Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބުނާށޭ ލޯބި ނުވަނީހޭ…3

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
February 7, 2019 8 Mins Read
26 Comments

Iމެންދުރު ކައިގެން ޖައްސާލިތަނުން ފުން ނިންޖަކަށް ރައިހާނާ ގެނބުނެވެ. އޭނާއަށް ހޭލެވުނީ ކޮޓަރީ ދޮރުގައި ބާރަކަށް މީހަކު ތަޅައިގަތުމުންނެވެ. ކަންނެއް ގޮތަކަށް ދެލޯ ހުޅުވާލަމުން ގަޑި ބަލާލިއިރު ކަމަކު ދާކަށް ނެތެވެ. ގަޑިން ހަވީރު ހަތަރު ގަޑި ބައިވެއްޖެއެވެ. ފުންމައިގެން އެނދުން ތެދުވި ގޮތަށް ގޮސް އޭނާ އަވަހަަށް ދޮރު ހުޅުވިއެވެ. އޭރު ބައްތިރީސް ދަތް ފެންނަ ވަރަށް ހީގަނެގެން ރީހާން ހުއްޓެވެ. “ދޮންތީ! ގެސް. މާދަން މި އުޅެނީ ބައްޕައާ އެއްކޮށް ރަށަށް ދާން” ކުޑަކޮށް ނަށާލަމުން ރީހާން ބުންޏެވެ. “ވަޓް؟ ރީހާން އެކަނި ގޮވައިގެންތަ ބައްޕަ ދަނީ؟” ރީހާން ފޮނިވެލަމުން ބޯ ޖަހާލިއެވެ.
އޮފީސް ދަތުރެއްގައި އަމިއްލަ ރަށަށް ދާން ފުރުސަތު ލިބުމުން ރުހާމް ރީހާން ގޮވައިގެން ދަނީއެވެ. ރުހާމްގެ ދެދައްތަ އާއި އެދެމީހުންގެ ކުދިން ދިރިއުޅެނީ ރަށުގައި ކަމުން ރައިހާނާއާ ރުހާމް ރަށަށް ދިއުމަށް ވަރަށް ފޯރިހުރެއެވެ. ކޮންމެ ބޮޑު ޗުއްޓީއެއްގައި ރުހާމް އޭނާގެ އާއިލާ ގޮވައިގެން ރަށަށް ދެއެވެ. ދެކުދިންގެ މުސްތަޤްބަލު އުޖާލާ ކުރުމަށްޓަކައި މާލެއަށް ދިރިއުޅުން ބަދަލުކުރިއެއް ކަމަކު ރަށްފުށުގެ ދިރިއުޅުން ޝައުފާވެސް ރުހާމްވެސް ހަނދާނެއް ނުނެތެއެވެ.
*******
ކެންވަސްއެއްގައި އިރުއޮއްސޭ މަންޒަރު ކުރަހަން އިން އަންޖަލްގެ ގައިގައި ވަނީ ހުސް ކުލަ އުނގުޅިފައެވެ. ހުކުރު ދުވަހު މެންދުރު ކޭގޮތަށް އޭނަ ކުރަންފެށި މަސައްކަތަކީ އެއީއެވެ. އެކިކުލައާ އޭތި މީތި އެއްކޮށްގެން އޭނާ ބޭނުންވާ ގޮތަށް ކުރެހުން ނިންމާލެވުނީ ހަތަރު ގަޑިއިރުންނެވެ. ކުރަހާ ނިންމާލުމަށްފަހު އަންޖަލް މޯޅިއަކަށް ދެމިލިއެވެ. އެއަށްފަހު ފޯނުން އެކުރެހުން ފޮޓޯ ނަގައި އިންސްޓަ ކުރިއެވެ. މިނެޓެއްގެ ތެރެއިން ސަތޭކައަށްވުރެ ގިނަ ލައިކް އެފޮޓޯއަށް ލިބުނެވެ. ލިބުނު ހިތްހަމަ ޖެހުމުގައި ހިނިތުންވެލަމުން އަންޖަލް ފޯނު ބާއްވާފައި ތަން ސާފުކުރުމުގެ މަސައްކަތް ފެށިއެވެ. އަންޖަލް ކުރެހުމުގެ މަސައްކަތް ކުރަނީ އޭނާގެ އަމިއްލަ ކޮޓަރީގައެވެ.
އަންޖަލްއަކީ އަޒްހަދްއާއި ރާނިޔާގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެދެމީހުންގެ ލޮލުގެ ފިނިކަމެވެ. އަޒްހަދް އަދި ރާނިޔާއަކީވެސް މާލޭގެ ގަދަރުވެރި އާއިލާއަކުން އައިސް ތިބި ދެމީހުންނެވެ. ދެމީހުންގެ އަމިއްލަ ގެދޮރު މާލޭގައި ހުރެއެވެ. އަޒްހަދްއަކީ ތަނަވަސް މީހެއް ކަމުން އަންޖަލް ބޭނުންވާ ހުރިހާ ކަމެއް ކޮށްދެއެވެ. ދުވަހަކުވެސް ކަމެއް އުނިވެގެން އުޅޭކަށް އަންޖަލްއަކަށް ނުޖެހެއެވެ. އަންޖަލްގެ އެދުމުގެ މަތިން އޭނާ ކުރަހަން ޚާއްސަކޮށްގެން ކޮޓަރި ތެރެއިން އިތުރު ކުޑަ ކޮޓަރިއެއް ކަހަލަ ތަނެއް އަޒްހަދް ހަދާދިނެވެ. އެތަން ފަރުމާކޮށްފައިވަނީ އަންޖަލް އެދުނު ގޮތަށް އެއްވެސް އުނި އިތުރު ކަމެއް ނުގެނަހެވެ. އަންޖަލް ކުރަހަން ބޭނުން ކުރާ ސާމާނަކީވެސް އަޒްހަދް ބޭރުން އޯޑަރު ކޮށްގެން ގެންނަ އެންމެ ކޮލެޓީ އެއްޗިއްސެވެ.
