ބުނާށޭ ލޯބި ނުވަނީހޭ…..8
ވިޝާހް ކުށަށް އިއުތިރާފު ވުމާއެކު އެއް ހަފްތާއަށް ސަސްޕެންޑް ކުރެވުނެވެ. ކުލާސް ހުރިހާ ކުދިން ވިޝާހްއާ މެދު ދެކެމުން އައި ގޮތް މުޅިން ބަދަލުވިއެވެ. ވިޝާހް ސްކޫލުން ސަސްޕެންޑް ކުރުން ވެގެން ދިޔައީ އޭނާ އިތުރަށް ނުބައި މަގުން ހިނގަން ލިބުނު ހިތްވަރަކަށެވެ. ސްކޫލަށް ދާން ނުޖެހޭތީވެ ހެނދުނު ގަޑީވެސް އޭނާގެ ގްރޫޕްއާ އެއްކޮށް ވަގުތު ހޭދަކުރަން ފުރުސަތު ލިބުނެވެ.
ދެދުވަސްފަހުން ރައިހާނާ ސްކޫލަށް އައެވެ. އެހެނަސް އޭނަ ހުންނަނީ ފާޑަކަށް ބިރުގަންފައެވެ. ކުއްޖަކު ކައިރިވިއަސް ބިރުން ދުރަށް ޖެހެއެވެ. ސްކޫލް ގަޑީ އެތައް ފަހަރަކު ޒިވާން އެ ކްލާސް ކުރިމަތިން ހިނގިއެވެ. ރައިހާނާއަށް ގެއްލުމެއް ވެދާނެކަމަށްޓަކައެވެ. އޭނާއަށް ވިޝާހް ފެނިއްޖެނަމަ ވިޝާހްގެ ދެއަތްވެސް ބިންދާލާނެއެވެ.
**
އެއް ހަފްތާގެ ސަސްޕެންޝަންއަށް ފަހު ވިޝާހް ސްކޫލަށް އައިރު ހީވަނީ މުޅިން އެހެން މީހެންހެނެވެ. ބޯދިގުވެފައި މުޅި މޫނު މަތިވަނީ ކަޅުވެފައެވެ. ހަށިގަނޑު އަނަރޫފާވެގެން ގޮސް ވަނީ ކަށިކޮޅެއް ވަރެވެ. ކުލާހުގެ އެންމެ ކަނުމޭޒުގައި އިށީންދެފައި މޭޒުގައި ބޯއެޅިގޮތަށް ދެގަޑި ނިނުނުއިރުވެސް ނުތެދުވެއެވެ. ޓިޗަރުންނަށްވެސް ވިޝާހްއަށް ގޮވާކަށެއް ނުކެރުނެވެ.
ހަމްޒާ އައިސް ކްލާހަށް ވެދެ ސަލާން ގޮވިއިރުވެސް ވިޝާހް އެއޮތް ގޮތަށް އޮތެވެ. އެހެން ކުދިންނަށް އިށީނުމުގެ ހުއްދަ ދިނުމަށްފަހު ހަމްޒާ ވިޝާހްގެ މޭޒު ކައިރިއަށް ގޮސް ވިޝާހްއަށް ގޮވިއެވެ. “ވިޝާހް. ތެދުވޭ. ސްކޫލް މީ ނިދަން އަންނަ ތަނެއް ނޫނެއްނު. އަވަހަށް ތެދުވެގެން ފާޚާނައަށް ގޮސް މޫނު ދޮވެގެން އާދޭ” ވިޝާހްގެ ކޮނޑުގައި ހިފައި ހަމްޒާ އޭނާ ނެގިއެވެ. ދެލޯ އުނގުޅަމުން ފައި ބިންމަތީ ކާއްތަމުން ވިޝާހް ފާޚާނައަށް ދިޔައެވެ. ހަމްޒާ ހީކުރީ ދެން ގަޑި ނުނިމެނީސް ވިޝާހް ނާންނާނެކަމަށެވެ. އެހެނަސް ފަސް ވަރަކަށް މިނެޓު ތެރޭ މޫނު ދޮވެގެން ވިޝާހް ކުލާހަށް އައެވެ.
“މިވީކް ނިންމާފަ ތިކުދިންނަށް ސެމްބްރޭކް ލިބޭނެއްނު. ސެމްބެރޭކަސް ތިކުދިންވާނެ ފިލާވަޅުތައް ކިޔާ ހަދަން. ސަރވެސް މި ފަހަރު ބަންދުގަ ތާކަށް ދާންޖެހޭތީވެ އެކްސްޓްރާ ގަޑި ނަގައި ނުދެވެނީ. ސަރ ދޭނަން ހޯމް ވޯކް ޕްލަސް ދަސްކުރަން ގަނޑުތަކެއް. ހުޅުވެންވާއިރަށް ތިކުދިންވާނެ އެހުރިހާ އެއްޗެއް ދަސްކުރަން” ހަމްޒާ ހުރިހާ ކުދިންނަށް ގަނޑުތައް ބަހާލިއެވެ.
