބާރާތުން ލޯބިވާކަން ހާމަކުރުމުގެ ބަދަލުގައި ނަޒްޔަކް ހިޔާރު ކުރި މަގު ރޫޔާއަށް ވަރަށް ބޮޑަށް ކަމުދިޔައެވެ. އެދުލުން އޮހޭ ބަސްތަކުން ހުވަފެނީ ދުނިޔެއެއްގައި އުޅޭވޭ ފަދައެވެ. ބިރުގަންނަނީ ލޯ ހުޅުވައިލުމުން ފެންނަ މަންޒަރުތަކާއި އިވޭ އަޑުތައް ބިލާހަކަށް ވެދާނެތީއެވެ. ހިތުގައި ވިކާލަމުން ދަނީ އެބިރުވެރިކަމެވެ. އެދުވަހަކުން ހިތުގެ ޒަހަމްތައް އިތުރަށް ފުންވެގެން ދާނެކަން ޔަޤީނެވެ. މަޑުމަޑުން ގެނބެން ފެށި ޚިޔާލުތަކާއެކު ރޫޔާގެ މޫނުމަތިން އުފާވެރިކަން މިލައިގެން ދާން ފެށި މަންޒަރު ފެނި ނަޒްޔަކްއަށް އެއަތުގައި ހިފާލެވުނެވެ.

”ރޫ…” ނަޒްޔަކް ގޮވާލިއެވެ. ރޫޔާ ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. ހިތުގެ ތެޅުން އަވަސް ވެއްޖެއެވެ. މީ ހުވަފެނެއް ނޫންކަން ވެސް ޔަޤީންވެއްޖެއެވެ. ރޫޔާ ނަޒްޔަކްގެ މޫނަށް ފުންނަޒަރެއް ހިންގާލިއެވެ. ނަޒްޔަކް އެއްޗެއް ބުނަން އުޅޭހެން ހީވިއެވެ. އެއާއެކު ރޫޔާގެ އިންތިޒާރު ދިގުލަން ފެށިއެވެ.

”އަހަންނަކަށް ނޭގޭ މިވާހަކަ ބުނާނެގޮތެއް، ހިތަށް އަރަނީ ރޫ ރުޅިއައިސްދާނެއޭ…. އެހެންވެއްޖެއްޔާ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ގެއްލިދާނެ، އެކަމަކު މިވާހަކަ ނުބުނެ ލަސްވެއްޖެއްޔާ އަބަދުގެ އަބަދަށް ރޫ ގެއްލިދާނެކަމުގެ ބިރުވެސް ހިތުގައި ވޭ…. އިނގޭ ދެމީހުން ބައްދަލުވިތާ ގިނަ ދުވަސްތަކެއް ނުވާކަން، އެކަމަކު……” ނަޒްޔަކް އެހިސާބަށް ވާހަކަ ގެނެސް ފުން ނޭވާއެއް ލިޔެވެ. ހިތުގެ ގޮވުންތަކަށް އިޖާބަ ދޭން ފަސްޖެހެވުނެވެ. ނަމަވެސް ރޫޔާގެ ފަރާތުން ލިބެމުން ދިޔަ ފެހި ސިގްނަލްތަކާއެކު ލޯބިވާކަން ހާމަކުރަން ނަޒްޔަކްއަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ.

”އައި ނޯ ރޫގެ ޕާސްޓް މަތިން ހަނދާން ނައްތާލަން އުނދަގޫވާނެކަން، އެކަމަށް ވަގުތު ނަގާނެކަން ވެސް އިނޭ… ބަޓް އައި ކޭން ހެލްޕް ޔޫ…… އަހަރެން ބޭނުން ރޫ އަބަދު ހިނިތުންވެފައި ހުންތަން ދެކެން…. އަހަރެން… ވަރަށް ބޮޑަށް ލޯބި ވޭ ރޫ ދެކެ….” ނަޒްޔަކް ބުނެލި ޖުމްލައާއެކު ރޫޔާގެ ލޮލުން ހިލިގެން ދިޔައީ އުފާވެރިކަމުގެ ކަރުނައެވެ. އެ ލަފްޒުތައް އަޑުއަހަން ކަންފަތް ބޭޤަރާރުވެފައިވާތާ ހާދަ ގިނަ އިރުވެއްޖެއެވެ! ލިބުނު އުފަލާއެކު ރޫޔާއަށް ހުރެވުނީ ހަރަކާތެއް ވެސް ގެންނަން ނޭގިފައެވެ. މުޅި ހަށިގަނޑުގައި ދައުރުކޮށްލީ އުފާވެރިކަމުގެ ބާނީތަކެކެވެ.

