Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބުނާށޭ ލޯބި ނުވަނީހޭ….4

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
February 11, 2019 6 Mins Read
45 Comments

އަންޖަލް އިތުރަށް އެއްޗެކޭ ނުބުނެ އިށީންނަށް ދިއައެވެ. ވިޝާހް ދަބަހުން ޓިޝޫއެއް ހިފައިގެން އައިސް ކުރަފި ޑަސްޕިނަށް ލިއެވެ. ޒިވާންވެސް ކުލާހުން ނުކުމެގެން ދިޔައެވެ. “އިޑިއަޓް” ދަތްކުނޑި ވިކައިގެން އިނދެ އަންޖަލް ބުނެލިއެވެ.
********
މުޅި ދުވަހުވެސް ހަމްޒާއަށް ލިބުނީ އެންމެ ހުސް ދެގަޑިއެވެ. އެހާ ބުރަކޮށް އުޅެން ޖެހުމުން އޭނާ ހުރީ ވަރުބަލިވެފައެވެ. ހަމްޒާ ބެލީ ވީހާވެސް އަވަހަށް ގެއަށް ދެވޭތޯއެވެ. ހަތް ބުރިއަށް ނަގާފައިވާ އިމާރާތުގެ ކުރިމައްޗަށް ސައިކަލު ޕާކު ކުރުމަށްފަހު ކަންނެއް ގޮތަކަށް ހަމްޒާ ސައިކަލުން ފޭބިއެވެ. ދެފައި ކާއްތަމުން ކަހަލަ ގޮތަކަށް ގޮސް ކާޑު ޖަހައިގެން އެތެރެއަށް ވަނެވެ.
ފަސް ވަނަ ފަންގިފިލާއަށް ލިފްޓު ހުއްޓުމާއެކު ހަމްޒާ ފޭބިއެވެ. އެއަށްފަހު ފައިވް ބީ ޖަހާއިފައިން ދޮރު ހުޅުވައި އެތެރެއަށް ވަނެވެ.
ގޭތެރެއިން ދުވަމުން ދިޔަ ބަޓާރ ޗިކަން ގެ މީރުވަހުން ހަމްޒާއަށް ނޭފަތް ދަމާލެވުނެވެ. “ދޮންތާ! ހާދަ މީރުވަސް އެބަ ދުވައޭ!” ބަދިގޭ ތެރެއަށް ވަންނަމުން ހަމްޒާ އޭނާގެ ދޮންތަ ސުނައިނާއަށް ބުންޏެވެ. “ދެންވެސް އަވަހަށް އާދޭ ކާން. އިއްޔެވެސް މެންދުރު ނުކައި އޮތީ ނިދަން! ރޭގަވެސް ހިއެއްނުވޭ އެއްޗެއް އަނގަޔަށް ލިހެއްނެއް” ހަމްޒާ ރަނގަޅަށް ނުކާތީ ސުނައިނާ އޭނާއަށް އަޑުލިއެވެ. މިއަންނަނީ ކަމަށްބުނެ ހަމްޒާ އޭނާގެ ކޮޓަރިއަށް ގޮސް ވަނެވެ.
ގަދަނޫކުލަޔާ މަޑު ނޫކުލަ ލާފައި ހުރި ކޮޓަރީގައި ބޮޑު އެނދަކާ އަލަމާރިއެއްގެ އިތުރަށް ހެނދުން އާޅުވާާ ހަރުގަނޑަކާ ސްޓަޑީ ޓޭބަލެއް ހުއްޓެވެ. ކޮޓަރީތެރެއިން ބެލްކަންނަށް ނުކުމެވެން ހުއްޓެވެ. ހަމްޒާ އަޅުވައިގެން އިން ބެކްޕެކް ސްޓަޑީ ޓޭބަލް މަތީ ބޭންދުމަށްފަހު ހަރުގަނޑުން ތުވާލި ހިފައިގެން އޭނާ ވަނީ ފާޚަނައަށެވެ.
ކަކުލާ ހަމައަށް އަންނަ ކަޅު ސޯޓަކާ ރިއަލް މެޑްރިޑް ޖާޒީއެއް ލައިގެން ހަމްޒާ ކާގެއަށް ދިޔައެވެ. އޭރު ސުނައިނާގެ ފިރިމީހާ މިރާޝް މޭޒު ދޮށުގައި އިނެވެ. ސުނައިނާ ތަށިތައް އެތުރުމުގައި އުޅުނެވެ. “އޭ ބްރޯ! ސްކޫލް ކިހިނެއްތަ؟” ހަމްޒާ އިށީނުމާއެކު އެކުވެރިކޮށް މިރާޝް އެހިއެވެ. “ދެން ހަމަ ރަނގަޅު” މޭޒު މަތީގައި ހުރި ފަރާޓާ ތަށިން ފަރާޓާއެއް ނަގައި ތަށްޓަށް ލަމުން ހަމްޒާ ބުނެލިއެވެ. ހަމްޒާއާ މިރާޝްއަށް ފެނާއި ޖޫސް އަޅާފައި ސުނައިނާވެސް ކާން އިށީނެވެ. “ކޮން ގްރޭޑަކަށްތަ ދަނީ؟” ސުވާލަކަށް ފަހު ސުވާލެއް ސުނައިނާއާ މިރާޝް އޭނާއާ ކުރަމުން ދިޔައެވެ. ވަޒީފާއަށް ނުކުތް ފަހުން ތިންމީހުންނަށް އަދި ރަނގަޅަށް ވާހަކަ ދެއްކޭ ގޮތެއް ނުވެއެވެ. “އެގާރަ ބާރައަށް ދަނީ!” “ދެން ކުދިން ކިޔަވާތަ؟ ދޮންތައަށް ޔަގީން ހަމްޒާ ފެނިފަ އެގާރަ ބާރައިގަ އުޅޭ ކުދިން މޮޔަވާނެކަން. އެހާ ހޭންޑްސަމް ވިއްޔާ. އަޅެ ނޫންތަ؟” ސުނައިނާ ހަމްޒާއާ ދިމާކޮށްލިއެވެ. ވަގުތުން ހަމްޒާ ރަކިވިއެވެ.
