Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކަލާޔާ ނުލާ 7

Ashly Level 210 Stories100 Comments100 Login
January 30, 2019 4 Mins Read
44 Comments

އަޔާން އެލަވައިގެ ކޮންމެ ކަޑިއެއްގައި ބުނަމުން ދިޔަ ލަފުޒުތައް ނިސްބަތްކުރަމުން ދިޔައީ ޒޯޔާއަށް ށެވެ. ޒޯޔާގެ އެ ރީތި ސިފައަށްށެވެ. އަޔާންގެ ހިތުގައި ޒޯޔާއަށްޓަކައި އުފެދިފައިވާ އިހުސާސް ތަކަށްށެވެ. ޒޯޔާ ހުރީ އަޔާންގެ އެ މޫނަށް ބަލަހައްޓައިގެންނެވެ. އެލަވައިގައި އެކިޔާ ކޮންމެ އިބާރާތެއް ނިސްބަތްވަނީ އޭނާއަށްކަން ޒޯޔާއަށް އިނގެއެވެ. އަޔާން ލަވަކިޔައި ނިއްމާލުމުން އަތްތިލަބަޑީގެ އަޑުގަދަވެގެން ދިޔައެވެ.  އަޔާން ގިޓާހިފައިން އިސްޓޭޖުން ފޭބިއެވެ. ޒޯޔާގެ މޫނުމައްޗަށް ވަނީ ރީތި ހިނިތުންވުމެއް ވެރިވެފައެވެ. ޝޯނިމުމުން ހަތަރުމީހުން ގެއަށްދާން ހިގައިގަތެވެ. ” އަޔާން… މިއަދު އިސްޓޭޖް މަތީ ކޮންކުއްޖެއް ވާހަކަ ތަ ދެއްކީ … “ރީނާ އަޔާން ގާތު އެހިއެވެ. ފަޔާޒް އަށް އަޔާން ލަވަކިޔައިދިނީ ޒޯޔާއަށް ކަން އިގުނެެވެ. ” އެއީ ވެސް ދެން ކުއްޖެއް.. ” އަޔާން ޒޯޔާއާއި ދިމާލަށް ސިއްރުން ބުނެލިއެވެ.

ގެއަށް އާދެވުނު އިރު ގަޑިން ބަރާބަރު 12 ޖެހީއެވެ. އެންމެން އައިގޮތަށް އެމީހެއްގެ ކޮޓަރިއަށް ވަނެވެ. ރީނާ އެއްޗެހި ބަދަލުކޮށްގެން ނިދަންއޮށޯތީއެވެ. ޒޯޔާއަށް އެނދުގައި ދެފަރާތަށް އެބުރި އެބުރިވެސް ނިދޭގޮތެއް ނުވިއެވެ. މަޑުމަޑުން އެދުން ތެދުވެގެން ޒޯޔާ ސިޓިން ރޫމަށް ނިކުތެވެ. ސިޓިންރޫމްގައި ހުރި ފަނޑުއަލި ބަދިގެއަށް އެޅިފައި ވާތީ ޒޯޔާ ބަދިގެއަށް ވަދެ ބޮކިނުޖައްސައި އައިސް އަލުމާރި ދޮރުހުޅުވާފައި ފެންފުޅިއެއް  ނަގައިގެން ހަށިގަނޑު ސީދާ ކޮށްލި ވަގުތު ބަދިގެ ދޮރުމަތީ ހުރި އަޔާން ފެނި ޒޯޔާ ދިޔައީ ސިއްސައިގެންނެވެ. އަލުމާރި ދޮރުލައްޕާލުމަށް ފަހު ނެގި ފެންފުޅި ގެނެސް މޭޒުމަތީ ބަހައްޓާލިއެވެ. ” އަހަރެން މީ ހަންޑިއެއް ކަމައްތަ ހީކުރީ.. ” އަޔާން އައިސް މޭޒުކައިރީ ހުރި ގޮޑިއެއްގައި އިށީއްނަމުން ބުނެލިއެވެ. ” ނޫން… އެހެންނެއް ނޫން… ކުއްލިއަކަށް ފެނުނީމަ… ” ޒޯޔާ ފެންތަށިން ފެންފޮދެއް ބޯލަމުން ބުނެލިއެވެ. ” ޒޯ .. އަޔާން އަށް ކޮފީ ތައްޓެއް ގިރައި ދީފާނަށްތަ… ނިދިނައިސްގެން މި އުޅެނީ ބަޑުހައިވެފަ ހުރީމަ .. ” ޒޯޔާ އަޔާން އަށްށާއި އޭނާއަށް ކޮފީ ގިރައިގެން އައިސް މޭޒުކައިރީ އިށީނެވެ.

