Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބުނާށޭ ލޯބި ނުވަނީހޭ……6

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
February 16, 2019 4 Mins Read
28 Comments

ދެތިން ދުވަސް ފަހުން ރައިހާނާ ހުރީ ހަމައަކަށް އެޅިފައެވެ. އެހެނަސް ޒިވާން ފެނުމުން ހިތްދަތިވާ ގޮތްވެއެވެ. އެއިން ކޮންމެ ފަހަރަކު އަންޖަލް އޭނާއަށް ހިއްވަރު ލައިދޭން ހުރެއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް އިންޓަ ސްކޫލް ނެޓް ބޯޅަ މުބާރަތް ފެށި ރައިހާނާމެން އެހެން އަހަރުތަކެކޭވެސް އެއްފަދައިން ފައިނަލާއި ހަމައަށް ދަތުރު ކުރިއެވެ. ރައިހާނާއެކޭ އެއްފަދައިން އަންޖަލްވެސް މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން ދިޔައެވެ. އެ ޓީމުގެ ގޯލް ކީޕާރ(ޖީ.ކޭ)ގެ މަޤާމު ވަރަށްވެސް ފުރިހަމައަށް އަންޖަލް އަދާކުރަމުން ދިޔައެވެ. އޭނާއަކީ އަލަށް ނެޓްބޯޅަ ކުޅޭ ކުއްޖެކޭވެސް ނުބުނާނެއެވެ. ދެމެޗުގެ ކުއީން އޮފް ދަ މެޗްއަށް ވެސް އަންޖަލް ހޮވުނެވެ. އެއިން ކޮންމެ ފަހަރަކު ވިޝާހްގެ ތައުރީފު އޭނައަށް ލިބެމުން ދިޔައެވެ.
ފައިނަލް މެޗު އޮތީ ހުކުރު ދުވަހުގެ ރޭ އަށެއް ޖެހިއިރުއެވެ. ދެ ސްކޫލްގެ ދަރިވަރުންނާއި ޓީޗަރުންގެ އިތުރަށް ބެލެނިވެރިން ސަޕޯޓް ކުރަން އައިސް ތިއްބެވެ. ރަތްކުލައިގެ ފުއްޕާހަމަ ހިތްވަރު ދިނުމުގެ އެކި ބަސް ލިޔެފައި ހުރި ރަތް ކުލައިގެ ފޮތި ހިފައިގެން ދަރިވަރުންނާއި ބެލެނެވިރެންނާއި ޓީޗަރުން ތިއްބެވެ.
މެޗު ކުޅެމުން ދިޔަ ގަޑީ އެންމެ ހިނދުކޮޅަކަށްވެސް ސަޕޯޓަރުންގެ އަޑު ނުކެނޑެއެވެ. އެންމެ ގިނައިން ހަޅޭއްލަވަމުން ދިޔައީ ވިޝާހްއެވެ. އަންޖަލްއާ ކުއްޖަކު ކައިރިވެއްޖެނަމަ އޭނާ ހުންނަަނީ ބިރުންނެވެ. އަންޖަލްއަށް އަނީޔާއެއް ވެދާނެތީއެވެ.
އަންޖަލްގެ މޮޅު ކުޅުމާއެކު މެޗު ނިމިގެން ދިޔައީ ރައިހާނާމެން ޗެމްޕިއަންކަން ހޯދައިގެންނެވެ. ވަގުތުން ހުރިހާ ސަޕޯޓަރުން ތިރިއަށް ފޭބިއެވެ. ކުޅުންތެރިންނަށް އެންމެންގެ ތައުރީފު ލިބެމުން ދިޔައެވެ. ވަކިން ޚާއްސަކޮށް އަންޖަލްއަށެވެ.
