ހުވަފެނުގެ ރާނީ 19
“ރުކޫ…. ރުކާޔަތު…” އަމްރުއާއި ދުރުގައި ކޮޅަށް ހުރި ނިޝާނަށް ބަލާލަމުން ނިކަތު އެހެން ބުނެލިއެވެ. ނީޝާންގެ ފައިން ހީވީ ވާގި ދޫވި ހެންނެވެ. އެބުނި އެއްޗެއް ވަގުތުން ނިޝާންއާއި އަމްރުއަށް އެނގުނެވެ. އަމްރުގެ މޫނުމަތީގައި ލުއި ހިނިތުންވުމެއް ވިއެވެ. ނަމަވެސް ނިޝާންގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ.
“ނިކޫ… ދަރިފުޅު ކީކޭ ކިޔަން ތިއުޅެނީ…” ނިޝާން އެހެން ބުނެފައި ނިކަތުގެ ކައިރިއަށް އަންނަން ހިނގައިގަތެވެ. އޭނާގެ ހިތަށް އަރަމުން މިއަންނަ ކަންތައް ދޮގަކަށް ވާނެނަމައެވެ.
“އަޅުގަނޑަށް ކިޔަނީ ފާތުމަތު ރުކާުޔަތު… އަމް ރުކޫ…” މޭގައި އަތް ޖައްޖާލަމުން ނިކަތު އެހެން ބުނެލިއިރު އެމޫނުން ފެންނަނީ އެުދާސްކަމެވެ.
” ސުބްހާނަﷲ.. އާހް…” ބޮލުގައި އަތް އަޅާލަމުން ނިޝާން އެހެން ބުނެލިއިރު އެމޫނުގައިވި ކުލަވަރެއް ބަޔާން ކޮއްދޭކަށް ނޭނގެއެވެ.
ނިކަތު މަޑުމަޑުން އިނދެއޭނާއަށް ހަނދާންހުރި ހުރިހާ ވާހަކައެއް ކިޔައި ދެމުން ގެންދިޔައެވެ. ނިޝާން ދެފަހަރަކު އަހާލުމުންވެސް ހަމަ އެއްގޮތަކަށް ކިޔައިދިނެވެ. ނިޝާނަށް އެންމެ ފުރަތަމަ ވާރޭ ތެރެއިން ފެނުނު ގޮތާއި އަމްރުއާއި ދިމާވި ގޮތުގެ ވާހަކައެވެ. ނަމަވެސް ނިކަތު ހަނދާން ނެތީ 21 ޑިސެމްބަރ 2002 ވަނަ ދުވަހުގައި ހިނގައި ދިޔަ ހާދިސާއެވެ. މަންމައާއި ކޮއްކޮ މަރުވިކަން ހަނދާންހުރި ނަމަވެސް ހަނދާންނެތީ ކިހިނެއް ކަމެވެ.
“ކާކު ދެން ނިކަތުއާއި ތަޝްކީލް މަރާލީ… ހަނދާން އެބަހުރިތަ އެއްވެސް ވަރަކަށް….” އަމްރުއާއި ނިޝާނަށް އެހެން އަހާލެވުނީ އެއް ފަހަރާއެވެ.
“ނޫން… އައި ރިމެމްބަރ ޑާރކް އެންޑް ބްލަޑް… އެއީ ހަމައެކަނި…” ނިކަތު އެހެން ބުނެފައި އެނދުގައި އިށީނދެލިއެވެ. އަދި ވިސްނާލީ އޭނާގެ ނަމާއި މެދުގައެވެ. ބޮޑުގެ ތޭވީސް އަހަރު ވުމުން ތިމާގެ އަސްލު ނަމަކީ އެހެން ނަމެއްކަން އެނގުމުން ކިހައި އުނދަގޫ ވާނެ ހެއްޔެެވެ. މުޅި އުމުރު ބޭނުންކުރީ އެނަމެވެ. ކިޔެވީ އެނަމެއްގައެވެ.
