Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ…………! (12 ވަނަ ބައި)

Ishaaa Level 210 Stories
March 17, 2019 3 Mins Read
10 Comments

” މިހާރު ނިކަން ހަމަޖެހިލައިގެން ތިބެގެން ދޮންތަބެ ބުނީމައި ފަހަރަކު މީހަކު ވީގޮތް ކިޔައިދޭނީ! އެނގޭ! ދެން އެކަކުވެސް ނުވާނެ އަނެކަކު ވާހަކަ ދައްކާއިރު އެއްވެސް ވާހަކައެއް އޭގެ ތެރެއިން ފައްޓައިގެނެއް! އެންމެނަށްވެސް ވާހަކަދައްކަން ފުރުސަތު ލިބޭނެ! އެހެންވީމައި އެންމެ ފުރަތަމަ އިޝްކޮ ކިޔައިދީ ކަން ހިނގިގޮތެއް! މިތިބަ ދެ ފިރިހެނުންނާއިމެދު ތި ކުރެވޭ ޝައްކެއް ކުރެވޭ ސަބަބަކާއި ވެސް އެކު!” އިޒާން ހަގީގަތުގައި އިނީ މާ ސީރިއަސް ވެގެނެއް ނޫނެވެ. އޭނާ އައިސް ގެއަށް ވަނީ އިޝްރާމެން ފަހަތުންނެވެ. އެމީހުން ގެއަށް ވަންތަނާ އައިހަމްމެންގެ މޫނުމައްޗަށް އެރި ކުލަވަރުން ހިނިއައިސްފައި ބަލަން ހުރެވުނީ އެވެ. އެވަގުތު އިޝްރާ ވާހަކަދައްކަން ފެއްޓުމުން އިޝްރާ އެކަން ކުރިއަށް ގެންދާނެ ގޮތެއް ބަލަން ހުރެފައި ވަނީ އެއްބައި އަޑުއިވުނު ކަމަށް ހަދައިގެންނެވެ. ނަމަވެސް ހަގީގަތުގައި އޭނާ ބޭނުންވީ އެކުދިން ޝޯއަށް ދާންވާއިރަށް އެކުދިންގެ މޫޑު ރަނގަޅުކޮށް ހުރިހާ ހާސްކަމެއް ސިކުނޑިން ފިލުވައިލަދޭށެވެ.  އިޒާން އެހާ ސީރިއަސްވެފައި ނެތްކަން އިޝްރާއާއި ލުބްނާއަށް ފާހަގަވި ނަމަވެސް ގަނެފައިހުރި ބިރެއްގެ ބޮޑުކަމުން ދެ ފިރިހެނުންނަށް އެކަމެއް ނޭނގުނެވެ.

ފަހަރަކު މީހަކާއި ސުވާލުކޮށް  ކަންވީގޮތް ރަނގަޅަށް ހޯދަން ކަަމަށް ހެދިގެން އުޅުނު އިޒާން، ދެ ފިރިހެނުން ވާހަކަދައްކަން އިން އިރު މޫނުމައްޗަށް އަރާ ފައިބަމުންދާ ކުލަތައް ރަނގަޅަށް ދިރާސާކުރަން އިންއިރުވެސް ހީވަނީ ހީހީ ފަޅައިގެން ގޮސްދާނެ ހެންނެވެ. އެންމެފަހުން އައިހަމްއާއި ލިބާންއަށް ވާހަކަދައްކަން ފުރުސަތު ދޭން އިޒާން ނިންމީ ވެސް، އޭނާއަށް ލަފާކުރެވިފައި ގޮތައް އެދެމީހުން ވާހަކަ ދައްކައި، އެކަމުގެ ސަަބަބުން އޭނާގެ ބަނޑުތެރޭގައި ގަދަކަމުން ހިފަހައްޓާފައިވާ ހިނިގަނޑު ފަޅައިގެން ހިނގައިދާނެތީއެވެ. ނަމަވެސް ހަމައެކަނި ބޭރަށް ހިނިތުންވުމެއް ދައްކާލައިގެން އެތެރެއަށް ގަދައަށް ހޭން އިނީ އިހަށް އިތުރު މީހަކަށް ޝައްކެއް ކުރުމުގެ އެއްވެސް ފުރުސަތެއް ނުދޭށެވެ. ނަމަވެސް އޭނާއަށްވެސް ކެތްކުރެވޭނީ ވަކިވަރަކަށް ނޫންހެއްޔެވެ ؟ އޭނާއަށް ނުހީ މަޑުކޮށްލެވުނީ އައިހަމް ވީގޮތް ކިޔައިދީ ނިމެންދެނެވެ. ނުހޭން ގަދަދައްކާލައިގެން އިން ނަމަވެސް ފުއްޕާފައިވާ ހަމެއް ފަޅައިގެން ދިޔަހެން އިޒާންގެ ބަނޑުގައި ހަނގުރާމަ ކުރަމުން ދިޔަ ހިނިގަނޑު ފަޅައިގެން ހިނގައްޖެއެވެ.  