******
ރީހާން ގޭގައި ނެތި ބަންދު ދުވަހެއް ހޭދަކުރަން ޖެހުމުން ރައިހާނާ އިނީ ފޫހިވެގެން ހަލާކުވާން ކައިރިވެފައެވެ. ރީހާން ނެތުމުން އޭނާއަށް އުނދަގޫކުރާނެ މީހެއް ނެތެވެ. ބޭރަށް ދާން އުޅެފައިވެސް އަންޖަލްއަށް ނުދެވޭކަން ހަނދާން ވުމުން އެޚިޔާލު ދޫކޮށްލީއެވެ. ޝައުފާވެސް އޯޑަރަށް ހެދުންތަކެއް ފަހާތީވެ އުޅެނީ ވަރަށް ބުރަކޮށެވެ. އެހެން ކަމުން ޝައުފާއަށް ވެސް ރައިހާނާއާ ވާހަކަ ދައްކަން އިނދެވޭކަށް ނެތެވެ.
******
ހޮނިހިރު ދުވަހު ހަވީރު ރައިހާނާއާ އަންޖަލް ބޭރަށް ނުކުތީ ހިނގާލަން ދާށެވެ. ފޫހިވެގެން ހަލާކުވާން ކައިރިވެފައި ހުރި ރައިހާނާ އަންޖަލް ފެނުމުން ހުއްޓާނުލާ އަނގަތެޅިއެވެ. ވާހަކައިގަ ތިބެ ދެމީހުން ގޮސް ރަސްފަންނަށް ވަނެވެ. ރަސްފަންނުގައި ކުޑަކުދިންނާއި ފުރާވަރުގެ ކުދިން އުޅުނެވެ. ރީތި ފޮޓޮއެއް ނަގަން ރައިހާނާ އޭނާގެ ފޯނު ސެޓުކޮށްލިއިރު ފޯނުގެ ކެމެރާއަށް ޒިވާންއާއި އޭނާގެ ލޯބިވެރިޔާ ޔާޝާ އެރިއެވެ. އަތާއި އަތް ޖޯޑުކޮށްގެން ތިބި ދެ ޒުވާނުން ފެނި ރައިހާނާގެ ލޮލަށް ކަރުނަ އަންނަން ފެށިއެވެ. ޒިވާން ޔާޝާއާ އެއްކޮށް ހުރިއިރު އެމޫނު މަތިން ނުފިލާ ހިނިތުންވުން ފެނި ރައިހާނާގެ ހިތުގައި ރިއްސާލިއެވެ. އޭނާގައި ނެތް ރީތިކަމެއް ވަކި ޔާޝާގައިގަ އެބަ ހުރިހެއްޔެވެ. އެމަންޒަރުތައް ނުފެންނަ ކަމަށް ހަދަމުން ރައިހާނާ ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. އެއާއެކު މީހެއް ގައިގައި ޖެހިފައި އޭނާ ފަހަތަށް ވެއްޓެން ދިޔައެވެ.
ފޯނުން މީހަކަށް މެސެޖް ކުރަމުން ދިޔަ ހަމްޒާ ގައިގައި ޖެހިފައި އަންހެން ކުއްޖަކު ވެއްޓެން ދިޔައެވެ. އެކުއްޖާ ވެއްޓުނަ ނުދޭންވެގެން ހަމްޒާއަށް އެކުއްޖާގެ އަތުގައި ހިފަހައްޓަން އަތް ދަމާލިއެވެ. އެހެނަސް އޭނާގެ އަތުގައި ނުޖެހި އެކުއްޖާ ބިން މައްޗަށް ވެއްޓުނެވެ.
ވެއްޓި ޖެހުނު ގޮތުން ރައިހާނާ ގަޔަަށް ތަދެއް އެރިއެވެ. ވީތަދާއެކު އޭނާއަށް ރޮވުނެވެ. އޭރު ގިނަބައެއްގެ ނަޒަރު ވަނީ އޭނާއަށް އަމާޒުވެފައެވެ.
ވެއްޓުނު ކުއްޖާއަށް އެހީ ވުމުގެ ގޮތުން ހަމްޒާ އެކުއްޖާއާ އެއްވަރަށް ތިރިވިއެވެ. އެކުއްޖާގެ މޫނު ފެނުމާއެކު މޫނަށް ވައްތަރެއް ޖައްސާލެވުނެެވެ.
ޔާޝާއާ އެކު ހުރި ޒިވާންއަށް ރީތިކޮށް ރައިހާނާ ވެއްޓުނު ތަން ފެނުނެވެ. އެއާއެކު އޭނާއަށް އެދިމާއަށް ދުއްވައިގާނެވުނެވެ.
ތަންކޮޅެއް ދުރުގައި ހުރި އަންޖަލްވެސް އަވަސްވެ ގަތީ ރައިހާނާ ގާތަށް ދިއުމަށެވެ. ދުވެފައި ކަހަލަ ގޮތަކަށް ރައިނާ ގާތަށް ދިޔަ އަންޖަލްއަށް ޒިވާންއަދި ހަމްޒާ ފެނުމާއެކު ހުއްޓުން އެރިއެވެ.
“ރައި ކޮންތާކަށް ތަދުވީ؟” ރައިހާނާ ގާތު އިށީންނަމުން ޒިވާން އެހިއެވެ. އޭރު ހަމްޒާވެސް ރައިހާނާ ގާތު އިށީންދެ އިނެވެ. ” ހިތަށް ތަދުވަނީ! ޒިވްއަށް ހަމަ ނޭންގޭތީތަ ތި އަހަނީ. މަގޭ ހިތަށް ހާދަ ތަދެއްވެޔޭ ޒިވް ޔާޝާއާއެކީ ފެނުނީމަ. ހަމަ ނޭންގޭތީތަ ތި އަހަނީ؟” ރައިހާނާގެ އެ ޝަކުވާތައް ދުލާ ހަމައަށް ގެންނާނެ ހިތްވަރެއް އޭނާގެ ނެތެވެ. މެއާ ދިމާލު އަތް އަޅާލަމުން ދެ ލޯ މަރާ ބާރުކޮށްލީ ޒިވާންގެ ސޫރަ ދެކެން ބޭނުން ނުވާތީއެވެ.