”އެވްރީތިންގް ހެޕެންޑް ސޯ ފާސްޓް…….” ނަޒްޔަކް ވާހަކަ ކުރިއަށް ގެންދިޔައެވެ.

”ވަގުތީ މެހުމާނަކަށް ވިޔަސް އަހަރެން ރޫއަށް ހުރިހާ އުފަލެއް ހޯދައިދޭނަން…..” ނަޒްޔަކް ރޫޔާގެ ލޮލުން ފޭދުނު ކަރުނަތައް ފޮހެލަ ދިނެވެ. އަދި އޭނަގެ ބަލި ހާލަތު ރޫޔާއަށް އަންގައިދިނެވެ. ރޫޔާ އެވާހަކަތައް އަޑުއަހަން ހުރީ ބުދެއްހެން ހުއްޓުން އަރާފައެވެ.

”އެއްވެސް އިންސާނަކަށް އެމީހަކު ދުނިޔޭގައި ހުންނާނެ ދުވަސްތަކުގެ އަދަދެއް ނޭގޭނެ…. ނިކްގެ އުމުރު އަހަރެންގެ އުމުރަށް ވުރެ ވެސް ދިގުވެދާނެ….. ނޯވަން ނޯސް….. އައި ޑޯންޓް ކެއާރ އިފް ޔޫ އާރ ސިކް، އަހަރެން ވާ ލޯތްބަށް ދުވަހަކުވެސް އުނިކަމެއް ނާންނާނެ، އައި ލަވް ޔޫ ނިކް……” ރޫޔާ ނަޒްޔަކްގެ ހަށިގަނޑުގައި ބައްދާލަމުން ބުންޏެވެ. އެހިތުގައިވި ލޯބި އިތުރަށް ފުންވެގެން ހިނގައްޖެއެވެ. ނަޒްޔަކްގެ ހިތުގެ ތެޅުން އިހްސާސް ކުރެވުމުން ރޫޔާއަށް ދެލޯމަރާލެވުނެވެ. އޭނަ ނަޒްޔަކް ދެކެ ވާ ލޯތްބަށް ދުވަހަކު އުނިކަމެއް ނާންނާނެއެވެ. ފާއިތުވެގެން ދާ ކޮންމެ ދުވަހަކާއެކު އެލޯބި ދާނީ އިތުރަށް ފުންވަމުންނެވެ. މިއަދު ހަޤީޤީ ލޯތްބަކީ ކޯޗެއްކަން އޭނައަށް އިހުސާސް ކުރެވިއްޖެއެވެ.

”އޯ މައި ގޯޑް، ފިލްމެއްގެ މަންޒަރެއްހެން ހީވަނީ…..” އީނާމެން ބާރަކަށް ބުނެލި އަޑަށް ރޫޔާއާއި ނަޒްޔަކް ދިޔައީ ސިއްސައިގެންނެވެ. ރޫޔާ އަވަސް އަވަހަށް ނަޒްޔަކްއާއި ދުރަށް ޖެހިލަމުން ކަރުނަތައް ފޮހެލިއެވެ. ”ސޯ ރޮމޭންޓިކް، މިހުރިހާ އިރު މިކަމެއް ދޯ މިކުރަނީ؟ ބައިގަޑިއިރު ވެއްޖެޔޭ ރޫ ހޯދަން ފޮނުވިތާ…..” އަލްޔަސް ވެސް ދިމާކޮށްގަތެވެ.

”މީހުންނަށް ސްޕައިކުރަން ވެސް ފެށީ ދޯ؟…..” ނަޒްޔަކް ވެސް ދުލެއް ނުކުރިއެވެ. ”ތިދެމީހުން ގެއްލިގެން ހޯދަމުން ދަނިކޮށް ރެޑްކޮށްނު ބަސްޓް މިވީ، ކުރިންވެސް ޝައްކުވިއޭ، ކޮންގްރާ ބްރޯ….” އަލްޔަސް ހިނިތުންވުމަކާއެކު އައިސް ނަޒްޔަކް ގައިގައި ބައްދާލިއެވެ.

އީނާ ވެސް ރޫޔާގެ ގައިގައި ބައްދާލިއެވެ. އުޖާލާވެފައިވާ ރޫޔާގެ މޫނު ފެނި އީނާގެ ހިތަށް ފިނިކަމެއް ލިބިގެން ހިނގައްޖެއެވެ. ގެއްލިގެން ދިޔަ ރޫޔާގެ އުފާވެރިކަން އަނބުރާ އައިސްފިއެވެ. ރޫޔާގެ ހިތާމަތަކަށް ވެސް ނިމުން އައިސްފިއެވެ.

