Skip to content
އެސްފިޔަ

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ…….! (1 ވަނަ ބައި)

އިރުގެ ރަން ދޯދިތައް އުޑުމަތީގައި ރަސްކަންކުރަން ތައްޔާރުވަމުންދާ ހިތްގައިމު ވަގުތު މީހުން ތެދުވެ ހޭލަމޭލަ ވަމުން ދިޔައެވެ. މިއީ އެއްބަޔަކު ބަދިގޭގައި ތެލިތަށި ތަޅުވާ ވަގުތަށްވާއިރު އަނެއްބަޔަކު ހިތްއުފާކޮށްލަން ކަނޑައަޅާފައިވާ ވަގުތަކީ މިއީއެވެ. ތެދެކެވެ. މިއަދަކީވެސް އެފަދަ ދުވަހެކެވެ. ވިއްސާރަ ނަމަވެސް ފަރުވާލެއް ނެތެވެ.  މޫނުމަތިން ފެންނަމުންދިޔަ ކުލަވަރުތައް މާބޮޑަށްވެސް ތަފާތެވެ. އެކަމުން ލިބޭ ހިތްހަމަޖެހުން މާ ބޮޑީ ކަންނޭނގެއެވެ.

ކުޑަދޮޮރުގެ ބިއްލޫރިގަނޑުގައި ބޮސްދީފައި މުތީތަކެއްފަދައިން ފައިބައިގެންދާ ފެންތިކިތަކަށް ގެއްލިފައިހުރި އިޝްރާ ސިއްސައިގެން ދިޔައީ ކުޑަކުޑަ އިލްފް އައިސް ފަހަތުން އޭނާ ފައިގައި ބައްދާލުމުންނެވެ. ނަމަވެސް ހަމަ އެވަގުތު އޭނާއަށް އެއީ ކާކުކަން އެނގުމުން މޭ ހަމައަކަށް އަޅުވާލާ  އިލްފް އުރާލަމުން އޭނާއާ ވާހަކަދެއްކިއެވެ.

“ދޮންތިގެ ބޭބީ ހާދަ އަވަހަކަށް ތެދުވެގެން އުޅޭ ދުވަހެއް؟ ކިހިނެއްވީ ދޫނީ؟ ދޮންތި މަތިން މާބޮޑަށް މިސްވީ ދޯ!” އިލްފްގެ ބޮޑުބޮޑު ދެ ކޮލުގައި ހިފާލަމުން އިޝްރާ ވާހަކަދެއްކިއެވެ. ހަޤީޤަތަކީ އިލްފް ފެންނަ ކޮންމެ ވަގުތަކު އޭނާގެ ހިތް އުފަލުން ފުރިގެންދާކަމެވެ. އިލްފްއަށް އޭނާ ދައްކާ އެއްވެސް ވާހަކައެއް ނޭނގުނަސް އިލްފް ގޮވައިގެން އަބަދުވެސް އުޅެން ބޭނުންވާކަމެވެ. މިއާއެކު އިލްފްވެސް އެހެންމީހުނަށްވުރެ އިޝްރާ އާއި ދޯޅެވެ. އިޝްރާއާއެކު ކިތަންމެ ގިނަވަގުތު ހުއްޓަސް އިލްފް ފޫހިކކަމެއްނެތި އުޅެފާނެއެވެ.

“ބޭބީސް މިސްވާނީ މަންމައާއި ބައްޕައާއޭ! ދޮންތިއެއްނޫނޭ ދޯ ދޫނީ!” ފަހަތުންއައިސް އިޝަރާ އާއި ހަމަކޮށް ހުއްޓިލައި ވާހަކަދެއްކީ އިޝްރާގެ ދޮންތަ އިޝްޔާާގެ ފިރިމީހާއެއެވެ. އިޒާން މި ޢަމަލުން އިޝްރަގެ މޫނުމަތީގެ ކުލަވަރު ވަގުތުން ބަދަލުވިއެވެ.

“ދެން ބައްޕައަކަށްވުމުގެ ނަސީބު ލިބުނަކަސް އަދި ތިހެން ބުނުމުގެ ފުރުސަތެއް ނެތް އިނގޭ! މިހާރުވެސް އިލްކޮ މާ ދޯޅޭ އިޝްއާ!” ބޭނުންވި ގޮތަށް އެހެން ބުނެލެވުމުން އޭނާ ނިކަން ހިތްހަމަޖެހުނެވެ.

