Skip to content
އެސްފިޔަ

ބުނެދޭށޭ ރުހެމޭ 5

ދުވެފައި ކަހަލަގޮތަކަށް ކްލިނިކް ތެރެއަށްވަދެގެން އައި މަޔާންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ނައިނާ ފެނިފައެވެ. “ޔާން…” ޝަލީން ތެދުވެގެން ގޮސް ހުއްޓުނީ މަޔާންއާއި ދާދި ގާތުގައެވެ. މަޔާން ކަޅުކުލައިގެ ކޯޓްއާއި ފަޔަށްފިޓް ފަޓްލޫނުގައި ހުރިއިރު މޫނުމަތީވި ތާޒާކަމުންވެސް މަޔާން އައީ އޮފީހަށް ދިޔުމަށް ތައްޔާރުވެގެންކަން ޝަލީންއަށް އިނގުނެވެ. ޝަލީން ހެނދުނު ކްލިނިކްގައި މަސައްކަތްކުރާ ދުވަސްދުވަހު މަޔާން ވަޒީފާއަށް ދިޔުމުގެ ކުރިން ޝަލީންގެ ގާތަށް އައުމަކީ އާދައެކެވެ. ޝަލީންގެ މޫނު ދެކިލައިފައި ދިޔުމުން މަޔާންގެ މުޅި ދުވަސް ފުރިހަމަވެގެންދާހެން ހީވެއެވެ.

ޝަލީން މަޔާންއާއި ކުޑަކޮށް ކައިރިވެލުމަށްފަހު މަޔާންގެ ކަރުގައި ބައްދާފައިވާ ޓައި ރީތިކޮށްލަދިނެވެ. އެވަގުތު މަޔާންގެ ނަޒަރު ޝަލީންގެ މޫނަށް ހުއްޓުނުއިރު ޝަލީންގެ މޫނަށް ހިނިތުންވުމެއް ވެރިވިއެވެ. “ވަޓް ބްރިންގްސް ޔޫ ހިޔަރ ޕޮރޮސިކިއުޓަރ މަޔާން…” ޝަލީން ކުޑަކޮށް ހީލަމުން މަޔާންގެ މޭގައި އަތުން ޖަހާލިއެވެ. މަޔާން ބޭނުންވަނީ ދެލޯބިވެރިންގެ އެކަނިވެރި ވަގުތުކޮޅެއްކަން އިނގޭއިރުވެސް ޝަލީން ހުރީ ނޭނގޭކަމަށް ހަދައިގެންނެވެ. އޭރު ނައިނާ ފޯނަށް ނަޒަރު ހުއްޓާލައިގެން އިނީ އެ މަންޒަރުތަށް ނުފެންނަކަމަށް ހަދައިލައިގެންނެވެ. އޭރު އެ ތުންފަތްމަތީވީ ލާނެތް ހިނިތުންވުމެކެވެ. މަޔާންއާއި ޝަލީންގެ ގުޅުމާއިމެދު އޭނަގެ ހިތުގައި ޝައްކުއުފެދިފައިވާތާ ކިތަންމެ ދުވަހެކެވެ.

މަޔާން ޝަލީންގެ އަތުގައި ހިފާ ގާތަށް ދަމާލުމަށްފަހު އަނެއް އަތް ފަހަތަށް ގެންގޮސް ދޮރު ހުޅުވާލުމަށްފަހު ޝަލީންއާއިއެކު ކޮޓަރިތެރެއަށް ދެމިގަންނަމުން ދޮރުލައްޕާލިއެވެ. ދޮރާއި މަޔާންގެ ހަށިގަނޑާއި ދެމެދު ޝަލީން ފިތިގެންދިޔައިރު ޝަލީން ސަލާމަތްވާން ކުރި މަސައްކަތް ވީ ބޭކާރެވެ. އެ ހަކައިތައިގެ އަތް ދޮރުގައި ވިއްދާލައިފައިވީގޮތުން ގުޑުވާވެސް ނުލެވުނެވެ. އެތަށް އިރެއްގެ ބޭކާރު މަސައްކަތަށްފަހު ޝަލީން ހަތިޔާރު ބަހައްޓަމުން މަޔާންގެ މޫނަށް ބަލާލިއެވެ. އޭރު މަޔާންގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވެފައިވެއެވެ. ޝަލީންއަށް ބަލަހައްޓައިގެންހުރީ ކާމިޔާބީގެ ނަޒަރަކުންނެވެ.