“ބައްޕާ އަޅުގަނޑުގެ ނަން…”
“ނިކޫތީ ހަމަ ނިކަތު… ދެން އަހަރުމެން ކިހިނެއް ނިކޫގެ ނަން ވަކި ބަދަލު ކުރާނީ.. ހުރިހާ ލިޔެކިޔުމެއްގަ ހުރީ މަރިޔަމް ނިކަތު ޖަހާފަ.. ބޭރުން ކިޔެވި ހުރިހާ އެއްޗެއްގަވެސް…” ނިޝާން ވިސްނާލީ ކަންތައް ކުރާނެ ގޮތަކާއި މެދުގައެވެ. އަމްރުގެ ކޮނޑުގައި އަތުން ހިފަހައްޓާލައިގެން އިންގޮތުން ނިޝާން ވިސްނަމުން ދިޔަވަރު ނިކަތުއަށް އިނގުނެވެ.
“ބައްޕާ… ދެން އެވަރަށް ނުވިސްނާ… އަޅުގަނޑުމީ ނިކޫ އެއްނު.. ދެން އެހެން ނޫނަސް އައި ވޯންޓް ނިކޫ ޓު ބީ އެލައިވް.. އައިލް ޓްރައި ޓު ލިވް އަޕް ޓު ހަރ ނޭމް…” ލޮލަށް ކަރުނަ ޖަމާވި ނިކަތު ކަރުކެހެލީ “ނިކަތު” މަތިން ހަނދާން ވުމުންނެވެ. އަބަދުވެސް ކޮއްކޮގެ ވާހަކައަކީ ކިޔަވައިގެން މޮޅު މީހަކަށްވުމެެވެ. މަންމައަށް އެހީތެރި ވުމެވެ.
“ދޮންތާ… އަޅުގަނޑު ބޮޑުވީމަ ވާނީ ކޯޓުގެ މީހަކަށް..”
“ކޯޓުގެ މީހެކޭ…”
ނިކަތު މީގެ އަހަރުތަކެއް ކުރިން ބުނި އެއްޗެއް ހަނދާން ވުމުން އިތުރަށް ކަރުނަތަކެއް ނުހިފެއްޓުނެވެ. ނޭނގުމުގެ ތެރޭގައިވެސް އޭނާއަށް ވަކީލަކަށް ވެވުނީ ނިކަތު ކުރިން އެހެން ބުނެފައި އޮތީމައެވެ. މިއީ ފަހެ ކޮންފަދަ ކަންތައް ގަނޑެއް ބާވައެވެ.
“ނިކޫ… ރުކޫ ބޭނުމިއްޔާ ބައްޕަ މިހުރީ ނަން ބަދަލުކުރަން…” އިސްޖަހާލި ނިޝާން އަތަށް ބަލާލިއެވެ. އޭނާ ހުރީ ހަދާނެ ގޮތް ހުސްވެފައެވެ.
“ނޫން ބައްޕާ އަޅުގަނޑުމީ ނިކަތު.. ދެޓްސް އިޓް…” ނިކަތު އެންމެ ފަހުގެ އިއްވުން އިއްވީ އޭނާގެ ނަންވެސް ޤަބޫލު ކުރަމުންނެވެ. ދެން އެއްވެސް މީހަކު އިތުރަށް ވާހަކައެއް ނުދައްކައެވެ. ނިޝާންގެއަށް ދިޔައީ އޮފީސް ކަމެއް ޖެހުމުންނެވެ. ސާރާ ގޭގެ ކަންތައް ނިންމާފައި މަޑުކޮއްލައިގެންއިނީ ނިޝާން އޮފީހަށް ދާންދެނެވެ.
އެނދުގައި ބުރަކަށި ޖައްސައިލި ނިކަތުއަށް ވިސްނެމުން ދިޔައީ އަދިވެސް ކުރީގެ ކަންތަކާއި މެދުގައެވެ. ހިޔާލުތަށް އެއްފަރާތް ކޮއްލުމަށްފަހު ނިކަތު އޭނާގެ ބަނޑުގައި އަތް ޖައްސާލިއެވެ. ދަރިފުޅުގެ އެތެރެއިން ހަރަކާތްތެރި ކަމުން މިހާރު އޭނާއަށް ބައެއް ފަހަރު އުނދަގޫވެސް ވެއެވެ. އެކަން އިހްސާސްވި އަމްރު ބަލައިލީ ނިކަތުގެ މޫނަށެވެ. ނަމަވެސް އޭނާ ނިކަތުގެ ގައިގައު އަތެއް ނުލައެވެ. އެދެމީހުންގެ ދެމެދުގައިވި ޝަރުތު ކުރެވުނު ކަންތައް މަތިން ހަނދާންވުމުން އަމްރު ފުންނޭވާއެއް ދޫކޮށްލިއެވެ. ދެން އެކުޑަ ދަރިފުޅުވެސް އަންނާކަށް ގިނަދުވަހެއް ނެތެވެ. ފުންނޭވާއެއް ދޫކޮށްލަމުން އަމްރު އޭނާގެ ފޯނަށް ބަލާލިއެެވެ. ލިވިއާގެ ނަން އަރާފައި ވުމުން ގޮނޑީގައި ބުރަކަށި ޖައްސާލަމުން ނިކަތުއަށް ބަލާލިއެވެ. އަދި ވާހަކަ ދައްކަން ފެށިއެވެ.
