“ގާރލް… ޔޫ ވިލް ޑެފިނެޓްލީ ޕޭ ފޯ ދިސް…” ހައިޒަލް އެހެން ކިޔާލިއިރު އެ ތުންފަތްމަތީގައިވީ އެންމެ ރީތި ހިނިތުންވުމެވެ. އެއްއަތުގެ އިނގިލިތަށް އެ ރީތި ތުންފަތުގައި ޖައްސާލިއިރު އެ ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައެވެ. އެއާއިއެކު އެ މަޑު މުށިކުލައިގެ ލޮލުން ފެނިލީ ނުސިޔާނުކަމެވެ. ގޮތްދޫނުކުރުމާއި ހާސިލްކުރަން ބޭނުން ކޮންމެ ކަމެއް ހާސިލްކުރާނެކަމުގެ އަސަރުތަކެކެވެ.
**********************
ބްލޫސް ކޮމްޕެނީގެ އެންޓްރެސް ކުރިމަތީ ހުއްޓިލި ނައިނާ ކުރިމަތިން ފެންނަމުންދިޔަ ފަނަރަ ބުރީގެ އިމާރާތަށް ބަލާލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. ލައިގެން ހުރި ފެހިކުލައިގެ ގަމީސް ދޫކޮށް އޮފީސް ބެލްސްގައި ބެގީ ޖަހާފައިވާއިރު ނައިނާގެ ރީތިކަން ހާމަވެއެވެ. އަރައިގެން ހުރި ހީލްގެ ސަބަބުން އިތުރަށް އިސްކޮޅު ދިގުކަމަށް ދައްކައެވެ. ނިއްކުރިމައްޗަށް ފަން އިސްތަށިކޮޅެއް ވައްޓާލާފައިވާއިރު ވޫލްކޮޅަކުން ފަން އިސްތަށިގަނޑު ހައްޔަރުކޮށްލައިފައިވެއެވެ. ތުންފަތް ފިޔާތޮށިކުލައިން ފަވާލެވިފައިވާއިރު ތުންފަތްމަތީ އެންމެ ރީތި ހިނިތުންވުމެވެ.
މަޑު ހިނގުމެއްގައި ކޮމްޕެނީތެރެއަށް ވަދެގެން ދިޔައިރު ވަށައިގެންވީ މާހައުލަށް ނައިނާގެ ނަޒަރު ދަތުރުކުރިއެވެ. ކޮމްޕެނީގެ ގްރައުޑް ފްލޯރވެސް ހަދާފައިވަނީ ވަރަށްވެސް ޒަމާނީ ފެންވަރަކަށެވެ. ކުރިމައްޗަށްވާގޮތަށް ބޮޑު ރިސެޕްޝަންއެވެ. ރިސެޕްޝަންގެ ފަހަތުގައި ބޮޑު އަކުރުތަކަކުން ރީތި ގޮތަކަށް ބްލޫސް ކޮމްޕެނީ ޖަހާލައިފައިވެއެވެ. ރިސެޕްޝަންގެ ކުރިމަތީވާ ބޮޑު ހުސްޖާގައިގައި އެކި ދިމާލުގައި ސޯފާތަށް ބަހައްޓާލެވިފައިވެއެވެ. އެއްފަރާތެއްގައި ކަރަންޓް ސިޑި ބަހައްޓާލެވިފައިވާއިރު ސިޑީއާއި ދިމާލުގައި މަތީގައި އެލުވާފައިވާ ހުދުކުލައިގެ ބޮޑު ޗާންދަލިޔާއެވެ. ވަށައިގެން ލިފްޓް ބަހައްޓާލެވިފައިވާއިރު ލިފްޓްތަށް ކައިރީ ބޮޑެތި ގަސްމުށިތަކެވެ. ގިނައަދަދެއްގެ ބިއްލޫރި ބޭނުންކޮށްގެން ފާރުތަށް ފަރުމާކޮށްފައިވާގޮތުން އެތެރެ އެކީކަހަލަގޮތަކަށް ލައިޓްތަކާއި ނުލާ އަލިވެފައިވެއެވެ.