ކައި ނިމިގެން ހަމްޒާ ކޮޓަރިއަށް ވަނީ ކުޑަކޮށް ނިދާލާށެވެ.
*********
ލެޕްޓޮޕުން ފިލްމެއް ބަލަން އިން ރައިހާނާ އިރުއިރު ކޮޅާ ނޭފަތް ދަމާލައެވެ. އިނގެރޭސި ފިލްމެއް ކަމަށްވާ ‘ދަ ބެސްޓް އޮފް މީ’ ބަލަމުން ދިޔައިރު އޭނާގެ ލޮލުން ކަރުނަ ފައިބާ ހުސްނުވެއެވެ. ލޯބީގެ ހިތާމަވެރި ފިލްމެއް ނުވަތަ ސީރީޒެއް ބަލާނަމަ ރައިހާނާގެ ހާލަކީ އެއީއެވެ. ރޮއެ ރޮއެ މުޅި ކުއްޖާ އިންނާނީ ހަލާކުވާން ކައިރިވެފައެވެ.
ފިލްމް ބަލާ ނިމުނުއިރު ރައިހާނާ އިނީ ރޯގާވެސް ޖެހިފައެވެ. ބޮލުގައިވެސް އެވަރަށް ރިއްސަމުން ދިޔައެވެ. ސައިޑް ޓޭބަލް މަތީ ލެޕް ޓޮޕް ބޭންދުމަށްފަހު ފާޚާނައަށް ދިޔައީ ތާޒާވެލާށެވެ.
*********
އެނދުގައި އޮށޯވެގެން އޮތް ވިޝާހްއަށް ވިސްނެމުން ދިޔައީ އަންޖަލްއާ މެދުގައެވެ. މިއަދު އަންޖަލްއަށް އައިސްފައިވާ ބަދަލުން އޭނާގެ ހިތަށް ތަދުވަމުން ދިޔައެވެ. އަންޖަލްގެ ހިތާމަވެރި މޫނު ފެނުމާއެކު ހިތުގައި ރިއްސާލިއެވެ. ކުރަފި ފެނިގެން އަންޖަލް އޭނާ ގައިގައި ބައްދާގަތް ވަގުތު ބުނެދޭން ނޭންގޭ ހަމަޖެހުމެއް އެ ހިތަށް ލިބުނެވެ. އޭނާގެ ހިތްއެދި ގޮވަމުން ދަނީ އެނާޒުކު އަންހެން ކުއްޖާއަށް މުޅި އުމުރަށް ހިމާޔަށް ދޭށެވެ. އެމުޅި ރޭ ވިޝާހް ހޭދަ ކުރީ އަންޖަލްގެ ވިސްނުމުގައި އޮވެއެވެ.
******
ހިސްޓްރީ ގަޑި ޖެހުމާއެކު ހުރިހާ ކުދިންވެސް ހަމްޒާއަށް އިންތިޒާރު ކުރަމުން ދިޔައެވެ. ހަމްޒާ ކިޔަވާދޭ ގޮތް ބަލާލުމަށްޓަކައި ކުދިން ތިބީ ކެތްމަދުވެފައެވެ. އަންޖަލްވެސް އިންތިޒާރު ކަުރަމުން ދިޔައީ ހަމްޒާ އަންނާނެ އިރަކަށެވެ.
ފިރިހެންވަންތަ ހިނގުމެއްގައި ހަމްޒާ އައިސް ކުލާހަށް ވަނެވެ. އޭރު ހުރިހާ އަންހެން ކުދިން ކަހަލަ ގޮތަށް އަނގަ ހުޅުވައިގެން އޭނާއާ ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ.
ހަމްޒާ ފެނުމާއެކު އަންޖަލްގެ މޫނު އެކީ ރަތްވިއެވެ. ތުންފަތުގައި ދަތް އަޅާލެވުނީ ހަމްޒާގެ ސަބަބުން އެހިތަށް ކުރި އަސަރުތަކެއްގެ ސަބަބުންނެވެ. ހަމްޒާއާ ދިމާއަށް ބަލާލަން ނުކެރުމުން އިސްޖަހާލިއެެވެ.
ކުލާހުގައި ތިބި އަންހެން ކުދިންގެ ތުއިކަން ފެނި ރައިހާނާ ރުޅިއަންނަ ގޮތްވިއެވެ. ރުޅި މޫނާއެކީ ހަމްޒާއަށް ބަލާލުމަށްފަހު އަނެއް ފަރާތަށް މޫނު އާނބުރާލިއެވެ.
އެހެން އަންހެން ކުދިންނާ ޚިލާފަށް ރައިހާނާ އޭނާއަށް ބަލާލިގޮތުން ހަމްޒާ ގާތަށް ހިނިއައެވެ. ރައިހާނާއާކީ ވަރުގަދަ ކުއްޖެއްތާއޭ ހިތަށް އެރިއެވެ. އަންހެން ކުދިން އުޅެމުން ދިޔަ ގޮތަށް ސަމާލުކަން ނުދީ ކިޔަވާދޭން ފަށަން ހަމްޒާ އަވަސްވެގަތެވެ.
ހަމްޒާ ކުރާ ކޮންމެ ސުވާލަކަށް ރައިހާނާ ޖަވާބު ދެމުން ގެންދިޔައެވެ. ރައިހާނާ ޖަވާބުދޭލެއް ފުރިހަމަކަމުން ހަމްޒާ ހުންނަނީ ހައިރާންވެފައެވެ.