ހަމައެވަގުތެވެ. އިޒާން އެކޭ އެއްފަދައިން ނުހޭން ގަދަދައްކާލައިގެން އިން އިޝްރާގެ ބަނޑުގައިވެސް ވަރުގަދައަށް ހަނގުރާމަ ކުރަމުން ދިޔަ ހިނިގަނޑު ފަޅައިގެން ހިނގައްޖެއެވެ. އިޒާން ހޭންފެށުމުން އޭނާއަށް އިތުރަށް ހިނިގަނޑު ހިފަހައްޓައިގެން ނުހުރެވުނީއެވެ.  މި މަންޒަރު ފެނިފައި ވީގޮތް އެނގި ލިބާންއާއި އައިހަމް ދުވެފައި އައިސް އިޝްރާއާއި އިޒާންގެ ގައިގައި ބޮނޑިއެއް އަޅާލިއެވެ. އެވަގުތު ތިރިއަށް ފައިބައިގެން އައި އަލީޒާއަށް މިމަންޒަރު ފެނުމުން ދުވެފައި އައިސް އައިހަމްއާއި ލިބާންގެ ކަންފަތުގައި ހިފައި ކޮޅަށް ޖެހިއެވެ. އުމުރުން ގިނަދުވަސްވީ ނަމަވެސް އެއުމުރުގެ އެހެން އަންހެނުންނަށްވުރެ އަލީޒާގެ ހަށިގަނޑު ވަރުގަދަވެފައި ވިސްނުން ވެސް ތޫނެވެ. މިކަމުގެ އެންމެ ބޮޑު ސިއްރަކީ، އަލީޒާއަކީ ގަވާއިދުން ކަސްރަތުކޮށް އުޅޭ މީހަކަށް ވާކަމެވެ. ކުރިންވެސް އަދި މިހާރުވެސް އަލީޒާއަކީ ގަވާއިދުން ކަސްރަތުކޮށް އުޅޭ، ކެރޭ،  ހީވާގި އަންހެނެކެވެ.

“ޔޭ! ސުޕަރމަމް އިޒް ހިޔަރ! ގޯ ފޯރ އިޓް މަމް!” އިޝްރާ ހީވީ ބަލަން އިން ފޯރިގަދަ މެޗެއްގައި އޭނާ ސަޕޯޓުކުރާ ޓީމުން ގޯލް ޖަހައިގެން އުޅޭހެނެވެ. ފުންމައިގެން ތެދުވެ އަތްތިލަބަޑި ޖަހަން ފެށީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ނަަމަވެސް ލިބާންއާއި އައިހަމްގެ ހާލަކީތޯއެވެ؟ އަޑުގެ ނެތްކޮޅަށް ހަޅޭއްލަވަމުން ދިޔައީ މީހެއްގެ ކަންފަތް ވެސް ފަޅާލަފާނެހާ ބާރަށެވެ. އިޝްރާގެ ސަކަރާތާއި އައިހަމްމެންގެ ހަޅޭކުގެ އަޑު އެކުވެ، ހީވަނީ ގެވެސް ބޮލަށް ވެއްޓިދާނެ ހެންނެވެ.

