ކަލާޔާ ނުލާ 9
ރީނާ މެންގޭ އަސްކަނި ދޮށަށް ވަދެވުމުން ރިނާ ފަޔާޒް އަތުން ދޫކޮށްލިއެވެ. އޭރު އެދެމީހުން ވެސް ވަނީ ކޮންމެވެސް ވަރަކަށް ތެމިފައެވެ. މާވަރަކަށް ދުވުމުން ނެވާ ހަމައަކަށް އަޅުވަން އިރުކޮޅެއް ނެގިއެވެ. އެވަގުތު އިވުނު ބާރު ގުގުރީގެ އަޑާއި އެކު ވިދާލުމުން ރީނާ ބިރުން ފަޔާޒް ގައިގައި ބާރަށް ބައްދައިލިއެވެ. ރީނާ އެހާ ބާރަށް ބައްދައިލައިގެން ހުރުމުން ފަޔާޒްގެ ހިތް ނެގިނެގި ފައި ޖެހޭކަމުގެ އިހުސާސް ފަޔާޒް އަށް ކުރެވުމުން ދިޔައެވެ. ފަޔާޒް ވެސް ރީނާ ގައިގައި ބައްދަލިއެވެ. ރީނާއަށް ހިމާޔަތް ދިނުމަށް ށެވެ. ރީނާ އިރުކޮޅަކުން ފަޔާޒް އާއި ދުރުވެލިއެވެ. އެވަގުތު އެދެމީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔައެވެ.
ތިދޭ ހިތް ވެސް މަ ފޮރުވާނަށް
ކަނެއް މިހިތަށް ޓަކާ ދޭތޯ
އެދޭ ލޯތްބެއް ހިތުން ދޭތޯ ހިތުން ދޭތޯ
” މިރޭ ހިޔެއް ނުވޭ ވިއްސާރަ ހުއްޓާނެ ހެއްނެއް … ހިގާ ރީ މެން ގޭގަ މަޑުކުރަން … އަބައިން ތަޅުދަނޑިވެސް ގެނެވިފައި …” ދަބަސް ބަލައިލަމުން ރީނާ ބުނެލިއެވެ. ” ރީ .. ބޭނުން ގޮތެއް…” ފަޔާޒް ވާރޭގެ ތެރެއަށް އަތް ދިއްކޮށް ލަމުން ބުނެލިއެވެ. ރީނާ ފޯން ނަގައި ޒޯޔާ ގާތު މިރޭ ރީނާ މެން އެގޭގައި މަޑުކުރާ ވާހަކަ ބުނެލިއެވެ. ރީނާ ދޮރު ހުޅުވައިލުމަށް ފަހު ލައިޓް ޖައްސައިލިއެވެ. ފަޔާޒް އެގެއަށް ވަށައިގެން ބަލައި ލިއެވެ. ޒޯޔާމެން ގޭހައި ރީތި ގެއަކަށް ނުވިއަސް އެގޭވެސް ވަރަށް ހިތްގައިމެވެ. ރީނާ ތުވާއްޔެއް ގެނެސް ފަޔާޒް އަތަށް ދިނެވެ. އަދި ރީނާ ކޮޓަރި ފަޔާޒް އަށް ދިނުމަށް ފަހު ރީނާ ގޮސް ރީނާގެ މަންމަ ކޮޓަރިއަށް ވަނެވެ.
ޒޯޔާ ތައްޔާރުވެގެން ކޮޓަރިން ނިކުތުމަށް ފަހު ގޮސް އަޔާންގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ. އަޔާން ދޮރު ހުޅުވަލިއެވެ. ކުރިމަތީ ގައި ހުރި ހޫރު ޕަރީއެއްފަދަ ކުއްޖާ ފެނި އަޔާން މޮޔަވާވަރު ވިއެވެ. އެ ރަތް ކުލައިގެ ހެދުން ޒޯޔާގެ ގަޔަށް ހީފާލާފައި ހުރި އިރު ވަރަށް ފުރިހަމައެވެ. އިސްތަށިގަނޑު އޮތީ ބޮޑު ހުޅިއެއް ޖަހައި ހައްޔަރު ކޮށްފައެވެ. ބައެއް އިސްތަށިތަށް ކަންފަތް ކައިރިން ކޮޑުމައްޗަށް ފައިބައިފައި ހުއްޓެވެ. ދިގު އެސްފިޔަތަށް މަސްކަރައިން އިތުރަށް ފުރިހަމަ ކޮށްދީފައި ވެއެވެ. އެލޮލުގައި ލައިނާ އަޅާލާފައި ވާއިރު އެދެލޮލުގެ ވިދުން އިތުރު ވެފައި ވެއެވެ. ތުންފަތުގައި ޖައްސާފައިވާ މެރޫން ކުލައިގެ ލިޕުސް ޓިކުގެ ސަބަބުން އިތުރު ފުރިހަމަ ކަމެއް ގެނެސް ދީފައި ވެއެވެ. އަޔާންް ކަޅި ޖަހާނުލާ ބަލަހައްޓައިގެން ހުރުމުން ޒޯޔާ ލަދުގަންނަ ގޮތްވިއެވެ.” އަޔާން …” ޒޯޔާ ލަދުން ހުރެ އަޔާން އަށް ގޮވައިލުމުން އަޔާން އަށް ހަމަބިމަށް އާދެވުނެވެ.
