Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަލޯބި

ފޮހެވިގެން ނުދާނޭ 2

eysh Level 510 Stories100 Comments100 Login500 Comments
February 3, 2019 4 Mins Read
35 Comments

ކުރެވިފައި ހުރި މޭކަޕާއި ދޭތެރޭ އަހަރެންނަށް ދެވަނަ ވިސްނުމަކަށް ދާންޖެހުނެވެ. އެމޭކަޕު އަހަރެންނަކަށް ކަމަކު ނުދިޔައެވެ. ހިތަށް އެރިއެވެ. ގަދަކުލައެއް ތުންފަތުގައި ޖައްސައިލުން މާރަގަޅުވާނެއެވެ. ގަދަ ކުލަތައް އަހަރެންގެ ދޮން ހަންގަނޑާއި މާގުޅޭނެއެވެ. ތުންފަތުގައި ޖައްސާފައިވާ ކުލަ ފޮހެލުމަށްފަހު ގަދަ ރަތްކުލައެއް ޖައްސަން ހުއްޓައި މަންމަ އައިސް ދޮރުގައި ތަޅައިގަތް އަޑު އިވުނެވެ. ފޯނުވެސް ނިވިދިއްލެމުންދިޔަތަން ފެނުނީ އެވަގުތުއެވެ. އެކަމަކު އަވަސްކުރަން ބޭނުންވެފައިހުރިވަރުން ފޯނު ބަލައެއް ނުލެވުނެވެ. ހިތްފުރޭވަރަށް ތައްޔާރުވެލައިގެން އަހަރެން ނުކުތީމެވެ. އެހާ ފުރިހަމައަށް ހުރިހާކަމެއް ކުރިއިރު، ގަޑިންވީއިރެއް ބަލައިލާކަށް އެންމެ ފަހަރަކުވެސް އަހަރެންގެ ހިތަކަށް ނާރައެވެ.

********

އަހަރެން ހީކުރިގޮތާއި ޚިލާފަށް ގޭތެރެ އޮތީ ހިމޭންވެފައެވެ. ހިތް ނަގައި އަތަށްލައިގެންހުރެ އަހަރެންނަށް ބަލައިލެވުނީ މެދުގޭތެރޭގައި ހަރުކޮށްފައިވާ ބޮޑު ގަޑިއަށެވެ. އެވަގުތު އަހަރެންގެ ދެލޯ ބޮޑުވިއެވެ. ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ގަޑި ފާއިތުވެގެން ގޮސް އިތުރަށް ތިރީސް މިނެޓް ހިނގައިފައިވާތަން ފެނުމުންނެވެ. ހިތް ނުތަނަވަސްވެފައިވާ ޚާލު އަހަރެން ގޯތިތެރެއަށް ނުކުތީމެވެ. އޭރު ދަޢުވަތު ދެވިގެން އައިސްފައިވާ ފަރާތްތަކުގެ ތެރެއިން އެތަނުގައި ތިބީ އާއިލާގެ ދެތިން މީހަކު އެކަންޏެވެ. ފޭރުގަހުގައި އެލުވާފައިވާ ޖޯއްޔެއްގައި މަންމަ އޮތެވެ. ނިތްކުރިމަތީގައި އަތް ބާއްވާލައިގެން އޮތް ގޮތުން މަންމަ އޮތީ ވަރަށް ފިކުރުބޮޑުވެފައިކަން އަހަރެންނަށް އެނގުނެވެ.

އަހަރެން ނުކުތުމާއިއެކު އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް އަހަރެންނާއި ދިމާލަށް ބަލައިލިއެވެ. އެންމެންވެސް ތިބީ އަހަރެންދެކެ ހިތްހަމަނުޖެހިފައިކަން އަހަރެންނަށް އެނގުނެވެ. ނަމަވެސް އަހަރެން އެކަމަކަށް ސަމާލުކަމެއް ނުދެމެވެ. އަހަރެންގެ ދެލޯ ހޯދަމުންދިޔައީ ޒައިންއެވެ.