*******
ދުވަސްތަކަކަށް ފަހު ރައިހާނާއާ އަންޖަލް ބޭރަށް ނުކުތީ ރަަަށަށް ދާންވާއިރަށް ބައެއް ސާމަނުގަތުމަށްޓަކާއެވެ. އެމީހުންގެ ފަހަތުން ރީހާންވެސް ދިޔައެވެ. ރައިހާނާއާ އަންޖަލް ފިހާރައަކަށް ވަދެފިއްޔާ އެތަނުގައި ބައިި ގަޑިއިރު ހޭދަކުރެއެވެ. “ރީއްކޯ! އަޅެ އެކްސައިޓެއް ނުވޭތަ؟ ދޮންތަ މެރީ ކުރަންށޭ އެއުޅެނީ!” ރައިހާނާ ވަރަށް ފޯރީގައި ވާހަކަ ދެއްކިއެވެ. “އެކްސައިޓް ވާނެ ދޯ. ދޮންތަ އަހަރުންނަށް ޅިޔަންބެވެސް ނުދައްކާ ވިއްޔާ އަދި. ޒާން ބުނީ ޅިޔަންބެ ވަރަށް މޮޅުވާނެޔޯ. ލަންޑަންއިންނޯ ކިޔެވީވެސް.” ރައިހާނާ އަދި ރީހާނަކަށްވެސް އެމީހުންގެ ދޮންތަ އިންނަން އުޅޭ ކުއްޖާއެއް ނުފެނެއެވެ. ވާން އުޅޭ ޅިޔަނު ދެކިލާހިތުން ދެކުދިންވެސް ތިބީ ކެއްމަދުވެފައެވެ.
*****
ބުރާސްފަތި ދުވަހުގެ ހަވީރު ހަމްޒާ ޝިމާންގެ އާއިލާއާ އެއްކޮށް ރަށަށް ދިޔައެވެ. ޝިމާން އިންނަން އުޅޭ ކުއްޖާ ސަރްވާއާއި އޭނާގެ އާއިލާއިން އެމީހުންނަށް ހޫނު މަރުހާބާއެއް ކިޔެވެ.
ތިން ބުރިއަށް ނަގާފައި ހުރި ގޭގެ ކުރިމައްޗަށް ތިން ކާރު ގޮސް މަޑުކޮށްލިއެވެ. އެއް ކާރުން ޝިމާން ހަމްޒާ އަދި ޝިމާންގެ މަންމަ ޝަހުލާ އަދި ބައްޕަ ޝާމިން ފޭބިއެވެ. އޭގެ ފަހަތުގައި އޮތް ކާރުން ޝިމާންގެ ދެބޭންގެ ދެދަރި ކުދިންނާއި ބޮޑު ދައިތަ އަދި ބޮޑު ބޭބެ ފޭބިއެވެ. އޭގެ ފަހަތުގައި އޮތް ކާރުން ސަރްވާއާއި ސަރްވާގެ މައިންބަފައިން ފޭބިއެވެ.
ބޭރުގައި ގަދަފެހި ކުލަ ލައިފައި ހުރި އިރު އެތެރޭގައި ހުރީ މަޑު ފެހި ކުލައާއި ކްރީމް ކުލަ ލާފައެވެ. އެންމެ ތިރީގައި ބޮޑު ސިޓިންރޫމްއަކާއި ކާތަނާއި ބަދިގެއެއްގެ އިތުރަށް ފަސްކޮޓަރި ހުއްޓެވެ. ސިޓިންރޫމްގައި ކަޅު ދެ ސޯފާ ސެޓާ ބޮޑު ޓީވީއެއްހަރުކޮށްފައި ހުއްޓެވެ.
“އަވަހަށް އާދޭ ސައި ބޯން” އެމީހުން ގެއަށް ވަނުމާއެކު ސަރުވާގެ މަންމަ ރައުލާ ސައިބޯން ގޮވިއެވެ. ރައުލާގެ ފަހަތުން އެންމެން ގޮސް ކާގެއަށް ވަނެވެ. ބާރަ މީހުންނަށް އިނދެވޭ ގޮތަށް ހުރި ބިއްލޫރި މޭޒުމަތީގައި ތަފާތު ވައްތަރުގެ ހެދިކާ ހުއްޓެވެ. ހޫނު ބަޖިޔަލާއި ގުޅައާއި ހަވާދުލީ ބިސް އަދި ކަޓުލަހެވެ. ފޮނި އެއްޗިއްސަށް ގިތެޔޮ ބޯކިބަލާއި ގެރިކިރު ބޯކިބާ އަދި ޕާންބޯކިބާ ހުއްޓެވެ. ސައިގެ އިތުރަށް އައިސް ކޮފީ ބޯން ހުއްޓެވެ. އެންމެންނަށް ބޯ އެއްޗިހި އަޅައިދިނުމަށްފަހު ސަރުވާއާއި ރައުލާވެސް ސާއިބޯން އިށީނެވެ.
ބަނޑުހައިވެފައި ހުރި ވަރުން ހަމްޒާއަށް ނިކަން ގިނައިން ކާލެވުނެވެ. ހަމްޒާ ކޭލެއް ގިނަ ކަމުން ޝިމާންވެސް ހުރީ ހައިރާންވެފައެވެ.