“ދެއަރ އިޒް ނޯރ ރެސްކިއު ފްރޮމް މައި ލަވް…. ބޭބީއަށް އެކަން އިނގެންވާނެއެއްނު…” މަޔާންގެ ލޮލުން ފެނުނީ ނުސިޔާނުކަމެވެ. މަޔާންގެ ލުއި ލުއި ބޮސްދިނުންތަކުން ޝަލީންގެ މޫނު ފުރާލުމަށްފަހު ދޫކޮއްލިއިރު ޝަލީން މޫނު ރަތްވެގެންގޮސް މަލެއްފަދައެވެ. އެ ރީތި މޫނަށް ވެރިވެފައިވާ ރަތްކުލައާއި އެކު ރީތިކަން އިތުރުވެފައިވީގޮތުން މަޔާންގެ ހިތްވެސް ފިދާވިއެވެ. މަޔާންގެ ސީރިޔަސް މިޒާޖާއި އެކުވެސް ލާނެތްކަން ކަށީގައި ހިފާލައިފައިވަނީ ޝަލީންގެ ސަބަބުންނެވެ. ލަދުގަތުމާއިއެކު ޝަލީންގެ މޫނަށް ފާއްދާލާ ރަތްކުލައާއިއެކު ރީތިކަން އިތުރުވެގެންދާގޮތުން އަބަދާއިއަބަދު ޝަލީން ރަކިކުރުން މަޔާންގެ އާދައަކަށްވެފައިވެއެވެ. އެ ނުސިޔާނުކަމާއިއެކު ޝަލީން ރަކިކޮށްލާ އެތަށް ވަގުތެއް އާދެއެވެ.

މަޔާން ޝަލީން ގެނެސް މޭގައި ޖައްސާލިއެވެ. އެއަށްފަހު ދުރަށް ދާން ހިނގައިގަތުމަށްފަހު އެނބުރި ޝަލީންގެ މޫނަށް ބަލާލީ ހިތްކަތިލާފަދަ ނަޒަރަކުންނެވެ. އެދެލޮލުން ފެނިލި އަސަރަކުން ޝަލީންގެ ހިތަށް ހާސް އުފާ ލިބުނުފަދައެވެ. އެއާއިއެކު ތުންފަތްމަތީ ރީތި ހިނިތުންވުމެއް ކުޅެލިއެވެ.

******************************

ހަވީރުގެ އެންމެ ހިތްގައިމުވަގުތު ބްލޫ އެޓްމޯސްފިއާ ހޮޓެލްގެ މަތީބައިގައި ޑީޖޭ ލަވައިގެ އަޑުވަނީ ގުގުމާލައިފައެވެ. ޑިސްކޯ ލައިޓްތަށް މުޅި ހޯލް ތެރޭ ހަރަކާތްކުރަމުންދިޔައިރު މާހައުލު ހަލަބޮލިވެފައިވަނީ ދެޖިންސްގެ ޒުވާނުންގެ އަޑުންނެވެ. ގައިގޯޅިވެ ލަވަޔާއި އެއްވަރަށް ފައި ހަމަކުރަމުން ޒުވާނުންތައް ދިޔައިރު ތަރުހީބުގެ އަޑު މާހައުލު ގުގުމަމުންދިޔައެވެ.