މަޑު ހިނގުމެއްގައި ގޮސް އުނދޯލިގޭގެ ކުރިމައްޗަށް ހުއްޓުނުވަގުތު އަހަރެންގެ ފިޔަވަޅުތައް ގަނޑުވީ، އިސްޖެހިފައި އިން ޒައިން ފެނުމުންނެވެ. މަޑުމަޑުން ހިނގާލާފައި ގޮސް އަހަރެން މަޑުކޮށްލީ ޒައިންގެ ކުރިމަތީގައެވެ. އެވަގުތު އިސްއުފުލައި އަހަރެންނާއި ދިމާލަށް ޒައިން ބަލައިލިއެވެ. އަހަރެންގެ ހަށިގަނޑުގެ ވަރު ދޫވެގެން ދިޔައީ ޒައިންގެ ދެލޮލުގައި ވިދަމުންދިޔަ ކަރުނަތައް ފެނުމުންނެވެ.

“ޒައިން… އައިމް ސޮރީ…” ޒައިންގެ ކޮނޑުމަތީގައި އަތް ބާއްވައިލަމުން އަހަރެން ބުނީމެވެ.

އަހަރެންގެ އަތް ފޮޅުވައިލުމަށްފަހު ޒައިން ތެދުވީ ކުއްލިއަކަށެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. ޖެހިލުންވީވަރުން އަހަރެންނަށް ފަހަތަށްޖެހިލެވުނެވެ.

“އަތްނުލާތި… އަހަރެން ވަރަށް ކެތްކޮށްފިން ދެން ނުވާނެ…” ޒައިން ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. އެއާއިއެކު އަހަރެންނަށް ވަށައިގެން ބަލައިލެވުނީ އެއަޑު އެހެން މީހަކަށް އިވިދާނެތީ ޖެހިލުންވެފައި ހުރެއެވެ.

“ޒައިން… އައިމް ސޮރީއޭ…” އަހަރެންނަށް ރޮވޭގޮތްވިއެވެ.

ރޮވޭވަރުން އަހަރެންނަށް އަނގަމަތީގައި އަތްއަޅައިލެވުނެވެ. މީގެ ކުރިން ޒައިން އެހާ ރުޅި އައިސްފައި ހުއްޓައި ފެނިފައިނުވާތީ، ބުނާނެ އެއްޗެއްވެސް އަހަރެންނަކަށް ނޭނގުނެވެ. ފާޑަކަށް ގަބުވެފައި ހުރެވުނީއެވެ. ދެމީހުންގެ ދޭތެރޭގައި ވާހަކަނުދެކެވި ކުޑަ ވަގުތުކޮޅެއް ފާއިތުވެގެންދިޔައެވެ. އެވަގުތުކޮޅުގެ ތެރޭގައި ހަމައެކަނި އިވުނީ އަހަރެން ނޭފަތް ދަމާލާ އަޑު އެކަންޏެވެ.

“ކިޔާ ބުނެބަލަ އަހަންނަށްޓަކައި ކިޔާއަށް ކޮށްދެވުނު އެންމެ ކަމެއްވެސް… އަހަރެމެންގެ މިގުޅުން ދެމެހެއްޓުމަށް ކިޔާ ކުރި އެންމެ ކަމެއްވެސް ބުނެބަލަ…” ހުއްޓަމުން ކަހަލަ ގޮތަކަށް ޒައިން ވާހަކަ ދައްކަމުންދިޔައިރު، އަޑުއަހަން އަހަރެންނަށް ހުރެވުނީ ކުށްވެރިއަކު ފަދައިންނެވެ.

“އަހަރެން އުއްމީދުކުރީ އެޓްލީސްޓް މިކަން މަށަށްޓަކައި ކޮށްދޭނެކަމަށް… އެކަމަކު… އައިމް ސޮރީ ކިޔާ… ދެން ނުވާނެ…” ޒައިންގެ އެޖުމްލަ އަހަރެންގެ ކަންފަތާއި ހަމައަށް ފޯރީ ހޮނު ގުގުރިއެއްގެ އަޑަށްވުރެވެސް ބިރުވެރިކޮށެވެ.

އަހަރެންނަށް އިސްއުފުލައި ޒައިން އާއި ދިމާލަށް ބަލައިލެވުނެވެ. އަހަރެން ބަލައިލުމާއިއެކު ޒައިން އިސްޖަހައިލިއެވެ. އަދި ގެއިން ނުކުތުމަށްޓަކައި ހިނގައިގަތެވެ. ނަމަވެސް ޒައިންއަށް ދޮރާއި ހަމައަށް ނުދެވެނީސް އަހަރެން ގޮސް ކުރިބެއްދީމެވެ. އަދި ނުދާށޭ ބުނެ ދެފަރާތަށް ބޯހޫރާލީމެވެ. އޭރު އެއްވެސް ހިފެހެއްޓުމެއްނެތި އަހަރެންގެ ދެލޮލުން ހޯސްލާފައި ކަރުނަ އަންނަމުންދިޔައެވެ.

