Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވާނަން އެކީ…3

Faathii Flower Level 1
July 24, 2019 4 Mins Read
21 Comments

އިރު ފެނުން ތޮޅެލީ އެކި މީހުންގެ ދިރިއުޅުމުގައިި އެކިކުލަ ޖައްސަމުންނެވެ. ނާޔާ އާއި ނަކީލް ކައިވެނީގެ ފޮނި ހުވަފެންތައް ދެކެމުންދިޔައިރު އިފްރާ އާއި ރަޔަން ވަނީ ދިރިއުޅުން މަތިން ފޫހިވެފައެވެ. ވައިލެޓް ޕެލެސްގޭގެ ކުޑަ އާއިލާ ހެދުނުގެ ނާސްތާއަށް އިންސާފު ކުރަމުން ދިޔަ އިރު ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަމުންދިިިިިިއައީ އުފާވެރިކަމެވެ. ތަނަށް ވެރިވެފައިވި ހަމަހިމޭންކަން ގެއްލިގެން ދިޔައީ ނަކީލްގެ ހިތްގައިމު އަޑުންނެވެ.” މަންމާ. ބައްޕާ. ނާކީ ވަރަށް މުހިއްމު ވާހަކައެއް ދައްކަންވެފަ އެބައޮތް.” ” ދަރިފުޅާ ކިހިނެއްވީ؟ އަނެއްކާ ކަމެއް ގޯސްވީތަ؟” ނަކީލްގެ މަންމަ، ސިޔާނާ ނުތަނަވަސް ވެފައިވާ ހާލު އޭނަގެ ފުރާނަފަދަ ލޯބިވާ ދަރިފުޅާއި ވާހަކަ ދެއްކިއެވެ. އެއާހިލާފަށް ނަކީލްގެ ބައްޕަ، ނާހިދުގެ މޫނުމަތީގައިވީ ލާނެތް ހިނިތުންވުމެކެވެ. ނަކީލް ދައްކަން އުޅޭ ވާހަކަ ނާހިދަށް އެގޭކަހަލައެވެ. ނަކީލަށް ނާހިދުއާ ދިމާއަށް ބަލާލެވުނީ ނާހިދު ބަހެއް ނުބުނެ އިނުމުންނެވެ. ނާހިދަށް އެކަން އިހުސާސްވީ ކަންނޭގެވެ. އޭނަ ބޮލުގެ އިޝާރާތުން ކުރިއަށް ދާށޭ ބުނެލީ ހިނިތުން ވުމަކާއި އެކީގައެވެ. ” ނާކީވަރަށް ގަޔާވާ ކުއްޖަކު އެބަހުރި. އެއީ ވަރަށް އަޚްލާގު ރަނގަޅު ދީންވެރި ކުއްޖެއް. ޝީ އޯލްސޯ ލަވްސްމީ. މިހާރު އެ ކުއްޖާ ކިޔަވައިވެސް ނިމިއްޖެ. ޝީ އިސް އޭން އޮޕްތަމަލޮޖިސްޓް. އެންޑް ވީ ވޯންޓް ޓު މެރީ އޭސް ސޫން އޭސް ޕޮސިބަލް އިފް އަވަރ ޕޭރެންޓްސް އާ އޯކޭ ވިތް އިޓް.” ނަކީލް ވާހަކަދެއްކީ ނޭވާ ހިފަހައްޓައިގެން ހުރެއެވެ. ނާހިދަށް ކެތްވީ އިރުކޮޅަކަށެވެ. އޭނަގެ ހުނުމުގެ އަޑުން ސިޔާނާއަށާއި ނަކީލްއަށް ހުއްޓުން އަރާފައި ބަލަން ތިބެވުނީއެވެ. ” ހެހެ. ދަރިފުޅު ހާދަ ބިރުގެންފަ. ބައްޕައަށް ރޭގަ ތިކަން އެގިއްޖެ. ބައްޕަ ނާކީއާ ވާހަކައެއް ދައްކާލަން ތިކޮޓަރިއަށް ދިޔައިރު ދަރިފުޅު މާ ހެވިފަ ފޯނުން ވާހަކަ ދައްކާތީ މަޑުކޮށްލެވުނީ އިރުކޮޅަކު. ދަރިފުޅާ. މަންމައާއި ބައްޕައަށް އެންމެ މުހިއްމީ ދަރިފުޅުގެ އުފާ. ބައްޕަމެން ދަރިފުޅުގެ ނިންމުމަކަށް ދެކޮޅެއް ނުހަދާނަން ދޯ ސިޔާނާ ؟” ނާހިދު އޭނަގެ ވާހަކަ ނިންމާލީ ސިޔާނާއަށް ދޯ ދެމުންނެވެ. ސިޔާނާވެސް ނާހިދުގެ ވާހަކައަށް އެއްބަސް ވަމުން އިތުރުކޮށްލިއެވެ. ” ދަރިފުޅާ. ކައިވެންޏެއް ކުރާއިރު ދަރިފުޅަށްވެސް އެގެންވާނެ ތީ މުޅި އުމުރަށް އެކީގައި އުޅުމަށް ވެވޭ ވައުދެއްކަން. މަންމަމެން ދަރިފުޅަށް އިތުބާރު ކުރަން. ދެން އެކުއްޖާ އެކުއްޖާ ނުކިޔާ މަންމަގެ ވާން އުޅޭ ދަބިދަރީގެ ނަންބުނެބަލަ؟” ނަކީލްގެ ހިތް އުފަލުން ނަށައިލީ އޭނަގެ މަންމައާއި ބައްޕަގެ ރުހުން ލިބުމުންނެވެ. “ނާޔާ” ނަކީލްގެ ދުލުން އިވިގެންދިޔަ ލަފްޒާ އެކީ ނާހިދު އަގަޔައްލި ރޮށި ކޮޅު އޭނަގެ ކަރުތެރޭގައި ތާށިވިކަަހަލައެވެ. ދާދި ދެންމެ އަކާޖެހެންދެން އެމޫނުމަތިން ފެންނަން ހުރި ހިނިތުންވުން ގެއްލިގެން ގޮސް އެ މޫނުމަތިން ފެންނަން ހުރީ ހާސްކަމެވެ. ނަމަވެސް ސިޔާނާ އާއި ނާހިދުގެ ރުހުން ލިބުމުން އުފާވެފައި އިން ނަކީލަށް އެކަން ފާހަގަނުކުރެވުނެވެ.

