Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވިންދޭ ލޯބި ތީ އެދޭ 22

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
January 26, 2019 7 Mins Read
38 Comments

އިތުރު ގަޑީގައިވެސް މިންހާއަށް އޭނަގެ ފުރިހަމަ ސަމާލުކަން ކިޔެވުމަށް ދެވޭ ގޮތެއް ނުވިއެވެ. އަލޫފް އާއި ޝަމްހާ އާއި ދެމެދު ބަދަލުކުރެވެމުން ދިޔަ ހިނިތުންވުންތަކާއި އެކަކު އަނެކަކާއި ބަދަލުކުރެވެމުންދިޔަ ނަޒަރުތަކުން މިންހާގެ ހިތުގައި އަޅަމުންދިޔަ ވޭން ދިޔައީ ހިނދެއް ހިނދަކަށް އިތުރުވަމުންނެވެ. މޭގެ ތެރޭގައި ތޫނު ތަދެއް އުފެދިފަިވާއިރު ބޮލުގައިވެސް ދިޔައީ އެވަރަށް ރިއްސަމުންނެވެ. އިރުއިރުކޮޅުން ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ހިނދަން މިންހާ ދިޔައީ އޭނައަށް ކުރެވުނު ވަރަކަށް މަސައްކަތްކުރަމުންނެވެ. މިންހާގެ އެ ހާލަތު ފެނި އަޝްރާގެ ހިތުގައި ކަންބޮޑުވުން އުފެދިފައިވީއިރު އެކުވެރިޔާގެ އެހާލަތަށްޓަކައި އޭނާ ހިތާމަކުރިއެވެ. މިންހާގެ ހާލަތު ފެނުމުން އީލާފް އާއި ޝަމްހާގެ ހިތަށް ހަމަޖެހުމެެއް ލިބިގެން ދިޔައިރު އެދެމީހުންގެ ތުންފަތުގައިވީ ފުޅާ ހިނިތުންވުމެކެވެ. އަލޫފްގެ ހިތަށް މިންހާ އެހާލުގައި ވާތަން ދެކެން އުނދަގޫވަމުން ދިޔަނަމަވެސް އޭނަގެ ހިތުގެ އެދުމަށް ފަސްދިނެވެ. ޝަމްހާގެ ވާހަކަަތައް އޭނަގެ ސިކުނޑީގައި އެނބުރެމުން ދިޔައިރު އަލޫފް އެވާހަކަތައް ވަރަށް ފުރިހަމައަށް ގަބޫލުކުރިއެވެ. އޭނަގެ އިހުސާސްތަކަށް މިންހާ ނުބެލިއިރު އޭނަ ވަކި މިންހާގެ އިހުސާސްތަކަށް ބަލަންވޭ ހެއްޔެވެ؟ ހިތާ ހިތުން އޭނަގެ އިހުސާސްތަކަށް ގަދަރުނުކުރި ކަމުގެ ބަދަލު ފުރިހަމަ ގޮތުގައި މިންހާގެ ފަރާތުން ހިފުމަށް އަލޫފް އަމިއްލަ ނަފްސަށް ވަޢުދުވިއެވެ. ހިތުގައި މިންހާއަށްޓަކައި އުފެދިފައިވި ލޯބީގެ މައްޗަށް ސިކުނޑީގައި ދައުރުވަމުންދިޔަ ޙިޔާލުތަކުގެ ސަބަބުން އަލޫފް ނަފްރަތު އިސްކުރިއެވެ.

ވަރަށް ހާލުން މިންހާ ގަޑި ނިމެންދެން ކެތްކުރިއެވެ. ގަޑި ނިންމުމާއެކު އިތުރަށް އެތަނުގައި ކެތްކުރަން އުނދަގޫވާނެތީ އަޝްރާ އާއެކު އަވަސް އަވަހަށް ފޮތްތައް ހިފައިގެން ކުލާހުން ނިކުމެ ގެއަށް ދިއުމަށް މިސްރާބުޖެހިއެވެ. ގެއަށް ދިޔަ މަގުމަތީގައިވެސް އަޝްރާ މިންހާއަށް ނަސޭހަތްތެރިވިއެވެ. އަޝްރާ މިންހާ އާ ވަކިވީ ގެއަށް ގޮސް ހަމަޖެހިލައިގެން ތައްޔާރުވެގެން މިންހާގެ ގާތަށް ދާނެކަމުގައި ބުނެފައެވެ. އޭނަގެ އެންމެ ގާތް އެކުވެރިޔާއަށް މިވަގުތު އޭނަގެ އެހީތެރިކަން ބޭނުންވާނެކަން އަޝްރާއަށް އިނގެއެވެ.

