Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދިނީ ޒަހަރު… 38 (ފަހުބައި)

Ushaali Level 810 Stories100 Comments100 Stories500 Comments
March 21, 2019 11 Mins Read
57 Comments

37 ވަނަބައިގެ ތެރެއިން…

“ޙާއްސަ ކަމެއް އޮތީތަ…؟ ހަދަ ރީތި ލަވައެއްގެ ރާގޭ އެ އިވެނީ…” ޔަނާލް ބުނެލިއެވެ. ފައިޒަން ޖަވާބެއް ނުދީ ހުއްޓުނީ ޔަނާލް ފުރަގަހުގައެވެ. ޔަނާލް ނުވިސްނާ ހުއްޓާ އޭނާ ޔަނާލްގެ ކޯތާފަތުގައި ބޮސްދިނެވެ. ޔަނާލްގެ ދޮން މޫނަށް ވެރިވެގެން ދިޔަ ޖަންބުކުލައާއެކު ފައިޒަން ބޮސްދިން ތަނުގައި އަތް ޖައްސާލިއެވެ. ޔަނާލްގެ ދެލޯ ހުދު ފޮތިކޮޅަކުން ބަންދުކޮށްލުމާއެކު ފޮތިކޮޅު މަތިން އަތް ޖައްސާލިއެވެ. އޭނާގެ އަތުގައި ހިފައިގެން ފައިޒަން ކުރިއަށް ހިނގައިގަތް އިރުވެސް ޔަނާލް އިތުރު ހަރަކާތެއް ނުކުރެއެވެ. އޭނާގެ ތުންފަތްމަތީގައިވީ ލަދުރަކި ހިނިތުންވުމެކެވެ.

ޔަނާލްގެ ދެ ކޮނޑުން އަތް ދޫކޮށްލުމަށްފަހު ފައިޒަން ތިރިވިއެވެ. ޔަނާލަށް ސިހުމެއް ލިބުނީ ފައިޒަން އޭނާގެ އެއްފައި އުފުލާލުމުންނެވެ.

“ކީތްތިކުރަނީ…” ޔަނާލް އަހާލިއެވެ.

“ޝްޝްޝް…..” ފައިޒަން ހަމައެކަނި އިޝާރާތެއް ކޮށްލިއެވެ. ޔަނާލް އަރައިގެން ހުރި ބޫޓް ފައިތިލައިން ވަކިކޮށްލުމަށްފަހު ދުރުގައި ބެހެއްޓިއެވެ. އަނެއްކާވެސް ޔަނާލް ގޮވައިގެން ކުރިއަށް ހިނގައިގަތެވެ. ފައިތިލައިގާ މަޑު އެއްޗެއް ޖެހެން ފެށުމާއެކު ފައިޒަންގެ އަތުގައި ބާރަށް ހިފާލިއެވެ.

“ކޯޗެއް މީ…” ޔަނާލް އަހާލިއެވެ. ފައިޒަން ދުރަށް ޖެހިލުމަށްފަހު ޔަނާލްގެ ލޯމަތީގައި އަޅާފައި އިން ފޮތިކޮޅު ނައްޓުވާލިއެވެ. ވަށައިގެންވި މާހައުލަށް ޔަނާލް ނަޒަރު ހިންގާލިއެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ ފައިޒަން އަތްތިލައިގެ ތެރޭގައި ފޮރުވާފައި ހުރި ފިނިފެންމާގެ ރަތް ފިޔަތައް ފުމެލާފައި ޔަނާލްގެ މޫނަށް ފޮނުވާލުމުންނެވެ. ޔަނާލް ތިރިއަށް ބަލާލިއެވެ. އޭނާއަށް ހުރެވުނީވެސް ފިނިފެންމާ ފިޔަތަކެއްގެ މަތީގައެވެ. މުޅިތަން އެއްވަސް ވެފައިވަނީ ފިނިފެންމަލުގެ ހިތްގައިމު ވަހުންނެވެ.

“ފައި….!” ޔަނާލް ފައިޒަންގެ މޫނަށް ބަލާލިއިރު ދެލޮލުން ވަނީ ކަރުނަ ނީރާލާފައެވެ. ޔަނާލްގެ ލޯ ކައިރިން ކަރުނައިގެ ތެތްކަން ހުރި ހިސާބުގައި ފައިޒަން އިނގިލި ޖައްސާލިއެވެ. އަދި އަނެއް އަތް ގެނެސް ދެއަތްތިލަ ގުޅުވާލުމަށްފަހު ދެއަތުގެ މުށު ތެރެއަށްލާ ކަރުނިތިކި ފޮރުވާލިއެވެ.

“ވަރަށް ލޯބިވޭ ނަނާދެކެ… ދުވަހަކުވެސް އަހަރެންގެ ފަރާތުން ނަނާއަށް ދެރައެއް ލިބޭކަށް ނޭދެން. ﷲ އިރާދަފުޅުން އެފަދަ ދުވަހެއް ނުދައްކަވާށި….” އެހުރި ގޮތަށް ހުރެ ފައިޒަން ބުނެލިއެވެ.

“އަހަރެން ފައިއަށް ޝައްކެއް ނުކުރަން. އަހަރެން ޤަބޫލުކުރަން ފައި ލޯބިވާކަން. ފައިގެ ދުލުން ތިހެން ނުބުންޏަސް އަހަރެން ތިދެލޮލަށް ބަލާލީމަ އެބަފެނޭ އަހަންނަށްޓަކައި ފައި އެދޭ މިންވަރު. ފައި ތަންކޮޅެއް ކުރިން ބުނިނަމަ ފަހަރެއްގަ……” ޔަނާލަށް ޖުމްލަ ފުރިހަމަ ނުކުރެވުނީ ފައިޒަން އޭނާގެ  ދެ ތުންފަތުގައި އިނގިލި ހުރަސް ކޮށްލުމުންނެވެ.

“އޭރުވެސް އަހަރެން ހުރީ އުފަލުން. އެއީ ނަނާ ލޯބިވާމީހާ ނަނާއަށް ހާޞިލްވީމަ. ހެއްދެވި ފަރާތުގެ ރޭވުން ކޮންމެ ގޮތަކަށް އޮތްނަމަވެސް އަހަރެން އިންތިޒާރު ކުރާނަން ނަނާގެ ހިތުން އަހަރެންނަށް ލޯބިވެރިއެއްގެ ޖާގަ ލިބޭނެ ދުވަހަކަށް. ލޯބިވުމަކީ ފަސޭހަކަމެއްނޫން. އެއީ ގަދަބާރުން ހޯދޭނެ އެއްޗެއްވެސްނޫން. އަހަރެން ބޭނުމީ އަހަރެންގެ ފުށުން ލޯތްބާއި އޯގާތެރިކަން ދީގެން ނަނާގެ ހިތުން ޖާގައެއް ހޯދަން. ލޯބި ލިބޭނީ ލޯބިދީގެން” ފައިޒަން ބުނެލިއެވެ. ޔަނާލް ހުރީ ފައިޒަންގެ ދެލޮލަށް ބަލަހައްޓައިގެންނެވެ.

“އާނ… އަހަރެންގެ ފުރަތަމަ ލޯތްބަކީ ޔަޒްދާން. އަހަރެން ވަރަށް ލޯބިވިން. ދާން މަތިން މިހާރުވެސް ހިތަށް އެރީމަ އަހަރެންނަށް ވާގޮތެއް ދުލުން ބަޔާންކުރަންވެސް ނޭނގޭ. އެއީ މިހާރު އަހަރެންނާ ވަކިވެގެން މާދުރަށް ދަތުރުކޮށްފައިވާ ހިތެއް. އެލޯބީގެ ހަނދާނުގައި ދުނިޔެއުމުރު ކަރުނައަޅާ ކައިވެންޏެއްނުކޮށް އުމުރު ހުސްކޮށްލަން އަހަރެން ބޭނުމެއްނޫން” ޔަނާލް ބުނެލިއެވެ. ފައިޒަން ޔަނާލްގެ ކޮނޑުގައި ހިފާލާފައި ގެނެސް ގަޔާ ކައިރިކޮށްލިއެވެ.