“ޒައިން ޕްލީޒް ތިރުޅި މަޑުކޮށްފަ އަހަރެންނާއި އެކީ އާދެބަލަ… ޒައިން ބޭނުމިއްޔާ ރަސްމީ ގަޑީގަ ކޯޓަށް ގޮސްގެން ކައިވެނި ކުރަން އަހަރެން މިހުރީ ތައްޔާރަށޭ… އެކަމަކު ތިގޮތަށް އަހަރެން ދޫކޮށްލާފަ ނުދޭ…” ރޮވޭވަރުން އަހަރެންނަށް ވާހަކަ ދައްކަން އުނދަގޫވިއެވެ.

އަހަރެން ހީކުރިގޮތާއި ޚިލާފަށް ޒައިން ހުރީ ގޮތްދޫކުރާގޮތަކަށް ނޫނެވެ. އަހަރެން ދުރުކޮށްލުމަށްފަހު ޒައިން އަނެއްކާވެސް ހިނގައިގަތެވެ. އޭރު އެމޫނުމަތިން ފެންނަމުންދިޔައީ ފޫހިކަމެވެ. އަހަރެން ބުނި އެއްވެސް އެއްޗެއް ގަބޫލުކުރަން ބޭނުން ނުވާކަން އެމޫނުމަތިން ހާމަވަމުން ދިޔައެވެ.

“ހެޔޮނުވާނެ ޒައިން… އަހަންނަށް ތިހެން ނުހަދާ… އަހަރެން ހުރިހާކަމެއްވެސް ހަމައަކަށް އަޅުވާނަމޭ… ޕްލީޒް…” އަހަރެންނަށް ޒައިންގެ ފައިބުޑަށް ތިރިވެވުނެވެ. އޭރު އަހަރެންގެ އަނގައިން މަޑު ގިސްލުމެއްގެ އަޑު ބޭރުވަމުންދިޔައެވެ. ހިތުގައި ޖެހުނުވަރުން އެތަނުގައި އެހެން ބަޔަކު ތިބިކަންވެސް އަހަރެންގެ ހަނދާނުގައި ނެތެވެ.

“ކިޔާގެ މައްސަލައަކީތީ… އަމިއްލަ ދިރިއުޅުމަށްވުރެ އެހެން ކަންކަމަށް އިސްކަންދިނުން… ކިޔާ ވިސްނަނީ ހަމައެކަނި ކިޔާގެ ބޭނުންތަކަށް އެކަނި… ދުވަހަކުވެސް މަށާދޭތެރޭ ވިސްނާލިންތަ؟… އަހަރެމެންގެ މިގުޅުމާމެދު ވިސްނާލިންތަ؟… ހަޤީގީ އުފަލާއި ހިތްހަމަޖެހުމަކީ ކޮބައިކަން ކިޔާއަށް ނުވެސް އެނގޭހެން ހީވަނީ… އެގޮތް އަހަންނަކަށް ކަމަކުނުދޭ… އަހަރެންގެ ނިންމުން ވަރަށް ސާފު… އުއްމީދުކުރަނީ ކިޔާއަށް ބާއްޖަވެރި ހަޔާތަކަށް…” އަހަރެން އާދޭސްކޮށްކޮށް އިންދައި ޒައިން ނުކުމެގެން ދިޔައީ އަހަރެންގެ ހިތް ފޮތިފޮތިކޮށްލުމަށް ފަހުގައެވެ. އެއާދޭހަށް ބީރު ކަންފަތެއް ދެމުންނެވެ.

ލައިގެން ހުރި ހުދު ހެދުމާއިއެކު އަހަރެންނަށް ބިންމަތީގައި އޮށޯވެލެވުނެވެ. ގޮތް ހުސްވުމުން އަހަރެންގެ ސިކުނޑި ވަނީ ސުމަކަށް ގޮސްފައެވެ. ޒައިން ދެއްކި ވާހަކަ އަހަރެންގެ ކަންފަތްދަށުގައި ގުގުމަމުން ދިޔަހެން ހީވުމާއިއެކު އަހަރެންނަށް ކަންފަތްމަތީގައި އަތްއަޅައި ބާރުކޮށްލެވުނެވެ. މާބާރަށް ރޮވެން ފެށުނީ ހުރިހާ އުއްމީދެއް ވިއްސިވިހާލިވުމުންނެވެ.