އަޔާން ޒޯޔާއާއި ދިމާލަށް ކަޅިޖަހާނުލައި ބަލަމުން ކޮފީތަށި ހުސްކޮށްލިއެވެ. ޒޯޔާއިނީ ފިނި ވެފައެވެ. އަޔާން އެވަރަށް ބަލާތީ ލަދުންގޮސް ހަލާކުވާ ވަރުވެފައެވެ. ޒޯޔާއަށް ކޮފީ ތަށި ހުސްކޮށްލެވުނު ގޮތެއްވެސް ނޭގުނެވެ. ދެތަށި ހިފައިގެން ޒިންކު ކައިރިއަށް ގޮސް ދޮވެލާފައި ތަށި އަޅުވާލިއެވެ. ޒޯޔާ ދާން އެބުރިލި ވަގުތު އަޔާން އައިސް ޒޯޔާގެ ކުރިމަތީ ހުއްޓުނެވެ.

ޒޯޔާ ކުރިއަށް އެޅިފިޔަވަޅު ފަހަތަށް އެޅިއެވެ. ޒޯޔާގޮސް ކަބަޑުގައި ލައްވެލިއެވެ. އަޔާން ދިޔައީ ޒޯޔާއި ގާތްވަމުންނެވެ. ” އަހަރެން ބުނި ބަހުގެ އެއްވެސް ޖަވާބެއް އަހަރެންނަށް ނެތީތަ … ” އަޔާން ޒޯޔާގެ ދެލޮލަށް ބަލަމުން ބުނެލިއެވެ. ޒޯޔާހުރީ އަގައިން ބަހެއް ބޭރުކުރަން ނޭގިފައެވެ. ހިތްއަވަސް ވެފައެވެ. އަޔާން ޒޯޔާގެ ފަރާތުން ބަހެއް ނުލިބުމުން ދާން އެބުރިލިއެވެ. ނަމަވެސް ހުއްޓެން މަޖުބޫރުވީ ޒޯޔާ އޭނާގެ އަތުގައި ހިފަަހައްޓާފައި ހުރުމުންނެވެ. ” ޔާން ” ޒޯޔާ ވަރަށް ލޯބިން އަޔާންއަށް ގޮވައިލި އެވެ. އަޔާން ޒޯޔާއާއި ދިމާލަށް ބަލައިލިއެވެ. ” އަދި އެއްފަހަރު ތިނަމުން ގޮވާލަބަލަ … ” އަޔާން ބުނެލިއެވެ. ޒޯޔާ ލަދުން އިސްޖަހާލިއެވެ. ” ޔާން ..އައި ލަވް … ޔޫ… ” ޒޯޔާ ވަރަށް މަޑުމަޑުން ލަސްލަހުން ބުނެލިއެވެ. އަޔާންގެ ހިތަށް ނޭގޭ އުފާވެރިކަމެއް  ލިބިގެން ދިޔައެވެ. މަޑުމަޑުން ޒޯޔާގެނެސް އަޔާންގެ އަތުތެރޭ ގައި ހައްޔަރު ކޮށްލިއެވެ. ” އައި ލަވްޔޫ ޓޫ… ޒޯ .. ވަރަށް ލޯބިވޭ ޒޯ …  ދެކެ …. އަހަރެންނަށް ނޭގެ ކޮންއިރަކު ކަމެއް… އެކަމަކު …އަހަރެން ނަށް ޒޯޔާދެކެ އިންތިހާއަށް ލޯބިވެވިއްޖެ… ” އަޔާން ޒޯޔާ ގައިގައި ބައްދާލަމުން ބުނެލިއެވެ.

