Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އޯގާވީ ހިތަކުން…45

މުތާ/ ސ.ހިތަދޫ Level 210 Stories
August 25, 2014 5 Mins Read
9 Comments

”އަހަރެން ވަރަށް ބޮޑަށް ލޯބިވޭ ރޫޔާ ދެކެ، އައި ވިލް ޑޫ އެނީތިންގް ފޯރ ހާރ….” އީނާގެ ވާހަކަތަކުން ނަޒްޔަކްއަށް އިތުރު ހިތްވަރެއް ލިބުނެވެ. އޭނަ ދެން ހުއްޓާލާނީ ރޫޔާގެ ހިތް މިލްކުކޮށްފައެވެ. ރޫޔާ އުފަލުގައި ބަހައްޓަން އޭނަ ކޮންމެ ކަމެއް ވެސް ކުރާނެއެވެ. އެލޮބުވެތި ހިނިތުންވުމުން އޭނައަށް ލިބޭ އުފަލާއި ހިތްހަމަޖެހުން ދުލަކުން ބަޔާންކޮށެއް ނުދެވޭނެއެވެ.

”ހޫމްމްމް، ދެން މާ އޯވާރ ވާނެ ކަމެއް ނެތޭ، ތިހެން ބުނާނެ ރައްޓެހިވެގެން އުޅޭއިރު އެކަމަކަމު ކައިވެނި ކުރުމަށްފަހު އުޅޭނީ ދުރުދުރުން، މާލެ އައި ފަހުން ސޭމް އުޅޭނީ އަބަދު ކޮފީގަ، ވަރަށް ފޫހިވޭ….” އީނާ ބުންޏެވެ. ”އަހަންނަކަށް ނޭގޭ ސޭމްގެ ގޮތެއް ބަޓް އަހަރެން ހުންނާނީ އަބަދު ރޫޔާއަށް ފެންނަ ހިސާބުގަ….” އީނާ ތުން ދަމާލައިގެން އިނދެ އަލްޔަސްއާ ބެހޭގޮތުން ޝަކުވާކުރަން ފެށުމުން ނަޒްޔަކްއަށް މަޖާވިއެވެ. ދެމީހުން ކައިވެނި ކުރިތާ އަދި ދެހަފްތާވެސް ނުވެއެވެ. އުމުރުގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ.

”ތިކަން އިނގޭތީއެއްނު ނިކްއަށް އެހީވާން މިއުޅޭނީ… އަހަރެން ޕްލޭން މިކުރަނީ ނީރްގެ ވެޑިންއަށް މެލޭއަށް ދާއިރު ރޫ ގޮވައިގެން ދާން އޭރުން ތިދެމީހުންނަށް އެކީގައި ޓައިމް ސެޕެންޑްކޮށްލަން އިތުރު ވަގުތު ލިބޭނެއެއްނު، އާތަނަކަށް ދެވުނީމަ ރޫ ބޭނުންވާނެ ބޭރަށްދާން ތަންތަން ބަލައިލަން، ޔޫ ކޭން ބީ ހާރ ޓުއާރ ގައިޑް…..” އީނާ ވިސްނާލަމުން ބުނެލިއެވެ. ނަޒްޔަކްއަށް އީނާގެ ޚިޔާލު ވަރަށް ބޮޑަށް ކަމުދިޔައެވެ. އޭނަ އީނާއަށް ތައުރީފުކުރިއެވެ.

”ކިހިނެއް ތިހާ މޮޅު އައިޑިޔާސްތައް ހޯދަނީ؟….” ނަޒްޔަކް ހިނިތުންވުމަކާއެކު އަހާލިއެވެ.

‘ނޯ ނީޑް ޓު ބަޓާރ އަޕް، މާދަމާ ޖެހޭނެ ގެއަށް ގޮސް ރޫ އެއްބަސް ކުރުވަން، އުނދަގޫވެދާނެ އެއްބަސްކުރުވަން ބަޓް އައިލް ޑޫ އިޓް….” އީނާ ޔަޤީންކަން ދެމުން ބުންޏެވެ. އަދި ދާން ތެދުވެލި ވަގުތު އެތެރެއަށް ވަދެގެން އައި އަލްޔަސް ފެނި ބާރު ފިޔަވަޅުތަކެއްގައި ގޮސް އޭނަ އަލްޔަސްއާ އަރާހަމަކޮށްލިއެވެ.