ލިފްޓު ނުވަނަ ފްލޯރއަށް ހުއްޓުމުން ނައިނާ މަޑު ހިނގުމެއްގައި ނިކުމެ ވަށައިގެން ނަޒަރު ހިންގާލިއެވެ. އޭރު ވެއިޓިން އޭރިއާ ބަހައްޓާލެވިފައިވާ ގޮނޑިތަކުގައި މަޑުކޮށްލައިގެން ބައެއް ކުދިން ތިބިއިރު ބައެއް ކުދިން ނިމިގެންދަނީއެވެ. ނައިނާ ވެއިޓިން އޭރިއާގެ ސޯފާއެއްގައި އިށީންނަމުން ފައިލް އުނގުމަތީ ބާއްވާލިއެވެ. ކުރިމަތިން ފެންނަން ހުރި އިންޓަރވިއު ރޫމްއަށް ބަލާލަމުން ނައިނާ ހިނިތުންވެލީ އަމިއްލަ ނަފްސަށް ޔަގީންކަންދޭފަދަ ގޮތަކަށެވެ.
******************
އަތުގައި އޮތް ގަލަމުން މޭޒުގައި ޖަހަމުންދިޔައިރު ހައިޒަލްގެ ނަޒަރު ހުއްޓިފައިވަނީ ކުރިމަތީ އޮތް ގަނޑަށެވެ. ދެންމެ ނިކުމެގެންދިޔަ އަންހެންކުއްޖާގެ ނަންއޮތް ގޮޅިއާއި ދިމާލުގައި ނުބައި ފާހަގައެއްލަމުން ހައިޒަލް ގަނޑުން ނަޒަރު ވަކިކޮށްލިއެވެ. އެއާއިއެކު ކަންނެތްގޮތަކަށް ގޮނޑިތެރެއަށް ހަށިގަނޑު ދޫކޮށްލިއެވެ.
“އާރގް… މިއީ ކޮންކަހަލަ ކުދިންނެއްތަ؟ އެއްވެސް ކްރައޭޖެއް ޕޮޓެންޝިއަލްއެއް ހުރީކީނޫން… ބޮޑީގާރޑްސްއަށްވާން އުޅޭއިރު ބަޑިއެއް ފެނިފައި މިއަންހެންކުދިން ހޭނެތޭވަރުވާނެ…” ހައިޒަލް މޭޒުމަތީގައި ގަލަން ޖައްސައިގެން އިނދެ އަތްހަރަކާތްކުރަމުން ވާހަކަދެއްކިއެވެ. އެވަގުތު ހައިޒަލްގެ ހިޔާލަށް ނައިނާ ހިނދުކޮޅަކަށްނަމަވެސް އައީ ކީއްވެކަމެއް ނޭނގުނެވެ. ހައިޒަލް އަވަހަށް ދެފަރާތަކަށް ބޯހޫރާލިއެވެ.
“ވެދާނެ ހައި ފެނިފައި ހޭނެތޭވަރުވަނީކަމަށް…. މިތަނަށް އަންނަ ސަޅި ބިޓުން ފެނިފައި މަށަށްވެސް މިތާ މި އިދެވެނީ ހަމަ ކިރިޔާ… ހައި ރީތި ކުއްޖެއް ނަގައްޗޭ… އެވަރަކުން އައިސް ތިއިނީ އެކަމާއެއްނު…” މިކްޔާލް ވާހަކަދެއްކިގޮތުން ހައިޒަލް ހިނިއައެވެ.
“ވަރެއް އެބަހުއްޓެއްނު… އެކަމް ނަންވާނީ އަހަރެން…” ހައިޒަލް މިކްޔާލްއާއި ދިމާލަށް ބަލާލަމުން ދިމާކޮށްލިއެވެ. “ސެކިއުރިޓީއަށް ރީތި ބިޓެއް އައިސްފިއްޔާ ފައިދާވާނީ ޒިޔާއަށް…” މިކްޔާލް ޒިޔާންއަށް ބަލާލަމުން ބުނެލިއެވެ. އޭރު ޒިޔާން ގަނޑުތަކެއް ތަރުތީބުކުރަން އިނދެފައި ދެއަތުން އަމާންދިންކަން އަންގާލީއެވެ.
