“ކަލޭ…..” ވާހަކައިގެ ތެރެއިން އިޝްރާގެ ގައިގައި ޖަހަން ޒިދާންް މަޅާލި އަތާއެކު އޭނާގެ ވަހަކަ ހުއްޓިގެންދިޔައީ ހަމަ ކުއްލިއަކަށެވެ. ހަމަ އެވަގުތު އިޝްރާއާއި ލުބްނާއަށް ދެލޯމަރާލަމުން އަނެއްފަރާތަށް އެނބުރުނެވެ. ނަމަވެސް މިނެޓެއްހާއިރު ވެގެންދިޔައިރުވެސް އޭނާގެ ގަޔަށް އެއްވެސް ހަމަލާއެއް ނޭރުމުން އިޝްރާ ދެލޯ ހުޅުވާލަާ މަޑުމުޑުން އަނެއް ފަރާތަށް އެނބުރުނު ވަގުތު ފެނެނު މަންޒަރުން އަނގަމަތީ އަތްއަޅާލެވުނެވެ.
އިޝްރާ ގައިގައި ޖަހަން ޒިދާން މަޅާލައިގެންހުރި އަތުގައި އައިހަމް ހިފަހައްޓައިގެން ހުރިއިރު އިޝްރާއަށް ހުރެވުނީ ޤަބޫލުކުރަން ދަތިވެފައެވެ. އައިހަމްއަކީ މީގެ ކުރިން މީހެއްގެ ކަމެއްގައި އުޅެ އޭނާއަށް އަނިޔާވިޔަސް އަޅައެއްލާނެ ކުއްޖެއް ނޫނެވެ. އަބަދުވެސް އޭނާ ބުނާނީ މީހުންގެ ކަންކަމާއި ނުބެހި އުޅުމަށެވެ. މީހުންގެ ކަންކަމާއި ބެހިގެން އޭނާއަށް ކިތަންމެ ބޮޑު އަނިޔާއެއް ވިޔަކަސް އޭނާއަށް އަޅާލާފައެއް ނުވެއެވެ. އެހެންކަމުން އޭނާގެ ކުރިމަތީގައި އެހުރީ ހަމަ އައިހަމްތޯ ޤަބޫލުކުރަންވެސް އޭނައަށް ދަތިވިއެވެ.
“ކަލޭ ހަނދާންކުރާތި! ކޮންމެ މީހަކާއި ބެހި އުނދަގޫކުރިއަކަސް އިޝްރާއާއި ލުބްނާއާއި ކުޅެން ނަހަދާތި! އެހެންނޫނީ އެކަމުން ނިކުންނާނެ ނަތީޖާ ވަރަށް ހިތިވާނެ! އެކަން ހަނދާންބަަހައްޓާތި!” އިންޒާރެއް ފަދަ ގޮތަކަށް ބުނެލަމުން އިޝްރާއާއި ލުބްނާއަށް އޭނާއާއި އެއް ހަމައެއްގައި އައުމަށް ބުނެފައި ހިނގައިގަތެވެ. ހިތްހަމަޖެހިފައިހުރެ ލުބްނާއާއި އިޝްރާހިނގައިގަތް ވަގުތު ޒިދާން ބުނެލިއެއްޗަކުން އެ ތިންމީހުންގެ ފިޔަވަޅުތައް ގަނޑުވިއެވެ.
“ކަލޭމެން ހަނދަންކުރާތި! ތިހެން ކަލޭމެން ބޭނުންވާގޮތަކަށް ބޭނުންހާ ކުޅިއެއް އަބަދަކު ނުކުޅެވޭނެ އިނގޭ! މީގެފަހުން އަހަރެމެންވެސް އަހަރެމެން ބޭނުން ކުޅިއެއް ކުޅެލާނަން! އޭރުން އެނގިދާނެތާދޯ މޮޅުވަނީ ކޮންބައެއްކަން. ހެހެ…” ޒިދާން ބުނެލި އެއްޗަކުން އައިހަމް ގޮއްމުއްކެވިގެން ދިޔައެވެ. ނަމަވެސް އިޝްރާގެ އެދުމުގެ މަތިން އޭނާ އަޅައިނުލާ ލައިބްރަރީއާއި ދިމާލަށް މިސްރާބު ޖެއްސެވެ.
ފޮތްތައް ހަވާލުކޮށްފައި ގެއަށް އައި މަގުމަތީގައި އެ ތިންމީހުންގެ ތެރޭގައި ވީ ހަމަހިމޭންކަން އައިހަމްއަކަށް ކަމަކު ނުދިޔައެވެ. އެ ހަމަހިމޭންކަމުގެ ފަހަތުގައި ވީ ސަބަބު އޭނާއަށް ކަނޑައެޅިގެން އެނގުނުނަމަވެސް އެ ހަމަހިމޭންކަން ފޫދުއްވާލުމަށްޓަކައި އޭނާ ވަހަކަދައްކަންފެށިއެވެ.
