Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ހައްވާ

nim Level 1
August 21, 2014 3 Mins Read
5 Comments

މަޑުން މަޑުން ދުއްވައިފައި ދިޔަ ދޯންޏެކެވެ. ދޯނީގެ ކުރީކޮޅުގައި އެއިނީ އަހުމަދުފުޅެވެ. އޭނާ އިނީ ފުރަގަސްދީގެނެވެ. ކުރާކަމެއް ބުނެދޭކަށް ނޭނގެއެވެ. ގޮވާލަންވީކަން ނޭނގެއެވެ. ކީއްކުރަން؟ ދޯނީގެ އެހެން މީހަކު އުޅޭތޯ ބަލައިލަންވީކަން ނޭނގެއެވެ. އަހުމަދުފުޅު އެއިނީ ކުޑަކަމުދާން ނިކުމެ ކަން ނޭނގެއެވެ. ކައިރީގައި ފެން ހަމެއް އެބަހުއްޓެވެ. އާންމުކޮށް ދޯނިފަހަރުގައި އެޒާތުގެ އަމަލުތައް ހިންގަނީ ފުރަގަސްދީގެންނެވެ. އެންމެ ރަނގަޅުވާނީ އުދަނގު ނުކުރިއްޔާއެވެ

މި ދޯނި އެދަނީ ކޮންތާކަށްބާވައެވެ. ދޯނީގެ ތެރޭގައި މީހުން ހޭލަމޭލައަށް އުޅޭތީއެއް ނުފެނެއެވެ. ދިރުބާކޮޅާއި ކޮޅުފަސްކޮޅުންވެސް އަހުމަދުފުޅު ފިޔަވައި އެއްވެސް މީހަކު ފެންނާކަށްނެތެވެ. ވަތްތައްވެސް ބެލިއްޖެއެވެ. ދޯންޏަކީ ކުޑަ ދޯންޏެކެވެ. 6 ރިޔަނު ބައި ހަމަނުވާ މަސް ދޯންޏެކެވެ. މިހާ ދަންވަރު އެދަނީ ކޮންތާކަށް ބާވައެވެ. ދޯނީގެ ހުންގާނުގައިވެސް މީހަކު ފެންނާކަށްނެތެވެ. ހުންގާނުދުނި ހުރީ ވަކި މިސްރާބަކަށް އައްސާލެވިފައެވެ. މިދަތުރުގެ ހަގީގަތް އެނގޭ މީހަކަށްވެސް ހުރީ އަހުމަދުފުޅެވެ. އަހާލަންވީތާއެވެ. އެކަމަކު………… އަދިވެސް އޭނާ އެކުރާކަމެއް ކޮށެއް ނުނިމެއެވެ

‘ހައްވާދީ…. ދެންދީ’ ހާދަ ދަންނަ ނަމެއް ވައްތަރު ޖަހައެވެ. ޒާތަކަށް ހަނދާނެއްވެސް ވޭމެއެވެ. ކޮން ޒަމާނެއްގެ ތެރޭންބާވައެވެ. އާއެކެވެ. ހަނދާންވެއްޖެއެވެ. އެއީ މީގެ 25 އަހަރާއި 6 މަސް ކުރިންނެވެ. އެދުރުގެ ތެރެއިންނެވެ. ހައްވާ އެއީ އަހަރެންގެ އެދުރުގެމޭޓެކެވެ. އެއީ އަހަރެމެންގެ އުމުރުން 5، 6 ދެމެދެވެ. ހައްވާ ނިކަން ލޯބިވާނެއެވެ. އެހާ ޅައިރުވެސް ހީވަނީ ފުުއްގަހު ގުރައެއް ހެންނެވެ. އަނެއްކާ ފުއްގަހު ގުރާ ގައި މަސްޖަހާފައި ހުންނަ ބޮޑެތި ކޯ ލާފައި ހުރޭބާވައެވެ. ހަމަ ގައިމުވެސް ހައްވަގެ ކޮލަކީ މަސްޖަހައިފައިވާ ބޮޑު ދެކޮލެވެ. ކޮންމެ ދުވަހަކު އެދުރުގޭގެ ކިޔެވުން ފެށުމުގެ ކުރިން އަހަރެން އެދެކޮލުގައި ހިފާލަމެވެ. ލޯބިންނެވެ. އެ ކޮލުގައި ހިފާލަން ނުބިއްޖެނަމަ އަހަރެން އެދުވަހު އެދުރު ދައިތަ ނަގައިދޭ ފިލާވަޅެއް ނުކިޔަވަމެވެ. މިހާރު ހައްވާ ކޮބައިބާވައެވެ. އަހަމަދުފުޅަށް އެނގޭނެއެވެ. އަހާލަންވީއެވެ. ނޫނެކެވެ. އަދި މަޑުކޮށްލާނީއެވެ. އަދިވެސް އޭނާ އެކުރާ ކަމެއް ނުނިމެއެވެ

