އެމް.ޕީ ރާއިޝްގެ ގެއާ ހަމައަށް ދެވުމުން މަގުގެ އެއްކައިރިއަށް ޖެހިލުމަށްފަހު ފައިހާ ދިން ނަމްބަރަށް ގުޅާލީމެވެ. ދެފަހަރު ގުޅުމުންވެސް އެކޮޅުން ޖަވާބެއް ނުދިނެވެ. މަގުގެ ދެކޮޅަށް ބަލަމުން ދަނިކޮށް ލޮލުގައި އަޅައިގަތީ ކުރިމަތީގައި ހުރި ފިހާރައިން ނުކުތް އަޒާންއެވެ. ފޯނު ތިރިކޮށްލުމަށްފަހު އަޒާންއަށް ގޮވާލުމުން އޭނާ އަހަރެންގެ ކައިރިއަށް އައެވެ. ވެގެން އުޅޭ ގޮތް އޭނާއަށް ކިޔައިދިނުމުން އޭނާ ލަފާދިނީ ފައިހާ އަށް ގުޅާށެވެ. ފައިހާ އަށް ގުޅަން ނަމްބަރު ޑައިލް ކުރަނިކޮށް އިވުނު އަޑަކުން ސިހުނުވަރުން ފޯނު އަތުން ދޫނުވީ ކިރިޔާއެވެ. “ދަރިފުޅާ އަޒާން.” އެމް.ޕީ ރާއިޝްގެ ވަރުގަދަ އަޑުން ގޮވައިލިއެވެ. “ބައްޕަގެ މޭޒުމަތީގައި ހުންނާނެ ޑޮކިއުމަންޓް ތަކެއް. ފައިރޫޒް އައުމުން އެހަވާލުކޮށްލައްޗޭ.” އަޒާން ބޯޖަހައިލުމުން ކާރަށް އަރައި ދުއްވާލިއެވެ. ކާރު ގޮސް ގެއްލެންދެން ހައިރާންވެފައި ބަލަހައްޓައިގެން އަހަރެން ހުރީމެވެ. ހޭވެރިކަމެއްވީ އަޒާން ދެފަހަރަކު ގޮވާލުމުންނެވެ. “އެއީ އަޒާންގެ ބައްޕަ؟” ހައިރާންވެފައި ހުރިވަރުން އަހަރެންނަށް ވާހަކަ ދެއްކުނީ ތަންކޮޅެއްބާރަށެވެ. “ސޮރީ.” އަޒާން ސިހުނުތަން ފެނި އަހަރެން މައާފަށް އެދުނީމެވެ. އަޒާންގެ ބައްޕައާއި ބެހޭގޮތުން މިއަދު ދެއްކުނު ވާހަކަ ހަނދާންވެ ޖެހިލުންވެސް ވިއެވެ. “އެނގޭ އަހަރެން ބައްޕައަކީ މީހުންނަށް އެހާ ކަމުދާ މީހެއްނޫންކަން. އެކަމަކު ބައްޕައެއްގޮތަށް ހަމަވަރަށް ބަރާބަރުވާނެ.” އަޒާން މަޑުމަޑުން ބުނެލިއެވެ. އަޒާންއަށް ބަލާލަމުން އަހަރެން ހިނިތުންވެލީ ރަކިވެފައި ހުރެއެވެ.