ދިރިއުޅުމުގައި ހުރިހާ އުފަލެއް އެއްފަހަރާ ލިބުމުން ހަޤީގީ އުފަލަކީ ކޮބައިކަން އޮޅޭގޮތްވެއެވެ. ނިޢުމަތެއްގެ އަގު ވަޒަންކުރެވޭނީ އެނިޢުމަތެއް އަތުން ބީވެގެން ދިޔުމުންނެވެ. ޒައިން ބުނިފަދައިން ހަޤީގީ އުފަލަކީ ކޮބައިކަން އޮޅުނީ އަހަންނަށެވެ. ދިރިއުޅުން ބާއްޖަވެރިކުރުމަށް އަހަންނަށް އިސްކަން ދެވުނީ އެހެން ކަންކަމަށެވެ. ދުނިޔެވީ ދެއްކުންތެރިކަމަށެވެ. ހަޤީގީ އުފަލާއި ލޯތްބަށް އަހަންނަށް ދެވުނީ ފުރަގަހެވެ. އެލޯތްބަށްވުރެ ބޮޑަށް އަހަންނަށް އިސްކަމެއް ދެވުނީ މުދަލާއި ފައިސާއަށެވެ. އެހެން މީހުންގެ އުފާތައް ހޯދައިދިނުމަށްވުރެ ބޮޑަށް ވިސްނުނީ އަމިއްލަ އުފާތަކާއި މެދުގައެވެ.

އަހަރެންނަށް އަމިއްލަ ނަފުޞު ކުށްވެރިކުރެވުނެވެ. ކުރިން ވިސްނުނުނަމަ ކިހާ ރަގަޅުވީސްހޭ ހިތަށް އެރިއެވެ. ނަމަވެސް ހުރިހާކަމެއް ވިސްނުނުއިރު، ވަގުތު ވަނީ ފާއިތުވެފައެވެ. ގެއްލުނު ވަގުތު އަނބުރާ އިޢާދަކުރެވޭނަމަ އެކަންވެސް އަހަރެން ކުރީމުހެވެ. ނަމަވެސް އެއީ އަހަރެންގެ ބާރުގެ ދަށުގައިވާ ކަމެއް ނޫނެވެ.

“ދަރިފުޅާ… މަންމަ އަބަދުވެސް ދައްކާ ވާހަކައަކީ މީ… މަންމަ ދެއްކި ވާހަކަ ދަރިފުޅު ގަބޫލުނުކުރުމުން ވާންވީގޮތް ވެފަމިއޮތީ… ދެންވެސް ތިތަނުން ތެދުވެ ތިޔަ ލިބުނު ފިލާވަޅުން އިބުރަތް ޚާޞިލްކުރެވޭތޯ ބަލާ… އަވަހަށް ތެދުވޭ… ކެތްތެރިވާންވެސް ދަސްކުރަންޖެހޭނެ…” އަހަރެންގެ އަތުގައި ހިފައި ނަގަމުން މަންމަ ބުނެލިއެވެ.

މަންމަގެ އޯގާތެރި ފިރުމުންތަކުން އަހަރެންނަށް އިތުރަށް ރޮވުނެވެ. މީގެ ކުރިން އެފަދަ ނަސޭހަތްތައް އަޑުއަހަން އަހަރެންވީ ފޫއްސެވެ. އަޑުއިވުނަސް ބޮލަށް ވަނީ ފާޑެއްގެ އުނދަގުލެކެވެ. މަންމަގެ ނަޞޭހަތަކީ ދަރިންނަށް ކިހާ މުހިއްމު އެއްޗެއްކަން އަހަރެންނަށް ކުރިން ނުވިސްނުނީ ކީއްވެ ހެއްޔެވެ؟ އެދުވަހު އެނަސޭހަތްތައް އަޑުއެހުނުނަމަ އަހަރެންނަށް މިދުވަހާއި ކުރިމަތިލާން ނުޖެހޭނެ ކަމުގައި ޤަބޫލުކުރެވުނެވެ.