ހޯލްގެ އެންމެ ކަނަކަށްވާގޮތަށް ހުރި ސޯފާގައި ހައިޒަލް އިނީ އޭނާގެ ލޯބިވެރިޔާ ޝެރީލްއާއިއެކުގައެވެ. ހައިޒަލްގެ ކޮނޑުގައި ބޯއަޅައިލައިގެން އޮވެ ޝެރީލް ދައްކަމުންދިޔަ ވާހަކައަށް ސަމާލުކަން ނުދީ އިންއިރު އޭނަ އިނީ ޝެރީލްގެ ޝަކުވާތަކުން ބޮލަށް އުނދަގޫވާގޮތްވެފައެވެ. ޝެރީލްމަތިން ފޫހިވެފައިހުރުމުން މިދެތިން ދުވަހުނުފެނި އުޅުނީތީ ޝަކުވާތަށް އިތުރަށް ގިނަވެފައިވެއެވެ.ރައްދުނުދިނުމުން ޝެރީލްގެ ޝަކުވާތަށް ހައްތަހާ ގިނަވާން ފެށުމާއިއެކު ހައިޒަލް ޝެރީލް އޭނަގެ ގަޔާ ދުރުކޮށްލުމަށްފަހު ތެދުވެގެން ދުރަށް ހިނގައިގަތީ ޝެރީލް ގޮވަގޮވާ އޮއްވާ އަޅާލުމެއްވެސް ނެތިއެވެ. ޝެރީލް ހައިޒަލްގެ ފަހަތުން އައިނަމަވެސް ހައިޒަލް ހިނގާލައިފައި ދިޔަލެއް ބާރުކަމުން ޖެހުނީ ދުވާށެވެ. ހޯލްވޭއިން ނިކުތްގޮތަށް ބާރު ހިނގުމެއްގައި އައިސް ހައިޒަލް ލިފްޓްއަށް އަރަމުން ބަލާލީ ގޮތުން ޝެރީލްއަށް ހުއްޓެން މަޖުބޫރުވިއެވެ.

އެވަރުންވެސް ޝެރީލް އެހެން ލިފްޓަކަށް އަރައިގެން ހައިޒަލްއާއި އެއްވަރުކުރުމުގައި ކާމިޔާބުކުރިއެވެ. ލިފްޓު ހުއްޓުމާއިއެކު ޝެރީލް ދުވެފައި ކަހަލަގޮތަކަށް އެންޓްރެސްއިން ބޭރަށް ނިކުތެވެ. އޭރު އެންޓްރެންސްގެ ދޮރުމަތީ ޕާރކްކޮށްފައިވާ ފެރާރީ ކާރު ހައިޒަލް ދުއްވާލަނީއެވެ. ޝެރީލްގެ ލޮލުން ރުޅިވެރިކަން ފެނިލިއިރު ދުވެފައި ކަހަލަގޮތަކަށްގޮސް ކާރުކުރިމައްޗަށް އެރިއެވެ. އެއާއިއެކު ހައިޒަލްއަށް ބްރޭކްގައި ހިފާލެވުނީ ކިރިޔާއެވެ. ކުޑަ ތަންކޮޅެއް ލަސްވިނަމަވެސް ޝެރީލް ކާރުގެ ފުރޮޅު ދަށުވީހެވެ. “ޑޫ ޔޫ ވޯންޓް ޓް ޑައި…” ހައިޒަލް ރުޅިވެރިގޮތަކަށް ހަޅޭލަވައިގަތެވެ. އެއާއިއެކު އަތުކޮޅަށް ކާރުގެ ދޮރުފަތް ޖަހައިލައިފައި އައިސް ހުއްޓިލީ ޝެރީލްއާއި ދާދިގާތުގައެވެ. އޭރު ޝެރީލް ހުރީ ހިނދުކޮޅު ކޮޅުން ބަދަލުވަމުންދާ ހައިޒަލްގެ މިޒާޖު ފެނި ބުނާނެ އެއްޗެއް ނޭނގިފައެވެ.