”ސޭމް މިއަދު ގެއިން ވެސް ނުފެނޭ، ހަތަރުވަނަ ފަހަރަށް ކޮފީއަށް ތިދިޔައީ….. އަހަރެން ގާތު ބުނެލިނަމަ ކޮފީއެއް ހަދާދިނީމުސް ގައިމު ބޭރުން ލިބޭ ކޮފީއަށް ވުރެ މީރުކޮށް ހަދައިދޭނަން…. ދެން ރައްޓެހިންނާއެކު ކޮފީއަށް ގޮސްގެން ނުވާނެ…..” އީނާ ހަށަން ބަނދެލަމުން ނުރުހުން ފާޅުކުރިއެވެ. އޭނަ ބޭނުންވަނީ އޭނައަށް ފެންނަ ހިސާބުގައި އަބަދުވެސް އަލްޔަސް ވުމަށެވެ. ނުފެނި މާގިނަ އިރުވެއްޖެނަމަ ބިރުގަނެއެވެ. ނުތަނަވަސް ވެއެވެ.

”ސޯ ސޮރީ، އީނޫގެ ފޯނަށް ގުޅީމޭ އެކަމަކު ފޯނު އޮތީ ނިއްވާލާފަ، ދެން ކުޑަ ކަންކަމާމެދު މައްސަލަ ޖެހެންޏާ އިޓް މޭއި ބިކަމް އެ ބިގް އިޝޫ، އީނޫ ބުނާ ގޮތަށް ދެން ހަދާނީ އޯކޭ؟……” ރުޅިއައިސްފައި ހުރި އީނާގެ ކޮލުގައި ހިފާލަމުން އަލްޔަސް ބުންޏެވެ. އަލްޔަސްގެ އެ ހަރަކާތުން އީނާގެ ރުޅިގަނޑު ފިނިވެއްޖެއެވެ. ”ސޭމް އަބަދު އަހަންނަށް ފެން ހިސާބުގައި ހުންނައްޗޭ…” އީނާ ހިނިތުންވެލަމުން ބުންޏެވެ. އެމައްސަލަ ވެސް ނުހަނު ފަސޭހައިން ހައްލުވެއްޖެއެވެ.

ކޫސަނި މައްސަލަތަކާހުރެ އެދެމެދުގައި އެއްވެސް މައްސަލައެއް ޖެހެން ދެމަފިރިން ބޭނުމެއް ނުވެއެވެ. މުޅި އުމުރު ހޭދަކުރަން ބޭނުންވަނީ އެކުގައެވެ. ލޯތްބާއި އުފަލާއެކުގައެވެ. ދުޢާ އަކީ ޖަންނަތުގައި ވެސް ދެމީހުން ބައްދަލުވުމެވެ.

”ސޭމް، ރޫއަށް ވެސް ޓިކެޓް ނަގަންވާނެ، ރޫ ބުނި ތިމަންނަ ބޭނުމޭ މެލޭއަށް ދާން….” އަލްޔަސްއާއެކު ކޮޓަރިއަށް ދާން ހިނގައިގަތް އީނާ ބުންޏެވެ. ”ރޫ އޯކޭތަ މިހާރު؟…..” އަލްޔަސް ބުނެލިއެވެ. ”ހޫމްމްމް….” އީނާ ބުނެލިއެވެ.