“ވެލް ޑަން އަންޖަލް! ސަރ ހަމަ ނެތް ބުނާނެ އެއްޗެއްވެސް. އެހާ ވެސް މޮޅު އެނގޭ އަންޖަލްގެ ކުޅުން” އަންޖަލް އެންމެ އުފާވި ހަމްޒާގެ ތައުރީފު ލިބުމުންނެވެ. ހަމްޒާ އޭނާ ކުރިމާތީ ހުއްޓިލައިގެން ހުރިއިރު ހީވީ މޭ ފަޅާފަ ނުކުމެދާނެހެންނެވެ. ހަމްޒާ ދިޔުމުންވެސް އޭނާއަށް އިނދެވުނީ ޚިޔާލީ ދުނިޔެއެއްގައެވެ. ޚިޔާލީ ދުނިޔެއިން ނިކުމެވުނީ ރައިހާނާއައިސް ބާރަކަށް ބައްދާލުމުންނެވެ. “މިއޮަށް ހުރިހާ ދުވަހު ޗެމްޕިއަންކަން ނުނެގިގެން މި އުޅެނީ އަންކޮ ކުޅެން ނާންނާތީވެ. ކުޅެން ނޭންގޭކަން އެނގިއެއްޖެއްނު. ކުއީން.” އަންޖަލް ގައިން ދޫ ނުކޮށް ރައިހާނާ ހުރިހާ ވާހަކައެއް އަމުނާލިއެވެ. ރައިހާނާ ބައްދައިގެން އިންލެއް ބާރުކަމުން އަންޖަލް އިނީ ނޭވާވެސް ނުލެވިފައެވެ.
“ދެއާ ޔޫ އާ އަންޖަލް. ކޮންގްރެޓްސް. މި ފަހަރު އަހަރުންނަށް ޗެމްޕިއަންކަން ނެގުނީ ހަމަ އަންޖަލްގެ މޮޅު ކުޅުމުންނޭ ބުނުމަކުން ދޮގަކަށް ނުވާނެ. ވީއާ ޕްރައުޑް އޮފް ޔޫ” ވިޝާހްވެސް އައިސް އަންޖަލްއަށް ތައުރީފު ކުރިއެވެ. އެހެންނާ ނުފެންނަ ކަހަލަ ވިދުމެއް ވިޝާހްގެ ލޮލުން ރައިހާނާއަަށް ފެނުނެވެ.
******
ރައިހާނާ ރަސްފަންނަށް ދިޔައީ ވިޝާހް ބައްދަލުކޮށްލަން އެދުމުންނެވެ. ވިޝާހް އެދުނު ފަދައިން އޭނާ އައީ އަންޖަލް ނުލައެވެ. ބެންޗެއްގައި އިންނަތާ ފަސްވަރަކަށް ފަހުން ވިޝާހްއައެވެ.
“އަންޖަލް ސިންގަލްތަ؟” ވިޝާހް އެންމެ ފުރަތަމަވެސް ކޮށްލި ސުވާލުން ރައިހާނާ ހައިރާންވިއެވެ. “އެކީއްކުރަން އަންކޮ ސިންގަލްތޯ ބަލަނީ؟” ރައިހާނާވެސް ކޮށްލީ ސުވާލެކެވެ. ވިޝާހް ފުންނޭވައެއް ދޫކޮށްލިއެވެ. “އައި އޭމް އިން ލަވް. އަބަދު ވިސްނެނީ އަންޖަލްއާ މެދު. ހުވަފެނުގަވެސް ހޭލާއިންނަ އިރުވެސް ފެންނަނީ އަންޖަލް. ދެން ނޭންގެ ބުނާކަށެއް. އިނގޭހާވެސް އެއްޗަކީ ވަރަށް ލޯބިވާކަން އަންޖަލް ދެކެ” ވިޝާހް ވާހަކަ ދައްކާ ނިމުނުއިރު އަންޖަލް އިނީ އަނގަހުޅުވިފައެވެ. ވިޝާހް އަންޖަލްދެކެ ލޯބިވެދާނެކަމަކަށް ފަހަރެއްގައިވެސް ރައިހާނާ ހިއެއް ނުކުރެއެވެ. “އޭއީ ރައިހާނާ އެއްޗެކޭ ބުނެބަ” ރައިހާނާ އަނގައިން ނުބުނެ އިންނަން ފެށުމުން ވިޝާހް ގޮވާލިއެވެ. “އައި ކާންޓް ޓްރަސްޓް ޔޫ އޯ ސަމްވަން އެލްސް. ޒިވް އައިމީން ޒިވާންވެސް ބުނި ތިހެން ކިތަންމެ ފަހަރަކު. އެކަމަކު އެހެން ކުއްޖެއް ފެންނައިރަށް ހަމަ ދިޔައީ!” “ހުރިހާ އެންމެންނެއް އެއް ގޮތެއް ނުވާނެ ދޯ. ދެން ޒިވާން ދޯކާ ދިނޭ ކިޔާފަ ރައިހާނާ މުޅި ލައިފްގަވެސް ސިންގަލްކޮށްތަ ހުންނަނީ؟” ވިޝާހް ބެލީ ރައިހާނާއަށް ވިސަނައި ދެވޭތޯއެވެ. “ވިޝާހް އައި އޭމް ސޮރީ. ރައިއަކަށް އެއްވެސް މީހަކަށް ޓްރަސްޓް ކުރާކަށް