އަހުމަދުފުޅާ އަހަރެންނާ ހައްވާ އާ މީ އެއް އެދުރުގެއަކުން ކިޔެވި ތިންމީހުނެވެ. ނުވިތާކަން އަވަށްޓެރިންވެސް މެއެވެ. އަހުމަދުފުޅު ހައްވާ ފެނިފައި ވާގޮތް ތަކަކުން އަހަރެން ގާތަށް ހިނިވެސް އާދެއެވެ. ހައްވާ ފެނިއްޖިއްޔާ އަހުމަދުފުޅުގެ މޫނު ހީވާނީ ރަތްލޭފޮދެއްހެންނެވެ. ރުޅިއަކުން ނޫނެވެ. ވާ ލޯތްބެއްގެ ރަތްކަމުންނެވެ. އަހުމަދުފުޅު ފެނުމުން ހައްވާ އަށް ވާގޮތެއް އަހުރެނަކަށް ނޭނގެއެވެ. އެހާވަރަކަށް ނުބަލަމެވެ. އެނގޭހާވެސް އެއްޗަކީ ހައްވާގެ ދެކޮލަށް ވެރިވެގަންނަ ޖަންބުކުލައިގެ ވިދުން ގަދަކަމުން އެހެން އެއްޗެއް ނުފެންނަކަމެވެ. މިހާރުވެސް އެބޮޑު ދެކޯ އިދޭބާވައެވެ. އަހާލަންވެސް އިނީ އަހުމަދުފުޅެވެ. އެނާ އަދިވެސް އެ އިންގޮތަށް އިނީއެވެ.

މިރެއަކީ އާދަޔާ ހިލާފަށް ވައިމަޑު ދުވަހެކެވެ. ކަޑުވެސް ހަމައެހާ މަޑެވެ. މޯހިރުގެ ބާނިތައް ފިޔަވާ ބޯހިއްލާލަން ކެރޭ އެންމެ ރާޅެއްވެސް ނެތެވެ. ވައި ހުރީ ފައްސިޔާގައެވެ. ކަނޑުއޮއިގެ ގޮތެއް ބުނެދޭކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ ދުވެއްޔަށް ބަދަލެއް ގެނުވާނެ އެކައްޗެއްވެސް ނެތްކަމެވެ. ކުއްލިއަކަށް ހިތަށްއެރި އެއްޗެކެވެ. އަހަރެން މި ދޯނީގައި މިކުރަނީ ކީއްބާވައެވެ. އަހަރެން ހޭލިއިރު އޮތީ ދޯނީގެ ވަތު ތެރޭގައެވެ. ތަންތަން ހޯދާބެލިއިރު އަހުމަދުފުޅު ފިޔަވާ އިތުރުމީހަކު ނެތެވެ. އަހާލެވޭނީވެސް އޭނާ އެކުރާ ކަމެއް ނިމުނީމަތާއެވެ