ނަޒްޔަކް ގާތު ރޫޔާއާއި ނަޒްޔަކްގެ ގުޅުމުގެ ވާހަކަ ސިއްރުކޮށްދޭން ވަޢުދުވެފައި ވުމުން އެވާހަކަ ކުރިއަށް ނުގެން ގޮސް އެހިސާބުން ކުރުކޮށްލިއެވެ. އޭނަ ދެން ފެށީ ރަޖްވާންގެ ޢާއިލާގެ ހިތްހެޔޮ ކަމުގެ ވާހަކައެވެ. އޭނަ މެލޭޝިޔާގައި އުޅުނު އިރު ދިމާވި ކަންތައްތައް ކިޔައިދޭން ފެށިއިރު އަލްޔަސް އިނީ ޝައުޤުވެރިކަމާއެކު އަޑުއަހާށެވެ. އީނާގެ އަޑުގައި އެހުންނަ އަންހެންވަންތަކަމުން އަލްޔަސްގެ ކަންފަތަށް އެއަޑު ވިރިގެންދަނީ މިޔުޒިކެއް ފަދައިންނެވެ. ވިހުރިފައިވާ ބުޅި އިސްތަށިގަނޑާ އިރުއިރުކޮޅާ ކުޅެލެވެއެވެ. އީނާ އޮތީ އަލްޔަސްގެ މޭގައި މޫނު ފޮރުވާލައިގެންނެވެ. އަލްޔަސްގެ ފިރުމުންތަކުން އީނާއަށް އަރާމުވިއެވެ. އެއަތުގެ ކޮންމެ ބީހުމަކުން އޭނާ ވިރިގެންދާ ކަހަލައެވެ. އަބަދު އެއަތުގެ ފިރުމުންތަކާ ހިމާޔަތުގެ ތެރޭގައި އޮންނަން ހިތް އެދެއެވެ. އެގޮތުގެ މަތިން ވަގުތު ފާއިތުވެގެން ދިޔަ ގޮތެއްވެސް ނޭގުނެވެ. ފާއިތުވެގެން ދާ ކޮންމެ ދުވަހަކީ މުޅިން އާ ތަޖުރިބާތަކެއް ކުރެވޭ ދުވަސްތަކެވެ.

****

ޖެހިގެން އައި ދުވަހުގެ ރޭގަނޑުގެ ވަގުތެވެ. ނުވައެއް ޖަހަން އުޅެނިކޮށް އީނާ ރޫޔާއާއި ބައްދަލުކޮށްލަން ދިޔައެވެ. ގޭގެ ދޮރު ހުޅުވާލަމުން އެތެރެއަށް ވަންނަން ނެގި ފިޔަވަޅާއެކު އީނާއަށް އިހުސާސްކުރެވިގެން ދިޔައީ ފަޅުކަމެވެ. ބޮޑުކޮޓަރިން އަންނަމުން ދިޔަ ޓީވީގެ އަޑު ނޫން އަޑެއް ވެސް ނެތެވެ. މައިމޫނާ ދުނިޔޭގައި ހުރިނަމަ މިއަދު ގެއަށް ވެރިވެފައިވާ ފަޅުކަން ނެތީސްކަން ޔަޤީނޭ އީނާގެ ހިތަށް އެރިއެވެ. ބޮޑުދައިތަ ނިޔާވުމުގެ ކުރިން ހަމަހޭވެރިކަން ވިނަމައޭ ވެސް އީނާގެ ހިތަށް އެރިއެވެ. އެންމެންގެ މާފުލިބުނުކަން އެނގުނުނަމަ ބޮޑުދައިތަ ހާދަ އުފާވީހެވެ.

އީނާ އެކި ޚިޔާލުތަކުގައި ހުރެ ބޮޑުކޮޓަރިއަށް ވަނެވެ. އީނާ ފެންނައިރަށް ފަޒްލާ ސޯފާއިން ތެދުވެލިއެވެ. ދުވެލާފައި އައިސް މަންމަގެ ގައިގައި ބައްދާލަމުން އީނާ ހަށިފުރާ ނޭވާއެއް ލިޔެވެ. މަންމައާއި ބައްޕައާއި ވާހަކަދައްކާލަން އީނާ ސޯފާގައި ޖައްސާލިއެވެ. ދުވަސްތަކަކަށް ފަހު ބައްދަލުވުމުން ދައްކަން ގިނަ ވާހަކަތައް ފުނިޖެހިފައި ހުއްޓެވެ.

”ކޮބާ ރޫ؟….” އީނާ އަހާލިއެވެ. ”ރޫ ވީ ރިނީއާއެކު ހޮސްޕިޓަލަށް ގޮސް…” ފަޒްލާ ޖަވާބު ދިނެވެ.

”އަދިވެސް ރަގަޅު ނުވަނީތަ؟….” އީނާއަށް އަހާލެވުނެވެ. ރާނިޔާ މިދުވަސްކޮޅު މާބޮޑަށް ބަލިވެ އުޅޭކަން  އޭނައަށް ވަނީ އެނގިފައެވެ. މިއަދު ފޯނުން ވާހަކަ ދައްކާލުމުން ރާނިޔާ ބުނީ މިހާރު ރަގަޅުވަމުން އަންނަކަމަށެވެ. ނަމަވެސް ކުއްލިޔަކަށް ހޮސްޕިޓަލަށް ދާން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ ބަލި އިތުރަށް ގޯސްވީ ހެއްޔެވެ؟

ފަޒްލާއަށް ޖަވާބު ނުދެވިގެން އުޅެނީސް އެތެރެއަށް ވަދެގެން އައި ރޫޔާ އާއި ރާނިޔާ ފެނި އީނާ ސޯފާއިން ތެދުވެލިއެވެ. އޭނަ ގޮސް ރާނިޔާއައި އަރާހަމަކޮށްލަމުން ސުވާލުކުރިއެވެ.