“އަހަރެން ފައިއަށް ހާމަކޮށްދޭން ބޭނުންވާ ވަރަށް ބޮޑު ޙަޤީޤަތެއް އެބައޮތް. އަހަރެން ދެކެމުން އައީ އަބަދުވެސް ފައި ތިއީ އަހަރެންގެ އެންމެގާތް އެކުވެރިޔާގެ ގޮތުގައި. ދުވަހަކުވެސް އަހަރެން އެހެން ނަޒަރަކުން ފައިއާއި މެދު ނުދެކެން. އެކަމަކު….. އެކަމަކު ފައި އަހަރެންދެކެ ލޯބިވާކަން އެއްވެސް ފަސްޖެހުމެއްނެތި އަހަރެންގެ ކުރިމަތީގައި ހާމަކުރި ދުވަހުން ފެށިގެން އަހަރެންގެ ހިތް ބަދަލުވެއްޖެ. އަހަރެންނަށް ފައި ވަރަށް ޙާއްސަވެއްޖެ. އަބަދުވެސް ފައި ފެންނަ ހިސާބުގައި ހުންނަން އެދެވޭ. ނުފެންތާ ގިނައިރު ވުމުން ދެކިލާހިތްވޭ. ފައިގެ ތި ބީހުން…. އަހަރެންނަށް ވަރަށް ކަމުދޭ. އަހަރެންގެ ހިތް މާކުރިން މި އހުސާސްތަކަށް ވަނީ ނަމެއް ދީފައި. އެއީ ލޯބި. އަހަރެންވެސް އެއްވެސް ފަސްޖެހުމެއްނެތި މިބުނަނީ އަހަރެންވެސް ފައިދެކެ ލޯބިވަން. އަހަރެންގެ ކުރީގެ ލޯބިވެރިޔާއަށް ވުރެ ބޮޑަށޭ ކުޑަކޮށޭ ބުނެ އަޅާކިޔަން އަހަރެންނަށް ނޭނގޭ. އެނގޭހާވެސް އެއްޗަކީ…. އައި.ލަވް. ޔޫ ސޯ މަޗް….” ޔަނާލް އިސްޖަހާލިއެވެ. ފައިޒަންގެ ހިތަށް ލިބުނު ހިތްހަމަޖެހުމުގައި އޭނާ ހެއްދެވި ފަރާތަށް ޙަމްދުކުރަމުން މޫނުގައި ދެއަތް ބީއްސާލިއެވެ. ޔަނާލް ނުވިސްނާ ހުއްޓާ އޭނާ ޔަނާލްގެ ދެއަތުގައި ހިފާ ގެނެސް މެއާއިލާ ބޮނޑިކޮށްލިއެވެ. ޔަނާލްގެ ބޮލުގައި ބޮސްދިނެވެ. މޫނުގައި ބޮސްދިނެވެ. ޔަނާލްގެ ތުންފަތާއި ހަމައަށް އޭނާގެ ނަޒަރު ސީދާވި ވަގުތު ޔަނާލް ދެލޯ މަރާލިއެވެ. ޔަނާލްގެ އެ ދަޢުވަތު ފައިޒަންއަށް ކަމުދިޔައެވެ. ޔަނާލްގެ ތުންފަތާއި ކައިރިވަމުން އައިސް އޭނާ ހުއްޓުނެވެ. ޔަނާލްގެ ތުންފަތްމަތީގައި އޭނާގެ އަމިއްލަ އަތް އަޅާލާ ފޮރުވާލިއެވެ. އަދި ތުންފަތް ޖައްސާލީ އަމިއްލަ އަތުގައެވެ. ޔަނާލް ދެލޯ ހުޅުވާލިއިރު ފައިޒަންގެ މޫނުވީ ނުރައްކާތެރި ދަރަޖައަކަށް ކައިރީގައެވެ. އެހާ ކައިރިން ހަތަރުކަޅި ބައްދަލުވުމާއެކު ދެހިތުންވެސް އެއްވަގުތެއްގައި ތަފާތު ވިންދެއް ޖަހާލިއެވެ.

“އަހަރެން މި ތުންފަތުގެ މީރުކަން އިހުސާސްކުރަން ބޭނުންވަނީ ނަނާ އަހަރެންގެ އަންބެއްގެ ގޮތުގައި ލިބުމަށްފަހު…” ފައިޒަން ބުނެލިއެވެ. އޭނާ ޔަނާލްގެ އަނގަމަތިން އަތް ނެގިއެވެ.

“ތެންކިޔު ފައި. ތެންކިޔު ސޯ މަޗް. އަހަރެންގެ ކުރިމަތީގައި ފައިގެ މަގާމު އެތައް ތަނެއް އުފުލިއްޖެ…” ޔަނާލް ފައިޒަންގެ މޭގައި ބޯއަޅާލިއެވެ. އެކަކު އަނެކަކުގެ ހިމާޔަތުގައި ދެލޯބިވެރިން ހިމޭންކަމުގައި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ދުރުވެލިއެވެ.

“ވަރަށް ހޫނު ދޯ….” ދުރަށް ޖެހިލަމުން ފައިޒަން ބުނެލިއެވެ. އޭނާ ޔަނާލަށް ފުރަގަސްދެމުން ލައިގެން ހުރި ކޯޓް ބާލަން އުޅުނެވެ.

“ނަނާ… ޕްލީޒް ހެލްޕް މީ…” ފައިޒަން ބުނެލިއެވެ. ޔަނާލްގެ އެ ކޯޓުގައި ހިފުމާއެކު ފައިޒަން އޭނާގެ އަމިއްލަ ދެއަތް ދޫކޮށްލިއެވެ. ފައިޒަންގެ ދެއަތުން ކޯޓް ވަކިވެގެން އައި ވަގުތު ޔަނާލްގެ ދެލޯ އަމާޒުވީ ފައިޒަން ކޯޓްގެ ދަށުން ލާފައި ހުރި ހުދުކުލައިގެ ޓީޝާޓުގެ ފަހަތުގައި ރަތް ކުލައިން ލިޔެފައިވާ ލިޔުންކޮޅަށެވެ. ދެއަތުން އަނގަމަތީގައި އަތް އަޅާލެވުނު އިރު ޔަނާލްގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ވިދަން ފަށައިފިއެވެ. ހިނިއައިއްސާ ހުރި ފައިޒަން އަދިވެސް ހުރީ ޔަނާލަށް ފުރަގަސްދީގެން ލައިގެން ހުރި ޖީންސްގެ ޖީބަށް އަތް ޖަހާލައިގެންނެވެ.

“ޕްލީޒް ސޭ ޔެސް…” ޔަނާލް ބަހެއްނުކިޔާ ހުންނަން ފެށުމުން ފައިޒަން ބުނެލިއެވެ. ޔަނާލް އަދި އެއްފަހަރު ފައިޒަންގެ ޓީޝާޓުގައި ލިޔެފައިވާ ލިޔުންކޮޅު ކިޔާލިއެވެ.

“ވިލް ޔޫ މެރީ މީ ޕްރިންސަސް…..” ޔަނާލް ކިޔާލިއެވެ.

“ޔެސް…..” ފުރަގަހުން ފައިޒަންގެ ހަށިގަނޑުގައި ބައްދާލަމުން ޔަނާލް ބުނެލިއެވެ. ފައިޒަންއަށް ދެލޯ މަރާލެވުނީ އުފަލުންނެވެ.

“އެހެންވިއްޔާ ތަތްކޮށްފަ އެއިން ރޯސް ނަގާބަލަ…” ފައިޒަން ބުނެލިއެވެ. ޔަނާލް ވަގުތުން ފައިޒަންގެ ޓީޝާޓުގައި ލިޔުންކޮޅު ކައިރީގައި ތަތްކޮށްފައި އިން  ފިނިފެންމާ ނައްޓާލިއެވެ. އޭނާ ވަސްބަލާލުމަށް ނޭފަތުގައި ޖައްސާލިވަގުތު ޖެހުނީ ހަރު އެއްޗެއްގައެވެ. އޭނާ ބަލާލިއެވެ. ފިނިފެންމަލުގެ ފިޔަތައްމަތީގައި އޮތް އޮރިޖިނަލް ސިލްވަރ ކުލައިގެ އަނގޮޓި ފެނުނު ވަގުތު ތުންފަތަށް ވެރިވެފައިވި ހިނިތުންވުން ފުޅާވިއެވެ. އޭނާ އަނގޮޓި ނެގިއެވެ.

“ތެންކިޔު ފައި…” ޔަނާލް ބުނެލިއެވެ. ފައިޒަން އެނބުރުނެވެ. އަދި ޔަނާލްގެ ކުރިމަތީގައި ކުރުކަކޫ ޖަހާލުމަށްފަހު ޔަނާލްގެ އަތުތެރޭގައި އޮތް އަނގޮޓި ނެގިއެވެ. ޔަނާލްގެ ވައަތް ތިލައިގެ ކަށި އިނގިއްޔަށް އަނގޮޓި ލައްވާލުމަށްފަހު އެ އަތުގައި ފައިޒަން ބޮސްދިނެވެ.

“މި އަނގޮޓިއާއެކު އަހަރެންގެ މިލްކިއްޔާތުގައިވާ އެންމެ އަގުބޮޑު މުދާގަނޑު ނަނާއަށް ހިބައިން މިދިނީ…. ” ފައިޒަން ބުނެލިއެވެ. ޔަނާލް ހީލަމުން އަނގޮޓިއަށް ބަލާލިއެވެ.

