“އާނ ކީއްކޮށްދޭންވީއޭ!” ލުބްނާގެ ކޮޓަރީގައި ހުރި ކުއިން ސައިޒުގެ ބޮޑު އެނދުގައި އިށީނދެލަމުން އިޝްރާ އަހާލިއެވެ. އޭރު ލުބްނާހުރީ އޭނާ އަޅައިގެންހުރި މެރޫންކުލައިގެ ޝޯލް ނަގާށެވެ. “މީ…. ވަރަށް ބޮޑުކަމެއް! ނޭނގެ ތިދެމީހުންނަށް ވާނެކަމެއްވެސް!” އަތުގައިއޮތް ގިޓާގެ ނަރުތަކައި ކުޅެލަމުން ލިބާން އެހެން ބުނުމުން ލުބްނާ ޝޯލްގައި އިން ފަހު ޕިން ވަކިކޮށްލަމުން ލިބާންއާއި ދިމާލަށް އެނބުރިލިއެވެ.
“ދެން ވާނެތޯ ނޫނީ ނުވާނެތޯވެސް އެނގޭނީ ބުނީމައިދޯ! ބުނެބަލަ ހާސަރު ދިގުނުކޮށް” ލިބާން އާއި ދިމާލަށް އެނބުރެލަމުން ލުބްނާ ބުނެލީ ހިތްހަމަނުޖެހިފައި ހުރެއެވެ. ލިބާން އެހެން ބުނެފިއްޔާ ލުބްނާ ހިތްހަމަނުޖެހޭނެކަންވެސް އޭނާއަށް އެނގެއެވެ. ނަމަވެސް އެންމެފުރިހަމަ ގޮތުގައި އެކަން ކުރަން ބޭނުންވާތީ ލިބާންއަށް އެހެން ބުނެވުނީއެވެ.
“އެނގެއެއްނު މާދަމާރޭ ޝޯ އޮންނަކަން! އެ ޝޯގަ ބާން ޕާރފޯރމްކުރާ ލަވަ ޓެސްޓުކޮށްލަންވީ!” ލިބާން އެބުނީ މިދިޔަ އަހަރު 12 ނިންމި ކުދިންގެ ފަރާތުން ސޮކޫލުގެ އެހެންކުދިންނަށް މާދަމާ ރޭ ބާއްވަދޭ ހާއްސަ ޝޯއެއްގެ ވާހަކައެވެ. ލިބާންއަަކީ މިދިޔައަހަރު ސްކޫލުގެ އެންޓަރޓެއިންމެންޓް ކްލަބުގެ ކެޕްޓަންކަމަށްވެފައި އަދި އޭގެ އިތުރުން ސްކޫލުގެ ގިނަދަރިވަރުންތަކެއްގެ ފަރާތުން ލިބާންގެ ލަވައަކަށް އެދިފައިވާތީ ލިބާން ވަނީ މި ޝޯގައި ލަވަކިޔަން ނިންމާފައެވެ. ނަމަވެސް ހަގީގަތުގައި އޭނާ މި ލަވަ މިވަގުތު ކިޔަން ބޭނުންވަނީ ހަމައެކަނި ލަވަ ޓެސްޓުކުރުވަން ނޫންކަމެވެ. މިވަގުތު އިޝްރާ އެތާ އިނުމުންކަމެވެ. ލިބާންއަށް ނޭނގި ނަމަވެސް އޭނާއަށް ވަނި އޭނާގެ ހިތް އިޝްރާއަށް ދެވިފައެވެ. އަބަދުވެސް އޭނާގެ ޚިޔާލުތަކުގެ ތެރޭގައި އިޝްރާ ވެއެވެ. އިޝްރާ އުފާވެއްޖެނަމަ އޭނާވެސް އުފާވެއެެވެ. އިޝްރާ ދެރަވެއްޖެނަމަ އޭނާވެސް ދެރަވެއްވެ. އަބަދުވެސް އިޝްރާއައި ދޭތެރޭ އޭނާއަށް ވިސްނެއެވެ. ސަބަބެއް ނޭނގިނަމަވެސް އޭނާއަށް މި ވަނީ އިޝްރާދެކެ ނުހަނު ބޮޑަށް ލޯބިވެވިފައިކަމަށް އޭނާއަށް ޤަބޫލުކުރެވުނެވެ. އޭނާގެ ހިތުގައި ރަނިކަންކުރަނީ އިޝްރާއެވެ. ހިތުގެ އެދުމަކީ އިޝްރާއެވެ.