ހައްވާދޯއެވެ. އޭނާ އަހަރެން އެންމެ ފަހުން ދުށީ މީގެ 12 އަހަރާއި ހަމަސް ކުރިންނެވެ. އޭރު އަހަރެމެންނަސް 18 އަހަރު ފުރިއްޖެއެވެ. މިޒަމާނުގެ ބަހުންނަމަ ޒިންމާދާރު މީހުނަށްވީއެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ހައްވާއަކީ އެހާ ރީތި މީހަކަށް ނުވިނަމައޭ މިހާރު އަހަރެންގެ ހިތަށްއަރައެވެ. ނާރަންވީ ސަބަބެއްނެތެވެ. ހައްވާ އެހާ ރިތި ނުވިނަމަ މިހާދުވަހު އަހަރެން ރަށުންބެރުގައި ހުންނާކަށް ނުޖެހުނީހެވެ. އެފާފައިގައި ތައުޒީރުވެސް ނުކުރެވުނީސްކަން ގައިމެވެ. އެދުވަހު ހައްވާ ގެ މޫނުމަތީގައި ހުރި ކުލަވަރު އަދިވެސް ބަޔާންކުރަން އަހަރެންނަސް ދައްޗެވެ. އެއީ ބިރުވެރި ސިފައެކެވެ. މިއަދު އޭނާ މިތަނުގައި ނެތްކަން ނަސީބެކެވެ. އެހެނަސް އޭނާ ހުރިނަމައޭ ހިތަށް އަރައެވެ. އަހަމަދުފުޅު ނިމޭކަށް ނުވެ ހެއްޔެވެ؟

އަހުމަދުފުޅާ އަހަރެނާމީ ޒަމާންވީ ދެ ރަހުމަތްތެރިންނެވެ. ނޫނެކެވެ. ކުރީގެ ރައްޓެހިންނެވެ. މިހާރުގެ ގޮތެއް ނޭނގެއެވެ. ހީވަނީ ހަތުރުންހެނެވެ. ހުރިހާވެސް މައްސަލައަކީ ހައްވާއެވެ. ދެމީހުނަށްވެސް ލޯބިވެވުނީ ހައްވާ ދެކެއެވެ. ތަފާތަކީ އަހަރެނަށް ލޯބިވެވުނީ ހައްވާފުޅުގެ ހެދިހުރި ހަށިގަނޑުދެކިކަމެވެ. އެއާ ހިލާފަށް އަހުމަދުފުޅު ލޯބިވީ މުޅިއެތި ދެކިއެވެ. އަހަރެންގެ ހިތެއް އަހުމަދުފުޅަކަށް ނޭނގޭނެއެވެ. ބުނަން ނުކެރުނީއެވެ. އަހުމަދުފުޅުވާ ލޯބި ފެނިފައެވެ. ކުޑައިރުންސުރެ އެކުއުޅެފައިވުމުގެ ސަބަބުން ބޭބެއެއްގެ ލަގަބު ދެވިފައި ވުމުގެ ސަބަބުންނެވެ. ހީވާގޮތުން އެއީ މިހާރު ދެމަފިރިންނެވެ. އެކަމު ޔަގީން ކޮށްލެވޭނީ އަހުމަދުފުޅު ނިމުނީމައެވެ