ފަސޭހައެއްނޫން. ބޭނުމެއް ނޫން އަންކޮވެސް ރައި ސަފާރ ކުރި ގޮތަށް ސަފާރ ކުރާކަށް. އައި ކާންޓް ހެލްޕް ޔޫ. ސޮރީ. އެކަމު ވިޝާހް މި އަހަރު ނިމެންދެން އަންކޮއަށް ވެއިޓް ކޮށްފިޔާ ރައި ހެލްޕް ވެދޭނަން ދެ މީހުން ގުޅެން” ފިރިހެނުންނަށް އިތުބާރު ކުރަމަކީ މިހާރު ރައިހާނާއަށް ވަރަށް އުނދަގޫ ކަމެކެވެ. ރައިހާނާގެ ޝަރުތައް ވިޝާހް އެއްބަސްވިއެވެ. “މުޅި އުމުރުގަވެސް އަންޖަލްގެ އިންތިޒާރުގަ ހުންނާނަން” އަސަރާއެކު ވިޝާހް ބުނެލިއެވެ.
*******
ނެޓްބޯޅަ ޓީމުގެ ކާމިޔާބީ ފާހަގަ ކުރަން ސްކޫލުން ބޮޑު ޕާޓީއެއް ބޭއްވިއެވެ. ސްކޫލްގެ ފަރާތުން ޓީމުގެ ކުޅުންތެރިންނާ ކޯޗަށް އަގުހުރި އިނާމާއި ހަނދާނީ ލިޔުމެއް ދިނެވެ. އެންމެންގެ ތައުރީފު އަންޖަލްއަށް ލިބެމުން ދިޔައެވެ.
******
ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އަންޖަލްގެ ހިތުގައި ހަމްޒާއާ މެދު އުފެދެމުން ދިޔަ އިހްސާސްތައް ފުންވަމުން ދިޔައެވެ. ރައިހާނާގެ ހިތަށް ލިބިފައިވި ޒަޚަމްތަކަށް ފަރުވާ ލިބެމުން ދިޔައެވެ. ވިޝާހް އިންތިޒާރު ކުރަމުން އަންނަ ދުވަސް ކައިރިވަމުން ދިޔައެވެ. ހަމްޒާގެ ހިތުގައިވެސް ނޭންގޭ ޖަޒުބާތެއް އުފެދެމުން ދިޔައެވެ. އެހެނަސް އަނެއްކާވެސް އެއް ކުށެއް ތަކުރާރުކުރާކަށް ހަމްޒާ ބޭނުމެއް ނޫނެވެ. ދެވަނަ ފަހަރަށް އަންހެން ކުއްޖެއްގެ މަޅީގައި ޖެހެން ބޭނުން ނުވުމުން ހިތުގަ ގޮވުމަށް އޭނާ ބީރު ކަަންފަތެއް ދިނެވެ.
********
ބުރަދުވަހަކަށް ފަހު ހަމްޒާ ގެއަށް އައިސް ވަން އިރު އޭނާއަށް ހީވީ ފައި ދަށުން ބިންގަނޑު ކަނޑައިގެން ދިޔަހެންނެވެ. ރަށުގައި ހުއްޓައި ކުއްލި ގޮތަކަށް އޭނާގެ މަންމަ ނިޔާވީއެވެ. އޭނާ ގެއަށް ވަންއިރު މިރާޝްގެ ކޮނޑުގައި ބޯ އަޅައިގެން އޮވެ ސުނައިނާ ރޮމުން ދިޔައެވެ. ފިރިހެނަކަށް ވިއަސް ހަމްޒާއަށްވެސް ރޮވުނެވެ. ކުޑަދުވަހުށްސުރެ އޭނާއާ ސުނައިނާއަށް ބައްޕައަކާ މަންމައެއްގެ ލޯބި ދީގެން ބަލާ ބޮޑުކުރީ އެ މަންމައެވެ. ހަމްޒާ ނުހަނު ކުޑައިރު އޭނާގެ ބައްޕަ މަންމަ ވަރިކޮށްފައި އެހެން މީހަކާ އިނދެގެން ދިޔައީއެވެ. އެދުވަހުން ސުރެ މިއަދާ ހަމައަށްވެސް އެ ބައްޕަ އޭނާއާ ސުނައިނާގެ ހާލުވެސް ބަލާނުލައެވެ. ހުރިހާ ކަމެއްވެސް ކޮށްދެމުން އައީ މަންމައެވެ. މަންމަ ރަށުގައި އުޅެމުން ދިޔައީ މަންމަގެ ކޮއްކޮގެ ގޭގައެވެ. ސުނައިނާއާ ހަމްޒާ މާލެ އަންނަން ކިޔާކިޔާ މަންމަނައެވެ. އެދެމީހުންވެސް ނިންމައިގެން ތިބީ ހަމްޒާ ވަޒީފާއަށް ގޮސް ރަނގަޅަށް ހަމަޖެހުމުން ގަދަކަމުން ނަމަވެސް މަންމަ މާލެ ގެންނާށެވެ.