ސައިބޮއެ ނިމިގެން އެންމެން ގޮސް ސޯފާގައި ޖައްސާލިއެވެ. އެއަށްފަހު ޝިމާން އޭނާގެ އާއިލާ ސަރުވާގެ އާއިލާއަށް ތައާރަފުކޮށްދިނެވެ.
“މިއީ އަސްލު އަހަރުމެން ގެގެއެއް ނޫން. މީ މަގޭ ކޮއްކޮގެ ގެ. އަހަރުމެންގެ ގެ ހަދާތީވެ މިގޭގަ މިއުޅެނީ. ތިރީގަ އެންމެ މިކޮޅަށް ހުރި ދެކޮޓަރިއެއީ ހުސް ދެކޮޓަރި. ދެން ދެވަނަ ބުރީގަ އިންނާނެ ތިންކޮޓަރިއާ ސިޓިންރޫމެއް ޕީއެސް ކުޅެވޭ ގޮތަށް. ދެން އެންމެ މަތީގަ އިންނާނީ ދެކޮޓަރިއާ ބޮޑު ޓެރަހެއް” ގޭގެ ކޮޓަރިތަށް ހުރި ގޮތް ރައުލާ ކިޔާދިނެވެ. ރައުލާއާ ޝާމިން އަދި ޒޫނާއާއި ފަޒީލް(ޝިމާންގެ ބޮޑު ދައިތައާ އޭނާގެ ފިރިމީހާ) އެންމެ ތިރީގައި ހުރި ދެކޮޓަރި ނެގިއެވެ. ޒޫނާއާ ފަޒީލްގެ ދެދަރިން ޒަހުވާން އަދި ފިޒާން ބޭނުންވީ ދެވަނަ ބުރީގައި ހުރި ކޮޓަރިއެވެ. ޝިމާންއާ ހަމްޒާ ބޭނުންވީ ތިންވަނަ ބުރީގައި ހުރި ދެކޮޓަރިއެވެ.
ދަބަސްތައް ހިފައިގެން ތިންވަނަ ބުރިއާ ހަމައަށް އެރިއިރު ދެމީހުންވެސް ތިބީ ވަރުބަލިވެފައެވެ. ސިޑިއާ އެންމެ ކައިރީ އިން ކޮޓަރިއަށް ޝިމާން ވަނެވެ. ޝިމާން ގެކޮޓަރިއަށް ޖެހިގެން އިން ކޮޓަރިއަށް ހަމްޒާ ވަނެވެ. މުޅި ކޮޓަރި ޒީނަތްތެރިކޮށްފައި ވަނީ ފިޔާތޮށި ކުލައިންނެވެ. ފާރުތަކުގައި ގަދަ ފިޔާތޮށި ކުލަލާފައި ހުރިއިރު ފަރުނީޗަރުތައް ހުރީ ހުދާއި މަޑު ފިޔާތޮށި ކުލައެއް ގައެވެ. ހުދު ކުލައިގެ ކިންގް ސައިޒް ބޮޑު އެނދުގައި ހަތަރު ބާލިސް އޮތެވެ. އެނދުގައި އަޅާފައި އޮތީ ގުރާފެހި ކުލައިގެ ބެޑްޝީޓެކެވެ. ބެޑްޝީޓް މަތިން އަޅާފައި އޮތް ބެޑް ކަވަރު އޮތީ ގަދަ ފިޔާތޮށި ކުލައިންނެވެ. ބާލިސް ތަކުގައިވެސް ހުރީ ގަދަ ފިޔާތޮށި ކުލައިގެ އުރަ ލައްވާފައެވެ. އެނދުގެ ފަޑީގައި ވަނީ ކޮކާލެއްގެ ޑިޒައިނެވެ. ތިން ދޮރުފަތްލީ އަލަމާރީގައި ހުރީ ހުދުކުލައާ މަޑު ފިޔާތޮށިކުލައެކެވެ. އަލަމާރީގެ ކުރިމައްޗަށް ވާގޮތަށް ހުދު ކުލައިގެ ޑްރެސިން ޓޭބްލްއެއް ހުއްޓެވެ. ފާޚާނަ ކައިރީގައި ހުރި ހެދުން އަޅުވާ ހަރުގަނޑު ހުރީ ހުދުކުލައިގައެވެ. ކުޑަދޮރު ތަކުގައި ދަމާފައި ހުރި ދޮރު ފޮތިތައްވެސް ހުރީ މަޑު ފިޔާތޮށި ކުލައެއްގައެވެ. ކޮޓަރީގެ ކޮންމެ ދިމާއަކަށް ބަލާލިއަސް އެނގިގެން ދަނީ އެއީ އަންހެން ކުއްޖަކަށް ޚާއްސަކޮށް ހަދާފައިވާ ކޮޓަރިއެއް ކަމެވެ. ފާރުގައި އެކިކަހަލަ މަލުގެ އިތުރަށް ކޮކާ ކުރަހާފައި ހުއްޓެވެ.
ފޮށިން ތުވައްޔަކާ ސޯޓެއް ނަގައިގެން ހަމްޒާ ވަނީ ފާޚާނައަށެވެ.
