Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވިންދޭ ލޯބި ތީ އެދޭ 23

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
January 30, 2019 7 Mins Read
36 Comments

ނާއިލްގެ ފޯނު ކޯލު ނިންމާލުމަށްފަހު އިޝާ ނަމާދު ވަގުތު ވަންދެން ފޮތް ކިޔަން އިނުމަށްފަހު ބަންގި ގޮވުމުން މިންހާ ނަމާދުކޮށްގެން ސުކޫލަށް ދާން ތައްޔާރުވިއެވެ. ތައްޔާރުވެގެން ރޭގަނޑުގެ ކެއުމަށްފަހު މަންމައާއެކު ގަޑި ޖެހެންވާއިރަށް ސުކޫލަށް ދާން މިންހާ ހިނގައިގަތީ ކުރިއަށް ވާން އޮތް ގޮތް ނޭނގޭ ހާލުއެވެ. ” އެހެރީ އާޒިމާގެ ދަރި އަލޫފް ދޯ… ” އާދައިގެ ހިނގުމެއްގައި ހިނގާފައި ދިޔަ މިންހާއަށް އޭނަގެ މަންމަ އެހެން ބުނެލި އަޑަށް އޭނަގެ މަންމަ އިޝާރާތްކުރި ދިމާލަށް ބަލައިލެވުނެވެ. އެއާއެކު ނޯޓިސް ބޯޑު ކައިރީގައި އަތު ގުޅުވައިލައިގެން ތިބި އަލޫފް އާއި ޝަމްހާ ފެނި މިންހާގެ ހިނގުން ކުރިއަށްވުރެ މަޑުޖެހިލިއެވެ. އިސްޖަހާލައިގެން ހުރެ މަޑުމަޑުން ހޫމް ލައްވާލަމުން މިންހާ އޭނަގެ ހިނގުން ނާހިދާ އާ އެއްވަރު ކުރިއެވެ. ” މަންމަ ހިތަށް އެރީ އެއީ ވަރަށް ރަނގަޅު ކުއްޖަކަށް ވާނެ ކަމަށް… އެކަމަކު ފެންނަ މަންޒަރުތަކުން އެހީކުރުން މުޅިން ގޯސްވެއްޖެ… ” ހިނގަމުން ދިޔަ ނާހިދާ މަޑުމަޑުން ބުނެލިއެވެ. ” ހީނުކުރާ ކިތަންމެ ގޮތަކަށް ކަންތައްތައް ހިނގައެއްނު… މީހަކަށް ބަލައިލާފަކަ ނޭނގޭނެ އެއީ ކޮންކަހަލަ މީހެެއް ކަމެއް… އެމީހެއްގެ އުޅުމާ މިޒާޖާ ވިސްނުން މަދު ސިކުންތުކޮޅެއްގެ ތެރޭގަވެސް ބަދަލުވެގެން ހިނގައިދާނެ… ” މާނަފުން ބަސްތަކެއް މިންހާ ބުނެލިއެވެ. ނާހިދާވެސް ތިއީ ވަރަށް ބޮޑު ތެދު ވާހަކައެކޭ ބުނެލީ މިންހާގެ ވާހަކަ އާ އެއްބަސްވުމުގެ ގޮތުންނެވެ. އަލޫފް އާއި ޝަމްހާގެ ގުޅުވާލެވިފައި ދެއަތް ފެނި މިފަހަރުވެސް މިންހާގެ އިހުސާސްތައް ކޮންޓްރޯލެއް ނުކުރެވުނެވެ. އެމަންޒަރުން ހިތަށް ކުރުވި ފުން އަސަރާއެކު ދެލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ. އަތުން ހިފައިގެން ހުރި ލޮގު ފޮތުގައި ބާރަށް ހިފަހައްޓާލަމުން މިންހާ އޭނަގެ ލޮލަށް ޖަމާވެފައިިވި ކަރުނަތައް ހިންދަން މަސައްކަތްކުރަމުން ގޮސް ސުކޫލުގެ ތެރެއަށް ވަނެވެ. މިންހާ ކުލާސް ތެރެއަށް ވަނުމާއެކު ނާހިދާވެސް އަނބުރާ ގެއަށް ދިއުމަށް ހިނގައިގަތެވެ.