ގެއަށް ގޮސް އަޝްރާ ފެންވަރާ ތާޒާވެލިއެވެ. އެއަށްފަހު މަންމަ އާއި ބައްޕައާއެކު މެންދުރުގެ ކެއުމަށް އިންސާފުކުރިއެވެ. ކައިގެން ކޮޓަރިއަށް ގޮސް އަޝްރާާ އަވަސްވެގަތީ ފިލާވަޅުތައް ހެދުމަށެވެ. ފިލާވަޅުތައް ހަދާ ނިންމާލުމަށްފަހު އޭނަގެ މަންމަގެ ފޯނުން އިއާންއަށް ގުޅާލިއެވެ. މާގިނައިރެއްނުވެ އިއާން ފޯނަށް ޖަވާބުދިނެވެ. ”ހެލޯ މައި ލިޓުލް ސިސް… ކިހިނެއްތަ އަޝޫ… ކިޔެވުން ކިހިނެއް ކުރިއަށް ދަނީ… ” އަޝްރާ ހެލޯ އޭ ބުނުމާއެކު ވަރަށް ފޯރީގައި އިއާން ވާހަކަ ދައްކަން ފެށިއެވެ. ” ދޮންބެ… އައިމް ފައިން ބަޓް މިންނު… ” މާޔޫސީ ރާގެއްގައި އަޝްރާ އެހެން ބުނުމާއެކު އިއާންގެ ހިތް ނޭނގޭ ބާރު މިނެއްގައި ތެޅިލިއެވެ. ” މިންނު… ކިހިނެއްވީ މިންނުއަށް… މިންނު ބަލީތަ… އަޝޫ ބުނެބަލަ… ” އަވަސްވެގެންދިޔަ ހިތާއެކު އިއާންއަށް އަހާލެވުނެވެ. ” ދޮންބެ… ރިލޭކްސް… ތިއަށްވުރެވެސް ބޮޑު ކަމެއް… ” މަޑުމައިތިރިކަމާއެކު އަޝްރާ އެހެން ބުނުމާއެކު އިއާންގެ ހިތް ކުރިއަށްވުރެވެސް ނުތަނަވަސްވިއެވެ. ” އަޝޫ… ވަޓް ހެޕެންޑް ޓު ހާ… އިތުރު ވާހަކަ ނުދައްކާ އަވަހަށް ބުނެބަލަ… ” މިންހާއަށް ވީގޮތެއް އޮޅުންފިލުވަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން އިއާންއަށް މިފަހަރު ވާހަކަ ދެއްކުނީ ތަންކޮޅެއް ބާރަށެވެ. އެއާއެކު އަޝްރާ މިއަދު ކަންތައް ހިނގާދިޔަ ގޮތް އަކުރުން އަކުރަށް އިއާންއަށް ކިޔައިދިނެވެ. އަޝްރާގެ ވާހަކަތައް އަޑުއަހަން ހުރި އިއާންގެ ދެބުމަ ގޮށްޖެހިފައިވީއިރު އޭނަގެ މޫނު މަތިން އިންތިހާއަށް ރުޅިވެރިކަން ފެންނަމުން ދިޔައެވެ. އަލޫފް އާއި އީލާފްގެ އިތުރުން ޝަމްހާއަށްޓަކައި އިއާާންގެ ހިތުގައި ނަފްރަތުގެ ހުޅު ރޯވެ އަދަމުން ދިޔައެވެ. އަނެއްކޮޅުން މިންހާ ވާނޭ ދެރަ ހިތަށް އަރާ އޭނަގެ ހިތުގައި ރިއްސާލިއެވެ. އިންތިހާއަށް ލޯބިވާ ފަރާތް އެހެން މީހަކާއެކު ވާތަން ފެނުމުން ހިތަށް ކުރާ އަސަރު އޭނައަށް ވުރެ ރަނގަޅަށް އިނގޭނީ ފަހެ ކާކަށް ހެއްޔެވެ؟ އޭނާ ދަނީ އެވޭން ތަހައްމަލު ކުރަމުންނެވެ. ” އަޝޫ… ދޮންބެއަށް އިހުސާސްކުރެވޭ މިންނު ވާނެ ދެރަ… ޝީ ނީޑްސް ޔޫ… އަޝޫގެ ހެލްޕް މިންނުއަށް މިވަގުތު ވަރަށް ބޭނުންވޭ… ސޯ ޕްލީޒް ޑޯންޓް ލީވް ހާ… މިންނުއަށް ވިސްނައިދީ… މިއަހަރު މީ އެންމެ މުހިއްމު އަހަރު… ކިޔެވުމަށް މިކަމުން އެއްވެސް ކުރުވައިގެން ނުވާނެ… އޯކޭ… ” ކުޑަ ވަގުތުކޮޅެއްގެ ހިމޭންކަމަށްފަހު އިއާން ބުނެލިއެވެ. އެއާއެކު އަޝްރާ އޭނައަށް ވީވަރަކުން މިންހާއަށް ވިސްނައިދޭން މަސައްކަތް ކުރާނެކަމަށް ބުނެ އެހިސާބުން ފޯނު ކޯލު ކުރުކޮށްލިއެވެ.

މިންހާވެސް ގެއަށް ގޮސް ތާޒާވެލައިގެން މެންދުރުގެ ކެއުމަށް ތިރިއަށް ފޭބިއެވެ. އޭނާ ގޮސް ކާކޮޓަރިއަށް ވަންއިރު އެންމެން އޭނަގެ އިންތިޒާރުގައި ތިއްބެވެ. މިންހާ އައުމާއެކު އެންމެން ކާން ފެށިއެވެ. ކާހިތް ނެތްނަމަވެސް މަންމަމެންގެ ސުވާލުތައް އަމާޒުވާނެތީ މިންހާ ކުޑަ އެތިކޮޅެއް ނަމަވެސް ކެވޭތޯ މަސައްކަތްކުރިއެވެ. ކަމުން ދިޔައިރު މާހިލްގެ ނަޒަރު އިރުއިރުކޮޅުން މިންހާއަށް ހުއްޓެވެ. ” މިންނު… މިއަދު ކިހިނެއްވެފަ ކުލާހުގަ އިނީ… މިންނުގެ ފުރިހަމަ ސަމާލުކަން ފިލާވަޅަކަށް ނުދެވޭ މިއަދު… ދޮންބެ ގާތު އިތުރު ދެ ޓީޗަރަކުވެސް އެވާހަކަ ބުނި… ކިހިނެެއްވީ މިއަދު ފިލާވަޅަށް ސަމާލުކަން ނުދެވުނީ… ” މާހިލް މަޑުމައިތިރިކަމާއެކު އެހެން ބުނުމާއެކު އެންމެންގެ ނަޒަރު ވަގުތުން މިންހާއަށް ހުއްޓުނެވެ. ” އެއީ… އެއީ މިއަދު… ބޮލުގަ… ބޮލުގަ ރިއްސާތީ ފުލް ކޮންސެންޓްރޭޝަން ނުދެވުނީ… ” އަޅައަޅާއިގަންނަމުން މިންހާ އެހެން ބުނުމާއެކު ނާހިދާގެ މޫނު މަތިން ވަގުތުން ކަންބޮޑުވުމުގެ އަސަރުތައް ފާޅުވާން ފެށިއެވެ. ”ދަރިފުޅު ކީއްވެ ނުބުނީ ކުރިން… ކައިގެން ވާނެ ބޭސްކާން އިނގޭ… ކައިގެން ގޮސް އަރާމުކޮށްލާ… އޭރުން އިންޝާ ﷲ ރަނގަޅުވާނެ… ” ނާހިދާ މިންހާގެ ބޮލުގައި ފިރުމާލަމުން އެހެން ބުނުމާއެކު މިންހާ މަޑުމަޑުން ބޯ ޖަހާލިއެވެ. ކައިގެން ބޭސް ކެއުމަށްފަހު މިންހާ އަވަސް އަވަހަށް ކޮޓަރިއަށް ދިޔައީ ދެން އޭނައަށް ކެތްކުރަން އުނދަގޫވުމުންނެވެ.