ޒޯޔާހުރީ ހަރަކާތެއްވެސް ކޮށްލަން ނޭގިފައެވެ. މިއީ ހަޤީޤަތެއް ބާއޭ ޒޯޔާ ހިތައް އެރިއެވެ. ދިހަމިނެޓް ވެގެން ދިޔައިރުވެސް އެދެމީހުން ތިބީ ހަމައެގޮތަށްށެވެ. ޒޯޔާ އަށް އަޔާން ހިފަހައްޓާފަ ހުރިލެއް ބާރުކަމުން ނޭވާލާން އުދަގުވީ ނަމަވެސް އަޔާންއާއި ދުރުވާކަށް ޒޯޔާއަކަށް ނުކެރުނެވެ. ޒޯޔާ މަޑުމަޑުން ކެއްސައިގަތެވެ. އަޔާން ޒޯޔާ ގައިން ދޫކޮށްލިއެވެ. ” ސޮރީ .. އަހަންނާއި ހެދި ޒޯއަށް ހާރޓް ވީމަ..” އަޔާން ބުނެލިއެވެ. ޒޯޔާ އިޓްސް އޯކޭ އޭ ބުނެލިއެވެ. އަޔާން ޒޯޔާގެ ރީތި މޫނުގައި ފިރުމާލިއެވެ. “ވަރަށް ލަސްވެއްޖެ ދޯ ….ދެން  ހިނގާ ނިދަން ދާން .. “އަޔާން ވަރަށް ލޯބިން މިހެން ބުނެ ޒޯޔާގެ ނިތް ކުރީގައި ބޮސްދިނެވެ. އަޔާން ޒޯޔާގެ އަތުގައި ހިފައިގެން ގޮސް ޒޯޔާގެ ކޮޓަރި ކައިރީ ބެހެއްޓިއެވެ. އަދި ގުޑްނައިޓް ލަވް އޭ ބުނެ ޒޯޔާއަށް ހިނިތުންވެލިއެވެ . އަދި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ދެމީހުންނަށް އެރޭ ނިދުނީ އެކަކު އެނެކަކު މަތިން ހަދާންކުރަމުންނެވެ. އެ ހިތްގައިމު ވަގުތު ކޮޅުމަތިން ޒޯޔާ ދުވަހަކުވެސް ހަދާން ނުނެތޭނެކަން ގައިމެވެ.

އޭގެ އެނެއްދުވަހު ހެދުނު ހޭލިއްސުރެ ޒޯޔާގެ މޫނުމަތީގައި ނުފިލާ ހިނިތުންވުމެއް ވިއެވެ. ” ހޫނނ.. ޒޯ ހާދަ އުފާވެފަ … ކޮންކަމަކާ.. ” ރީނާ ހައިރާންވެ ހުރެ އަހާލިއެވެ. ” ކަމެއް .. ނުވޭ .. ދެންހަަމަ ހެޕީވެފަ މިހުރީ … ” ޒޯޔާ  ބުނެލިއެވެ.