”މަންމައަށް އިނގޭ ދުވަހަކުން ފެއިންޓް ވެދާނެކަން ޔަޤީން….” އަލްޔަސް ބުންޏެވެ.

”މާލެ ގޮސް އެންމެ ފުރަތަމަކަމަކަށް ވެސް ކުރާނީ ތިކަން، އަހަރެން ބޭނުން ވީހާވެސް އަވަހަކަށް ރޫ އަހަރެންގެ މީހަކަށް ހަދަން….” ރޫޔާގެ މަޑު އަތްތިލައިގައި ހިފަމުން ނަޒްޔަކް ބުންޏެވެ. އެއީ ރޫޔާ ވެސް ބޭނުންވި ގޮތެވެ. އުމުރުގެ ބާކީއޮތްބައި ނަޒްޔަކްއާއެކު އުފަލުގައި ހޭދަކުރަން އޭނަ ބޭނުމެވެ. ނަޒްޔަކްގެ އުފާވެރިކަމަށް ޓަކައި އޭނަ ކޮންމެ ފަދަ ކަމެއް ވެސް ކުރާނެއެވެ. ނަޒްޔަކް ހިތުގައި ޖެހޭނެ އެއްވެސް ކަމަކަށް އޭނަ ފުރުސަތު ނުދޭނެއެވެ.

****

ރޭގަނޑުގެ ކެއުން އޮތީ ޝިޔާރާމެން ގޭގައެވެ. އީނާ ހުރީ ޝިޔާރާއަށް އައިސްފައިވާ ބަދަލުތައް ފެނި ޤަބޫލު ނުކުރެވިފައެވެ. ޝިޔާރާގެ ހިތްހެޔޮކަމުން ވެސް އޭނަ އަޖައިބުވިއެވެ. މާޒީގެ އެއްވެސް ކަމެއް ޝިޔާރާ ހަނދާން ނެތް ކަހަލައެވެ. ވާހަކަ ދެއްކީވެސް އެކުވެރި ރާގެއްގައެވެ. ރާކިންއަށް އީނާ ފެނުމުން އިސްދަށަށް ޖަހައިގެން އިނދެ ކެއުން ނިންމާލާފައި އަވަސްއަވަހަށް ކާކޮޓަރިން ނިކުމެގެން ދިޔައެވެ.

”ވަރަށް ފޫހި މީހެއް، އަހަންނާ ރައްޓެހިވެގެން އުޅެފަ ވީކެއްވެސް ނުވަނީސް އެހެން އަންހެންކުއްޖަކާއެކު ހުއްޓާ ފުނުނީ……” ރާކިން ނިކުމެގެން ދިއުމާއެކު ޒަނާ އީނާއަށް އަޑުއިވޭވަރަށް ބުނެލިއެވެ. އޭނަ ވާހަކަ ދެއްކި ރާގުންވެސް ރާކިންދެކެ ރުޅިއަންނަ ވަރު ހާމަވެގެން ދިޔައެވެ.

”އޭނަގެ ކަރުގައި ހިފާ މަރާލާނަމޭ ހިތަށް އަރާ، އިނޮސެޓް ކަމުގެ ނިވަލުގައި ހުރި ޑެވިލްއެއް……” ޒަނާ ބުންޏެވެ. ”ޒީ ތިހާ ރުޅިގަދަ ވާކަށް ނުވާނެ، އެހެންނޫނީ އަވަހަށް މުސްކުޅިވާނެޔޭ މީހުން ބުނެއުޅޭ…..” އީނާ ޒަނާއަށް ވިސްނައިދިނެވެ. ރާކިން ފަދަ މީހަކާމެދު ވިސްނުމުން ރުޅިއައުން ނޫންކަމެއް ނުވާނެކަމަށާއި އޭރުން ޒަނާގެ އުފާވެރި މޫޑުވެސް ޚަރާބުވެގެން ދާނެކަމަށް އީނާ ބުނެލިއެވެ.

”އައި ނޯ، އެކަމަކު އޭނަގެ މަޅީގައި އަހަރެން ބެދުނީމަ ރުޅިއަންނަނީ، އަހަރެން އެހާ ގަމާރުވީތީ….” ޒަނާ އަމިއްލަ ނަފްސުކުށްވެރި ކުރަމުން ބުންޏެވެ. ކާހިތް ވެސް ކެނޑުނެވެ.

”ޒީ ޖަސްޓް ލެޓް އިޓް ގޯ، އަހަންނަށް އެޑްވައިސް ދެމުން އުޅުނު މީހާ މުޅިން ބަދަލުވެފަ ތިހުރީ….” އީނާ ބުންޏެވެ.