އަމްރު ހިނިތުންވެ ހުރެ ލިވިއާއާއި ވާހަކަ ދައްކާ މަްނޒަރު ފެނުމުން ނިކަތު ރުޅި ގަދަވިއެވެ. އަނބިމީހާ ބަލި ހާލުގައި އޮތް އިރުވެސް އަމްރު އުޅެނީ އެހެން އަންހެނުންގެ ހިތްހަމަ ޖައްސައި ދެވޭތޯއެވެ. ކޮންކަހަލަ ފިރިހެނެއް ބާވައެވެ. އަތުގެ ކުޑަވައި އިނގިލީގެ ނިޔަފަތި މަތީގައި އަތް ހާކަމުންދިޔަ ނިކަތު މޫނު ބަލައިލަން ނުކެރެއެވެ. ހީވަނި ހަމަ ދެންމެ ކައުންޓްލައިން އިން ގަނެގެން ގެނެސްފައި އިން ޗޮކްލެޓް ކޭކެއް ހެންނެވެ. އެހައިވެސް ފުފިފައި މޫނުއިނީ ވަށްކޮންނެވެ. އަމްރު ނިކަތުގެ މޫނަށް ބަލާލަމުން ފަހުން ގުޅާނެކަމަށް ބުނެލިއެވެ. އަދި ފޯނު ޖީބަށް ލަމުން ނިކަތުއަށް ބަލާލަމުން ހީލިއެވެ. ނިކަތު އަދިވެސް އިނީ އެއިން ގޮތަށެވެ.
“އެއްޗެއް ކާން ބޭނުންތަ..” ނިކަތު އިންގޮތުން އެންމެފަހުން އަމްރު އަހާލިއެވެ. އެމޫނުގައިވި އުފާވެރިކަމެއް ސިއްރެއް ނުވިއެވެ.
“އާރ ޔު ހޯރްމޯނަލް…” އަމްރު އެހެން ބުނީ އަދިވެސް ނިކަތު މުނު ހަދައިގެން އިންނަން ފެށުމުންނެވެ.
“އަމްރު ބަނޑުބޮޑުތަ؟ ތިހައި އިމޯޝަނަލް ތިވަނީ މީހަކު ގުޅީމަ…” ނިކަތު އެންމެ ފަހުން ބޮލިގައި އެނބުރެމުން ދިޔަ ވާހަކަ ބުނެލިއެވެ.
” އޯހް…” އަމްރު ފާޑަކަށް ހީލަމުން ނިކަތުގެ މޫނާއި ކައިރިވަމުން ބުނެލިއެވެ. ނިކަތު އެނދުގައި އޮތް ބާލިސް ނަގައި މެޔާލައި ބޮނޑިކޮށްލަމުން ބަލާލީ އަމްރުގެ މޫނަށެވެ.
“ކާން ބޭނުންތަ؟ ކޯއްޗެއް ގެންނަންވީ…” އަމްރު ތެދުވަމުން އެހެން ބުނެލިއިރު އެމޫނުގައިވި ހިނިތުންވުން ފިލައިގޮސް ބަދަލު ވެއްޖެއެވެ. އެހެން އިނދެފައި އެންމެފަހުން އަނެއްކާވެސް ބަލާލީ ނިކަތުގެ މޫނަށެވެ. ދެން ތިރިއަށެވެ.
“ކިހިނެއްވީ އެއްޗެކޭ ބުނަންތަ ތިއުޅެނީ…..” ނިކަތު ބާލީ އެނދުގައި ބާއްވަމުން ބަލާލީ ހާސްވެފައިހުރި އަމްރުއަށެވެ.
