Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

ވާނަން އެކީ…2

Faathii Flower Level 1
March 15, 2019 4 Mins Read
19 Comments

ސިޓިންގ ރޫމުގެ ސޯފާގައި އިން ލީނާ ކެތްތެރިކަމާ އެކީ އިންތިޒާރު ކުރަމުންދިޔައީ އޭނަގެ ފިރިމީހާއާއި ދަރިފުޅު އަންނާނެ އިރަކަށެވެ. އޭނަގެ އިންތިޒާރުގެ ނިމުންއައީ ދޮރުގެ ރަގަބީލުގެ އަޑުންނެވެ. ލީނާ އިފްރާއަށް ގޮވައިލާފައި ހިގައިގަތީ ގޭގެ ދޮރާދިމާއަށެވެ. ދޮރު ހުޅުވާލުމާއެކީ އެ މޫނުގައިވި ހިނިތުންވުން ފަޑުވެ ހައިރާންކަމުގެ އަސަރުތަކުން އެ މޫނުވަށައިލައިފިއެވެ. މީހަކު ފެންނަންނެތް ނަމަވެސް ދޮރުކައިރީ ހުރި ފޮށިތައް ހެކިވަނީ އެތަނަށް މީހަކު އައިކަމަށެވެ. ނޫނީ މީހަކު ޖެއްސުމެއް ކުރީބާއެވެ؟. އެކަމަކު އެކަންކުރާނީ ކާކު ހެއްޔެވެ؟ ގަޑުވެފައިހުރި ލީނާއަށް ސިހިފައި އަގަމަތީގައި އަތް އަޅާލެވުނީ ސަޕްރައިޒް އޭ ކިޔައި އަންހެން ކުއްޖަކު އޭނަގެ ކުރިމައްޗަށް އެރުމުންއެވެ. އެ އަންކުއްޖާ ލައިފައިވަނީކަޅު އަބާޔާއެކެވެ. އަޅާފައިވާ  ގަދަ ފެހި ކުލައިގެ ޝޯލް އެ އަންހެންކުއްޖާގެ ދޮން މޫނާއި ވަރަށް ގުޅެއެވެ. ” ނާއްކޯ. ” ލީނާއަށް ބުނެވުނީ ހަމައެކަނި އެ ލަފްޒެވެ. މުޅި މާހައުލު ހަލަބޮލިވީ އެންމެން އެއްފަހަރާ ހީގަތްއަޑަށެވެ. ލީނާގެ ފުރަގަހުގައި ހުރެ އިފްރާ ހެމުންދިޔައިރު ނާސިރުވެސް ނާޔާ ގާތުގައި ހުރެ ހެމުންދިޔައެވެ. ވެގެން އުޅޭގޮތް ލީނާއަށް ރޭކާލުމުން އޭނައަށްވެސް ހެވުނެވެ. ” އެހެންވީމަ މީ އެންމެންގެ ރޭވުމެއް ދޯ” ލީނާ އޭނަގެ ހިނިގަނޑު މަތަކުރަމުން ވާހަކަ ދެއްކީ ރުޅި މޫނު ހަދައިގެން ހުރެއެވެ. ” ހެހެ ލީންތާ. މީ ހަމަ ނާއްކޮގެ ކަންތައް. އިފޫ ތައްޔާރުވެގެން ތިރިއަށް ދާން އުޅުނުއިރަށް ނާއްކޮ ގުޅާފަ ބުނީ ކޮންމެހެން ހަދާފަވެސް ގޭގެ ދޮރު ހުޅުވަން ޖައްސާނީ ލީންތަ އަށޭ އިފޫ އަހައި އަހައި ވެސް ސަބަބެއް ނުބުނި. އެހެންވެ ލީންތަ ގޮވަންދެން މަޑުކުރީ.” އިފްރާ ލީނާއަށް އޮޅުންފިލުވައިދިނެވެ. އިފްރާގެ މޫނުމަތީގައި ހިނިތުންވުންވި ނަމަވެސް ގިނައިރު ރުއިމުގެ ސަބަބުން އޭނަގެ ލޯވަނީ ކުޑަކޮށް ރަތްވެ ދުޅަވެފައެވެ. ” ދެން މިތާތިބެގެންތަ ހުރިހައި ވާހަކެއް ދައްކާނީ. އަހަރެމެން އެތެރެއަށް ވައްދަބަ ދޯ.” ނާސިރު ނާޔާގެ ފޮށިތައް އުފުއްލަމުން ވާހަކަ ދެއްކިއެވެ. ލީނާ އެއްފަރާތްވެލީ ވަންނާށޭ ބުނާފަދައަކުންނެވެ.