“އިޓްސް ނަން އޮފް ޔުއާ ބިސްނަސް. ޖަސްޓް ގޯ އަވޭ. ވީ ޑޯންޓް ނީޑް ޔުއާ ހެލްޕް މިސްޓަ ޒިވާން” ރުޅިއައިސް ރަތްވެފައި އިނދެ އަންޖަލް ޒިވާންއާއި ދިމާއަށް ބުންޏެވެ.
އަންޖަލްގެ އަމަލުތައް ހުރި ގޮތުން ހަމްޒާއަށް ހައިރާންކަން ލިބުނެވެ. އެއޮށް މަޑުން އިންނަ ކުއްޖާ އެންމެންގެ ތެރޭ ފިރިހެން ކުއްޖަކާ ދިމާއަށް އެއްޗިހި ކިޔުމުންނެވެ.
އެންމެންގެ ތެރޭގައި އަންޖަލް އެ ގޮތަށް ވާހަކަ ދެއްކުމުން ޒިވާން ލަދުގަތެވެ. އިތުރަށް އަނގައިން ބުނުމަކާ ނުލައި ބަސްއަހާ ކުޑަކުއްޖެއް ފަދައިން އެނބުރި އައިކޮޅަށް ދިޔައެވެ.
ރައިހާނާގެ ހިތް އެދި ގޮވަމުން ދިޔައީ ޒިވާން މަޑު ކުރުވާށެވެ. އޭރުވެސް އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނައަކަށް ބަދަލެއް ނާދެއެވެ. ޒިވާންއަށް ގޮވަން އުޅެފައިވެސް ގޮވާނެހާ ހިތްވަރެއް އޭނާއަކަަށް ނުލިބުނެވެ.
ރައިހާނާ އަށް އެހީތެރުވެދިނުމަށް ހަމްޒާ އޭނާގެ އަތް ރައިހާނާއަށް ދިއްކޮށްލިއެވެ. އެހެނަސް އެއަތުގައި ހިފުމުގެ ބަދަލުގައި އޭނާއަށް ލޯ އަޅާލަމުން ރައިހާނާ އަމިއްލައަށް ތެދުވިއެވެ. ހަމްޒާވެސް ނުވާކަމަކަށް ހަދަމުން ދުރަށް ހިނގައިގަތެވެ.
“ރައި. ޔޫ އޯކޭ؟” ރައިހާނާ ވެއްޓުމުން އަންޖަލް ހުރޫ ވަރަށް ކަންބޮޑުވެފައެވެ. “އަންކޮ. އައި އޭމް ފައިން. އޭނދެ މޮންސްޓާރއާ ހެދި ވާހާއި ކަންކަމޭ މީ” ތަންކޮޅެއް ދުރުގައި ހުރި ހަމްޒާއަށް ވައްކަޅިން ބަލާލަމުން ރުޅިއައިސްފައި ރައިހާނާ ބުންޏެވެ. ހިތުގައިވި ހުރި ހިތާމަ ރުޅިއަށް ބަދަލުވުމުން އެހުރިހާ އެއްޗެއް ބޭލުނީ ހަމްޒާއަށެވެ.
*****
ރައިހާނާ އެނބުރި ގެއަށް ދިޔައިރު ރުހާމްއާއި ރީހާން އައިސް ތިއްބެވެ. އެންމެ ދެދުވަހަށް ރަަށަށް ދިޔަ ކަމަށްޓަކައި ރީހާން ހުރީ އަނދާ އަޅިއަށް ވެފައެވެ.
“މަންމާ! ބައްޕަ ރަށުން އައިރު ރީއްކޮގެ ބަދަލުގަ ބޮޑު ބަބުރު ކުއްޖެއް ގެނައްސަތަ މިހިރީ؟” ރީހާން އެހާ ކަޅުވެފައި ހުރުމުން ބެހިނުލާ ރައިހާނާ އަކަށް ނީންދެވުނެވެ. “މަންމަވެސް ބައްޕަ ކައިރީ މި ކިޔަނީ ތިހެން. މަގޭ ރީހާން ބަހައްޓާފަ ކޮންތާކު ސޮރެއް ގެނެސްގެންހޭ ތިއުޅެނީ” ޝައުފާވެސް ރައިހާނާއާ ބައިވެރިވެގެން ރީހާންއާ ދިމާކުރިއެވެ. “ހޫން…. ދެން ހެވޭ ތި ވަރަށް ދިމާ ނުކުރިއަސް. މަންމައާ ދޮންތި ތިއުޅެނީ ޖޭވެގެން. ހެވެއްނު ކަޅުވިއަސް ނުލާހިކު މަޖާ ކޮށްފަ ވިއްޔާ މިއައީ” ފޮނިވެލަމުން ރީހާން ބުނެލިއެވެ.
ރީހާންގެ ވާހަކަތައް އަޑު އަހަން ހުރެފައި ރައިހާނާ ކޮޓަރިއަށް ދިޔައީ އިޝާއަށް ގޮވަން ކައިރިވާތީ ނަމާދުކުރާށެވެ.