ޒޯޔާގެ އަތުގައި ހިފައިގެން އަޔާން ކޮޓަރިއަށް ވަނެވެ. ޒޯޔާ އަށް އެ ކޮޓަރީގެ އެތެރެ ފެނުމުން ހައިރާންވެ ބަލަހައްޓައިގެން ހުރެވުނެވެ. މުޅި ކޮޓަރި އުތްބަތްތީގެ އަލިން ދިއްލާފައި ވާއިރު އަޔާން ބޭނުން ކޮށް ފައި ހުރި އަގުބޮޑު ސެންޠުގެ ވަހުން މަސްތީ ގޮތެއް މުޅި މާހަލުގައި އެކުލެވިފައި ވިއެވެ.
އަޔާން މަޑުމަޑުން ހިގާލާފައި ގޮސް އިސްޕީކަރުން ރޮމޭންޓިކު އިގިރޭސި ލަވައެއް ޖަހާލިއެވެ. ޒޯޔާ އަޔާން އަށް ފުންކޮން ބަލައިލިއެވެ. ކަޅުކުލައިގެ ޖިންސް އަކާއި ހުދުކުލައިގެ ތުނި ގަމީހެއް ލާފައި ހުރިއިރު އެ ކަސްރަތީ ހަށިގަނޑުފެނި މޮޔަ ނުވާނެ އަންހެން ކުއްޖެއް ނުވާނެކަން ގައިމެވެ. އެ ފަން އިސްތަށިގަނޑު ވަޔާއި ވިހުރޭ އިރު ހާދަ ހިތްގައިމެވެ. އަޔާން މަޑުމަޑުން ޒޯޔާ ގާތަށް މަޑު ފިޔަވަޅު ތަކެއްގައި އަންނަށް ފެށިއެވެ. އަޔާން ކުރިއަށް އަޅާ ކޮންމެ ފިޔަވަަޅަކާއި އެކު ޒޯޔާ ފަހަތަށް ފިޔަވަޅެއް އަޅަމުން ދިޔައެވެ. އަޔާން ހުރީ ސީދާ ޒޯޔާގެ ދެ ލޮލަށް ބަލަހައްޓައިގެންނެވެ.