ލައިފައިވާ ކަޅުއަބާޔާގެ މަތިން ހުދުކުލައިގެ ކޯޓެއް އަޅައިފައިވުމުން ޒިންމާދާރު ވައްތަރުޖަހައެވެ. މަޑު ފިޔާތޮށި ކުލައިގެ ޝޯލްއަކުން ނާޔާގެ އިސްތަށިގަޑު ވަނީ ނިވާކުރެވިފައެވެ. ނާޔާ އަވަސްވެގަތީ ވަޒީފާއަށް ނުކުންނަ ފުރަތަމަ ދުވަހު ގަޑި ނުޖެހި ދެވޭތޯއެވެ. ބަދިގޭގައި އަވަދި ނެތިވެ މަސައްކަތުގައި އުޅެމުންދިޔަ ލީނާއަށް ނާޔާ ފެނުމުން އޭނަގެ ހިތް އުފަލުން ފުރުނެވެ. ކޮންމެ މަޔަކާއި ބަފައެއްގެ އުއްމީދަކަށްވެސް ވާނީ އެ މީހުންގެ ދަރިން މުޖުތަމައުގައި ބޭނުންހިފޭ ބަޔަކަށް ހެދުމެވެ. މިއަދު ލީނާއާއި ނާސިރުގެ އުއްމީދުވަނީ ފުރިހަމަވެފައެވެ. އެދެމީހުން އަހަރުތަކެއް ވަންދެން ދެކެމުން އައި ހުވަފެނުގައި ވަނީ ކުލަޖެހިފައެވެ. “ދަރިފުޅާ ސައިނުބޮއެތަ ތިދަނީ.؟” ބޫޓުތައް ބަހައްޓާފައިވާ ހަރުގަނޑު ކައިރީ ނާޔާ ހުއްޓިލުމުން ލީނާ ކަންބޮޑުވެފައި ނާޔާއާއި ވާހަކަދެއްކިއެވެ. “މަންމާ. ނާއްކޮ ގަނޑިޖެހެނީ. ކާންޓް ވެއިޓް. ލަވްޔޫ މޯމް.” އެއްފަށްޗަކަށް ހުރިހައި ވާހަކައެއް އަމުނާލުމަށް ފަހު ނާޔާ އަވަސްވެގަތީ ގަނޑިނުޖެހި ވަޒީފާއަށް ދެވޭތޯއެވެ. ލީނާއަށް ދެފަރާތަށް ބޯ ހޫރުވައިލެވުނީ އޭނަގެ ދަރިފުޅު އަދިވެސް ބަދަލުނުވާކަން އިހުސާސް ކުރެވުމުންނެވެ. ގަނޑިއަކަށް ތަނަކަށް ދާންޖެހޭނަމަ އެއީ އަބަދުވެސް އޭނަގެ އާދައެވެ.