ބޯޑުގައި ފިލާވަޅު ލިޔަން އިންއިރު އަންހެންކުދިން އޭނާއޭ ކިޔާގެން ދައްކާ ވާހަކަ އަޑުއިވެމުން ދިޔައެވެ. އެކުދިން ދައްކަމުން ދިޔަ ވާހަކަތަކުން ހަމްޒާއަށް ހެވެމުން ދިޔައެވެ. ނަމަވެސް ހުނުން ކޮންޓްރޯލް ކުރަމުން އޭނާ ބެލީ ފިލާވަޅު ލިޔެވޭތޯއެވެ.
ގަލަންތުނޑު ފޮތުގައި ޖެއްސިގޮތަށް އަންޖަލް ހަމްޒާއަށް ގެއްލިފައި އިނެވެ. އަންޖަލް އިންނަތަނުގެ ގޮތުން ހަމްޒާ ބޯޑާވީ ދިމާއަށް އެނބުރިގެން އިންނައިރު އޭނާގެ މޫނުގެ އެއްބައި ފެންނަން ހުއްޓެވެ.
ހަމްޒާއާ އެއް ވަރަށް ރައިހާނާ ލިޔަމުން ގެންދިޔައެވެ. ލިޔުމަށް ގެއްލިފައި އިން ވަރުން އަންޖަލް އިން ގޮތްވެސް އޭނާއަށް ނުފެނުނެވެ.
ވިޝާހްގެ ލޮލުގައި ހަމްޒާއަށް ގެއްލިފައި އިން އަންޖަލް ފެނުނެވެ. އަންޖަލް ހަމްޒާއަށް ބަލަން އިން ގޮތުން ވިޝާހްގެ ހިތުގައި ރިއްސާލިއެވެ.
“އައްސަލާމު އަލައިކުމް” ފޮތުގައި ފިލާވަޅު ލިޔަންއިން ރައިހާނާއަށް ސިހިފައި ދޮރާ ދިމާއަށް ބަލާލެވުނީ ޒިވާންގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ޒިވާންއާ ރައިހާނާގެ ހަތަރު ކަޅި ބައްްދަލުވީ ހިނދު ރައިހާނާއަށް ހީވީ އޭނާގެ ގައިގައި ކަރަންޓު ޖެހުނުހެންނެވެ.
ޒިވާން ފެނުމުން ކޮންމެ ކުއްޖަކުވެސް ރައިހާނާއަށް ނަޒަރެއް ދެއެވެ. ބައެއް ކުދިން ދިމާ ކުރުމުގެ ގޮތުން އަނގައިން އަޑުވެސް ލައްވަންފެށިއެވެ.
ޒިވާން ފެނުމުން ހަމްޒާގެ ބުމަ ގޮށް ޖެހިގެން ދިޔައެވެ. ކުރީ ދުވަހު ރަސްރަނީގެ ހާދިސާ މަތިން އޭނާ އަދިވެސް ހަނދާނެއް ނުނެތެއެވެ. ސަލާން ބަލައިގަތުމަށްފަހު ޒިވާން އެކުލާހަށް އައި ބޭނުމާ ބެހޭ ގޮތުން ސުވާލު ކުރިއެވެ.
“ގްރޭޑް ލީޑިން ޓީޗަރ އަޅުގަނޑަށް ގުޅުއްވާފަ ބުނުއްވީ މި ކްލާސް ޕްރޮޖެކްޓަރ މައްސަލަ ޖެހިފަ ހުރީމަ ރަނގަޅު ކޮށްދޭން” ވަށް ކަޅިން ރައިހާނާއާ ދިމާއަށް ބަލާލަމުން ޒިވާން އޭނާގެ ބޭނުން ކިޔާދިނެވެ.
ހަމްޒާގެ ހުއްދަ ލިބުމާއެކު ޒިވާން ކުލާހަށް ވަދެ ޕްރެޖެކްޓަރ ރަނގަޅު ކުރުމުގެ މަސައްކަތް ފެށިއެވެ.
ރައިހާނާ ފިލާވަޅަށް ދެމުން ދިޔަ ސަމާލުކަން ޒިވާންއަށް ދެވެމުން ދިޔައެވެ. ވަށްކަޅިން ޒިވާންއަށް ބަލާލާފަ ވަރަށް ނޫންކަމަށް ހެދިލައެވެ. ދެ ފަހަރަކު ޒިވާންވެސް ރައިހާނާއަށް ބަލަން އިނެވެ.
ރައިހާނާއާ ޒިވާންއާ ދެމެދު ބަދަލު ކުރެވެމުން ދިޔަ ނަޒަރުތައް ހަމްޒާއަށް ފާހަގަވިއެވެ. ރައިހާނާއާ ޒިވާންއާ ދެމެދު އޮންނަނީ ކޮންކަހަލަ ގުޅުމެއްބާއޭ އޭނާގެ ހިތަށް އެރިއެވެ.
ޒިވާންއަށް އޭނާ ކުރަމުން ގެންދިޔަ މަސައްކަތަށް ސަމާލުކަންދެވޭ ގޮތެއް ނުވެއެވެ. އޭނާގެ ކަޅި ދޭތެރެދޭތެެރެއިން ރައިހާނާއާ ދިމާއަށް ދަތުރު ކުރަމުން ދިޔައެވެ. އެއިން ކޮންމެ ފަހަރަކުވެސް ރައިހާނާ އިންނަނީ އޭނާއަށް ބަލަން ކަމުން ނުވާކަމަކަށް ހެދިފައި އެނބުރި މަސައްކަތަށް ސަމާލުކަން ދެނީއެވެ.
