އޭރު ވާރޭގެ ތިކިތައް ހުއްޓުމެއްނެތި ބިމަށް ހަމަލާދެމުންދިޔަގޮތުން ނައިނާ ތެމިފޯވާކަށް ގިނަވަގުތެއް ނުނެގިއެވެ. ޑްރައިވްވޭގައި ހެދިފައިވާ ފެންކޯރުތަކުގެ ތެރެއިން ނައިނާ ގޭޓާއި ދިމާލަށް ހިނގައިގަތެވެ. އެވަގުތު ހައިޒަލް ވާރޭ ތެރޭ ދުވެލައިފައި އައިސް ނައިނާއާއި އަރާހަމަކުރިއެވެ. ނައިނާ ހުއްޓުމެއްނެތި ކުރިއަށްދާންފެށުމުން އަތުގައި ހިފާ އަނބުރާލިގޮތުން ނައިނާ އައިސް ތަތްވީ ހައިޒަލްގެ މޭގައެވެ. ނައިނާގެ ދެލޯބޮޑުވިއިރު ވަގުތުން ހައިޒަލްގެ މޭގައި އަތްއަޅާ ދުރަށް ކޮއްޕާލައިފިއެވެ. ޔޫ ސުޑް ބީ އޮނަރޑް ޓު ޑްރައިވް އިން މައި ކާރ… ހައިޒަލް ފޮނިގޮތަކަށް ބުނެލުމާއި ނައިނާ ބަލާލި ރުޅިވެރި ނަޒަރަކުންނެވެ. އެ ނަޒަރުންވެސް ހައިޒަލް ފިއްސާލަފާނެހެން ހީވިއިރު އެދެލޮލުން ތަފާތު ކުލަވަރެއް ފެނިލިއެވެ.
ވަރަށް އިންޓަރރެސްޓިން ގޮތަކަށްދޯ އަހަރެމެން ދެމީހުން މި މީޓްވީ… އައިމް ހައިޒަލް…. މުހައްމަދު ހައިޒަލް އަލްހާން… ހައިޒަލް ނައިނާއަށް ސަލާމަށް އަތްދިއްކޮށްލަމުން ލާނެތްގޮތަކަށް އެއްލޯމަރާލިއެވެ. ނައިނާ ލޯ އަޅާލަމުން ދުރަށް ނަޒަރު ހުއްޓާލިއިރު ދުރުގައި ޕާރކްކުރެވިފައިވާ ކާރަށް ބަލާލެވުނީ ކަމެއް ދެނެގަންނަން ބޭނުންވެފައިހުރިކަހަލަގޮތަކަށެވެ. އެވަގުތު ކާރުގެ ނަންބޯޑުގައިވީ ޕީ އަކުރު ލޮލުގައި އަޅައިގަތުމާއިއެކު ނައިނާގެ ދެލޯ ބޮޑުވެގެންދިޔައެވެ. އަމިއްލަ ނަފްސުދެކެ ރުޅިއާދެވުނީ އަމިއްލަ މޮޔަކަން ހިތަށް އަރާފައެވެ. އެ މަންޒަރު ފެނި ހައިޒަލް ލާނެތްގޮތަށް ހިނިތުންވެލިއެވެ.
މޮޔަވެގެން އައިސް ޕްރައިވެޓް ކާރަކަށް އެރުނުއިރުވެސް ނޭނގުނެއްނު ގަމާރު އަންހެންކުއްޖާ… ހައިޒަލް ނައިނާ ނިއްކުރީގެ ފުއްޓަތްކެއް ޖަހާލުމާއިއެކު ނައިނާ އެއަތް ފޮޅުވާލުމަށްފަހު ދުރަށް ހިނގައިގަތެވެ. މަސްހުނި އިހުސާސްތަކެއް ހިތް ފުރެމުންދިޔައިރުވެސް އެކަން ފާޅުކުރާކަށް ނައިނާ ބޭނުމެއްނުވިއެވެ. ހައިޒަލްއަކީ ކިހާވަރެއްގެ މީހެއްކަން އިނގުމުން އެ ހަށިގަނޑުގައި ހުޅު ރޯވެގަތްއިރު ހިތުގައި އުފެދުނު ރުޅިވެރިކަން ބޭރުކުރަން ބޭނުންވިޔަސް ނައިނާ ކެތްތެރިވެލިއެވެ. ހައިޒަލްގެ ސަބަބުން އޭނާއަށް ނުހަނު ފަހި ފުރުސަތެއް ގެއްލިގެންދިޔައީއެވެ.