********************************

ހަތަރު ހަފްތާ ފަހެވެ. ދުވަހުގެ ހެނދުނު ވަގުތެވެ. އާއިލާ ހުރިހާ މެންބަރުން ބޮޑު ހޯލުގެ ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިނެވެ. ޓިވީ އިން ބްރޭކިންގް ނިއުސްގެ ގޮތުގައި ގެނެސްދެމުން ދިޔައީ ގަސްދުގައި މީހަކު މަރާލިކަމުގެ މައްސަލައާއި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތި ގެންގުޅެ އަދި ހަށިވިއްކުމުގެ މައްސަލަތަކެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި މަންމަޔަކާއި އޭނާގެ ހަތަރު ދަރިންގެ މައްޗަށް ހުށައެޅުނު މައްސަލައިގެ ތަޙްޤީޤް ނިންމާ ދަޢުވާކުރަން ޕީޖީއަށް ފޮނުވި މައްސަލަތަކުގެ އެންމެފަހުގެ ޝަރީޢަތުގައި އެމީހުންގެ މައްޗަށް ކުށް ސާބިތުވެ އުމުރުދުވަހަށް ޖަލަށް ލި ހަބަރެވެ. ޔަނާލްގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. ކުށްވެރިންނަށް އަދަބުވެސް ލިބުނީއެވެ. ޔަޒްދާނަށާއި ޔަނާލްގެ އާއިލާއަށް އިންސާފުވެސް ލިބުނީއެވެ.

“އެމީހަކު ކަންތައްކުރި ގޮތަކަށް މިދުނިޔޭގައި އެމީހަކާއިމެދު ކަންތައް ކުރެވޭނެ…” ކުލްޝޫމް ބުނެލިއެވެ. އޭނާގެ ދެލޮލުން ވަނީ ކަރުނަ ނީރާލާފައެވެ.

“ކީތްކުރަން ދެރަވަނީ….” ޝާއިރާ ބުނެލިއެވެ.

“އެމީހުންނަށް ކުރި ކުށަށް އަދަބުލިބިގެން ދެރައެއްނުވޭ.  ދެރަވަނީ ވަރި ސާބިތުކުރަން ޝިފާއާއި އެކުގައި ކޯޓަށް ދިޔަ ދުވަހު ރާކިން އެވަރަށް ރުއި ވަރު ހިތަށް އަރާފައި. ހާދަވަރަކަށޭ ރުއީ…. ހިނދުކޮޅަކަށް އަހަރެންގެ ހިތް މަޑު ކަފަކޮޅަކަށް ވެގެންދިޔަ…” ކުލްޝޫމް ބުނެލިއެވެ.

“ޙަޤީޤަތުގައި މާއިރާގެ ތިބި ތިން ދަރިންގެ ތެރެއިން ރާކިންދެކެ އަހަރެންނަށް ވެވުނީ ތަފާތު ލޯތްބެއް. ވަރަށް މަޑުން ހުންނާނީ އަބަދުވެސް. މާގިނައިން ވާހަކަވެސް ނުދައްކާނެ. އެއްޗެއް ބޭނުންވެގެން ދުވަހަކުވެސް އަހަރެން ކައިރީގައި ނުބުނާނެ. އަހަރެން އަބަދުވެސް ދެނެގަންނަން ޖެހޭނީ… އަހަރެންނަށް އެމީހުން ހަމަލާ ދިން ރޭގައިވެސް ރާކިން ހުންނަނީ ދުރުގަ. ބައެއްފަހަރު ހީވޭ ވަރަށް ދެރަވެފައި ހުންނަހެންވެސް” ހާރޫން ވާހަކަދެއްކިއެވެ.

“ކީތްކުރާނީ.. މާއިރާގެ ސަބަބުން ކުށެއްނެތި ދަރިންވެސް ހަލާކުވެގެން އެދިޔައީ. ކުރާނެކަމެއްނެތް. ފާއިތުވެގެން ގޮސްފައިވާ ވަގުތުތަކަކީ އެއްވެސް މީހަކަށް ބަދަލުކުރެވޭނެ އެއްޗެއްނޫން” ޝާއިރާ ބުނެލިއެވެ.

“ހަމަ ތެދެއް މިބުނަނީ. މާއިރާގެ އެހެން ދަރިއެއްނޫން. ރާކިން ޖަލުން ސަލާމަތްވެގެން އެނބުރި އައިސް އަހަރެންގެ މަޢާފް ހޯދަން އެދިއްޖެނަމަ ދަރިއެއް ފަދައިން އަހަރެން އެކުއްޖާ ބަލައިގަންނާނަން” ހާރޫން ބުނެލިއެވެ.

*******************************

ވަގުތަކީ ބައެއް މީހުންނަށް ފަރުވާއެކެވެ. އަނެއްބައި މީހުންނަށް އުފަލާއި ހިތްހަމަޖެހުމެވެ. މާޒީވަމުންދާ ދުވަސްތަކުގެ ތެރެއަށް ކޮންމެ ވަގުތެއް އެކުވަމުން ދިޔައެވެ. ޔަނާލާއި ފައިޒަން އިންތިޒާރުކުރަމުން އައި ވަގުތު ޖެހިއްޖެއެވެ.  ހުދާއި ލައިޓް މެރޫން ކުލައިން ޖަރީކޮށްފައިވާ ދަރުބާރުގޭގެ ތަނަވަސް ބޮޑު ހޯލުގެ އެއްފަރާތުގައި ހުރި މޭޒުކައިރީގައި ގާޒީންނާއި ހެކިވެރިން ތިއްބެވެ. ފިރިހެން ކުއްޖާއާއި ޙާއްސަކޮށްފައިވާ ޖާގައިގާ ފައިޒަން އިށީނީ ކުޑައިރުކޮޅެއް ފަހުންނެވެ. ހުދުކުލައިގެ ގަމީސްމަތިން މެރޫން ކުލައިގެ ކޯޓުގައި ފައިޒަން ވަރަށް ފުރިހަމައެވެ. އޭނާގެ ތުންފަތްމަތިން އެންމެ މިނިޓަކަށްވެސް ހިނިތުންވުން ފިލާނުދެއެވެ.

ކައިވެނީގެ ހަފްލާއެއް ވިއްޔާ ކޮންމެ މީހަކުވެސް ކައިވެނިކުރެވޭ އަންހެންކުއްޖާ ތައްޔާރުވެފައި ހުރި މިންވަރު ބަލާލަން ބޭނުންވާނެއެވެ. އަންހެންކުއްޖާ ފެންނާނެ ވަގުތަކަށް އިންތިޒާރުވެސް ކުރާނެއެވެ. އެގޮތުން ތަނަށް ޙާޟިރުވެފައި ތިބި މީހުންގެ ނަޒަރު އެއްދިމާލަކަށް ހުއްޓުމުން ފައިޒަން އެނބުރި ބަލާލިއެވެ. ކުލްޝޫމް އަތުގައި ހިފާލައިގެން ޙާއްސަ ހުދުކުލައިގެ ބޮޑު ވެޑިންގް ޑްރެސްގައި އެ އަންނަނީ އޭނާގެ ރާނީއެވެ. ޔަނާލްގެ ފުރިހަމަކަން ފެނި ފައިޒަން ހިތާއިހިތުން ދުޢާކޮށްލިއެވެ. އެސްފީނާތަކުން ޔަނާލް ރައްކާތެރިކޮށްދެއްވުމަށް އެދިއެވެ. ފައިޒަން ކޮޅަށް ތެދުވެ ޔަނާލާއި ދިމާލަށް ހިނގައިގަތެވެ. ވަކި ހިސާބަކުން ޔަނާލްގެ އަތުގައި ފައިޒަން ހިފިއެވެ. ކައިވެނިކުރެވޭ މޭޒާއި ހަމައަށް ޔަނާލް އައީ ފައިޒަންގެ އަތުގައި ހިފާލައިގެން ހުރެއެވެ. އެމަންޒަރު އެތައް ބައެއްގެ ކެމެރާގައި ރައްކާކުރެވެމުން ދިޔައެވެ. ޔަނާލްގެ އެއްފަރާތުން ފައިޒަން އިންއިރު އަނެއްފަރާތުގައި އިނީ ހާރޫނެވެ. ހާރޫނާއި ޖެހިގެން އައްޔުމަން އިންއިރު ޔަނާލްގެ ބޮލާއި ދިމާލުން ޝާއިރާ ހުއްޓެވެ. ޝައިރާ އަތްމަތީގައި ފައިޒަންއާއި އެއްކުލައިން ތައްޔާރުކޮށްފައި ކުޑަކުޑަ ޔާޒް އިނެވެ. ކައިވެނީގެ ރަސްމިއްޔާތު ފެށިގެން ދިޔަ ވަގުތު ފައިޒަން ޔަނާލްގެ އުނގުމަތީގައި އޮތް އަތްތިލައިގާ ހިފާލިއެވެ. ޔަނާލް ފައިޒަންއަށް ބަލާލިއިރު ފައިޒަން އިނީ ކައިވެނީގެ ހުތުބާ އަޑުއަހަން ގެއްލިފައެވެ. ޔަނާލް ބަލާލިކަން އެނގުމުން އެއްފަހަރު ޔަނާލްގެ މޫނަށް ބަލާލާފައި ލުއިލުއިކޮށް ހިނިތުންވެލިއެވެ.