‘ހައްވާދީ’ އެއީ އަހުމަދު ފުޅު ލޯބިން ކިޔާ އުޅުނުނަމެވެ. އެދެމީހުންގެ ހުރިހާ ކަމެއްގެ ކަދުފައްޗަކީ އަހަރެންނެވެ. އެއީ ސިއްރުގުޅުމެކެވެ. ހައްވާ އެއީ މުހައްމަދުކަތީބުގެ ފުތް ހުސެންކަތީބުގެ ފުތް އަލިދީދީކަތީބުބެއަށް ބޮޑުބޭބޭ ކިޔާ ކުއްޖެކެވެ. ނިކަން ކުޑާއިރު ޔަތީމުވެ މިސްކީނުވެއްޖެއެވެ. އަލިދީދީ ކަތީބުބެގެ ދަރިއެއްވެސް ނުހުންނާތީވެ ދަރިއެއްކަމު ހިތައިގެން ހުރިހާ މުދަލެއްގެ ވާރުތަވެރިޔާ ކަމު ހަދައިގެން އުޅެތެވެ. އެހެނަސް އަހުމަދުފުޅަކީ ރައިވެރިތަކުރު ރުއްއަރާންގޮސް އުޅެނިކޮށް ރާޅުޖަހާފަށުން ހޮވި ކުއްޖެކެވެ. އޭނާއަކީ މާކުޑާއިރުންސުރެ މީހަކާ ނީންނަން ހުރި މީހެކެވެ. އެސޮރު ފެނިފައި ޖެހުނު ކުލުނެއްގެ ގަދަކަމުން ދަރިއެއްގެ މަގާމުގައި ގެންގުޅެނީއެވެ. ކަތީބުބެ އަކީ އަހަރެންގެ ބައްޕައާއި އެއްބަފާ މީހެކެވެ. ބައްޕާމެން ހައްވާގެ ކައިވެނިދޭން ނިންމާފައި އޮތީ އަހުރެންނާއެވެ. އެހާވަރު އަހުރެން ދެނަހުރީމެވެ. ނޭނގޭ އޮތީ ހަމަ އެއްކަމެވެ. މި ދޯންޏަށް ‘ހައްވާދީ…. ދެންދީ ކިޔަންވީ ސަބަބެކެވެ. އަހާލަންވީތާއެވެ. އެކަމަކު އަދިވެސް އަހުމަދުފުޅު އިންތަނުގައި އިނީއެވެ

މިހާރު ކުޑަކަމުގޮސް ނިމެހާ އިރުވެއްޖެއެވެ. އަހުމަދުފުޅު އެކުރަނީ ކީއްބާވައެވެ. ކެތްވެސްކުރެވިއްޖެއެވެ. ހަރަކާތެއްވެސް ކުރަނީއެއް ނޫނިއްޔާއެވެ. ގޮސް ކޮއްޓާލީމެވެ. އެންމެފަހަރަކު ނޫނެވެ. ދެތިންފަހަރުއެވެ. އަނެއްކާ ނިދިފަބާވައެވެ. ކޮޑުގައި ހިފާ ތަޅުވާލައިފީމެވެ. ހިފެއްޓުމެއްނެތި އަރި އަޅާލައިގެން ވެއްޓިއްޖެއެވެ. އަދިވެސް އަހުމަދުފުޅަށް ހޭވެރިކަމެއް ނުވެއެވެ. އޭނާ އަނެއްކާ………… މޭގާ ވިންދެއް ނެތެވެ. ނެވާއެއް ނުލައެވެ. ޔަގީނެވެ. އަހުމަދު ފުޅު މަރުވީއެވެ. އޭނާ އަތުގައި ކަރުދާސްކޮޅެއް އޮތެވެ. އެ ކަރުދާސްކޮޅު ނެގުމަށްފަހު އަހުމަދުފުޅު މޫދަށް ކޮށްޕާލީމެވެ. މަރުވެފައި ތިބޭމީހުން ދެކެ އަހަރެން ނިކަން ބިރުގަނެއެވެ. އެކަން އެންމެ ރަނގަޅަށް ދަންނަ މީހާ ދެންމެ ކަނޑުގެ ތެރެއަށް ފެތިގެން ދިޔައީއެވެ.

ކަރުދާސްކޮޅު ހިފައިގެން ހަމަޖެހިލީމެވެ. އޭގައިވެއެވެ. “ހަސަނާއެވެ. މާފުކުރާށެވެ. މިވާހަކަ ކަލޭގާތު ބުނާނެގޮތެއް ނެތިގެން ހިތަށް އެރީ ލިޔެލާނީއެވެ. އަހަރެން ގަސްދުކޮށްފައި މިވަނީ ތަފުސީލެއްނުދީ ކަލޭ މަރާލުމަށެވެ. ކަލޭ އަރުވާލައިފައި ހުރި ރަށުން ވަގަށް ނަގައިގެން މިގެންނަނީ ހަމަ އެކަމަށެވެ. އަހަރެންނާ ހައްވާއާ ދެމެދު ވާ ހުރަހަކީ ކަލެއެވެ. ނޫނެކެވެ. ކަލޭގެ ހިތެވެ. އަހަރެން ކަލޭގެ ހިތް ވެދުން ކުރާނީ ހައްވަގެ ބޮޑުބޭބެއަށެވެ. ކަލޭގެ ހިތަކީ ބޮޑުބޭބެގެ މަޝްރޫޢަށް ބޭނުންވާނެ އެންމެ ފަހު ހިތެވެ. އޭގެ ފަހުގައި ހައްވާ އަހަރެންނަށް މިލްކްވީއެވެ. މާފުކުރާށެވެ