ސްޓްޕިޑް… ބަސްޓާރޑް… އެރޮގެންޓް… އިޑިއެޓް… ނައިނާ މޭގައި ދެއަތްބޮޑިކޮށްލައިގެން ހުރެ ކުރިއަށް ދިޔައިރު ހައިޒަލްއާއި ދިމާލަށް ހިތާހިތުން ކިތަންމެވަރަކަށްވެސް ކުދިކިޔުނެވެ. ހައިޒަލްގެ ސަބަބުން އޭނަގެ އިންޓަރވިއު ގަނޑިވެސް ފަހަނައަޅާދިޔައީއެވެ. އެހާ އުއްމީދުކޮށްގެން ހުރި ވަޒީފާ ނުލިބުމުން ހިތުގައި ހައިޒަލްގެ މައްޗަށް ރުޅިވެރިކަން އުފެދިގަތީ އިންތިހާ ދަރަޖައަށެވެ. އަމިއްލަ ނަފްސު ދެކެ ރުޅިއާދެވުނީ އަމިއްލަ މޮޔަކަމުން ހައިޒަލްގެ މަޅިއަށް މޮހެވުނީތީއެވެ.
ނައިނާ މަޑުމަޑުން ހިނގަމުން އައިސްފައި ސްކްނީ ޖީބުގައި އަތްޖައްސާލީ ކަމެއް ހަނދާންވެގެން ފަދަ ގޮތަކަށެވެ. އެއާއިއެކު އެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފެނިލިއިރު ދެވަނަ ސިކުންތުގައި ދެފައި ބިންމަތީ ތަޅައިގަތެވެ. ޝިޓް… އެ ފޮނި ފިރިހެނާ ކާރުގައި ފޯނު ބާއްވާފައި އަދި މިއާދެވުނީ… ނައިނާގެ މޫނަށް ފޫހި ވައްތަރެއް ޖައްސާލިއިރު އެނބުރި އައިކޮޅަށް ހިނގައިގަތެވެ. ********************* ހައިޒަލް ބާރތްރޫމްއިން ނުކުތީ ހަމައެކަނި ޖިންސްއެއްގައެވެ. އިސްތަށިގަނޑު މުޅިން ނުހިކި އޮތްއިރު ފެންތިކިތަށް މުތީތަކެއް ފަދައިން ވިދަމުންދިޔައެވެ ކުދި ފެންތިކިތަށް ތަނަވަސް މޭމަތިން ލާފައި ތިރިއަށް ދެމެމުން ދިޔައެވެ. ކޮޓަރީގައިވާ ރީނދޫއަލީގައި އެ ކަސްރަތީ ހަށިގަނޑަށް ވެރިކުރުވާފައިވާ ކުލަ ކިތަންމެހާވެސް ރީއްޗެވެ. ތެތް އިސްތަށިތައް ނިތްމައްޗަށް ފައިބައިގެންފައިވާގޮތުން ރީތި ދެލޯ ފޮރުވާލުމުގައި ކާމިޔާބުކޮށްފައިވެއެވެ. ދިގުއިސްކޮޅަކާއި ބާމަތިފުޅާ ރީތި ހަށިގަޑެކެވެ.