*******
ޒިވާންއަށް އޭނާގެ މަސައްކަތް ނިންމޭވަރުވީ ދެގަޑި ފަހުންނެވެ. ރައިހާނާއާ އަށާއި ޒިވާންއަށް ހިވީ އެދެގަޑިއާކިވެސް ދެގަރުނު ހެންނެވެ. ޒިވާން ކުލާހުން ނުކުތުމާއެކު ރައިހާނާއަށް ފުންނޭވައެއް ލެވުނެވެ. އެއަށްފަހު ނުރުހުމުގެ ނަޒަރުން އޭނާގެ ކުލާސް ކުދިންނަށް ބަލާލިއެވެ. “މީގެ ފަހުން އެކަކުވެސް ނުވާނެ ޒިވާން ފެނުނަސް ފާޑުފާޑުގެ އަޑު ލައްވައިގެންނެއް” ހުރިހާ ކުދިންވެސް ރައިހާނާގެ އެދުމާ އެއްބަސްވިއެވެ.
****
ރިކޯޑް ފޮތް މައްޗަށް ލާންދާން ޖެހުމުން އަންޖަލް ހުރީ ކުޑަކޮށް ރުޅިގަދަވެފައެވެ. އެއީ އަންޖަލް އެންމެ ފޫހިވާ ކަންތަކެވެ. ހަވަނަ ފަންގިފިލާއަށް ސިޑިން އަރާނެހާ ހިތްވަރު ނެތުމުން ލިފްޓްގަ ދާން އަންޖަލް ނިންމިއެވެ. ލިފްޓް އަންނަން ދެކަން މޫނަށް ފޫހި ވައްތަރެއް ޖައްސައިގެން އަންޖަލް އިނެވެ. ލިފްޓް ލަސް ވާތީވެ އަންޖަލް އިނީ ރުޅިގަދަވެފައެވެ. ލިފްޓް ހުއްޓުމާއެކު އަންޖަލް އަވަހަށް އެތެރެއަށް ވަދެވޭތޯ ބެލިއެވެ. އެހެނަސް އޭގެ ތެރޭގަި ހުރި ހަމްޒާ ފެނިފައި އޭނާގެ ފިޔަވަޅުތައް ހުއްޓުނުވެ.
ހަމްޒާ ހުރީ މަޑު ނޫކުލައިގެ ގަމީހަކާ ކަނޑުނޫ ކުލައިގެ ސްކިނީ ފަޓުލޫނެއް ލައިގެންނެވެ. ގަމީހުގެ އަތުކުރި އަތު ހުޅަށްވުރެ ތަންކޮޅެއް މައްޗަށް ވަނީ އޮޅާފައެވެ. އަދި އެހެން ފަހަރު ފަހަރާ ޚިލާފަށް ލޮލުގައި ނަންބަރު އައިނެއް އަޅާފައި ހުއްޓެވެ. އެއައިނުގެ ސަބަބުން ހަމްޒާ އިހުނަށްވުރެ ސުމާޓެވެ.
“އަންޖަލް ލިފްޓަށް ނާރަންތަ ތީނީ؟” އަންޖަލްއަށް ހަމަ ބިމަށް އާދެވުނީ ހަމްޒާގެ ފިރިހެންވަންތަ އަޑުން އޭނާއާ ސަމާސާ ކޮށްލުމުންނެވެ. ލަދުން އިނދެފައިވެސް އަވަހަށް މައްޗަށް އަރަން އޭނާ ލިފަޓަށް އެރިއެވެ. އަންޖަލްގެ ދޮން މޫނު އެކީ ވަނީ ރަތްވެފައެވެ. ހަމްޒާއަށް އެކަން ފާހަގަ ވެދާނެތީވެ އަންޖަލް އިނީ ލިފްޓަށް އެރިގޮތަށް އިސްޖަހައިގެންނެވެ. އަންޖަލްގެ ހިތް އޮބިނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. ފިނިވެގެން ގޮސް އަންނަޖަލްއަށް ހީވީ އޭނާއަށް އެންޓާޓިކާގައި އިނދެވުނުހެންނެވެ. ހަވަނަ ފަންގިފިލާއަށް ލިފްޓު ހުއްޓުމާއެކު ހަމްޒާއަށް ވުރެ ކުރިން އަންޖަލް ބޭރަށް ދެމިގަތެވެ. ހަލުވި ފިޔަވަޅުތަކުގައި އޭނާ ގޮސް އެލްޓީ ރޫމްގައި ރިކޯޑް ފޮތް ބާއްވާފައި އެހާ ހަލުވިކޮށް އޭނާގެ ކުލާހަށް ދާން މިސްރާބް ޖެހިއެވެ.
” އޮހޯ އަންޖަލް!! ހަމްޒާސަރއާ އެއްކޮށް އެއް ލިފްޓަކަށް އަރާފަ ދޯ ތިއައީ!!” އަންޖަލް ގޮސް ކުލާހަށް ވަންނައިރަށް ކުދިން ދިމާ ކުރަން ފެށިއެވެ. އަންޖަލްއަށް ކުރެވުނުހައިވެސް ކަމަކީ ރަކި ހިނިތުންވުމެއް ވުމެވެ. “އާ ޔޫ ބްލަޝިން އަންކޯ؟” ރައިހާނާއަށް ގަބޫލުނުކުރެވިގެން އަހާލެވުނެވެ. ހަމްޒާއާ މެދު އެފަދަ ގޮތަކަށް އަންޖަލް ދެކެފާނެ ކަމަށް ރައިހާނާއަށް ގަބޫލުކުރަން ދަތިވިއެވެ.
އަންޖަލްއާ ހަމްޒާ އަޅުވާ ކިޔަން ފެށުމުން ވިޝާހްގެ ޠަބިއްޔަތު ގޯސްވާން ފެށިއެވެ. އަޅުވާ ކިޔުމުގެ ސަބަބުން އަންޖަލް ލަދު ގަންނަން ފެށުމުން ވިޝާހްގެ ޠަބިއްޔަތު ބޮޑަށް ގޯސްވިއެވެ. ފޮތްތައް ދަބަހަށް އެޅުމަށްފަހު އެހެން ކުދިންނަށްވުރެ ކުރިން ވިޝާހް ކުލާހުންވެސް ނުކުތެވެ. ހަމްޒާއާ މެދު އޭނާ ހަސަދަވެރިވިއެވެ.