ކޮޓަރިއަށް ވެދެވުމާއެކު ދޮރު ޖަހާލަމުން މިންހާއަށް ދޮރުގައި ލެނގިލެވުނެވެ. އިތުރަށް ކޮޅަށް ހުންނާނެހާ ވަރު ހަށިގަނޑުގައި ނެތުމާއެކު މިންހާއަށް މަޑުމަޑުން މުށިތަކު މައްޗަށް ތިރިވެވުނެވެ. އޭރު ހުއްޓުމެއްނެތި ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ހިތުގާ އެތައް ޝަކުވާއެއް ވާއިރު އެހިތުގައި އަޅަމުން ދިޔަ ވޭން ދިޔައީ ހިނދެއް ހިނދަކަށް އިތުރުވަމުންނެވެ. އެންމެންގެ ކުރިމަތީގައި އަބަދު މިގޮތަށް ދެއްކުންތެރި ހިނިތުންވުމެއް ވެރިކުރުވައިގެން އޭނައަށް އުޅެވިދާނެ ހެެއްޔެވެ؟ ކޮންމެ ދުވަހަކު އެމަންޒަރުތައް ފެންނައިރު ކެތްތެރިކަމާއެކު އޭނައަށް ކުރިއަށް ދެވިދާނެ ހެއްޔެވެ؟ ކިޔެވުމަށް ދޭންވާާ ސަމާލުކަން ފުރިހަމަ ގޮތުގައި ދެވިދާނެ ހެެއްޔެވެ؟ އަމިއްލަ އިހުސާސްތަކަށް ބާރު ފޯރުވޭނެ ހެެއްޔެވެ؟ އެމީހުންގެ ކުރިމަތީގައި އިހުސާސްތައް ހިފަހައްޓާލެވިދާނެ ހެއްޔެވެ؟ ހުސްވެސް ޖަވާބު ނޭނގޭ ސުވާލުތަކެވެ. މިފަދަ އެތައް ސުވާލުތަކަކުން މިންހާގެ ބޯ ދިޔައީ ހާސްކުރުވަމުންނެވެ. އަދިވެސް ހީވަނީ އަލޫފް އާއި ޝަމްހާ އުޅެމުން ދިޔަ ގޮތް އޭނަގެ ލޮލުގެ ކުރިމަތީގައި ސިފަވާހެންނެވެ. އެމަންޒަރުތައް ފެންނަ ހިނދު އޭނަގެ ހިތް ފިތޭ ކަހަލަ އިހުސާސެއް ކުރެވެއެވެ. ހިތުގައިވި ޝަކުވާތައް ކަރުނައިގެ ސިފައިގައި ބޭރުކުރުމަށް އެގޮތުގައި މިންހާ އެތައް އިރަކު އިނެވެ.

ނަމާދުކޮށްލައިގެން މިންހާގެ ގާތަށް ދާން އަޝްރާ ތައްޔާރުވަމުން ދިޔައެވެ. ތައްޔާރުވާން ހުރި އަޝްރާ ސިހުނީ ޑްރެސިން ޓޭބަލްގެ މަތީގައި އޮތް ފޯނުގެ ރިންގުގެ އަޑަށެވެ. ސްކްރީނަށް ބަލައިލިއިރު އަރާފައިވި ޝާއިފްގެ ނަމްބަރު ފެނި އަޝްރާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނަގެ ގާތުގައި ފޯނު އޮތްކަން ނަސީބެކޭ ހިތަށް އެރިއެވެ. ” ޝާއިފް… ކީއްވެ ތި ގުޅީ… މަންމަ އަތުގަ ފޯނު އޮތް ނަމައޯ… ނަސީބެއްނު އަހަންނަށް ކޮޓަރިއަށް ފޯނު ގެނެވުނުކަން… މަންމަ ފޯނު ނެގިނަމަ ވާނެގޮތް އެނގޭތަ ޝާއިފް… ” އަވަސްވެފައިވި ހިތާއެކު އަޝްރާއަށް ފޯނު ނަގައި ކަންބޮޑުވެފައިވި ރާގެއްގައި އަވަހަށް ބުނެލެވުނެވެ. ” އަހަރެން ގުޅުމުންތަ އަދިވެސް އަޝްރާއަށް މައްސަލައަކަށްވީ… އަޝްރާ ގުޅާތޯ ހުރެހުރެ ޚަބަރެއް ނުވީނައޭ މި ގުޅީ… އަޝްރާއަކަށް އަހަންނަށް ޓައިމް ދެވޭ އިރެއް ނާދެއެއްނު މިހާރު… އަބަދުވެސް ކޮންމެވެސް އެހެން ކަމެއްގަ… ކޮޓަރިއަށް ފޯނު ގެނެސްފަ ދެން މަށަށް ނުގުޅާ ކާކަށްތަ ގުޅީ… ނާއިލްއަށް ދޯ ގުޅީ… ” ހިތްހަމަނުޖެހިފައި ޝާއިފް ވާހަކަ ދެއްކިއެވެ. ޝާއިފްގެ ވާހަކަތަކުން މިފަހަރު އަޝްރާގެ ލޮލަކަށް ކަރުނަ ޖަމާވެގެނެއް ނުދެއެވެ. ޝާއިފްގެ ފަރާތުން އަބަދުހެން އެކަހަލަ ކަންތައްތައް ފެނިފައޮ ހުރުމުން އަޝްރާ ވަނީ ކޮންމެވެސް ވަރަކަށް އެކަމަށް ހޭނިފައެވެ. މިފަހަރު ޝާއިފް އެފަދައިން ގޮތެއް ގޮތެއް ނުބަލާ ވާހަކަ ދެއްކުމުން އަޝްރާވެސް ހިތްހަމަނުޖެހުނެވެ. ” ޝާއިފް ޕްލީޒް… ކީއްވެތަ އަބަދު ނާއިލް މިދެމެދަށް ތި ގެންނަނީ… އަހަރެން ގުޅީކީ ނާއިލްއަކަށް ނޫނޭ… ދޮންބެއަށް އަހަރެން ގުޅީ… ކުރިންވެސް އަހަރެން ބުނީމެއްނު މިއަހަރު ކުރިން އަހަރަށްވުރެވެސް ބޮޑަށް ކިޔެވުމަށް ސަމާލުކަން ދޭންޖެހެޔޭ… މީ އަހަރެމެން ދެމީހުނަށްވެސް އެންމެ މުހިއްމު އަހަރު… ރަނގަޅު ނަތީޖާއެއް ހޯދުމަށް ގަދައަޅާ މަސައްކަތްކުރަން ޖެހޭނެއެއްނު… އެހެންވެ ގިނަ ވަގުތު ކިޔެވުމުގަ ހޭދަކުރަންޖެހޭނެއެއްނު… ދެން އެހެންނޫނަސް ޝާއިފްއަށްވެސް އެނގެއެއްނު މިހާރު ކަންތައްތައް ވަމުންދާ ގޮތް… އަލޫފްގެ އުޅުން ހުންނަ ގޮތުންވެސް ހިތަށް އަރާ ކީއްބާއޭ ކުރާނީ… އަލޫފް ހަމަ މިންނުއާ ދޭތެރޭ ކުޑަކޮށްވެސް ވިސްނާނުލާ… މިންނުއަށް ކުރާނެ އަސަރަކަށް އަލޫފްގެ އެއްވެސް ފަރުވާލެއްނެތް… މިންނުގެ ހާލަތު އެނގެނީ އަހަންނަށް… އެންމެ ގާތް އެކުވެރިޔާ އެހާލުގާ ވާތަން ދެކޭކަން ފަސޭހައެއްނޫނޭ ޝާއިފް… ޝީ ނީޑް މައި ހެލްޕް… މިހުރިހާ ކަމަކާ ވަރަށް ސްޓްރެސްވެފަ މިދުވަސްކޮޅު ހުންނަންޖެހެނީ… އެހެންވީމަ އެހާ ޓައިމް ނުދެވެނީ… އައިމް ސޮރީ ފޯ ދިސް… ” ކަންބޮޑުވުމާއި ހިތްހަމަނުޖެހުމުގެ އަސަރުވެސް ކޮންމެވެސް ވަރަކަށް އެކުލެވިފައިވި ރާގެއްގައި އަޝްރާއަށް ވާހަކަ ދެެއްކުނެވެ.