އެދުވަހުގެ ފަހުން ޒައިންގެ ޚަބަރެއް ނުވެއެވެ. ވީތަނެއް ހޯދަން އަހަރެން ކިތަންމެ ބޭނުންވިޔަސް، އެކަމެއް ނުކުރަމެވެ. އުއްމީދުކުރެވުނީ ޒައިން އެނބުރި އަންނާނޭ ކަމަށެވެ. އަހަރެން ޒައިންދެކެ ވީ ލޯތްބަށްވުރެ ބޮޑަށް ޒައިން އަހަރެންދެކެ ލޯބިވީ ކަމަށް އަހަރެންނަށް ޤަބޫލުކުރެވުނެވެ. އެލޯތްބަށްޓަކައި ޒައިންއަށް އަހަރެންނާއި ދުރަށް ދިޔުން ފަސޭހަކަމަށް ނުވާނޭ ކަމުގައި ހީކުރެވުނެވެ. ނަމަވެސް ކަންތައްވީ އޭގެ އިދިކޮޅަށެވެ. އެތައް ދުވަހެއް ފާއިތުވެގެންދިޔަ އިރުވެސް ޒައިންގެ ޚަބަރެއް ނުވިއެވެ. މަންމަގެ ފަރާތުން އެނގުނީ ޒައިން މާލެ ބަދަލުވެއްޖެކަމެވެ. ހިތަށް ތަދުވިއެވެ. ރޯންވެސް ރޮވުނެވެ. ނަމަވެސް ހިތްވަރުކުރީމެވެ. ޒައިންއަށް އެހާ ފަސޭހައިން އަހަރެންނާއި ދުރަށް ދެވުނު ފަދައިން އަހަރެންވެސް ޒައިން އާއި ދުރަށް ދާނީއެވެ. އެހަނދާންތައް ހިތުންނެރެ، އެއްލައިލެވޭތޯ އަހަރެންނަށްވެސް މަސައްކަތްކުރެވިދާނެއެވެ.

ދުވަސްތައް ފާއިތުވަމުންދިޔަ ވަރަކަށް އަހަރެން މަޑުމަޑުން ހަމައަކަށް އެޅެންފެށިއެވެ. ޒައިންގެ ހަނދާންތައް މަޑުމަޑުން ހިތުން ފޮހެވެން ފެށުނެވެ. މީހުންގެ ތެރެއަށް ނުކުމެ ކަންކަމުގައި ބައިވެރިވެލައި އުޅެންފެށުމުން ފިކުރުތަކާއި ދުރަށްދާން ފަސޭހަވިއެވެ.

އަހަރެންނާއި އާލިކް އާއި ދިމާވީ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއްގެ ތެރެއިންނެވެ. ދެމީހުންގެ މެދުގައި އުފެދުނު އެކުވެރިކަން ލޯތްބަށް ބަދަލުކުރަން ހުށަހެޅީ އާލިކްއެވެ. ހުސްކޮށް ހުރެ، ހަޔާތުގެ ދުވަސްތަކެއް ބޭކާރު ކުރަން ބޭނުންނުވާތީ އާލިކް ދިއްކޮށްލި އަތުގައި އަހަރެން ހިފީމެވެ.

އާލިކްވީ އަހަރެން ހީކުރިވަރަށްވުރެ އޯގާތެރި ބައިވެރިއަކަށެވެ. އަހަރެންގެ ކޮންމެ ކަމެއް އާލިކް ކޮށްދެމުންދިޔައީ ވަރަށްވެސް ފުރިހަމައަށެވެ. ހަމައެފަދައިން އާލިކްގެ ކޮންމެ ކަމަކަށްވެސް އަހަރެން ވަރަށް ފަރުވާ ބަހައްޓަމެވެ. އެކީ ވަގުތު ހޭދަކުރަމެވެ.

ރައްޓެހިވެގެން އުޅޭތާ މާގިނަދުވަހެއްނުވެ، ކައިވެންޏަކާއި ހަމައަށް ދިޔުމަށް އާލިކް ބޭނުންވިއެވެ. އަހަރެންވެސް އެގޮތާއި ރުހި ޤަބޫލުވީމެވެ. ނަމަވެސް އަހަރެންގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. ކުރިން ދިމާވި ފަދަ ކަމެއް އަހަރެންގެ ފަރާތުން ތަކުރާރުވެދާނެތީ ޖެހިލުންވާގޮތްވިއެވެ.