“އަނބިގަބޫލުކޮށްފިން….” ފައިޒަންގެ ދުލުން އެހެން ބުނެލުމާއެކު ޔަނާލަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. އަނެއްކާވެސް އޭނާ މީހެއްގެ އަންތްބަކަށްވީއެވެ. ޔަނާލްގެ ހިތުގައި ބިރުވެރިކަމެއް ހިނގާލިއެވެ. ޔަޒްދާނާއި ކައިވެނި ކުރެވުނު ރޭގައި ކަންތައް ހިނގާ ދިޔަ ގޮތް ހަނދާންވުމުންނެވެ. ނަމަވެސް އޭނާ ހިތްހަމަޖައްސާލިއެވެ. އޭނާގެ އަދާވަތްތެރިއެއް މިހާރު ނެތެވެ. ފައިޒަންއާއި އެކު އޭނާއަށް އުންމީދު ކުރިފަދަ ދިރިއުޅުމެއް ލިބޭނެއެވެ. އޭނާ ހިތާހިތުން ހެއްދެވި ފަރާތަށް ޝުކުރުކުރިއެވެ.

ޕާޓީ ފެށިގެން ދިޔުމާއެކު މެހެމާނުންތަކުން ސަރަހައްދު އެކީގައި ފުރާލިއެވެ. ފައިޒަންގެ އެކުވެރިންނާއި ދުރުތާ ތިމާގެ މީހުންނެވެ. ހާރޫންގެ އެކުވެރިންނާއި ސަރުކާރުގެ އިއްޒަތްތެރި ބޭފުޅުންނެވެ. އައްޔުމަންގެ އެކުވެރިންނެވެ. ނާދުއާއި ނާދުގެ ދޮންބެއާއި ފަހަރިވެސް ޕާޓީގައި މަޖާ ނަގަމުން ދިޔައެވެ. ދިރިއުޅުމުގައި ކުރެވުނު ހިތި ތަޖުރިބާއަށްފަހު ޝިފާ މާލެ އަންނަން ބޭނުންނުވިއެވެ. ވަރި ސާބިތުކުރަން އޭނާ ރާއްޖެއައީ ރަޔަން ބަހައްޓާފައެވެ. އެދުވަހު ރާކިންގެ ކަރުނަތައް އޭނާގެ ހިތް ބަދަލުކުރަން އެތައް މަސައްކަތެއް ކުރިއެވެ. ނަމަވެސް އޭނާ ފަސްއެނބުރި ނުބަލާ ކުރިއަށް ދިޔައީ އަމިއްލަ ހިތާއި ވަރުގަދަ ހަނގުރާމައެއް ކޮށްފައެވެ. އެދުވަހުގެ ފަހުން އޭނާ ނިންމައިގެން ހުރީ އެނބުރި ރާއްޖެ ނައުމަށެވެ. އެހެންކަމުން އޭނާ ޔަނާލަށް ގުޅައިގެން ހިތްހަމަޖައްސައިދިނެވެ. އެ ކައިވެނީގައި އޭނާއަށް ބައިވެރި ނުވެވުނަސް ހިތްބުރަ ނުކުރުމަށް އެދުނެވެ. ޔަނާލް ހިތުންރުހުމުން ޝިފާގެ އެ އުޒުރު ޤަބޫލުކުރިއެވެ. ޝިފާގެ ހާލަތު އޭނާއަށް އިހުސާސް ކުރެވުނެވެ.

ޕާޓީ ނިމި ފޮޓޯ ނެގުމަށް ޙާއްސަ ކުރި ވަގުތުކޮޅުގައި އާއިލާގެ ހުރިހާ މީހުން ފުރިހަމައަށް ބައިވެރިވިއެވެ. ދެމަފިރިންގެ ތުންފަތްމަތީގައިވި ހިނިތުންވުން ދެފަރާތުގެ މައިންބަފައިންނަށް ހަމަޖެހުން ގެނުވިއެވެ. އެންމެންގެ ދުލު ކުރީގައިވަނީ ދަރިންނަށްޓަކައި ހެޔޮ ދުޢާއެވެ. ޔަނާލާއި ފައިޒަން ވަކިން ފޮޓޯ ނަގަން ޖެހުމުން ކުޑަކޮށް ލަދުގަތެވެ.

“ކޯޗެއް ތިބަލަނީ މާވަރަކަށް….” ކޭކް ފަޅަން ތައްޔާރުވަމުން ދިޔަ ވަގުތު ފައިޒަން ފޯނު ހިފައިގެން ހުރެ މާވަރަކަށް ބަލާތީ ކައިރިވެލާފައި ޔަނާލް އަހާލިއެވެ.

“ބަލާބަ… ލޯބި ދޯ…” ފައިޒަން ޔަނާލަށް ފޯން ދައްކާލަމުން ބަލާލިއެވެ. ފައިޒަންގެ އަތް މައްޗަށް ޔަނާލް އުއްޑުން ތިރިވެލި ވަގުތު ނަގާފައި އިން ފޮޓޯއެކެވެ. ފޮޓޯގައި އެސްފިޔަތައް ތިރިކޮށްލައިގެން ފައިޒަންގެ ކަނދުރާގައި ދެއަތް އަޅުވާލައިގެން ޔަނާލް އޮންނަނީ ހެވިފައެވެ. ޔަނާލް ކޯތާފަތަށް ފައިޒަން ބޮސްދިން ވަގުތު ނެގިފަ އިން އެފޮޓޮ ވަރަށް ހިތްގައިމެވެ. ދެމަފިރިން ދޭތެރޭގައި އޮންނަ ލޯބި ވަރަށް ފުރިހަމައަށް ދައްކުވައިދޭ ފޮޓޯއެކެވެ.

*******************************

އަލަށް ދެމަފިރިންނަށް ވި ފައިޒަންއާއި ޔަނާލަށް ހަނީމޫން ހަދިޔާ ދިނީ ޝާއިރާއާއި ހާރޫނެވެ. ވަގުތުން އެދެމީހުން ފުރައިގެން ރިސޯޓަށް ނައްޓާލިއެވެ. ލޯންޗު ޖެޓީއާއި ކައިރިކުރި ވަގުތު ފައިޒަން ފޭބީ ޔަނާލްގެ އަތުގައި ހިފާލައިގެންނެވެ. ދެމަފިރިން ތިބުމަށް ހަމަޖެހިފައިވާ ރޫމާއި ހަމައަށް ދިޔުމަށްފަހު ފައިޒަން މަޑުކޮށްލިއެވެ. އަދި ޔަނާލް އަތް މައްޗަށް ނެގިއެވެ. ލަދުރަކި ކަމެއް މޫނުމައްޗަށް ވެރިވި ހިނދު ޔަނާލަށް ކުރެވުނުހާވެސް ކަމަކީ އެސްފިޔަތައް ތިރިކޮށްލަމުން ފައިޒަންގެ ކަނދުރާގައި އަތް އަޅުވާލެވުމެވެ. ރޫމަށް ވަދެ ޔަނާލް ތިރީގައި ބެހެއްޓިއެވެ. ފައިޒަން ދޮރުލައްޕާ ލޮކްކުރީ ބޭރުން ދޮރުގެ ތަޅުގައި ‘ޑޯންޓް ޑިސްޓަރބް’ ބޯޑު އަޅުވާލުމަށް ފަހުގައެވެ. ހެދުން ކުޑަކޮށް ކޮށިކޮށްލައިގެން ހުރެ ޔަނާލް އެޖާގަ ތަނަވަސް ބޮޑު ރޫމަށް ބަލާލިއެވެ. ކުރިމަތީގައި ހުރި ބޮޑު އެނދުގައި ހުދު ކުލައިގެ ބެޑްޝީޓެއް އަޅާފައިވާއިރު ފިނިފެންމާ ފިޔަތަކުން ހިތެއްގެ ބައްޓަމަށް ޖަރީކޮށްފައިވާތަން ފެނުމުން ޔަނާލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ކޮޓަރީގެ އެކި ދިމާލުގައި ވަނީ އުއްބައްތިތަކުގެ އައްޔެވެ. ކޮޓަރި ތެރެއިން ދުވަނީ އިންސާނާ މަސްތުކުރުވާހާ މީރު ވަހެކެވެ. ޔަނާލް ސިހުނީ ފަހަތުން ފައިޒަން އޭނާގެ ހަށިގަނޑުގައި ބައްދާލުމުންނެވެ.

“ކޯޗެއް ތިވިސްނަނީ ވައިފީ…” ޔަނާލްގެ ކަންފަތާއި އަނގަ ކައިރިކޮށްލަމުން ފައިޒަން އަހާލިއެވެ.

“ނުވިސްނަން…” ޔަނާލް ބުނެލިއެވެ.

“ދެން އެހެންވިއްޔާ އާދެބަލަ…” ޔަނާލް އަތުގައި ހިފައިގެން ގޮސް ފައިޒަން ހުއްޓުނީ އެއްފަރާތުގައި ހުރި ވޯޑްރޮބް ކައިރީގައެވެ. އެއްދޮރު ހުޅުވާލުމަށްފަހު ފައިޒަން ޔަނާލްގެ އަތަށް ދިއްކޮށްލީ ރަތްކުލައިގެ ލޭސްފޮތީގެ ތުނި ނައިޓީއެކެވެ. ވަގުތުން ޔަނާލްގެ މޫނުމައްޗަށް ޖަމާވި ލޭރަތްކުލަ ފައިޒަންއަށް ފެނުނެވެ.