މިންހާ ކުލާހަށް ވަދެ ބެކްޕެކް ގޮނޑީގައި ބޭންދުމަށްފަހު ފޮތްތައް މޭޒުގެ ކަބަޑަށް ލިއެވެ. އެއަށްފަހު މަޑު ހިނގުމެއްގައި ކުލާހުން ނިކުމެގެން ގޮސް ކުޑަކުދިން ކުޅެން ހަދާފައިވި ކުޑަ ޕާކެއްފަދަ ތަން ކައިރީގައި ހުއްޓިލިއެވެ. ”ކިތަންމެ ވަރަކަށް ކަރުނަތައް ހިފަހައްޓަން އުޅުނަސް ތިކަމެއް ނުވާނެ… މިހާރު ހިތަށް އަރާ ދޯ އަލޫފްއަށް މަޢާފު ދެވުނުނަމައޭ… ހެހެހެ… އެކަމަކު ދެން ކީއްކުރާނީ ދޯ… މިހާރު ވަގުތު ފާއިތުވެއްޖެ… މިހާރު އަލޫފް އަކީ އަހަރެންގެ މީހެއް… ހަމައެކަނި އަހަރެންގެ… ހަހަހަ… ” މިންހާގެ ކުރިމައްޗަށް އައިސް ހުއްޓި އެހެން އެއްވެސް ރަހުމެއްނެތި އެހެން ބުނުމަށްފަހު ޝަމްހާ ގޮސް ކުލާސް ތެރެއަށް ވަނެވެ. ރައްދުގައި އެއްޗެއް ބުނާނެހާ ހިތްވަރެއް ނެތުމާއެކު ޝަމްހާ ދެއްކި ވާހަކަތައް އަޑު އަހަން ހުރުން ނޫން އެހެން ގޮތެއް މިންހާއަކަށް ނެތެވެ. ޝަމްހާ އެބުނީ ތެދެކެވެ. އެދުވަހު އަލޫފްއަށް މަޢާފު ދިންނަމަ މިހެނެއް ނުވީހެވެ. އެދުވަހު އަލޫފްއަށް މަޢާފު ދިންނަމަ އަލޫފް ވާނީ އޭނަގެ މީހަކަށެވެ. އަލޫފްގެ ލޯބި ލިބޭނީ އޭނައަށެވެ. އެހެނަސް މިހާރު ވާންވީ ގޮތްވެ ނިމިއްޖެއެވެ. ދެން އެކަން ބަދަލެއް ނުކުރެވޭނެއެވެ. ” މިންނު… ” ޝަމްހާގެ ވާހަކަތަކާއިމެދު ވިސްނަން ހުރި މިންހާ ސިހުނީ އޭނަގެ ކޮނޑުގައި އަތް ބާއްވާލަމުން އަޝްރާ ގޮވާލުމުންނެވެ. އަޝްރާއަށް ނުފެންނާނޭހެން އަވަސް ހަރަކާތަކާއެކު ކަރުނަތައް ފޮހެލަމުން މިންހާ ހަމަޖެހިލިއެވެ. އަދި ހިނިތުންވުމެއް އޭނަގެ ތުންފަތަށް ވެރިކުރުވަމުން އަޝްރާ އާ ކުރިމަތިލިއެވެ. ” އާރް ޔޫ އޯކޭ… މިތާ ކިހިނެއްވީ އެކަނި ތިހުރީ… ” މިންހާގެ މޫނަށް ބަލަހައްޓާއިގެން ހުރެ އަޝްރާ ވާހަކަ ދެއްކިއެވެ. ” ޔެއާ އައިމް ފައިން… ދެން އަޝޫ ނާންނާތީ ހަމައެކަނި މިތަނުގަ ހުރެލީ… ” ހިނިތުންވުމަކާއެކު މިންހާ އެހެން ބުނެލިއެވެ. އިތުރު އެއްޗެކޭ ނުބުނެވެނީސް ޓީޗަރު އަންނަތަން ފެނުމާއެކު ދެކުދިން އަވަސް ހިނގުމެއްގައި ކުލާހަށް ވަނެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ބުރާސްފަތި ދުވަހުގެ ކިޔެވުންވެސް ނިމިއްޖެއެވެ. މުޅި އެ ހަފްތާ ވޭތުވެގެން އެދިޔައީ ވަރަށް ބުރަކޮށެވެ. ކެމްޕެއިންގެ ކަންތައްތައް ނިމި އެއަހަރުގެ މަޤާމުތަކަށް ދަރިވަރުން ހޮވިގެން ދިޔައިރު ހުވާކުރުމުގެ ޚާއްސަ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވީ ހުކުރު ދުވަހުގެ ރެއެވެ. އެހަފްތާގެ އަންގާރަ ދުވަހު މިދިޔަ އަހަރުގެ ސާނަވީ އިމްތިހާނުތަކުގެ ނަތީޖާވެސް ސުކޫލަށް ލިބިފައެވެ. ސާނަވީ އިމްތިހާނުގެ ގަދަ ދިހައެއްގެ ދެވަނައިގައި އިއާން ހިމެނިގެން ދިޔައިރު ހަތަރު ވަނައިގައި ނާއިލް ހިމެނިގެން ދިޔުންވީ އެކުދިންގެ އާއިލާތަކަށާއި ގާތް ފަރާތްތަކުގެ އިތުރުން މުޅި ސުކޫލަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ފަޚުރަކާއި އުފަލެކެވެ. ރަށުގައި ނެތް ނަމަވެސް ދެކުދިންނަށް ފޯނުގެ ޒަރިއްޔާއިން އެތައް ބަޔަކު މަރުހަބާ ކިޔެވެ. އެދެކުދިންގެ އާއިލާތަކަށްވެސް އެތައް ބަޔަކު މަރުހަބާ ކިޔެވެ. އިއާން އާއި ނާއިލްގެ އެ ކާމިޔާބީއިން މިންހާ އާއި އަޝްރާވެސް ތިބީ ނުހަނު އުފަލުންނެވެ. އެއުފަލުގައި ބައިވެރިވި ނަމަވެސް މިންހާގެ ހިތުގައި އަދިވެސް ނުފިލާ ރިހުމެއްވިއެވެ. ކޮންމެ ދުވަހަކުމެ އޭނައަށް ޖެހެނީ އަލޫފްމެންގެ އެ ކަންތައްތަކާއި ކުރިމަތިލާށެވެ. އަލޫފް އާއި ޝަމްހާގެ އިތުރުން އީލާފް ދިޔައީ އެމީހުނަށް ވީވަރަކުން މިންހާގެ ހިތުގައި ޖެއްސުމަށް މަސައްކަތްކުރަމުންނެވެ. ސުކޫލުންނާއި ބޭރު މަގުމަތިންވެސްމެއެވެ. އެމަންޒަރުތައް ފެނުމުން ކޮންމެ ފަހަރަކުވެސް މިންހާގެ ލޮލުން ކަރުނަ ހިލެއެވެ. އެ މަންޒަރުތައް ފެނުމުން އޭނަގެ ހިތުގައި އަލޫފްއަށްޓަކައި އުފެދިފައިވި އިހުސާސްތައް އަމިއްލަ ބާރުގެ ދަށަށް ގެނައުން ވަނީ ނާދިރު ކަމަކަށް ވެފައެވެ.