ހާޓް ބީޓްސް ފާސްޓް
ކަލާސް އެންޑު ޕޮރޮމިސަސް
ހައުޓް ބީ ބުރޭވް
ހައު ކޭން އައި ލަވް ވެން އައި އެމް އަފްރައިޑް ޓު ފޯލް
ބަޓް ވޮޗިން ޔޫ އިސްޓޭންޑު އެލޯން
އޯލް އޮފް މައި ޑައުޓް ސަޑަންލީ ގޯސް އަވޭ ސަމްހައު
ވަން ސްޓެޕް ކުލޯސަރ
އައި ހޭވް ޑައިޑް އެވްރިޑޭ ވެއިޓިން ފޯރް ޔޫ
ޑާރލިން ޑޯންޓު ބީ އަފްރައިޑް އައި ހޭވް ލަވްޑު ޔޫ
ފޯރ އަ ތައުޒަންޑު އިޔާސް
ފަހަތަށް ފަހަތަށް ޖެހެމުން ގޮސް ޒޯޔާ ލައްވީ ފާރުގައެވެ. އަޔާން ޒޯޔާގެ ގާތަށް އައިސް ޒޯޔާގެ ދެފަރާތުން ފާރުގައި އަތް ޖައްސާލިއެވެ. ޒޯޔާ ހުރީ އަޔާން އާއި ދިމާލަށް ކަޅި ޖަހާނުލާ ބަލަހައްޓައިގެން ނެވެ. އަޔާން ޒޯޔާ ބޮލުގައި ޖަހާފައި ހުރި ހުޅި ގަނޑު ނައްޓުވައިލިއެވެ. އެވަގުތު އެފަން އިސްތަށިގަނޑު ދޫވެގެން ދިޔައެވެ. މޫނުމައްޗަށް ވެއްޓުނު އިސްތަށިތަށް އަޔާން ގެ އަތުން އެއްފަރާތް ކޮށްލީ ވަރަށް ލޯބިން ނެވެ. އަޔާން ޒޯޔާއާއި އިތުރަށް ގާތްވެލިއެވެ. އަދި ޒޯޔާގެ ތުންފަތުގައި ބޮސް ދިނެވެ. ޒޯޔާ އަޔާން އާއި ދުރުވެލުމަށް ފަހު ދާން ހިގައިގަތެވެ. ނަމަވެސް އަޔާން ޒޯޔާގެ އަތުގައި ހިފެހެއްޓިއެވެ. އަދި އަޔާން އާއި ދިމާލަށް ދަމާލިއެވެ. ” ޑޯންޓު ލީވް މީ ނައު … އައި ނީޑު ޔޫ …” އަޔާން ގެ އެ މަސްތީ އަޑުން ޒޯޔާގެ ކަންފަތް ދޮށުގައި މަޑުމަޑުން ބުނެލިއެވެ. އެވަގުތު ޒޯޔާ ގައިން ހީބިހި ނަގައި ގެން ދިޔައެވެ. އަޔާން ޒޯޔާ އަތްދަނޑި މައްޗަށް ނަގައިގެން ގެންގޮސް އެނދުގައި ބޭއްވިއެވެ. އަދި އަޔާން ޒޯޔާއާއި ގާތަށް ތިރިވިއެވެ. އަޔާންގެ ކޮންމެ ބީހުމަކަށް ޒޯޔާ ދިޔައީ ހިތާއި ހިތުން ދަޢުުވަތު ދެމުން ނެވެ. ޖަހާފައި ހުރި ލަވައިގެ އަޑާއި ވާރޭ ވެހޭ އަޑާއި އެކުވެގެން އަންނައިރު އެރޭގެ މަސްތީކަން އިތުުރު ކޮށްދީފައި ވެއެވެ.
ރޭގައި ވާރޭ ވެހުމުގެ ސަބަބުން ފަޒާގައި ފިނިކަމެއް އެކުލެވިފައި ވިއެވެ. ގަސްތަކުގެ ފަތްތަކުގަޔާއި މާތަކުގެ ފިޔަތަކުގައި ޝަބްނަމް ތިކިތަށް ހަރުލާފައި ވާއިރު އިރުގެ އަލި އެ ޝަބުނަމް ސިކިތަކަށް އެޅިފައި ވުމުން އެ ތިކިތަށް ހީވަނީ ވިދާ މުތީތަކެއް ހެއްނެވެ. ބަދިގޭގައި ސައިހަދަން ހުރި ޒޯޔާގެ ތުންފަތްމަތީގައި ނުފިލާ ހިނިތުން ވުމެއް ވިއެވެ. ރޭގައި އަޔާން އާއި އެކު ހޭދަކުރެވުނު ވަގުތުގައި ކުރެވުނު އިހުސާސް ތަށް ހިތުން ފިލަ ނުދެއެވެ. އަތުގައި އަޅާފައި އޮތް އޭނާގެ މަންމަގެ އަނގޮށްޓިއަށް ބަލާލާފައި ހީލައެވެ. އެއީ ޒޯޔާގެ އަތުގައި ރޭގައި އަޔާންގެ އަތުން އަޅުވައިދިން ޒޯޔާގެ މަންމަގެ އެންމެ ފަހުގެ ނިޝާނެވެ. އޭނާގެ މަންމަގެ ހަދާނެވެ. ޒޯޔާގެ ބައްޕަގެ އަނގޮށްޓި އަޔާންގެ އަތުގައި އެޅުވިހިނދު ޒޯޔާގެ ހިތަށް ކުރެވުނު އުފާ ބަޔާން ނުކުރެވޭނެވެ. ބައްޕަ ފިޔަވާ މިހާރު އެ އަނގޮށްޓީގެ ހައްގުވެރި ފަރާތަކީ އަޔާންއެވެ.
