Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކަލާޔާ ނުލާ 8

Ashly Level 210 Stories100 Comments100 Login
April 1, 2019 5 Mins Read
20 Comments

ޒޯޔާ އިނީ ހަރަކާތެއް ގެންނަށްވެސް ނޭގިފައެވެ. އަޔާން ކުއްލިއަކަށް ޒޯޔާގެ ފިޔާތޮށިކުލައިގެ މަޑުތުންފަތުގައި މަޑުމަޑުން ބޮސް ދިނެވެ. ކުޑަ ސިކުންތުކޮޅަކަށް ދެމިގެން ދިޔަ އެ ލޯބިވެތި ވަގުތު ކޮޅާ ދުރުވީ ޒޯޔާއެވެ. ޒޯޔާ އަޔާންގެ ގަޔާއި ދުރުވެލިއެވެ. އޭރު ޒޯޔާ ދިޔައީ އޭނާގެ ނޭވާ ހަަމައަކަށް އަޅުވަމުން ނެވެ. ޒޯޔާގެ ރަތްވެފައިވާ ތުނި ތުންފަތްފެނި އަޔާން މޮޔަވާވަރު ވިއެވެ. “ޔުޔަރ ލި ޕުސް… ސޯ ޓޭސްޓީ … ” އަޔާން އެއްލޯމަރާލަމުން ޒޯޔާ ލަދުގަންނަވާލުމަށް ޓަކައި ބުނެލިއެވެ. އަޔާން ބޭނުންވި ގޮތަށް ކަންތަށްވެގެން ދިޔައެވެ. ޒޯޔާ ލަދުން މޫނު ރަތްވެގެން ދިޔައެވެ. އަދި އަޔާންއަށް ގުޑްނައިޓް ކިޔައި ދުވެފައި ގޮސް ގޭތެރެއަށް ވަނެވެ. އަޔާން ވެސް ހެމުން ހެމުން ގޮސް ދޮރު ތަޅުލާފައި ނިދަން ކޮޓަރިއަށް ވަނެވެ.

ފަތިހު ފަތިސް ނަމާދަށް ހޭލިގޮތަށް ޒޯޔާމެން ނުނިދައެވެ. ގެންދަން ޖެހޭ ހުރިހާ އެއްޗެހި ކުޑަ ދަބަހަކަށް އެޅުމަށް ފަހު ގެންދަން ޖެހޭ އެއްޗެހި އެޅުމަށް ފަހު އެންމެންނަށް ސައިހެދިއެވެ. އެންމެން ސައިބޮއިގެން , ބަދަރަށް ދާން ނިކުން އިރު ފަސްގަނޑި ބައި ވަނީއެވެ.

އަޔާންމެން ބަދަރަށް ދިޔައިރު ދޯންޏަށް ގެންދަން ޖެހޭ ހުރިހާ ސާމާނެއް އަރުވަން ރީހާން, އަޖުމަލް  އަދި އިތުރު ފަސް ފިރިހެންކުދިން އުޅެއެވެ. އަޔާން އާއި ފަޔާޒް ވެސް އެމީހުންނަށް އެހީވާން އެމީހުންނާއި ގާތްވެލިއެވެ. ފަސްގަނޑި ބައިވިތަނާ އަންހެން ކުދިންކޮޅު ވެސް އައިއްސިއެވެ.

އެއްޗެހި އަރުވާ ނިމުމުން އަންހެން ކުދިންތައް ދޯންޏާއި ގާތްވެލިއެވެ. އަޔާން ޒޯޔާ ދޯންޏަށް އެރުވުމަށް ޒޯޔާއާއި ދިމާލަށް އަތް ދިއްކޮށްލިއެވެ. ޒޯޔާ އަޔާންގެ އަތުގެތެރެއަށް އޭނާގެ އަތް ލިއެވެ. އަޔާން ޒޯޔާގެ އަތުގައި ހިފާ އޭނާއާއި ގާތަށް ދަމާލިއެވެ. ޒޯޔާ ގޮސް ލައްވީ އަޔާންގެ މޭމަތީ ގައެވެ . އަޔާން ޒޯޔާގެ ތުނިހަށިގަނޑުގައި ހިފަހަށްޓައިލިއެވެ. ޒޯޔާ އަޔާން އާއި ދުރުވެލުމަށް ފަހު ފެރީގައި ހުރި ބެންޗެއްގައި އިށީނެވެ. އަޔާންވެސް ޒޯޔާގެ ފަހަތުން ގޮސް ޒޯޔާއާއި ޖެހިގެން އިން ގޮޑީގައި އިށީނެވެ.