ނޫނެކެވެ. މާފްކުރާށެވެ. ހައްވާ މިލްކް ކުރާނީ އަހަރެނެވެ. ލުއި ހިނިތުންވުމެއް އަހަރެންގެ ތުންފަތަށް ވެރިވެގަތެވެ. އާއެކެވެ. އަހަރެން ހައްވާގެ އަތުގައި އަބަދުގެ އަބަދަށް ހިފާލާރޭ މި ހިނިތުންވުން ދެވަނަފަހަރަށް ފެންނާނެއެވެ. ދެން އޮތީ އެ އިންތިޒާރެވެ. ހައްވާ އެވެ. އަހަރެންނަށް އިންތިޒާރު ކުރާށެވެ

އަހަރެން ސިއްސައިގެން ދިޔައެވެ. ކުއްލިއަކަށް ދޯނި ތައްޅުވައިގެން ދިއުމުންނެވެ. އޭރު ކަނޑުގެ އޮއިވަރަށް ބަދަލު އަތުވެއްޖެއެވެ. ވައި ގަދަވާން ފަށައިފިއެވެ. ބިޔަރާޅުތަކެއްގެ ތެރެއަށް ދޯނި ވަންނާން ފަށައިފިއެވެ. ކުރިމަތީގައި އެއޮތީ ދިގު ފަރެކެވެ. އަހަރެން ހާސްވަނީއެވެ. ދޯނީ ފަހަރުގެ މަތައެއް އަހަރެންނަކަށް ނޭނގެއެވެ. މޭ ނުބައިވެސް ކުރާން ފަށައިފިއެވެ. އަހަރެން މި މަރުވަނީ ބާވައެވެ. ނޫނެކެވެ. އަހަރެން މަރެއްނުވާނެއެވެ. ހައްވާއެވެ. އަހަރެން މިދަނީއެވެ. އަހަރެން މަރެއް ނުވާނެއެވެ. ބިރުންގޮސް އަހަރެންނަށް ލޯ މަރާލެވުނެވެ

ދެވަނަ ބަޔަކަށް އިންތިޒާރު ކޮށްލައްވާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Tags:

ތްރިލާ، ލޯބި، ބިރުވެރި،

Share Article

Follow Me Written By

nim

Level 1

Other Articles

Previous

އޯގާވީ ހިތަކުން…43

Next

ޝަކުވާ- 1

Next
August 22, 2014

ޝަކުވާ- 1

Previews
August 19, 2014

އޯގާވީ ހިތަކުން…43

5 Comments!

  1. Eye-shaa says:
    August 22, 2014 at 12:01 am

    Storyga vaa nuva get ehh nuveyy adhivx… bt reethi vaane kamahh heekurann…

  2. Khushy says:
    August 22, 2014 at 7:58 am

    Hawwaa eve.. awahah upload kurahcheve.. 😀

  3. ނިނި says:
    August 22, 2014 at 11:38 am

    ވަރެއްގެ ހައްވަ އެތާދޯ މިއުޅެނީމި ވާހަކަ އިގައި .. ފެށުން ހަމަ ވ ވ އިންޓްރެސްޓިން .. ދެން އޮއްބައި އަވަހައް އަޕްކޮއްލަ ދެއްޗޭ… 🙂

  4. dheedhee says:
    September 25, 2014 at 8:40 pm

    muskulhikan

  5. mahaa says:
    August 28, 2019 at 1:57 pm

    watt nonsence get eh nuvey mivaahaka

Comments are closed.

Next Episodeހައްވާ – 2←


All Right Reserved!