ކައިވެންޏަށް ދެދުވަހަށް ވެފައިވަނިކޮށް ލިބުނު ޚަބަރަކުން އަހަރެންގެ މުޅި ދުނިޔެ އެނބުރިގަތްހެން ހީވިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

eysh

Level 510 Stories100 Comments100 Login500 Comments

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey Vaudhu veemey Kafun vevifaa On going stories; Mi nan thihithun filuvaalaneehey, Ufaleh netheehe dhuniyeyn Inthihaa ah loabiveemey Story books (to be published); Sheen Fb page: Eysh stories Email: [email protected]

Other Articles

Previous

އެނގުމެއްނެތި…12

Next

ހަދިޔާ (ތެއްތިރީސްވަނަ ބައި)

Next
February 4, 2019

ހަދިޔާ (ތެއްތިރީސްވަނަ ބައި)

Previews
February 3, 2019

އެނގުމެއްނެތި…12

35 Comments!

  1. Asha says:
    February 3, 2019 at 11:22 pm

    dhoonyaa haadha kurey!

    1. eysh says:
      February 4, 2019 at 9:25 am

      Asluves Asha dear mibai v kuru dho.. eysh ulhen jehunu gothun maa duigukoh genesdhevey goiy nuvee ? unmmeedhukuran mi part kamudhiya kamah ?❤???

  2. Sheen says:
    February 3, 2019 at 11:29 pm

    Wow. Salhiey huvaa.. ???????? Hama bunaane ehchehves neyngifa mi. Indhevunee.. Ehaa furihamaey.. ??????????? Jumulathakuge fashuvi kamaaeve. ?????????? Hithuge emme funahves asaru koffi?????????? Sifakolla dheefa in gothun manzaruthah loakurimathin fenna kahala ????????????? Eysh ge improvement vvvvv bodah fennan ebahuri. ?????????? Fahuruverikamaaekee bunelaanee thee hama emme loabi emme best writer ey ??????????? Nimmaalaafa thi inee inthizaaru kuran majubooru kuruvaa fadha molhu gothakah.. ?? Keep it up darling.. Lysm?????????❤️??????

    1. eysh says:
      February 4, 2019 at 9:32 am

      Awww ??? a very long sweeet and colorful cmnt from u dear ???❤ so happy ??❤❤? u r really very very sweeet ??❤? cmnt kiyaalaafa eysh vvvv bodah happy vehje ?❤ konme jumla eh 2 faharah kiyaaves levihje ???❤❤ v happy vefa mi indhevenee ??❤ thank u so much dear ??❤?? really appreciate the support.. and time kolheh hoadhaalaigen cmnt kohla dheythee vvv bodah shukuru adhaakohlan ??❤?❤? keep waiting fr the new part ly2 dear ?❤

  3. lavender says:
    February 4, 2019 at 7:57 am

    varah varah salhi.. when next?

    1. eysh says:
      February 4, 2019 at 9:37 am

      Aww thank u so much dear ?❤?? vv happy vehje kamudhiyaeema ?❤?? next part In Sha Allaah v avahah upkohla dheynan ingey ??❤? keep waiting dear ??❤? v happy vehje timekolheh hoadhaalaigen cmnt kohleema. Thank u dear ??❤??

  4. Kujjeh says:
    February 4, 2019 at 8:10 am

    Alhe kon habareh baa elibuni ???Sooo curious .. Vrh vrh rythi mi part vx .. ?????Whn next part kiyaalan libeyny eysh ? Sooo soo curious pls avahah up kohla dhehche.. ????Hama hithah arani ekkoh kiyaalan libeyne namaey .. Soooo rythia ma sha allah eysh u r amazing . ❤❤❤❤❤

    1. eysh says:
      February 4, 2019 at 9:42 am

      Aww ?? so happy to c a sweet cmnt frm u dear ???❤? thank u so much ?❤?? vv happy vehje story ehaabodah kamudhiyaeema ?❤?? hingaa dho balamaa konkahala habarehtho libeny ?❤??? next part ga ingeyne ingey.. next part In Sha Allaah v avahah upkohla dheynan ??❤? keep waiting dear ??❤? v happy vey timekolheh hoadhaalaigen cmnt kohladheythee.. v bodu suppport akah vey.. eysh ah ingey v bxy koh ulhefa kan hurihaa kudhinves cmnt kohladhenee.. so really appreciate it… ??❤? Thank u so much dear ??❤??