”ކީކޭތަ ޑޮކްޓަރު ބުނީ….” އީނާ އެހިއެވެ.

ރާނިޔާގެ އުފާވެރި ހިނިތުންވުމާއެކު އީނާގެ ހިތް އަވަސް ވެގެން ދިޔައީ އިންތިހާއަށެވެ. އޭނަ އުއްމީދުކޮށްގެން ހުރި ޖަވާބު ލިބޭނެކަމާއެކު ވެސް މެއެވެ. ރާނިޔާ ގޮސް ސޯފާގައި އިށީންނަމުން އަވަސް ނޭވާތަކެއް ލިއެވެ. ވަރުބަލިކަން ވިދަމުން ދިޔަ މޫނުމަތިން އުފާވެރިކަމުގެ ކުލަވަރުތައް ފާޅުވޭވޭ ހުއްޓެވެ. ރާނިޔާއަށް ވުރެ ކުރިން އީނާގެ ސުވާލަށް ޖަވާބު ދިނީ ރޫޔާއެވެ.

”އިޓްސް އެ ގުޑް ނިއުސް….” ރޫޔާ ދަތްތައް ފެންނަވަރަށް ހީލިއެވެ.

އީނާ ބާރަކަށް ހަޅޭއްލަވައިގަންނަމުން ރާނިޔާ ގައިގައި ބައްދާލިއެވެ. ރޫޔާ އާއި އީނާ ހީވީ މޮޔަވީހެންނެވެ. އެއްވަރެއްގެ ދެމީހުން އެއްތަން ވުމުން ހީވީ އުފަލުން ގޮސް މުޅިތަން ވައްޓާލަފާނެ ހެންނެވެ.

”އަލްހަމްދުއްލިﷲ….” ފަޒްލާއަށް ބުނެވުނެވެ. އޭނަގެ ދެލޮލުން ކަރުނަ ހިލުނެވެ.

”އަވްޝަން ގާތު ބުނިންތަ؟….” ފަޒްލާއަށް އުފަލުން ގޮސް ރޮވިއްޖެއެވެ. ޝިޔާޢު ވެސް އިނީ ވަރަށް ބޮޑަށް އުފާވެފައެވެ.

”އަވްޝަންބޭބެ ކުޑަކޮށް ތަޅުވާލަން މިއުޅޭނީ، އަހަރެން ބުނީ ނޭގެޔޭ އަދި ވެގެން އުޅޭ ގޮތެއް، މިރޭ ހެދި ޓެސްޓްތަކުގެ ނަތީޖާ ލިބުނީމައޭ އިނގޭނީވެސް. އޮފީސް ނިންމާލާފަ ރިޒަލްޓް ނަގަން ދާއިރު ބޭބެ ފެއިންޓްވެދާނެހެން މަށަށް ހީވަނީ…..” ރޫޔާ ބުނެލިއެވެ.

ފަޒްލާ ދެފަރާތަށް ބޯހޫރާލަމުން އަވަސް ވެގަތީ ރާނިޔާއަށް ދޭން ފިނި ބުއިމެއް ގެނެސްދިނުމަށެވެ. ރާނިޔާ އިނީ އަދިވެސް އެހަޤީޤަތް ޤަބޫލުކުރަން އުނދަގޫވެފައެވެ. އުފާވެރިކަމާ އެއްވަރަށް ހިތުގައި ބިރުވެރިކަމުގެ ބާނީތައްވެސް ދަތުރުކުރަމުން އެބަދެއެވެ. ޓެސްޓް ތަކުގެ ނަތީޖާ ފެނުމުން ނޫނީ އޭނައަށް ހަޤީޤީ އުފާވެރިކަމެއް ހާސިލުނުވާނެއެވެ. އެންމެންގެ އުފަލުގައި އޭނަ ބައިވެރި ވެގެން ހުރިއިރުވެސް އޭނަގެ ބިރުވެރިކަން ފަނޑުވެގެން ދުނެއެވެ. އިންތިޒާރުކުރެވެމުން ދިޔައީ އަވްޝަން އަންނާނެ ވަގުތަކަށެވެ. ޓެސްޓުގެ ނަތީޖާ ފެންނާނެ އިރަކަށެވެ.