“ވީއަރ ޑަން…” ހައިޒަލްގެ އަޑުގައިވީ ފޫހިކަމާއިއެކު އެބަސްތައް ބުނެލުމުން ޝެރީލްގެ މޫނުގައި އެތިފަހަރެއް އަޅާ ވިހެލިފަދައެވެ. ޝެރީލްގެ މޫނު ރަތްވެެގެންދިޔައިރު ދަތްތަކަށް ތަދުވާހާ ބާރަށް ދަތްކުނޑިވިކައިގަތެވެ. ހައިޒަލް އެއްވެސް އިހުސާސްއެއް ދައްކާނުލާ ޝެރީލްއަށް ފަސްދީ ހިނގައިގަތީ އޭނާއަށް ނޭނގުނަސް ޝެރީލްގެ ރުޅިވެރިކަމުގެ ހުޅުކޮޅު އިތުރަށް ބޮޑުކޮށްފައެވެ. ޝެރީލް އިރުކޮޅެއްވަންދެން ހުއްޓުން އަރާފައި ހުރުމަށްފަހު ދުވެފައި ކަހަލަގޮތަކަށް ގޮސް ހައިޒަލްއާއި އަރާހަމަކުރިއެވެ. ރުޅިވެރިކަމާއިއެކު ހައިޒަލްގެ އަތުގައި ހިފާ އޭނައާއި ދިމާލަށް އަނބުރާލިއިރު ޝެރީލް ހުރީ އެތެރެއިން އަނދައަނދައެވެ. އޭރު ދެމީހުންނަށްވެސް ތިބެވުނީ ހޮޓެލްއަށް ވަދެވެން އިން ގޭޓް ކުރިމައްޗަށްވާގޮތަށް އޮތް މަގުގައެވެ. “ޑިޑް ޔޫ ޕްލޭ ވިތް މީ… އާންސަރ މީ ޔޫ” ހައިޒަލް ދެވަނަ ފަހަރަށް ފަސްދީ ހިނގައިގަތް ތަނާ ޝެރީލް ފަހަތުން އައިސް ޓީޝާޓްގައި ހިފަހައްޓަމުން ރުޅިވެރިގޮތަކަށް ވާހަކަދެއްކިއެވެ. “ސޯ ވަޓް… އައި ވޯޒް ނެވަރ ސީރިޔަސް ވިދް ޔޫ” ހައިޒަލް ފަރުވާކުޑަގޮތަކަށް ބުނެލިއެވެ.

އޭރު ނައިނާ ފޯނެއްގައި ހުރެގެން އައިސް އެ ހިސާބާއި އަރާހަމަވީއެވެ. ހައިޒަލްގެ ނަޒަރު ނައިނާ ހުއްޓިގެންދިޔައިރު ހިނދުކޮޅަކަށް ދެމިގެންދިޔަ އެވަގުތުކޮޅު އެތަށްކަމެއް ހިނގައިދިޔައެވެ. ޝެރީލްގެ އަތުގެ ހޫނު ހަމަލާ ހައިޒަލްގެ މޫނަށް އަރައިގެންދިޔައިރު ހައިޒަލް ނައިނާއާއި ދުރުވެލިއެވެ. “ޔޫ ޓޫ ޓައިމިން ޖާރކް…”  އެއާއިއެކު ޝެރީލްގެ އަތުގެ ދެވަނަ ހަމަލާ ހައިޒަލްގެ މޫނުމައްޗަށް އަރައިގެން ދިޔައެވެ. އެއާއިއެކު ޝެރީލް ރުޅިވެރިގޮތަށް ހައިޒަލްއަށް ކަޅިއަޅާލުމާއިއެކު ދުރަށް ހިނގައިގަތީ އަރައިގެން ހުރި ހީލްއިން ހައިޒަލްގެ ފަޔަށް އަރާފައެވެ. ހައިޒަލް ކުޑަކޮށް އައުޗްއޭ ކިޔާލިއިރު ތުންފަތްމައްޗަށް ވެރިވި ލާނެތް ހިނިތުންވުމާއިއެކު ނައިނާގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. ނައިނާ ހުރީ ހައިޒަލްގެ އެ ކުއްލި ހަރަކާތުން ލިބުނު ޝޮކްގެ ބޮޑުކަމުން ދެލޯ ބޮޑުކޮށްލައިގެން ފޯނު ކަންފަތުގައި ޖަހާލިގޮތަށް ބުދެއް ފަދައިން ހުއްޓުންއަރާފައެވެ. ލޮލުގެ ކަޅި އެއްފަރާތަކަށް އަމާޒުވެފައިވީއިރު އެ ރީތި ލޮލުގައި ސިހުމެވެ.