މެންދުރު އެންމެ ހޫނުގަދަ ވަގުތެވެ. އޭޑީކޭ ހޮސްޕިޓަލްކައިރީ ހުއްޓުނު ކަޅުކުލައިގެ ކާރުން ފޭބި ނަކީލްގެ މޫނުމަތީގައި ވަނީ މާނަފުން ހިނިތުންވުމެކެވެ. ނަކީލްގެ އަތުގައި އެކިކުލައިގެ މާތަކުން ޖަރީކުރެވިފައިވާ މާބޮޑިއެއް އޮތެވެ. އިރުކޮޅަކު އެމާބޮޑިއަށް ބަލަންހުރެފައި ނަކީލް އޭނަގެ ފޯނުނަގައި މީހަކަށް ގުޅައިފަަައި ތަންކޮޅެއް ދުރުގައި މަޑުކޮއްލިއެވެ. ނަކީލްގެސަމާލުކަން ހޯދީ މަޑުހިގުމެއްގައި އެދިމާލަށް ހިގައިފައި އައި އަންހެން ކުއްޖާއެވެ. ދެ އަހަރުފަހުން ނާޔާ ފެނުމުން ނަކީލްގެ ހިތް އުފަލުން ފޮޅިފައިވާ ކަހަލައެވެ. ނާޔާގެ ހާލަކީތޯއެވެ. ދެ އަހަރުފަހުން އޭނަ އެންމެ ލޯބިވާ މީހާފެނުމުން ނާޔާ ހުރީ ހެވިދިއްލިފައެވެ. ވާނީވެސް އެހެންތާއެވެ. ނަކީލަކީ ނާޔާގެ ފުރަތަމަ ލޯތްބެވެ. ” ހެއި ބޭބީ ގާރލް. މިސްޑް ޔޫ އަ ލޮޓް. ހިއަރސް އަ ސުމޯލް ގިފްޓް ފޯ މައި ބޭބީ ގާރލް.” ނަކީލްގެ އަތުގައިވި މާބޮނޑި ނާޔާއާއި ދިމާއަށް ދިއްކުރަމުން ނަކީލް ވާހަކަދެއްކިއެވެ. “ނާކީ… އައެމް ނޮޓްއަ ބޭބީއޭ… އައި މިސްޑް ޔޫޓޫ.” ނަކީލްގެ ނަމުގައިވި އަކުރުތަކަށް ދަމާލުމަށް ފަހު ނާޔާ ބުނެލިގޮތުން ނަކީލްގާތަށް ހިނިއައި ނަމަވެސް ނަކީލް އޭނަގެ ހިނިގަނޑު މަތަކުރަމުން ވާހަކަ ދެއްކިއެވެ. ” ބޭބީ ވައްތަރަށް އުޅެންޏާ ބޭބީ އޭ ނޫންތަ ކިޔާނީ. ދެން މި މާބޮޑީގަ ހިފާބަލަ މައި ބޭބީ ގާރލް” ނަކީލް ނާޔާގެ މަޑު އަތްތިލައިގައި ހިފާލަމުން ވާހަކަދެއްކިއެވެ. ނާޔާ ހެވިފަަިިއިި ހުރެ އޭގައި ހިފިކަމުގައިވައަސް އޭނަގެ ހިތްވަނީ ނުތަނަވަސް ވެފައެވެ. “ނާކީ. ނާއްކޮ ބިރުގަނޭ މަންމަމެން ނުގަބޫލުވެދާނެތީ. އައި ލަވް ޔޫ ސޯމަޗް އައިޑޯންޓް ވޯންޓު ލޫސް ޔޫ.” ނާޔާގެ ވާހަކަ ނިމުނުއިރު އެރީތި ދެލޮލުގެ އެސްފިޔަތައް ވަނީ ތެމިފައެވެ. ” މައި ބޭބީ ގާރލް ޑޯންޓް ކްރައި. ان شاء اللہ މަންމަމެން ގަބޫލުވާނެ. އެނީވޭސް ނާކީގެ މަންމަމެން އޯކޭ. އައި ޓޯކްްޑްް ދެމް.” ނާޔާގެ ކަރުނަތައް ފޮހެލުމަށްްްްްްފަހު ނަކީލް ބުނެލީ ނުހަނު އޯގާތެރި ކަމާއެކުގައެވެ.