”ރޫ އާދެބަލަ އަހަންނާއެކު….” ރާނިޔާގެ ބޭބީއާ ބެހޭގޮތުން ވާހަކަތައް ދައްކަން އިން އީނާ ކުއްލިޔަކަށް ކަމެއް މަތިން ހަނދާންވުމައެކު އަތުގެ އިޝާރާތުން ރޫޔާ ގާތު އައުމަށް އެދުނެވެ. އޭރު ދެމީހުން ވެގެން ބޭބީއަށް ކިޔާގެ ނަމުގެ އިތުރުން ލޯބިން ކިޔާނެ ނިކްނޭމްއެއްވެސް ހޯދައިފިއެވެ. ލިބުނު އުފާވެރި ޚަބަރާއެކު ރޫޔާއާއި ދައްކަން އައި ވާހަކަ އީނާގެ ސިކުނޑިން ކައްސާނުލީވެސް ކިރިޔާއެވެ. އީނާގެ ފަހަތުން ރޫޔާ ބެލްކަނިއަށް ނިކުތެވެ.

”އައި ހޭވް އެ ސަޕްރައިޒް ފޯރ ޔޫ…..” އީނާ އެވާހަކަ ދައްކާނެ ގޮތަކާ މެދު ވިސްނާލަމުން ބުންޏެވެ.

”މިރޭ މީ އުފާވެރިކަމުގެ ރެޔެއް ދޯ؟ ދެން ލަސްނުކޮށް ތި ދޭން އުޅޭ ސަޕްރައިޒް ބުނެބަލަ…..” ޝައުޤުވެރިކަން ފާޅުކުރަމުން ރޫޔާ ބުމަ އަރުވާލިއެވެ.

”މެލޭއަށް ދާން ދެކޮޅު ޓިކެޓް، ނޫނެކޭ ނުބުނާތި…..” އީނާ ބުނެލިއެވެ.

”ވަޓް؟ އަޅޭ ކީއްކުރަންތަ ތިހާ ބޮޑު ހޭދައެއް ކުރީ؟… އީނޫގެ ފްރެންޑެއްގެ ވެޑިންއަކަށްނު ތި ދަނީ، އަހަރެން އެތަނަށް ގޮސް ފޫހިވުން ނޫންކަމެއް ނުވާނެ……” ރޫޔާ ދެކޮޅު ހެދިއެވެ.

”ޕްލީޒް…. އަހަރެންގެ ފަރާތުން ރޫއަށް ދޭ ގިފްޓެއްމިއީ…. ނަޒްޔަކް ވެސް ދެޔޭ…….” އީނާ ބުނެލިއެވެ.

”އެކަމަކު….” ”ބަހަނާ ދައްކާނެ ކަމެއް ނެތް، އިޓް ވިލް ބީ ފަން….. ހަތަރު މީހުން ދިޔައީމަ ފޫއްސެއް ނުވާނެ އަނެއްކޮޅުން ޒަނާ ވެސް ހުންނާނެ، ޕްލަސް ނީރް އަކީ ނުލާހިކު ފްރެންޑްލީ ކުއްޖެއް، ޔޫ ވިލް ލައިކް އިޓް…..” އީނާ އާދޭހުގެ ރާގަކަށް ބުނެލިއެވެ.

ރޫޔާ ވިސްނާލިއެވެ.

އީނާ ހުރީ ރޫޔާގެ ޖަވާބެއްގެ އިންތިޒާރުގައެވެ. ”އޯކޭ” ރޫޔާގެ ޖަވާބާއެކު އީނާއަށް ހިނިތުންވެވުނެވެ.