“ތިއީކީ މާކަބޮޑު ކަމެއް ނޫނެއްނު؟ އަވަހަށް ފަށާ!” ދެފައި ވައްކޮށްލަމުން އެނދުމަތީގައި އޮތް ބާލީހެއް ނަގާ އުނގަށް ލާފައި އިޝްރާ ބުނެލިއެވެ. އެވަގުތު ލުބްނާވެސް އައިސް އެނދަށް އަރާ ހަމަޖެހިލިއެވެ.
އަތުގައި އޮތް ގިޓާގެ ނަރުތަކާއި ކުޅެލަމުން ލިބާން ފުންނޭވާއެއްލާ ލަވަ ފެށިއެވެ.
“ބޭނުންވަނީ ޔާރާ، ލޯބިން ބަލާ ލީމާ،
ހީވޭއިނގޭ، ގާތަށް މަގޭ، އާދޭ ކަލާ،
ބޭނުންވަނީ ޔާރާ، ލޯބިން ބަލާލީމާ،
ހީވޭއިނގޭ، ގާތަށް މަގޭ، އާދޭ ކަލާ
،ބޭނުންވަނީ ޔާރާ،
ހާދަފަރި ހިނިތުންވަނީއޭ، މޭގައޮވެގެން ހިތްރޮނިއްޏޭ،
ހާދަ ކައިރީގާ ހުރީމޭ، ލޯބިވާވަރު ނޭގެނީހޭ،
ލޯބިން މިރޭ އާދޭ، ބޭނުންވަނީ އާދޭ،
ހީވޭ އިނގޭ ގާތަށްމަގޭ، އާދޭ ކަލާ،
ބޭނުންވަނީ ޔާރާ، ލޯބިން ބަލާލީމާ،
ހީވޭ އިނގޭ ގާތަށް މަގޭ، އާދޭ ކަލާ
ޗާލު މަލަވެސް ފެންނަނީއޭ، އޮއެގަ ޖެހިފާ ގެންދަނީއޭ،
ހާލުފެނިފާ ހުންނަނީހޭ، ލޯބިވާތީ އަންނަނީހޭ،
ނިންޖެއް މިރޭ ނާދޭ، ހުވަފެންތަކުން ނާދޭ
ހީވޭއިނގޭ، ގާތަށް މަގޭ، އާދޭ ކަލާ،
ބޭނުންވަނީ ޔާރާ، ލޯބިން ބަލާލީމާ،
ބޭނުންވަނީ ޔާރާ،
ރީތި އަތުގާ ބީހިލީމޭ، ރީތި ދެލޮލަށްވެސް ބެލީމޭ،
ގާތުގާ ހުރެގެން އެހީމޭ، ނޭނގެޔޭ ނަމަކީ ކޮބާހޭ،
ބޭނުންވަނީ ޔާރާ، ލޯބިން ބަލާލީމާ،
ހީވޭއިނގޭ، ގާތަށް މަގޭ، އާދޭ ކަލާ،
ބޭނުންވަނީ ޔާރާ،…….”
ސަމާގެ “ބޭނުންވަނީ ޔާރާ” މި ލަވަަކިޔާ ނިންމާލުމަށްފަހު ލިބާން ފުންނޭވާއެއް ދޫކޮށްލާ ލުބްނާއާއި އިޝްރާާއާއި ދިމާލަށް ބަލާލިއެވެ. އޭރު އެދެމީހުން ހިނިތުންވެލައިގެން އިންތަން ފެނުމުން ލިބާން ވަރަށް ހިތްހަމަޖެހުނެވެ. އޭނާ އެ ދެމީހުންނާއި ދިމާލަށް ނިތް އަރުވާލީ ލަވަ ކިހިނެއްހޭ ބުނަފަދަ އުސޫލަކުންނެވެ
“ލަވަ ވަރަށް ވަރަށް ވަރަށް ރީތި! ވަކި އަނެއްހެނަ އިމްޕްރޫވް ކުރަންޖެހޭ ކަމެއް ހުރިހެނެއް ހިއެއް ނުވޭ! މި ލަވަ އެކަނިތަ ކިޔަނީ؟” އިޝްރާ ލުބްނާއައި ސުވާލުކޮށްލީ ހިނިތުންވެލައިގެން ހުރެއެވެ. “ނޫން! އެކަމަކު މީ އެންމެ ފަހުން ޕްރެކްޓިސް ކުރި ލަވަ. އެހެންވެގެން މި ޗެކްކޮށްލަދޭށޭ ބުނީ!” ހަގީގަތް ހާމަނުކުރަން ލިބަން ވަހަކައެއް ހަދާލިއެވެ.