“ނިކޫގެ މަންމަ… އައި މީން ތަޝްކީލް… އަމް.. އަމް.. އަޅާނުލާ…” އަމްރު އެހެން ބުނެފައި އެތަނުން ނިކުމެގެން ހިނގައްޖެއެވެ. އަމްރު ނިކުމެގެން ދިޔަތާ ދެތިން މިނެޓް ފަހުން ދޮރު ހުޅުވާލި އަޑު އިވުނެވެ. ނިކަތު އިނީ ފުރަގަސް ޖަހައިގެން ކަމުން އޭނާ އެވަރަކަށް ނުބަލައެވެ.
“އަމްރު…” ފަހަތަށް އެނބުރުނު ނިކަތު ސިހުނީ މުއާޒް ހުރިތަން ފެނުމުންނެވެ. އެމޫނުގައިވީ އޭނާ ނުދަންނަ ހިނިތުން ވުމެކެވެ. އޭނާއާއި ބީރައްޓެހި ހިނިތުން ވުމެކެވެ.
“ބައްޕަ…” އެނދާއި ކައިރިއަށް އައިސް ހުއްޓުނު މުއާޒް ފެނުކުން ނިކަތުއަށް އަވަހަށް ބުނެވުނެވެ. މުއާޒް އަދިވެސް ހުރީ ކުރިން ހުރި ހރންނެވެ.. ހިނިތުން ވެލައިގެންނެވެ.
“ނިކޫ ހޮސްޕިޓަލުގައި އޮތް ވާހަކަ ބުނުމުން މިއައީ…” މުއާޒް އެހެން ބުނެފައި އަތް ނެގީ ނިކަތުއާއި ދިމާލަށެވެ.
“ބައްޕަ އައީތަ؟….” އެތެރެއަށް ވަން އަމްރު ހީލަމުން ބުނެލި އަޑު އިވުނެވެ. މުއާޒް ފަހަތަށް ބަލާލަމުން ހީލިއެވެ. އަދި ދުރުގައި ބަހައްޓާފައިހުރި ސޯފާގައި އިށީންނަމުން ބަލާލީ އަމްރުގެ މޫނަށެވެ. އަދި ނިކަތުގެ ބަނޑަށެވެ.
ނިކަތު ހޮސްޕިޓަލުން ދޫކޮށްލީ ތިން ދުވަސްފަހުންނެވެ. އޮފީހަށް ދާން ނިކަތު ބޭނުން ވެފައި އިންވަރުން އެއްވެސް މީހަކު ހުއްޓުވާކަށް ނޫޅެއެވެ. ހޮސްޕިޓަލުން ނިކަތު ދޫކޮށްލައިގެން ގެއަށް އައިފަހުން ސާރާ އަބަދުހެން އިންނަނީ ނެގި މަޑުވެފައެވެ. ނިޝާން، ނިކަތުއަށް ހުރިހާ ހަނދާނެއް ވެއްޖެ ކަމުގައި ބުނުމުން އޭނާއަށް ހީވީ ގައިން ތަނެއް މަދުވި ހެންނެވެ. އަދި އެހައި ހުސްކަން އިހްސާސްވިއެވެ. ވީހައިވެސް ނިކަތުއާއި ދުރުން އުޅެން މަސައްކަތްކުރީ އެހެންވެއެވެ. އެކަން ނިކަތުއަށް އިހްސާސްވި ނަމަވެސް އެވަރުން ނޫޅުނީ މަންމައަށް ވަގުތު ދިނުމުގެ މަޤްސަދުގައެވެ. މައެއްނަމަ ދަރިފުޅު ބީވެ ދާނެ ކަމުގެ ބިރު ހިތުގައި އޮންނާނެއެވެ.