ހުރިހާ އެންމެން ފެރީއަށް އެރުމުން ފެރީ ދުއްވަންހުރި މީހާ  އެރަށާއިރީގައި އޮތް ފަޅުރަށަށް ދާން މިސްރާބު ޖެހިއެވެ. ދޯނިމަތީގައި ތިބި ފިރިހެން ކުދިން ބޮޑުބެރުޖަހަން ފެށިއެވެ. އަންހެން ކުދިން އަތްޖަހަމުން ދިޔައިރު ބައެއް ފިރިހެން ކުދިން ދިޔައީ ލަވައިގެ ރާގަަށް ނަށަމުން ނެވެ. އަޔާން އިނީ މިފެންނަ އާމަންޒަރުން މަޖާވެފައެވެ. އިރު އިރުކޮޅާ ޒޯޔާގެ ރީތި މޫނަށް ވެރިވާ ހިނިތުންވުން ފެނި އަޔާންގެ ހިތް ތެޅިލައެވެ.

ފަންސަވިސް މިނެޓްގެ ދަތުރަކަށްފަހު ފެރީ އޭގެ މަންޒިލަށް ފޯރިއެވެ. ދޯނި އޮތީ ތަންކޮޅެއް ދުރުގައި އަޅާފައެވެ. ފިރިހެން ކުދިންތަށް  މޫދަށް ފުއްމައިލިއެވެ. އެމީހުންގެ ކަކުލުން މައްޗަށް ލޮނުގަނޑު ހުއްޓެވެ. ފުރަތަމަ ގެނަ ހުރިހައި ސާމާނެއް އެއްގަމަށް އެރުވިއެވެ. އެއަށްފަހު ކޮންމެ ފިރިހެން ކުއްޖެއްވެސް އަންހެން ކުދިން ކޮޅު ފެރީއިން ބާލުވަން ގާތްވެލިއެވެ. އަންހެން ކުދިން ތައް ފުންމަލިއެވެ. ފަޔާޒް ރީނާ އަތްދަނޑި މައްޗައް ލައިގެން އެއްގަމަށް ދާން މިސްރާބް ޖެހިއެވެ. އަޔާން ޒޯޔާގެ ގާތަށް ޖެހިލުމުން އަޖުމަލް ރުޅިއައިސް ހުރެ އޭނާގެ އަންހެން ކޮއްކޮ ކައިރިއަށްށެވެ. ޒޯޔާ އިނީ ލަދުންް ފުންމާލަންވެސް ނުކެރިފައެވެ. “ނުފައި ބަންތަ ތި އިނީ “އަޔާން ލާނެއް ފާޑަކަށް ހީލަމުން ބުނެލިއެވެ. ޒޯޔާ ދޯނިން ފުންމާލުމާއެކު އަޔާންް ހުށިޔާރު ކަމާއެކު ޒޯޔާ އޭނާގެ އަތްދަނޑި މައްޗަށް ލިއެވެ. ޒޯޔާ އަޔާގެ ކަރުގައި ދެއަތް ވަށައިލިއެވެ. އަދި ވަރަށް ލޯބިން އަޔާން އަތް ބަލަމުން ދިޔައެވެ. އަޔާން އެއްގަމަށް އެރި އިރުވެސް ޒޯޔާ އަށް ނޭގުނެވެ. ” ހަމަ އެހާ ބޭނުންތަ ތިޔަ ހެން އޮތްނަށް ” އަޔާން ހިނިގަނޑެއް ޖަހާލުމަށްފަހު ބުނެލިއެވެ. ޒޯޔާ ސިއްސައިގެން ދިޔައެެވެ. އަޔާންް ޒޯޔާ ބިންމަތީ ބެހެއްޓުމުން ދުވެފައި ގޮސް އެހެން އަންހެން ކުދިންތަކާއިއެކު އެއްޗެހި ތަރުތީބުކޮށް ހެދުނު ސައިހަދަން ފެށިއެވެ.