“އިޝް! ދެން އިޝްގެ ރިޒަލްޓް ލިބި ކިޔަވަން ބޭރަށް ފުރަންޖެހޭ ދުވަސްކޮޅާ ދޭތެރޭ ކޮންކަމެއްތަ އޮތީ؟ އަބަދު ގެއަކު ނުތިބެވޭނެއެއްނު!” މާޙައުލުގެ ގޮތުން އޭނާ މުޅިން އެހެން ވާހަކައެއް ފެއްޓީ އެކުދިންނަށް އިތުރު ކަމަކާއިމެދު ފިކުރުކުރަން ދޮރެއް ހުޅުވަން ބޭނުންނުވުމުގެ އިތުރަށް މިހާރު އެކުދިން ކުރަމުންދިޔަ ފިކުރުތަކުން ދުރުކޮށްދެވޭނެ މަގެއް ފެނޭތޯއާއިއެކުއެވެ. އިޝްރަ ހިނިތުންވެލައި މި ބަންދުގައި ކަންތައްކުރަން އެމީހުން ރާވާލާފައިވާގޮތް ކިޔައިދިނެވެ.
“ދެން އައީ ކޮންއިރަކު ދަނީ؟” އިޝްރާވެސް ކޮށްލީ ސުވާލެކެވެ. ” ދެން 2 މަސް ފަހުން ދާނީ. މިފަހަރު ދެން ނަސީބުވެސް ގަދައީ ކަންނޭނގެ އިޝްގެ ޗުއްޓީ ދުވަސްކޮޅާ މަގޭ ޗުއްޓީ ދުވަސްކޮޅާ ދިމާވިކަންވެސް. ނޫންނަމަ މަ މިފަހަރު ނޭނގެ ހަދާނެ ގޮތެއްވެސް. ހެހެ…” ބޯކަހާލަމުން ހިނިއައިސްފައިހުރެ އައިހަމް ޖަވާބުދިނެވެ. އެވަގުތު ހިނގަމުންއައިސް އިޝްރާމެން ހުއްޓުމުން އައިހަމްވެސް ހުއްޓުނެވެ. ” އައީ! މީ ލުބޫމެންގެ. ލުބޫ! ދެންދޭ އެތެރެއަށް. މަ މިއަދު ހަވީރު ދާނަން އައީ ގޮވައިގެން ރަށުތެރެ ދައްކާލަން. ރެޑީވައްޗެ އެގަޑިއަށް އިނގޭ! މަ އަންނާނަން ބަލާ. މިހާރު މަގޭ މަންމަވެސް އުޅޭނެ ލަސްވެގެން. އެހެންވެ އިހަށް މި ދަނީ އިނގޭ! ސީޔޫ ލޭޓަރ ގާރލް!” ލުބްނާއަށް ހަނާއަޅާލަމުން އިޝްރާ ބުނެލިއެވެ. އެއަށްފަހު އޭނާގެ ގެއާ ދިމާލަށް މިސްރާބު ޖެއްސެވެ.
“އިޝްޔާ! ކޮއްކޮ އަދިވެސް ނާދޭތަ ލައިބުރަރީއަށް ގޮސްފައެއް؟ މިހާރު ކޮންއިރެއް ދިޔަފަހުން؟” ދޮރުމައްޗަށް އެރިވަގުތު މަންމަގެ އަޑު އިވުމުން އިޝްޔާ ހުއްޓިލާ އައިހަމްއަށްވެސް މަޑުކޮށްލަން އެންގީ އެ ދައްކަ ވާހަކައެއް އަޑުއަހާލުމުގެ ބޭނުމުގައެވެ. އޭނާ ނައިސް ލަސްވެގެން އަދިވެސް މަންމަ ނިކަން ކަންބޮޑުވޭތާއޭ އިޝްރާގެ ހިތަށް އެރިއެވެ.
“މަންމާ! ކޮއްކޮ ދިޔައީ އައިއްކޮއާ އެއްކޮށޭ! އެހެންވީމާ އައިއްކޮ އޭނާ ބަލާނެއެއްނު. ގައިމު މަށަށް އެނގޭ އެއްޗަކީ އައިއްކޮ އިޝްދެކެ ނިކަން ލޯބިވާކަން. އެހެންވީމައި އިޝްކޮއަށް ކަމެއް ވިއަކަސް އައިއްކޮ ހުންނަނެއެއްނު އިޝްގެ ސަލާމަތަށް! ދެން މަންމަ އެހަ ކަންބޮޑުނުބަލަ! އެހެންނޫނަސް މިހާރު އެކުދިން އުޅޭނީ އަންނަށޭ!” މަންމަގެ ހިތްހަމަޖައްސައިދިނުމަށްޓަކައި އިޝްޔާ ތަފާތު ވާހަކަދެއްކިއެވެ. އެވަގުތު އިޝްރާ ސިޓިންރޫމުން ވަދެގެންއައިސް އޭނާގެ މަންމައަށް ގޮވަލިއެވެ.