” ދެން އަހަރެން ކޮބާ… އަޝްރާގެ ޑެއިލީ ޝެޑިއުލްގަ އަހަރެން ނޫނީ އެންމެން ހިމެނޭ ދޯ… ފެމިލީ އެން ފްރެންޑްސްއަށް ކޮންމެ ދުވަހަކުވެސް ވަގުތު އޮވޭ… ބޯއީފްރެންޑަކަށް އެއްވެސް ޓައިމެއް ނެތް… ކޮންމެ މީހަކުވެސް އުޅޭނީ އެމީހަކު ބޭނުން ގޮތަކަށްނު… އެމީހަކު ބޭނުން މީހަކާއެކު އެެއްނު… އަހަރެމެނަށް އޭގަ ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއެއްނު… އަލޫފް ޝަމްހާއާއެކު އެއުޅެނީ ޝަމްހާ މާ ކަމުދާތީއެއްނު… އެހެންނޫނަސް އަލޫފް ތަކުރާރުކޮށް މިންހާ ގާތުން މަޢާފަށް އެދުނު… މިންހާ މާފުނުކުރީނު… އެހެންވީމަ އަލޫފް މޫވް އޮން ކުރުމަކުން ކޮބާ މައްސަލައެއް… ” ޝާއިފްގެ ވާހަކަތައް ހުރި ގޮތުން ހައިރާންވެފައި އަޝްރާއަށް ހުރެވުނެވެ. އެވާހަކަތަކުން އޭނަ އިތުރަށް ހިތްހަމަނުޖެހޭ ގޮތް ވިއެވެ. ” ޝާއިފް… ކީކޭތަ ތިކިޔަނީ… ޝާއިފް އެއީ އަހަރެމެންގެ އެކުވެރިންނޭ… އެކުވެރިޔާ ނުބައި މަގަކަށް އެޅި ގޯސްކޮށް ކަންތައްތައް ކުރަންޏާ އެކުވެރިޔާ ރަނގަޅު މަގަށް އަޅުވާ ނަސޭހަތްތެެރިވުމަކީ ދެން ތިބި އޭނަގެ ގާތް މީހުން ކުރަންޖެހޭ ކަމެކޭ… އެކުވެރިޔާއަށް ބޮޑު ހިތާމައެއް ލިބޭ ހިނދު އެކަމުން އަރައިގަތުމަށްޓަކައި އެހެން މީހުންގެ އެހީތެރިކަންވެސް ބޭނުންވާނެއެއްނު… އައި އެގްރީ އަލޫފް މަޢާފަށް އެދުނުކަން… އެކަމަކު އަލޫފްވެސް ވިސްނާލަން ރަނގަޅު ދޯ އަލޫފް ކަންތައް ކުރި ގޮތުން މިންނު އަލޫފްއަށް މާފުކޮށްފަ އިތުރު ފުރިސަތެއް އެހާ އަވަހަށް ދޭން އުނދަގޫވާނެކަން… އާފްޓާ ވަޓް ހީ ޑިޑް… އަލޫފްއަކަށް މިންނު ޑިޒާވްއެއް ނުވޭ… މިހާރު އަލޫފް ގަސްތުގަ ހަމަ މިންނު ދެރަކުރަންވެގެން ސުކޫލުގަ އެހެން ކަންތައް ކުރަނީ… އަލޫފް އެހެން އުޅުނީމަ ގެއްލުން ވަނީ ހަމައެކަނި މިންނުއަކަށް ނޫނޭ… އަލޫފްއަށްވެސް އޭގެ ނޭދެވޭ އަސަރުތައް ކުރާނެ… އެހެން އުޅުނީމަ އަލޫފްއަށްވެސް ކިޔަވަން ދޭންވާ ސަމާލުކަން ފުރިހަމަ ގޮތުގައި ނުދެވޭނެ… އެންމެ މުހިއްމު އަހަރު ނަތީޖާ ދަށްވެއްޖިއްޔާ ކިހާ ދެރަ… އަލޫފް ގޯސްކޮށް ކަންތައްކުރާއިރު ޝާއިފް ހެޔޮލަފާ އެކުވެރިއެއްގެ ހައިސިއްޔަތުން ޖެހޭނެއެއްނު އަލޫފްއަށް ރަނގަޅު ގޮތް ވިސްނައިދެން މަސައްކަތްކުރަން… ނަސޭހަތްތެރިވާންވާނެއެއްނު… އަނެއްކޮޅުން މިންނު… މިންނުގެ ހިތަށް ހާދަ އަސަރެއް ކުރެޔޭ އަލޫފް އެހެން ކަންތައް ކުރުމުން… އެހިތާމަތަކާާ ދުރުވެ ކުރިއަށް ދާން މިންނުއަށް އަހަރެންގެ އެހީތެރިކަން ބޭނުންވޭ… މިންނުގެ އެންމެ ގާތް އެކުވެރިޔާއަށް ވެހުރެ އަހަރެން ޖެހޭނެއެއްނު މިންނުއަށް އެހީވާން… ކޮންމެ ދުވަހަކުވެސް ޝާއިފްއަށް ކޮންމެވެސް ވަރަކަށް ވަގުތު ހުސްކުރަމެއްނު… ކުރިންދޭ ވަރަށް ވަގުތު ނުދެވޭކަން ގަބޫލުކުރަން މިހާ ބިޒީކޮށް އުޅެންޖެހޭތީ… ޔޫ ހޭވް ޓު އަންޑަސްޓޭންޑް… އަހަރެންނަށް އަހަރެންގެ ފްރެންޑްސް އެން ފެމިލީ މުހިއްމުވާ ފަދައިން ޝާއިފްވެސް މުހިއްމު… ” އަޝްރާ އޭނަގެ ހިތުގައިވި ހުރިހާ އެއްޗެއް އެއްފަހަރާ ބޭރުކޮށްލިއެވެ. ” އަބަދުވެސް އަޝްރާގެ ފެމެލީ… އަޝްރާގެ ފްރެންޑްސް… އަޝްރާހާ ރަނގަޅު މީހެއް ނޫނޭ އަހަރެން މީކީ ތިހުރިހާ އެންމެންގެ ޕްރޮބްލެމްސްތަކާ ވިސްނާ ސޮލިއުޝަންއެއް ހޯދަން އުޅޭކަށް… ގޮޓް އިޓް…” ރުޅި އައިސްފައި އެހެން ބުނެ އަޝްރާއަށް އިތުރު އެއްޗެކޭ ބުނާނެ ފުރުސަތެއް ނުދީ ޝާއިފް ފޯނު ކަނޑާލިއެވެ. އަޝްރާ ދެފަރާތަށް ބޯ ހޫރާލުމަށްފަހު ފުން ނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު އަނެއްކާވެސް ތައްޔާރުވާން ފެށިއެވެ. ޝާއިފްގެ އެފަދަ އަމަލުތަކަށް އަޝްރާ ވަނީ މިހާރު ވަނީ އާދަވެފައެވެ.