****
ގެއަށް ގޮއްސައިވެސް ރައިހާނާއަށް ވިސްނެމުން ދިޔައީ ޒިވާންއާ މެދުގައެވެ. ޒިވާން އެސްކޫލްގައި ވަޒީފާ އަދާކުރަން ފެށީ ގަސްތްގައި އޭނާގެ ހިތަށް އަނިޔާދޭންހެއްޔެވެ؟ އެހެން ނޫނިއްޔާ ދެން ކޮންކަމެއްހެއްޔެވެ؟ ވިސްނި ވިސްނީހެން ރައިހާނާގެ ބޮލަށް ބާރު ކުރަމުން ދިޔައެވެ. އޭނާގެ ސިކުނޑީގައި ހީވީ ދަގަނޑު ގަނޑަކުން ތަޅާހެންނެވެ. އެންމެ ފަހުން ކެތް ނުކުރެވިގެން އެނދުގައި އޮށޯތީ ނިދާލެވޭތޯއެވެ.
ރައިހާނާއާ ޚިލާފަށް އަންޖަލް ހީވަނީ ދެޢީދު އެއް ފަހަރާ އައިސްގެން އުޅޭހެނެވެ. އަންޖަލް މާ އުފަލުން އުޅޭތީވެ ރާނިޔާވެސް އަންޖަލްއަށް ކިހިނެއްވީތޯ ސުވާލު ކުރިއެވެ. ގިނަގިނައިން ހަމްޒާއާ އެއްކޮށް ލިފްޓަށް އެރޭތޯ އަންޖަލް ދުޢާ ކުރިއެވެ. އެންމެ ފަހުން ނޯވެވިގެން “މޭޑް މައި ޑޭ” ޖަހައިފައި އިންސްޓަގްރާމް ސްޓޯރީވެސް ލިއެވެ.
އިންސްޓަގްރާމް ހާވަން އޮތް ވިޝާހްއަށް އަންޖަލްގެ ސްޓޯރީ ފެނުނެވެ. “މޭޑް މައި ޑޭ” ޖަހައިފައި އޮތީ ކީއްވެކަން އެެނގޭ ހިނދުވެސް އަންޖަލްއާ ވާހަކަ ދައްކަން ބޭނުންވެފައި ހުރި ވަރުން ސްޓޯރީއަށް ރިޕްލައި ކުރިއެވެ.
ވިޝާހްގެ ރިޕްލައި އައުމުން އަންޖަލް ހައިރާންވިއެވެ. ވިޝާހްއަކީ ދުވަހަކުވެސް އެގޮތަށް އޭނާއަށް މެސެޖް ކުރި މީހެއް ނޫނެވެ. ވިޝާހް ކުރި ސުވާލަށް އަންޖަލް ޖަވާބު ދިނީ އެ ޖަވާބުން ވިޝާހްގެ ހިތަށް ކުރާނެ އަސަރު ނޭންގިއިނދެއެވެ.
“އައި ތިންކް އައި އޭމް އިން ލަވް ވިތް ހިމް” އަންޖަލްގެ ޖަވާބު ދެތިން ފަހަރު ވިޝާހްއަށް ކިޔާލެވުނީ ގަބޫލު ނުކުރެވިގެންނެވެ. އިއްޔެ ފެނުނު މީހެއްދެކެ ލޯބިވެވޭނީ ކިހިނެއް ހެއްޔެވެ؟ އޭނާއަށް ހެވުނީ އަންޖަލްގެ މޮޔަ ކަމާހެދި ކަމެއް ނޫނީ އޭނާގެ ހިތަށް ކުރި އަސަރުން ކަމެއް ވިޝާހްއަކަށް ނޭންގުނެވެ. އަންޖަލްއަށް ހަމްޒާދެކެ ލޯބިވެވުނީ ނޫންކަމަށް އޭނާގެ އަމިއްލަ ހިތަށް ވިޝާހް ވިސްނައިދިނެވެ. އަންޖަލްއަށް ލޯބިވެވުނީހެން ހީވިއަސް ހަގީގަތުގައި އެއީ ގަޔާވެވުން ކަމަށް ވިޝާހް ނިންމިއެވެ. އަދި ކޮންމެސް ދުވަހަކުން އަންޖަލްއަށް އެކަން ވިސްނޭނެ ކަމަށް ވިޝާހް އުންމީދު ކުރިއެވެ.
****
ޒިވާންއާ ޔާޝާ ތިބީ ހުޅުމާލެ ސެންޓަރަލް ޕާކުގައެވެ. ޔާޝާ ހިނިތުންވެ ހުރެ ކޮންމެވެސް ވާހަކައެއް ޒިވާންއާ ދައްކަމުން ދިޔައެވެ. އެހެނަސް ޒިވާން ޔާޝާ ދައްކަމުން ދިޔަ ވާހަކަތަކަށް ސަމާލުކަމެއް ނުދެއެވެ. އޭނާ އިނީ އޭނާގެ އަމިއްލަ ޚިޔާލަށް ގެއްލިފައެވެ. “ޒިވް. ކޮން ކަމަށް ގެއްލިފަ ތީނީީ؟” އެންމެ ފަހުން ޔާޝާއަށް އެކަން ފާހަގަ ވެގެން ޒިވާންއާ ސުވާލު ކުރިއެވެ. “މިވިސްނަނީ ޔަޝްއާ މެރީކޮށްގެން ހަނީމޫނަށްދާނީ ކޮންތާކަށްތޯ!” ލާނެއް ގޮތަކަށް ޒިވާން ބުންޏެވެ. ޔާޝާ ލަދުންގޮސް ދެން ޒިވާނޭ ކިޔާ ޒިވާންގެ މޭމަތީގައި ތަޅައިގަތެވެ. މޫނު މަތިން އުފާވެރި ކަން ދައްކާގެން ހުއްޓަސް ޒީވާންގެ ހިތަށް އުނދަގޫވަމުން ދިޔައެވެ. ފަހަކަށް އައިސް މާ ގިނައިން ރައިހާނާ މަތިން ހަނދާންވަނީއެވެ. ބައެއް ފަހަރު ޔާޝާވެސް ރައިހާނާގެ ސިފައިގައި ފެނެއެވެ.