*******
އަންޖަލްގެ ޚިޔާލުތަކުގައި ރަސްކަން ކުރަމުން ދަނީ ހަމްޒާއެވެ. ލޯމަރާލާއިރަށް ހަމްޒާގެ ފިރިހެންވަންތަ މޫނު އޭނައަށް ފެނިގެން ދެއެވެ. ހަމްޒާ ފެނުމުން އޭނާގެ ހިތަށްބުނެދޭން ނޭންގޭ ހަމަޖެހުމެއް ލިބެއެވެ. ހަމްޒާ ނުފެނިދާ ކޮންމެ ވަގުތު ކޮޅަކީ އޭނާގެ ހިތުގެ ހަމަޖެހުން ނަގާލާ ވަގުތު ތަކެކެވެ. ހަމްޒާގެ ޚިޔާލުތަކުގައި އޮއްވައި އޭނާގެ ސިކުނޑިއަށް މޮޅު ވިސްނުމެއް އައެވެ. ފޯނު ނަގައި އިންސްޓަގްރާމް ގައި ހަމްޒާގެ ސްޕެލިން އެކި ގޮތްގޮތަށް ޖަހަން ފެށިއެވެ. އެކި ގޮތްގޮތަށް ޖަހައިގެންވެސް އޭނާއަކަށް ހަމްޒާގެ އައިޑީއެއް ނުފެނުނެވެ. ލިބުނު މާޔޫސީކަމުގައި ފޯނު އެނދުމައްޗަށް އެއްލާލަމުން އެނދަށް ވެއްޓިގަތެވެ.
*******
ގޭޓު ހުޅުވުމާއެކު ހުރިހާ ކުދިން ސްކޫލް ތެރެއަށް ވަންނަން ފެށިއެވެ. ރައިހާނާއާ އަންޖަލްވެސް ކުދިން ތެރެއިން ލާފައި ސްކޫލަށް ވަނެވެ. ރައިހާނާ ހުއްޓާނުލާ ދިޔައީ ވާހަކަ ދައްކަމުންނެވެ. އެހެންނަމަވެސް އެ ވާހަތަކަށް ސަމާލުކަން ދެވޭވަރަށް ވުރެ އަންޖަލްގެ ހާލު ގޯހެވެ. އޭނާގެ ދެލޯ ހޯދަމުން ދިޔައީ ހަމްޒާއެވެ. “އަންކޯ!!! ކޯއްޗެއްތަ މާވަރަކަށް ތި ހޯދަނީ؟” އޭނާ ދައްކަމުން ދިޔަ ވާހަކައަށް ސަމާލުކަން ނުދީ އަންޖަލް އެކި ފަރާތް ފަރާތް ބަލަމުން ދާތީ ނިކަން ބާރަށް އަނަޖަލްގެ ކަންފަތްދޮށުގައި ރައިހާނާ އެހިއެވެ. “އޭނނ. މީ އަނޭ ނުކުރަ… މިބުނީ އެކައްޗެއްވެސް ނިހޯދަން” ސިއްސައިގެން ދިޔަ ބޮނޑީ އަންޖަލްގެ އަނގައޮޅުނެވެ. ރައިހާނާއަށް އިތުރު ވާހަކައެއް ނުދެއްކިގެން އުޅެނިކޮށް އެސެމްބްލީ ފެށުނެވެ.
********
އެސެމްބްލީ ދިގު ލަައިގެން ދިއުމުގެ ސަބަބުން ފުރަތަމަ ގަޑި ގެއްލުނެވެ. ހިސްޓްރީ ގަޑި ގެއްލުމުން އަންޖަލްގެ މުޅި މޫޑު ޚަރާބުވިއެވެ. ހަމްޒާ އެކުލާހަށް ދެން އެދުުވަހު ނާންނާނެތީވެ އަންޖަލްގެ ހިތް މާޔޫސްވިއެވެ.
ދިވެހި ޓީޗަރު ވަނުމާއެކު ފޫހި ކަމާއެކު އަންޖަލް ކޮޅަށް ތެދުވިއެވެ. އޭނާގެ ހިތަށް ބުނެދޭން ނޭންގޭ ތަދެއް ވަމުން ދިޔައެވެ. ދެންމެ ދެންމެ ރޮވެން އުޅޭހެންވެސް ހީވެއެވެ. އަންޖަލްއަށް އަންނަމުން ދިޔަ ބަދަލުތައް ރައިހާނާގެ އިތުރަށް އެންމެ ފަހަތު ބަރީގައި އިން ވިޝާހްއަށް ފާހަގަަވަމުން ދިޔައެވެ.
“ހުރިހާ ކުދިންވެސް ދިގު ވާހަކަ ނަގާ. މިސް މިއަދު ތިކުދިންނަށް ވާހަކަ ކިޔާދޭނަން. މިހާރު ޓެސްޓު ވަރަށް ގާތް ވެއްޖެ. އެހެންވީމަ ހުރިހާ ކުދިންވެސް ވާނެ ކަނުލާ ރަނގަޅަށް އަޑު އަހަން” ޓީޗަރު ވާހަކަ ކިޔާދޭ ވާހަކަ ބުނުމުން ހުރިހާ ކުދިންގެ މޫނު މަތިން ފޫހިކަން ފެނިގެން ދިޔައެވެ. ރައިހާނާވެސް އަނގައަށް ވައްްތަރެއް ޖައްސާލަމުން ދަބަހުން ފޮތް ނެގިއެވެ. އަންޖަލްވެސް އެނޫން އިތުރު ގޮތެއް ނެތުމުން ފޮތް ނަގާ މޭޒު މަތީ ބޭއްވިއެވެ.
ރާގަށް ރިވާޔަތް މޫސާ ވަ ޒުލޭޚާ ވާހަކަ މިސް ކިޔާދެމުން ދިޔައެވެ. ދުވަހަކުވެސް އަޑުނާހާާ ބަސްތައް އެވާހަކައިގެ ތެރެއިން ދަރިވަރުންނަށް އިވެމުން ދިޔައެވެ. ބައެއް ފިރިހެން ކުދިން ތިބީ ޓީޗަރަަށް ނޭންގެނެހެން ނިދާފައެވެ.