ފައިހާ ވެސް އޭނާގެ ދައްތަވެސް ފޯނު ނުނެގުމުން އަޒާންގެ އެދުމަށް އޭނާގެ ގެއަށް އަހަރެން ވަނީ ޖެހިލުންވެފައި ހުރެއެވެ. އަހަރެންގެ ހާސްކަން ފިލާދިޔައީ އަޒާންގެ މަންމަގެ ހިތްހެޔޮކަން ފެނިފައެވެ. އަޒާން އަހަރެންގެ ވާހަކަ ވަރަށް ކިޔައިދޭ ކަމަށްބުނެ، ދިމާވީ އަހަރެންނާ ބައްދަލުކޮށްލަން ބޭނުންވެފައި ހުއްޓައިކަމަށް ބުނުމުން އަހަރެން އުފާވިއެވެ. އަޒާން އާއި އެކު އޭނާގެ ކޮޓަރި ބަލާލަން ދިޔުމަށް ބުނުމުން އަހަރެން މަޑުމަޑުން އޭނާގެ ފަހަތުން ދިޔައީމެވެ. އަޒާންގެ ކޮޓަރި ފުރިހަމަވެފައި ވަރަށް ތަރުތީބެވެ. އަހަރެންނަށް އެންމެފުރަތަމަވެސް ފެނުނީ ކޮޓަރީގެ ކަނަކަށްވާގޮތަށް ހަދާފައި ހުރި ފޮތް ހަރުގަނޑެވެ. ފޮތްތައް ބަލާލައިފައި އެނބުރުނު ވަގުތު އަހަރެން ސިހުނީ އަނެއް ފަރާތު ބިތުގައި ހުރި އަހަރެންގެ ފޮޓޯ ފެނިފައެވެ. އެއީ އޮފީހުގެ އަހަރީ ދުވަހުގެ ޖަލްސާގައި އަޒާން ނެގި ފޮޓޯއެކެވެ. “ނުބުނެ ފޮޓޯ ބެހެއްޓުނީމަ މައާފަށް އެދެން. އެކަމަކު އަހަރެން އަލަށް ޖޮއިން ކުރީއްސުރެވެސް އަހަރެންނަށް އެހީ ވެދިން މީހަކީ ނައީ. އަހަރެންގެ އިންސްޕިރޭޝަންއަކީވެސް ނައީ. އެހެންވެ ބޭނުންވީ ފޮޓޯއެއް ބަހައްޓަން.” އަޒާން އެހެން ބުނުމުން އަހަރެން އޭނާއަށް ބަލާލުމަށްފަހު ހީލީމެވެ. އޭނާއަށް ކުޑަކޮށްވެސް ނޭނގޭނެ ކަމަކީ އެކަމާ އަހަރެން އުފާވިވަރެވެ. އެކި ވާހަކަތަކުގައި އަހަރެމެން އެތައް އިރެއް ހޭދަކުރީމެވެ. އަޒާންގެ މަންމަ ކާއެއްޗެހި ގެނައިސްދިނެވެ. އަޒާން ބުނި ގޮތުގައި އޭނާ ވަޒީފާއަކަށް ނުދާތީ ބައްޕަ އެކަމާ ރުޅި އައުމުން އޭނާ ވަޒީފާއަކަށްނުކުންނަން ނިންމީއެވެ. ދަށް މަގާމަކަށް އެޕްލައި ކުރީ ވަޒީފާ ލިބުނީ ބައްޕަގެ ނުފޫޒުން ކަމަށް މީހުން ބުނާ އަޑު އަހަން ބޭނުން ނުވާތީއެވެ.