“ތެންކްސް ފޯރ ދިސް…” ހައިޒަލް އޭނާގެ ތުންފަތުގައި އިނގިލި ޖައްސާލަމުން ލާނެތްގޮތަކަށް ބުނެލިއެވެ. އެއާއެކު ވޮލެޓް ހުޅުވާލައިފައި ނެގި އެއްހާސް ރުފިޔާގެ ނޫޓްތަށް ނައިނާގެ މޫނާއި ދިމާލަށް އުކާލިއެވެ. އެއާއިއެކު ނައިނާ ހައިޒަލްގެ މޫނަށް ބަލާލީ ގަބޫލުކުރަން ދަތިވެފައިހުރިކަހަލަ ނަޒަރަކުންނެވެ. އެލޮލުން ރުޅިވެރިކަމާއިއެކު ތަފާތު އަސަރެއް ފެނިލިއެވެ. ނައިނާގެ އަތްމުށްކެވިގެންދިޔައިރު އެ ނަަޒަރުން އެކަނިވެސް ހައިޒަލް ފިއްސާލިފަދައެވެ. ދަތްތަށް ޖައްސާ ބާރުކޮށްލިއިރު ރުޅީގެ ސަބަބުން މޫނު ރަތްވެ ލޮލުން ކަރުނަ ފާއްދާލިއެވެ.

ހައިޒަލް އެވަގުތު ފޯނެއް އައިސްގެން ދުރަށް ހިނގައިގަތްތަނާ ނައިނާ ފަހަތުން ކަހަލަގޮތަކަށް އައިސް ހައިޒަލްގެ އަތުގައި ހިފަހައްޓާ އޭނާގެ ފަހަތުން ވާގޮތަށް އަނބުރާލުމަށްފަހު ކޮނޑުދޮށަށް އަތް ލެއްވުމަށްފަހު އުފުލާ ބިމަށް ޖަހާލިއެވެ. ހަރު ޕޭމެންޓް ގާތަށް މަތީ ބުރަކަށި ޖެހުނުގޮތަކުން ހައިޒަލްގެ އަނގަޔަށް ގޮތެއް ހަދާލެވުނުއިރު އުޅަބޮށި ވިދުނުގޮތުން ތަދުވީވަރުން އުޅަބުށީގައި ހިފަހައްޓާލެވުނެވެ. މަޑުމަޑުން އެއްއަތުން ކޮނޑުގައި ހިފަހައްޓާލަމުން ތެދުވެލިއިރު ހައިޒަލްގެ އަނގައިން އަޑެއް ލައްވާލެވުނީ އަތުގައި އަޅަމުންދިޔަ ވޭނެއްގެ ބޮޑުކަމުންނެވެ. އެހާލުގައިހުރެވެސް ވަށައިގެން ނަޒަރު ހިންގާލެވުނީ އެ މަންޒަރު އެހެން މީހަކަށް ފެނުމަށް ބޭނުންނުވިވަރުންނެވެ. ނަސީބަކުން އެވަގުތު މަގު އޮތީ އެއްކޮށް ހުސްކޮށެވެ.

“ތަދުވޭތަ؟ ދަގަނޑުން ހައްދަވާފައި ހުއްޓަސް ތަދުވާނެކަން ޔަގީން… ވީއިރު މިލާރި ހޮސްފިޓަލް ފީއަށް ބޭނުންކޮށްލިއްޔާ މާ ރަނގަޅުވާނެ” ނައިނާ ބިންމަތީ ވިހުރިފައިވާ ފައިސާގެ ނޫޓްތަށް ހޮވާލުމަށްފަހު ހައިޒަލްގެ ގަޔާއި ދިމާލަށް އުކާލިއެވެ. އޭރު ހައިޒަލް ހުރީ އަތަށް ތަދުވަމުންދިޔަވަރުންނާއި ލިބުނު ޝޮކްގެ ބޮޑުކަމުން ބުނާނެ އެއްޗެއް ނޭނގުނެވެ.