އަންޖަލްވެސް އިނީ ފޫހިވެގެން ހަލާކުވާން ކައިރިވެފައެވެ. ފޫހިވެގެން އިނދެ ކުލާހުން ބޭރަަށް އޭނާ ބަލާލިއެވެ. އެ ފަންގިފިލާގެ އެންމެ އެ ކޮޅަށް ހުންނަ ކުލާސް ފެނުމާއެކު ބޭއިޚްތިޔާރުގައި އަންޖަލްއަށް ހިނިތުންވެވުނެވެ. އެކުލާހުގައި އޮތީ ހަމްޒާގެ ގަޑިއެވެ. އަންޖަލް އިންނަ ތަނުގެ ގޮތުން ނުލާހިކު ރީއްޗަަށް ހަމްޒާ ފެންނަމުން ދިޔައެވެ. ހަމްޒާ ހުރީ އަތް ދިގު ކަޅު ގަމީހަކާ ކަޅު ސްކީނީ ފަޓުލޫނެއް ލައިގެންނެވެ. ގަމީހުގެ އަތްކުރި ވަނީ އަތްހުޅުގެ ތަން ކޮޅެއް މައްޗަށް ނަގާ އޮޅާފައެވެ. އޭނާގެ އަތުގެ ނާރުތައް ރީތިކޮށް ހާމަވާން ހުއްޓެވެ. ބޮލުގެ އިސްތަށިގަނޑު ވަނީ ތަންކޮޅެއް ދިގުވެފައެވެ. ތުނބުޅި ހުރީ ރީތި ވަރަކަށް ދިގު ކޮށްފައެވެ.
މިސް ކިޔާދެމުން ދިޔަ ވާހަކައިގެ އިތުރު އެންމެ ލަފްޒެއްވެސް އަންޖަލްއަކަށް ނީވުނެވެ. ދީވާނަވެފައި ހުރި ކުއްޖެއް ފަދައިން ހަމްޒާއަށް ބަލަހައްޓައިގެން އިނދެވުނެވެ. އަޅައިގެން އިން ބުރުގާގެ ކަން އަނގަޔަށް ލެވުނުއިރުވެސް އަންޖަލްއަކަށް ނޭންގުނެވެ.
އަންޖަލް މޮޔައެއްހެން ބުރުގާ އަނގަޔަށް ލާގެން އިނދެ މާވަރަކަށް ބޭރު ބަލާތީ ރައިހާނާވެސް އަންޖަލް ބަލަން އިން ދިމާއަށް ބަލާލިއެވެ. އޭނާއަށް ހަމްޒާ ފެނުމާއެކު އާނގަ ތަން މިނަށް ހުޅުވިގެން ދިޔައެވެ. އެއްފަހަރު އަންޖަލްއަށް އަނެއް ފަހަރު ހަމްޒާއަށް ބަލާލިއެވެ. “އަންކޯ!” ވައި އަޑުން ރައިހާނާ އަންޖަލްއަށް ގޮވާލިއެވެ. އެހެނަސް އަންޖަލް އިނީ އޭނާގެ އަޑު އިވޭވަރަށް ވުރެ މާދުރުގައެވެ. އޭނާގެ ހަށިގަނޑު ކުލާހުގައި އިނަސް ހިތާއި ސިކުނޑި ވަނީ ހަމްޒާއިން ކުލާހުގައެވެ. އަންޖަލްއަށް އަޑު ނީވުމުން އޭނާގެ ފައި ފަލަމަސްގަނޑުގައި ރައިހާނާ ވިކާ ގަތެވެ. ވީ ތަދާއެކު ތޫލި އަޑަކުން އަންޖަލްއަށް ހަޅޭއްލަވައިގަނެވުނެވެ. މިސްގެ އިތުރަށް ހުރިހާ ކުދިންގެ ނަޒަރުވެސް އޭނާއަށް ހުއްޓުނެވެ. ގަތް ލަދާއެކު ނުރުހިފައި ރައިހާނާއާ ދިމާއަށް އަންޖަލް ބަލާލިއެވެ. ރައިހާނާ އިނީ ނުވާކަމަކަށް ހެދިގެންނެވެ. “އަންޖަލް ކިހިނެއްވީ؟” އަންޖަލްއަކީ މަޑު މައިތިރި ބަސްއަހާ ކުއްޖެއް ކަމުން އަންޖަލް ހަމަ ހުރެފައި އެހެން ހަޅޭއްނުލަވާނެކަން މިސްއަށް އެނގެއެވެ. “ފަޔަށް ކޮންމެސް އެއްޗެއް އެރީ” އިސް ޖަހައިގެން އިނދެ މަޑު މަޑުން އަންޖަލް ބުންޏެވެ. ގަޑި ޖެހުމާއެކު މިސްވެސް އިތުރު ވާހަކަ ނުދައްކާ ކުލާހުން ނުކުމެގެން ދިޔައެވެ. މިސް ދިއުމުން ހަމްޒާ އޭނާ ހުރި ކުލާހުގައި އިންތޯ އަންޖަލް ހޯދާލިއެވެ. “ހީ އިޒް ގޯން!” ރައިހާނާ އެހެން ބުނުމުން ހައިރާންވެފައި އިނދެ އަންޖަލް ރައިހާނާއަށް ބަލާލިއެވެ. “ލުކް އަންކޮ. ހީ އިޒް އަ ޓީޗާރ. ކިހިނެއް އެނގެނީ އޭނައަކީ ސާޅިސް އާހަރުގެ މީހެއް ނޫން ކަމެއްވެސް؟ ހީ މޭބީ މެރިޑް އެންޑް ހޭވް ކިޑްސް. އައި ނޯ ވަޓްސް ގޮއިން އޯން އިންސައިޑް ޔުއާ ހާޓް” އަންޖަލްގެ އަތުގައި ރައިހާނާ ހިފާލިއެވެ.
ރައިހާނާ އެދެއްކި ވާހަކަތަކަކީ ތެދަތަކަށް ވެދާނެއެވެ. އެހެން ހިތަށް އެރުމާއެކު އަންޖަލްގެ ހިތަށް ތޫނު ތަދެއް އެެރިއެވެ. ދެލޯ ކަރުނުން ފުރުނުވެ. އަންޖަލްއަށް ވީގޮތް ފެނުމާއެކު ރައިހާނާ ދެރަވިއެވެ. ހަމްޒާގެ ސަބަބުން އަންޖަލް ރޯން ޖެހުމުން އިތުރަށް ހަމްޒާދެކެ ރައިހާނާ ރުޅިއައެވެ. އޭނާއަށް ވެގެން ވާ ނަމަ ހަމްޒާ މިހާރުވެސް އެސްކޫލުން ފޮނުވާލީހެވެ.