“ހިފާބަލަ…” ޔަނާލް ހުންނަން ފެށުމުން ފައިޒަން ބުނެލިއެވެ.

“މީ….” ޔަނާލް އަހާލިއެވެ.

“ތީ މަ ނިދަން ގަތް އެއްޗެއް…..” ދެ އުކުޅުގައި އަތް ވިއްދާލަމުން ފައިޒަން ބުނެލިއެވެ. ޔަނާލް ކައިރިއަށް ހިނިއައެވެ. ފައިޒަން ކޮށްލި ސަމާސާ އޭނާއަށް ވަރަށް ކަމުދިޔައެވެ. އޭނާ ޔަނާލް އަތުގައި ހިފައިގެން ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. ފައިޒަން މަޑުމަޑުން ޔަނާލްގެ ބުރުގަލުގައި ހުރި ޕިންތައް ނައްޓުވަން ފެށިއެވެ. ޔަނާލް ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. ޔަނާލްގެ އިސްތަށިގަނޑު ހާމަވުމާއެކު އިސްތަށިގަނޑުގައި ފައިޒަން ބޮސްދިނެވެ. އެ ބޮޑު ހެދުން ހަށިގަނޑުން ވަކިކުރުމުގެ ކުރިން ޔަނާލް ފައިޒަން އަތުގައި ހިފެހެއްޓިއެވެ.

“ކިހިނެއްވީ…؟ ނުބަލަންވީތަ…؟ ފައިޒަން އަހާލިއެވެ. ޔަނާލް ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯހޫރާލިއެވެ. މިވަގުތު އޭނާއަށް ފައިޒަން ހިފެހެއްޓުމުގެ އެއްވެސް ޙައްޤެއްނެތެވެ. އޭނާގެ ހަށިގަނޑުގައި ދަނޑުގޮވާން ކުރުމުގެ ޙައްޤު ފައިޒަންއަށް އެބައޮތެވެ. ފައިޒަންގެ ކުރިމަތީގައި ހަށިގަނޑު ކަޝްފުވެގެން ދިޔަ ވަގުތު ޔަނާލް ދެލޯމަރާ ބާރުކޮށްލިއެވެ. ލަދުގެ ފަރުދާ ކަހާލުމަށްފަހު ފައިޒަންގެ ހުރިހާ ބީހުމަކަށް ޔަނާލް މަރުޙަބާ ކިއިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ދެޖިސްމު އެކަތިގަނޑަކަށް ވެއްޖެއެވެ. އެއް ފުރާނައެއް ލެވިފައިވާ ދެ ހަށިގަނޑުން އެއްލަވައެއް ކިޔަން ފަށައިފިއެވެ. އެކަކު އަނެކަކުގެ އަތުތެރޭގައި ލޯބިކުރަމުން ގެންދިޔައީ އޭގެ އިންތިހާއަށެވެ. ވަރުބަލިކަމާއި ލަދުވެތިކަން އެއްފަރާތް ކޮށްފައެވެ. ބަސްމަގަކާއިނުލާ އަމަލުތަކުން އެކަކު އަނެކަކުގެ އިހުސާސްތައް ދެނެގަންނަމުންނެވެ. އަބަދަށްޓަކައި އެކުގައިވުމަށް އެތައް އަޙުދުތަކާއި ވަޢުދުތަކެއް ވަމުންނެވެ.

 

ތިން އަހަރުފަސް….

 

ގޭތެރެއިން އިވެނީ ހުނުމާއި ސަކަރާތުގެ އަޑެވެ. ހަތަރު އަހަރުގެ ޔާޒް އޭނާގެ އެއްބަނޑު ކޮއްކޮ ހަތްމަހުގެ ޔަލާ ބައިންދާފައި އިން ކޮށި މުޅި ގޭތެރޭގައި ދުއްވަނީއެވެ. ޔާޒްއާއި އެއްވަރަށް ޔަލާވެސް ބޮޑެތި ހިނިގަނޑު ޖަހަމުން ދިޔައެވެ. ވަގުތަކީ ހަވީރުގެ ވަގުތެވެ. ޔަލާގެ ބުށްފުޅި ގިރަން ބަދިގޭގައި ހަރަކާތްތެރިވަމުން ދިޔަ ޔަނާލް އިރުކޮޅަކާއި ދެދަރިންނާއި ދިމާލަށް ބަލާލާފައި ހިނިތުންވެލައެވެ. ސިޑިން ފައިބައިގެން އައި ޝާއިރާއާއި ދިމާލަށް ޔާޒް ޔަލާގެ ކޮށި ދުއްވާލިއެވެ. ކޮށި ދުވަމުން ދިޔަ އަޑާއި ޔަލާގެ ހުނުމުގެ އަޑުން ޝާއިރާއަށް ވެސް ހެވުނެވެ.

“މާތްކަލާކޮ…. މިހިރަ ކުޑަކުޑަ އިންސާނަކު އަޅެ ވަރުބަލިވެސް ނުވެއެއްނު. މިއަދު ސްކޫލުން އައިގޮތަށް އަދި ނުވެސް ނިދާ އެއުޅެނީ” ޝާއިރާގެ ގައިގާ ބައްދައިގަތް ޔާޒްގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

“ކީތްކުރާނީ މަންމާ. މެންދުރު އަޅުގަނޑު ޔަލާ ނިންދަވާފައި އޭނަ ނިންދަވަން އޮށޯތީމަ އަޅުގަނޑު ނިންދަވާފައި މުޅި ކޮޓަރީގަ އޭނަ ވެރިކަންކުރީ. ފައިއަށް ނޫނީ ދުވާލު ގަޑީގަ އޭނަ ނިންދެވޭނެ މީހަކު ނެތް” ކޮށީގައި އިން ޔަލާ ނަގާފައި ބުށްފުޅިއާއެކު ޝާއިރާގެ އަތަށް ދެމުން ޔަނާލް ވާހަކަދެއްކިއެވެ. ޝާއިރާ ޔަލާ ގޮވައިގެން ގޮސް ސޯފާގައި އިށީނދެ ޔަލާއަށް ބުށްފުޅި ޖެއްސިއެވެ.

“މަންމި ބުނީމެއްނު ދޮންބެ ކައިރީގައި ޔޯގަޓް ތަށި ހުސްކުރަންވާނޭ…” ޔާޒްގެ އަތުގައި ހިފައިގެން ޔަނާލް އިށީނީ ކާމޭޒު ކައިރީގައެވެ. ޔަނާލް ދޭވަރަކަށް އަމިއްލަ ސަކަރާތުގައި އިން ޔާޒް ކަމުން ދިޔައެވެ.

“ދަރިފުޅާ…! އެމީހުން އަދިވެސް ނާންނަނީތަ…؟” ޝާއިރާ އަހާލިއެވެ. ކުލްޝޫމާއި އެކުގައި ފައިޒަންއާއި ހާރޫން އެއަރޕޯޓަށް ދިޔައީ އާއިލާ މެންބަރަކު ބަލައެވެ. ޝާއިރާ އެ އަހާލީ އެމީހުންނާއި ބެހޭގޮތުންނެވެ.

“އާނ މަންމާ… ފައި ބުނި ހައެއް ޖަހަންވާއިރަށޭ ކިރިޔާ އާދެވޭނީ…” ޔަނާލް ޖަވާބުދިނެވެ.

“މަންމީ.. ދޮންބެ ކުޅެންދާން…” ޔޯގަޓް ތަށި ކައި އަވަދިވުމާއެކު ޔާޒް ބުނެލިއެވެ. ޔަނާލް ޔާޒް ގޮނޑިން ބޭލުވުމާއެކު އެއްފަރާތުގައި އޮތް ބޯޅައާއި ދިމާލަށް ދުއްވައިގަތެވެ.

“މަންމާ…! ތިއްތި މިއަދު މެންދުރުވެސް ނުކައި. ކޮޓަރިން ނުވެސް ނިކުމޭ. އައިފަހުން އަދި ގެއިން ބޭރަށް ނުނިކުމޭ. މިހާރު މަސްދުވަސްވާން މިއުޅެނީ. މަންމަ ޔަލާ ނިންދަވާލައްޗެ. އަޅުގަނޑު އަންނާނަން ތިއްތިއަށް ސައި ވައްދާފައި” ޔަނާލް ބުނެލިއެވެ. ޝާއިރާ ބޯޖަހާލުމުން ޔަނާލް ސައި ތަބަށް ހިފައިގެން ސިޑިން އަރަން ފެށިއެވެ.