އޮފީހަށްދާން ތައްޔާރު ވެގެންއިން ނިކަތު މަޑުކޮއްލައިގެން އިން އަމްރު އަންނަން ދެނެވެ. ދުރުގައި ސޯފާއި ސާރާ އިށީންދެގެން އިންތަން ނިކަތު ބަލަންއިނީ މީހަކު ލޯބި ވެރިއަކަށް ބަލާ ހެންނެވެ. އަމްރު އައިސް ކައިރީގައި ހުއްޓުމަށްފަހު ނިކަތުގެ ކޮނޑުގައި ޖަހާލުމުން ނިކަތު ތެޅިގަނެފައި ބަލާލިއެވެ. އޮފީހަށް ދިއުމުގެ ބަދަލުގައި ދެމީހުން ދިޔައީ ހުސެއިން އާދަމް ބިލްޑިންއަށެވެ. އެތަނުގެ އތެރެއަށް ކަޅިއެއް ދެމުން ނިކަތު އަމްރުގެ ފަހަތުން ހިނގައިގަތެވެ. އަމްރު ބުނީ އޭނާއަށް އެއްޗެއް ދައްކަން ވެފައި އެބައޮްތ ކަމަށެވެ. އަމްރުގެ ފަހަތުން ގޮސް ނިކަތުއަށް ވަދެވުނީ ލައިބްރަރީއެއް ކަހަލަ ތަނަކަށެވެ. ފަޑުފަޑު އަލިކަމެއް އެތަނުގައި ވީއިރު ހަތްދިހައިގެ މުސްކުޅި ތަނެއް ހެންނެވެ. އަމްރު އެތަނުންގޮސް މަޑުމަޑުން ހުއްޓުނީ ޓީ އަކުރު ޖަހާފައިވާ ހަރެއް ކައިރީގައެވެ. އެތަނުން އޭނާ ފައިލެއް ނަގައި އޭގެ މަތީގައި އަތުން ދެފަހަރަކު ޖަހާލިއެވެ. އެއާއެކު އޭގެން ހިރަފުސްތަށް ބުރައިގެން ދިޔައެވެ.
އަމްރު އެފައިލު ހިފައިގެން އައިސް ނިކަތުގެ އަތަށް ދިއްކޮށްލިއެވެ. އަދި ހިނިތުންވެލީ އުފާވެގެން ކަމެއް ނޫނީ ދެރަވެގެން ކަމެއް ނޭނގުނެވެ. އަމްރު ދެން ދިޔައީ އެހެން ދިމާލަކަށެވެ. އެތަނުން ފައިލެއް ނެގިތަން ފެނުނެވެ. ދެން ހުރި ހަރުގަނޑުތަކާއި ނިވާވެއްޖެއެވެ. ނިކަތު އަތުގައި އޮތް ފައިލު ހުޅުވާލުމާއެކު ހީވީ ހިތް ގެނބިގެން ދިޔަހެންނެވެ. އަތުގައި މަޑު ތުރުތުރު ލުމެއް ހިނގައިގަތީ އޭގައިވި ތަޝްކީލްގެ ފޮޓޯއާއި ‘ނިކަތުގެ’ ފޮޓޯ ފެނުމުންނެވެ. ނިކަތުއަށް ކައިރީގައި ހުރި ހަރުގަނޑުގައި ހިފަހައްޓާލަމުން ތިރިވެ ހިރަފުސްވެފައިވާ ޓައިލްސް މަތީގައި އިށީނދެވުނީ ފައިން ވާގި ދޫވާހެން ހީވުމުންނެވެ.
“ނިކޫ…. އޯ.ކޭތަ؟…..” އެތަނަށް އައި އަމްރު ނިކަތުގެ ކޮނޑުގައި ހިފާލަމުން ބުނެލިއެވެ. ޖަވާބުގައި ނިކަތުއަށް ބޯ ޖަހާލެވުނީއެވެ.އިތުރަށް ބުނާނީވެސް ފަހެ ކީކޭ ހެއްޔެވެ. އެފައިލަށް އަނެއްކާވެސް ނިކަތު ބަލާލިއެވެ. ފަހަރަކު ފޮޓޯއެއް ބަލަމުން އައިސް އޭނާ މަޑުޖެހިލީ ‘ނިކަތު’އާއި ތަޝްކީލްއާއި ދެމައިން އެކުގައި ފަހަތުން ނަގާފައިވާ ފޮޓޯ ފެނުމުންނެވެ. ލޮލުން ވެއްޓުނު ކަރުނަތިކި ފުހެލި ބަލާލީ އަމްރުގެ މޫނަށެވެ. އަމްރު އޭނާގެ އަތުގައި އޮތް ފޮޓޯ ތަކެއް ނިކަތުގެ އަތަށް އެވަގުތު ދިއްކޮށްލިއެވެ.