ހެދުނު ސައިބޮއިގެން އަޖުމަލް ރީހާން ފަޔާޒް އަދި އަޔާން ފިޔަވާ ދެންތިބި ތިން ފިރިހެން ކުދިން ދިޔައީ މަސްބާނަށް ށެވެ. އަަޔާން ޒޯޔާ ކެރެޓް ކޮށަން އިންއިރު އެތަށިން އިރުއިރު ކޮޅާ ކެރެޓު ކޮޅެއް ނަގައިގެން ކާލައެވެ. ފަޔާޒް ރީނާ ފިޔާ ކޮށަން އިންއިރު އޭގެން  އަރާ ދިލައިން ރޯލަރޯލަ އިނެވެ. ރީނާ ދިޔައީ ފަޔާޒްއަށް މަލާމަށް ކުރަމުންނެވެ. ނަމަވެސް އެތަނުން ދާކަށް ފަޔާޒް ބޭނުމެއް ނުވިއެވެ. އަޖުމަލް ދުރުގައި އަޔާން އާއި ޒޯޔާގެ ހަރަކާތްތަަކަށް ބަލަހައްޓައިގެން އިންއިރު އަޖުމަލް ގެ ހިތުގައި ފިޔައީ އަލިފާން ރޯވެ އަދަމުންނެވެ. އަޖުމަލް ނޫން އެހެން މީހަކަށް ޒޯޔާ ލިބޭކަށް އަޖުމަލް ބޭނުމެއް ނޫނެވެ. ޒޯޔާ އަކީ ހަމައެކަނި އަޖުމަލްގެ މީހެކޭ ބުނެ އަޖުމަލް ކިތަން މީހުން ކައިރީ ފޮނި ކެޑިއެވެ. ޒޯޔާ ހާސިލް ކުރުމަކީ އަޖުމަލްގެ އަޒުމެކެވެ.

މެންދުރު ވުމުގެ ކުރިން މަސްބާނަށް ދިޔަ ކުދިންކޮޅު މަސްބާނައިގެން އައެވެ. ފިރިން ކުދިންކޮޅު މަސް ފިހަން އުޅުނެވެ. ފަޔާޒް އާއި ރީނާ ތިބީ މަސްތަކުގައި ލޮނުމިރުސް ލާންށެވެ. އެމީހުން ކުރަން ތިބި މަސައްކަތަށް ވުރެ އެއްވެސް މީހެއްގެ ސަމާލުކަމެއް ނެތެވެ. މި މަންޒަރު ބަލަން ތިބި އަޔާން އާއި ޒޯޔާ  ހެމުން ހެމުން އައިސް އެދެމީހުން ކައިރީ މަޑު ކޮށްލިއެެވެ. ” ސާބަސް .. މިރުސް ލާށޭ ބުނީ ކަލޭމެން ދެމީހުން އަތަކު ނޫނޭ ތި މަސް އެތީ މިރުސް ލީމަނު ތި ފިހެވޭނީ ” އަޔާން އެހެން ބުނިއަޑަށް ފަޔާޒް އާއި ރީނާ ސިހިފައި ތައްޓަށް ބަލައިލިއެވެ. ތެދެކޭ މިރުސް މޮޑެވުނީ ދެމީހުން އަތުގައެވެ. ރީނާ ރަކި ވިއެވެ. އަވަސް އަވަހަށް މަސްތަކުގައި މިރުސް ލުމަށް ފަހު މަސް ފިހަން ތިބި ކުދިން އަތަށް ގެން ގޮސް ދިނެވެ.

މެންދުރު ކާން ހުރީ ފުރައިޑް ރައިސް އާއި އިފެގެޓީ އާއި ފިހުނުމަހެވެ. ކާއެއްޗެހި އަޅައިގެން ކަޕުލް ކަޕުލް ދުރުގައި ތިއްބެވެ. އަޔާން ޒޯޔާ ގޮވައިގެން އެމީހުން ނާއި ތަންކޮޅެއް ދުރައް ޖެހިލިއެވެ. މަގޫ ގަސް ތަކެއް ކައިރީ އަޔާން އިށީނުމުން ޒޯޔާވެސް އަޔާން ކައިރީ އިށީނެވެ. ޒޯޔާ މަޑުމަޑުން ކާންފެށިއެވެ. އަޔާން ބަލާވަރުން ޒޯޔާ އަށް ކާންވެސް އުދަގޫ ވަމުން ދިިޔައެވެ. އިރުކޮޅަކުން ޒޯޔާ އަށް މިރުސް ކޮޅެއް ހަފައިލެވުނެވެ. ވީ ކުޅިން ޒޯޔާ ފުންމައިގެން ތެދުވިއެވެ. ކޯކުތަށި އެއްފަހަރުން ބޯލިއެވެ. ނަމަވެސް ކުޅި ފިލާގޮތެއް ނުވިއެވެ. ހުސްތަށި ހިފައިގެން ފެންބޯންދާން ހިގައިގަތުމުން އަޔާން ޒޯޔާގެ އަތުގައި ހިފެހެއް ޓިއެވެ. އޭރު ޒޯޔާގެ ދެލޮލުން ކަރުނަ އާދެއެވެ.ޒޯޔާގެ ތުންފަން ތުރު ތުރު އަޅަމުން ދިޔައެވެ.  އަޔާން ކުއްލިއަކަށް ޒޯޔާގެ ތުންފަތުގައި  ބޮސްދޭންފެށިއެވެ.