އިރު އޮއްސޭ ވަގުތު ކައިރި ވުމުން އަޒާން ގެ މަންމަ ކައިރީ ގެއަށްދަނީ ކަމަށްބުނެ އަޒާންއާއި އާއެކު ނިކުންނަން ދަނިކޮށް އަޒާން އަހަރެންގެ އަތުގައި ހިފައިގެން ކައިރީގައި ހުރި ކޮޓަރިއަކަށް ވަނެވެ. ސުވާލު އުފެދިފައި އަހަރެން އޭނާއަށް ބަލަން ފެށުމުން ދެއަތުން މޫނު ފުހެލުމަށްފަހު އުނަގަނޑުގައި އަތް ވިއްދާލިއެވެ. އަހަރެން ހުރީ މިވާން އުޅޭ ގޮތެއް ނޭނގި ހާސްވެފައެވެ. “ފަޔާޒް ކައިރީގައި އަހަރެންނަކީ ނައީގެ ބޯއިފްރެންޑޭ ބުނީއްސުރެ އަހަރެން ހިތަށް އަރަނީ އަސްލުވެސް އެހެން ވެއްޖެނަމަ ކިހިނެއްހޭ ވާނީ. އައި ކާންޓް ސްޓޮޕް ތިންކިންގ އެބައުޓް ޔޫ. އަހަރެންނަށް ނައީ ވަރަށް ކަމުގޮއްސި.” އަޒާންގެ ވާހަކަތައް އަޑުއަހަން ހުރިއިރު އަހަރެންގެ ދެލޯ ބޮޑުވިއެވެ. އަދި ފަހު ޖުމްލަ ބުނެލުމާއެކު އަހަރެންނަށް އިސްޖަހާލެވުނެވެ. އަހަރެންގެ ހިތް ދިޔައީ އުފަލުން ނަށަމުންނެވެ. އަހަރެންގެ ހިތާމަތަކުން ދުރުކޮށްދޭ މީހަކީ އެއީއެވެ. އަހަރެންގެ ކަޅާއި ހުދުގެ ހަޔާތުގައި ކުލަޖައްސައިދިން މީހަކީ އެއީއެވެ. “ނައީ؟” އަހަރެން އެއްވެސް އެއްޗެއް ނުބުނުމުން އަޒާން އަހަރެންނަށް ގޮވައިލީ ހާސްވެފައި ހުރެއެވެ. “ވިލް ޔޫ ބީ މައި ގާލް؟” އަޒާން އަނެއްކާވެސް އަހާލިއެވެ. “ޔެސް.” މަޑުމަޑުން އަހަރެން ޖަވާބު ދިނީމެވެ. އަޒާންގެ މޫނުމަތި އުޖާލާވެގެން ދިޔައީ އަހަރެންގެ ޖަވާބު އަހާފައެވެ.
އެދުވަހަށްފަހު އަހަރެންގެ ހަޔާތަށް އައީ އަހަރެން ހުވަފެނުންވެސް ނުދެކޭހައި އުފާވެރި ދުވަސްތަކެކެވެ. ބޭބެގެ މަތިން ހަނދާންވާ ކޮންމެ ފަހަރަކު އަހަރެން ދެރަވެއެވެ. އެހެން ނަމަވެސް އެހެން ދެރަވެފައި އެކަނި ހުންނާނެ ފުރުސަތެއް އަޒާން ނުދެއެވެ. ބޭބެގެ މަރުގެ ވާހަކަ އަހަރެން އަޒާންއަށް ކިޔައި ނުދެމެވެ. އަދިވެސް އަހަރެން އެވާހަކަ ދައްކަން ތައްޔާރެއް ނޫނެވެ.
އަހަރެމެން ދެމީހުންވެސް އެގުޅުން އިތުރަށް ކުރިއަށް ގެންދަން ބޭނުންވާތީ ދެއާއިލާގެ ގުޅުން ބަދަހި ކުރުމަށް ދެއާއިލާގެ ބައްދަލުވުމެއް ބާއްވަން ނިންމީމެވެ. އަޒާންގެ މަންމަ މެން އަހަރެން ބަލައިގަތީ އުފަލާއެކުގައެވެ. އަޒާން ބުނި ގޮތަށް ސިޔާސީ ދާއިރާގައި އޭނާގެ ބައްޕައަކީ އަގު ވެއްޓިފައިވާ މީހަކަށް ވިޔަސް އާންމު ދިރިއުޅުމުގައި އޭނާއަކީ މީހުންނާ ގުޅޭ އޯގާތެރި މީހެކެވެ. އަހަރެންގެ އާއިލާއިންވެސް އަޒާން ބަލައިގަތީ އެއްވެސް ޝަކުވާއެއް ނެތިއެވެ. މަންމަމެން ތިބީ އަހަރެންގެ ކޮންމެ އުފަލަކަށްޓަކައި ގުރުބާންވާން ތައްޔާރަށެވެ. މަންމަމެންނަށް އަޒާންވީ ބޭބެގެ ހުސްކަން ފުރައިދިން ފަރާތަށެވެ.