ދޮރުގައި ޓަކި ޖަހާއަޑަށް ޒޯޔާ ގޮސް ދޮރު ހުޅުވައިލިއެވެ. ރީނާއާއި ފަޔާޒް ފެނުމުން ރީތި ހިނިތުން ވުމެއް ދިނުމަށް ފަހު ސައިބޯން އައުމަށް އެދުނެވެ. ރީނާ ރެޑީވެލައިގެން ކާކޮޓަރިއަށް ވަން އިރު ފަޔާޒް އާއި އަޔާން ވެސް ކަމޭޒް ކައިރީ ތިއްބެވެ. އެންމެެން ސައިބޯން ފެށީ އެކުއެކީގައެވެ. އަޔާން އާއި ޒޯޔާ އާއި ދޭތެރޭ އިޝާރާތުން އެތަށް ވާހަކަ އެއް ދެކެވެމުން ދިޔައިރު ރިނާ އަށްށާއި ފަޔާޒް އަށް އެކަމުގެ ހަބަރެއް ނުވެއެވެ. ސައި ބޮއި ނިމުމުން އަޔާން އާއި ފަޔާޒް ދިޔައީ ރަށުތެރެއަށް ށެވެ.
ރީނާއާއި ޒޯޔާ މެންދުރަށް ކެއްކުމަށް ފަހު ނިކުމެ ސޯފާގައި އިށީނެވެ. ” ސޯ ވަޓް ހެޕެންޑު ލާސްޓު ނައިޓް…” ޒޯޔާ ރީނާގެ ބަނޑުގައި ކޮށްޓާލަމުން ބުނެލިއެވެ. ” ޕިސް ޕިސް … އެއްވެސް ކަމެއް ނުވޭ… އަހަރެން އޭނައަށް ކޮޓަރި ދީފަ މަންމަ ކޮޓަރިއަށް ވަދެ ނިދީ … އިތުރު ކަމެއް ނުވޭ…” ރީނާ ކަންތަށް ވީގޮތް ވަރަށް ހަމަޖެހިލާފައި އިދެ ބުނެލިއެވެ. ” ހައު އެބަޓު ޔޫ…” ރީނާ ވެސް ޒޯޔާއަށް ސުވާލު އަމާޒް ކުރިއެވެ. ” ޖަސްޓު ނަތިން … ” ޒޯޔާ ދޮގެއް ހަދައިލިއެވެ. އަދި ބުނަށް އަވަހޭ ހިތަށް އެރުމުން ނެވެ.
އަޔާން އާއި ފަޔާޒް ރީހާންމެންގެ ގެއިން ނިކުމެގެން ގެއަށް ދަނިކޮށް އަޖުމަލް ފެނުމުން އޭނާގާތަށް ދިޔައެވެ. ފަޔާޒް ބޭނުންވީ ގެއަށް ދާންށެވެ. ” ބުރޯ… އަދި އެދުވަހަަށް ފަހު ނުފެނޭ … ގެއަކަށް ވެސް ނުދަމެއްނު” އަޔާން އަޖުމަލް ގާތަށް ޖެހި ކޮޑުމަތީ އަތުން ޖަހަލަމުން ބުނެލިއެވެ. އަޖުމަލް އަޔާން އަށް ބަލާލަމުން އާ ދޯ އޭ ބުނެލިއެވެ. ” އަހަރުމެން މިދަނީ ކޮފީއަކަށް … ހިނގަބާ ކޮފީ އަކަށް އަރަން މައެބަ އޮތް ކަލޭ ކައިރީ ވާހަކައެއް ދައްކަން ވެފަ ” އަޖުމަލް ލިބުނު ފުރުސަތުގެ ބޭނުން ހިފުމަށް ޓަކައި އަވަހަށް ބުނެލިއެވެ. އަޔާން ދާން އެއްބަސް ވުމުން އަޖުމަލް އަޔާން ގޮވައިގެން އެތާ ކައިރީ ހުރި ރެސްޓޯރެންޓަށް ދިޔައެވެ.