އިރުކޮޅަކަށް ދެމިގެން ދިޔަ  އެލޯބިވެތި ހަރަކާތުން ޒޯޔާގެ ތުންފަތުން ދިލަނެގުންް ކެޑިފައިވީއިރު އެ ރީތި ތުންފަތް ގަދަ ރަތްކުލަ އަރާފައި ވިއެވެ. ޒޯޔާ ލަދުން ހުރިކަން އެގުމުން އަޔާން ޒޯޔާ ގެނެސް އަޔާން ގެ މޭތެރޭ ބޮޑިކޮށް ލިއެވެ. “އާރ ޔޫ އޯކޭ ނައު ” އަޔާން އަހާލިއެވެ. ޒޯޔާ ބޯޖަހާލިއެވެ. ” އެހެންވީ މަަ އަހަރެން ޑޮކްޓަރަކަށް ނުވިއަސް … އައި ކޭން ޓުރީޓް ޔޫ ” ޒޯޔާ ގަޔާއި ދުރުކޮށްލަމުން ޒޯޔާ އާއި ދިމާލަށް އެއްލޯ މަރާލަމުން އަޔާން ސަމާސަ ކޮށްލިއެވެ.

ކައި ނިމިގެން އެންމެން ފެށީ ބައިބަލާ ކުޅެންށެވެ. އެ އަށްފަހު ވޮލީ ކުޅުނެވެ. ވަރުބަލިވެގެން އެންމެން ވެސް މޫދަން އެރެން ފެށިއެވެ. އަޔާންް ޒޯޔާއާއި ދުރަން ނުދެއެވެ. އަބަދު ޒޯޔާ ފަހަތުގައި ހުރެ ޒޯޔާއަށް ކުދިކުދި ގޯނާ ކުރަމުން ދިޔައެވެ. އަޖުމަލް ހުރީ އެމަންޒަރު ފެނި އިންތިހާ އަށް ރުޅިއައިސް ފައެވެ.

އިރުއޮތްސުމުގެ ކުރިން އެންމެންވެސް ރަށަށް ދާން ބޭނުންވިއެވެ. ފަހައް ޖެހިއިރު ދޯންޏަށް އެއްޗެހި އަރުވަން ފެށިއެވެ. ދޯނިމަތީ ގައި އެންމެން ތިބީ ލޮޑުވެފައެވެ. އެއްބަަކު ނިދާފައިވެސް ތިއްބެވެ.

އެމީހުންނަށް ރަށަށް އާދެވުންއިރު ގަޑިން ހައެއް ޖަހާ ބޮޑުވެއްޖެއެވެ. ގެންދިޔަ އެއްޗެހި ޕިކަޕަކަށް އެރުވުމަށްފަހު ރަޔާން މެން ގެއަށް ގެންދިޔައެވެ. ޒޯޔާމެން ނުދިޔައަސް މައްސަލައެއް ނެތޭ ބުނުމުން އެމީހުން ދިޔައީ ގެއަށް ށެވެ. ޒޯޔާމެން ގެއަށް އައިސް ފެންވަރާލައިގެން މަގުރިބް ނަމާދު ކުރިއެވެ. އަދި އިރުކޮޅަކު އަރާމު ކޮށްލަން ޖައްސައިލިއެވެ.