*****************************

ދެފަހަރަކު ޖަހާލުމުންވެސް އެތެރެއިން ހަބަރެއް ނުވިއެވެ. ޖަވާބެއް ނާންނާނެކަން މާކުރިންވެސް ޔަނާލަށް އިނގެއެވެ. އޭނާ ތަޅުގައި ހިފާ އަނބުރާލިއެވެ. އެތެރެއަށް ދޮރު ހުޅުވިގެން ދިޔުމާއެކު ޔަނާލްގެ ކަންފަތުގައި ޖެހުނީ ވޭނީ ގިސްލުމެއްގެ އަޑެވެ. ކޮޓަރިއަށް ވަނީ ކަނު އަނދިރިކަން ފެތުރިފައެވެ. އެންމެފުރަތަމަ ޔަނާލް ފާރުގައި ހުރި ސްވިޗް ޖައްސާލިއެވެ. އެއާއެކު މުޅި ކޮޓަރިތެރެ ހުދު އައްޔަކުން އަލިވެގެން ދިޔައެވެ. ކާޕެޓްމަތީގައި އިށީނދެގެން ދެކަކުލުގައި ބޯއަޅައިގެން އިނދެ ރޮމުން ގެންދިޔަ ރާކިން އަތުގައި ފޮޓޯ ފްރޭމެއް އޮތެވެ. ރާކިން އިން ހާލު ފެނި ޔަނާލް ހިތުގައި ރިއްސާލިއެވެ.

“ތިއްތި….! ހެޔޮނުވާނެ އާދޭސްމިކުރީ… ދެން ހުއްޓާލަބަލަ. ތިއްތި ހަލާކުތިވަނީ….” ރާކިން ކައިރީގައި އިށީންނަމުން ޔަނާލް ވާހަކަދެއްކިއެވެ.

“ކީތްކުރަން ނާލް ތިއްތި ބަލާދިޔައީ. ކީތްކުރަން ނާލް ތިއްތިގެ ހާލު ބެލީ. ކީތްކުރަން ނާލް ތިއްތި މިގެއަށް ގެނައީ. ކީތްކުރަން ނާލްއާއި ބައްޕަ ތިއްތި ދެކެ ތިހާ ލޯބިވަނީ.. ނާލްއާއިމެދު ތިއްތިއަށް ކަންތައް ކުރެވުނީ ކިހާ ގޯސްކޮށް…” ރާކިން ކުރެހިފައިވާ އަޑަކުން އެތައް ސުވާލެއް ޔަނާލަށް އަމާޒުކޮށްލިއެވެ.

“ތިއްތީ.. ކޮންމެ އިންސާނަކަށްވެސް ކުށެއް ކުރެވިދާނެ. ތިއްތި ކުރެވުނު ފާފައަށް ތަޢުބާވެއްޖައީމެއްނު. އަދަބުވެސް ލިބިއްޖެއްނު. ޔަޤީނުންވެސް އެހާ އަވަހަށް ތިއްތި މިނިވަންވާނީވެސް ތިއްތިގެ ހުރި އަޚްލާޤް އެމީހުންނަށް ފެނުނީމައެއްނު…ދެން ކީތްކުރަން ތިވާހަކަތައް ތިދައްކަނީ. އަހަރެން ހިތުގައި ތިއްތިއަށްޓަކައި އެއްވެސް ޝަކުވާއެއްނެތް” ރާކިންގެ ގާތުގައި އިށީނދެ ރާކިންގެ ދިގުވެފައި ހުރި އިސްތަށިގަނޑުގައި ފިރުމާލަމުން ޔަނާލް ވާހަކަދެއްކިއެވެ.

“ތިއްތި ކިހިނެއް…..؟؟؟” ރާކިން ވާހަކަދައްކަން އުޅުނެވެ.

“ޝްޝްޝް… ތިއްތިގެ ހިތުގައި ޝިފައްތައަށްޓަކައި އަދި ރަޔަންއަށްޓަކައި ލޯތްބެއް ވާނަމަ މީގެފަހުން ތިއްތިގެ ލޮލުން އެންމެ ކަރުނަތިއްކެއްވެސް ވައްޓާނުލާނެ…” ޔަނާލް ބުނެލިއެވެ. ވަގުތުން ރާކިން ދެލޯ ކައިރި ފޮހެލިއެވެ. ޔަނާލް ހިނިތުންވެލިއެވެ. ރާކިންގެ ހިތުގައި އަދިވެސް ދަރިފުޅާއި ޝިފާއަށްޓަކައިވީ ލޯބި އޭނާއަށް އިހުސާސްވިއެވެ. ރާކިންއަށް ހަވީރުގެ ސައި ޔަނާލް ދިނީ އޭނާގެ އަމިއްލަ އަތުންނެވެ.

************************************

ކޮޓަރީގައި ހުރެ އިޝާނަމާދުކޮށް ނިމިގެން މާތް ރަސްކަލާނގެ ޙަޟްރަތަށް ދެއަތް އުފުލާ ދުޢާކޮށް ނިމުނުތަނާ ދޮރު ހުޅުވާލާފައި މީހަކުވަނެވެ. ރާކިން އެނބުރި ބަލާލިއެވެ. ކުރިމަތީގައި ތިބީ ޝިފާގެ މައިންބަފައިންނެވެ. ރާކިންއަށް ހައިރާންކަމެއް ލިބުނެވެ. އޭނާ އެދެމަފިރިންނާއި ކުރިމަތިލާން ނުކެރުމުން އިސްޖަހާލިއެވެ.

“ދަރިފުޅާ…! މަންމައާއި ބައްޕަ ދަރިފުޅަށް މަޢާފްކޮށްފިން….” ކުރިއަށް ޖެހިލާ ޝިފާގެ ބައްޕަ ރާކިންގެ ދެކޮނޑުގައި ހިފާލަމުން ބުނެލިއެވެ. ރާކިންގެ ދެލޮލުގެ ތެރޭގައި ގަދަހަދަމުން ދިޔަ ކަރުނަތައް ހިންދާލަން އޭނާ ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ކާމިޔާބެއް ނުލިބުނެވެ. އޮހިގަތުމާއެކު ރާކިންއަށް މޫނުގައި ދެއަތް އެޅުނެވެ.

“ހިތްވަރުކުރޭ… ބަލާލަބަލަ މިއީ ކޮންކުއްޖެއް…..” ޝިފާގެ މަންމަގެ އަޑު އިވުނެވެ. ރާކިން ބަލާލިއެވެ. މާމަގެ އިނގިލީގައި ހިފަހައްޓާލައިގެން ހުދު ބޯކިރުކޮޅެއްފަދަ ދެލޮލުން އެސްފިޔަ ޖަހާވެސްނުލާ ރާކިންއަށް ބަލަހައްޓައިގެން އެހުރީ އޭނާގެ ދެލޯ ނޭދި އެދޭ ތިން އަހަރުގެ ކުޑަކުޑަ ދަރިފުޅެވެ.

“ދެދީ…….!” ރަޔަންގެ ތުއްތު އަޑުން އޭނާއަށް މުހާތަބްކޮށް ގޮވާލުމުން އޭނާ ތިރިވެފައި އެކުއްޖާ ގެނެސް މެއާއިލާ ބޮނޑިކޮށްލިއެވެ. އެތަންމިތާ ބޮސްދިނެވެ. އެތައް އިރެއް ވިއިރުވެސް ދޫކޮށްނުލިއެވެ. ދެބަފައިންނަށް ވަގުތު ދީފައި ކޮޓަރީގައި ތިބި ހުރިހާ މީހުން ނިކުންނަން ހިނގައިގަތެވެ.

“ދަރިފުޅާ ރަޔަން…. ހިނގާ ބަކުން ކާންދާން…” އެއިވުނީ ޝިފާގެ އަޑެވެ. ރާކިން ބަލާލިއެވެ. ކުރިމަތީގައި އެހުރީ އޭނާގެ މުޅި ދުނިޔެއެވެ. އޭނާގެ ކުޑައިރުގެ ލޯތްބެވެ. ތިން އަހަރު ފާއިތުވެ ދިޔައިރުވެސް އެއްވެސް ތަފާތެއް ނާދެއެވެ. ތަފާތެއް އައީ އޭނާއަށެވެ. ހަށިގަނޑު އަނަރޫފަވެފައި މޫނުމަތީގެ ދިރުން ގެއްލިއްޖެއެވެ. ރާކިން އަތުގައި އިން ރަޔަން އުރާލަމުން ޝިފާ ރާކިންއަށް ފުރަގަސްދިން އިރު ދެލޮލުން ކަރުނަ ހިލިއްޖެއެވެ.

“ވީއެންމެ އަވަހަކަށް ރަން ކިޔުއްވަން މީހުން ފޮނުވާ….” ރާކިންއަށް ފުރަގަސްދީގެން ހުރެ ޝިފާ ބުނެލިއެވެ. އެތައް ދުވަހަކަށްފަހު ރާކިންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނާ ޝިފާގެ ގައިގާ ފަހަތުން އޮޅުލައިގަތެވެ. އެނބުރިފައި ރަޔަންއާއި އެކުގައި ޝިފާ ރާކިންގެ ހަށިގަނޑުގައި ބައްދާލިއެވެ.

“އައިމް ސޯ ސޮރީ ރާކް….. އަހަންނަށް ރާކްއަށް ވަރަށް އަނިޔާދެވިއްޖެ. ދެން ދުވަހަކުވެސް ރާކް ދޫކޮށްފައެއް ނުދާނަން” ޝިފާ ވާހަކަދައްކަމުން ދިޔައެވެ. އޭނާ ތިރީގައި ރަޔަން ބަހައްޓަމުން ރާކިންގެ ކުރިމަތީގައި ކުރުކަކޫ ޖަހާލިއެވެ. ރާކިންއަށް އަތް ދިއްކޮށްލަމުން ހިނިތުންވެލިއެވެ.