“އަޅެ މިގޭތެރޭގައި ކިހިނެއްތަ ވެގެން މިއުޅެނީ؟ އަޑުގަދަކަމުން ހީވަނީ މުޅި ގެވެސް ބޮލަށް ވައްޓާލަފާނެހެން ވިއްޔަ! ތިމީހުން އަޑުގަދަކަމުން އިލްކޮވެސް އެ ހޭލީއޭ! ތި އެންމެނަށްވެސް އެނގެއެއްނު އިލްކޮ ނިންދެވުމަކީ ކިހާ އުނދަގޫ ކަމެއްކަން! އަދި އެނގެއެއްނު މީ އިލްކޮ ނިދާ ގަޑިކަންވެސް! އާނ އެހެންޏާފަހެ! އެކުއްޖާ ނިންދަވާފައި ބޭއްވިކަމެއް ނޭނގެ،  އެންމެން އެއްފަހަރާ އަޑުގަދަ ކޮށްގެން ބޯމައްޗަށް ގެ ވެއްޓޭވަރު ކޮށްލާފައި އިލްކޮވެސް ނަގައިފިއޭ! ދެން އަނެއްކާވެސް މިކުއްޖާފުޅު ނިންދުވަން އެހާ ގިނައިރު ނަގާނެ! އަދި މަންމަވެސް މިތާ އެންމެންނަކީ ސަކަރާތްޖަހަން އެބަހުއްޓޭ!” އިލްފް ކޮނޑުމައްޗަށް ލައިގެން އައި އިޝްޔާ ފަތިވަރު އަމުނާލާފައި އިލްފްގެ ރުއިން މަތަކުރެވޭތޯ މަސައްކަތްކުރި އެވެ. ނަމަވެސް އެތައް އިރަކު އުޅެގެން ވެސް އެކަން ކާމިޔާބު ނުވުމުން އިޒާން، އިޝްޔާގެ އަތުން އިލްފް އަތުލައި، ކޮނޑުމައްޗަށް ލައިގެން ކުޑައިރުކޮޅަކު ދެކޮޅަށް ހިނގާލަނިކޮށް، ރޮއެރޮއެ ވަރުބަލިވެގެން އިލްފްއަށް ނިދިއްޖެއެވެ.

“ކޮބާ! ބައްޕަގެ ގާތަށް އާދެވުނީމައި އިލްފްއަށް ވެސް އިނގެޔޭ! އިޝޫ އުޅެއުޅެ ނުނިދި ކުއްޖާ މަގޭ އަތުގައި ޖެހޭއިރަށް ނިދިގެންގޮސް ހަރުވެއްޖެ! އެހެންވެގެންނޭ ޒާން ބުނީ އިލްފް ނިދިއައީމައި ގެނެސް ޒާންގެ އަތަށް ދެށޭ! އިޝޫ އަމިއްލައަށްދޯ ޒާން އަތަށް ނުދޭންވެގެން ތިހާ ވަރަކުން ތި އުޅެނީ! ގައިމު ޒާންގެ އަތަށް ދޭނަމަ 5 މިނިޓު ނުވަނީސް އިލްފް ނިންދަވާލާނަން!” އިޝްޔާގެ އަތަށް އިލްފް ދެމުން އިޒާން އެހެން ބުނުމުން އެންމެންގެ ގާތަށްވެސް ހިނިއައި ނަމަވެސް ނުހީ މަޑުން ތިބެލީ ހީގަތްފިއްޔާ އަނެއްކާވެސް އެ އަޑަށް އިލްފް ހޭލައިގެން ރޮއެގަތްފާނެތީއެވެ.