ރޭގަނޑު ކައިނިމިގެން އެންމެން ސޯފާގައި އިށީދެ ތިބީ އޮލަވާހަކައި ގައެވެ. “މާދަމާ މީ ޒޯ ބާތ ޑޭ ދޯ ….” ރީނާ ކުއްލިއަކަށް ހަދާން ވާފަދައިން ބުނެލިއެވެ. ފަޔާޒް އަޔާން އަތްބަލައިލީ އިޝާރާތެއް ކޮލާފަދައިން ނެެވެ.

އެރޭ ބާރަޖެހިއިރު އެންމެންވެސް ޒޯޔާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔެވެ. ކުޑަކޭކެއް ފެޅުމަށް ފަހު އެންމެން އެކައިގެން ކޮޓަރިއަށް ދިޔައީއެވެ. ޒޯޔާ އަޔާން އާއި އެކު ވަގުތު ކޮޅެއް ހޭދަ ކޮށްލަން ބޭނުންވި ނަަަަަމަވެސް އެކަމެއް ނުވިއެވެ.

ފަތިހުގެ ފިނިކަން ހިފާލާފައިވާ މާހުލުގައި އެކުލެވިފައިވާ މަޑު މާމެލާމެލީގެ މީރު ވަސް މުޅި އެސަރަހައްދުގައި ހިފާލާފައި ހުއްޓެވެ. އަޔާން އުދޯލީގައި އިދެ މަޑުމަޑުން އުދޯލި ހެއްލަމުން ދިޔައެވެ. ޒޯޔާ އިސްތަށިގަނޑު ދެއަތުން ހުޅިއެއްޖަހާލަމުން ބޭރަށް ނިކުތީ ކުނި ކަހަންށެވެ. އުދޯލީގައި އިން  އަޔާން ފެނުމުން ޒޯޔާ ހުރިތަނުގައި ހުއްޓުނެވެ. އަޔާން މަޑުމަޑުން އިންތަނުން ތެދުވެގެން ގޮސް ޒޯޔާ ކައިރީގައި ހުއްޓުނެވެ. އަޔާން ކުޑަކޮން ގުދުވެލުމުން ޒޯޔާގެ ގައިން ދުވި މީރު ވަސް ދުވާ ޝަވަރ ޖެލްގެ ވަހުން އަޔާން ގެ ހިތްސުތަކާ ކުޅެލިއެވެ. “މައި ޕުރިންސެސް … ހެޕީ ބާތްޑޭ ..ގާލް… ” އަޔާން ޒޯޔާގެ ކޯތާފަތުގައި ބޮސްދެމުން ބުނެލިއެވެ. ޒޯޔާ މަޑު ހިނިތުންވުމެއް ތުންފަތް މައްޗަށް  ގެނުވިއެވެ.

އެދުވަހު މެންދުރުގެ ކެއުމަށް ވެސް ރީނާ ހަދާފައި ހުރީ ހުސް ޒޯޔާއަށް މީރު ކާއެއްޗެއް ސެވެ. ރީނާގެ ކެއްކުމަަށް އެންމެން ތައުރީފް ކުރިއެވެ. އަޔާން އާއި ޒޯޔާ އަކަނި ތިބެ ވާހަކަ ދައްކައިލާނެ ވަގުތު ކޮޅެއް ނުލިބުނުކަމުގައި ވީނަަމަވެސް އިޝާރާތުން އެދެމެދުގައި އެތަށް ވާހަކައެއް ދެކެވުނެވެ.

ރީނަ އާއި ފަޔާޒް އެރޭ އިޝާނަމަދު ކޮށްލައިގެން ބޮޑުމަސް ދުއްވާ ތަނަށް ދާން ތައްޔާރު ވިއެވެ. އަޔާން އާއި ޒޯޔާ ގޭގައި މަޑުކުރީ ދާހިތް ނެތީމައެވެ. ރީނާމެން ބޮޑުމަސް ދުއްވާ ސަރަހައްދަން ދިޔައިރު މުޅި ސަރަހައްދުގައި މީހުން އޮތީ އެއްވެފައެވެ. އެދެމިހުންވެސް ތަންކޮޅެއް ހޯދައިގެން އެތަނުގައި މަޑުކޮށްލިއެވެ.