ދެއާއިލާގެ ގުޅުން ބަދަހި ކުރުމަށްޓަކައި އަޒާންގެ ގެއަށް ކެއުމަކަށް ދައުވަތު ލިބުނު ރެއެކެވެ. އަޒާންގެ މަންމައާއި ބައްޕަގެ އޯގާތެރިކަން ފެނި އަހަރެންގެ މައިންބަފައިން ތިބީ އުފަލުންނެވެ. މަންމަގެ މޫނުމަތިން އެފަދަ އުފާވެރިކަމެއް ފެނުމުން އަހަރެންގެ ހިތްފުރުނެވެ. ކެއުން ނިމިގެން ނިކުމެ ދެއާއިލާ ވާހަކަ ދައްކަން މަޑުކޮށްލިއެވެ. “ނައިރާ އެކަނި ދޯ ތިއާއިލާގައިވެސް ހުންނަނީ؟” އަޒާންގެ މަންމަގެ އެސުވާލާއެކު އަހަރެންގެ މަންމަ ހާސްވެފައި އަހަރެންނަށް ބަލާލިއެވެ. މަންމަމެން އަހަރެންގެ ކުރިމަތީގައި ބޭބެގެ ވާހަކަ ދެއްކުމަކީ އެމީހުން ކުރާ ކަމެއް ނޫނެވެ. “އެހެން ކުއްޖަކުވެސް ލިބުނު. މިހާރު އެކަމަކު ދުނިޔޭގައެއް ނެތް.” މަންމަ ގަދަކަމުން ހިނިތުންވެލަމުން ޖަވާބު ދިނެވެ. އަހަރެންވެސް އިނީ ގަދަކަމުން ކަރުނަ ހިފަހައްޓައިގެންނެވެ. ނަސީބަކުން އަޒާންގެ މަންމަ އިތުރަށް އެވާހަކައެއް ނުދައްކައެވެ. އެދުވަހަށް ފަހު މަންމަމެންގެ ގުޅުން ބަދަހިވެ އެމީހުންގެ ބައްދަލުވުންތައް ވެސް އިތުރުވިއެވެ.
ދުވަސްތައް މިގޮތުގައި ފާއިތުވަމުންދިޔައެވެ. އަހަރެމެންގެ އާއިލާއިން އަހަރެމެންގެ ކައިވެނި ކުރުވުމަށް ނިންމި ދުވަހަކީ އަހަރެން ދުވަހަކުވެސް ހަނދާންނެތޭނެ ދުވަހެއް ނޫނެވެ. އަޒާންގެ ގެއަށް އެދުވަހު ކެއުމަކަށް ދައުވަތު ދެވުނީ ރޭވުމެއްގެ ދަށުންކަމެއް އަހަރެންނަށް ނޭނގެއެވެ. ކެއުން ނިންމާލުމަށްފަހު އަޒާންގެ ބައްޕަ އަހަރެމެންގެ ކައިވެނި ކުރުމަށް ނިންމާފައިވާކަން އިއުލާން ކުރުމުން އުފަލުން އަހަރެންގެ ހިތް ފުރުނެވެ. އެދުވަހު ރަންކިޔުމުގެ ކަންކަން ކުރިއަށް ގެންދެވުނެވެ.