“އާރ ޔު ތިންކިން ވަޓް އަމް ތިންކިން؟….” ނިކަތުގެ މޫނަށް އެރި ކުލަފެނިފައި އަމްރު އަހާލިއެވެ.
“މިއީ އަތިރި މަތީގައި މަރުވެފައި އޮތް މީހާތަ؟….” ނިކަތު ނިކތުގައި އަތް ހާކާލީ އޭނާގެ ބޮލަށް އަރަމުންދިޔަ ތަދު ކުޑަވޭތޯއެވެ. އަމްރު ބޯޖަހާލަމުން ފަހުން ނިކަތުއަތަށް ދިން ފޮޓޯ ތަކުގެ މެދުގައި އަތް ޖައްސާލިއެވެ.
“ދޭ ހޭވް ސޭމް ކަޓްސް…. ސޭމް ބޮލަންޓް ފޯރސް ޓްރައުމަރ…” އަމްރު ތުނބުޅިގައި އަތް ހާކާލަމުން ނިކަތު އިށީނދެއިން ތަނުގައި އިށީނެވެ.
“ފަ….” ނިކަތުއަށް އެހެން ބުނެވުމުގެ ކުރިން އަމްރު ނިކަތުގެ އަނގަމަތީގައި ކުޑަކޮށް ޖަހާލިއެވެ. ނިކަތުއަށް ބުނަން އުޅުނު އެއްޗެއް އެނގުނީ ދެނެވެ.
“ލުކް… ކަރުގަވެސް ހަމަ އެއްގޮތަކަށް… އަތުގަވެސް… ދެޓް މީންސް މިމީހާ ކޮންމެވެސް ތަނެއްގެ ވަރަށް ގިނައިރު ބާއްވާފައޭ އެގެން ދިޔައީ… އެހެންވެ އެތަނުގަ އޭރުވެސް އެހައި ލޭ ނެތީ… އެންޑް ކޮންތާކަށް މިހައި ބައިވަރު ލޭތަކެއް އެމީހަކު އަޅާނީ… ހަދާ ބައިވަރު ލެއެއް މިވަރު ބޮޑު އަންހެނެއްގެ ގައިން ފައިބާނޭ…” ލޮލުގައިވި ކަރުނަތަށް ފުހެލަމުން ނިކަތު އަނގަމަތީގައި އަތް އަޅާލިއެވެ، ކުއްލިއަކަށް އޭނާ ހޮޑުލަވައިގަތީ ކީއްވެ ކަމެއް ނޭނގުނެވެ.
” އެނގޭތަ ސްކޭރީ ޕާރޓް… ފަހުން މޫނު ނޭނގޭ މީހާގެ ޕޯރސްޓްމޯރޓަމް ހަދަން އުޅުނު ޑޮކްޓަރ ބުނީ އެއަންހެން މީހާއަށް ދެދުވަސް ވަނދެން ނެތޯ ކާއެއް ދީފައެއް.. ގޮހޮރުން ހަމައެކަނި ޓްރޭސްވީ ބްލީޗް އޯ….” އަމްރު ލޯ މަރާލީ އެއަންހެން މީހާއަށް ވާނެ ތަދު އިހްސާސް ވުމުންނެވެ. އިންސާނުންގެ ތެރޭގައިވެސް ހައިވާނުން އުޅެއެވެ. ދެރައީ އަހަރުމެން މިދެކޭ ވަލު ޖަނަވާރުންނަށްވިރެ އެމީހުން ނުބައިކަމެވެ.
“ސޯ ހީ ގޭވް ހަރ އަ ސްލޯ ޑެތް…” ނިކަތު މަޑުމަޑުން އެހެން ބުނެވުނު އޭނާގެ އަޑުވެސް ކެނޑުނެވެ. މީހުން ގޯސްކަން އޭނާއަށް އިނގެއެވެ. އެކަމް މިކަހަލަ އިންސާނެއް ނުދެކެވެ.