*******
ލެސެން ޕްލޭން ތައްޔާރު ކުރަން އިނދެފައި ހަމްޒާ ބޭރަށް ނުކުތީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ޝިމާން ކިޔާވަރުންނެވެ. ވަޒީފާއަށް ދާން ފެށިފަހުން އެއް ދުވަހުވެސް ޝިމާންއާ ބައްދަލެއް ނުވެއެވެ.
ޝިމާންއާ ހަމްޒާ ގޮސް ހޮޓަލަކަށް ވަދެ ދެ ކޮފީއަށް އޯޑަރު ދިނެވެ. “ބްރޯ. ކޮބާ ގޮތެއް ނިންމައިފިންތަ؟” ޝިމާން އަހާލިއެވެ. ހަމްޒާ ބޯ ކަހާލުމަށްފަހު ފުން ނޭވައެއް ދޫކޮށްލިއެވެ. ހަމްޒާ ދޭނެ ޖަވާބެއް ނޭންގޭނެތީވެ ޝިމާން ހުރީ ނޭވާ ހިފަހައްޓައިގެންނެވެ. “މަގޭ ބްރޯގެ ވެޑިން މަ މިސް އެއް ނުކުރާނެއްނު! ދުނިޔޭގެ އެންމެ އެކޮޅަށް ދާން ޖެހުނަސް ކައޭ ވެޑިންއަށް މަ ދާނެކަން އެނގޭނު” ގަމީހުގެ ގިރުވާނުގައި ހިފާލަމުން ހަމްޒާ ފޮނިވެފައި ބުންޏެވެ. ޝިމާން ހީވީ އުފަލުން ގޮސް މޮޔަ ވެދާނެހެންނެވެ. ޝިމާން ކައިވެނި ކުރަން އުޅެނީ ރަށެއްގެ ކުއްޖަކާއެވެ. އެހެންވެ ކައިވެނި ކޮށް ޕާޓީވެސް ބާއްވަނީ އެ ރަށުގައެވެ. އޭނާގެ ކައިވެނީގައި ހަމްޒާ ބައިވެރިވުމަކީ ޝިމާންގެ ވަރަށް ބޮޑު އެދުމެކެވެ. މީގެ ދެމަސް ކުރިން ޝިމާން ހަމްޒާ ގާތުން އެރަށަށް ދާނަންހޭ އެހުމުން ވަޒީފާގެ ކަންތައްތައް ހަމަޖެހުމުން ވިސްނާފައި ޖަވާބެއް ދޭނެކަމަށް ހަމްޒާ ބުންޏެވެ. ވަޒީފާ ބުރަވުމުގެ ސަބަބުން ހަމްޒާއަށް ނުދެވިދާނެތީ ޝިމާން ހުރީ މާޔޫސްވެފައެވެ. އެހެނަސް ހަމްޒާގެ އާބަސް ލިބުމުން އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.
*****
“އަންކޮ ޕްލީޒް. ހިނގާބަ ރައިމެންނާ އެއްކޮށް ދާން. ޔޫ މަނަމްވެސް ބައްޕަވެސް ބުނީ ޔޫ އޯކޭއިއްޔާމުން ފޮނުވާނަމޭ. ދެން އަޅެ ޕްލީޒް އާއެކޭ ބުނެބަ” ރައިހާނާއާ އަންޖަލް ތިބީ ރައިހާނާގެ ކޮޓަރީގައެވެ. ރައިހާނާ އަންޖަލް ގާތުން އާދޭސް ކުރަމުން ދިޔައީ ސްޓަޑީ ބްރޭކްގައި ރައިހާނާ މެންނާއެކު އެމީހުންގެ ރަށަށް ދިއުމަށެވެ. ރައިހާނާމެން ރަށަށް ދަނީ ރުހާމްގެ ދައްތަގެ ދަރިފުޅުގެ ކައިވެންނަށެވެ. އެދާއިރު ރީހާން އޭނާގެ އެކުވެރިއެއް ގެންދާތީ ރައިހާނާވެސް އަންޖަލް ގެންދަން ބޭނުންވީއެވެ. “އަންކޮއަށް އެނގޭތަ. ދޮންތަމެން އެންމެން ތިބީ އަންކޮއާ ވަރަށް މީޓް ކުރާ ހިތުން. ދޮންތަ ކުރިންވެސް އެހި އަންކޮ ގެންނާނަންހޭ. ދެން އެހެންވީމަ ބުނެބަ ދާނަމޭ ޕްލީޒް” ރައިހާނާ ކުރުނުކޮށް އާދޭސް ކުރަން ފެށުމުން އެންމެ ފަހުން އަންޖަލް އެއްބަސްވިއެވެ. ދުވެފައި ގޮސް ރައިހާނާ ޝައުފާއަށް އެ ޚަބަރު ދިނެވެ. އަންޖަލް ދާން އެއްބަސް ވުމުން ޝައުފާވެސް އުފާވިއެވެ. ރައިހާނާގެ އެދުމުގެ މަތިން ރާނިޔާއާ އަޒްހަދަށް ގުޅާފައި އެ ދެ މީހުންވެސް އެދަތުރުގައި ބައިވެރިވާން ޝައުފާ އެދުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ވިންދޭ ލޯބި ތީ އެދޭ 27