“ވިލް ޔޫ މެރީ މީ ރާކް….” ޝިފާ ބުނެލިއެވެ. އެ އަތުގައި ހިފާލަމުން ރާކިން އިށީނދެ ޝިފާއާއި ރަޔަން ގެނެސް އޭނާގެ އުނގަށް ލިއެވެ.

*********************************

ޔާޒްއާއި ޔަލާ ނިންދަވާފައި ޔަނާލް ބެލްކަންޏަށް ނިކުމެލިއެވެ. ފައިޒަން ފާހާނައަށް ފެންވަރަން ވަތް ފަހުން އިރުކޮޅެއް ވެއްޖެއެވެ. ޔަނާލް އުޑުމައްޗަށް ނަޒަރު ހިންގާލިއެވެ. ހަނދު ފުރިހަމަ ނުވެ އިނަސް ބަލާލަން ވަރަށް ހިތްގައިމެވެ. އެއްވެސް ފޫހިކަމެއްނެތި ހަނދަށް ހިދުމަތްކޮށްދެން ތަރުތީބުން އެތުރިލާފައިވާ ތަރިތައް އުކާލާފައިވާ ރިހިކުލައިގެ ޖަވާހިރުކޮޅު ތަކެއް ފަދައެވެ. މޫނުމަތީގައި އައިސް ބީހިލި ފިނިފިނި ވައިރޯޅިން ޔަނާލްގެ ހަށިގަނޑުގައި ހީލިކެރުވުމެއް އުފެއްދިއެވެ. ދެއަތުން އަމިއްލަ ހަށިގަނޑުގައި އޭނާ ބައްދާލިއެވެ. އޭނާގެ ހަށިގަނޑަށް ހޫނުކަމެއް ވެރިވީ ފަހަތުން އައިސް ބައްދާލި ފައިޒަންގެ ހަށިގަނޑުން ފޯރުކޮށްދިން ހޫނުކަމެވެ. ޔަނާލް ފައިޒަންއާއި ވީކޮޅަށް އެނބުރިލިއެވެ.

“ވަރަށް ފިނިވެއްޖެ…” ޔަނާލް ބުނެލިއެވެ.

“އަހަރެން ހަގް ކޮށްލީމަވެސްތަ…؟” ފައިޒަން ބުނެލިއެވެ. ޔަނާލް ނޫނެކޭ ބުނެލިއެވެ. އަބަދުވެސް ޔަނާލާއި ލާނެއް ސަމާސާއެއް ކޮށްނުލާ ފައިޒަންއަށް ނުހުރެވެއެވެ. އޭނާ ޔަނާލްގެ މޫނާއި މޫނު ގާތްކޮށްލިއެވެ. އެކަކު އަނެކަކުގެ ތުންފަތުން ދެ ބަދަލުކޮށްލި ހަދިޔާއިން ދެހަށިގަނޑުގައިވެސް ތަފާތު ހޫނުކަމެއް އުފެއްދިއެވެ. އިސާހިތަކު ޔަނާލްގެ ހަށިގަނޑަށް އިހުސާސް ވަމުން ދިޔަ ފިނިކަންވެސް ފިލާ ދިޔައެވެ. ދެމީހުންނަށް ވެސް ހޭވެރިކަމެއްވީ ފައިޒަން ލައިގެން ހުރި ހުދުކުލައިގެ ކުރުތާ ހަރުވާޅުގައި ހިފާ ޔާޒް ދަމާލުމުންނެވެ.

‘އަނހަ ދޮންބެ…! ހޭލެވުނީތަ….؟” ޔާޒް އުރާލަމުން ފައިޒަން ބުނެލިއެވެ. ޔާޒް ދެއަތުން ދެލޯ ފޮހެމުން ބޯޖަހާލިއެވެ. ޔަނާލްގެ ލޮލުގައި އަޅައިގަތީ ޔާޒްގެ އެއް އަތުގައިވާ ފޮޓޯގަނޑެކެވެ. ޔާޒްގެ އަތުން ފޮޓޯ ނެގުމަށްފަހު ޔަނާލް ބަލާލިއެވެ. ހެވިފައި ކޮލެޖުގެ ބެންޗުގައި އިން ޔަޒްދާން ފެނި ޔަނާލްގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ޔަނާލް ފައިޒަންއަށް އެ ފޮޓޯގަނޑު ދައްކާލިއެވެ.

“ތިވާނީ މިއަދު އަލްބަމް ނަގައިގެން އުޅުނު ގަޑީގައި ވެއްޓުނު ފޮޓޯގަނޑަކަށް” ފައިޒަން ބުނެލިއެވެ. ފިނީގައި ޔާޒް ނުބަހައްޓަންވެގެން ދެމަފިރިން ޔާޒް ގޮވައިގެން ކޮޓަރިއަށް ވަނެވެ. ނިދާފައި އޮތް ޔަލާ ކައިރީގައި ޔާޒް ބާއްވަމުން ދެމަފިރިން ދެފަރާތުން ކައިރިވެލިއެވެ. ޔާޒް ފައިޒަންގެ ގައިގާ ބައްދާލި މަންޒަރު ފެނުމުން ޔަނާލަށް ބޭއިހްތިޔާރުގައި ހިނިތުންވެވުނެވެ. އޭނާ ފައިޒަންއަށް ބަލާލިއރު ޔާޒް ގައިގާ ބައްދާލައިގެން އޮތީ ދެލޯ މަރައިގެންނެވެ. ތުންފަތްމަތީގައިވީ ހިނިތުންވުމެކެވެ. ޔަލާގެ ކައިރިން ޔަނާލްވެސް އޮށޯވެލިއެވެ. އަދި ޔަލާގެ ޗަބީ ކޮލަށް ބޮސްދެމުން ދެލޯ މަރާލިއެވެ. ކުޑަކުޑަ ޔަލާގެ ހީލީ ނިދީގެ ތެރޭގައި އޮވެފައެވެ. މަންމައާއި ބައްޕަގެ އުފާވެރި ދުނިޔޭގެ އެންމެ ކުޑަ ބައިވެރިޔަކީ ތިމަންނައޭ ބުނާ ކަހަލައެވެ. ފައިޒަންގެ މޭމަތީގައި އޮތް ފޮޓޯގަނޑު ކުޑަކޮށް ޖަހާލާފައި ހުރި ފަންކާގެ ވައިން ދެއަތަށް ހެލެމުންދިޔައެވެ. ފޮޓޯގައި އިން ޔަޒްދާން އެ އުފާވެރި ދުނިޔެއަށް މަރުހަބާ ކިޔާކަހަލައެވެ. އެހެނީ އެ ތަސްވީރުގައި ޔަޒްދާން އިނީ ހިނިތުންވެލައިގެންނެވެ.

********************************ނިމުނީ*********************************************

ވާހަކަ އެއްވެސް ފޫހިކަމެއްނެތި ކިޔާލެއްވި ހުރިހާ ކުދިންނަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން. ކޮމެންޓް މަދުނަމަވެސް ގިނަ ކުދިން ވާހަކަ ކިއިކަން އުފަލާއެކު ފާހަގަކުރަން. ވަން އޮންލައިންގަ އުޝާލީ ގެނެސްދޭ ވާހަކައަށްވެސް ކިޔުންތެރިންގެ ސަޕޯޓް ލިބޭބެކަމަށް އުންމީދު ކުރަން. ވަރަށް ބާއްޖަވެރި ރޭގަނޑަކަށް އެދެން………..

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ…………! (13 ވަނަ ބައި)

Next

އަބަދަށްޓަކައި 5

Next
March 22, 2019

އަބަދަށްޓަކައި 5

Previews
March 21, 2019

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ…………! (13 ވަނަ ބައި)

57 Comments!

  1. jiji says:
    March 21, 2019 at 8:47 pm

    Me first dhw..v v reethi mi part vec❤❤❤??

    1. Ushaali says:
      March 24, 2019 at 11:56 am

      🙂 thankyou so much jiji

  2. Ushaali says:
    March 21, 2019 at 8:47 pm

    salaam
    alhamdhulillah. vahaka mi nimunee ingey.. allah iraadhakureviyya mi site ga mulhin new story eh fashaanan. ummydhu kuran mi vahaka huriha kiyuntherinnah ves kamudhaane kamah

    1. jiji says:
      March 21, 2019 at 8:50 pm

      Dhn dear ge stry eh fennaany kon irakun thr???..

  3. Maryam LiMa says:
    March 21, 2019 at 8:52 pm

    Zulaikha Mohamed

    1. Ushaali says:
      March 24, 2019 at 11:56 am

      🙂

  4. ainth says:
    March 21, 2019 at 8:57 pm

    woooow v v v salhi ? ushaali ge ehen vaahaka akah inthizaaru kuraanan .. unmeedhu kuran mikahala reethi vaahaka eh gennaane kamah.. ??????❤?