އެދުވަހު އެންމެ އަވަހަށް ރަށަށް ދާ ފުލައިޓުން ހަމްޒާމެން ރަށަށް ދިޔާއެވެ. މަންމަގެ ފުރާނަ ނެތް މަސްގަނޑު ފެނުމާއެކު ސުނައިނާ އަނބުރައި ގަނެގެން ވެއްޓުނެވެ. ހަމްޒާ ހުރީ ޖެހިތާ ހުރި ބުދެއް ހެންނެވެ. މަންމަގެ ފުރާނަ ނެތް މަސްގަނޑު ވަޅުލިއިރުވެސް ސުނައިނާ ހޭ ނާރައެވެ. ހަމްޒާވެސް އަނގައަކުން ނުބުންނެވެ.
ހަމްޒާއަށް ހަމަހޭވެރިކަންވީ ގެއަށް އައިސް ކޮޓަރިއަށް ވަން ފަހުންނެވެ. ކުޑަކުއްޖެއް ފަދައިން ގިސްލާ ރޯންފެށިއެވެ. މަންމަ އޭނާ ދޫކޮށްފައި ދިޔައިތީ ކުޑަކުއްޖެއް ފަދައިން ޝަކުވާ ކުރަމުން ދިޔައެވެ. “މަންމާާ. މަންމަ ބުނީމެންނު އަޅުގަނޑު މީހަކާ އިންނަދުވަސް ދެކެން ވަރަށް ބޭނުމޭ. ދެން ކީއްވެ އަޅުގަނޑު މީހަކާ ނީންނަނީސް ތި ދިޔައީ؟ މަންމަ ބުނީމެންނު އަޅުގަނޑު އިންނާނެ ކުއްޖެއްވެސް ހޯދައިދޭނަމޭ. ދެން ކީއްވެ؟ ދޮންތަ ވެޑިންގަ ހުރެފަ ކީއްވެ އާޅުގަނޑުގެ ވެޑިންނަށް މަޑު ނުކުރީ؟” ހަމްޒާއަށް ނިދުނީވެސް ބިންމަތީގައި އެއިން ގޮތަށް ޝަކުވާކުރަން ހުއްޓައެވެ.
******
ހަމްޒާ ސްކޫލަށް ނައުމުން އަންޖަލްގެ ހިތަށް މާޔޫސްކަން ވެރިވިއެވެ. ހަމްޒާ ސްކޫލަށް ނައި އޭނާގެ މަންމަ ނިޔާވެގެން ރަށަށް ދާން ޖެހުމުންކަން އެނގުނު ހިނދު އަންޖަލްގެ ހިތް ކުދިކުދިވިއެވެ. އޭނާއަށް އެވަގުތު ހަމްޒާ ގާތު ހުރެވޭނެ ނަމައޭވެސް ހިތަށް އެރިއެވެ.
ރައިހާނާއަށް ހަމްޒާ ނައުމުން އުނދަގޫވިއެވެ. ފަހަކަށް އައިސް ހަމްޒާއާ އޭނާ ދެމެދު ތާރީޚީ ޒުވާބުތައް ކޮންމެ ދުވަހަކުހެން ކަހަލަ ގޮތަކަށް ހިނގައެވެ. ހަމްޒާގެ މަންމަ ނިޔާވިކަން އެނގުމުން ރައިހާނާވެސް ދެރަވިއެވެ.
*****
އެއް ހަފްތާގެ ޗުއްޓީއެއް ސްކޫލުން ހަމްޒާ ނެގިއެވެ. އޭނާ ބޭނުންވީ އެއް ހަފްތާ ވަންދެކަށް ރަށުގައި މަޑު ކުރާށެވެ. އޯލެވެލް ނިންމާފައި ބޭރަށް ކިޔަވަން ދިޔަ ގޮތަށް ހަމްޒާ އާދި ރަށަކަށް ނާދެއެވެ. ޗުއްޓީގައި މާލެ އަންނައިރު މަންމަ ހުންނާނީ މާލޭގައެވެ. ހަމްޒާ ފުރައިގެން ދިއުމުން މަންމަވެސް އަނބުރާ ރަށަށް ދަނީއެވެ.
ރޭގަނޑުގެ ހިތްގައިމު ވަގުތު ހަމްޒާ އަތިރިމައްޗަށް ނުކުމެލީ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. ކަޅު ޓީޝާޓަކާ ކަކުލާ ހަމައަށް އަންނަ ސޯޓެއް ލައިގެން ހިނގަމުން ދިޔައިރު އޭނާގެ ރީތިކަން ފެނިފައި އަންހެން ކުދިން ފިދާވީސްކަން ޔަގީނެވެ.