އަޔާން މެން ހެދުނު ސަޔަށް އައިސް ކާކޮޓަރިއަށް ވަނެވެ. އަދި ވަރަށް ލޯބިން އަޔާން ޒޯޔާއަށް ބަލާލިއެވެ. ޒޯޔާ ލަދުން އިސްޖަހާލިއެވެ. އަޔާންއަށް ޒޯޔާގެ އެ ލަދުރަކިކަން ވަރަށް ކަމުދިޔައެވެ. ” އޭއި … ހުރިހާ އެންމެން .. ރަނގަޅު ގަޑިއަކަށް ދޯ މިއާދެވުނީ … ” ރީޙާން  އާއި އަޖުމަލް އެގެއަށް އައިސް ވަނީ އެވަގުތުއެވެ. ” ކަމް ޖޮއިން އަސް …” ފަޔާޒް ބުނެލިއެވެ. އަޖުމަލް ޒޯޔާއާއި ދިމާލަށް ބަލައިލިއެވެ.

އަޖުމަލް އަކީ ޒޯޔާއާއި ކުޑައިރުން ސުރެ އަޅައިގަނެގެން އުޅޭ ކުއްޖެކެވެ. ވަރަށް ފަހުން ޒޯޔާގާތު އަޖުމަލް ރައްޓެހިވަން ވެސް އެހިއެވެ. ޒޯޔާ އަޖުމަލްއާއި ރައްޓެހި ނުވާނެކަމަށް ބުނުމުން ވެސް އަޖުމަލް ޒޯޔާގެ ފަހަތުން ޒޯޔާގެ ލޯތްބައް އެދެމުން ދިޔައެވެ. އަޖްމަލްގެ އުންމީދަކީ ޒޯޔާ ކޮންމެވެސް ގޮތަކުން ހާސިލް ކުރުމެވެ.

” އަސްލު އަހަރުމެން މިއައީ ކަލޭމެން ކައިރީ ވާހަކަ އެއް ދައްކަން  ” ރީހާން ސައިބޮއި ނިމިގެން ސިޓިންރޫމްގައި ހުރި ސޯފާގައި އިށީނަމުން ބުނެލިއެވެ. ” ކޮން ވާހަކަ އެއް …” އަޔާން އަހާލިއެވެ. ” މާދަމާ އަހަރުމެން މިވިސްނަނީ މިވިސްނަނީ މިތާކައިރި ފަޅުރަށަކަށް ދަތުރުދާން … އަޔާންމެންވެސް ގެންދަންވެގެން އެވާހަކަ ބުނަން މިއައީ……” ރަޔާން ބުނެލިއެވެ. ” ހޫން…އަހަރުމެން ވަރަށް ދާހިއްވޭ އެބަ…އެކަމަކު ޒޯޔާމެން ދަންޔާ އަހަރުމެން ދާނީ … އެހެންނޫނީ  ނުދާނަށް … ދޯ ފަޔާޒް  ” އަޔާން ޒޯޔާމެންނާއި ދިމާލަށް ބަލައިލަމުން ބުނެލިއެވެ. ” ޒޯޔާމެން ނުދާނަންތަ … ދެން ހިނގާބާ ދާން … ” ރަޔާން އާދޭހާއެކު ބުނެލިއެވެ. ޒޯޔާމެން ދާން އެއްބަސް ވިއެވެ. އަޔާން އާއި ދެންތިބި ތިންމީހުން ދަތުރު ގައި ބައިވެރި ވުމަށް އެމީހަކަށް ދޭންޖެހޭ މިންވަރަށް ފައިސާ ރަޔާންއަށްށާއި އަޖުމަލް އަށް ދިނެވެ. އަޖުމަލްމެން ދަމުން ރެޑީވެގެން މާދަމާ ފަތިހު 5:30 ގައި ބަދަރަށް ނިކުތުމަށް ބުނެފައި އެެގެއިން ދިޔައީއެވެ.