  5. eysh says:
    February 4, 2019 at 9:45 am

    Assalaamalaikum hurihaa kudhin kihineh??? Miothee story ge 2 vana part ves upkohlevifa ? unmeedhukuran kamudhaane kamah ?❤

  6. @Ikleel says:
    February 4, 2019 at 9:50 am

    Hwx u eysh…,?? Hope you will be fine….Story was awesome….❤??Mi bai vex vrh reethi ingey….!!! Ekamaku mi bai thankolheh kuru…!!! Dhigu kohli nama v salhi vaane hen heevany….Hope kuri ah huri bai thah dhigu koh genesdheyne kamah….!!!…Alhe kon kahala habareh tha anekkaa e libuny kiyaa ah…???
    Waiting for next part….!!! Kon iraku tha next part genesdheyny….???

    1. eysh says:
      February 4, 2019 at 11:08 am

      Awww ?? Alhamdhulillaahi im fine ??❤❤?? vvv happy vehje haalu balaaleema ??❤❤ very kind ??❤ so happy to c a sweeet cmnt frm u dear ???❤? thank u so much ???❤timekolheh hoadhaalaigen cmnt eh kohladhineema v bodah shukuru adhaakohlan.. really appreciate ?? Eysh bxy v ma ehaa dhigukoh genesnudhevunee aslu. Iyye genesdheyn promise kohlevifa ineema kurukohviyas genesdhinee ?? Hingaa dho konkahala habarehtho balamaa ???❤? next part ga ingeyne ? In Sha Allaah v avahah next part upkohladheynan ingey ??❤ keep waiting ??

  7. Ihlyyy says:
    February 4, 2019 at 10:49 am

    When next part??

    1. eysh says:
      February 4, 2019 at 11:12 am

      In Sha Allaah v avahah next part upkohla dheveytho balaanan ingey ?❤? keep waiting dear ???❤

  8. unique says:
    February 4, 2019 at 1:18 pm

    now i love it sissy
    ur best ingey
    just love this
    miss yh
    ly
    n sissy hama dont stop writing ingey ur just really gud
    masha allah
    you are already a good writer in my view

    1. eysh says:
      February 4, 2019 at 8:43 pm

      Aww thank u so much unique dear ???? vv happy vehje story kamudhiyaeema ???? and mi cmnt kiyaalaafa ??? so sweet of u dear ?? v happy vehje timekolheh hoadhaalaigen cmnt kohleema. Really appreciate ingey ???? miss u too dear. And In Sha Allaah kuriyah oiythaa ves ithuru story thah fenigen dhaane ??? thank u so much dear ????

  9. Naju says:
    February 4, 2019 at 2:34 pm

    Omg ??? Kn habarehbaa e lihuny kiyaa ah??? so curious ??????❤❤❤… Story was awesome ingey hama v v v rythi mi partvx ?????????… I just love u n ur stories ?????????… Ur soooo talented ?????????… keep up the good work dear n I really appreciate your hard work n thank you soooo much bxy koh ulhemunvx kurukohviyas up kohladhinyma plus mihaa nice story eh genasdheythyve ?????????… Haadha curious kohlaafa ey dhw thininmaaly… can’t wait for the next ?????????… lysm my dear eysh ??????????????????❤❤❤????????????

    1. eysh says:
      February 4, 2019 at 8:48 pm

      Awwwn Naju dear again a colorful sweeet long long frm u ??? so happy ????? v happy vey thi dhey support ah and time hoadhaalaigen abadhuves cmnt kohlaathee really appreciate ????? thank u so much dear ??????
      Kiyaa ah libunu habareh balaalan hingaa dho next part kiyaalamaa. E part ga ingeyne v gotheh ??? v ufaavey ehaa understand vaathee… ???? next part ves in sha Allaah v avahah genesdheveytho balaanan ingey ???? keep waiting ly2 ????

  10. Kitty says:
    February 4, 2019 at 3:05 pm

    Varah reethi mi part ves.. Masha allah.. Keep up the good work dear ??❤️❤️❤️lots of love and waiting curiously for the next part..

    1. eysh says:
      February 4, 2019 at 8:52 pm

      Awwwn Kitty v happy vehje anehkaves dear ge cmnt eh kiyaalan libuneema ??? and story kamudhiyaeema ????? v happy vey time kolheh hoadhaalaigen abadhuves cmnt kohlaathee really appreciate ????? thank u so much dear ??????
      So sweet ???? next part ves in sha Allaah v avahah genesdheveytho balaanan ingey ???? keep waiting lots of love ????

    2. Kitty says:
      February 4, 2019 at 9:01 pm

      Anything to read a story of urs??❤️❤️and welcome eysh dear.. Im also very happy that u always reply to our comment… thank u.. Lots and lots of love from me

    3. eysh says:
      February 4, 2019 at 9:19 pm

      Awww ?? so sweeet of u dear ????? vv happy vehje ???