“ހަމްޒާ” ހަމްޒާގެ ފިޔަވަޅުތައް ހުއްޓުނީ ފަހަތުން އަންހެން ކުއްޖަކު ގޮވާލި އަޑަށެވެ. އެއަޑަކީ ހަމްޒާ އެއް ގޮތަކަށްވެސް އަޑު އަހަން ބޭނުންވާ އަޑެއް ނޫނެވެ. އެއް އިރެއްގައި އެއަޑު އަހަން ހިތް ބޭގަރާރުވިއަަސް މިއަދު އިންތިހާއަށް އެއަޑާއި އެއަޑުގެ ވެރިފަރާތަށް އޭނާ ނަފްރަތް ކުރެއެވެ. ފަހަތަށް އެނބުރެއް ބޭނުން ނުވިއަސް އެއަޑު ނިވޭ ކަމަށް ހަދާފައި ދާކަށް ހަމްޒާ އަކަށް ނުކެރުނެވެ. ރުޅިވެރިކަމާއެކު އޭނާ އެނބުރުނެވެ.
ފަހަތުގައި ހުރީ އިސްކޮޅުން ދިގު ރީތި އަންހެން ކުއްޖެކެވެ. ރޭގަނޑުގެ އެވަގުތުގައިވެސް އެކުއްޖާގެ ދޮންކަން ހާމަވަމުން ދިޔައެވެ. އެކުއްޖާ ހުރީ ކަކުލާ ހަމައަށް އަންނަ ނޫކުލައިގެ ހެދުމަކާ ކަޅު ކުލައިގެ ޓައިޓެއް ލައިގެން ކަޅު ކުލައިގެ އާދައިގެ ބުރުގާއެއް އަޅައިގެންނެވެ. އެ ކުއްޖާގެ މޫނު މަތިން ފެންނަމުން ދިޔައީ ހިތާމައެވެ. ދުވަހަކުވެސް އުފަލެއް އެކުއްޖާއަށް ނުލިބޭ ފަދައެވެ. “އަދިވެސް އަހަންނަށް މާފެއް ނުކުރާނަންތަ؟” ކުރަކިވެފައިވި އަޑަކުން އެކުއްްޖާ އަހާލިއެވެ. އެކުއްޖާގެ މޫނު މަތިން ފެންނަމުން ދިޔަ އަސަރުތަކުން ހަމްޒާގެ ހިތަށް އަސަރުކުރިއެވެ. ފަސް ވަރަކަށް އަހަރު ކުރިން އޭނާގެ ހިތުގައި އެކުއްޖާއަށް ވީ އިހްސާސްތަށް ހޭލަން ފެށިއެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި އެހިތް އެ އަންހެން ކުއްޖާއާ މެދު ނަފްރަތުން ފުރުނެވެ. އެކުއްޖާ ކުރި ސުވާލަށް ޖަވާބު ނުދީ ދާން ހަމްޒާ ހިނގައިގަތެވެ. “ހަމްޒާ” ދެންވެސް ކުރަކިވެފައިވި އަޑަކުން އެކުއްޖާއަށް ހަމްޒާއަށް ގޮވާލިއެވެ. އެހެނަސް އިވިނުކަމަށްވެސް ނުހަދައި މިފަހަރު ހަމްޒާ ހިނގައިގަތެވެ.
****
ސިޓިން ރޫމް ސޯފާގައި އިން ސުނައިނާ ސިހިފައި ބަލާލީ ބާރަކަށް ގޭގެ ބޮޑު ދޮރު ހުޅުވާލި އަޑު އިވުމުންނެވެ. އޭރު ރުޅި އައިސް ރަތްވެފައި ހަމްޒާ ގެއަށް ވަނީއެވެ. އޭނާގެ ދަތްކުނޑިވިކިފައި ވީއިރު ދެއަތް ވަނީ މުއްކެވިފައެވެ. އޭގެ ސަބަބުން އޭނާގެ އަތުގެ ނާރުތައްވެސް ވަނީ ފުއްޕާފައެވެ. ސުނައިނާ ގޮވާލުމުންވެސް އަޑުއިވޭކަމަށްވެސް ނުހަދައި ހަމްޒާ ވަނީ އޭނާގެ ކޮޓަރިއަށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ޔާރާ – 3