ސައިޑްޓޭބަލް މަތީ ބަހައްޓާލައިފައިވާ ބިއްލޫރި ތަށީގައި އެއްއަތުން ހިފަހައްޓައިލައިގެން ހައިޒަލް ހުއްޓުނީ ފަރުދާ ހަކާލައިފައިވާ ބިއްލޫރި ބިތުގެ ކައިރީގައެވެ. ފިިނި ހިފައިފައިވާ ބިއްލޫރިގަނޑުގައި އިނގިލިތަށް ހަރަކާތްކޮށްލަމުން ހައިޒަލް ބޭރުން ފެންނަ މަންޒަރަަށް ނަޒަރު ހުއްޓާލިއެވެ. އެތާ ހުންނައިރު ހޮޓެލްއަށް ވަދެވެން އޮންނަ ވޯކްވޭ ގޭޓްއިން ފެށިގެން ހޮޓެލްގެ މައި ދޮރާއި ހަމައަށް ދެމިފައިވާ ފޯޓިއޯ ރީތިކޮށް ފެނެއެވެ. ރޭގަނޑުގެ އަނދިރިކަމުގައި ފޯޓިއޯގައި ދިއްލާލެވިފައިވާ ބޮކިތައް ފެނިލަނީ ހުވަފެނީގޮތަކަށެވެ. ހައިޒަލްއަށް އެ މަންޒަރަށް ގެއްލިފައި އިރުކޮޅެއްވަންދެން ހުރެވުނު ކޮޓަރީގެ ލޭންޑްލައިން ފޯނު ރިންގްގެ އަޑާއިއެކު މޫނަށް ނުރުހުމުގެ ކުލަވަރުވެރިވެެގެންދިޔައެވެ. ދިގު ފިޔަވަޅެއް އަޅަމުން ހައިޒަލް ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. އައި ޓޯލްޑް ޔޫ ނޮޓް ޓް ޕާސް ކޯލްސް… އެކޮޅުން ވާހަކަދައްކާނެ ފުރުސަތެއްނުދީ ހައިޒަލް ރުޅިވެރިގޮތަކަށް ހަޅޭލަވައިގަތެވެ. ސޮރީ ސަރ… އަ ވުމެން ވޯންޓްސް ޔޫ ޓު ކަމް ޓު ޕާކިން އޭރިއާ…. ސީ ސޭސް ސީ ލެފްޓް ހާރ ފޯން އޮން ޔުއަރ ކާރ… އެކޮޅުން ވާހަކަދެއްކި ކުއްޖާ ބުނެލުމާއިއެކު ހައިޒަލްގެ ތުންފަތްމައްޗަށް ނުލަފާ ހިނިތުންވުމެއްވެރިވީ ނައިނާ މަތިން ހަނދާންވެފައެވެ.
އައި ޑޯން ނޯ އެނީ ވަން ލައިކް ހާރ… ހައިޒަލް ބުނެލުމާއިއެކު ފޯނު ކަނޑާލީ އެކޮޅުން ދައްކާވާހަކަ އަޑުއެހުމެއްވެސް ނެތިއެވެ. އޭރު އެ ތުންފަތް މަތީ ދުވެލަ ދުވެލާހުރި ލާނެތް ހިނިތުންވުމާއިއެކު އެ މުށިދެލޮލުން ނުސިޔާނުކަން ފެނިލިއެވެ. އެނދުމައްޗަށް ވެއްޓިގަންނަމުން ލޯމަރާލިއިރު ނައިނާގެ ސޫރަ ލޯމަތީ ކުރުހާލެވިގެންދިޔުމާއިއެކު އެ ހިނިތުންވުން އިތުރަށް ފުންވިއެވެ. އޭނާގެ ލޯމައްޗަށް ސިފަވެގެން އައީ ނައިނާގެ ރުޅިވެރިކަމާއިއެކު އޭނައާއި ހިންގާލި އަރާރުންވުމެވެ. އޭނަ ފެނުމުން މިވީހާތަނަށް އަންހެން ކުދިން ފަރިވެ އޭނައާއިހެދި މޮޔަވާގޮތްވިނަމަވެސް ނައިނާ އެއާއި ތަފާތެވެ. އެނޫނީ ހައިޒަލްގެ ކުރިމަތީގައި ރުޅިވެރިކަން ދައްކާލަން ކެރުނު ކުއްޖެއްނެތެވެ.