“ހީނުކުރައްޗޭ އަންހެންކުދިންނަށްވީމަ ބޭނުން ކަމެއްކޮށްލެވޭނެއޭ… މިތަނަށް މީޑިއާގެ މީހުން އެއްވާވަރު ނުކުރީތީ ތިބޭފުޅާ އުފާކުރަންޖެހޭ… އެހެންނޫންނަމަ މިވަގުތު ނޫސްތަކުގައި އޮތީހީ މަޝްހޫރު ވިޔަފާރިވެރިޔާގެ ދަރިފުޅު ޕްލޭބޯއީ މުހައްމަދު ހައިޒަލް އަލްހާން އަންހެންކުއްޖަކު ބިމަށް ޖަހާލި ވާހަކަ” ނައިނާގެ އަޑުގައިވީ ޖެއްސުމުގެ އަސަރެވެ. މަލާމާތުގެ ނަަޒަރަކުން ހައިޒަލްގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅެއްވަންދެން ހުރެފައި ނައިނާ ހިނގައިގަތީ ކުރެވުނު ކަންތަކާއި ފަހުރުވެރިވެފައި ހުރެގެންނެވެ. ހައިޒަލް ކުރިވަރާއި އަޅާ ބަލާފައި އެވަރުވެސް ކުޑަކަމަށް ނައިނާ ގަބޫލުކުރިއެވެ.

އޭރު ހައިޒަލްގެ ޕާރސަނަލް ދެބޮޑީގާރޑުންކަމަށްވާ ޒިޔަލް އާއި ލާވިން ހޮޓެލްއިން ނިކުމެގެންއައިރު އެ މަންޒަރު ފެނިގެން ދުވެފައި ކަހަލަގޮތަކަށް ހައިޒަލް ގާތަށް އައެވެ. ލާވިން އައިސް ހައިޒަލްގެ ގައިގައި ހިފެހެއްޓިއިރު ޒިޔަލް ދުއްވައިގަތީ ނައިނާގެ އަތުކުރެވޭތޯއެވެ. އެއާއިއެކު ހައިޒަލް އެކަން މަނާކުރިއެވެ. ޒިޔަލް ވަގުތުން ދުވެފައި އައިސް ހައިޒަލްއަށް އެހީވިއެވެ. އެވަގުތު އެދެ ޒުވާނުންގެ މޫނުންވެސް ފެނުނީ ކަންބޮޑުވުުމުގެ އަސަރެވެ. ހައިޒަލް އަމިއްލަ ސެކިއުރިޓީ ދަށްކޮށްލައިގެން އުޅުނަސް މިއަދުގެ ހާދިސާގެ ޒިންމާ އެދެމީހުންގެ ބޮލުގައި އެޅޭނޭކަމަކީ ޔަގީންކަމެކެވެ.

“ސަރ އަރ ޔޫ އޯލްރައިޓް… އަޅުގަނޑަށް ހީވަނީ ބޭރު ފުށުން މާ ބޮޑު އަނިިޔާއެއް ފެންނަންނެތަސް ކައްޓަށް ކަމެއް ވެފައިހުރިތޯ ބަލާލަން އެކްސްރޭއެއް ނަގާލަން ޖެހޭނެހެން… ހޮސްޕިޓަލްއަށް ދުރުންވަންވީނޫންތޯ… ވޫންޑްސް ސާފުކޮށް އެކްސްރޭއެއް ނަގާލަން” ޒިޔަލް ހައިޒަލްގެ އަތް ދެފަރާތަށް ހަރަކާތްކުރުވަމުން ވާހަކަދެއްކިއިރު ޑޮކްޓަރެއްފަދައެވެ. ޒިޔަލް ފޯނު ނަގައިގެން ހޮސްޕިޓަލްއާއި ގުޅަން އުޅުމާއިއެކު ހައިޒަލް އެކަން މަނާކޮއްލައިފިއެވެ. “ލީވް އިޓް ޒިޔަލް” ހައިޒަލް ދެ ޖީބަށް އަތްޖަހައިލައިގެން ހުރެ ހޮޓެލްގެ އެންޓްރެންސްއާއި ދިމާލަށް ހިނގައިގަތެވެ. ލާވިންއާއި ޒިޔަލް ފަހަތުން އަރާ ހަމަކުރުމާއިއެކު ހައިޒަލް އެ ދެޒުވާނުންގެ މޫނަށް ކުޑަކޮށް ބަލައިލައިފިއެވެ. “އެންޑް… މިއަދު މިވީ ކަންތައް އެކަކަށްވެސް އިނގިގެންނުވާނެ” ހައިޒަލް ކުޑަކޮށް ލޯވަށްކޮއްލިއިރު އަޑުގައިވީ އަމުރުވެރިކަމެވެ. ވަގުތުން ލާވިންއާއި ޒިޔަލް އެއްބަސްވިއެވެ.