Next

ޖުލައިބީބު ރަޟިޔަ ﷲ ޢަންހު

Next
February 11, 2019

ޖުލައިބީބު ރަޟިޔަ ﷲ ޢަންހު

Previews
February 11, 2019

ވިންދޭ ލޯބި ތީ އެދޭ 27

45 Comments!

  1. Kitty says:
    February 11, 2019 at 7:03 pm

    Oooh yess… Story is finally here.. ??❤️❤️?.. Stry adhi nukiyan… kiyaafa comment kohlaanan ingey??

  2. Kiyara says:
    February 11, 2019 at 7:05 pm

    Salaam. Buni dhuvahah vure thankolheh kurin miothy vaahaka up kohlaafa. Mi bai liyevunyma hithah ery Tuesday ah madu nukoh up kohlaanyey. Kury baithakekey ehfadhain mibaives kiyuntherinnah kamudhaane kamah ummedhu kuran. Next part Friday noony Saturday ga ISA.

    1. Kitty says:
      February 11, 2019 at 7:22 pm

      Kiyara… Story was superb i just loved it.. Mind blowing ❤️❤️?????

    2. Kitty says:
      February 11, 2019 at 7:25 pm

      Kiyara… Can u tell me one thing plx.. Cover in zivaan, vishaah and hamza aky kobaatha alhe.. Kitty akah vakikuran neyngunu??

    3. Kiyara says:
      February 11, 2019 at 7:34 pm

      Thanks kitty❤️ cover pic ga dhw. Cover pic ga enme mathyga in boy aky vishah. Thiryga beared laafa in boy aky hamza dhen in boy aky zivan.
      Mathyga in girl aky anjal. Dhen huri girl ei raihana

  3. Shehe says:
    February 11, 2019 at 7:18 pm

    This part was nice waiting for the nxt part

    1. Kiyara says:
      February 11, 2019 at 7:30 pm

      Thanks shehe

  4. SCARLET❤ says:
    February 11, 2019 at 7:38 pm

    Mi emmen eh rashakah dhw eulheny dhaan..vvv reethi mi prt n nxt prt up kohdhehchey varah avahah ingey dear.???❤❤

    1. Kiyara says:
      February 11, 2019 at 7:46 pm

      Thanks scarlet❤️ hingaa dhw balama vaa goii

  5. Kitty says:
    February 11, 2019 at 7:49 pm

    Awwnnnn thank you kiyara ❤️❤️

    1. jiji says:
      February 11, 2019 at 8:49 pm

      My Lwbi lwbi kitty sis???????????????.. kihineh luv..kobaa tha SCARLET(Inaa) , Someone(zaayaa) and Cute Lips (Ary)..????????..niha,nattu Shaaya ge habareh balainulevigen miulheny koyaa ????????..kyh kuraany?..miulheny kaalaigen homeworks hadhan ngey?????????????????❤❤??Lwbivey kitty dheke vx..??????????

    2. Kitty says:
      February 12, 2019 at 5:16 am

      Awwnnnn thank you jiji ❤️❤️❤️lym.. Nd im fine

  6. hailey says:
    February 11, 2019 at 8:49 pm

    alhey enme fahun raihaanaa aa hamza nugulhuvahchey..!! angal and hamza makes a good combination<3

    1. Kiyara says:
      February 12, 2019 at 8:07 pm

      Thanks hingaa dhw balamaa vaagoii

  7. jiji says:
    February 11, 2019 at 8:52 pm

    WOW..HAADHA REEHCHEY MI PART VX..AVAHAH UP KOHDHEHCHEY INGEY NXT PRT..VRH READ KOHLAA HIYY VEJJE NXT PRT VX..❤❤❤????????????????????????LY KIYAA..MUCH MUCH BAIVARU LOVES????????? <3 <3 <3

    1. Kiyara says:
      February 12, 2019 at 8:08 pm

      Thanks jiji. Luv u too

  8. solid says:
    February 11, 2019 at 8:52 pm

    yaa I also think it would be perfect… and later if zivaan an raihaanaa, awwwn it would be so sweet.!! please kiyaara make it happen so..ly

    1. Kiyara says:
      February 12, 2019 at 8:06 pm

      Lets see dhw. Story is already planned. Dhen nimey iru vaagoii balamaa. I will try not to disappoint readers