ހިނދުކޮޅަކަށް ހިޔާލީ ދުނިޔެއަކަށް ހައިޒަލް ގެއްލުނުއިރު އެވަގުތު އިވެންފެށި ކާރުގެ ސިގްނަލް އަޑުން ލޯހުޅުވާލަން މަޖުބޫރުވިއެވެ. ހައިޒަލް ވަގުތުން އެނދުން ފުންމައިލައިގެން ގޮސް ބިއްލޫރި ބިތް ކައިރީ ހުއްޓިލިއެވެ. އޭރު ކާރުވަށައިގެން ނައިނާ އެނބުރެމުންދިޔައިރު ދޭތެރެއަކުން ފައިގެ ހަމަލާއެއް ކާރަށް އަރުވާލައެވެ. ދިސް ގާރލް… ރިއަލީ… ކާރުގެ ހުއްޓުމެއްނެތި ސިގްނަލް އަޅަމުންދިޔަ ގޮތުން ބޮލަށް އުނދަގޫވެފައިހުރި ހައިޒަލް ކިޔާލިއެވެ. އިރުކޮޅެއްވަންދެން ނައިނާގެ ހަރަކާތްތަކަށް ބަލަން ހުރެފައި ހައިޒަލް އެންމެ އަވަހަށް އަތު ޖެހުނު ޓީޝާޓް ބޮލަށް ވައްޓައިލައިގެން ތިރިއަށް ފައިބަން ހިނގައިގަތެވެ.
ނައިނާ ކާރުވަށައިގެން މަޑުމަޑުން ހިގަމުން ދިޔައިރު ކާރުގެ ދޮރެއް ހުޅުވޭތޯ ބަލަމުން ދޮރުތަކުގައި ހިފަމުން ދިޔައެވެ. ކަޅުބިއްލޫރި ޖަހާފައި ހުރުމުން މޫނު ޖެހުމުންވެސް އެތެރެ ފެންނަގޮތެއްނުވިއެވެ. ނައިނާ އިރުކޮޅެއްވަންދެން ކާރަށް ލެގިލައިގެން ވިސްނަން ހުރެފައި އަތަށް ކިރިޔާ އުފުލޭވަރުގެ ބޮޑު ގާގަނޑެއްނަގާފައި ދޮރުގެ ބިއްލޫރިގަނޑާއި އަމާޒުކޮށް އެއްލާލައިފިއެވެ. ވަރުގަދަ އަޑުފަށްގަނޑާއިއެކު ބިއްލޫރިގަނޑު ތެޅިދިމާލަށް ބިއްލޫރިތައް ވިހުރުވިގެންދިޔައެވެ. އޭރު ދުވެފައި ކަހަލަގޮތަކަށް ޕޯޓިއޯއަށް ނިކުތް ހައިޒަލްގެ ދެލޯ ބޮޑުވެގެންދިޔައިރު ބާރުބާރަށް ހަޅޭލަވައިގަތެވެ. ނައިނާގެ ނަޒަރު ހައިޒަލްއަށް ހުއްޓުނުއިރު އެ މޫނުމަތިން ފެނިލި ކުލަވަރުން ތުންފަތްމައްޗަށް ކާމިޔާބުގެ ހިނިތުންވުމެއްވެރިވިއެވެ. މޮޔަވީތަ؟ ހައިޒަލް ތަޅައިގެންގޮސްފައިވާ ބިއްލޫރިގަނޑަށް ބަލާލަމުން ނައިނާގެ މޫނަށް ނަޒަރު ހުއްޓާލީ ގަބޫލުކުރަން ދަތިވެފައި ހުރިކަހަލަގޮތަކަށެވެ. ނައިނާގެ ކެރުންތެރިކަމާއިއެކުވެސް މިފަދަ ހިތްވަރެއްކޮށްލަން ކެރިދާނެކަމަކަށް އޭނާ އުއްމީދެއްނުކުރެއެވެ.