ފެންވަރައިގެން ނުކުތް ގޮތަށް ވަރުބަލިވެފައި ހުރުމުން ހަމްޒާ އެނދުގައި ޖައްސާލިއެވެ. ބާލިސްތަކާ ގޮދަޑި އަރާމުކަމުން އެތަނުން ތެދުވާހިތްވެސް ނުވިއެވެ. ސުނައިނާއަށް ގުޅަން ފޯނުނަގަން އުޅެފައިވެސް ކަންނެއް ވެގެން އޮތީއެވެ. އެހެން އޮއްވާ ނިދުނުއިރުވެސް ހަމްޒާއަށް ނޭންގުނެވެ.
ހަމްޒާއަށް ހޭލެވުނީ ބާރަކަށް މީހަކު ދޮރުގައި ތަޅާއަޑަށެވެ. ކަންނެއްގޮތަކަށް ތެދުވެގެން ދެލޯ އުނގުޅަމުން ގޮސް ދޮރުހުޅުވިއެވެ. ދޮރު ކުރިމަތީގައި ނިދި މޫނަކާއި އެކީ ހުރީ ޝިމާންއެވެ. ހަމައެކަނި ސޯޓުބުރިއެއް ލައިގެން ހުރިއިރު އިސްތަށިގަނޑު އޮތީ ހޭވިފައެވެ. ޝިމާންވެސް ނިދާ ތެދުވީ ހަމަ ދެންމެ ކަން އެނގެއެވެ. “ކަލޭ މިރަށަށް އައި ފަހުން ސުނޭ ދައްތަައަށް ނުގުޅަން ދޯ. ދައްތަ ގުޅީމަވެސް ފޯނެއް ނުނަގާ. ކައޭއަށް ގުޅާގުޅާ ފޯނު ނުނަގައިގެން އެންމެ ފަހުން މަށަށް އެގުޅީ. ދެންވެސް ގޮސް ދައްތައަށް ގުޅާބަ” ސުނައިނާއަށް ނުގުޅޭކަންވެސް ހަމްޒާ ހަނދާންވީ ޝިމާން ބުނުމުންނެވެ. ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިއަށް ގޮސް ފޯނު ނަގައިގެން ސުނައިނާއަށް ގުޅާލިއެވެ. ސުނައިނާއާ ވާހަކަ ދައްކަމުން ހަމްޒާ ގޮސް ކޮޓަރިން ނިކުމެވޭ ގޮތަށް އިން ޓެރަހަށް ނުކުތެވެ. އިރު އޮއްސެން ގާތްވެފައި ވުމާއެކު ދުނިޔެ ވަނީ މަޑު އޮރެންޖް ކުލައެއްގައެވެ. ވައިރޯޅިތައް ހަމްޒާގެ ހަށިގަނޑުގައި ބޮސްދެމުން ދިޔައެވެ. ޓެރަހަށް ނުކުތުމާއެކު ރަށުގެ މޫދު ވަރަށް ރީތިކޮށް ފެންނަމުން ދިޔައެވެ. އަތިރި މަތީގައި ހަވީރު ފިންނަށް ހިނގަން ނިކުމެ އުޅޭ އެކިފުރައިގެ މީހުން ފެނެއެވެ.
ރަށަކީ ތަރައްގީވަމުން އަންނަ ރަށެކެވެ. ކޮންމެ ގެއެއްވެސް އެންމެ ޒަމާނީފެންވަރަށް ވަނީ ހަދާފައެވެ. ގިނަ ގޭގެ ހުންނަނީ ތިނެއް ނޫނީ ދެބުރިއަށް ނަގާފައެވެ. ރަށުގެ އާބާދީއަށް ބަލާ ނިސްބަތުން ބޮޑެތި ފިހާރަތަކުގެ އަދަދުވެސް ގިނައެވެ. ރަށުގައި ނަން ހިނގާ ފަސް ރެސްޓޯރަންޓް ހުރެއެވެ. މަގު ތަކުގައި ވަނީ ތާރު އަޅާފައެވެ. ތަރައްގީއާ އެކުރަށުގެ ފެހިކަންވެސް ގަދައެވެ. ކޮންމެ މަގެއްގެ ދެފަރާތު ބިޔަ ބޯ ގަސްތައް ވަނީ ހައްދާފައެވެ. ސައިކަލާ ކާރު އާދި ޕިކަޕް ފަދަ ތަކެތި ދުއްވާ ލޭންތައް ވަކިކުރަން މަގުމެދުގައި ޖަހާފައި ހުރި ގާތަކުގެ ތެރޭގައި އެކި ވައްތަރުގެ މާގަސްތަކާ ވިނަ ގަސްތައް އިންދާފައި ހުއްޓެވެ.
ފެންނަމުން ދިޔަ ގުދުރަތީ ރީތި މަންޒަރުތަކާއި ވައިރޯޅިން ލިބެމުން ދިޔަ ހިތްހަމަ ޖެހުމުން ހަމްޒާ ހުރީ އެތެރެއަށް ވަންނަން ބޭނުން ނުވެފައެވެ. އެހެނަސް ބަންގި ގޮވަން ކައިރިވެފައި ވާތީ ހަމްޒާ އެތެރެއަށް ވަނީ ނަމާދަށް ދާން ތައްޔާރުވާށެވެ.