އަޔާން އާއި ޒޮޔަ ތިބީ ސިޓިންރޫމްގައި ސޯފާގައި ޓީވީ ބަލަންށެވެ. އަޔާން އިނީ ޒޯޔާގެ ކޮދުމަތީ ބޯއަޅައިލައިގެންނެވެ. ޒޯޔަގެ ކަންފަތްކައިރީ މަޑުމަޑުން އެއްޗެއް ބުނެލުމަށް ފަހު އަޔާން ގޮސް ވަނީ އޭނާގެ ކޯޓަރިއަށް ށެވެ. ޒޯޔާ ދުވެފައި ގޮސް އޭނަގެ ކޮޓަރިއަށް ވަން އިރު އެދުމަތީގައި އޮތް ޕާރުސަލް ފެނުމުން އުފަލުން ގޮސް  އެކަޑައިލިއެވެ. އެޕާރުސަލް ގައި އޮތީ ޒޮޔަ ޢީދަށް ގަންނަށް ބޭނުންވި ރަތްކުލައިގެ ހެދުމެވެ. އެހުދުން އަތަށް ނެގުމަށް ފަހު ޒޯޔާ ކުދަކޮށް ނަށާލިއެވެ. އަދި އަޔާން ބުނި ގޮތަށް އެ ކޮޓަރިއަށް ދާން ތައްޔާރުވާން ފެށިއެވެ.

ފަޔާޒް ހުރީ އޭނައަށް އަލަށް މިފެންނަ ކުޅިވަރުން މަޖަވެފައެވެ. ފަޔާޒް އުޅޭ ގޮތުން ރީނާ ހުރީ ހީހީ ވަރުބަލިވެފައެވެ. ކުއްލިއަކަށް ވާރޭ އޮތްސައިގަތުމުން އެންމެން އެކި ތަންތަނަށް ދުއްވައި ގަތެވެ. ރިނާ ފަޔާޒްގެ އަތުގައި ހިފައިގެން ރިނާމެންގެ ގެއާއި ދިމާލަށް ދުއްވައިގަތީ އެތަނާއި އެންމެ ގާތްވާނީ އެ ގޭ ކަމަށް ވާތި އެވެ. ރީނާމެންގޭ އަސްކަނި ދޮށައް ވަދެވުމުން ރިނާ ފަޔާޒް އަތުން ދޫކޮށް ލިއެވެ. އޭރު އެދެމީހުން ވެސް ވަނީ ކޮންމެވެސް ވަރަކަށް ތެމިފައެވެ. މާވަރަކަށް ދުވުމުން ނޭވާ ހަމައަކަށް އަޅުވަން އިރުކޮޅެއް ނެގިއެވެ. އެވަގުތު އިވުނު ބާރު ގުގުރިއާއި އެކު ވިދާލުމުން ރީނާ ބިރުން ފަޔާޒް ގައިގައި ބާރަށް ބައްދައިލިއެވެ.

 

-ނުނިމޭ-

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ashly

Level 210 Stories100 Comments100 Login

am 18 years old girl.. love to read and write stories.. Leave comments.. I will keep improving my writing ?????? my Facebook page .. ashlystories❤️

Other Articles

Previous

ބުނެދޭށޭ ރުހެމޭ 12

Next

ކުރި އިންތިޒާރު( 2 ވަނަ ބައި)

Next
April 1, 2019

ކުރި އިންތިޒާރު( 2 ވަނަ ބައި)

Previews
April 1, 2019

ބުނެދޭށޭ ރުހެމޭ 12

20 Comments!

  1. Ashly says:
    April 1, 2019 at 9:23 pm

    Warah Gina dhuvahah fahu dhw mi up kohdhe vuni… Ekhama v bodhah maafah edhen huri haa kiyun therin ge faraathun…. Mi part ves khiyaa laafa comment kolaathi… Igey huri haa khudhin… Unmeedhu kuran mi part ves kamu dhaane kamah ???

  2. Kitty says:
    April 1, 2019 at 9:24 pm

    OMG!!!??… CAN’T BELIEVE MY EYES.. Story is back again… Omg.. Omg im so happy.. Thank you so much ash.. Lysm… Aaaaah.. I cant explain how much happy I am… Kiyaalafa comment kohlaanan ingey

  3. Kitty says:
    April 1, 2019 at 9:44 pm

    Wooooww.❤️❤️. Masha allah varah reethi mi bai ves.. I just loved it ash?❤️❤️.. But kudakoh mistakes hurikan faahava kohlevey.. Next time rangalhu kohlaathi…. But Haadha reehchey dhw mi part.. Its commendable.. No words.. Im speechless ❤️❤️❤️???.. Much love ash??❤️

    1. Ashly says:
      April 2, 2019 at 5:14 am

      Thank you kitty. … I will improve my writing. … Love u too kitty ????