    1. Ushaali says:
      March 21, 2019 at 10:25 pm

      🙂 thankyou so much ainth
      keep waiting dear. yes soon i will.

  5. Kiyaa says:
    March 21, 2019 at 9:12 pm

    Vaahaka v v v v v v v v v v v v v v v v v v v reethi ❤❤??
    Unmeedhaky v avahah ehn vaahakaeh kiyaalan libun☺☺

    1. Ushaali says:
      March 24, 2019 at 11:57 am

      🙂 thankyou so much Kiyaa
      insha allah. will be back soon with a new story ingey

  6. Leen says:
    March 21, 2019 at 9:12 pm

    Masha Allah. V v reethi.waiting for next story.

    1. Ushaali says:
      March 21, 2019 at 10:25 pm

      🙂 thankyou so much Leen

  7. Ainth says:
    March 21, 2019 at 9:15 pm

    Thank you ❤ thank u ?? ushaali ❤❤❤ wow haadh dhaa reechah nimunves ehaaa furihama ??????…. mikahala reethi vaahakaeh genes dhee ninmaaleythi v v bodah thank u … bunaane ehchahves neh hama ehaaa reethi⚘?⚘?⚘ dhn ehan vaahakaeh up vaaney kihaa dhuvahakun dho … v baajaveri reygadakah edhen ❤?❤???⚘??

    1. Ushaali says:
      March 24, 2019 at 11:59 am

      thankyou so much Ainth… lurve your comment. vr happi vehjje. insha allah. 🙂 will be back soon ingey Ainth. keep waiting dear 🙂 🙂

  8. Majoo says:
    March 21, 2019 at 9:29 pm

    Kobaa majleen

    1. Ushaali says:
      March 21, 2019 at 10:26 pm

      😀 majleen v jaluga eh nu

  9. AMAAN says:
    March 21, 2019 at 9:30 pm

    vaahaka varh rythi unmeedhu kuran ushaali ge ithuru story eh anehkaaves kiyaalan libeyne kamah……..once again story vv rythi

    1. Ushaali says:
      March 21, 2019 at 10:29 pm

      🙂 thankyou so so much AMAAN.
      insha allah. keep waiting

  10. Sid says:
    March 21, 2019 at 9:31 pm

    Woah mashaa Allah I don’t have anything to say about it. It’s more than what I expected it to be. It’s more than perfect. Thanks dear for giving such a wonderful story to read. Hope to see your other stories. ?????☺️☺️☺️☺️

    1. Ushaali says:
      March 24, 2019 at 12:00 pm

      🙂 🙂 awwwww…. thankyou so much Sid. lurve your comment. insha allah. will be back soon with a new story 🙂 keep waiting

  11. Alya says:
    March 21, 2019 at 9:57 pm

    Alhamdhulillah & masha allah❤ story varah varah furihama ❤
    Love your stories USHAALI ? hope to see your new story in this site soon❤?
    Best wishes dear❤
    Lots of love ❤❤

    1. Ushaali says:
      March 24, 2019 at 12:01 pm

      🙂 thankyou so much Alya
      will be back soon. insha allah keep waiting

  12. eekko says:
    March 21, 2019 at 10:11 pm

    majleen ah vee goyhtheh angaali nama vara furihamavees

    1. Ushaali says:
      March 24, 2019 at 12:02 pm

      majleen dhn ehaa fahun ai meehe v ma ehaa varun ninmalamun nugenaee
      🙂 thankyou so much

  13. liyaa says:
    March 21, 2019 at 10:27 pm

    maasha allah v v reethi vaahaka love u usaali ☺????❤

    1. Ushaali says:
      March 24, 2019 at 12:02 pm

      🙂 🙂 thankyou so much liyaa
      love you tooooo…..

  14. Anonymous says:
    March 21, 2019 at 11:31 pm

    Masha Allah v v v reethi

    1. Ushaali says:
      March 24, 2019 at 12:03 pm

      🙂 🙂 thankyou so much

  15. Zuk says:
    March 21, 2019 at 11:37 pm

    V reethi ?♥️

    1. Ushaali says:
      March 24, 2019 at 12:03 pm

      🙂 thankyou so much Zuk

  16. Kul says:
    March 22, 2019 at 12:03 am

    Vaahaka varah reethi ❤️❤️

    1. Ushaali says:
      March 24, 2019 at 12:04 pm

      🙂 🙂 thankyou so much

  17. Shaai says:
    March 22, 2019 at 4:21 am

    Maasha allah . Hama superb
    Vvvvvv rythi. Hama rohvaalafa thi ninmaali. I love this story.
    Dhen konirakun ushaalige story eh kiyan libeyni.. I’m waiting

    1. Ushaali says:
      March 24, 2019 at 12:05 pm

      🙂 🙂 🙂 awwww…. thankyou so much Shaai
      lurve your comment
      will be back soon. insha aalh. keepa waiting

  18. Saadha Abdhulatheef says:
    March 22, 2019 at 7:30 am

    V reethi mivaahaka

    1. Ushaali says:
      March 24, 2019 at 12:05 pm

      🙂 thankyou so much

  19. Fy says:
    March 22, 2019 at 7:58 am

    ?????????☝☝☝

    1. Ushaali says:
      March 24, 2019 at 12:06 pm

      🙂 🙂 🙂

  20. f says:
    March 22, 2019 at 9:39 am

    yshali ge hurihA vahaka eh ves vvvvvvvvvvvvvvvvvvvv best

    1. Ushaali says:
      March 24, 2019 at 12:06 pm

      🙂 thankyou so much

  21. Afoo says:
    March 22, 2019 at 11:21 am

    Owwwh…I waited so long for this…it was awesome…love the story…hope to see another story like this once again

    1. Ushaali says:
      March 24, 2019 at 12:08 pm

      thankyou so much afoo 🙂
      keep waiting dear. will be back soon. insha allah

  22. Scarlet says:
    March 22, 2019 at 11:35 am

    Varah reethi mivaahaka Varah dhera vejje vaahaka nimunyma ?? adhi vx continue vaaan beynumeee
    Waiting for a new story of yours ?❤️?❤️??❤️?

    1. Ushaali says:
      March 24, 2019 at 12:07 pm

      🙂 🙂 thankyou so much
      dont worry Scarlet. will be back soon. insha allah
      keep waiting

  23. Nashva says:
    March 22, 2019 at 11:50 am

    Mi vaahakaige furathama part thah nufenigen meolheny

    1. Ushaali says:
      March 24, 2019 at 11:55 am

      fenavru online ga innaany fashaafa.
      face booka innaane alhugandu ge page ushaali ge vahaka. page ah vanyma ves fennaane huriha baithakeh 🙂

  24. Anaaa says:
    March 22, 2019 at 5:40 pm

    Vaahaka nimunee yo. Rythi. Ekam fahaga kurevunu ehkkamaky yanal ge yaaz aky kihiney libunu kuhjje kan bune dhyfa neiykan. Yanal ah kurevunu kantha family myhunnah egifa nuwaakan. Ekan bubelafa inn nama furihama vees

    1. Ushaali says:
      March 24, 2019 at 11:54 am

      thankyou Anaaa… Yanaal ah yaaz libunu goi innaane ingen. dhn yanaal ge family ah konmehen ingen jeheykan ushaali ah hiyeh nuvey ehaa muhimmu heneh. yanaal ah kurevunu faafa ah thaubaave ekan sirru koffa beyvvun emme molhu gothaky…. 🙂 🙂 🙂

  25. Yaana says:
    March 22, 2019 at 11:03 pm

    V beautiful story

    1. Ushaali says:
      March 24, 2019 at 11:52 am

      🙂 thankyou so much Yaana

  26. same says:
    March 23, 2019 at 2:58 pm

    maa avahah thi ninmaalee….soo sad…. IMAO its beautiful

    1. Ushaali says:
      March 24, 2019 at 11:52 am

      🙂 thankyou so much same. vahaka dhigu kuryma beykaaru bai thah ginave kiyuntheringe shauguverikan kuda vaany. ehenvaakah ushaaly beynumeh noon. ehenve dhigu nukury.

  27. Anonymous says:
    March 24, 2019 at 1:22 am

    Kba mi vahak fashaa bai tbah

    1. Ushaali says:
      March 24, 2019 at 11:51 am

      fashaafa innaany fenvaru online ga. face booka ga in ushaalige vahaka page in ves kiyaaleveyne

  28. Malaa? says:
    March 24, 2019 at 12:08 pm

    Ushaa sis ? hw r you doing?? Lst prt veema comment kohliy!!????? This story is sooooooooo nice
    ❤️❤️❤️❤️❤️Lots of love ❤️❤️❤️❤️

    1. Ushaali says:
      March 24, 2019 at 12:10 pm

      🙂 thankyou so much Malaa
      im fine dear. alhamdhulillah

  29. Saajy says:
    March 24, 2019 at 3:55 pm

    Vaahaka v kiyaa hithun balaali iru kuryge episode thakeh nei… 1-8nei…

Comments are closed.



All Right Reserved!