Next

“އަޅުގަނޑަށް ޒިނޭ ކުރުމުގެ ހުއްދަ ދެއްވަފާނުތޯއެވެ؟”

Next
February 16, 2019

“އަޅުގަނޑަށް ޒިނޭ ކުރުމުގެ ހުއްދަ ދެއްވަފާނުތޯއެވެ؟”

Previews
February 16, 2019

ޔާރާ – 3

28 Comments!

  1. SCARLET❤ says:
    February 16, 2019 at 8:21 pm

    OMG… vvvv salhi… adhi mi ulheny hurihaa enmmen vec hithaamaiga dhw..???so sad… kudakoh happiness kolheh dheebala mikudhinnah.. plz kiyaara..n stry ge nxt prt avahah up kohdhehchey.. luv ur stry❤❤❤???

    1. Kiyara says:
      February 17, 2019 at 1:34 pm

      Thank u scarlet. Next part friday ga ISA

  2. leesa says:
    February 16, 2019 at 8:22 pm

    Ohh thank you so much kiyaa…???

    1. Kiyara says:
      February 17, 2019 at 1:34 pm

      Ure welcome leesa

  3. Kiyara says:
    February 16, 2019 at 8:22 pm

    Salam alikum. Mi bai las vi kamahtakai adhi kuruvi kamah takives kiyuntheringe kibain maafah ehdhe. Alhugandu beynunvy miah vure ithurah liyan ekamu Saturday ga genesdheynemey bunefifa othyma las nukuranvegen mi up kury. Hurihaa kiyuntherinnah ves mibai kamudhaane kamah ummedhu kuran

  4. leesa says:
    February 16, 2019 at 8:24 pm

    Aslu mi part vx varah reethi ingey…????