********
އެންމެ ފަހު ވަގުތު އޮފީސް ކަމެއް ދިމާވެގެން އަޒްހަދަށާއި ރާނިޔާއަށް ރައިހާނާމެންނާ އެއްކޮށް ދެވޭ ގޮތެއް ނުވިއެވެ. އެހެނަސް ވަރަށް އިތުބާރާއެކި އެދެމީހުން ރުހާމްއާއި ޝައުފާއާއި އަންޖަލް ހަވާލުކުރިއެވެ. ބުރާސްފަތި ދުވަހުގެ ރޭގަނޑު އަށް ގަޑި ބައިވިއިރު ރައިހާނާމެން ތިބީ ޕޯޓް ހާބަރުގައެވެ. އޭރު ރަށްރަށަށް ދިއުމަށްޓަކައި ބައިވަރު މީހުން އެސަރަހައްދަށް ޖަމާވެފައި ތިއްބެވެ.
ރީހާންގެ އެކުވެރިޔާ ޖައިލަމް އައުމާއެކު އެންމެން ދޯންނަށް އެރިއެވެ.
އެންމެ ފުރަތަމަވެސް ދޯންނަށް އެރީ ރައިހާނާއެވެ. އޭރު އޭނާގެ ބައްތިރީސް ދަތްޕިލަ ހުރީ ފެންނާށެވެ. ރައިހާނާގެ ފަހަތުން ދޯންނަން އެރި އަންޖަލް ހުރީ ހައިރާންވެފައެވެ. އެންމެ ޒަމާނީ ފެންވަރަށް ހަދައިފައިވާ ދޯނީގެ އެތެރެއަށް ވަދެވޭގޮތަށް ތިން ދޮރު ހުއްޓެވެ. މެދުގައި އިން ދޮރުން އެތެރެއަށް ވަނުމުން ސިޑިއަކުން ދޯނީގެ މައްޗަށް އެރެއެވެ. އެ މުޅި ބްލޮކް އެކީ ވަނީ އޭސީ ކޮށްފައެވެ. އަދި ދަތުރުވެރިންނަށް ފަސޭހަވާނެހެން އެނދުޖަހައިފައި ހުއްޓެވެ. މެދުގައި އިން ދޮރުން ވަންނައިރު ހުންނަނީ ކޮޓަރިތަކެކެވެ. ތިން މީހުންގެ ޖާގައިގެ ކޮޓަރިތަކުގައި ވެސް ވަނީ އޭސީ ކޮށްފައެވެ. ރުހާމް ވަނީ އެބައިން ދެކޮޓަރި ނަގާފައެވެ. ރައިހާނާއާ އަންޖަލް އަދި ޝައުފާއަށް އެއް ކޮޓަރިއެވެ. އަނެއް ކޮޓަރި ތިން ފިރިހެނުންނަށެވެ. ދަބަސްތަކާ އެއްޗިހި ކޮޓަރިއަށް ވައްދާފައި ރުހާމް ދިޔައީ އެމީހުން ތިބެން ހަމަޖެހިފައި ހުރި ކޮޓަރިއަށެވެ.
ކޮޓަރީގައިވެސް ހުރީ އެނދު ޖަހާފައެވެ. އެއް އެނދު ހުރަހަށް އޮތްއިރު އަނެއް ދެއެނދު އޮތީ ދިގަށް ޖަހާފައެވެ. ދިގަށް ޖަހައިފަހުރި ދެއެނދުގައި ރައިހާނާއާ އަންޖަލް އޮށޯތެވެ. ޝައުފާ އޮތީ ވަކިން އިން އެނދުގައެވެ.
“ރައި. ދިސް އިޒް އަމައިޒިން!” ދޯނީގެ ފުރިހަަމަކަށް އެނގުމާއެކު އަންޖަލްއަށް ބުނެވުނެވެ. “ޔާ އައި ނޯ. އެހެންވެއޭ ބައްޕަ ގާތު ރޮއެއްގެން މީގެން މިއައީ” ރުހާމް ޓިކެޓް ނަގަން އުޅުނީ މަތިންނެވެ. އެހެނަސް ރައިހާނާ ބޭނުންވީ ކަނޑުމަގުން ދާށެވެ. ބާރަ ގަޑިއިރު ގެ ކަނޑު ދަތުރު އެ ރީތި އަރާމު ދޯނީގައި ކުރަން ރައިހާނާ ބޭނުމެވެ. ވައިގެ މަގަށްވުރެ ބޮޑަށް ކަނޑުންދަތުރުކުރަށް ރައިހާނާ މާ ހިތްހަނަ ޖެހެއެވެ. ރައިހާނާ ގޮވައިގެން ރަށަށް ދާނަމަ ރުހާމް ޖެހޭނީ ދޯނިން ޓިކެޓް ނަގާށެވެ.