އެދުވަހު ހަވީރުގެ ވަގުތެވެ. ޒޯޔާމެން އުޅުނީ އެގޭގައި ދޮރުމަތީ އޮތް މާބަގީޗާގައި ގަސްތަކެއް އިންދާންށެވެ. އަޔާންއާއި ފަޔާޒް މެންދުރު ދަތުރަށް ތައްޔާރުވާން ގޮސް ގެއަށް އައީ އެވަގުތު އެވެ. ޒޯޔާމެން އެވަގުތު އެ މަސައްކަތުގައި ތިބިތަން ފެނުމުން ޖެއްސުން ކޮއްލާ ހިތްވިއެވެ. އަޔާން އާއި ފަޔާޒް އެތަނުގައި އޮތް ފެންޖަހާ ދެހޮޅި ނެގުމަށް ފަހު ޒޯޔާމެންނާއި ދިމާލަށް ކުއްލިއަކަށް ފެންބުރުއްސައިލިއެވެ. ޒޯޔާމެން ތިބިތަނުން ތެދުވެ  އަޔާންއާއި ފަޔާޒްއާއި ދިމާލަށް ދުއްވައިގަތެވެ. އަދި ގޮސް ފެން ހޮޅިތައް ފަޔާޒް އާއި އަޔާންގެ އަތުން އަތުލިއެވެ. ޒޯޔާމެން އަޔާންމެން ބޮލަށް ފެންޖަހަން އުޅޭކަން އެގުމުން ދެމީހުން ދުވެފައި ގޮސް  ފޯނުތަށް އުދޯލިމަތީ ބެހެއްޓިއެވެ. އަދި ޒޯޔާމެން ފަހަތުން ދުއްވައިގަތެވެ. އެސަކަރާތް ޖަހާ ނިމުން އިރު އެންމެން ތިބީ ތެމި ފޯވެފައެވެ.

އިރުއޮށްސި ނުވައެއް ޖެހިއިރު އެންމެން ނިދައިފިއެވެ. ފަތިހު ހޭލަން ޖެހޭތީއެވެ. ނަމަވެސް ޒޯޔާއަށް އޮތީ ދެލޮލަށް ނިދިނައިސް ފައެވެ. އެންމެފަހުން ނިދޭގޮތް ނުވުމުން ކޮޓަރިން ނިކުމެގެން ގޮސް ގޭ ދޮރުހުޅުވިއެވެ. ދޮރުހުޅުވުމާއި އެކު ޖެހުނު ފިނި ވައިރޯޅިން ޒޯޔާގައިން ހީބިހި ނަގައިލިއެވެ. ޒޯޔާއޭނާގެ ދެއަތް ދެއަތާ ކާއްތަމުން ގޮސް ބޭރު ގައި ހުރި އުދޯލީ އިށީދެލިއެވެ. އުދޯލި ހެއްލަމުން މޫނު މައްޗަށް ހިއްލައިލިއެވެ. ކަޅުކަން ގަދަ ފަޒާގައި ހުދުކުލައިގެ މުތީތަކެއް ފަދައިން ދިއްލިފައި ވާ އެތަށްތަރިއެއް އުޑުގައި ފިޔަޖަހަމުން ދިޔައެވެ. ހަނދުއޭގެ ފުރިހަމަ ވާޖިބު އަދާކުރަމުން ދިޔައިރު މުޅިތަނަށް ވަނީ ހަނދުގެ ފަޑުއަލި ފެތުރިފައެވެ. މި ފުރިހަމަ ރޭ އުޑު މައްޗަށް  ކިތަންމެ އިރަކު ބަލަން އިންކަމުގައި ވީނަމަވެސް ފޫއްސެއް ނުވާނެއެވެ.