ބްރޭކް ގަޑީގައި ހުރިހާ ކުދިން ކެންޓީނަށް ދިޔައިރުވެސް އަންޖަލް ހުރީ ކުލާހުގައެވެ. ރައިހާނާ އަތަަށް ރުފިޔާ ދީފައި އެއްޗިހިން ގަންނަން ފޮނުވާފައި އޭނާ މަޑު ކުރީއެވެ. ހިނގާނެހާ ވަރެއް އޭނާގެ ދެފަޔަކު ނެތެވެ. “ހޭއި” މޭޒުގައި ބޯ އަޅައިގެން އޮއްވައި ފިރިހެން ވަންތަ އަޑަކުން އޭނާއަަށް ގޮވާލުމުން އިސް އުފުލާލާ ބަލާލިއެވެ. ދެ ހެދިކާ ކޮތަޅު ހިފައިގެން އޭނާގެ ކުރިމަތީގައި ހުރީ ވިޝާހްއެވެ. “އޯ ހެއި” އަންޖަލް ގޮނޑީީގައި ހަމަ ޖެހިލަމުން ބުންޏެވެ. “މްމް އޯކޭތަ މިތާ އިށީނަސް. މަ ކްލާހަށް އަންނަނިކޮށް ރައިހާނާ ބުނީ މީތި އަންޖަލްއަށް ގެނެސްދޭށޯ. ކޮންމެސް ޓީޗާއެއް ބުނެެގެން ރައިހާނާ ދާން ޖެހިއްޖެޔޯ!” އަންޖަލް މައްސަލައެއް ނެތޭ ބުނުމުން ވިޝާހް ރައިހާނާގެ ގޮނޑީގައި އިށީނެވެ. “އާ ޔޫ ސިކް؟” އެހެން ދުވަސް ދުވަހު އަންޖަލްގެ މޫނު މަތީގައިވި އުޖާލާކަން ފެންނަން ނެތުމުން ސުވާލުނުކޮށް ވިޝާހްއަކަށް ނީންދެވުނެވެ. އަންޖަލް އަނގަޔަށް ހެދިކާއެއް ލަމުން ދެފަރާތަށް ބޯ ހޫރާލިއެވެ. އިތުރަށް ދައްކާނެ ވާހަކައެއް ނޭންގުމުން ވިޝާހްވެސް މަޑުން އިނދެގެން ކެއީއެވެ. އެހެންނާ އަންޖަލްއަކީ އެހާ ހިމޭނުން އިންނަ ކުއްޖެއް ނޫނެވެ. އަންޖަލްއަށް ކޮންމެވެސް ކަމެއް ވެއްޖެކަން ވިޝާހްއަށް އެނގުނެވެ.
*******
އަންޖަލްއާ އޭނާގެ އިންޓަވަލް ހިފައިގެން މައްޗަަށް އަރަން އުޅުނު ރައިހާނާއަށް ފޯނެއްގައި އިން ހަމްޒާ ފެނުމާއެކު އޭނާގެ ޚިޔާލު ބަދަލުވިއެވެ. އެހެންލާފައި ދިޔަ ވިޝާހް އަތަށް ހެދިކާ ކޮތަޅު ދީފައި ރައިހާނާ ދިޔައީ ހަމްޒާއާ ދިމާލަށެވެ. އޭނާ ހިތުން ދިޔައީ ހަމްޒާއާ ދިމާއަށް އެތިވަރު ގޮވާށެވެ.
ފޯނު ކޯލު ނިންމާލާފައި ފަހަތަށް އެނބުރުނު ހަމްޒާ ސިއްސައިގެން ދިޔައީ ކުރިމަތިން ރައިހާނާ ފެނުމުންނެވެ.
ހިތުން ހަމްޒާއާ ދިމާއަށް އެތިވަރު ގޮވަން ދިއައެއް ކަމަކު ހަމްޒާ ފެނުމުން ރައިހާނާ ހުއްޓުން އެރިއެވެ. މުޅި މީހާ ދާހިއްލާ ބިރުގަންނަން ފެށިއެވެ. ދުލު ކުރިން އެންމެ ލަފްޒެއްވެސް ނުނިކުތެވެ. “ރައިހާނާ؟” ސުވާލެއްގެ ރާގަށް ހަމްޒާ ރައިހާނާއަށް ގޮވާލިއެވެ. އެއާއެކު އޭނާގެ މެޔަށް ފިނިވެގެން ދިޔައެވެ. “އުމް ސަރ ތެންކްޔޫ!” ކިޔާނެ އެއްޗެއް ނޭންގުމުން އެންމެ ފުރަތަމަ ސިކުނޑިއަށް އައި ބަސްތައް ބުނެފައި ރައިހާނާ އެނބުރި އައި ކޮޅަށް ހިނގައިގަތެވެ. އޭރު އޭނާގެ ދެލޯ ވަނީ މެރިފައެވެ. އަނގަޔަށް ވައްތަރެއް ޖައްސަމުން އޭނާ އަވަހަށް ކުލާހަށް ދިޔައެވެ.
އިރުކޮޅެއް ވަންދެން ހައިރާން ކަންމަތީ ހުރި ހަމްޒާއަށް ހިނިތުންވެވުނީ އިއްޔެގެ ހާދިސާ ހަނދާން ވުމުންނެވެ. ދެފަރާތަށް ބޯ ހޫރާލެވުނީ ރައިހާނާ ޝުކުރު އަދާކޮށްފައި ދިޔަ ގޮތުންނެވެ. އޭނާގެ މޫނު ފެނުމުން ދެންމެ ރައިހާނާގެ މޫނަށް ވީ ގޮތް ހިތަށް އެރުމާއެކު އޭނާގެ އަނގައިން ހުނުމުގެ އަޑު ބޭރުވިއެވެ. “ސްޓްރޭންޖް ގާލް. ޔޫ އާ ވެލްކަމް” ރައިހާނާ ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރެ ހަމްޒާ ބުންޏެވެ.
*****