  11. ??Neha?? says:
    February 4, 2019 at 3:08 pm

    Wow vvv reethi Mi part ves….. Bunaane ehcheh neyngifa Mi Iny…. Hama ehaaaves furihama…. Thankolheh dhigu kohlinama adhi maa furihama vaane…. Vaahaka kiyaa iru haavany Hama vaahaka there ah vadhe indheveyhen… Hama ehaaaves reethi vefa furihama… ??????????❤️❤️❤️???????????????????

    1. eysh says:
      February 4, 2019 at 8:55 pm

      Awwwn ? Neha dear v happy vehje mi cmnt kiyaalaafa ??? and ehaa bodah story kamudhiyaeema ????? v happy vehje time kolheh hoadhaalaigen cmnt kohleema.. really appreciate ????? thank u so much dear ??????
      So sweet nd clorful cmnt???? next part In sha Allaah v avahah genesdheveytho balaanan ingey ???? bxy v ma ehaa dhigukoh genesnudhevunee aslu ?? keep waiting for the next????

  12. Rosy says:
    February 4, 2019 at 3:14 pm

    Wow Mi part ves Varah furihama…. Bunelan othy thigothuga kuriah dhaashey…. When next part…… ?????????kehmadhu vefa Mi hunnany Ehen part eh kiyaa laahithun…. ?????????????????

    1. eysh says:
      February 4, 2019 at 8:57 pm

      Awwwn ? Rosy dear v happy vehje cmnt kiyaalaafa ??? and ehaa bodah story kamudhiyaeema also wait kohlaane kan enguneema????? v happy vehje time kolheh hoadhaalaigen cmnt kohleema ves.. really appreciate dear ????? thank u so much ??????
      So sweet nd clorful cmnt???? next part In sha Allaah v avahah genesdheveytho balaanan ingey ???? keep waiting for the next????

  13. jiji says:
    February 4, 2019 at 5:57 pm

    Woah???..vrh vrh rythi mi prt vx..eysh can you tell ur fullname plx if u don’t mind??????❤❤??????..whn nxt.. curiously waiting????????❤?

    1. eysh says:
      February 4, 2019 at 9:02 pm

      Awwwn ? jiji dear again a loabi loabi cmnt frm u ??? story kamudhiyaeema ves v happy vehje ????? v happy vey time kolheh hoadhaalaigen eysh ge story ah cmnt kohlaathee ves.. really appreciate dear ????? thank u soo much f ??????
      Eysh ge name ves adhi ingeyne ingey dear? ????
      So sweet nd clorful cmnt???? next part In sha Allaah v avahah genesdheveytho balaanan ingey ???? keep waiting for the next????

  14. Strawberry says:
    February 5, 2019 at 11:34 am

    Maasha Allaah Woww vvv saLhi

    1. eysh says:
      February 6, 2019 at 10:38 am

      Thank u so much dear ??❤? v happy vehje story kamudhiyaeema ?❤❤? and cmnt kohlleema ??❤

  15. Kityy says:
    February 6, 2019 at 8:09 am

    Alhedhen konirakun the next part up vanyy??? ????
    I can’t wait to next part ah… Vvvvvv salhi mi part ves☺️☺️☺️

  16. eysh says:
    February 6, 2019 at 10:41 am

    Aww ? Thank u so much dear ??❤? v happy vehje story kamudhiyaeema ?❤❤? and cmnt kohlleema ??❤ next part In Sha Allaah v avahah genesdheynan ingey dear ??❤?? keep waiting ?❤?

  17. Gud says:
    February 6, 2019 at 8:29 pm

    Woooowwwwww….kihineii baa vaaniii…pls avahah up kohdhehcheyy

    1. eysh says:
      February 7, 2019 at 2:56 pm

      Thank u so much dear ??❤?? vv happy vehje story kamudhiyaeema ?❤❤?? and cmnt kohleema ?? in Sha Allaah next part today upkohladheynan ingey ??❤?

  18. Rosy says:
    February 7, 2019 at 11:00 am

    Next part avahah up kohdheebaaa….. ???

    1. eysh says:
      February 7, 2019 at 2:58 pm

      Hei Rosy ?❤ next part today In Sha Allaah ??? keep waiting ingey dear ??❤??

Comments are closed.

Next Episodeފޮހެވިގެން ނުދާނޭ 03 ފަހުބައި←


All Right Reserved!