އަޔާން ގޭގެ ދޮރުމަތީގައި ޒޯޔާއަށް ބަލަހައްޓައިގެން ހުއްޓެވެ.އެ ރީތި ރޭގައި ޒޯޔާ އިހުނަށް ވުރެ ރީއްޗޭ އަޔާން ހިތަށް އެރިއެވެ.  މަޑުމަޑުން ހިގާފައިގޮސް ޒޯޔާ ކައިރީ އުދޯލީގައިއިށީ ދެލިއެވެ. ޒޯޔާ ސިހިފައި އަޔާންއަށް ބަލައިލިއެވެ. ” ސާބަސް ޔާން… ތިގޮތަށް ބިރުގަންނުވަންޔާ … އަހަރެން އެއްދުވަހުން މޮޔަވާނެ ކަން ގައިމު…  ” ޒޯޔާ މޭގައި އަތްއަޅާލަމުން ބުނެލިއެވެ. އަޔާން ހީލިއެވެ. “ތިފަދަ.. ރީތި ހޫރުޕަރީން  ފެނިފަ ޖިންނިންވެސް މޮޔަވާނެ ކަން ގައިމު.. އެކަމަކު …. އަހަރެން ހުއްޓަ އެ ޗާންސެއް އެހެން މީހަކަށް ނެއް .. މައި ސުވިޓީ …. ” ޒޯޔާގެ ކޮލުގައި ލޯބިން ހިފައި ލަމުން އަޔާން ބުނެލިއެވެ. އަދި ޒޯޔާގެ ފަން އިސްތަށިގަނޑު ގައި އަށްސާފައިވާ ވޫލް ކޮޅު ނައްޓާލިއެވެ. އެވަގުތު އެފަން އިސްތަށިގަނޑު ވިހުރިގެން ދިޔައެވެ. އަޔާން ޒޯޔާގެ އެފަން އިސްތަށިގަނޑުގައި އަތްކާތާލަމުން މޫނު ގާތްކޮށްލިއެވެ. ޒޯޔާގެ އިސްތަށިގަނޑުގައި ދުވާ މީރުވަހުން އަޔާންއަށް ނޭފަތް އެތެރެއަށް ދަމައިލެވުނެވެ. އަޔާން އުޅޭގޮތުން ޒޯޔާ ލަދުގަތެވެ. އަޔާން ޒޯޔާގެ ރީތި މޫނަށް ބަލައިލިއެވެ. ޒޯޔާގެ ދެކޮލަށް ވަނީ ލޭކުލަ އަރާފައެވެ. އަޔާން އަށް އިތުރަށް ކެއްކުރަން ދަތިވިއެވެ. އަޔާންގެ މޫނު ޒޯޔާގެ މޫނާއި ގާތްކޮލިއެވެ. ” ދިސް އިޒް ބިކޯސް އޮފް ޔުއަރ ކިޔުޓް ނެސް … ” އަޔާން މިހެން ބުނެ ޒޯޔާގެ ފިޔާތޮށި ކުލައިގެ ތުނި އޮމާން ތުންފަތުގައި މަޑުމަޑުން ބޮސްދިނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ashly

Level 210 Stories100 Comments100 Login

am 18 years old girl.. love to read and write stories.. Leave comments.. I will keep improving my writing ?????? my Facebook page .. ashlystories❤️

Other Articles

Previous

މަރަށް ފިލަން ގޯތިގެދޮރުން ނިކުމެގެންދިޔަ ބައެއްގެ ވާހަކަ!

Next

އައްޔޫބު ޢަލައިހިއްސަލާމްގެ ކެތްތެރިކަން

Next
January 31, 2019

އައްޔޫބު ޢަލައިހިއްސަލާމްގެ ކެތްތެރިކަން

Previews
January 30, 2019

މަރަށް ފިލަން ގޯތިގެދޮރުން ނިކުމެގެންދިޔަ ބައެއްގެ ވާހަކަ!

44 Comments!

  1. Ashly says:
    January 31, 2019 at 10:09 am

    Vaahaka than kolheh lahun up kodhe vuni thi hurihaa kiyun therin ge faraathun alhu gadu maafah edhen … Ekam aku alhu gadah veevarakun varah avahah konme part eh ves publish kohdhevey tho balaanah… Adhi bune lan bey nuh vani dhen mi vaahaka publish kohdhevey ni hafthaage aadhihtha angaara buraasfathi mi thin dhuvahu…. Eka maku vaguthu vihyaa eyge ithurun honihiru dhuvahu ves up kohdhe vey tho balaanah…. Alhu gadu ge kiyevun feshey thi ekam aa than kolheh busy koh mi ulheny… So readers understand vaane kamah heekuran… Love u all readers…. Mi part ves kamudhaa ne kamah heekuran…. Nd yeah
    .. Comment plxxxx ❤❤❤❤

  2. Sha says:
    January 31, 2019 at 10:45 am

    Varah reethi???? when is the part?