    1. Kiyara says:
      February 17, 2019 at 1:34 pm

      Thanks leesa

  5. Lotus says:
    February 16, 2019 at 8:26 pm

    Story is wonderful.. keep it up dear…
    Who is main girl in the story.. raihana or anjal

    1. SCARLET❤ says:
      February 16, 2019 at 8:37 pm

      Yah.. I also wanna knw this…

    2. Kiyara says:
      February 17, 2019 at 1:35 pm

      Thank you scarlet. Raihana aky main girl

  6. leesa says:
    February 16, 2019 at 8:50 pm

    Raihaana must be

    1. Kiyara says:
      February 17, 2019 at 1:35 pm

      Yeah raihana aky main character

  7. Ishaaa ishu says:
    February 16, 2019 at 9:57 pm

    Aslu raihaanaa vvv udhangoo ishu ah kiyan can you chnage…????hama ahaaly..

    1. Kiyara says:
      February 17, 2019 at 1:37 pm

      Ehentha? Ekam dhen story ge medhutherin character ge name change kuran varah undhagoo vaane. Dhen ohnna vaahaka akah balaanan kiyan faseyha name liyeveytho ISA

  8. Kitty says:
    February 16, 2019 at 10:29 pm

    Wooooww.. Varah reethi mi part…. Masha allah… Kiyara whn next part alhe keh madhu vejje dhn vaane gotheh kiyaalaa hithun…. ❤️❤️❤️❤️❤️?????????…. Kiyara aneh bai avahah up kohla dhehchey ingey.. Will be eagerly waiting for the next part…… Keep it up my friend ❤️❤️….. Gud luck next part ah…. I just loved the story its admirable

    1. Kiyara says:
      February 17, 2019 at 1:38 pm

      Awwwww thanks kitty. Dhen oibai ehaa avahah up kureveykah neii. Mi week ga alhugandu test feshey. ISA next part Friday ga

    2. Kitty says:
      February 17, 2019 at 2:49 pm

      Awwnnnn.. Gud luck ingey test ah… Kaamiyabu test akah edhen

  9. Maako says:
    February 16, 2019 at 11:54 pm

    Mi part vs v reethi..waitin for the nxt part???

    1. Kiyara says:
      February 17, 2019 at 1:39 pm

      Thanks Maako

  10. Azka says:
    February 17, 2019 at 12:14 am

    V… reethi…nxt prt kn irakun tha.???

    1. Kiyara says:
      February 17, 2019 at 1:39 pm

      Thanks Azka. Next part Friday ga

  11. Niha says:
    February 17, 2019 at 12:10 pm

    Hadha ha reehchey… Alhe avahah up kohdheebaaa… Waiting ga ingeyy…. Avas koh dhehchey plx… ??????????

    1. Kiyara says:
      February 17, 2019 at 1:43 pm

      Thanks nihaa ISA friday ga

  12. jiji says:
    February 17, 2019 at 1:18 pm

    Ma Sha Allah ?????..mi iny mi prt furihama kamun bunaane ehcheh neygifa???..kon irakun nxt prt upkohladheyny sis????❤❤?????????..nd mi prt ah vure nxt prt lil long kohdhehchey kiyaa?????????..LY ♡♡☆☆

    1. Kiyara says:
      February 17, 2019 at 1:52 pm

      Thanks jiji next part Friday ga ISA

  13. @Ikleel says:
    February 17, 2019 at 7:28 pm

    Nice.. Vrh reethi ingey..

  14. Laalu says:
    February 18, 2019 at 6:58 am

    Kiyaa v loabi mi story… Nxt part up kurani konirakun luv luv more, keey uy the nice work kyaraa ??????????

  15. Malaa? says:
    February 18, 2019 at 10:21 am

    When nxt prt?? curiously waiting.plx vihaash ah anjal ge luv libeyne dhw kiyaa!!❤️❤️❤️❤️❤️ story v.salhi ingey

Comments are closed.

Next Episodeބުނާށޭ ލޯބި ނުވަނީހޭ…..7←


All Right Reserved!