ގެއަށް ގޮސް މިންހާ އާދައިގެ މަތިން ފެންވަރާ ތާޒާވެލިއެވެ. އެއަށްފަހު އާއިލާއާއެކު މެންދުރުގެ ކެއުމުގައި ބައިވެރިވިއެވެ. ” މިންނު… މަޑުކޮށްބަލަ… އަދި އިށީންދެބަލަ ގޮނޑީގަ… ދޮންބެ ވާހަކައެއް ދައްކާލަން ބޭނުމޭ… ” ކައި ނިންމާލުމަށްފަހު ކޮޓަރިއަށް ދާން އުޅުނު މިންހާ ހުއްޓުނީ މާހިލްގެ އަޑަށެވެ. އެެއާއެކު މިންހާ އޭނަ ކުރިންވެސް އިށީންދެން އިން ގޮނޑީގައި އިށީނެވެ. ” މިންނު… ބައެއް ޓީޗަރުން މިހާރަކަށް އައިސް ވަރަށް ފާހަގަ ކުރޭ ކިޔަވައިދޭ ވަގުތު މިންނުގެ ކޮންސެންޓްރޭޝަން އެހެން ކަންކަމަށް ދެވޭ ކަމަށް… ދޮންބެއަށްވެސް އެކަން ބައެއް ފަހަރު ފާހަގަވޭ… އީޒް ދެއާ އެނީ ޕްރޮބްލެމް މިންނު… އެންމެ މުހިއްމު އަހަރު މިންނުގެ ބެސްޓް ސްޓަޑީސްއަށް ދޭންވާނެއެއްނު… އީޒް ސަމްތިން ބޯދަރިން ޔޫ… ޓެލް މީ… ” ކަންބޮޑުވުމާއެކު މާހިލް ދެއްކި ވާހަކަތަކުން އެންމެންގެ ނަޒަރުތައްވެސް އަމާޒުވީ މިންހާއަށެވެ. އެންމެންގެ ބެލުމުންވެސް ޖަވާބެއްގެ އިންތިޒާރުގައި ތިބިކަން ހާމަވެގެންދެއެވެ. ” އެއްވެސް… ކަމެއް ނުވޭ… ވީވަރަކުން ކޮންސެންޓްރޭޓްވަން… ކުޑަކޮށް ބިރުގަނޭ… އެންމެ މުހިއްމު އަހަރު ވީމަ… ” ބުނާނެ އިތުރު އެއްޗެއް ނޭނގުމުން މިންހާ ބުނެލީ އެހެންނެވެ. އޭނާ އިސްޖަހާލައިގެންވެސް އިނީ ލޯބިވާ އާއިލާއަށް ދޮގު ހަދަންވުމުންނެވެ. މިވަގުތު އޭނަގެ ދިރިއުޅުމުގައި ކަންތައްތައް ހިނގަމުންދާ ގޮތް އޭނަގެ އާއިލާއަށް ހިއްސާކުރެވޭކަށް ނެތެވެ. ” ބިރުނުގަނޭ މިންނު… މިންނު އަބަދުވެސް ތީ ވަރަށް ރަނގަޅު ނަތީޖާތަކެއް ގެންނަން ކުއްޖެއްނު… އެހެންވީމަ މިފަހަރުވެސް ވާނެ އިންޝާ ﷲ… ކުރީ އަހަރުތަކަށްވުރެ ބޮޑަށް އަދިވެސް މަސައްކަތްކުރޭ… އޭރުން އިންޝާ ﷲ މިހާރަށްވުރެވެސް މާ ފުރިހަމަ ނަތީޖާއެއް ލިބޭނެ… މިންނުއަށް އެނގެއެއްނު ދޮންބެމެން އެންމެންވެސް މިންނު ގަދަ ދިހައެއްގަ ހިމެނުމަށް ވަރަށް ބޮޑަށް އުއްމީދު ކުރާކަން… ސުކޫލުންނާ އާއިލާއިން ދަނީ މިންނުއާމެދު އެތައް އުއްމީދުތަކެއް ކުރަމުން… ދޮންބެއާ މުޅި ފެމެލީވެސް އުއްމީދުކުރަން މިންނު ދޮންބެމެންގެ މި އުއްމީދުތައް ފުރިހަމަ ކޮށްދޭނެ ކަމަށް… ” އުއްމީދުން ފުރިގެންވީ ވާހަކަތަކެއް މާހިލް ދެއްކިއެވެ. މިންހާއަށް ކުރެވުނުހާވެސް ކަމަކީ އިސްޖަހައިލައިގެން އިނދެ މަޑިމަޑުން ބޯ ޖަހާލުމެވެ. އޭނަވެސް އާއިލާ އާއި ސުކޫލުގެ އެ އުއްމީދުތައް ފުރިހަމަކުރަން ނުހަނު ބޭނުމެވެ. އާއިލާއަށާއި ސުކޫލަށް ރީތި ނަމެއް ހޯދައިދެން ބޭނުމެވެ. އަމިއްލަ ހުވަފެންތައް ކާމިޔާބުކުރަންވެސް ބޭނުމެވެ. އެހެނަސް މިއިން އެއްވެސް ކަމެއް އޭނައަށް ފުރިހަމަކަމާއެކު ކުރެވޭނެ ކަމާއިމެދު މިހާރު ޝައްކެވެ. ދިރިއުޅިމުގައި ކަންތައްތައް ވަމުންދާ ގޮތުން ކިޔެވުމަށްވުރެ މިންހާގެ ސަމާލުކަން ދެވޭނީ އެހެނިހެން ކަންކަމަށެވެ. ”މަންމައަށްވެސް ފާހަގަވޭ ދަރިފުޅު މިހާރު ކުރިއަށްވުރެ ކެއުމާ ދުރުކަން… ރަނގަޅަށް ގަޑިން ގަޑިއަށް ކައިގެނެއްނު ރަނގަޅަށް ކިޔެވޭނީވެސް ދޯ… އެހެންވީމަ ކެއުމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެ… އިނގޭ… ” މިންހާގެ ބޮލުގައި ލޮއެބާއެކު ފިރުމާލަމުން ނާހިދާ ވާހަކަ ދެއްކިއެވެ. އެކަމަށްވެސް މިންހާ މަޑުމަޑުން ބޯ ޖަހާލިއެވެ. ދެން ދިޔަޔަސް އެންމެ ރަނގަޅު ކަމުގައި ބުނުމުން މިންހާ ގޮނޑިން ތެދުވެ ކާކޮޓަރިން ނިކުތުމަށް ހިނގައިގަތެވެ.