ހައިޒަލް އެންޓްރެންސްގައި ޕާރކްކޮށްފައި ފެރާރީ ކާރަށް އަރައި ސްޓާޓްކޮށްލިއެވެ. އެވަގުތު ވައަތުކޮނޑުމަތީ އަތުން ހިފަހައްޓާލީ ބިންމަތީ ޖެހުނުގޮތަކުން ކޮޑާއި ދިމާލުން އަތަށް ތަދުވަމުން ދިޔަގޮތުންނެވެ. ނައިނާ އޭނާ ބިމަށް ޖަހާލިގޮތަށް ކަށިތައް ފުޑުފުޑުކޮށްލީހެން ހީވެއެވެ. ހައިޒަލް އަދިވެސް އިނީ އެ ބާރުވެރިކަން އިހުސާސްކުރެވި ފާޑަކަށް ޝޮކެއްލިބިފައެވެ. ނައިނާގެ މިބާރުގަދަ ފަރާތް ފެނި އޭނާ މުޅިން ޝޯޙުކޮށްލައިފިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (20)

  1. jiji

    Me first dhw ❤❤❤..kiyaalaafa comment eh kohlaanan ingey ??????…thanks dhiraa for uploading this prt

    1. dhiraa wish
      jiji

      yeah??anytime

  2. dhiraa wish

    here 5 part.. hope readers will like this part tooo..

  3. R

    Story is good ..
    naina n haizal ge scene is so similar to a club scene of lee min ho n park min young in kd city hunter

    1. dhiraa wish
      R

      thnks….. ?hehehe jst its own view.?? maybe abadu k series balaathee stry liyaairu vx visnun ehn hunanee kamah???

  4. Mary

    Vaahaka varah rythi. Bt ibaaraaih kurumugaa kudhi kudhi mahsala eba huri. Next time gaa ragalhu kohlaane kamah heekuran

    1. dhiraa wish
      Mary

      thnks. insha allah will try aslu testah daan nukuhnamun up kohlaafa nukutheema mistakes hurithww alun kiyaanulevunee

  5. inaak

    Salhi.. Hama vvvv salhi.. alhe nxt prt avahah up koh dhehchey… Waiting for the nxt prt..

    1. dhiraa wish
      inaak

      thnkss…swry… ryyt now i have my course assignmnts and schl wrk too… i need time to upload a new part. i am swry to tell this… ???? insha allah enme lassvegen Tuesdayga upload kohdeynan. ?

  6. Sanaa

    English story ehge translation ehtha mee???

    1. dhiraa wish
      Sanaa

      No its based on my own ideas

  7. AZKA

    baeh thankolhu hamanujehey but overall koh hama habeys

    1. dhiraa wish
      AZKA

      thnks

  8. Laalu

    Mi part vx v nice ingey dhiraa kyp up the gudwork…. Whn nxt prt? ????

    1. dhiraa wish
      Laalu

      thnks. insha allah tuesday ga

  9. Hello

    These scenes I have seen on city hunter
    Korean series ehga

    1. dhiraa wish
      Hello

      hehe bt its owm view??. maybe abadu k series balaathee stry liyaairu e visnun hunanee kamah.??

    2. Aslu vs
      Hello

      Yaaa… This is stry city Hunter aa varah ehgoeh kohfa miothy.. maaginain korean series beliyas enme series akaa miothy ehgoeh vefa..

    3. dhiraa wish
      Hello

      not like tht maybe faharehga chrcters huredaane k series crcters bt its my owwn idea

  10. unknown

    dhiraa wish buneba ma balaane k series eh miulheny balaane series eh neyngigen…almost hurihaa series beluny kanneynge..by the way story hama varah habeys ..keep it up

Comments are closed.