އެތައް އިރަކު ރުއިމުގައި މިންހާ ވަގުތުތައް ހޭދަކުރިއެވެ. އަޞްރު ނަމާދު އަދި ނުކުރާ ހަނދާންވުމާއެކު މިންހާ އިން ތަނުން ތެދުވެ ވުޟޫކޮށް ނަމާދުކުރަން ތައްޔާރުވިއެވެ. އަޞްރު ނަމާދުކޮށްލުމަށްފަހު މިއަދު ހަދަން ދިން ފިލާވަޅުތައް ހެދޭތޯ ސްޓަޑީ ޓޭބަލް ކައިރީ އިށީންދެ އެމަސައްކަތް ފެށިއެވެ. ދޭތެރެދޭތެރެއިން އަލޫފް އާއި ޝަމްހާގެ ހަނދާންތައް އޭނައަށް އުނދަގޫކުރަމުންދިޔަ ނަމަވެސް ފިލާވަޅަށް ސަމާލުކަންދެވޭތޯ ބަލަމުން ކުރިއަށް ދިޔައެވެ. ފިލާވަޅުތައް ހަދާ ނިންމާލުމަށްފަހު ދަބަހަށް ފޮތްތައް އަޅަން ހުއްޓާ ދޮރުގައި މީހަކު ޓަކި ޖަހާލި އަޑުއިވިގެން ދިޔައެވެ. ” މިންނު… މީ އަޝޫ އޭ… ދޮރު ހުޅުވަބަލަ… ” ހަމަ އެސިކުންތުގައި އަޝްރާގެ އަޑުން އެހެން ބުނެލި އަޑު އިވުނެވެ. މިންހާ އެންމެ ފަހު ފޮތް ދަބަހަށް ލައި ޒިބު ދަމާލުމަށްފަހު ދަބަސް ރީތިކޮށް ސްޓަޑީ ޓޭބަލް މަތީގައި ބޭންދުމަށްފަހު ގޮސް ދޮރު ހުޅުވާލިއެވެ. ދޮރު ކުރިމަތީގައި ހުރި އަޝްރާއަށް މާޔޫސީ ހިނިތުންވުމެެއް ހަދިޔާކުރަމުން އެތެރެއަށް ވަނުމަށް މިންހާ ބުނުމާއެކު އަޝްރާ އެތެރެއަށް ވަދެ ދޮރު ލައްޕާ ތަޅުލިއެވެ. އެއަށްފަހު މިންހާގެ އަތުގައި ހިފައިގެން ގޮސް ސޯފާގައި އިށީނެވެ. ”މިންނު… އާރް ޔޫ އޯކޭ… މިހެން އަހާއިރުވެސް އިނގޭ ރަނގަޅު ނޫންކަން… ނާހިދާއްތަ ބުނި ބޮލުގަ ރިއްސާތީ އުޅުނު ވާހަކަ… ކުޑަކޮށްވެސް އޯކޭތަ މިހާރު… ” މަޑުމައިތިރިކަމާއެކު މިންހާގެ އަތުގައި ހިފަހައްޓާއިގެން އިނދެ އަޝްރާ އަހާލިއެވެ. އިސްޖަހާލައިގެން އިނދެ ބޮލުގެ އިޝާރާތުން މިންހާ ނޫނެކޭ ބުނެލިއެވެ. ”މިންނު… ޔޫ ހޭވް ޓު ބީ ސްޓްރޯންގް… ” މިންހާގެ އަތަށް ކުޑަކޮށް ފިތާލަމުން އާދޭހުގެ ބެލުމަކުން މިންހާގެ މޫނަށް ބަލަހައްޓާއިގެން އިނދެ އަޝްރާ އެހެން ބުނުމާއެކު އިސްއުފުލާލަމުން ކަރުނަވީ ދެލޮލުން އަޝްރާއަށް މިންހާ ބަލައިލިއެވެ. ” އައި ކާންޓް ޑޫ ދިސް އަޝޫ… އައި ކާންޓް… އެދެމީހުން އެކުގަ ފެނުނީމަ މިހިތަށް ހާދަ ތަދުވެޔޭ… އައި ކާންޓް ކޮންޓްރޯލް މައި އިމޯޝަންސް… ” ރޮވެމުން ދިޔަ ހާލު މިންހާ ވާހަކަ ދެއްކިއެވެ. ”މިންނު… ކްރައި… ބޭނުން ވަރަކަށް ރޯލާ… މިންނުގެ ހުރިހާ ޝަކުވާއެއް އަހަރެން އަޑު އަހާނަން… ” މިންހާގެ ގައިގައި ބައްދާލަމުން އަޝްރާ އެހެން ބުނުމާއެކު މިންހާއަށް އިތުރަށް ރޮވެންފެށުނެވެ. އެފަދަ ވަގުތެެއްގައި މީހެއްގެ އެހީތެރިކަން ލިބުމުން ވާނީވެސް އެހެންތާއެވެ. ”ހައު ކޭން ހީ ޑޫ ދެޓް އަޝޫ… އެހާ އަވަހަށް އަލޫފް އަހަރެން މަތިން ހަނދާން ނައްތާލީ… އެހާާ އަވަހަށް މޫވް އޮން ކުރީ… ހައު ކޭން ހީ ޑޫ ދެޓް… އަހަރެންނަށް ކުރާނެ އަސަރަކަށް ބެލުމެއްނެތި އަލޫފް އެހެން އެކަންތައް ކުރަނީ އަހަރެންދެކެ ލޯބި ނުވާތީ ދޯ… ” އަޝްރާ އާ ދުރުވެލާ ޝަކުވާކުރާ ރާގެއްގައި މިންހާ ބުނެލިއެވެ. ” މިންނު… އޭނަ ކަންތައް ކުރާ ގޮތާއިމެދު ވީހާވެސް ބޮޑަށް ނުވިސްނާވޭތޯ ބަލާ… އެމީހުން ބޭނުންވާ ގޮތަކީ އެއީ އޭ… މިންނު ބަލިކަށިކޮށްލަން… މިންނުގެ ވީކްނެސްއަކީ އަލޫފްކަން އެމީހުނަށް އިނގޭނެ… ވީކްނެސްގެ ބޭނުން ހިފައިގެން މިންނުއަށް ދެރަ ދޭން އެމީހުން ބޭނުން ވަނީ… މިންނު ކިޔެވުމުގަވެސް ދަށްވާނީ އޭރުންނެއްނު… މިންނުއަށް އިނގެއެއްނު އީލާފް ޖެލަސްވާވަރު… އެމީހުން ބޭނުންވާ ގޮތަށް ކަންތައް ވިޔަ ނުދީބަލަ… ބީ ސްޓްރޯންގް… އެމީހުންގެ ވާާހަކަތަކަށް ބީރު ކަންފަތެއްދީ އެމީހުން އުޅޭ ގޮތަކަށް ނުބަލާބަލަ… ޔޫ ހޭވް ޓު ބީ ބްރޭވް… އޯކޭ… ” މިންހާގެ ލޮލުން ފޭބި ކަރުނަތައް ފޮހެލައިދެމުން އަޝްރާ ނަސޭހަތްތެރިވިއެވެ. އެގޮތުގައި އަޝްރާ މިންހާއަށް ވިސްނައިދިނުމުގައި އެތައް އިރަކު އިނެވެ. އަޝްރާ ގެއަށް ދިޔައީ މިންހާއަށް އެތައް ނަސޭހަތެެއްދީ އަރާމުކޮށްލުމަށް ބުނެފައެވެ. އަޝްރާ ދިޔުމުން ބޮލުގެ ރިހުން ކުޑަކޮށްވެސް ރަނގަޅުވޭތޯ ނިދާލުމުގެ ބޭނުމުގައި މިންހާ އެނދުގައި އޮށޯވެލިއެވެ.