ކާކޮޓަރިން ނިކުން މިންހާ ގޮސް ވަނީ އޭނަގެ އަމިއްލަ ކޮޓަރިއަށެވެ. ކޮޓަރިއަށް ގޮސް މިންހާ ސްޓަޑީ ޓޭބަލް ކައިރީ އިން ގޮނޑީގައި އިށީނެވެ. އެއާއެކު އޭނަގެ ވިސްނުން މާހިލްގެ ވާހަކަތަކަށް ދަތުުރުކޮށްލިއެވެ. ވިސްނުމަށ ގެއްލިފައި އިން މިންހާ ސިހިގެން ދިޔައީ ބާރު ބާރަށް ކޮޓަރީގެ ދޮރުގައި ޓަކި ޖެހުމުންނެވެ. ” ތުއްތު… ” އަވަސް އަވަހަށް ގޮސް ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހެވިފައިހުރި ނާއިލް ފެނި މިންހާއަށްވެސް ހިނިތުންވެލަމުން ނާއިލަށް ގޮވާލެވުނެވެ. ” ކޮންގްރެޓްސް ތުއްތު… އައިމް ޕްރައުޑް އޮފް ޔޫ… ވަރަަށް ވަރަށް އުފާވި ތުއްތު ގަދަ ދިހައެއްގަ ހިމެނުނީމަ… ” ނާއިލްގެ ގައިގައި ކުޑަކޮށް ބައްދާލަމުން އުފަލާއެކު މިންހާާ ބުނެލިއެވެ. ” ތޭންކްސް މައި ލިޓުލް ސިސް… ލަވް ޔޫ ސޯ މަޗް މިންނު… ތުއްތު އުއްމީދުކުރަން މިންނު ތުއްތުއަށްވުރެ މާ ފުރިހަމަ ނަތީޖާއެއް ހޯދާނެކަމަށް… އިނގޭ… ސޯ ޓްރައި ހާޑް… އެން އޯލް ދަ ބެސްޓް… ” މިންހާ ދުރުކޮށްލާ މިންހާގެ ނިތުގައި ލޮއެބާއެކު ބޮސްދިނުމަށްފަހު ބޮލުގައި ފިރުމާލަމުން އުއްމީދާއެކު ނާއިލް ވާހަކަ ދެއްކިއެވެ. ލުއި ހިނިތުންވުމަކާއެކު މިންހާ މިފަހަރުވެސް މަޑުމަޑުން ބޯ ޖަހާލިއެވެ. ” ސޯ… ލެޓްސް ސެލެބްރޭޓް މިކަން… އަހަރެމެން ހަތަރު ފްރެންޑްސްގެ މެދުގަ… އަޝްރާވެސް ބުނި ހިނގާށޭ އެއްޗެއް ކައްކާލަން މިރޭ ހަތަރު މީހުން އެއްކޮށް… މިރޭ މިންނުމެންގެ ނައިޓް ކުލާސްތައްވެސް ކެންސަލްއެއްނު. މާދަމާ ރޭ ހުވާ ކުރާ ޖަލްސާވީމަ ބިޒީ ވާނެއެއްނު… އަނެެއް ދުހުން ތުއްތު އާ އާން އާ ޖެހޭނެ ދާން… އެހެންވީމަ މިރެއެއްނު ވާނީ… ” ނާއިލްގެ ވާހަކަ އާ އެއްބަސްވެ އިއާންމެންގެ ގެއަށް މިރޭ ދިއުމަށް މިންހާ އެއްބަސްވިއެވެ. ވާހަކަ ދައްކަން އިނުމަށްފަހު ނާއިލް ގެއަށް ދިޔައީ މިންހާގެ އާއިލާއާއެކު ހަވީރުގެ ސައިވެސް ބޮއެގެންނެވެ.

އިޝާ ނަމާދުކޮށްގެން އައިސް އިއާން އޭނަގެ ކޮޓަރީގައި މަޑުކޮށްލައިގެން އިނީ ލެޕްޓޮޕުން ކޮންމެވެސް ފިލްމެއް ބަލާށެވެ. ކޮޓަރީގެ ދޮރު ހުރީ ކޮންމެވެސް ވަރަކަށް ހުޅުވާފައިކަމުން ނާއިލް އާއި އަޝްރާގެ އިތުރުން މިންހާ އައިސް އިއާންގެ ކޮޓަރިއަށް ވަނެވެ. ” އާން… ފިލްމް ބެލުން ނިމުނީ އިނގޭ… މިހާރު ފްރެންޑްސްއާއެކު ޓައިމް ސްޕެންޑް ކުރާ ވަގުތު މީ… ” ނާއިލްގެ އަޑަށް އިއާން ހިނިތުންވެލަމުން ލެޕްޓޮޕް ނިއްވާލިއެވެ. ތިން މީހުންނަށްވެސް ހިނިތުންވުމެެއް ރައްދުކުރަމުން އިއާން އިށީނުމަށް ބުނުމާއެކު ސޯފާގައި ތިން މީހުންވެސް އިށީނެވެ. ” ހޫމް… ދެން ކޯންޗެއްތަ މިރޭ ކައްކާނީ… ނޫޑުލްސްއެއް ނޫން އިނގޭ… އެއްކަލަ ކުރިން ކެއްކި ރޭވެސް ނޫޑުލްސް ކެއްކީ… އެހެންވީމަ… ” ސޯފާގައި އިށީންދެ ހަމަޖެހިލަމުން އަޝްރާ ވާހަކަ ދެއްކިއެވެ. ” ޕާސްތާ ތައްޔާރުކުރަމާ މިރޭ… މިންނު ކައްކަން ޖެހޭނީ މިރޭ… މިންނު ތައްޔާރު ކުރާ ޕާސްތާ ވަރަށް ވަރަށް މީރުވާނެ… ” އަޝްރާގެ ވާހަކަ ނިމުމާއެކު ނާއިލް ވަރަށް ފޯރީގައި އެހެން ބުނެލިއެވެ. އެއާއެކު އެންމެނަށްވެސް ހެވުނެވެ. ”އޯކޭ.. މަށާ އަޝްރާ އާ ދާނީ މިފަހަރު ފިހާރައަށް… އާން އާ މިންނު އާ ތިބޭނީ ގޭގަ… އޯކޭ… ” ނާއިލްގެ އެވާހަކައަށް އެންމެންވެސް ބޯ ޖަހާލިއެވެ. އަދި ލަސްކުރުމެއްނެތި އަޝްރާ އާއި ނާއިލް އިއާންގެ ކޮޓަރިން ނިކުމެ ފިހާރައަށް ދިއުމަށް ހިނގައިގަތެވެ.