ހަމްޒާއާ ދިމާއަށް އެއްޗިހި ކިޔަން ގޮއްސައިވީ ގޮތުން ރައިހާނާ އޭނާގެ އަމިއްލަ ނަފްސަށް އަޑުލިއެވެ. ކުދި ކިޔަމުން ކިޔަމުން ގޮސް ކުލާހަށް ވަން ރައިހާނާގެ ފިޔަވަޅުތައް ހުއްޓުނީ ވިޝާހް ގައިގައި ބައްދައިގެން އިން އަންޖަލް ފެނުމުންނެވެ. ދެލޯ ބޮޑުކޮށްގެން އިނދެ އަންޖަލްއާ ވިޝާހްއަށް ރައިހާނާ ގޮވާލިއެވެ. “ރައިހާނާ އަ ކޮކްރޮޗް” ބިން މަތީގައި އޮތް ކުރަފި ފެނުމުން ރައިހާނާ ގަތީ އަމަށަކު ބިރެއް ނޫނެވެ. ފަހަތަށް ނުބަލައި ދުއްވައި ގަތް ބޮނޑީ ކުލާހަށް ވަންނަން އައި ޒިވާން ގައިގައި ޖެހިފައި ވެއްޓެން ދިޔައެވެ. އެހެނަސް ޒިވާންގެ ބާރުގަދަ އަތުން ރައިހާނާއަށް އޭނާ ހިމާޔާށް ދިނެވެ. ކުއްލިއަކަށް ކުލާސް ތެރެއިން ޒިވާން ފެނުމުން ރައިހާނާ ހިތުގެ ހިނގުންވެސް ހުއްޓުނުހެން ހީވިއެވެ. ޒިވާން އެކުލާހަށް އައި ކީއްކުރަންތޯ އޭނާގެ ހިތުގައި ސުވާލު އުފެދިގެން ދިޔައެވެ.
“އަންޖަލް ޒިވާން” ހަނައެކަނި އަންޖަލްއަށް އަޑު އިވޭވަރަށް ވިޝާހް ބުންނެވެ. އެއާއެކު އަންޖަލް ބިރުން ހުރެވެސް އޭނާގެ މޫނު އާނބުރާލިއެވެ. ނުހަނު ރަސްމީކޮށް ހުރި ޒިވާން ފެނުމުން އަންޖަލްގެ މޫނަމަތިން ރުޅިވެރިކަން ފާޅުވިއެވެ. “ވަޓް ދަ ހެލް އާ ޔޫ ޑުއިން އިން ހިއާ؟” އެތާ އޮތް ކުރަފި މަތިންވެސް އަންޖަލް ހަނދާން ނެތުނެވެ.
އަންޖަލްގެ އަޑު އިވުމާއެކު ސިހިފައި ޒިވާން ރައިހާނާ ގައިން ދޫކޮށްލިއެވެ. ރައިހާނާވެސް ޒިވާންއާ ދުރަށް ޖެހިލިއެވެ.
“އަންޖަލް. ޔޫ ކާންޓް ޓޯކް ޓު އަ ސްކޫލް ސްޓާފް ލައިކް ދެޓް. މަށަކީ މިހާރު މި ސްކޫލްގެ އައިޓީ ޓެކްނީޝަން. ސޯ މައިންޑް ޔުއާ ލެންގުއޭޖް” އަންޖަލްއާ ދިމާއަށް ނުރުހުންވެފައި ހުރެ ޒިވާން އިންޒާރެއް ދިނެވެ. އަންޖަލްގެ ރުޅި ހައްތަހާ ވީ ގަދައެވެ. އެއްޗެއް ބުނަން އަނގަހުޅުވާލި އަންޖަލް ހުއްޓުވީ ވިޝާހްއެވެ. އަންޖަލް އިތުރަށް އެއްޗެކޭ ނުބުނެ އިށީންނަށް ދިއައެވެ. ވިޝާހް ދަބަހުން ޓިޝޫއެއް ހިފއިގެން އައިސް ކުރަފި ޑަސްޕިނަށް ލިއެވެ. ޒިވާންވެސް ކުލާހުން ނުކުމެގެން ދިޔައެވެ. “އިޑިއަޓް” ދަތްކުނޑި ވިކައިގެން އިނދެ އަންޖަލް ބުނެލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ހަދިޔާ (ސައުރަތިރީސްވަނަ ބައި)