  9. Unknown girlll.. says:
    February 11, 2019 at 11:45 pm

    Photo ga in gothunnama gulheny angal aa hamzaa???ekam kome vaahakaehgaves gulheyni evaahakaeh fashaairu eulhey emme main characters…anehkolhun vishaah ves like vany angal dheke kanneynge…dhen hieh nuvey miv6 gothun angal ah hamzaa libeynehen…keekey bunany kiyaara sis..writer aky thee .writer beynunvaagothah liyanvaany..koyuntherin beyninvaagothah nudhiyas eiy massalaehnun..eah ko6un therin faadukiyaigen ves nuvaane…alhugandu beynunvi angal aa hamzaa gulhuvan ekam ehen nuveves hingaadhane..?its not aprob..vaahaka hama vvvv.habeysss??? wish uall the best in ur life..????.luv ya sooo much sis.❤???..keep smiling..???

    1. Kiyara says:
      February 12, 2019 at 8:09 pm

      Thanks unknown girlll. Hingaa dhw balamaa dhen kihinehtho vany.

  10. Aish says:
    February 12, 2019 at 9:15 am

    Mi story ge main character aky kaaku

    1. Kiyara says:
      February 12, 2019 at 8:10 pm

      Raihana

  11. Laalu says:
    February 12, 2019 at 12:52 pm

    Alhey v v v vx nice kiyaraa…… Still waiting 4 the nxt part ingey…. V nice adhi kuriah dhaagoiy… Dhn oiy oart thah vx nice vaane kamah ummydhu kuran…. Luv ya kiyaraa… Kyp up the gud work…. Ur a great author ?????❤️❤️❤️❤️❤️

    1. Kiyara says:
      February 12, 2019 at 8:30 pm

      Thanks laalu luv ya too

  12. Laalu says:
    February 12, 2019 at 12:53 pm

    Alhey v v v vx nice kiyaraa…… Still waiting 4 the nxt part ingey…. V nice adhi kuriah dhaagoiy… Dhn oiy oart thah vx nice vaane kamah ummydhu kuran…. Luv ya kiyaraa

  13. Aish says:
    February 12, 2019 at 12:55 pm

    When dhn next part up vaani kiyaraa….. ?

    1. Kiyara says:
      February 12, 2019 at 8:30 pm

      Next Friday noony Saturday ga ISA

  14. Azka says:
    February 12, 2019 at 2:42 pm

    thank u 4 this amazing story….can’t wait for the next part..???

    1. Kiyara says:
      February 12, 2019 at 8:31 pm

      Thank you azka?

  15. Lam says:
    February 12, 2019 at 7:00 pm

    V bodah edhen Author readers kuraa comments ah reply kurun……. ?

    1. Kiyara says:
      February 12, 2019 at 8:33 pm

      Kiyara ah time vy varakun comments ah reply kureveytho masakkai kuran. Alhugandaky kiyavaa kuhjje kamun hurihaa comments thakah reply nukurevidhaane. Ekam abadhuves masakkai kuran reoly kureveytho.

  16. Kitty says:
    February 12, 2019 at 7:37 pm

    Author mennakyves hama alhugandumen fadhain busy koh ulhey baeh.. Vaguthu libumun comments thakah reply ves kurey.. So we have to appreciate their works… ??

    1. Kiyara says:
      February 12, 2019 at 8:37 pm

      Awww kitty ure such an amazing reader. Varah ufaavey kitty kahala understanding readers thibeythyve. Abadhuves thigothah writers motivate kihdheyne kamah ummedhu kuran. Aslu kitty noonas gina readers varah understanding. Hurihaa readers ves thigothugai thibeyne kamah ummedhu kuran. Luv ya all

  17. Kitty says:
    February 12, 2019 at 9:14 pm

    Insha Allah. Abadhuves kitty migothugai ulheyny. N i will try my best to motivate you and other writers.. Insha Allah.. Lym Kiyara

    1. Kiyara says:
      February 13, 2019 at 3:42 pm

      Awww ly too kitty

  18. Nash says:
    February 13, 2019 at 6:38 am

    Hehey just nw i read the story…. Mivaahakaiga ebain ahun ge real name BTW its a coincidence…. Hehhey kiyaa kyp up the nice work… ??

    1. Kiyara says:
      February 13, 2019 at 3:54 pm

      Thanks nash . Hehehe anehkka nash ge aslu name aku koba ba?

  19. Malaa says:
    February 13, 2019 at 11:50 am

    When nxt prt?
    Can’t wait!!
    ?

    1. Kiyara says:
      February 13, 2019 at 3:56 pm

      Liyevihjeyaa miadhuves faharhga up kurevidhaane enme las vegen ves Saturday ga up kohdheveytho balaanan
      Thanks malaa

  20. Rifu says:
    February 13, 2019 at 3:03 pm

    Wow… Amaizing. Ma Shaa Allah… Keep it up ingey kiyaa… Ly

    1. Kiyara says:
      February 13, 2019 at 3:59 pm

      Thanks rifu ly 2

  21. Nash says:
    February 13, 2019 at 7:25 pm

    Anjal ge mom ah kiyaa name he heyyyy… Lol ?

    1. Kiyara says:
      February 14, 2019 at 11:10 am

      ?

  22. Kaira?? says:
    February 13, 2019 at 9:23 pm

    V reethi dear….♥️ Avahah up khodhechey….♥️♥️♥️

    1. Kiyara says:
      February 14, 2019 at 11:11 am

      Thanks kaira

Comments are closed.

Next Episodeބުނާށޭ ލޯބި ނުވަނީހޭ….5←


All Right Reserved!