” އާން… ކޮންގްރެޓްސް އިނގޭ… އައިމް ރިއަލީ ޕްރައުޑް އޮފް ޔޫ… އެން އައިމް ސޯ ހެޕީ ފޯ ޔޫ… ” އަޝްރާމެން ދިޔަ ދިމާލަށް ބަލަހައްޓާއިގެން އިން މިންހާ އެނބުރި އިއާންއަށް ކުރިމަތިލަމުން ފުޅާ ހިނިތުންވުމަކާއެކު ބުނެލިއެވެ. ” ތޭންކްސް… ” އިއާންވެސް ހިނިތުންވެލަމުން ބުނެލިއެވެ. ” އޯކޭތަ ބެލްކަންޏަށް ނިކުމެލިޔަސް…” އެހެން އިނދެ ބެލްކަންޏަށް އިޝާރާތްކުރަމުން މިންހާ އެހެން ބުނުމާއެކު އިއާން ބޯ ޖަހާލިއެވެ. މިންހާ ހިނިތުންވުމަކާއެކު ގޮސް ބެލްކަންޏަށް ނިކުމެ ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލައިގެން ހުރެ އެކި ކޮޅު ކޮޅަށް ނަޒަރު ހުއްޓާލިއެވެ. ” ވަރަށް ހިތްފަސޭހަ އިހުސާސެއް ދޯ ބެލްކަންޏަށް ނިކުމެލީމަ ކުރެވެނީ… ” ސޯޓުގެ ދެޖީބަށް އަތް ޖަހާލަމުން އޭނަގެ ފިރިހެންވަންތަ ހިނގުމުގައި އައިސް މިންހާގެ ގާތުގައި ހުއްޓެމުން އިއާން ބުނެލިއެވެ. އޭރު އޭނަގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ވީއިރު އިއާންގެ ނަޒަރު ސީދާވެފައިވީ ތަރިތަކުން ޖަރީވެފައިވި އުޑު މައްޗަށެވެ. މިންހާ އެއްޗެކޭ ނުބުނުމުން އިއާން މިންހާއަށް ނަޒަރު ހުއްޓާލިއެވެ. ފެނުނު މަންޒަރުން އިއާންގެ ހިތުގައި ރިއްސާލިއެވެ. އިއާން ބަލައިލިއިރު ތާޒާ ކަރުނައިން މިންހާގެ ދޮން ކޯތާފަތް ތެތްމަމުން ދަނީއެވެ. ” މިންހާ… ” އިއާންއަށް މަޑުމަޑުން ބުނެލެވުނެވެ. ހާސްވެފައި އިއާން މިންހާގެ ނަޒަރު ސީދާވެފައިވި ދިމާލަށް ބަލައިލިއެވެ. އެއާއެކު އަލޫފް އޭނަގެ ބައިސްކަލުގައި ޝަމްހާއާއެކު ދުއްވަމުން ދިޔަ މަންޒަރު ފެނުނެވެ. ” މިންނު… ޑޯންޓް ކްރައި ޕްލީޒް… ކިހާ ދުވަހެއް ވަންދެން ތިހެން ކަރުނަ އަޅާ ރޯނަންތަ… އެވެސް ބޭވަފާތެރިއަކަށްޓަކައި… ކީއްވެ މިންނު… ކޮން ބޭނުމަކު… އަލޫފްގެ ހިލަ ހިތަށް އަސަރުކުރާނެތަ މިންނު ރޯތަން ފެނުނިއްޔާާ… މިންނު ވިސްނާލަބަލަ… މިންނު ކަހަލަ މަޑުމައިތިރި އަޚްލާޤް ރަނގަޅު އަލޫފްދެކެ ތެދުވެރިކަމާއެކު ލޯބިވާ އިތުބާރުކުރާ ކުއްޖެއް އޭނަގެ ހަޔާތަށް ލިބުނީމަވެސް އަލޫފްއަކަށް ނުކެރުން މިންނުގެ ލޮއެބަށް ގަދަރުކުރާކަށް… އަލޫފް މިންނުގެ އިތުބާރު ގެއްލުވާލީ… އަލޫފް މިންހާދެކެ ހަގީގީ ލޯބިވާނަމަކަ މިއަދު އެހެން ކަންތަކެއް ނުކުރީސް… ގަސްތުގައި މިންހާގެ ހިތުގަ ޖައްސަން އެހެން ނޫޅުނީސް… ޓްރައި ޓު އަންޑަސްޓޭންޑް މިންނު… ޕްލީޒް… ޑޯންޓް ވޭސްޓް ދަ ޕްރީޝިއަސް ޓިއާސް ފޯ އަ ޕާސަން ހޫ ޑަޒަންޓް ވޯތް އިޓް… ތިހެން ކަރުނައަޅާ ރުއިމަވެސް ގެއްލުންވާނީ މިންނުއަށޭ… މިންނު ހަލާކުވެގެން ތިދަނީ މިކަމުގެ ތެރޭގަ… މިންނު އެންމެ ފަހަރަކުވެސް ހަނދާންކޮށްލިންތަ މިންނު އާ މެދު އެތައް ބަޔަކު ފޮނި ހުވަފެންތަކެއް ދެކޭކަން… ފޮނި އުއްމީދުތަކެއް ހާސިލްކުރާނެކަމުގެ އިންތިޒާރުގައި ލޯބިވާ އާއިލާ އާ ޓީޗަރުންނާ އަދި މުޅި ސުކޫލުވެސް ރައްޓެހިވެންވެސް އެބަތިބިކަން… އެއެންމެންގެ ހުވަފެންތައް ފުރިހަމަނުކޮށްދޭނަންތަ… އެމީހުންގެ އުއްމީދުތައް ފުނޑުފުނޑުކޮށްލާނީތަ… ކުޑައިރުއްސުރެ ދެކެމުން އަންނަ ހުވަފެންތައް ކާމިޔާބުކުރާކަށް މަސައްކަތެއް ނުކުރާނަންތަ… މިންނުގެ އިހުސާސްތަކަށް ބެލުމެއްނެތި ހިތަށް އަނިޔާދޭން މަސައްކަތްކުރާ މީހަކަށްޓަކައި ކަރުނަ އަޅާ ރޯން ހުންނާނީތަ… ވޭކް އަޕް މިންނު… ކިޔެވުމަށް ހުރިހާ ސަމާލުކަމެއް ދީބަލަ ޕްލީޒް… މީ މިންނުއަށްް އެންމެ މުހިއްމު އެއްއަހަރު… އެތައް ބައެއްގެ ފޮނި އުއްމީދުތައް ގުޅިފައިވި އަހަރެއް… އަލޫފްމެންގެ އެއްވެސް ކަމަކަށް ސަމާލުކަން ނުދީބަލަ… ބީ ސްޓްރޯންގް… ޔޫ ހޭވް ޓު ބީ ބްރޭވް… އަލޫފް ނޫނަސް މިންނުދެކެ ލޯބިވާ އެތައް ބައެއްވޭ… އާއިލާ އާ ރައްޓެހިންނާއި ޓީޗަރުން މިންނުދެކެ ހާދަ ލޯބިވެއޭ… އެމީހުނަށްޓަކައި ނަމަވެސް ޔޫ ހޭވް ޓު ބީ ސްޓްރޯންގް… މިންނުއަކީ ކިހާ ހިތްވަރުގަދަ ކުއްޖެއްކަން އީލާފްމެނަށް ސާބިތުކޮށްދީބަލަ… އެމީހުންގެ އެއްވެސް އަމަލަކުން ތިހިތަށް އަސަރު ނުކުރާކަން ސާބިތުކޮށްދީބަލަ… އައި ނޯ ހައު ޔޫ ފީލް… ތިހިތަށް ކުރާނެ އަސަރު އަހަންނަށްވެސް އިނގޭ… ޔޫ ހޭވް ޓު ޓްރައި… ޕްލީޒް ބީ ބްރޭވް… ޔޫ ކޭން ޑޫ އިޓް މިންނު… ޔޫ ކޭން… ” ވީގޮތް އިނގުމާއެކު އިއާން މިންހާއަށް ނަސޭހަތްދިނުމުގެ ގޮތުން ބުނެލިއެވެ. މިންހާ ކަރުނަ އަޅާ މަންޒަރު ބަލާކަށް އިއާންއަކަށް ކެތެއްނުވެއެވެ. އިއާން މިވަގުތުވެސް އޭނަގެ އަތުގެ ހިމާޔަތަށް މިންހާ ގެންނަން ނުހަނު ބޭނުމެވެ. އެހެނަސް އެހެން ކަންތައް ކުރެވޭކަށް ނެތެވެ.