    1. Ashly says:
      January 31, 2019 at 12:18 pm

      Thanks Sha… Next part Sunday

  3. Sha says:
    January 31, 2019 at 10:49 am

    Owwh Ethin Dhivehi dhw.. ??

    1. Ashly says:
      January 31, 2019 at 12:19 pm

      Yeah only that days ??

  4. winx says:
    January 31, 2019 at 11:09 am

    Vaahaka varah salhi????

    1. Ashly says:
      January 31, 2019 at 12:20 pm

      Thanks winx ❤❤

  5. Kitty says:
    January 31, 2019 at 11:55 am

    Masha allah.. Varah reethi mi part ves .. I just loved it ash ❤️❤️❤️??❤️ when next part dear

    1. Ashly says:
      January 31, 2019 at 12:20 pm

      Thanks kitty ❤❤ next part will be on Sunday ??

  6. #ZoYaaN says:
    January 31, 2019 at 12:39 pm

    Mi part varah salhi engey Ashly.. ? dhn all I wanna say is that gud job.. u have improved a lot.. vrhak feshun iru huri massala thah mihaaru rangalhu vejje.. so keep going girl Insha Allah u’ll reach heights ??

    1. Ashly says:
      January 31, 2019 at 4:10 pm

      Thanks zoyaan for ur beautiful comment ❤❤

  7. Maa says:
    January 31, 2019 at 4:34 pm

    Vrh reethi mi prt vx
    Maasha allah???

    1. Ashly says:
      April 5, 2019 at 7:14 pm

      Thanks maa ???

  8. ?Cheryy blossom? says:
    January 31, 2019 at 8:50 pm

    As usual vaahaka vrh reethi….gud luck 4 ur studies…

    1. Ashly says:
      January 31, 2019 at 11:29 pm

      Thanks cheryyy blossom ??

  9. jiji says:
    February 1, 2019 at 1:26 pm

    Varah varah rythi mi prt vx ????❤..vrh bodah improve kohlaafa hurikan faahaga kurevey..Ashly kihineh tha jiji ge pending ga hunna comment kiyany ??????..alhe buneba?..

    1. Ashly says:
      April 5, 2019 at 7:13 pm

      Ei my stories ah gos konme part ehga ihna view ah dhiyaama fehnani pending comments…… Thanks for ur comment ????

  10. Maaa says:
    February 1, 2019 at 2:15 pm

    Ashly .. maasha allah maaa vrh kiyaa hihvaa reethi story eh mee .. ??

  11. Lai says:
    February 2, 2019 at 7:24 am

    Alhey…. Vv reethi dhen Anna part vv foari gadha vaanetha… Love triangle ?❤️

    1. Ashly says:
      February 2, 2019 at 2:16 pm

      Thank u lai … Ehen hen heevany dhow… Let’s see what happens ❤❤

  12. sham says:
    February 2, 2019 at 10:31 am

    vrh vrh vrh reethi mi vaahaka and i’m sure that you will be a very brilliant writer someday insha allah
    mi vaahaka ves hama habeyyyss

    1. Ashly says:
      February 2, 2019 at 2:18 pm

      Thanks sham … Yeah someday ???