****

ކެއުން ނިންމާލާފައި ”ނައިޓިންގޭލް” އަށް ދާން އުޅެނިކޮށް ރޫޔާ ފެންޑާއަށް ވެއްޓި، އަތަށް ތޫނު ތަދެއް އަރައިގެން ދިއުމުން ކުއްލިގޮތަކަށް ޖެހުނީ ހޮސްޕިޓަލަށް ދާށެވެ. ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި ރޫޔާ އިނީ ކެތްތެރިވެލައިގެންނެވެ. ނަޒްޔަކްގެ ފަރާތުން ލިބެމުން ދިޔަ ހިތްވަރާއެކު އޭނަ ކަރުނަތައް ހިންދާލިއެވެ. ނަޒްޔަކް އިނީ ހާސްވެފައެވެ. ރޫޔާ ވޭނުގައި އުޅޭތަން ބަލަން ކެތްނުކުރެވުނެވެ. ދެލޯ ފެންކަޅިވެގެން ދިޔައީ ވެސް އެހެންވީމައެވެ. އޭނަ ރޫޔާގެ އަތުގައި މަޑުމަޑުން ފިރުމާލަދިނެވެ.

އެރޭ ރޫޔާ ހޮސްޕިޓަލުން ދޫކޮށްލެވުނީ ދަންވަރުވީ ފަހުންނެވެ. އަތުގައި އަޅާފައިވާ ޕްލާސްޓަރުގަނޑުގެ ސަބަބުން ރޫޔާ ހުރީ މާޔޫސްވާ ގޮތްވެފައެވެ. މުޅި ދަތުރު ޚަރާބުވީހެން ވެސް ހީވިއެވެ. ”އެވަރުކަމެއް ނޫނޭމީ،ވީކެއްގެ ތެރޭގަ ރަގަޅުވެދާނެ…..” ނަޒްޔަކް ރޫޔާގެ އަތްތިލައަށް ބޮސްދިނެވެ. ”ހޯޕް ސޯ…..” ރޫޔާ ބުންޏެވެ.

ދެޒުވާނުން އެކީގައި ގޮސް ހޮސްޕިޓަލްގެ ޕޯޓިކޯއަށް ނިކުތް ވަގުތު ގޮސް ޖެހުނީ ނޫރާލްއާއި ޒަލަފްގެ ކުރިމައްޗަށެވެ. ހަމައެއާއެކު ނޫރާލް ތުންއަނބުރާލާފައި ކަޅިއަޅާލިއެވެ. ރޫޔާއާއި ނަޒްޔަކްގެ ގާތްކަމުން އޭނަގެ ސިކުނޑި ހާސްކަމެއްގެ ތެރެއަށް ގެނބުނެވެ. އޭނަ އުއްމީދުކޮށްގެން ހުރީ ޒަލަފް އޭނަގެ މީހަކަށް ވާ ދުވަހަކުން ރޫޔާ ދުނިޔެއިން މޮޔަވާނެ ކަމަށެވެ. ނަމަވެސް މިފެނުނު މަންޒަރެއްގެ ސަބަބުން އޭނަގެ އުއްމީދުތަކުގައި ހުޅުރޯވެއްޖެއެވެ. ރޫޔާގެ ކާމިޔާބުކަމާމެދު ވެސް ނޫރާލް ހަސަދަވެރި ވިއެވެ.

”ޒަލަފް…”

ހުއްޓުން އަރާފައި ހުރި ޒަލަފްއަށް އަވަސް ނަޒަރެއް ދެމުން ނޫރާލް ގޮވާލިއެވެ. ޒަލަފްއަށް ހަރަކާތެއް ނުކުރެވިގެން އުޅެނިކޮށް ރޫޔާ ވައިރޯޅީގެ ބާރުމިނުގައި ގޮސް އެމީހުންގެ އިންތިޒާރުގައި އޮތް ކާރަށް އަރައިފިއެވެ.