ގިނައަހަރުތަކެއް ފަހުން އަމިއްލަ ވަޒަނަށް އާދެވުމުން ނާޔާއަށް ކުރެވެމުންދިޔައީ ތަފާތު އިހުސާސެކެވެ. ގެއަށް ވަނުމުގެ ކުރީގައި ނާޔާއަށް ފުންކޮށް އެގެއަށް ނަޒަރު ހިންގާލެވުނީ ސަބަބެއް ނެތިއެއް ނޫނެވެ. އެގޭގެ ހަތަރު ފާރުގެ ތެރޭގައި އެތަކެއް ހަދާންތަކެއް ރައްކާކުރެވިފައި ވާތީއެވެ. މިއަދުވެސް އެގެ އެހުރީ މީގެ އަހަރުތަކެއް ކުރިން ހުރިގޮތަށެވެ. އެއްވެސް ތަފާތެއް ނެތެވެ. ” ނާއްކޮ؟ ކިހިނެއްވީ؟” އިފްރާ ނާޔާގެ އަތުގައި ކޮއްޓާލީ ނާޔާ އަދިވެސް ބޭރުގައި މަޑު ކޮށްލައިގެން ހުރީމައެވެ. ކަމެއް ނުވެޔޭ ބުނެ ނާޔާވެސް އަވަސްއަވަހަށް އެތެރެއަށް ދެމިގަތެވެ.

ކޭއެފްސީގެ މޭޒުކައިރީ އިން ޒުވާނާ އިރުއިރުކޮޅާ އޭނަގެ އަތުގައި އަޅާފައިވާ ގަނޑިއަށް ބަލައިލައެވެ. ހީވާ ގޮތުން މީހަކަށް އިންތިޒާރު ކުރަނީއެވެ. އެ ޒުވާނާ ލާފައިވާ ކަނޑު ނޫކުލައިގެ ގަމީހާއެކީ އަޅާފައިވާ ޓައިގެ ސަބަބުން ރަސްމީ ވައްތަރު ޖަހައެވެ. ކޭއެފްސީގެ ތެރެއަށް ވަދެގެން އައި ރަޔަންގެ މިސްރާބު ހުރީ އެޒުވާނާ އިށީދެގެން އިން މޭޒާ ދިމާއަށެވެ. ” މަނިކުފާނަށް އާދެވޭ ވަރުވެއްޖެތައް ” މޭޒުގެ އަނެއް ފަރާތުގައި އިން ޒުވާނާ ހިތްހަމަ ނުޖެހިފައި ވާހަކަ ދެއްކީ އެތަނަށް އައިސް ހުއްޓުނު ރަޔަން އާއެވެ. ރަޔަންއަށް ހެވުނީ އެޒުވާނާގެ މޫނު މަތިން ފެނިގެންދިޔަ ސީރިއަސް ކަމަކުންނެވެ. ” އައްދެ. މިސްޓަރ ނަކީލްއަށް ސީރިއަސް ވާންވެސް އިގޭތަ؟ ރެޔި އަކަށް ނޭގެ ނާކީ ތީ ތިހާ ސީރިއަސް މީހެއް ކަމެއް.” ރަޔަން ، ގޮޑީގައި އިށީންނަމުން ވާހަކަ ދެއްކީ އޭނަގެ އެންމެ ގާތް ރަހުމަތްތެރިޔާ ނަކީލް އާއިއެވެ. ވެއިޓަރު އެތަނަށް އައުމުން ދެ ޒުވާނުންވެސް އެ މީހަކު ބޭނުންވާ އެއްޗަކަށް އޯޑަރުދި ނެވެ. ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ކަޑުވާލީ ނަކީލްއެވެ. ” އައިވޯންނަ ޝެއާ ސަމްތިން ވެރީ އިންޕޯޓެންޓް.އިޓްސް ދެޓް ސޫން  އައިމް ގޮނަ ގެޓް މެރިޑް. ” ނަކީލްގެ ވާހަކަތައް އަޑުއިވުމުން ރަޔަން ހިނިތުންވެވުނެވެ. ” ކޮންގްރާ ބުރޯ. އަސްލުވެސްތަ. ކާކުތަ އެ ނަސީބުވެރިޔަކީ؟. ކޮން އިރަކުން މެރީ ކުރަނީ.” ރަޔަން އެއްފަހަރާ ހުރިހައި ސުވާލެއް ނަކީލްއަށް އަމާޒުކުރިއެވެ. ” އޭ ބުރޯ. ހާދަ އަވަހަށް ނިންމާލަން ތިއުޅެނީ. އަދި އޭނަގެ މަންމަމެންނާ ވާހަކަ ނުދެއްކޭ. ބަޓް ވީ ވިލް ޓޯކް ސޫން. އޭނަ ކިޔަވަ ނިމެންދެން އަސްލު މަޑުކުރީ. ވީ އާރ ޓުގެދަރ ފޮރ 2 އިޔާޒް. އެންޑް އައި ކޭން ވެއިޓް ދަ ރެސްޓް އޮފް މައި ލައިފް ފޯ ހަރ. އައި ލަވް ހަރ ދެޓް މަޗް.އޭނަގެ މަންމަމެން އެގްރީވީމަ އައިވިލް ޝޯ ހަރ. އައި ހޯޕް ދޭ އަރ އޯކޭވިތް މީ. އޭނަ ބުނީ އޭނަ މަންމަމެން ވަރަށް ކޫލްވާނެ އޯ ހެހެ.” ނަކީލް އެއްނާވާއިން ހުރިހައި ސުވާލެއްގެ ޖަވާބުދިނެވެ. ބަންގީގެ މޫރިތި ކަލިމަތައް ޖައްވުގައި ގުގުމާލީ އެވަގުތުގައެވެ. ދެ ޒުވާނުންވެސް އަވަސްވެގަތީ ނަމާދަށް ދިއުމަށެވެ. ނަކީލް ބިލަށް ފައިސާ ދެއްކުމުން ދެ ޒުވާނުންގެވެސް މިސްރާބު ހުރީ މިސްކިތާ ދިމާއަށެވެ. ގިނަ އަންހެން ކުދިންގެ ލޯތައް އެދެ ޒުވާނުންނަށް އަމާޒުވަމުން ދިޔަ ނަމަވެސް އެދެ ޒުވާނުންގެ އެއްވެސް ފަރުވާލެއް ނެތް ކަހަލައެވެ.