“ހެހެހެ… ހީ އިޒް އަ ޖީނިއަސް…. ބްލީޗް އެޅީމަ ނުހުންނާނެ ބްލަޑްގެ އެއްވެސް ޓްރޭސްއެއް… ފަހުން އެއްވެސް ކަހަލަގެ ލައިޓެއް އެޅުވިއަސް ނުހުންނާނެ…” ނިކަތު ރުޅި ގަދަވިއެވެ. މިމީހަކީ އޭނާހެ ކޮއްކޮއާއި މަންމަވެސް މަރާލި މީހާ ހެއްޔެވެ. ނަމަވެސް މި ކުށެއް ނެތް އަންހެންމީހާ މަރާލީ ކިއްވެ ހެއްޔެވެ؟
“އެނގެއޭ…” އަމްރު އެހެން ބުނެފައި ނިކަތު އަތުން ތަޝްކީލްމެންގެ ފައިލް އަތު ލަމުން އެތަނުން އޭނާ ނެގިއެވެ. ދެމީހުން އެތަނުން ނިކުމެގެން ހިނގައިގަތީ ބޭރަށެވެ. ނިކަތުއާއި އަމްރުއަށް ނޭނގުނީ އެދެމީހުންނަށް ކުރިއަށް އޮތް ކަންތައް ތަކެވެ.
“މިއީ އަޅުގަނޑުގެ މަންމަ މަރައިލި މީހާ ވިއްޔަ.. ކީއްވެ ގޮނޑުދޮށުން ފެނުނު އަންހެންމީހާ މަރައިލާންވީ؟…” އެސުވާލަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ބޮލުގައި ރިއްސާލީ އެމަރާއި މިމަރާއި ދެމެގުގައި އެއްވެސް ގުޅުމެއް އޮވެދާނެތީއެވެ.
އޮފީހުގައި އިންއިރުގައިވެސް ނިކަތު އެއްވެސް ވަރަކަށް ހިތްހަމައެއް ނުޖެހެއެވެ، އަބަދުވެސް ކޮންމެވެސް ކަމަކާއި ވިސްނުން ނޫން ކަމެއް ނުވިއެވެ. ނިކަތު ކެބިންއިން ނިކުމެގެން ދިޔައީ ލިފްޓާއި ދިމާލަށެވެ. އޭނާ އެހެން ހެދީ ކީއްވެ ކަމެއް ނޭނގެއެވެ. އެންމެ ފަހަރަކު ނަމަވެސް އޭގެއަށް އަރަން ބޭނުންވިއެވެ. ލިފްޓްގެ ފިތަށް ފިއްތާލުމަށްފަހު ނިކަތު ފުންކޮށް ނޭވާއެއް ދޫކޮށްލިއެވެ. ލޯމަރާލައިގެން ނިކަތު އިނީ ލިފްޓް އަންނަން ދެނެވެ. ލިފްޓްގެ ދޮރު ހުޅުވުނު އަޑާއެކު ނިކަތުވެސް ލޯ ހުޅުވާލިއެވެ. ކުރިއަށް އެއް ފިޔަވަޅު އަޅާލުމާއެކު އެއްކޮށް މީހާ ގަނޑުވި ކަހަލައެވެ. އޭނާއަށް އިތުރަށް ކުރިއަކަށް ނުދެވުނެވެ. ފުންފުންކޮށް ނޭވާ ލެވެން ފެށުނީ ބޭއިޙްތިޔާރުގައެވެ. އޭނާ ހުރިހާ ހަނދާންތަކެއްވާން ބޭނުންވީ މިކަންތައްގަނޑުން މިންޖުވާންށެވެ. ނަމަވެސް އެކަން އެހައި ފަސޭހަ ނުވާނެކަން ނިކަތުއަށް އެނގުނެވެ.
ނިކަތު އެހެން އިނދެފައި ހިނގައިގަތީ އަނެއްކާވެސް ކެބިންއަށެވެ. އަމްރުގެ ކެބިންގެ ދޮރުގައި ޓަކި ޖަހާލަމުން ނިކަތު އެތެރެއަށްވަނީ ވާހަކައެއް ދައްކަން ބޭނުން ވެގެންނެވެ. އަމްރު އަތުގައި އޮތް ފޯނު ތިރީގައި ބާއްވަމުން އޭނާގެ ހުރިހާ ސަމާލުކަމެއް ނިކަތުއަށް ހުއްޓާލިއެވެ. ނިކަތު އެންމެ ފުރަތަމަވެސް އަހާލީ އަމްރު ގުޅައިގެންހުރީ ކާކުއަށްތޯއެވެ. އަމްރު ދޮގު ހެދުމެއްނެތި ލިވިއާއަށް ކަމަށް ބުނެލިއެވެ.