ނުވައެއް ޖެހިއިރަށް ދޯނި މާލޭ ބަނދަރުން ފުރިއެވެ. ކޮޓަރީ ދިއްލާފައި ހުރި ލައިޓްތައް ނިއްވާލަމުން ރައިހާނާއާ އަންޖަލްވެސް ނިދަން އޮށޯތެވެ.
*****
އިޝާ ފަހުން ގޭތެރެ ވަނީ ވަރަށް ހަލަބޮލިވެފައެވެ. ރައުލާ ދައްދަގެ ކުދިންނާއީ ދެބެއިންގެ ދެދަރިން އައިސްގެން އުޅުނެވެ. ސަރްވާ އެހުރިހާ ކުދިންނަށް ޝިމާންއާ ހަމްޒާގެ އިތުރަށް ޒަހުވާން އަދި ފިޒާންވެސް ތައާރަފުކޮށްދިނެވެ. ސަރްވާމެން އާއިލާގައި ގިނައިން ތިބެނީ އަންހެން ކުދިންނެވެ. އެއާއިލާގެ ފިރިހެން ކުދިންގެ ތެރެއިން އެވަގުތު އެގޭގައި ތިބީ ސަރުވާގެ ކޮއްކޮ ޒާންއާއި ބޮޑުދައިތަގެ ތިން ދަރިންގެ ތެރެއިން ހުރި ހަމަ އެކަނި ފިރިހެންދަރި ހުސާންއެވެ. ހަމްޒާމެން އައުމުން ޒާންއާ ހުސާން އުފާވީ އެދެމީހުން ބާކީ ނުވާނެތީއެވެ. “މާދަން ހެނދުނު ރީއްކޮ އައިމަ ސަޅިވާނެ. އޭރުން ގުރޫޕް ހަމަވީ. ރީއްކޮގެ ފްރެންޑެއްވެސް އަންނާނެ. މިފަހަރު ދޮންތަމެންނަށް އަހަރުން ދުލެއް ނުކުރާނަން. އެމީހުން ވަރަށް ފޮނިވާނެ އަހަރުންގެ ބައި މަދުވީމަ” ޒާން ވަރަށް ފޯރީގައި ބުންޏެވެ. ހުސާންވެސް ޒާންއާ އެއްބައިވިއެވެ. ކުރިއަށް ދުވަސްތަކުގައި އެމީހުން ކުރާނެ ކަންތައްތައް ހުރިހާ ފިރިހެނުން ރޭވިއެވެ.
ދެއަހަރުގެ ޒޯޔާ އުރައިގެން ސަރުވާ އައިސް އެމީހުންނަށް ކާންގޮވިއެވެ. ޒޯޔާއަކީ ހިސާންގެ ދައްތަ ނަދާގެ ދަރިފުޅެވެ.
ސުފުރާމަތި ފެންނަމުން ދިޔައީ ވަރަށްވެސް ތިޔާގިކޮށެވެ. ހުރިހާ ފިރިހެނުން ކާން ތިބިއިރު ވާހަކަ ދެއްކުމުގެ އަޑު ނުކެނޑެއެވެ. އެއާއިލާގެ ތެރޭގައި އޮތް އެއްބައިވަންތަކަމާއި އެކުވެރިކަމަަށް ހަމްޒާމެން ތައުރީފު ކުރިއެވެ.
*******
ދޯންޏަށް އެރާފައި ނިދިގޮތަށް ރައިހާނާއަށާ އަންޖަލްއަށް ހޭލެވުނީ ފަތިހުއެވެ. ދެކުދިންވެސް ތެދުވެގެން އަވަސްވެގަތީ ފަތިސް ނަމާދު ކުރުމަށެވެ. ނަމާދުކޮށް ނިމިގެން ޝައުފާގާތު ބުނުމަށްފަހު ރައިހާނާ އަންޖަލް ގޮވައިގެން ދޯނީގެ ހިޔާނުކޮށް އޮންނަ މަތީ ބަޔަށް އެރިއެވެ.
ވައުރޯޅި ބާރުކަމުން ހީވަނީ ދެންމެ ދެންމެ ރައިހާނާމެން ވަޔާ ގެންގޮސްފާނެހެންނެވެ. ބުރުގާގެ ފަހަތުގައި ހިފަހައްޓައިގެން ތިބެ ދެކުދިންގޮސް އެއް ކައިރިއެއްގައި އިށީނެވެ. އުޑުމަތިން އިރުއެރުމުގެ ކުލަވަރު ފެންނަން ހުއްޓެވެ. ކަނޑު ފެންނަމުން ދިޔައީ ސާފު ބިއްލޫރި ކޮޅެއް ފަދައިންނެވެ. ކުދި ކުދި މަސްތައް ކަނޑުތެރޭގައި އުޅޭތަން ފެންނަމުން ދިޔައެވެ. “އަންކޯ އެއޮށް ފެންނަނީ ރަށް” ތަންކޮޅެއް ދުރުން ދިގު އެންޓަނާއެއް ލާފައި އިން ރަށް ރައިހާނާ ދަށްކާލިއެވެ. ރަށުގެ ވަށައިގެން ކުދި ކުދި އެހެން ރަށް ތަށްވެސް ހުއްޓެވެ. އެއިން ކޮންމެ ރަށެއް ދައްކާފައި އެރަށްރަށް ކިޔާ ނަންތައް ރައިހާނާ އަންޖަލްއަށް ކިޔާދިނެވެ.