ހުދުކުލަ ލެވިފައިވާ ކޮޓަރީގެ ކޮންމެ ދިމާއަކަށް ބެެެެެެެެެެެެެެެެެލިކަމުގައިވިއަސް ފެނިގެންދަނީ ސާފުތާހިރުކަމެވެ. ކޮޓަރީީގައި ބެހެއްޓިފައިވާ ކިންގު ސައިޒު އެދުގައި އިން އިފްރާގެ ނަޒަރުހުއްޓިފައިވަނީ އެދުމަތީގައި އޮތް ފޮޓޯގަނޑަކަށެވެ. އެފޮޓޯގައިިވާާ އަންހެންކުއްޖާ ލައިފައިވާ ހުދުކުލައިގެ ވެޑިން ހެދުމުގައި އެކުއްޖާ ފެންނަނީ ނުހަނު ހިތްގައިމުކޮށެވެ. އެ ކުއްޖާގެ އަތުގައި ހިފަހައްޓައިގެން ހުރި ޒުވާން ފިރިހެން ކުއްޖާގެެ ފިރިހެންވަންތަކަންވެސް ވަނީ އެތައްގުުނަަައަކަށް އިތުރުވެފައެވެ. އިފްރާ ސިހިގެންދިޔައީ ކޮޓަރީގެ ދޮރުގައި މީހަކު ތަޅައިގަތް އަޑަށެވެ. އިފްރާ އޭނަގެ ލޮލުންފައިބަމުންް ދިޔަ ކަރުނަތަށް ފޮހެމުންގޮސް ދޮރުހުޅުވައިލިިިއިިރުު ކުރިމަތީގައި ހުރި ލީނާއާއި ނާސިރު ފެނުމުން އޭނައަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ” ދަރިފުޅާ. ކިހިނެއްވެފަ ތިހުރީީ. އެތެރެއަށް ވަންނާށެކޭ ނުބުނާނަންތަ؟” ލީނާ އިފްރާގެ މަޑުއަތްތިލައިގައިި ހިފާލަމުން ބުނެލީ އޯގާވަންތަކަަަަަމުން ފުރިގެންވާ އަޑަކުންނެވެ. އިފްރާއަށް ހަމަބިމަށް އާދެވުނީ ދެނެވެ.” ލީންތާ. ބޭބޭ. ކިހިނެއްވީީ؟” ލީނާއާއި ނާސިރުއަށް އެތެރެއަށް ވަނުމަށް އިޝާރާތްކުރަމުން އިފްރާ ބުނެލިިއެވެ. ގިނައިރު ރުއިމުގެ ސަބަބުން އިފްރާގެ އަޑުވަނީީ ކުރަކިވެފައެވެ. ލީނާއާާއިި ނާސިިރުުގެެ ކުރިމައްޗަށްވާގޮތަށް އިފްރާ ކޮޅަށް ހުރިއިރު ނާސިރުއާއި ލީނާ އެދުގައި އިށީދެގެން އިނެވެ. ” ދަރިފުޅާ އިފޫ. މިއަދު ދައްތައާއި ބޭބެ މިއައީ ވަރަށް މުހިންމު ވާހަކައެއް ދައްކާލަންވެގެން. އިފޫ. ދައްތައާއި ބޭބެއަށް އިތުބާރުކުރަންތަ؟” ލީނާގެ ސުވާލުން އިފްރާގެ ހިތްނުތަނަަަވަަސްވި ނަމަވެސް ހިއްވަރުކޮށްފައި އިފްރާ ވާހަކަދައްކަންފެށިއެވެ.” ލީންތާ. އިފޫ ދުނިޔެއަށް އެކަނިވިދުވަހު އިފޫއަށް އެހީވީ ލީންތައާއި ބޭބެ. ދެންކީއްވެ އިފޫ އިތުބާރުނުކުރަންވީ. އިފޫއަށް އާއިލާއެއް ހޯދަދިނީީ ލީންތައާއި ބޭބެ. އިފޫ ދެކޭގޮތުގައި ލީންތައާއި ބޭބެއަކީ އިފޫގެ ދެވަނަ މައިންބަފައިން. ކޮންމެ ކުއްޖަކުވެސް އެ ކުއްޖެއްގެ މަންމަ އާއި ބައްޕައަށް އިތުބާރު ކުރާ ފަދައިން އިފޫވެސް އިފޫގެ ދެވަނަ މަންމައާއި ބައްޕައަށް އިތުބާރުކުރަން.” އިފްރާގެ ވާހަކަތަކުން ލީނާއާއި