“އޯކޭ! އެކަމަކު ދޮންތައަށް ހީވަނީ ތި ލަަވަ ޑެޑިކޭޓްވާ ކުއްޖަކު މިހާރު ބާންގެ ލައިފްގައި އެބަހުރިހެން. ކޮންކުއްޖެއް އެއީ؟” ލާނެތް ރާގަކަށް ލުބްނާ އެހެން އަހާލުމުން ލިބާން އިސްޖަހާލިއެވެ. “އާނ! ވަރަށް ސްޕެޝަލް ކުއްޖަކު އެބަހުރި. އެއީ ބާންއާއި ވަރަށް ކްލޯސް ކުއްޖެއް! ބަޓް ޝީ ޑަޒަންޓް ނޯ އިޓް އެންޑް އައި ޑޯންޓް ނޯ ވެދަރ ޝީ ވިލް އީވެން އެކްސެޕްޓް އިޓް އީވެން އިފް އައި ޕްރޮޕޯސް ހަރ!” ލިބާން އެހެން ބުނެލީ ހަގީގަތުގައިވެސް އޭނާއަށް އިޝްރާގެ ހިތުގައި ވާ އެއްޗެއް ނޭނގޭތީއެވެ. ލިބާން ޖެހިލުންވާ ހަމައެކަނި ކަމަކީވެސް އެއީއެވެ.
“މައި ލިޓްލް ބްރޯ! ދޮންތަ އަބަދުވެސް ބުނަން ދޯ ޔޫ ނެވަރ ނޯ ވަޓް ޔޫ ކޭން ޑޫ އަންލެސް ޔޫ ޓްރައި އޭ. ސޯ ގިވް ދިސް އަ ޓްރައި ޓޫ! އައެމް ޝުއަރ ޔޫ ވިލް ވިން.” ލުބްނާ އެހެން ބުނެލީ އެއީ ކޮންމެ ކުއްޖަކަށްވިޔަކަސް އެކުއްޖާދެކެ ލިބާން ލޯބިވަންޏާ ލިބާންއަށް އެކުއްޖާއާއިއެކު އުފާވެރި ދިރިއުޅުމެއް އުޅެވިދާނެކަން ޔަގީންކުރަމުންނެވެ. އޭނާއަށް ނޭނގުނީ ލިބާންއަށް މިކަން ކާމިޔާބުވެއްޖެނަމަ ލިބާންއަށްވުރެ އޭނަ ވާ އުފާ ވަކި ކުޑައެއް ނުވާނެކަމެވެ. އަދި ލިބާންގެ ހިތުގައިވާ ކުއްޖަކީ ލިބާންގެ ޙަޔާތާއި އެންމެ އެކަށޭނަ ބައިވެރިޔާކަމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
34 Comments!
Comments are closed.


When next part coming Ishaa…? Looking forward to it.. Hope it will be up soon ???
Ohhh I almost forgot to say that this chapter was awesome and I loved it…. Well nice song ishaa ??I thought It was you who wrote it ??.. Keep it up my fav GREAT writer… Love you lots ??
He,he! Ishaaa liyunu lavaehves adhi konmeves baehgai himanaanamey. I’m a bit busy today so dhen oiy bai up kureveyvaru vaany mirey. hehe. Keep in touch ingey!
Of course y wouldn’t I.. Adhi ishaa ge lava ves up kuraa dhuvahakun kiyaalan jeheyne viyya. overall, I hope your health is going well … You have been a good friend In just a few talks hope to meet you soon insha Allah .. ❤️❤️??