***********
ފަތިސް ނަމާދުން އައި ގޮތަށް ހޫނު ކޮފީ ތަށްޓެއް ހިފައިގެން ހަމްޒާ ނުކުތީ ޓެރަހަށެވެ. ޓެރަސްގެ ރެއިލިންގައި އަތް އަޅުވައިގެން ދެއަތުން ކޮފީ ތަށި ހިފައިގެން އިން އިރު މަގުމަތިން ދިޔަ ބައެއް އަންހެން ކުދިންގެ ނަޒަރު އޭނާއަށް ހުއްޓެމުން ދިޔައެވެ. ގަދަނޫކުލައިގެ ޓީޝާޓަކާ ކަކުލުން ތިރިއަށް ހުރު ކަޅުކުލައިގެ ސޯޓުގައި ހަމްޒާ ފެންނަމުން ދިޔައީ ނުހަނު ހިތްގައިމު ކޮށެވެ.
“ކަލޭ މިތާ ދޯ ތިއިންނަނީ. މަކޮން އިރެއް މިހާރު ހޯދާތާ ހިނގާބަ ރަށުތެރޭ ހިނގާލަން ދާން.” ކޮފީ ތަށި އެއްފަހަރާ ދަމާލުމަށްފަހު ޝިމާންއާ އެއްކޮށް ރަށުތެރެ ބަލާލަން ހަމްޒާ ނުކުތެވެ. އެމީހުންގެ ފަހަތުން ޒާންވެސް ދިޔައެވެ.
ރަށުގެ އަތިރިމައްޗަށް ދެވުމާއެކު ހަމްޒާ އަދި ޝިމާންވެސް މޫދަށް އެރޭ ހިތްވިއެވެ. ތިން މީހުން އެކީ ޓީޝާޓް ބޭލުމަށްފަހު ދުވެފައި ގޮސް މޫދަށް ޑައިވެއް އެޅިއެވެ. “ނަސީބެއް ހަނދާންނެތިގެން ވިއަސް ފޯނު ބައްވާފަ އާދެވުނުކަން” މޫދު އަޑިން އަރަމުން ހަމްޒާ ބުންޏެވެ. ތިން މީހުން އެތަށްއިރަކު މޫދުގައި ތިބެ ސަކަރާތް ޖެހުމަށްފަހު އެއްގަމަށް އެރިއެވެ.
********
ދޯނި ރަށާ ކައިރިވަމުން ދިޔަ ވަރަކަށް ރައިހާނާގެ ހިނިތުންވުން ފުޅާވަމުން ދިޔައެވެ. ދެފަޔަށް ހިނިއަރައިގެން އުޅޭހެން ދެކޮޅަށް ހިނގަމުން ދިޔައެވެ. އަންޖަލްގެ ހިތަށް ފާޑެއްގެ ގޮތެއްވަމުން ދިޔައެވެ. އާދަޔާ ޚިލާފަށް ދާހިއްލާ ނޭވާ އަވަސްވާން ފެށިއެވެ. “އަންކޮ ރިލެކެސް. މީނަ ހީވަނީ ދުނިޔެއިން ބޭރަށް އާދެވޭތި އުޅޭހެން ޗިލް ގާލް!” ރައިހާނާ ބެލީ އަންޖަލް ހިތްހަމަޖައްސާދެވޭތޯއެވެ.
ދޯނި ރަށަށް ލެފުމާއެކި އަންޖަލްގެ އަތުގައި ހިފައިގެން ދުވަމުން ކަހަލަ ގޮތަކަށް ރައިހާނާ ދޯނިން ފައިބަން ދިޔައެވެ. އެމީހުން ލަފާ ތަނަށް ރުހާމްގެ އާއިލާ އެކީހެން އައިސް ތިއްބެވެ. ރައިހާނާ ދޯނިން ފޭބިގޮތަށް ދުވެފައި ގޮސް ސަރްވާގައިގަ ބައްދާގަތެވެ. “ދޮންތާ!” ފަހު އަކުރަށް ދަމާލަމުން ރައިހާނާ ގޮވާލިއެވެ. “ރައީ” ސަރްވާވެސް ފަހު އަކުރަށް ދަމާލިއެވެ. “އޭއީ ތުތީވެސް އެބަހުރީމޭ” ޒޯޔާ އުރައިގެން އިން ނަދާ ރައިހާނާއަށް ބުނެލިއެވެ. “އޯ ތުތީ. އަޅޭ ޒޯވެސް އެބަހުރިދޯ. ދޮންތިގެ ބިސްޕުޑިން ގަނޑު” ނަދާ އަތުން ރައިހާނާ ޒޯޔާ އަތުލިއެވެ. “ކޮބާ ޒާން؟” ޒާން ފެންނަން ނެތުމުން ރައިހާނާ އަހާލިއެވެ. “ޒާންވީ ޅިޔަނާއެކީ މޫދަށް ގޮސް” ސަރްވާ ރަކިކޮށްލަން ނަދާ ބުންޏެވެ. ވަގުތުން ސަރްވާގެ މޫނު ރަތްވިއެވެ. “ވެލް ގާއިޒް މިހިރީ ރައިގެ ލޯބިވާ އަންކޮ” އަންޖަލް ދައްކާލަމުން ރައިހާނާ ބުންނެވެ. “ހެއި އަންކޯ. ފައިނަލީ ދިމާވެއްޖެ” ސަރްވާ ކުޑަކޮށް އަންޖަލް ގައިގައި ބައްދާލިއެވެ. އިރުކޮޅަކުން ރައުލާވެސް ރައިހާނާމެން ގާތަށް އައެވެ. ނަދާގެ މަންމަ ރީމާވެސް އައެވެ.