“ހޫނ! ދެން ޒާން ވެސް ދޭ އަވަހަށް ނަމާދުކޮށްލަން! އެހެންކުދިން ވެސް ދާންވީ ނަމާދުކޮށްގެން ތައްޔާރުވާން! ދެން ކިރިޔާ ކަންނޭނގޭ ގަޑިޖެހެން ވާއިރަށް ތައްޔާރުވެ ނިމިގެން ސްކޫލަށް ދެވޭވަރުވާނީ! އިޝްރާ! ކޮބާތަ ދޮންބެ؟ މިއޮއް ހުރިހާ އިރެއް ވެގެންދިޔައިރު ވެސް ދޮންބެއެއް ނުދެކެން މަންމައެއް! އަނެއްކާ ގޭގައި ނެތީތަ؟” އެންމެން ނަމާދަށް ފޮނުވައިލުމަށް ފަހު އިޝިރްގެ ޚަބަރެއް ނުވާތީ އިޝްރާ ކުރެން އަލީޒާ އަހާލިއެވެ.

“ނޫނޭ މަންމާ! ދޮންބެ ވެއްޖެ މެންދުރު ޕްރެކްޓިސް ނިންމައިލި ގޮތައް ނިދަން ވަދެ! އިޝްކޮއަކަށް ހިއެއް ނުވޭ އިޝްކޮ ގޮވިއަކަސް ދޮންބެ ހޭލާނެއެކޭ! މަންމަ ދާންވީނު ދޮންބެއަށް ގޮވާލަން! ގައިމުވެސް މަންމަ ގޮވައިފިއްޔަކާމު ދޮންބެ ނޯންނާނެ. މިހާރު އިޝާ ނަމާދު ވަގުތުވެސް ވަރަށް ގާތްވެއްޖެއެއްނު؟ އެހެންވެގެން މި ބުނީ! އިޝްކޮވެސް މި ދަނީ މައްރިބު ނަމާދު ކޮށްލަން އަވަހަށް އިޝާއަށް ނުގޮވަނީސް!” އަލީޒާއަށް ރީތީ ހިނިތުންވުމެއް ހަދިޔާކޮށްލަމުން އެހެން ބުނެލާފައި އިޝްރާ އޭނާގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތީ ވަގުތު ފާއިތުވެގެން ނުދަނީސް މައްރިބު ނަމާދު ކޮށްލުމުގެ ނިޔަތުގައެވެ.

ފާޚާނާއަށް ވަދެ ވުޟޫކޮށްގެން އައިސް ނަމާދުކޮށް ނިމުނު ތަނާހެން ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖަހާލި އަޑު އިވުމުން އިޝްރާ ގޮސް ދޮރު ހުޅުވާލިއެވެ. އޭރު ދޮރުމަތީގައި ހުރީ އިޝިރް ފެނުމުން އިޝްރާ ނިތްއަރުވައިލިއެވެ.

“ދޮންބެ މިދަނީ މިސްކިތަށް ދާން! އެހެންވެގެން، ޝޯއަށް ދާން ރެޑީވެ ނިމެންޖެހެނީ ކިހާއިރަކަށްތޯ ބަލައިލަން މި އައީ!” އިޝިރް، އޭނާ އައި ބޭނުން ހާމަކޮށްލިއެވެ.

“08:10 ވާންވާއިރަށް ރެޑީވެ ނިމިގެން ހުންނަންޖެހޭނީ! ވީ ހޭވް ޓު ގޯ ބައި 08:15. ހަނދާންކުރާތި 08:10 އަށްވާއިރަށް ނުނިމިއްޖެއްޔާ 08:15 ވާންވާއިރަށް ސްކޫލަށް ނުދެވޭނެކަން!” އިޝްރާ ބުނެލިއެވެ.