ނާސިރު ހިތްހަމަޖެހިފައިވާކަން އަންގައިދެނީ އެދެމީހުންގެ ހިނިތުންވުމެވެ. ” ބޭބެގެ ވަރަށްގާތް ރައްޓެއްސެއްގެ ފިރިހެން ދަރިފުޅަކީ އިފޫ އާއި އެއްއުމުރެއްގެ ކުއްޖެއް. އެކުއްޖާއަކީ ޕައިލެޓެއް. އޭނަވެސް ކުރިންވަނީ ކައިވެންޏެއްް ކޮށްފައި. ނަމަވެސްް ކޮންމެވެސް ސަބަބަކާހެދި އެކައިވެންްޏަަށްް ދަރިއަކު ލިބުނުފަހުން އެކައިވެނަަ ވަނީ ރޫޅިފައިި” ނާސިރުގެ ވާހަކަ މެދުކަޑާލަމުން ލީނާ ވާހަކަދެއްކިއެވެ.” ލީންތައާއި ބޭބެ ބޭނުންވަނީ ދަރިފުޅު އެފިރިހެންް ކުއްޖާއާއި އެކީ ހަޔާތެއް ފެށުން.” ލީނާގެ ވާހަކަތަކުން އިފްރާގެ ހިތަށް ނުބައިގޮތެއްް ވެގެންދިޔައެވެ. އިފްރާއަށް ބަލައިލެވުނީ އެދުމަތީގައި އޮތް އޭނައާއި އަކްމަލްގެ ކައިވެނީގެ ފޮޓޯގަނޑަށެވެ. އިފްރާގެ ހިތުގައިވިި އެއްޗެއް ލީނާއަށް ވަހުމްވީކަންނޭގެވެ. ލީނާ އިފްރާގެ އަތްތިލައިގައި މަޑުމަޑުން ހިފާލަމުން ވާހަކަ ދެއްކިއެވެ. ” ދަރިފުޅާ އިފޫ. ދައްތައަށްވެސް އެގޭ އަކްމަލް މަތިން ހަދާން ނައްތައި ނުލެވޭނެކަން. އެއީ ނަމޫނާ ފިރިއެއް. އެކަމަަކުު އިފޫ ދެން ތިހެން އަބަދު ރޮއި ހިތާމަ ކުރިއަސް އަކްމަލްއަށް މިި ދުނިޔެއަކަށް ނާދެވޭނެ. ކޮންމެ އިންސާނަކަށްވެސް އެދުވަސް އަންނާނެ. ދަރިފުޅާ ދަރިފުޅުގެ މުސްތަގުބަލް އުޖާލާވާނީ ދަރިފުޅު އަލުންް އެހެން ކައިވެންޏެއް ކުރުމުން. ދަރިފުޅު މިކައިވެނި ކުރާނަންތަ؟” އިފްރާ ފުންނޭވާއެއް ލުމަށްފަހު ހަމަޖެހިލަމުން ބޮލުގެ އިޝާރާތުން އާއެކޭ ބުނިނަމަވެސް އެެ ކައިވެނިި ކުރަންް އޭނަ ބޭނުންނުވާކަން އެ ދިގު އެސްފިޔަތކުގެ ފަހަތުގައި ފޮރުވިފައިވާ ކަރުނަތައް ހެކިވެއެވެ. ލީނާއާއި ނާސިރު އޭނާއަށް ވެދިން އެހީތަަކުގެ ސަބަބުން އިފްރާއަށް އެދެމީހުންގެ އެެ އެދުމަށް އިންކާރު ކުރަން ނުކެރުނީ ކަންނޭގެވެ. ލީނާއާއި ނާސިރު ހިނިތުންވެފައިި އެކޮޓަރިން ނުކުމެގެން ދިޔަކަމުގައިވިއަސް އިފްރާގެ ހިތްވަނީ މާޔޫސްވެފައެވެ. އަކުމަލް ނޫން އެހެން މީހަކަަށްް އެހިތުން ޖާގައެއް ދެވިދާނެ ހެއްޔެވެ؟. އެހެން މީހެއްގެ އުފަލަށްޓިކައި ކުރާ އެކައިވެނި ބާއްޖަވެރިވާނެބާއެވެ.؟ ނޫނީ އެކައިވެނި ވެގެންދާނީ އިފްރާއަށް އިތުރު ވޭނަކަށް ހެއްޔެވެ؟ ގިނައީ ޖަވާބު ނޭގޭ ސުވާލުތަކެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Faathii Flower