“ހެވޭ… މަންމަގެ ހަބަރެއްވިތަ….” ނިކަތު އެހެންބުނީ އީމާނާއަށް ނުގުޅޭތާ ހަފްތާއެއް ވީ ފަހުންނެވެ. ނިކަތު އެހެން ބުނުމުން އަމްރު ފޯނު ނަގައި އީމާނާއަށް ގުޅާލިއެވެ. ނަމަވެސް ފޯނު އޮތީ ނިއްވާލައިފައެވެ.
“ނިއްވާލާފަ…” ނިއްއަރުވާލަމުން އަމްރު އެހެން ބުނެލީ ސީރިއަސް ވެފައެވެ. މިހާރު މަންމައާއި ނުގުޅޭތާ އަދި ނުފެންނަތާވެސް ހަފްތާއަކަށްވިރެ ގިނަ ދުވަސް ވެއްޖެއެވެ.
“މަންމަމެންގެއަށް ދާނަން… އޯކޭ….” ނިކަތު މޫނު ހަދައިގެން އިންނަން ފެށުމުން އަމްރު އެހެން ބުނެފައި ނިކަތު އެތަނުން ފޮނުވައިލިއެވެ.
އޮފީސް ނިންމާފައި އަމްރު ކާރުގައި މިސްރާބު ޖެހީ އީމާނާމެންގެއާއި ދިމާލަށެވެ. ކާރު ޕާރކު ކޮއްލުމަށްފަހު އަމްރު ގޭގެ ކޯޑު ޖަހާފައި ގެއަށް ވަދެއްޖެއެވެ. އަނދިރިކަން ރަސްކަން ކުރަމުންދިޔަ އެތަނުން ލައިޓެއް އަމްރުއަކަށް ނުފެނުނެވެ. ފޯނުން އަލި އަޅުވައިގެން އެންމެފަހުން ގޭގެ ލައިޓްތައް ޖައްސާލިއެވެ. ގޭގެ ތެރޭގައި ލައިޓް ޖެއްސުމުން ކަމެއް ނޭނގެއެވެ. ގޭގައި ގެންގުޅޭ މެލޭޝިއާ އަންހެންމީހާ ކޮޓަރިން ނިކުމެގެން އެތަނަށް އައިސް ހުއްޓިއްޖެއެވެ. އަމްރު ފެނުމާއެކު ފުޅާ ހިނިތުން ވުމެއް ދީފައި ކާން ހަދަންހޭ އަހައިފިއެވެ. ބޯ ހޫރުވާލި އަމްރު އެގޭގެ އެކި ދިމަދިމާލަށް ބަލާލިއެވެ. އީމާނާ މެންގެއަށް އޭނާ ނުވަންނަތާ މިހާރު ސޯޅަ އަހަރުވީއެވެ.
“ކޮބާ މަންމަ؟….” އަމްރު ކެއްމަދުވެގެން އެންމެފަހުން އަހާލިއެވެ. އެވަގުތު އަންހެންމީހާގެ މޫނަށް އެރި ކުލަ އަމްރު ދުއްޓެވެ. އެމީހާ އިނީ ކޮންމެވެސް ކަމަކާއި ހާސްވެފައެވެ.
“ދައްތަ ލާސްޓްވީކްގަ ބޭރަށް ދިޔައީ… ދެން ގެއަށް ނާންނަނީ…” އެމީހާ އެހެން ބުނީ ދެރަވެފައެވެ. އެއަޑު އިވިފައި އަމްރު ވަގުތުން ކޮޅަށް ތެދުވެވިއްޖެއެވެ. ނޭނގޭފަދަ ބޮރުފަދަ ބޮރުވެރިކަމެއް އެހިތުގައި ހިނގައި ގަނެއްޖެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


curious vefa mi huri. v salhi adhi miah vure vx fast kohladheveytho balachey. thi hama best
myga vaa goi mihaaru ingijje
Yeah… Aslu muaaz dhw thashkeel men ves maraalii iimaanaa ves ok i got it
stry is awsm hama….thashkeel mn vx maraaly muaaz n maraalaafa ovaa fenun anhenaky eamaana….eyna vx maraaly muaaz……kurin prt ga muaaz hury bleach laign ge saafu kuran…cox mi part ga amru bunihn blood trace eh nufennaa ne nun….dhw ninnu…….keep up the gud wrk………….eagerly waitin 4 the nxt prt