  4. Noor says:
    April 2, 2019 at 12:22 am

    Vaahaka mathin handhaan nethifa huttaa thi up kohdhinee varah reethi mibaives & thank you ehaa dhuvas kollaafaves up kohdhineema keep it up dear waiting for the next part

    1. Ashly says:
      April 2, 2019 at 5:15 am

      Thank you Noor… Yeah I will up the next part soon

  5. jiji says:
    April 2, 2019 at 12:35 pm

    Heii mii jiji log out vefa comment kurany????..alhey I was shocked hama mi stry fenunyma vrh happy v..Curiously waiting for the next dear??????????

    1. Ashly says:
      April 2, 2019 at 1:55 pm

      Thank you jiji… I was missing ur comment ????

    2. jiji says:
      April 2, 2019 at 2:07 pm

      Ohh really!!so sweet of dear??..I missed u more on those days ??????❤❤..U will never miss my comment..In Sha allah??✏✏??????..Luv ya nd plx kury prt ge comment thakah reply kohlahchey dear

  6. girl says:
    April 2, 2019 at 1:53 pm

    haadha dhuvahaka fahu ey thi up kodhinii..vara inthizaaru kurin…vara happy vejeh..i can’t tell how happy i am..

    1. Ashly says:
      April 2, 2019 at 1:56 pm

      Sorry girl… Hama busy kamun nuvani… Ekam vaguthu kolheh libuni ma hama mi up kohli… Thank u thi haa wait kuri thi ?

  7. Lovely girlll ... says:
    April 2, 2019 at 6:14 pm

    Vvvv salhi. Ekam dhen thankolheh avahah up kohdhehchey. Pls
    ????????????❤❤??❤?❤?❤?❤?❤? vvvvv reethi dhen ekm eoh ulhey amjal eh dhw eyna aa nugulhuvahchey zoya hama ayaan gulheny zoyaa aa. Hehehe anyways hama stry habbbu ??????????????????????????????????????❤?❤?❤?❤????????????❤??
    Cant wait for next part. Dhen story kiyaaa vaguthu heeevany hana story kurimathin sifa vaahen. One of my best writer. ????????❤??❤???????????????????❤???????❤?????????????❤??????❤❤????alhey reenaaa she is my fav. And fayaax ❤❤????❤??????❤??????????❤?❤?❤?❤?❤?❤❤?❤?❤?❤???????❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤❤do you know zoya amjal aa gulhuvaafiyyyaaa story hama foihi vaane ekm dont mean wrong mean.
    Wen next waiting waiting waiting waiting waiting waiting waiting waiting waiting waiting waiting waiting waiting waiting waiting waiting waiting waiting waiting waiting
    For next part.
    ??????❤????????????????????????????????❤????????❤????❤❤??❤??❤❤??❤❤??❤❤???❤????❤??????❤❤????
    BEST WRITER
    NICE STORY

    1. Ashly says:
      April 19, 2019 at 1:51 pm

      Thank you lovely girlll ?????????????❤❤❤❤❤❤???????????????????????????????????????????????????☮????????????

  8. Shala says:
    April 2, 2019 at 10:57 pm

    Thank you so much Ash??? i ve waited for this chapter for a long time dear… hope next would be really good jux like this one???

    1. Ashly says:
      April 3, 2019 at 1:38 pm

      Thank you shala… Yeah eneh part mi ah vure nice kolaanah ??

  9. mailyn says:
    April 3, 2019 at 10:56 am

    next part konirakutha ash?

    1. Ashly says:
      April 3, 2019 at 1:39 pm

      Mi adhu… Isha Allah

  10. jiji says:
    April 3, 2019 at 5:07 pm

    Please give a reply to my comment that I wrote before ?

    1. Ashly says:
      April 3, 2019 at 6:51 pm

      Yeah… Sorry for that but I am reading ur all comments…. That gives me confidence… Thank u v much jiji ❤

    2. jiji says:
      April 3, 2019 at 7:39 pm

      Oh yeah. .bt that Comment and last part ge comments ah ash ge reply beynun vey..wanna be a true friend of yuh..??insha allah

Comments are closed.

Next Episodeކަލާޔާ ނުލާ 9←


All Right Reserved!