ކުދިކުދި ޖަވާހިރުތަކެއް ފަދައިން ވިދަމުންދިޔަ ތަރިތަކަށް ނަޒަރު ހުއްޓައިލައާގެން ހުރި ނާޔާގެ މޫނުމަތީގައި ވަނީ ރީތި ހިނިތުންވުމެކެވެ. ބެލްކަނީގެ ރެއިލިންގްގައި އަތް އަޅުވައިލައިގެން ހުރި ނާޔާ ސިހިގެން ދިޔައީ އޭނަގެ ފޯނު ރިންގް ވި އަޑަށެވެ. ފޯނަށް އަރައިފައި އިން ނަކީލްގެ ނަން ފެނި ނާޔާގެ ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައެވެ. އެތައް އިރެއްވަންދެން އޭނަކުރަމުން ދިޔަ އިންތިޒާރު ނިމުމަކަށް އައީއެވެ. ނާާޔާ އާއި ނަކީލް ބައްދަލުވީ މެލޭޝިޔާގައި ނާޔާ ކިޔަވަން އުޅުނުއިރުގައެވެ. އެއީ ނަކީލްގެ އެންމެ ފަހު އަހަރު ނަމަވެސް ނާޔާގެ ފުރަތަމަ އަހަރެވެ. ފުރަތަމަ ފެނިލުމުންވެސް ނާޔާގެ ހިތުގައި ނަކީލްގެ ހިތްގައިމު ސޫރަ ކުރެހިގެންދިޔައެވެ. ނަކީލް ނާޔާއާއި މެދު ބަހައްޓާ ގާތްކަމާއި ހިތްހެޔޮކަން ފެނި ނާޔާގެ ހިތް ނަކީލްއަށް ހަދިޔާކުރެވުނީ އޭނަގެ އިހްތިޔާރިކާނުލައެވެ. ނަކީލްވެސް ނާޔާ އާއިމެދު ގަޔާވާކަން އޭނަގެ އަމަލުތަކުން އަންގައިދެމުންދިޔައެވެ. ބަހެއް ނުބުނި ކަމުގައާވިއަސް ދެ ޒުވާނުންގެ އަމަލުތަކުން އެކަކުއަނެކަކަށް އެދޭވަރު ހާމަވެގެންދެއެވެ. ދެ ޒުވާނުންގެ ނުރަސްމީ ލޯބީގައި ރަސްމީ ކުލަ ޖެހިގެންދިޔައީ އޭގެ އަހަރެއް ފަހުންނެވެ. ދުވަހެއް ދުވަހަކަށް އެޒުވާނުންގެ ދެމެދުގައިވި ލޯބި ދިޔައީ ކުރިލައި ހެދެމުންނެވެ. ދުވާލުކަމުގައި ވާނަމަ އުޑުގައިވާ ވިލާތައް ހެކިކޮށް ، ރޭގަނޑެއްނަމަ އުޑުގައިވާ ހަދާއި ތަރިތައް ހެކިކޮށް ލޯބީގެ އެތަކެއް އަހުދަކާއި ވައުދެއް ވަމުން ދިޔައެވެ. ދެ ޒުވާނުންވެސް ހަދާން ނުނެތޭ އެކައްޗެއް ވިއެވެ. އެއީ އެ މީހުންގެ ދީނެވެ. އަންހެން ކުއްޖެއްގެ އެންމެ އަގުބޮޑު ހަޒާނާއަކީ އޭނަގެ އިތްފަތްތެރިކަން ކަން ނާޔާ ހަދާނެއް ނުނެތެއެވެ . ހަމައެގޮތަށް ނަކީލްވެސް އެފަދަ ގުޅުމަކަށް މަރުހަބާ ނުކިޔައެވެ. ދުނިޔޭގެ ލޯތަކަށް ސިއްރުން އެދެމީހުން ލޯބީގެ ބަގީޗާ ހައްދަމުން ދަނީ ކުރިޔަށް އޮތް ތޫފާނުގެ ހިލަމެއް ނުވާހާލުގައެވެ.