ނިދާފައި އޮތް މިންހާއަށް ހޭލެވުނީ އޭނަގެ މަންމަ އައިސް ގޮވުމުންނެވެ. އޭރު މަޣްރިބް ނަމާދުގެ ބަންގި ގޮވާ އަޑުއިވެއެވެ. ނާހިދާ ސުވާލުކުރުމާއެކު މިހާރު ރަނގަޅު ކަމުގައި ބުނެ މިންހާ ފާޚާނާއަށް ވަނީ ނަމާދުކުރަން ތައްޔާރުވާށެވެ. މަޣްރިބް ނަމާދަށްފަހު ސައިބޮއެގެން އައިސް ފިލާވަޅުތައް ކިޔުމުގައި އިންދާ އޭނަގެ މަންމަ އައިސް ނާއިލްގެ ފޯނެއް ކަމަށް ބުނެ މިންހާ އަތަށް ފޯނު ދިނެވެ. ފޯނު ދީފާ ނާހިދާ ހިނިތުންވުމެއް ހަދިޔާކުރަމުން ކޮޓަރިން ނިކުތެވެ. ނާއިލްވެސް މިންހާއަށް ހިތްވަރުދީ އެތައް ވާހަކައެއް ދެއްކިއެވެ. އިއާންގެ ފަރާތުން މިއަދު ކަންތައް ހިނގި ގޮތް އެނގުމާއެކު އޭނަ ގުޅީ ނުހަނު ކަންބޮޑުވެފައި ހުރެއެވެ. ނާއިލްގެ ފޯނު ކޯލު ނިންމާލުމަށްފަހު އިޝާ ނަމާދު ވަގުތު ވަންދެން ފިލާވަޅު ކިޔަން އިނުމަށްފަހު ބަންގި ގޮވުން ނަމާދުކޮށްގެން ސުކޫލަށް ދާން ތައްޔާރުވިއެވެ. ތައްޔާރުވެގެން ރޭގަނޑުގެ ކެއުމަށްފަހު ގަޑިން ޖެހެންވާއިރަށް މަންމައާއެކު ސުކޫލަށް ދިއުމަށް މިންހާ ހިނގައިގަތީ ކުރިއަށް ވާން އޮތް ގޮތް ނޭނގޭ ހާލުގައެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ހަދިޔާ (ތިރީސްވަނަ ބައި)

Next

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ…………..! (8 ވަނަ ބައި)

Next
January 26, 2019

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ…………..! (8 ވަނަ ބައި)

Previews
January 26, 2019

ހަދިޔާ (ތިރީސްވަނަ ބައި)