Next

މީލޯތްބަކީ…. 1

Next
February 7, 2019

މީލޯތްބަކީ…. 1

Previews
February 7, 2019

ހަދިޔާ (ސައުރަތިރީސްވަނަ ބައި)

26 Comments!

  1. Kiyara says:
    February 7, 2019 at 10:03 am

    Slm alikum. Hurihaa readers ge haalu kihinehtha? Mihaaru endhy vaahakaige aslu pic upload vefa. Alhugandah emasahkkai kohdhin kuhjja ah varah bodah thanks. Hurihaa kudhinnah ves cover pic adhi mi baives kamuvdhaane kamah ummydhu kuran. Next part Tuesday ga ISA

  2. eny says:
    February 7, 2019 at 10:34 am

    cover ves dtory ves varah salhi… me first dhw? waiting for next part♥️

    1. eny says:
      February 7, 2019 at 10:35 am

      story??♥️♥️

    2. Kiyara says:
      February 7, 2019 at 3:01 pm

      Thanks eny

  3. Lotus says:
    February 7, 2019 at 2:47 pm

    Story is fabulous… keep it up dear…
    Pls tell who r the ppl in the coverpic

    1. Kiyara says:
      February 7, 2019 at 3:02 pm

      Thanks dear. Cover pic ga ethiby Anjal Vishah Hamza Raihana and Zivaan

  4. Azka says:
    February 7, 2019 at 3:06 pm

    V. Salhi….waiting for tuesday???

    1. Kiyara says:
      February 7, 2019 at 3:15 pm

      Thanks azka

  5. Kitty says:
    February 7, 2019 at 4:30 pm

    Story varah ves reethi.. Cover ga in beard boy is just too attractive ??.. He is so hot..hes eyes are so deep… That anybody would feel like diving in it… Hehe…. Masha allah.. Kiyara nice story and nice cover???.. Keep up the good work dear.. And dnt get wrong meaning of what i said about that boy… I was kidding

    1. Kiyara says:
      February 7, 2019 at 5:08 pm

      Hehehe thanks kitty

  6. Kitty says:
    February 7, 2019 at 5:19 pm

    Welcome.. Btw whn next part.. I just finished reading mi storyge hurihaa baehves.. Varah reethi mi vaahaka.. So waiting curiously for the next part of the story

    1. Kiyara says:
      February 7, 2019 at 5:25 pm

      Next part Tuesday ga In Sha Allah.

  7. Kitty says:
    February 7, 2019 at 5:28 pm

    Alhamdhulillah.. Thank you

  8. Naai says:
    February 7, 2019 at 5:40 pm

    Hey mi part vx reethi? watin 4 next part?

    1. Kiyara says:
      February 8, 2019 at 11:21 am

      Thanks Naai?

  9. koba says:
    February 8, 2019 at 12:58 pm

    salhi mi story ge main character akee koba

    1. Kiyara says:
      February 8, 2019 at 1:56 pm

      Thanks koba. Raihana

  10. NODDY says:
    February 8, 2019 at 2:55 pm

    Chracters ge name ves cover pic ga jahaaladhiyya rangalhu

    1. Kiyara says:
      February 9, 2019 at 12:28 am

      Thanks Noddy

  11. Azka says:
    February 8, 2019 at 11:26 pm

    V. Salhi… waiting for tuesday ???

    1. Kiyara says:
      February 9, 2019 at 12:28 am

      Thanks azka

  12. Unknown girlll.. says:
    February 9, 2019 at 10:28 am

    Alheyyyy ,so swet i guess angal and hamzaa are meant to be together kNneyge..dhen neynge writer beynunvaagitheh…ekam vashaka hama habeyyyyss????????keep up the good work ..keep smiling???luvs bodukohh❤❤??

    1. Kiyara says:
      February 9, 2019 at 11:28 am

      Awwwn thank you unkown girlll. Lets see what happens to anjal and Hamza. If they are meant to be together. Luv yaaa tooo hama bodukoh?❤️

  13. jiji says:
    February 9, 2019 at 10:06 pm

    What to say kiyaa??❤❤????????..masha allah..haadha furihama ey mi prt vx ????..Mi prt ga faahaga kohlan jehey ehvx mistake eh neiy?????..alhe hamza n anjal gulhuvaafa Vishaah raihaanaa gulhuniyma kanneyge obi vaany❤❤????????..
    Alheyy?????????? ..Tuesday ga tha nxt..????so sad..curiously waiting for the next..LY???????????

    1. Kiyara says:
      February 11, 2019 at 3:58 pm

      Awwn thanks jiji. Lets see dhwww

  14. Kaira?? says:
    February 13, 2019 at 9:09 pm

    V reethi♥️♥️♥️

Comments are closed.

Next Episodeބުނާށޭ ލޯބި ނުވަނީހޭ….4←


All Right Reserved!