” އަހަރެންވެސް ބޭނުމޭ އެންމެންގެ އުއްމީދުތައް ފުރިހަމަކޮށްދެން… އާއިލާ އާ ސްކޫލުން ފަޚުރުވެރިވާނެފަދަ ނަތީޖާއެއް ހޯދަން ބޭނުމޭ… އަލޫފްއަށްޓަކައި މިދެލޮލުން ކަރުނަ އޮހޮރާކަށް ބޭނުމެއް ނޫން އަހަރެންނެެއް… އެކަމަކު ކިހިނެއްތަ އަހަރެން ހަދާނީ އަދިވެސް މިހިތުގަ ވަނީ އަލޫފްގެ ނަމޭ… އިންތިހާއަށް ލޯބިވަން އަދިވެސް… މި އިހުސާސްތަކެއް ނުހިފެހެއްޓެއޭ… ކަރުނަތައް އިޚުތިޔާރަކާނުލާ މި ދެލޮލަށް ޖަމާވޭ އެފަދަ މަންޒަރުތައް ފެނުމުން… ދުލުން ބުނެލަން ވަރަށް ފަސޭހަވާނެ އާން… އެކަމަކުން ލިބޭ ވޭނާއި ހިތާމަ އިނގޭނީ އެކަން އިހުސާސްކުރާ މީހަކަށް… އާން ދުވަހަކު ކުއްޖަކުދެކެ ލޯބި ނުވާއިރު އާންއަށް އަހަރެންގެ ހިތުގަ އަޅާ ވޭން އިނގޭނީ ކިހިނެއް… އާން އަކަށް ނޭނގޭނެ… އެކައްޗެއްވެސް ނޭނގޭނެ… އާންއަކަށް ނޭނގޭނެ ލޯބިވާ ބައިވެރިޔާ އެހެން ފަރާތަކާއެކު ތިމާގެ ލޯ ކުރިމަތީގައިވުމުން ހިތަށް ލިބޭ ތަދާއި ވޭނެއް… ” ހިތަށް ކުރުވި ފުން އަސަރާއެކު އެޖަޒުބާތުތައް ރުޅިއަށް ބަދަލުވެ އަޑު ހަރުކޮށް މިންހާއަށް ބުނެވުނެވެ. ” އިނގޭ… ލޯބިވާ ބައިވެރިޔާ އެހެން ފަރާތަކާއެކު ވާތަން ފެނުމުން ހިތަށް ކުރާ އަސަރު ވަރަށް ރަނގަޅަށް އިނގޭ… އެކަން އަހަންނަށް ވުރެ ރަނގަޅަށް އިނގޭ އިންސާނެއް ނުހުންނާނެ… ލޯބިވޭ އަހަރެން މިންހާދެކެ… ވަރަށް ވަރަށް ލޯބިވޭ… އަލޫފްއާއެކު މިންހާ ފެނުމުން އަހަރެންގެ ހިތަށްވެސް އަސަރުކުރޭ… ލޮލަށް ކަރުނަ ޖަމާވޭ… ހިތަށް އަސަރުކުރޭ… އައި ލަވް ޔޫ… އައި ރިއަލީ ލަވް ޔޫ… ” މިންހާގެ ވާހަކަތަކުން ހިތަށް ކުރުވި އަސަރަކުން ލޮލަށް ޖަމާވި ކަރުނަތަކާއެކު އިއާންއަށްވެސް ތަންކޮޅެއް ބާރަށް ބުނެލެވުނެވެ. ”ވަޓް… އާން… އާން ލޯބިވަނީ… އަހަ… އަހަރެންދެކެއޭ… ” ގަބޫލުކުރަން ދަތިވެފައިވި މީހަކު ފަދައިން އިއާންގެ މޫނަށް ބަލަހައްޓާއިގެން ހުރެ މިންހާއަށް މަޑުމަޑުން ބުނެލެވުނެވެ. އިއާންއަށް އޭނައަށް ބުނެވުނު އެއްޗެއް އިނގުނީ އަދި ކިރިޔާއެވެ. ހިތަށްވެރިވި އިހުސާސްތަކާއެކު އިތުރަށް ކެތްކުރާނެ ހިތްވަރު ނުލިބި ހިތުގެ ހާލަތު ދުލުން ބަޔާންކުރެވުނީއެވެ. އިވުނު ވާހަކަތަކެއްގެ ސަބަބުން މިންހާގެ ސިކުނޑި އެވަގުތަށް މަސައްކަތްކުރުން ހުއްޓާލިފަދައެވެ. ޖެހި ބުދެއްހެން ބޮޑުވެފައި ދެލޮލުން އިއާންއަށް ބަލަހައްޓާއިގެން ހުރި ފިޔަވަޅު މަތީގައި މިންހާއަށް ހުރެވުނެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ލޯބި2