ރަންކިޔުން ނިމިގެން ފެންފޮދެއް ބޮއުމަށް އަހަރެން ބަދިގެއަށް ވަންނަނިކޮށް އެތަނުން ނިކުންނަންއައި ނޯކަރެއްގެ ގައިގައި ޖެހިފައި އޭނާގެ އަތުގައި ހުރި ބުއިންތަކެއް އަހަރެންގެ ހެދުމަށް އެޅުނެވެ. އޭނާ މައާފަށް އެދުމުން އަހަރެން އެއީ ކަމެއް ނޫންކަމުގައި ބުނީމެވެ. ނަމަވެސް ހެދުން އެއްކޮށް ތެމިފައި ހުރުމުން މަންމަމެންގެ ހުއްދައާއި އެކު ހެދުން ބަދަލުކުރަން އަޒާންއާއި އެކު އަހަރެން ގެއަށް އައީމެވެ. މަންމަމެން މަޑުކުރީ ކައިވެނީގެ ބައެއް ކަންކަން ނިންމަން ޖެހޭތީއެވެ.
ގޭގައި އެއްވެސް މީހަކު ނެތުމުން އަޒާން އެކަނި ގޭތެރޭގައި އިނުން އަހަރެންނަށް ކަމަކު ނުދިޔައެވެ. އެހެންކަމުން އަހަރެން ފާޚާނާއަށްވަދެ ހެދުން ބަދަލުކޮށްލަންދެން ކޮޓަރީގައި މަޑުކޮށްލުމަށް ބުނެފައި ހެދުން ހިފައިގެން ފާޚާނާއަށް ވަނީމެވެ. އެއީ އަޒާން އަހަރެންގެ ކޮޓަރިއަށް ވަތް ފުރަތަމަ ފަހަރު ކަމުން އޭނާ ކޮޓަރީގެ އެކި ކޮޅުކޮޅަށް ބަލަމުން ދިޔައެވެ. އަހަރެން ނިމިގެން ނުކުތްއިރު އަހަރެންގެ އާއިލާގެ ފޮޓޯ އަކަށް ބަލަން އަޒާން ހުއްޓެވެ. އަހަރެން ނުކުތުމުން ބޭބެ ދައްކާފައި އެއީ ކާކުތޯ އެހިއެވެ. “އެއީ އަހަރެންގެ ބޭބެ.” އަހަރެން އެހެން ބުނުމާއެކު އަޒާން ސިހިފައި އަހަރެންގެ މޫނަށް ބަލާލިއެވެ. “އަހަރެން ކުރިން މިވާހަކަ ކިޔައިނުދިނީ އަހަރެންގެ އެހާ ހިތްވަރު ނެތީމައި. އެކަމަކު މިހާރު އެއީ އަޒާންއަށް ވެސް އެނގެންޖެހޭނެ ވާހަކައެއް.” އަހަރެން ވާހަކަ ދައްކަމުން އެނދުމަތީގައި އިށީންނީ ފައި ތުރުތުރުލާން ފެށުމުންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.


Me first dhw..kiyaafa comment eh kohlaanan ingey..Insha allah ??❤❤???
Thank you jiji for the support ❤❤ alhugan’du kahala new writers ah thikahala support aslu varah beynun ❤ thankyou again ❤❤
Thanks darla????????????????..v v interesting stry eh..I’m already log in..bt log out vefa comment mikurany maa lahun the public koh fennaathy..U’re most welcome sis..avahah next part up kohdheeba..I can’t wait anymore.heheh ???❤❤?????????????????
Thankyou jiji ❤❤ will try to upload it tomorrow. ❤
Wooooww masha allah… Varah reethi mi bai ves… Its me ge furathama story aa bala varah baraabaru… Insha Allah u will be a great writer… Much love and gud luck.. And ya jiji bunihen avahah up kohla dhehchey ingey.. Cant wait for the next part ?????????much love ????
Thankyou Kitty ❤ will try to upload it tomorrow. ❤
Varrau lobi… mi story ❤❤❤
Thankyou Shala ❤
Varah Salhi mi part…
Thankyou Juma ❤