“ތިއެއްނޫނޭ! ކޮންއިރަކުންތަ އިޝްގެ ރިޒަލްޓްތައް ލިބެނީ؟ އިޝް ބުނީމެއްނު މި ހަފްތާ ލިބޭނެޔޭ!” “ޔެސް ދިސް ވީކް ތާރސްޑޭގަ! ޓޫ ވީކްސް ފަހުން އޮންނާނެ އެޗީވާރސް އެވޯރޑިންގް ސެެރެމޮނީ. އޭޕްރީލް 23 ގައި ސްކޫލް ޕްރައިޒް ޑޭ!” އިޒާންއަށް ޖުމްލަ ނިންމާނުލެވެނީސް އިޝްރާ އެއްފައްޗަކަށް ހުރިހަ އެއްޗެއް އަމުނައި ނިންމާލިއެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލައިލެވުނުއިރު 9 ގަހަން ބާކީ ހުރީ 20 މިނިޓެވެ.

“އަނެއްކާ މި ގަޑި ހަމަތަ؟” ހައިރާންވެހުރެ އިޝްރާ އަހާލިއެވެ. “ދައްކަބަލަ! އާނ! ތި ހަމައޭ ކިހިނެއްވީ؟” އިޝްރާގެ އަތުގައި އޮތް ގަޑިއަށް ބަލައިލުމަށްފަހު އިޒާން ބުނެލިއެވެ. އެއަށްފަހު އަޝްރާގެ އަތުން އިލްފް ނަގާ އުރާލިއެވެ.

“ދަރިފުޅާ!” އަޑުގެ ކޮޅަށް މަންމަ ގޮވާލި އަޑު އިވިފައި ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ.ކޮޓަރީގެ ދޮރުން ބޯދިއްކޮށްލާފައި  ސައިބޯންއަންނާށޭ  ކިޔަމުން މަންމަ ހިނގަތްޖެއެވެ.  ހެމުންހެމުން ދެމީހުން ނުިކުމެ ކާގެއަށް ވަތްއިރު ދުވާ މީރުވަހުން ބަނޑުފުރިދާހާވެއެވެ.

“ހާދަ ވަސްގަނޑު ރަނގަޅޭ! މިހާރުވެސް ބަނޑު ފުރިއްޖެހެން ހީވަނީ!” ލާނެތް ރާގަކަށް އިޒާން އެހެން ބުނަމުން ސިޓިންރޫމްގެ މެދަށް އިލްފް ދޫކޮށްލިއެެވެ. ހަމައަށް ފިޔަވަޅުއަޅައި ހިނގަންފަށާފައިވާތީ މިހާރު ގިނަވަގުތު އިލްފް ހުންނަނީ ދޫކޮށްލާފައެވެ.

“އެހެންތަ؟ އެހެންވީމައި ޒާންއަށް ސައެއް ނަހަދާދޭނަން އިނގޭ!” އަތްމަތި އަވަސްކޮށްލާފައި ސައި ހެދުމުގައި މަޝްޣޫލުވެ އުޅުނު އިޝްޔާ  އިޒާންއާއި ދިމާލަށް ވައްކަޅިން ބަލާލަމުން ބުނެލިއެވެ. ނަމަވެސް އެވަގުތު ދެން އިޒާން ބުނެލި އެއްޗަކުން އިޝްޔާގެ ނުޅިމޫނަށް ޖަންބުކުލަ ވެރިވެގެންދިޔައެވެ.

“އުހުން. މަގޭ އެންމެ ލޯބިވާ އިޝްގެ އަތުން ތައްޔާރުކޮށްދޭ ނާސްތާއިންނެައޭްނުުަ ފަށްނަޖެހޭނީ ދޯ މަންމާ!” އިޒާން އެހެން ބުނެލީ އޭނާ ބުނެލާ އެންމެ ބަހަކުން އިޝްޔާ ލަދުގަންނަވާލުމުގެ ބޭނުމުގައެވެ. އެކަން ކާމިޔާބުވެސް ވިއެވެ. އިޝްޔާއަށް ވީގޮތް ފެނިފައި އިޝްރާވެސް ހުރީ އެތެރެއިން ހީ ހީ ބަލިވެފައެވެ.

“ހޫން! މިހާރު މާ ވާހަކަގިނަވެއްޖެ! ދެން ސައިބޯން އުޅޭ! ދަރިފުޅާ އިޝްރާ! ކޮންއިރަކުންތަ ނަތީޖާތައް ލިބެނީ ކޮންއިރަކުތަ؟” ދަރިންގެ ސަކަރާތް ބަލަން ހެވިފައިހުރި އަލީޒާ ބުނެލިއެވެ. މިފަދަ އުފާވެރި ޢާއިލާއެއް ލިބުނުކަމަށްޓަކައި އޭނާ ﷲ ގެ ޙަޟްރަތުން ހިތާހިތުން ޝުކުރު އަދާކުރެއެވެ. އަދި މިޢާއިލާގެ އުފާވެރިކަން މިގޮތުގައި އަބަދުމެ ލެއްވުންއެދި ތާއަބަދު ދުޢާކުރެއެވެ.