” މަންމާ! އަޅުގަނޑު މިހުރީ ހަމަ ގަދަފަދަކޮށޭ! ފޮތްތައް ލާފައި އަންނަމުން މިސްމެންނާ ވާހަކަދައްކާލަން މަޑުކޮށްލީ. އެހެންވެގެން ލަސްވީ” މަންމަ މާ ބޮޑަށޭ މިހަރު ތި ހާސްވަނީ! މިހަރު އިޝް މީ އިޝްގެ އަމިއްލަ ސޭފްޓީ ހޯދަން އެނގޭވަރުގެ ކުއްޖެކޭ! އެހެންވީމައި މަންމަ ތިވަރަށް ހާސްވުމުގެ އެއްވެސް ބޭނުމެއްނެތޭ ކިތައްދުވަހުތަ އިޝް ބުނާނީ؟ އޭނ! ދެން މީގެފަހުން މަންމަ ތިހެން އިޝްގެ ކަންކަމާއި ތިވަރަށް ހާސްވެގެން އުޅެންޏާ އިޝް މަންމަދެކެ ވަރަށް ރުޅިއަންނާނެ އިނގޭ!” އިޝްރާ މޫނަށް ވައްތަރެއް ޖައްސާލަމުން ވާހަކަދެއްކީ އޭނާގެ މަންމަގެ މޫޑު ރަނގަޅުކޮށްލުމުގެ ގޮތުންނެވެ. އެއަށްފަހު ހިނިތުންވެލާފައި އޭނާގެ ކޮޓަރިއާއި ދިމައަށް މިސްރާބު ޖެއްސެވެ. އައިހަމްވެސް އޭނާގެ އަަމިއްލަ ކޮޓަރިއައި ދިމާލަށް މިސްރާބު ޖެހީ ދަތުރު ވަރުބަލިވެފައިވުމުގެ ސަބަބުންނެވެ.
****2 ގަޑިއިރު ފަސް****
ނިދިފައިއޮތް އިޝްރާއަށް ސިއްސައިގެންގޮސް ހޭލެވުނީ އޭނާގެ ފޯނު ބާރުބާރަށް ހަޅޭއްލަވައިގެން އަޑަށެވެ. ފޯނުގެ ސްކްރީނަށް ބަލަލިއިރު ލުބްނާގެ ނަން އަރާފައި އިނުމުން އިޝްރާ އަވަސްއަވަހަށް އެ ކޯލަށް ޖަވާބުދިނެވެ. “ހަލޯ.” “ހަލޯ އިޝް. ކޮބާ ކޮންއިރަކުން އަންނަނީ؟ މަ މިހުރީ ރެޑީވެގެން މިހާރު؟” ލުބްނާ އަހާލިއެވެ.
” އެބަދަން 15 މިނިޓް ތެރޭގައި.” ލުބްނާއަށް ޖަވާބުދީފައި އިޝްރާ ފޯނުކޯލު ކުރުކޮށްލީ އަވަހަށް ތައްޔާރުވެގެން ދިއުމަށްޓަކައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.


Haadha kurey
Ehentha! ehenveemai dhen anna bai dhigukoddheynan ingey! Don’t worry!
Nice ishu your a sucssusful girl iam also ishaaa you know i cant register with my nameyour a nice girl
Is it iam aminath isha what is dhen your full name tell meeeee ishooooooo wen next hama keiy nuvy ahaanulaaa plss tell me is it you first story telll me ???????????????????????????????❤?????????????✌???????????????????????????????❤?❤???❤??
Dear Readers,
Lubna mi namaa varah gulheyne boy name eh miadhuge 6 ge kurin hoadhaalaafai buneladheebala. varah gulhey namekey mi buny twin akah kiyanvegen. And mihaa lahun mi bunee miee hama kulliakah story planning ah genai change akah vaathyve. I’m sorry mihaa kulli gothakah bunanjehunyma but I hope you all will give me full corporation with it. And ishaaa select kuraa name eh vaahaka up kurumuge kurin bunedheynan. Thank you all.
Libaan
Ma Shaa Allah. Varah reethi story Eh mi. I Love it. ??
Lubnaan
Vvv molhu asluves
Hama kuri ah dhaan v
Thank you my dear readers. & Thank you a lot Rifu. So Libaan is the name! I also Love it a lot. Mi vaahakaige 5 vana bawi maadahamaa hendhunu. Inthizaarukollavvaa!
you are always welcome Ishaaa. ??
Sorry my dear readers. Dhemme bunevunu dho dhen oiy bai maaddhamaa hendhuney. Ehen buny ehen faharu faharuves haveeru upkuran fonuvaifiyyaa hendhunu up vaathy. ekamaku mihaaru ebain mi vaahakaige 5 vana bai up vefa. So just enjoy reading this part as well and please comment on. mi vaahakaige havana bai maadhamaa. mirey ishaa namaadhu koggen ebai liyan fashaanan so maadhamaa upkurevey varu vaany liyefa check kollaafai. I thank you all for keeping on following this story. Thank you a lot.
Inshoo kobaa 5 vana part I couldn’t c…. Anehkaa upload kurin tha