Next

މަރަށް ފިލަން ގޯތިގެދޮރުން ނިކުމެގެންދިޔަ ބައެއްގެ ވާހަކަ!

Next
January 30, 2019

މަރަށް ފިލަން ގޯތިގެދޮރުން ނިކުމެގެންދިޔަ ބައެއްގެ ވާހަކަ!

Previews
January 30, 2019

ލޯބި2

36 Comments!

  1. ifoo says:
    January 30, 2019 at 6:03 pm

    Salaam dear readers ❤️❤️❤️???… Mi part genesdhinun lasvikamahtaa enme furathama vx hurihaa kiyuntheringe kibain ifoo maafah edhen ???… These days I’m super busy ???… Hope all will understand n all will forgive me ❤️❤️❤️??????… Hope all will like this part too ???… What do you guys think will happen??? Hhehe… Feel free to comment your views ???… Kury part ge comment thakah reply kuraanan In Sha Allah mirey ???… Next part In Sha Allah Saturday night ga ???… Hope all will wait ???… Thankyou soooooo much dear readers n love you all ❤️❤️❤️?????????…

  2. Cute Lips says:
    January 30, 2019 at 6:24 pm

    alheyyyyyyyyyyy hama rovihjje.. dhn minnu avahah AAn ai rahtehi vebala .. bodaa nudhahkaa.. he is the best match for u..

    1. ifoo says:
      January 30, 2019 at 8:58 pm

      Cute Lips ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???… Hhehe… Rovihjihyaa ifoo beynun vi varah emotions genesdhevuny ingey ???… Let’s see what happens ???… Much more loves from me ❤️❤️❤️?????????…

  3. Semaaan says:
    January 30, 2019 at 6:31 pm

    Varah reethi masha Allah

    1. ifoo says:
      January 30, 2019 at 9:03 pm

      Semaaan ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???… Much loves from me ???❤️❤️❤️??????…

  4. nivuu says:
    January 30, 2019 at 6:35 pm

    this time I am the frist dhww sis .. heheheh.. I was waithing this part…. anyways mi parts ves vara vara vara vara vara vara vara reethi sis … and I am waiting next part also… keep it sis …. love u….

    1. ifoo says:
      January 30, 2019 at 9:11 pm

      Nivvu ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????.. V v v ufaavehje ???… It means a lot for me ???… Yesss dear ur third this time ???… Try again next time first libeythr ???… Hhehe… Rovihjihyaa ifoo beynun vi varah emotions genesdhevuny ingey ???… Much more loves from me ❤️❤️❤️?????????…

  5. nivuu says:
    January 30, 2019 at 6:36 pm

    sorry 3 dhwww

  6. nivuu says:
    January 30, 2019 at 6:38 pm

    me also

  7. nivuu says:
    January 30, 2019 at 6:40 pm

    rovihjj mifaharu

  8. SCARLET says:
    January 30, 2019 at 6:45 pm

    Yah…. Cute Lips ebuny thedheh… minnu ah kuda happiness kolhehvx dheebala… she is crying abadhuvx… mifaharu thi shamhaa n Aloof ah varugadha landeh dheythi… n Ashraa n Naail vx varah gulhey ingey…

    1. ifoo says:
      January 30, 2019 at 9:19 pm

      SCARLET ❤️❤️❤️… Thankyou ❤️❤️❤️?????????… Let’s see what happens ???… Much loves from me ❤️❤️❤️?????????…

  9. @Ikleel says:
    January 30, 2019 at 6:58 pm

    Yes…❤❤????…Its finally here again….❤❤????….Its okay ifoo dear….Baeh faharu ehn vex vaane…❤❤????….Hithuge adin ifoo ah maafu koh fin….❤❤????…Happy…??…Letx talk aboout story dhw….I am addicted to this dear…❤❤????…This part also awesome…❤❤????….Vrh vrh furihama sifa kurun thah genesdhey goiy…❤❤????…Yess…Finally aan expressed his love for minnu…❤❤????…I am waiting so long to happen this…❤❤????….Minnu alhe dhen aan ge loabi accept kuraane dhuvaheh dhen emme dheken beynumy…❤❤????….Hope that she will accept it and start a new and happy life….❤❤????…I think minnu will discuss it with ash and ash will advice her to accept aan….❤❤????….Alhe minnu ge studies ah dhera gotheh nahadhaathi ingey….??????…Eyrun e aloof menn vrh ufaavaane….Minnu vaane aloof mennah vure kuryga ulhen hurihaa gothakun vex ingey…❤❤????Prove them wrong and minnu should be strong and brave….❤❤????….Thi aloof mennah minnu ge gadha kan dhakkaalan ulhebala..???…Minnu should get good result ingey…❤❤????….Make her happy soon….❤❤????….I think this is the begning of it…❤❤????….Anyways keep it up your good work dear ifoo…❤❤????….I Will give my full support to you dear…❤❤????…You are very telented….❤❤????….Waiting for next part…❤❤????…Miss you..❤❤????….Much loves dear…❤❤????….
    THE BEST STORY
    THE BEST WRITTER

    1. ifoo says:
      January 31, 2019 at 6:09 pm

      Wow ❤️❤️❤️???… Such as long, colourful Comment ❤️❤️❤️???… Thankyou soooooo much for the support n love ???❤️❤️❤️??????… It really means a lot for me ???… V v v ufaavehje comment kiyaalaafa ???… Let’s see what happens ???… Once again thankyou so much n much more loves from me ❤️❤️❤️?????????…