Hehe. Rulhiverikamun evves kameh rangalheh nuvaane viyya. So it’s best to make and keep a friendship .Of course I’m in pink of health. If I’m sick, I can’t even think of how to carry on the story. Hehe.
Alhamdhulillah!!! For your great health.. Sooo we are freinds ?? are we? It would be great to have a friend like you… Well you are right rulhiveri kamah vuren ekuverikan maa rangalhu after all ekuverikamaky gadhafadha baareh ??
Ummm ishaa I have a small question… Would u mind if I ask
Of courese we are friends now. And yes. You can ask me anything
Hmm.. So I wanted to know you better than now.. I know it’s silly.. But that’s it and I would like to know your full name
It’s because friends should know each other better than anyone.. That’s my point of view
Um, well my name is Aminath Sahaa Saeed. How about you? What’s your full name? how old are you?
If u got offended then I’m really very sorry for that
Well about me my name is Aminath Thaath… I don’t know your age yet ??? I’m sure Ur older than me
I have a sis with that name and y is Ur name ishaa then?
Hi ishaa…????this is the first time i am commenting on the stry…?????and it’s so beautiful….cmmnt nukuriyas daily koh kiyan…???but i will try my best to cmmnt on next parts….?????????may allah bless you with a bright future…. Lots of love ❤ ? ? ? ? btw what’s your age????don’t mind ingey just asking…..
Alheyyy.. alhe aharen mi lava kiyan hurefa mi stry ah vany .. dhn pause kohffa ehaa hisaabah dhiya haairun i just blast out.. cause the same song in this..????
Alhey what a coincidence dho
No it’s just fine.I’m not offended. Well, I’m 14 and I’m still studying & that’s why I can’t upload stories in the morning. Well, how old r u?
About my name ‘Ishaa’ right? It actually has a long story. at 2015 I studied in Rehendhi school. At that time there was another Sahaa in my class so it was difficult to call both Sahaa’s by that name as it’s difficult to understand who they are calling to. And all the letters I wrote was written to Ishaa. It’s not any special person but as I find that name beautiful, I just used to write that name. So relating to that, my classmates gave me the nickname of Ishaa. Ever since that, it’s my nickname!
Nice I like it too… But u know what.. I used to pronounce that name of yours ishaa a different way in actual it is pronounced like aisha isn’t it but I pronounce it ishaa.. Hehe
T! how old r u girl? I really want to know it. pls tell me.
Ohhh.. Im sorry I thought I already said that… Well I am 16 dear and I am the one who is OLD!! ???
Hi!! I’m just a random girl who happened to read your story cos I was extremely bored ??? but it wasn’t in the least what I expected. ??? good job isha sis.. ??? it’s far better than the random stories I read when I’m bored ??? varah interesting and very very very curious for the next part ??????❤️❤️❤️
Wowwww just wow ??? you are only 14? ?? that is so surprising and unbelievable ?? but I’ll give you a good news.. Your story is very funny compared to most of the stories I read.. ?? in fact it is incredible considering that your only 14..?? I believe this is your first time publishing a story? ?? but still it’s stunning and I’m very very curiously waiting for the next part ❤️❤️❤️????
Ish anehbai chapter up kohfin tha? U must know that I have been waiting for it… I am very happy that you are better than me in writing stories.. MASHA Allah… Keep it up my friend..
There is a mistake there it’s not anehbai chapter it’s anehbai chapter
There is a mistake there it’s not anehbai chapter it’s anehchapter
Ughhhhh!!!! I’m going to go crazy just because of my keyboard…
He,he. It’s fine. Aneh chapter fonuvaifin. I hope they will upload it soon.
Yayyyy!!! Thanks ishaa.. May Allah bless you to be the greatest writer… Well Good night ishaa ??
Good night
Hii ishaa…well ur stry is just amazing….????v loabi libaan ulhunu goiyy…???and i am also 14 but this year i will be 15…so how is ur studies??????????and i guess this is the first time commenting on this stry….?????????may allah bless u with a bright future…
He,he. Thanks Mal. My studies r going on really well and i’ll also be 15 this year hehe
wow Ishaaa. Ma Shaa Allah vvvvvv reethi. Keep it up Ishaaa