“ހިތަށް އަރަނީ ކީއްވެބާއޭ ޑޭޑް ކުއްލިއަކަށް އަންހެން ބޮޑީގާރޑްއެއް ނަގަން ނިންމީ…” ހައިޒަލް ހިތުގައި އުފެދިފައިވާ ސުވާލުކޮށްލިއެވެ. “ވެދާނެއެއްނު މިިސިސް ހައިޒަލްއަށް ކަމަށްވެސް…” މިކްޔާލް އެއްލޯ މަރާލަމުން ބުނެލުމާއިއެކު ހައިޒަލް އޭނާގެ އަތުގައި އޮތް ފައިލްއިން މިކްޔާލްގެ ބުރަކަށީގައި ތަޅައިގަތެވެ. އެވަގުތު ވެއިޓިން އޭރިއާގައި ހުރި ކުއްޖާ ކުއްޖަކަށް ގޮވާލި އަޑު އިވިފައި ދެ ޒުވާނުން ސަކަރާތް ހުއްޓާލައިފައި ސީރިޔަސްވިއެވެ.
ހައިޒަލް އެއްއަތުން ފައިލް ހުޅުވަމުން ކޮފީ ތަށި ތުބުގައި ޖައްސާލިއެވެ. އެވަގުތު އިންޓަރވިއު ރޫމްއަށް ވަތް އަންހެންކުއްޖާ ފެނިފައި ހައިޒަލް ބޯންއިން ކޮފީ ފޮދު ކަރުތެރޭ ތާށިވިފަދައެވެ. ވަގުތުން ކޮށިއެރިއިރު ކެއްސަމުން ކަހަލަ ގޮތަކަށް ހައިޒަލް ކޮފީތަށި ތުބުން ދުރުކޮށްލިއިރު ވަގުތުން ފުންމައިގެން ގޮނޑިން ތެދުވިއެވެ. އޭރު ނައިނާ ހުރީ ދޮރުން އެތެރެވިގޮތަށް ހުއްޓުން އަރާފައެވެ. ހައިޒަލް މިތަނުން ފެނުމުން ލިބިފައިވާ ހައިރާންކަން ބޮޑުކޮށްލެވިފައިވާ ދެލޮލާއި މޫނުމައްޗަށް އަރާ ފައިބަމުންދިޔަ ކުލަވަރުތަކުންވެސް ހާމަކޮށްދިނެވެ.
“ޔޫ… ކަލޭ…” ނައިނާއާއި ހައިޒަލް ހަޅޭލަވައިގަތީ އެކުއެކީގައެވެ. އެއަޑު ބާރުކަމުން މިކްޔާލްއާއި ޒިޔާންގެ ކަންފަތްމަތީ އަތްއަޅާލަން މަޖުބޫރިވިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.






Me first dhw..kiyaalaafa comment eh kohlaanan insha allah ❤❤????
yeah ??
Good Morning????Finally here is the 6th part. this part will be a bit short… i am very sorry for that.ryyt now i am a very busy????insha allah i will try to upload next part a bit longer???? feel free to comment about the story… readers comment will be the improvements for the story???? n thnks for the support… hope readers will like this part too… ????Next part will be uploaded on tuesday insha allah…??????✨looking forward to hear from the readers?????????
Me first dhw… Story v.nice….???? love it!!! Bt kudhakoh kuru . Anen hen awsm!!!????
heheh yeah… thnks..???? kurukoh geness deefai evanee time nulibuneema. readers ehaa gina vaguthu inthizaaruga nubaatiban vegen avahah upkohladinee…????? rasmee duvassvaru veema v bxee???… next part will be long insha allah?????????
Masha Allah mi partves vvvv reethi ekamaku thankolheh kury ehme kiyaahihvi hisaabun nimuny waitin next part
thnks….??? lets c what will happen ?????
V luvly mi prt vx… Dhiraa…. Luv kyp up the gud work…. Whn nxt part, ???????????????????
thnks…????? kurin vx bunihen tuesdayga up kohladeynan insha allah??????
I understand it!? No worries!!!
thnks?????
Omg omg ????aslu ves hardha reechey mi story ❤️❤️❤️❤️❤️❤️ Vv kiyaa hiy vaa gothakah mi story ge misraab mi dhany??? please avahah up kohdheh chey… kiyaa hithun keh vanyeh noon v ya…love it a lot ?????
hehehehehehe…….. thnks…..??????? insha allah v avahah upkohla deynan.? be patient???✨?
???waiting ingey
hahaah yeah ????
Haadha kurey… Ekamu v salhi ingey…
thnks…..??? kurukoh genessdeefai evanee time nulibuneema…? insha allah nnext part digukoh genessdeynan??
mi vaahaka varah reethi…ur a very good writer…btw what is ur real name
thnks????my name is dhiraa???✨✨?
salhi vaahaka