ރަޔަންގެ ކޮޓަރީގައި ހުރި ކުޑަ އެދުގައި ލޯބިކޮށް ނިދައިފައި އޮތް ރައުލްއަށް ބަލަން އިން ރަނާގެ ލޯ ވަނީ ކަރުނުން ތެމިފައެވެ. އެ ކުއްޖާއަށް މިއަދު ޖެހިފައި އެވާ ހާލާއިމެދު ވިސްނާ ކޮންމެ ފަހަރަކު އޭނެގެ ލޯ ފުރިގެން ބަންޑުން ވަނީ އެ ހިތައް ކުރާ އަސަރަކުންނެވެ. ރަނާގެ ކަރުނަތައް ފޮހެދިނީ ރަޔަންގެ ބައްޕަ އަދި ރަނާގެ ފިރިމީހާ ރަމީޒެވެ. ރަނާއަށް ރަމީޒު ފެނުމުން އިތުރަށް ރޮވުން ނޫން ކަމެއް ނުކުރެވުނެވެ. ” ރަމީޒު. މިއަދު މި ކުއްޖާގެ މަންމަ މި ކުއްޖާއާ އެކީ ވާނަމަ ކިހާ ރަނގަޅު ވީސް. މި ކުއްޖާގެ ބައްޕައަށް ގިނަ ރޭ ގެއަކަށް ނާދެވޭ. އޭނަ މިރޭވެސް ދަތުރެއްގަ ވީ. މަންމަ އާއި ބައްޕަ ދަރިންނަށް އަޅައިލާ ގޮތަށް އެހެން އެކަކަށް ވެސް އަޅައިލާ ލޯބި ނުދެވޭނެ.” ރަނާގެ އަޑު އައީ ކެޑިކެޑި ގެންނެވެ. ” ކީއްކުރާނީ ރައުލްގެ މަންމަ އަށް ދަރިއެއްގެ މުހިންމުކަން އިހުސާސެއް ނުވި. ދެންހުރީ ރަޔަން. އޭނަގެ ކަމަކީ އަބަދު މަތިންދާ ބޯޓެއްގައި އުޅުން. އެކަމަކު… انشا الله ދުވަސް ކޮޅަކުން ހުރިހައި ކަމެއް ބަދަލުވާނެ. މީ އަހަރެންގެ ވައުދެއް.” ރަމީޒުގެ ހިތުގައިވާ ސިއްރު އެގެނީ ހަމައެކަނި އޭނައާއި އޭނަ ހެއްދެވި ފަރާތަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Faathii Flower

Level 1

Other Articles

Previous

މިވާވަރު އަންގާހިތްވޭ 3

Next

އެ ސިއްރު… 4

Next
March 15, 2019

އެ ސިއްރު… 4

Previews
March 15, 2019

މިވާވަރު އަންގާހިތްވޭ 3

19 Comments!

  1. Faathii Flower says:
    March 15, 2019 at 8:05 pm

    Hi Everyone. This is the second part. Hope you guys will like it. Please comment and let me knw how you feel about it.❤?❤?

  2. Emma says:
    March 15, 2019 at 8:20 pm

    Love it❤

    1. Faathii Flower says:
      March 15, 2019 at 8:25 pm

      Thanks Emma ❤?