38 Comments!

  1. ifoo says:
    January 26, 2019 at 3:23 pm

    Salaam dear readers ???… Here is the next part ???.. Feel free to comment your views ???… Next part In Sha Allah on Tuesday ???… Love you all n thankyou soooooo much dear readers ❤️❤️❤️?????????…

  2. saayaa says:
    January 26, 2019 at 3:46 pm

    Varaa reeti

    1. ifoo says:
      January 26, 2019 at 6:39 pm

      Saayaa ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????…

  3. seee says:
    January 26, 2019 at 3:56 pm

    varah reethi insha allah

    1. ifoo says:
      January 26, 2019 at 6:40 pm

      Thankyou soooooo much ❤️❤️❤️?????????…

  4. park jimin says:
    January 26, 2019 at 4:28 pm

    varah reethi mi part vs… …..best of luck

    1. ifoo says:
      January 26, 2019 at 6:40 pm

      Park jimin❤️❤️❤️… Thankyou soooooo much ❤️❤️❤️?????????…

  5. Naum says:
    January 26, 2019 at 4:37 pm

    Ifoo storh varah reethi as always..???. Minnu ge kiyevumah buru eriya nidhehchey plx..its v important year for her.. may she get enough strength to see and bear all those things..
    Much love.????????

    1. ifoo says:
      January 26, 2019 at 6:42 pm

      Naum ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???… Let’s see what happens… Will try minnu ge studies ah effect nuveythr ???… Heheh… Much more loves from me ❤️❤️❤️?????????…

  6. jiji says:
    January 26, 2019 at 6:15 pm

    Wow????????❤❤❤..masha allah..haadha reehchey mi part vx ????????????…haadha inthizaareh kurymey mi stry ah..Balailiru Allah ge iraadha fulhun iny up vefa..??????..hehe..alhe ifoo sis minnu ah dhera gotheh nuhadhahchey plxxx?????????Feeling sad for her aslugavx????..❤???Naum sis buneli fadhain minnu ge kiyevumah huraheh kurimathiviya nudhehchey..??????..
    Ly so much ifooo kolhuuuuuu?????????????????

    1. ifoo says:
      January 26, 2019 at 6:44 pm

      Wow ???… Haadha loabi colourful comment ekey ❤️❤️❤️???… Thankyou soooooo much jiji ❤️❤️❤️?????????… Ifoo v v v ufaavehje ???… Let’s see what happens ???… I will try my best ???… Hehhe… Much more loves from me dear ❤️❤️❤️?????????…

  7. Blue? says:
    January 26, 2019 at 6:37 pm

    Dhivehi vaahaka ehga English words gina kamah faahaga kurevey!

    1. ifoo says:
      January 26, 2019 at 6:48 pm

      Blue ❤️❤️❤️… Conversations thakuga English words use kohfa hunnaane… Zamaanah fetheygothah… Normally while talking most of us are using English words … Right ???… Normally mixed language mihaarakah ais beynun kurey v ginain so story gavx ehen geneslany ???..

  8. unique says:
    January 26, 2019 at 6:40 pm

    love it
    ifoo you are awesome at doing this
    masha allah
    keep doing this
    miss yh much more lovess

    1. ifoo says:
      January 26, 2019 at 6:49 pm

      Unique dear ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???… Much more loves from me ❤️❤️❤️?????????…

  9. Naju says:
    January 26, 2019 at 8:23 pm

    Masha Allah v v v furihama mi story n ehaame emotional mi partvx ??????… Alhey minnu plxxx be strong n study well … Thy mihaaru hama mujuthamauga aamu kameh v v v gina thikahala kudhin ehn myhunnah landhudhen ulhey bt v v v dherakameh balaalabr mihaaruvx minnu ah thikamun vaagoi plxxx ifoo minnu ah ehn nuhadhaa avahah aan aa gulhuvabr…. mi story kiyamun dhaairu hyvany hama kuri mathin manzaru tha fennahen ehaavx molhu ifooo ?????????… I really appreciate your hard work n keep up the good work dear ?????????… much n more loves from naju ??????????????????????????????❤❤❤

    1. ifoo says:
      January 26, 2019 at 8:52 pm

      Naju ❤️❤️❤️… Thankyou soooooo much for the support n love ❤️❤️❤️?????????.. It really means a lot for me ???… V v v ufaavey ehaa supportive v ma???… Yahh… Society ga mihaaru v aanmu kameh mee… Let’s see what happens ???… Much more loves from me ???❤️❤️❤️??????…

  10. Cute Lips says:
    January 26, 2019 at 8:54 pm

    i knw how minnu is feeling..the thing i had to suffer..?????????????? and ashoo remind me of my besty.. who was nearest when i needed help..??

    1. ifoo says:
      January 27, 2019 at 8:53 am

      Cute Lips ❤️❤️❤️… Awwwwnn ???❤️❤️❤️… Story kiyaaleema dheraveetha ???… Even I had suffered that… Hope now you are fine ???❤️❤️❤️… Thankyou soooooo much dear for the support ❤️❤️❤️?????????… Much loves from me ❤️❤️❤️?????????…

  11. @Ikleel says:
    January 26, 2019 at 10:26 pm

    Its here again…❤❤????….Hwx you ifoo…??? Hope you will be fine…❤❤????….Wow…Just wow…..❤❤????….This story is just awesome dear…❤❤????….This part also very very nice…❤❤????….This part is so emotional too…??????…Imagination was just perfect dear…❤❤????…Vaahaka kiyaa iru manzaru loa kurimathin sifavey ???….Minnu ge scene thah vrh vrh salhi….Hama feel vey how sad she was…??????….I really feel sad for her…??????…Ifoo alhe minnu ah ehen nahadhabala…??????…Minnu should be strong and confident always…❤❤????….Alhe minnu happy koh dhybala avahah…❤❤????….Alhe aloof men nah minnu ge huri gadha kameh vex dhakkaalabala nikan…❤❤????…Minnu ge studies ah dhera gotheh nahadhaathi komme hen vex ingey…And aan aa minnu gulhuvabala avahah….❤❤????….Alhe minnu ah, aan minnu dheke loabi vaa kan angeyne nama dhw….❤❤????…Hope komme vex gothakun minnu ah angeyne kamah vrh avahah…❤❤????….Anyways this story is just beautiful…❤❤????….Hope she will be fine soon…❤❤????….Keep it up your good work dear ifoo…❤❤????…You are so telented and good in this work…❤❤????…Story wich worth reading and waiting…❤❤????…Waiting for next…❤❤????….I will support you always dear ifoo….❤❤????…Much loves dear…❤❤????
    THE BEST STORY
    THE BEST WRITTER
    ❤❤❤❤????