****

ޓެސްޓް ތަކުގެ ނަތީޖާ ހިފައިހެން އަވްޝަން އަންނާނެ އިރެއްގެ އިންތިޒާރުގައި ރާނިޔާ ހުރީ ކެތްތެރިކަން ކުޑަވެފައެވެ. ފާއިތުވެގެންދަ ކޮންމެ މިނެޓެއް ސިފަކުރެވެމުން ދިޔައީ ގަރުނެއް ހެންނެވެ. ވަގުތު ހިނގާލެއް ލަސްކަމުން އޭނަ ހުރީ ހިސާބަކަށް ރުޅިވެސް އައިސްފައެވެ. އެނދުގައި އިށީންނަމުން އޭނަ ކޮޓަރީގެ ދޮރާއި ދިމާއަށް ބަލާލިއެވެ. އިވޭ ކޮންމެ އަޑަކަށް ސަމާލުކަން ދެވެއެވެ. ހިތް އަވަސް ވެފައިވަނީވެސް ވަކިވަރެއް ބަލާފައެއް ނޫނެވެ.

ރާނިޔާގެ އިންތިޒާރަށް ނިމުމެއް އެއީ އޭގެ އެއްގަޑިއިރު ފަހުންނެވެ. ކޮޓަރިއަށް ވަން އަވްޝަން ފެނި ރާނިޔާއަށް އެނދުން ތެދުވެވުނެވެ. އަވްޝަން ވާހަކަ ދައްކާނެ އިރަކަށް އިންތިޒާރުކުރެވުނެވެ. ކޮޓަރީގެ ދޮރު ލައްޕާލަމުން އައިސް އަވްޝަން ރާނިޔާ ކުރިމައްޗަށް ހުއްޓުނެވެ.

”ޓެސްޓް….” ރާނިޔާގެ ހިތްއަވަސްވެ ވާހަކަ ނުދެއްކުނެވެ. ލިބޭނެ ޖަވާބަކުން އޭނަގެ އުއްމީދުގެ ހުޅުކޮޅު ނިވިގެން ހިނގައިދާނެއެވެ. ހިތް ހަލާކުވެދާނެއެވެ. ރާނިޔާއަށް އަވްޝަންގެ ދެލޮލަށް ބަލާލެވުނެވެ. އޭރު ހާސްވެގެން ގޮސް އެދެލޮލުން ކަރުނަ ހިލިއްޖެއެވެ.

”ޝްޝްޝް، ކީއްވެ ތި ރޮނީ، ވީ ނީޑް ޓު ސެލެބްރޭޓް….” އަވްޝަން އޭނަގެ މޫނު ރާނިޔާގެ މޫނާ ކައިރިކޮށްލަމުން ބުނެލިއެވެ. ”ރިނީ މަންމައަކަށް ވަނީ އަދި އަހަރެން ބައްޕައަކަށް، އިޓްސް ލައިކް އެ ޑްރީމް ކަމިންގް ޓްރޫ…..” އަވްޝަންގެ ދެލޯވެސް ފެންކަޅިވެގެން ދިޔައެވެ.

”އަލްހަމްދުއްލިﷲ….” ރާނިޔާއަށް އުފަލުން ގޮސް ރޮވުނެވެ. އަވްޝަންގެ ގައިގައި ބައްދާލަމުން ރާނީޔާއަށް ކަރުނައިގެ ތެރޭން ހިނިތުންވެވުނެވެ. ބަލިވެދާނެ ކަމަކަށް އޭނަ ހީވެސް ނުކުރެއެވެ. މައްސަލަތައް ހުރުމުގެ ސަބަބުން މޭނުބައި ކުރާގޮތްވެ ވަރުބަލިވާން ފެށުމުން އޭނަ ހީކުރީ އެއީ ރޯގާގެ ސަބަބުން ކުރިމަތިވަމުން ދިޔަ އުނދަގޫތަކެއް ކަމަށެވެ. ނަމަވެސް ކަންތައް ވެގެން މިދިޔައީ އޭނަ ހިވޭސް ނުކުރާ ގޮތަކަށެވެ. ހުރިހާ ޝުކުރެއް ހައްޤުވަނީ މާތް ﷲ އަށެވެ.