  3. inaak says:
    March 15, 2019 at 8:26 pm

    Wow wow wow… V salhi… I’m speechless.. really v salhi.. alhe v avahah nxt prt up kohdhdeg… Waiting..❤️❤️❤️❤️

    1. Faathii Flower says:
      March 15, 2019 at 8:31 pm

      Thanks inaak. Keh koh laa dhoonyaa. sunday night next part insha Allah.❤❤❤❤???

    2. Faathii Flower says:
      March 15, 2019 at 8:32 pm

      Sorry inaak olhigen rude face fonuvuni.❤??

    3. inaak says:
      March 15, 2019 at 8:38 pm

      Hehe… It’s okk… Ehnvec vaane baeh faharu… N l made a mistake too… Up kohdhdeg jahaafa dhw einy… * Up koh dhehchey…. Bunefa einy.. we luvv mistakes dhw.. ???

  4. Faathii Flower says:
    March 15, 2019 at 8:41 pm

    Ahaha. Its ok.?

  5. red says:
    March 15, 2019 at 8:46 pm

    hey sis… mi story ah coverpic eh liima vrh salhi vaane… cover pic nethyma vrh falhu… dont take it negative

  6. sweet gurl says:
    March 15, 2019 at 8:48 pm

    hey sis stry ah cover pic liima hama awesome vaane… cover pic nethyma vrh falhu

    1. Faathii Flower says:
      March 15, 2019 at 9:28 pm

      Insha Allah next part ga. Thanks. ❤❤??

  7. sweet gurl says:
    March 15, 2019 at 8:50 pm

    or may i do that favor for u… i would really like…. but iif u want… i will send u my email… just msg me… i will send the photo then

    1. Faathii Flower says:
      March 15, 2019 at 9:30 pm

      Hehe. Its ok i hv already done a cover pic. Just nelevuni due to some problems insha Allah next time i will. Trust me.Thanks. then u ah help koh dhevunu kamah heekoh laa.lots of loves ❤???❤

  8. Twinkle? says:
    March 15, 2019 at 9:00 pm

    Wow… mi part vs vvvv furihama masha allah… curiously waiting…

    1. Faathii Flower says:
      March 15, 2019 at 9:31 pm

      Thanks Twinkle i was waiting for ur comment.❤???❤❤❤❤❤❤

  9. Ishtaakin says:
    March 15, 2019 at 11:54 pm

    Awesome❤️

    1. Faathii Flower says:
      March 16, 2019 at 1:04 am

      Thanks.?❤

  10. eenash says:
    March 16, 2019 at 10:22 am

    varah reethi. ekamakuvess dhyny vaahakaeh liyaathy hama bunelan beynunvy meehakaa inumugea kurin rahtehivegen ulhea adhi vakin haassakoh maathah folhuvaa vaufhaai ahudhu kurumaky islam dhynuga onna kameh noon. eyee dhynugea usoolthakaa hilaaf kameh.
    assu ea dhemeehun fenigen loabivegenvess dhen nayaa nimendhekah gulhun nubaahvaa kehkohgen hurefa nimigen ayema dhn mainbafainaai talk kurumahfahu rmeehun talk kurinama vrah reethivys. eyrun dhevey msg vess varah reethivaanea. kiyuntheinah inspiration akah vess vaane in sha allah. ummeydhaky faathii gea vaahaka miahvure rangalhuvaanea kamah kuriah oyehthaaga. barakallah feekum ?

  11. eenash says:
    March 16, 2019 at 10:48 am

    varah reethi ma sha allah .ekam dhyny vaahakaehvyma mi bunely kaaivenygea kurin rahtehivumaky adhi vakin haassakoh maafolhuvaa vaudhaai ahudhu kurumaky eyee dheenuga onna kamehnoon. dhynugea usool thakaa hilaaf kameh.
    aslu ea dhmyhun loabivegenvess efahun evves gulhumeh nubaahvaa nayaa kiyavai nimigen ayema aailaa aai vaahaka dhahkaafa gulhun kuriah gendhaagothah liyununama varah reethivys. eyrun kiyunthernahvess inspiration akah vaanea ea dhemeehun gea love story. eyee loabi vaairugavess allah nuruhsavaa gulhumakun dhuruve kehtherikamaa eku inthizaar kureema.
    ummeedhukuran kuiah oyehthanuga miahvurenvess rangalhuvaanea kamah. barakallah feeki☺

Comments are closed.

Next Episodeވާނަން އެކީ…3←


All Right Reserved!