Level 1

Other Articles

Previous

ކުށަކާ ނުލާ 16

Next

ލޯތްބެއްގެ ފެށުން 23

Next
July 25, 2019

ލޯތްބެއްގެ ފެށުން 23

Previews
July 24, 2019

ކުށަކާ ނުލާ 16

21 Comments!

  1. Yaako? says:
    July 25, 2019 at 9:11 am

    Yeyyy me first??????????vvv reethi mi story???????? MashaAllah kurin comment nukuriass abdhuves kiyanmi story ????umeedhu kuran daily koh upp kodheynekama ??? curiously waiting for next part

    1. Faathii Flower says:
      July 25, 2019 at 9:25 am

      Maasha Allah. Comment koh lachhey dhen kiyaalaafa thanks for the nice comment impressed before I could comment u commented hehe
      ❤?

  2. Faathii Flower says:
    July 25, 2019 at 9:26 am

    Hi guys here’s the 3 rd part of my story please read and let me knw my mistakes. Love you all ❤?

  3. Rifu says:
    July 25, 2019 at 9:50 am

    woowww. Vrh reethi. Ma Shaa Allah. Keep it up ingey.

  4. Rifu says:
    July 25, 2019 at 9:54 am

    love you too??

    1. Faathii Flower says:
      July 25, 2019 at 10:42 am

      Thanks for the beautiful comment. ❤?

  5. Meekkomee says:
    July 25, 2019 at 11:16 am

    Varah reethi ?? ?? ?? whn is next part ???

    1. Faathii Flower says:
      July 25, 2019 at 11:25 am

      Thanks for the beautiful comment. Next part Friday ga In Sha Allah.
      ❤?

  6. juma says:
    July 25, 2019 at 12:25 pm

    next part thankolheh dhigukohdheythi plxxx

    1. Faathii Flower says:
      July 25, 2019 at 12:36 pm

      Hehe.. this part is also almost 1000 words. Thank you for the beautiful comment.❤?

    2. Rai says:
      July 25, 2019 at 6:27 pm

      Hey Dhonthy???

  7. jiji says:
    July 25, 2019 at 2:59 pm

    ???V v rythi mi part

    1. Faathii Flower says:
      July 25, 2019 at 6:18 pm

      Thank you for the beautiful comment I was waiting for ur comment hehe ❤?

  8. Jasmine says:
    July 25, 2019 at 3:45 pm

    Masha allah mi part varah lobi next part ves reethi vaane kamah unmeedhu kuran

    1. Faathii Flower says:
      July 26, 2019 at 1:49 am

      Thanks for the beautiful comment. ❤?

  9. Rai says:
    July 25, 2019 at 6:29 pm

    wow varah reethi.Dhontha bunihen Next part dhigu kohdhehchey????

    1. Faathii Flower says:
      July 25, 2019 at 7:09 pm

      Thanks for the beautiful comment will try my best to write more
      ?❤

  10. 1234 says:
    July 26, 2019 at 7:53 pm

    Wow vara reethi
    Next part avaha up kodheche

    1. Faathii Flower says:
      July 27, 2019 at 8:34 pm

      Thanks for the beautiful comment. ❤?

  11. Black butler says:
    July 27, 2019 at 10:06 pm

    Masha Allah varah reethi

    1. Faathii Flower says:
      July 27, 2019 at 10:38 pm

      Thanks for the beautiful comment ❤?

Comments are closed.

Next Episodeވާނަން އެކީ…4←


All Right Reserved!