ރީތިކޮށް ކާރު ހުޅުވައިދިންނަމަ މިހެނެއް ނުވީހެއްނު… އެނީވޭ ސޮރީ ފޯރ ދިސް… ނައިނާ މައުސޫމްގޮތަކަށް ބަލަހައްޓައިގެން ހުރިއިރު ތުންފަތްމަތީވަނީ ލާނެތް ހިނިތުންވުމެކެވެ. ދެން އޭގެ މާނައަކީ ބިއްލޫރިތަށް ތަޅާބާލާށޭތަ؟ އަމިއްލަ ޕްރޮފާރޓީއެއްހެން ތަޅާބޭލިއިރު މިކާރުގެ އަގު ތިގަމާރު ކުއްޖާއަށް އިނގޭތަ؟ ހައިޒަލް ބިންމައްޗަށް ވިހުރިފައިވާ ކުދިކުދި ބިއްލޫރިކޮޅުތަކަށް ބަލާލަމުން ނައިނާގެ މޫނަށް ނަޒަރު އަމާޒުކޮށްލިއިރު ކުޑަކޮށް ބުމަގޮށްޖެހޭގޮތްވިއެވެ.
ސޮރީ މިސްޓަރ އަޅުގަނޑުގެ ފޯނު… ނައިނާ އުޅެގަތީ ތަޅައިގޮސްފައިވާ ބިއްލޫރިގަނޑުގެ ތެރެއިން އަތް ފޯރުވައިގެން ފޯނު ނެގޭތޯއެވެ. އެވަގުތު ހައިޒަލް ރުޅިވެރިގޮތަކަށް އައިސް ނައިނާގެ އަތުގައި ހިފާ އަނބުރާލުމާއިއެކު ހިނދުކޮޅަށް ދެޒުވާނުންގެ ނަޒަރު ސީދާވިއެވެ.
އެއްހާސް ރުފިޔާގެ ފޯނަކަށްޓަކައި އެތަށް ހާސް ރުފިޔާގެ ކާރެއް ތަޅާލަން ހިތަށްއަރާހާ މޮޔަކުއްޖެއް ތިނޫނީ ނުވާނެ… ހައިޒަލް ވާހަކަދެއްކިއިރު ދަތްކުނޑިވިކުނުނަމަވެސް ކެތްތެރިވެލިއެވެ. ކާރުގެ ދޮރުފަތް ހުޅުވާލުމަށްފަހު ފޯނު ނަގައި ނައިނާ އަތަށް ލައިދިނުމާއިއެކު އެ ރީތި ދެލޯ ވިދައިގަތީ ޖަވާހިރެއްފަދައިންނެވެ.
މިފޯނަކީ އެއްހާސް ރުފިޔާއެއްނޫން… ނައިނާ ހަނދާންވެގެންކަހަލަ ގޮތަކަށް ބުނެލީ ކުޑަކޮށް މޫނު ހަދާލަމުންނެވެ. އޯވް… ދެން ދިހަހާސް ރުފިޔާގެ ފޯނެއްތަ؟ ހައިޒަލް ކުޑަކޮށް ރުޅިގަދަވާގޮތްވެފައިހުރިނަމަވެސް މަލަމާތުގެ ގޮތަކަށް ހީލައިފިއެވެ. ނޫޅެން ތިމީހާއާއި ޒުވާބުކުރާކަށް… ފޯނު ދިނީތީ ތެންކްސް… ނައިނާ ދެއަތް ޖީބަށް ޖަހައިލައިގެން ހުރި ހިނގައިގަތެވެ. ތަންކޮޅަކަށް ގޮސްފައި އެނބުރި ބަލާލީ ކަމެއް ހަނދާންވެގެން ކަހަލަ ގޮތަކަށެވެ.