    1. ifoo says:
      January 27, 2019 at 8:55 am

      Again @Ikleel ge long colourful Comment eh dhw ❤️❤️❤️… Thankyou soooooo much for the support ❤️❤️❤️?????????… V v v ufaavehje ???… Let’s see what happens ???… Much loves from me ❤️❤️❤️?????????…

  12. Livy says:
    January 27, 2019 at 1:38 am

    Hello ifoo dear ❤❤❤❤ varah dhuvas fahun dho comment mi kollevuny ?? so sorry dear.. Up vaairah story kiyaalan ekam comment kollan kollan hurefa nukureveny busy kamun ☹☹ But story is amazing dear.. Haadha molhey.. ?? sifa kurunthah kiyaalaafa hama heevany kurimathyga hinga hingaa hunna kameh hen ?????? Haadha goahey aloof ??? he really doesn’t deserve minnu.. Hama rangalhu gothakah visney irah e shamha ais vas vaas laifi viyya ????? hate her.. Aan minnu dheke loabivaa varu ingeyne nama haadha rangalhey ??? Eyrah yageen aloof ah onnaany rangalhu landeh libifa ?? lets see what happens.. ? Anyways you are very very talented masha allah ????❤❤?????? Next part when dear? Varah varah kiyaalaa hithun kiyey story eh mee.. Ifoo ge kuryge story ves adhi current story ves hama hithun filaigen nudhaane haa reethi koh thi genesdheny ???????? Lots of love dear.. Keep up the brilliant work ??????????????

    1. ifoo says:
      January 27, 2019 at 9:03 am

      He’llo Livy ❤️❤️❤️???… Hws u dear??? ???… Haadha dhuvas fahunney dhw Livy ge comment eh mi fenuny ??????❤️❤️❤️… Thankyou soooooo much dear ???❤️❤️❤️??????… Ehaa bxy koh ulhemunvx story kiyaalaakan ingunyma v v v ufaavehje ???❤️❤️❤️… Mifaharu comment kohleema adhi maaa bodah vx ufaavehje ???… Knme part eh gavx Livy ge comment ah ifoo wait kuran ???… Livy ge comment eh fennaane kamuge ummeedhuga hunnany bt knme faharakuvx comment eh nulibi dhany ???… Finally after so many days Livy ge long colourful Comment eh fenunyma I’m sooo happy ❤️❤️❤️???… Once again thanks a lot for the love n support ❤️❤️❤️??????… Hope to see ur comment more often ???… Much more loves from me dear sweet Livy ❤️❤️❤️?????????…

  13. nivuu says:
    January 27, 2019 at 5:01 pm

    ifoo sis vara reethi mi part ves maashaa allah.. I am wathing next part .. I am the last one dhww to comment u story sis heheh…. love u soo much ifoo sis…

    1. ifoo says:
      January 27, 2019 at 8:52 pm

      Nivvu ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… It’s ok last viyas comment kohleema ???… Much more loves from me dear ❤️❤️❤️?????????…

  14. Mary says:
    January 27, 2019 at 11:10 pm

    Teething ekamaku brykaaruvaahaka thankolheh ginakamah faahaga Kollan

    1. ifoo says:
      January 30, 2019 at 7:54 pm

      Ehentha ???… But all this things are important ???…

  15. Scarlet says:
    January 28, 2019 at 8:50 am

    Sorry took time to comment. Story is awesome ifoo ? I just love this story so much it’s so beautifully written masha allah ❤️ Pls minnu ah happy vaane gotheh genesbah avahah cant see her suffering like that ?? waiting for tomorrow’s part ?

    1. ifoo says:
      January 30, 2019 at 8:01 pm

      Scarlet ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje lahun viyas comment kohleema ???… It means a lot for me ???… Let’s see what happens ???… Much more loves from me dear ❤️❤️❤️?????????…

  16. Avas says:
    January 28, 2019 at 9:10 pm

    Ifoo masha ahllah mi vaahaka vr vr vr reethi pls minnuge fahu aharu v ma kiyevumah ehves gehlumeh viyanudhee aloof men hairaan kohla bala

    1. ifoo says:
      January 30, 2019 at 8:09 pm

      Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje ???… Let’s see what happens ???… Much more loves from me ???…

  17. nivuu says:
    January 29, 2019 at 10:33 pm

    I am waiting next part ifoo sis

    1. ifoo says:
      January 30, 2019 at 8:10 pm

      Nivvu ❤️❤️❤️… Now you can read the next part ???… Thankyou dear ❤️❤️❤️?????????…

  18. ifoo says:
    January 29, 2019 at 10:53 pm

    Salaam dear readers… I’m really sorry to say that I can’t upload a new part today ???… I was too bxy in my job today n just now I came home after a meeting… Ifoo beynun vi hisaabah adhivx story nuliyevey… So I couldn’t upload it ???… In Sha Allah tomorrow evening ga next part kiyaalan libeyne ???… Adhivx eh faharu hurihaa kiyuntheringe kibain ifoo maafah edhen miadhu new part eh up nukodhevunyma ???.. Hope all will understand ???… In Sha Allah maadhama comment thakah reply vx kohlaanan ???… Love you all n thankyou so much dear readers ❤️❤️❤️?????????…

    1. Ishaa ishu says:
      January 30, 2019 at 3:00 pm

      Wow it is no problem i am tooo busy then you cox i am a schoool girl and miaharaky prefect kan hovaa aharu cox i aamsoso busy then you i am in now grade 5 next year 6

      Anyway story ham ha beys hama asluves isha ah dhaskohdheebala rythikon story liyan

      Auther of
      ,ލޯބި

    2. ifoo says:
      January 30, 2019 at 8:12 pm

      Ohhh… Ur also a writer dhw ???… All the best dear ??????… Try kuryma In Sha Allah kaamiyaabu vaane ???… So keep trying ???… Much more loves from me ❤️❤️❤️?????????…

  19. RISHMA says:
    January 30, 2019 at 3:54 pm

    when next part???????

    1. ifoo says:
      January 30, 2019 at 8:13 pm

      RISHMA ❤️❤️❤️… I have mentioned in my comment… Now next you can read the next part ???… Thankyou ???…

Comments are closed.

Next Episodeވިންދޭ ލޯބި ތީ އެދޭ 23←


All Right Reserved!