ޒަލަފް ފަސްއެނބުރި ބަލާލިއެވެ. ރޫޔާއާއި ނަޒްޔަކްގެ ގާތްކަން ފެނި އޭނަގެ ހިތަށް ތޫނު ކަށިތަށިތަކެއް ހަރާލެވިގެން ހިނގައްޖެއެވެ. ރޫޔާ އޭނަގެ އަތުން ބީވެއްޖެކަމުގެ ހިތާމަ މުޅި މީހާ ހާސްކޮށްލިއެވެ. ލޮލުން ކަރުނަ ވެސް ހިލުނެވެ. ކުރާނެ ކަމެއް ނެތެވެ. އަގުބޮޑު ޖަވާހިރެއް އޭނަގެ އަތުން ބީވެގެން ހިނގައްޖެއެވެ. އޭނަގެ ފިނޑިކަމުގެ ސަބަބުން އޭނަގެ ލޯބި ގެއްލިއްޖެއެވެ. އެރޭ ރޫޔާގެ ދިފާއުގައި ތެދުވެވުނުނަމަ ރޫޔާ އޭނަދެކެ ވީ ލޯބި ނަފްރަތަށް ބަދަލު ނުވީހެވެ. ރޫޔާ އެހެން ފިރިހެނެއްގެ ހައްޤަކަށް ވެސް ނުވީހެވެ.

ޒަލަފްގެ ހަރަކާތްތައް ބަލަން އިން ނޫރާލްގެ ދުނިޔެ ބަނަވެގެން ދިޔައެވެ. ޒަލަފް އަދިވެސް ލޯބިވަނީ ރޫޔާދެކެ ކަން އެނގުމުން އެ ނާޒުކު ހިތް އެތިކޮޅުތަކަށް ބުރައިގެން ދިޔައެވެ. ލޮލަށް ކަރުނަ ޖަމާވިއެވެ. ރޫޔާ އުފަލުގައި އުޅެމުން ދާއިރު އޭނައަށް ކުރިމަތިލާން ޖެހިފައިމިވަނީ ހިތްދަތިކަމާއެވެ. އިންސާފު ކޮބާ ހެއްޔެވެ؟ ރޫޔާއަށް އުފަލެއް ލިބުން ހައްޤެއްނޫނެވެ.

”ޒަލަފް، ޓެކްސީއެއް ލިބޭތޯ ބަލާބަ…. މަންމަ ހުންނާނީ ކަންބޮޑުވެފަ….” ވެރިވެފައި އޮތް މަރުގެ ހިމޭންކަމުގެ ތެރޭން ނޫރާލް ބުންޏެވެ.

(ނުނިމޭ)

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

މުތާ/ ސ.ހިތަދޫ

Level 210 Stories

Other Articles

Previous

އޯގާވީ ހިތަކުން…46

Next

ކަފުނަށް މިހިތް އަދި ނުލާކަން ޔަގީން .. 8

Next
August 30, 2014

ކަފުނަށް މިހިތް އަދި ނުލާކަން ޔަގީން .. 8

Previews
August 26, 2014

އޯގާވީ ހިތަކުން…46

13 Comments!

  1. shaama says:
    August 28, 2014 at 9:52 pm

    Reethi

    1. mishu says:
      August 29, 2014 at 7:12 am

      Reeeethiiii.. nalla…

  2. wadhy says:
    August 28, 2014 at 10:17 pm

    Nice.keep it up

  3. Amm says:
    August 29, 2014 at 1:58 am

    Wow nice. ..
    Keep it up…

  4. zalfaa says:
    August 29, 2014 at 2:33 pm

    areyy….kuru kamun nurovunyy kiriyaa,,,, vrh kiyaa hiyy vey mi story… this is d best story ever,… i mean frm all the stories i read… luv dis

  5. leen says:
    August 29, 2014 at 2:34 pm

    hrdha kurey dhw..anyways reethi

  6. Anonymous says:
    August 29, 2014 at 2:58 pm

    dhn maa dramatic, mihaaru eba heevey avas aruvaalaafa ninmaalan ulhey hen,, fake

  7. mal says:
    August 29, 2014 at 3:11 pm

    Wow….v nice

  8. fan says:
    August 29, 2014 at 4:11 pm

    Habeys nd hushahelun varah salhi u r very good, dhen avas aruvaalafa dhaahen hivani so slowdown mutha

  9. shafu says:
    August 29, 2014 at 5:52 pm

    🙂 …………NYC………..!!!

  10. blossom says:
    August 30, 2014 at 1:02 pm

    alhe nik ge bayyaky kobaa tha?pls I ah bunedhyba…I kury prts thah nukiyaathy nenge….btw mi prt ves vvv salhi

  11. leen says:
    August 31, 2014 at 9:53 pm

    yeah dhw i even dnt knw nik ah jehunu bayyeh..sum one pls tel me

  12. an says:
    August 31, 2014 at 11:36 pm

    nick aki heart patient eh, enu malay ah aisgen ulhunu iru inaane ekamuge detail genedhifa, before enu and sam reunite hospital ah deheyehnu nick aa badhalhu kuran ina…. e ep ga inaane evaahaka

Comments are closed.

Next Episodeއޯގާވީ ހިތަކުން…48←


All Right Reserved!