  10. mifu says:
    January 30, 2019 at 9:37 pm

    Vara reethi mi part ves ❤❤❤ waiting for next part

    1. ifoo says:
      January 31, 2019 at 6:38 pm

      Mifu ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… Ifoo v v v ufaavehje ???… Much more loves from me ❤️❤️❤️?????????…

  11. ❤️❤️ says:
    January 30, 2019 at 9:40 pm

    Wow…it amazing…soooo nice….minhaa plx say yes to aan…he loves you so much…San kahala perfect person eh minhaa ahkah nulibeyne… he’s perfect person…next part ahvahah up khdhyba…vrh vrh kiyaa hiyyveyba next part..knmea scene eh vex hyvany Loa kurimathy vaakameh hen…ehha vex furihama … well-done ifoo dear… super

    1. ifoo says:
      February 3, 2019 at 8:49 am

      Awwwwnn ❤️❤️❤️???… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ifoo ???… Now next part kiyaaleveyne ???… Much loves from me ❤️❤️❤️?????????…

  12. Livy says:
    January 30, 2019 at 10:36 pm

    Awwwwn aan emme fahun bunevuny dhw minnu kairy loabivaa vaahaka ??? so interested to know whats gonna happen next ????❤❤?? Masha allah varah reethi story from the start hama ❤❤???? Mihaaru hama wait kureveny abadhu mi story up vaane irakah ?????? Can’t wait to read the next part ?? Lots of love ifoo dear ??????????

    1. ifoo says:
      February 3, 2019 at 9:16 am

      Livy ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… Ifoo v v v ufaavehje Livy ge comment eh fenunyma ???… Hehhe… Yahh… Finally aaan ah bunevuny ???… Let’s see what happens… Now next part kiyaaleveyne ???… Much more loves from me ❤️❤️❤️?????????…

  13. Ekkala soru.. says:
    January 30, 2019 at 11:11 pm

    Moya golaeh mi aloof aky…minnu vy thedhuveri loaibah gadharu kuraakah neygun e bakahttah…ekahala ahulaagu rangalhu dheenveri kudhin anehkkaa varah naseebu gadha meehakah libeynyves mi zamaanuga…..mashah minnu libunnama ..???
    Vaahaka heskiyaa salhi…varah hunaru ebahuri…

    1. ifoo says:
      February 3, 2019 at 9:25 am

      Hehheh ???… Minnu gaathu bunelan v dhw ithuru boy ehvx ebehuhtey minnu libeythr minnu ge inthizaaruga ???… Hhehe… Thankyou soooooo much ❤️❤️❤️?????????…

  14. Naum says:
    January 30, 2019 at 11:15 pm

    Its ok ifoo..story kudakoh lasviyas.. e ee kameh nooney, at least story ge part eh kiyaalan libihjje ehnnu.. and its more than enough..??.
    Alhey aan finally confessed his love for minnu..??❤❤.. yaayyy… i have been waiting for this for a long time..??.. i just hope that minnu accept aan and hope aan will give her so much love that she doent care abt what shamhaa and aloof doing and forget abt that aloof completely… im very very curious to read next part…
    Much love..???????

    1. ifoo says:
      February 3, 2019 at 10:34 am

      Naum ❤️❤️❤️… Thankyou soooooo much for the support n love ❤️❤️❤️?????????… V v v ufaavey ehaa supportive reader eh libunyma ???… Let’s see what happens ???… Once again thankyou so much n much more loves from me ❤️❤️❤️?????????…

  15. unique says:
    January 30, 2019 at 11:50 pm

    alhey haadha varakah curious kohlaafa nimmaaly ifoo
    alhey am waiting curiously
    miss yh n love u loads

    1. ifoo says:
      February 3, 2019 at 5:16 pm

      Unique ❤️❤️❤️… Hehe… Yahh ???.. Thanks a lot dear ❤️❤️❤️?????????… V v v ufaavehje ???… Now next part kiyaaleveyne ???… Much more loves from me n miss you too dear ❤️❤️❤️?????????…

  16. Naju says:
    January 31, 2019 at 8:58 am

    Yes!!! finally aan expressed his love for minnu… n I hope minnu will accept it n to start a new n happy life ?????????… n this part also awesome ingey hama ??????❤❤❤… v v v furihama n sifakurun thah vx hama buneyveyny obinexx to the maxxx ey ?????????… your are very talented n I really appreciate your hard work dear n It’s ok lasviyas… lahun viyas up kohdhinyma v v v happy vehje ?????????… curiously waiting for the next ?????????… much n more loves from naju ????????????❤❤❤??????????????????

    1. ifoo says:
      February 3, 2019 at 5:18 pm

      Naju ❤️❤️❤️… Thankyou soooooo much ?????????❤️❤️❤️… V v v ufaavehje ???… Let’s see what happens ???… Much more loves from me ??????❤️❤️❤️???…

  17. Scarlet says:
    January 31, 2019 at 12:53 pm

    Awwnn ?? I wonder how minha will react !! Again have to say you write so beautifully ifoo ❤️❤️ Pls avahah up kurahchey next part ????❤️❤️❤️❤️

    1. ifoo says:
      February 3, 2019 at 5:19 pm

      Scarlet ❤️❤️❤️… Awwwwnn ???❤️❤️❤️… Thankyou soooooo much ?????????❤️❤️❤️… V v v ufaavehje ???… Let’s see what happens ???… Much more loves from me ??????❤️❤️❤️???…

  18. Xuam says:
    February 1, 2019 at 12:22 am

    Wow

    1. ifoo says:
      February 3, 2019 at 5:20 pm

      Xuam ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????…

  19. Anth ishu says:
    February 1, 2019 at 9:56 am

    Oh wow amzing

    1. ifoo says:
      February 3, 2019 at 5:20 pm

      Anth ishu ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????…

  20. Mailyn says:
    February 2, 2019 at 3:26 pm

    Wow……???
    Eagerly waitin 4 next part…
    ❤❤????????

    1. ifoo says:
      February 3, 2019 at 5:21 pm

      Mailyn ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???… Now next part kiyaaleveyne ???…

Comments are closed.

Next Episodeވިންދޭ ލޯބި ތީ އެދޭ 24←


All Right Reserved!