*****
ކާރު ގޮސް ގޭދޮރުމަތީ މަޑުކޮށްލި ކަމެއްނޭންގެ ރައިހާނާ ގެއާ ދިމާއަށް ދުއްވައިގަތެވެ. “ރައި ވެއިޓް. ދޮންތަ ހަނދާން…” ސަރްވާ ކިޔަމުން ދިޔަ އެއްޗެއް އަޑު ނާހާ ރައިހާނާ ގޮސް ތިންވަނަ ބުރިއަށް އެރިއެވެ. ރައިހާނާގެ ފަހަތުން އަންޖަލްވެސް އެރިއެވެ. ދުވެލައިފައި ގޮސް ރައިހާނާ އޭނާގެ ކޮޓަރީ ދޮރު ހުޅުވާލިއެވެ.
ނުނިމޭ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.






Salam alikum. Enme furathama ves huriha kiyuntherin ge kibain mi bai las vi kamah takaa maafah edhen. Mi week ga skl test ge ithurah ehenihen baivaru kanthah thah hurumaa eky varah bodah busy vi. Vaahaka up vun lasvy ehenve. Next part sunday ga ISA.
Its ok kiyaa darla… I have been waiting for this.. Vaahaka kiyaalaafa comment kohlaanan ingey
No don’t be sad dear… I wasn’t talking about u lawbi ganduu…. I was saying that kitty abadhuves dhekeny meehun comment kuraa furathama meehakah vaan ulhey than ehnve jiji kaarin ehen ehy.. Maybe u knw y.. Thats y… I really wasn’t talking about u… Im sorry dhoonyaa.. I really didn’t mean to hurt u
Sababu bunela dhinyma ufaa vejje??????????..assu vrh sad vefa hury prt up nuvaane kamah..masha allah ??????as usual mi prt vxvrh habbu nge????..maSha allah..u r talented.one of my fav author..hope I’ll get ur support in my stry future ga..In Sha Allah??????❤❤..me first dhw..??????????????…waiting for sundayyyyyyy???
Btw me second dhw..kitty lwbi first ??❤❤??.. ok vaane…maa dhigu comment gandeh libunyma aee..??..hehe..
Happens darla ❤️❤️btw can u tell me one thing plx.. Y do everyone want to be the first one here.. I dnt understand
jiji bunan ulhefa aee maa dhigu comment gandeh liyan jehunyma ey..typing mistake eh ge sababun aee..jiji comment kuri iru ehvx kujjeh ge comment eh neiy ehn ve I comment kury..jiji bunelan beynun vany hama ekani jiji eh noon dhw ey first hoadhan ulhenyky..stryx comment blog ga ehvx comment eh nethyma I comment kohlany..kitty thihen bunyma vrh sad vejje???
Jiji… Im sorry… I wasnt talking about u… Really????
Ehnviyyaa ok..bt dhn ekahala ehcheh nubunahchey dear?
I swear dhn nubunaanan…. Insha Allah…. Jiji wattpad use kurantha..?
Thaath123..thts my id …will b waiting for uh…luv u more b?????bes
Thaath123..thts my id …will b waiting for uh…luv u more babes?????
Yea dhw… Thaath123 is my id.. I also really want to tlk to u… Love you more babes????❤️❤️??will b waiting for your message
Hehe.. Repeat vefa dhw.. Sorry everyone
Its ok..Me first dw..wowww. ekam nxt part lahey Sunday v ma.. can’t wait ?????.vvvvvv nice.. all the best..
Story varah varah reethi.. ???❤️❤️?Masha allah… Keep up the good work dear… Its so beautiful that I have no words to say…. I hope your test went very well… ?❤️❤️??❤️❤️????
Kikiki yageen it’s the room that hamza is staying.. waiting for nice comedy arguments between those 2..
Story v nice.. keep it up
Alhey v nice mi partvx kiyaa❤️❤️❤️❤️curiously waiting 4 the next part.. ??? hadhaan koh sunday ah up kohdhehchey ingey… Keep up the gud work….. ???
V nice mi part vx kiyaa sunday ga hadhaan koh up kohdhechey… Curiously waiting….
V nice mi part vx kiyaa….
Hellowwwww..?,kitty n jiji…im following u on wattpad ingeyyyyyyy????
Sure!!! Will b waiting for you ingey??????
Hmm..ok will be waiting for u unknown girlll..❤????