“ރިޒަލްޓް ލިބޭނީ މިހަފްތާ ބުރާސްފަތި ދުވަހު” މަސްހުނި އަޅާފައިހުރި ބޯތަށީގެ މަތި ނަގަމުން އިޝްރާ މަންމައަށް ޖަވާބުދިނެވެ. ” މިފަހަރު ކޮއްކޮގެ ނަތީޖާތައް ރަނގަޅިއްޔާ ކޮއްކޮއަށް ވަރަށް ބޮޑު އިނާމެއް ލިބޭނެ! ދެން، އެހެންނޫނަސް ކޮއްކޮއަށްވެސް އެނގޭ ދޯ ކޮއްކޮގެ ކެރިއަރއިން ކުރިއަށްދާން އެންމެ ބޮޑު ފުރސަތެއް ލިބޭނެ ގޮތަކީއެއީކަންވެސް!” އިޝްރާއަށް ދޯދެމުން އިޝްޔާ ބުނެލިއެވެ. ޙަޤީޣަތަކީވެސް އެއީއެވެ. މެޑިސިންގެ ދާއިރާއިން ކުރިއަށްގޮށް ނިއުރޯސާރޖަންއަކަށް ވުމަކީ އިޝްރާގެ އެންމެ ބޮޑު އުންމީދެވެ. އޭނާގެ ހުވަފެނެވެ. އެކަން ދަނެގެން އިޝްރާ ވަނީ ނިކަން ހިތްވަރާއެކު މަސައްކަތް ކޮށްފައެވެ. މައިންބަފައިންނާއި މުޅި ޤައުމު ފަޚުރުވެރިވަފަދަ، މުޖުތަމަޢު ބަލައިގަންނަ ދިވެހި ދަރިއަކަށް ވާން އޭނާ ނުހަނު ބޭނުމެވެ.

“ދޮންތަ ހާސް ނުވޭ! މިފަހަރު އިޝް މީ ޔަގީންކަމާއެކު ސްކކޮލަރޝިޕް ލިބޭނެ ކުދިންގެ ލިސްޓުގެ އެންމެ ކުރީ ސަފުގައި ފައިތިލަ ސާބިތުކޮށްގެން ހުރި ރަންތަރިއެކޭ!” ނިކަން ހަމަޖެހިލަފައިހުރެ އިޝްރާ ބުނެލިއެވެ.

“ނޭނގެ ތިކަމެއް! ކުރިންދުވަހުވެސް އިލްފް ކައިރީ ބުނި ދޮންތިއަށް ސްކޮލަރޝިޕް ލިބޭނެދޯޔޯ! އެހާ ޔަޤީންކަން އޮތްނަމަ އެހެނެއް ނުބުނާނެއެއްނު ދޯ މަންމާ!” އިޒާން އެހެން ބުނުމުން އިޝްރާއަށް ވަގުތުން އޭނާގެ އިނގިލިތައް އަނގައަށް ލެވުނެވެ. އެއީ އަބަދުވެސް އޭނާ ސިއްރުން ކުރި ކަމެއް ނޫނީ މީހަކު ގާތު ބުނި އެއްޗެެއް އެހެންމީހަކަށް އެނގިއްޖެނަމަ ހަދާ ގޮތެކެވެ. އިޝްރާގެ އެ ޢަމަލުން އެންމެންގެ ހިނިގަނޑު ފަޅައިގެންދިޔައެވެ.

އެވަގުތު ގޭގެ ބެލް އަޅާލި އަޑު އިވުމުން އެންމެން ހިމޭންވިއެވެ. “ކާކުބާ؟” ބޮލުގައި ސުވާލުމާކެއް ޖަހައިގެންހުރެ އިޝްޔާ ދޮރުހުޅުވަން ދިޔައެވެ.

 

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (8)

  1. ?Sajy?

    First part varah reethi❤
    Whn next part❤

  2. INAA

    Vaahaka Varah reethi.. Kn dhuvahaku nxt prt up kurany..n lasnukoh up kohdhehchey…

  3. Hana

    Liyumugai kuh huri ekan rangalhu kollyma vaahaka rythi vaane.

  4. Ishaaa

    mihaaru vaahaka upkuran hushahalhaafai innaanee so I guess maadhamaage vaguthehgai upwaane.
    Thanks a lot Sajy & INAA. please keep on supporting like that till the end!

  5. Aishath

    Vv reethi mi part! Heevey v reethi vaane hen kuriyah huri part thah ves. Pls daily koh up kohdhechey. ?

  6. Ishaaa

    Sure. I’ll be trying my best to upload it everyday even if it is 1 part per day.

  7. QUEEN❤

    Woww it is nice

  8. Angel

    V reethi

Comments are closed.