  13. Ishu says:
    February 3, 2019 at 12:35 pm

    Aslu fayaaz and reena vv gulhey ashly i have to ask you…..what is your real name?
    So ayaan kiss zoyaa

    1. Ashly says:
      April 5, 2019 at 7:21 pm

      Ishu thanks for ur comment … My name is asee

  14. ❤❤juliet❤❤ says:
    February 3, 2019 at 3:54 pm

    Ashh….alhe miadhu thankolheh avahah up kohdheheyy

  15. ❤❤juliet❤❤ says:
    February 3, 2019 at 9:09 pm

    Dheveynetha*

  16. Ashly says:
    February 4, 2019 at 2:13 pm

    Sorry guys…. lahun vaahaka up kohdhe vey thi…. Mi dhuvas kolhu hama busy kamun nuvani…. Free v haaves avahakah up kohdhey nah ?☺

  17. Kitty says:
    February 4, 2019 at 3:08 pm

    Its ok love.. We will wait patiently.. Ok???

  18. ?Cheryy blossom? says:
    February 4, 2019 at 5:31 pm

    Yah…itx ok….hope u will upload it soooon ashhh…

  19. winx says:
    February 4, 2019 at 9:04 pm

    Vaahaka varah salhi i love this story?????

  20. Reader? says:
    February 4, 2019 at 9:12 pm

    Ash………vrhaka mireyyy upload kohdheynantha????
    Curiously waiting 4 it……

  21. shaa says:
    February 6, 2019 at 1:29 pm

    Ash…so late…i can’t wait vara salhi mi story❤❤❤mi vara kiyaa hi vaa vahaka ey..haadha salhi ey ash??…thi hama perfect story writer ey

  22. Xee says:
    February 6, 2019 at 10:15 pm

    Why r u uploading the story too late?

  23. Kitty says:
    February 7, 2019 at 8:23 am

    Ash miadhu vaahaka up khdhevidhaanetha..??

  24. ?Cheryy blossom? says:
    February 7, 2019 at 5:23 pm

    Ashhhh….adhivex bxytha????vrhaka thankolheh avahah upload kohdhehcheyy

  25. LuLoo says:
    February 7, 2019 at 7:54 pm

    Alhe vhka dhn up eh nukuraanan thr,, Curiously waiting 4 the next part..vrh kiyaahih vefa mihuryy..but bxyy viyya ok up nukuriyas ehaa avahah..avas aruvaalaigen liyunyma vhka hadi vedhaane..so when next part ashlyy????

  26. Ashly says:
    February 12, 2019 at 7:42 pm

    Sorry for not updating for long ….. But I am sure that I want stop this story …. I will probably continue when I get a relief from school ….. One again sorry for all readers …. Plxxxxx don’t get upset …. ?????❤❤❤❤????

  27. Ok says:
    February 14, 2019 at 10:06 pm

    Its ok

  28. Zuha says:
    February 19, 2019 at 7:45 am

    Haadha lahea up vaaleh

  29. LuLoo says:
    February 19, 2019 at 9:12 pm

    Ash alhe up eh nuveyy?????

  30. LuLoo says:
    March 10, 2019 at 6:33 pm

    Mi week ga up eh nukureveyne tha ash miaky midterm break eynun..Vrh bodah kiyaa hih vefa mi huryy..Dhn vhka nugennanyya vex bunelabala dhww ash..Thihen up nukoh hurefa dhn vhka nuliye hunnaanyy dhn e hisaabun nimunyy e..konmexx varakah school in vex releief gadi thakeh libeyne kan hama yageen..Up kohbala plxx plxx plxx plxx..I really like this story..plx plx plx plx plx plx plx Ash

  31. fan says:
    March 19, 2019 at 10:45 am

    alhe next part whenn? been too long

  32. Girl says:
    April 1, 2019 at 9:27 am

    Koniakun tha next part ash..been too long..up kohbala mi vhka vrh kiyaahihveyy..but you r talking too much break..plx upload it soon dear

    1. Ashly says:
      April 1, 2019 at 2:07 pm

      girl … ash mihaaru ihnaani 8 vana part fonuvaafa esfiya ah … thank u for ur support and waiting for my story

Comments are closed.

Next Episodeކަލާޔާ ނުލާ 8←


All Right Reserved!