އަޖުމަލްގެ އާއި އޭނާގެ ރަހުމަށްތެރިޔާ ދިހަމް އަދި އަޔާން ގޮސް ހުސްމޭޒެއްގައި އިށީނެވެ. ” ދެން ބުނެބަލަ ތި ބުނަށް އުޅޭ ވާހަކައެއް…” އަޔާން ގޮޑީގައި ހަމަޖެހިލަމުން ބުނެލިއެވެ. އަޖުމަލް ހީވަނީ ހުރިހާ ވާހަކައެއް ރާވައިލައިގެން ހުރިހެއްނެވެ. ” އަހަރެން ވަރަށް ދުވަސް ވެއްޖެ މިހެން ބުނަށް އުޅޭތާ … އެކަމަކު އަޔާން ހީކޮށްފާނެ އެއްޗެއް ނޭގޭތީ ނުބުނެ ހުރީ …. ” އަޖުމަލް އަޔާން އަށް ބަލާލަމުން ބުނެލިއެވެ. “ބުނީމަ ދޯ އެގޭނީ …” އަޔާން ކޮފީ އަކަށް އޯޑަރ ދެމުން ބުނެލިއެވެ. ” ޒޯޔާ އަކީ އަޔާން ތި ހީކުރާ ހާ ރަނގަޅު ކުއްޖެއް ނޫން … އޭނަ…” އަޖުމަލް އަށް އެހިސާބަށް ބުނެވުނުތަނާ އަޔާން ރުޅިއައިސް އަޖުމަލް ގެ ގަމީހުގެ ގިރުވާނުގައި ހިފާ އިންތަނުން ނެގިއެވެ. އޭރު އަޔާން ގެ މޫނުމަތުން ރުޅިއައިސް ހުރި ވަރު އެގިގެން ދެއެވެ.
- – ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.




Heii thanks dear..kiyaafa comment eh kohlaanan ????. .me first dhw ??
Yeah ur first ?
Awwn haadha romantic nd beautiful plus cute ey mi part vec????????..alhe hama kos vefa myny..u r talented..masha allah..mihaaru improve vefa hury hama v v bodah..jiji v ufaavejje..Sifakurun hama loa mathin sifakohlevey haa rythi..ibaaraiy kurun vec fashuvi vefa hiyy gaimu??????❤..kon irakun next part..v v kiyaa hithun inyma..hehe ??. .luv ya
Thank u jiji. .. Thank u for judging. My story … Ur comment r so powerful ???? love you tooo
Wow vvvvvv salhi my best writer wen next hama stry habbu hyvany kurimathin sifa vaahen
??????????????❤?????????❤?????????❤❤??????????????????❤❤❤?
Vvvvvvvvvvv reeethi miulhey ajmal eh dhw u will not get zoyaaaa zoyA aky ayaange haggeh
????????????????????????❤??
Pls miulhey ajmal aa zoyaa nugulhuvaathi………. pls pls pls pls pls pls pls pls
???❤?❤????????????????????????????❤?????❤❤
Nice nice nice nice nice nice nice nice nice story…..
And best best best best best best writerr
???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤
Thank you ishu… Ajmal v masah kah kuran jehey new zoya hodhan ei ehaa fasey ha kameh nuh…. Don’t worry…. Thank u for ur lot of heart comment ????????❤❤❤×1000000 ok tha
Jehey ne *
Masha allah Haadha reehchey dhw mi part vec hama jiji buni fadhain… Thiz story is so romantic, cute, and soooooo. Beautiful… Masha allah.????.. Hyvy hama loa kurimathin hingamun dhaa kameh hen… Varah reethi ingey… Keep up the good work dear.. U have really improved a lot… Cn’t wait for the next part…. Just love ur story dear.. And love you loads ??☺️?????
Thank you kitty? for ur beautiful comment… Thank u for loving my story… Nd love you too… ???
Mashaa Allah Haadha reehchey
Thank u nuzkookie ?
Good
Thank you anonymous
This part is so cute??? waiting for the next part….thousand years song❤❤❤
Thank you shala…. Next part will be soon updated ❤?
Ashly plx plx reply my comments on the previous parts??..jiji v sad vejje??..Going to be headache..ashly plx dear..for God’s sake..
Oh sorry jiji… Which part ash nudhe ken
8 nd 7th part ga vec eba huri..nd Eiimerr asked to tell u that if u knw Cover pic change kuraa goiy bunedheebalaashw
Ok jiji…. Ash comment kohlaa nah … Cover pic change kuraani… Feature image ah gos ethaa ihna pic ah click kohlaafa… Update new pic in thanah gos gallery in ehen pic eh choose Kurey… Dhen eyrun irukolhakun up vaane new cover pic eh