“ތިމީހުންގެ މޭކަޕް ތަކާއި އެއްޗެހި ކުރާވަރަކަަށް ކޮށްފައިވާ ނިންމާތި! ދޮންބެއަށް ހީވަނީ ޝޯ ފެށިގެންގޮސް ނިމޭއިރުވެސް އިޝްމެން ރެޑީވެ ނުނިމޭނެހެން !” އިޝިރް، އިޝްރާގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ. ޖެއްސުމަށެވެ.

“ދެން މާ ވާހަކަ ގިނަނުކޮށް ނަމާދަށް ދޭ! މި ދޮންބެވެސް ކުޑަކުއްޖެއްހެން ހުރެދާނެ ވަގުތު ފާއިތުވެގެން ދަންދެން!” އިޝިރްގެ  ގައިގައި ބޮނޑިއެއް އަޅާލުމަށްފަހު އިޝްރާ އަވަހަށް ދޮރު ލައްޕާލީ އެނޫން ގޮތަކަށް އިޝިރް އެތަނުން ގުޑައިނުލާނެކަން އޭނާއަށް އެނގޭތީއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ishaaa

Level 210 Stories

Never loose hope. Dream high and think outside the box. Look for ways you can achieve your targets and dreams. When there is a will, there is a way. Where there is life, there is hope. So dream high and think creatively till the last breath of your life as you will lways have a chance to achieve them. You'll never know what you can do, unless you give a try. So go and try what you want. There will always be some haters being hateful. Ignore them and hold on to what will help you shine bright. Trust yourself forever and keep shining brightly. -Ishaaa-

Other Articles

Previous

އެނގުމެއްނެތި…21

Next

ވިންދޭ ލޯބި ތީ އެދޭ 37

Next
March 17, 2019

ވިންދޭ ލޯބި ތީ އެދޭ 37

Previews
March 17, 2019

އެނގުމެއްނެތި…21

10 Comments!

  1. jiji says:
    March 18, 2019 at 6:06 am

    Me first dhw..kiyaalaafa comment eh kohlaanan ingey dear????

  2. Malaa? says:
    March 18, 2019 at 6:48 am

    Yay!! Me first dhw!!! Kiyaafa comment kuraanan.. love you ♥️♥️

  3. Kitty says:
    March 18, 2019 at 8:28 am

    Varah reethi mi part ves❤️❤️?.. But seems to be shorter than the other parts.. Still i can understand.. Schwl kanthakaa busy vaanehnu dhw.??. Anyways n, when next part ish dear….hama habbu ingey.. Masha allah ?❤️??❤️??❤️?

    1. Ishaaa says:
      March 20, 2019 at 11:00 am

      Really? But this part is actually the longest. Maybe Kitty when authors be vaahaka keemai heevi going kanneynge thy. Ushaali, Ifoo menge vaahaka than aslu fudhey varakah dhigu. E authors be vaahaka keemai kannneynege thihen thi heevy.

    2. Kitty says:
      March 21, 2019 at 8:21 pm

      Hehe darla.. I never read their stories.. Tbh.. Ur story was so nice that i didn’t notice that this was the longest of all

  4. Malaa? says:
    March 18, 2019 at 9:17 am

    Mi part v.salhi .. bt little short

  5. SCARLET❤ says:
    March 18, 2019 at 12:14 pm

    Heyy dear… Salhi mi prt vec… Ekamu haadha libey mihaaru up kuraaleh… Dhw… Busy vyma vec vaane dhw ehn… Btw I miss u so much ishaa…

  6. Cute Lips says:
    March 18, 2019 at 4:42 pm

    mi firihenun nah makeup kuran neygeythi hyvany eyaky varah gadi thaa kameh hen..

    1. Ishaaa says:
      March 20, 2019 at 11:03 am

      Exactly, Cute lips.

  7. Shaa says:
    March 20, 2019 at 8:44 pm

    When next part?

Comments are closed.

Next Episodeރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ…………! (13 ވަނަ ބައި)←


All Right Reserved!