”ރޫ ގުޅާފަ ވާހަކަދެއްކި ގޮތުން ހީވީ ބޮޑުކަމެއް ދިމާވީހެން، އެހާ އަވަސް އަރުވާލާފައި ގޮސް ރިޒަލްޓް ފެނިފަ އުފަލުން ގޮސް މޮޔަނުވީ ކިރިޔާ….” އަވްޝަން ބުންޏެވެ. ރާނިޔާއަށް ވާހަކަ ދެއްކޭވަރެއް ނުވިއެވެ. އޭނަ އަށް އިތުރަށް ރޮވުނީއެވެ. އަވްޝަން ރާނިޔާ ގެންގޮސް އެނދުގައި ބައިންދަމުން ކަރުނަތައް ފޮހެލަދެމުން ރާނިޔާގެ ނިތަށް ބޮސްދިނެވެ. ރާނިޔާއަށް ދެލޯ މަރާލެވުނެވެ. ފުރަތަމަ ފަހަރަށް ބަލިވެ އިންދާ ދިމާވި ހިތާމަވެރި ހާދިސާ މަތިން ހަނދާން ނައްތާލަމުން އަންނަން އުޅޭ މެހުމާނަށް މަރުހަބާ ކިޔަން ތައްޔާރުވެވުނީ އުފަލާއެކުގައެވެ. އިންތިޒާރުކުރެވެން ފެށުނީ ފުރަތަމަފަހަރަށް ދަރިފުޅު ތޮޅިލާނެ ދުވަހަކަށެވެ. އެލޯބި މޫނު ފެނުމުގެ ނަސީބު ލިބޭނެ ދުވަހަކަށެވެ. އެ ހުނުމުގެ އަޑު ކަންފަތަށް ވިރިގެންދާނެ ދުވަހަކަށެވެ.

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

މުތާ/ ސ.ހިތަދޫ

Level 210 Stories

Other Articles

Previous

އޯގާވީ ހިތަކުން…44

Next

ހައްވާ – 3

Next
August 25, 2014

ހައްވާ – 3

Previews
August 22, 2014

އޯގާވީ ހިތަކުން…44

9 Comments!

  1. mal says:
    August 25, 2014 at 8:04 am

    V reethi mibaives…..waiting 4 next part…..

  2. nin says:
    August 25, 2014 at 10:19 am

    are you trying not to finish this.. comon pity us and lengthen it a bit.. cant wait for the next part

  3. Shaxxxx says:
    August 25, 2014 at 10:54 am

    Hama v salhi mi partvx …………..eagerly waiting for the next part

  4. alyas says:
    August 25, 2014 at 11:32 am

    mashaa allaah. v naic 🙂 ..mi alyas mi stry kee furatham faharu… kee key bunaanee magey kokko yah kiyanee( aushan )
    ehkamaku magey wife ah kiyanee innaaeh nun… ehkamaku mi bayga mivegen midhiya ee magey life ga vegen dhiya gothah….plz mashah dhu’a kodhdhehchey mashah ves baby eh allaah hazurathun dhevvaathoh..magey kayven yah 13 aharuvejje mihaaru bt adhi beybee eh nei bt kurin liben ulhunu…hamadhen buna jehey nee mi magey life ga kanthah dhimaavigothey…thikujjaage thi stry vvvv kamudhey magey fmly ge faraathun thi ukhthaayah vv bodah thenks,,jazaakallaah khair fidhunya valaakira…dhen bunelaanee …thenks… 🙂 .. anehkaa ahrenge life ge kanthah hama ehngigentha thikaha stry eh thi liyelanee…mikahala loabeege vaahaka keyaeh noolhen masheh enireh gaves…bt kamakaa ma bohaasvegen belunu sait akun fenunu stry eh thee.. bt ha vvvv hayraanvi…mashaa allah vvvvvvvv reethi 🙂 ,,… alhethee aharenge fmly a gulhuvaygen liyaa stry ehtha…?

  5. alyas says:
    August 25, 2014 at 11:51 am

    MUTHAA AH

  6. mikko says:
    August 25, 2014 at 1:19 pm

    nice part…..waiting fr the next part……

  7. Aminath says:
    August 25, 2014 at 3:09 pm

    I think you can contact him through facebook. Mostly he did’nt rply any comment now a days.
    Btw mibaives varah reethi muthaa! 🙂

  8. SHAFU says:
    August 25, 2014 at 3:38 pm

    V NYC MI PART VES
    WAITING FOR NEXT PART
    🙂

  9. shul says:
    August 25, 2014 at 4:45 pm

    mutha kive comment ah reply nukurani? kuri part ah kuri suvaaluge javaabu nuves libey, how to contact you? dhen beynun mutha kurin liyunu evelyn vaahaka kiyan pls reply

Comments are closed.

Next Episodeއޯގާވީ ހިތަކުން…46←


All Right Reserved!