ވަރަށް ބޮޑަށް ސޮރީ… ރިޕެއަރ ކުރަންދާ ހަރަދު އަންގާލަދިނީއާ ފަހުން އަޅުގަނޑު ޕޭކޮށްލާނަން… ނައިނާގެ މޫނުމަތިން ފެނުނު ސީރިޔަސްކަމާއިއެކު އަތްދަބަހުން ނެގި ނޯޓްކޮޅެއްގައި ނަންބަރު ނޯޓްކޮށްލުމަށްފަހު ހައިޒަލްއަށް ދިއްކޮށްލައިފިއެވެ. އިންޑައިރެކްޓްކޮށް ގުޅާށޭތަ ތިބުނީ… ހައިޒަލް ޖިންސްގެ ޖީބަށް އަތްޖަހައިލައިގެން ކާރަށް ލެގިލަމުން ލާނެތްގޮތަކަށް އެއްބުމައަރުވާލިއެވެ. ނައިނާގެ ހިތަށް ވެރިވި ފޫހިކަމާއިއެކު މޫނަށް ވައްތަރެއް ޖައްސާލިއެވެ.
ނެވަރ މައިންޑް… އިންޓެސިބަލް ޖާރކް… ނައިނާގެ އަތްމުށްކެވިގެންދިޔައިރު ހައިޒަލްއާއި ދުރަށް ދަމުން ބުނެލި ޖުމްލަތަށް ހައިޒަލްއަށް ސާފުކޮށް އަޑުއިވުނެވެ. އެއާއިއެކު ހައިޒަލް ލުއިގޮތަކަށް ހިނިތުންވެލިއެވެ. ނައިނާގެ މިޖެހިލުންކުޑަ ޝަހްސިއްޔަތާއި ފާޑަކަށް ގަޔާވެވިއްޖެއެވެ. ހައިޒަލްއާއި މީގެ ކުރިން ދިމާވި އެތަށްހާސް ކުދިންނާއި ނައިނާ ތަފާތެވެ. ހައިޒަލް ފެނިގެން މޮޔަނުވާ ފުރަތަމަ އަންހެންކުއްޖާއަށް ނައިނާވާނެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.






sorry for taking long time… i am busy with my exams…. still exams are going, so it will take time for me to upload the next part…. sorry for that…….? i hope readers will like this part also ????thanks for the support
He hey me first dhw anyway kiyaafa coment eh kohlaanan… Thanks dhiraa wish thihaa busy koh ulhemunvx up kohdheytht
anytime
Dhiraa v v v v vnice mi part vx… hama ocm…. n Nainaa ge part hama habeys…. BTW kudakoh lasviyas eiy maabodu kameh noon I cn understand cox ur a student n Im olso a student specially exam dhuvaskolhu v busy vaanekan gabool kuran…. Anyway nxt part whn dhiraa…. Curiously waiting for the next part…. Luv u m m m m kyp up the gud work ?????????????????
thnkss.. i think saturday nyyt. cx my exams will be finished on saturday. and dhn huree fudeyvarakah time dein jeheyne exams veema i will not get anytime sorry for it
Ohh.. I’m waiting for this stry… V reethi mi prt vec.. I knw exams vyma busy vaane kann… so it’s ok dear.. concentrate on ur studies… gud luck for the exams.. n stry too…
hehehe thnks
Vaahaka varah reethi good luck for the exam. Exam nimuneema avahah up kohdheyne kamah ummeedhukuran
thnks. insha allah vaahaka up kohladeynan exam nimunuhaa avahakah
v..nice mi story…kon iraku nxt part???
thnks.. insha allah saturday… if possible than friday….
Its better to reduce using English words as it is a dhivehi story.. just my opinion ingey.. btw the story is nice..MA.. gudluk
thnks …i will try my best
Better not to use much English words in dhivehi stories.. Anyway the stry is interesting.. MA
thnks. insha allah i will try my best to reduce english words
Varah reethi
thnks 🙂
Kiive korean celebrities ge photo laafa mihurii
noting much…. i always watch korean series may be thats the reason y i like to put their pic as cover pic
Korean series “city hunter” ga vaagoeh gandu eba huri mi story ga…
maybe bt its my own idea
Wow ?
thnkx