Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ބުނެދެންހޭ… 2

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
January 5, 2019 5 Mins Read
9 Comments

މާހިރުގެ ދެމަފިރިން އެކުގައި ކާރުގައި ގެއަށް ފޮނުވާލުމަށްފަހު މިދުއާމް އާއި ހަމްޒާ ގެއަށްދިޔާއީ ސައިކަލުގައެވެ. މާހިރުއާއި ހިދާ އަކީ އަބަދުވެސް ނުރަނގަޅުކަމެއް ނޫންނަމަ ދަރިންގެ އުފަލަށް އިސްކަންދޭ ބަޔަކަށްވުމުން ދިޔައީ ލަސްނުކޮށް އައުމަށް ބުނެފައެވެ.

ފަސްއަހަރުފަހުން ކިޔެވުން ނިންމާލައިގެން އައިރު ރަށުތެރެ އަށް އައިސްފައިވާ އުމްރާނީ ބަދަލުތަކުގެ އިތުރުން ހިތްގައިމު އަރާމު ފިނިވައި ޖައްސާލުމުގެ ނިޔަތުގައި ދުއްވަމުންދިޔަ މިދުއާމްގެ ލޮލުގައި އެދިމާއިން ގޯޅިއަކުން ލަނބާލި އަންހެން ކުއްޖާ އަޅައިގަތުމާއެކު ދުއްވަން އިން ހަމްޒާގެ ކޮނޑުގައި ކޮޢްޓާލުމަށްފަހު އެދިމާއަސް ދިއުމަސް އެދުނެވެ. ސަލްވާގެ ހިޔާލުގައި އިން ހަމްޒާ ހީކުރެވުނީ އެތާންގައި އިންނަ ފިހާރައަށް ވަންނަން ބޭނުންވެގެން ބުނީ ކަމަށެވެ. އެހެންވެ އަނބުރާލާފައި ގޮސް ފިހާރަ ކަންމަތީގައި ސައިކަލު މަޑުކޮށްލިއެވެ. ނަމަވެސް ދޮންބެ ނުފޭބުމުން ކިހިނެއްވީތޯ، ފިހާރައަށް ނުވަންނަނިތޯ ސުވާލުކޮށްލިއެވެ. އެވަގުތު ފިހާރަތެރޭން އެއްކަލަ އަންހެންކުއްޖާ މިދުއާމްގެ ލޮލުގައި އަޅައިގަތުމާއެކު ” ނޫން.. ނޫން.. މިދަނީ އަސްލު މިވިސް ނާލި މީކޮންހިސާބެއް ބާއޭ.. މިހާ ދުވަސްކޮށްލާފަ އައީމަ ނޭންގުނީ.. ” ވާހަކަ އޮޅުވާލަމުން މިދުއާމް އަވަސް އަވަހަށް ސައިކަލުން ފައިބާ ފިހާއަށް ވަނެވެ.

އައްޑޫގައިހުންނަ ފިހާރަތަކަކީ ބޮޑެތި ތަންނަނަށް ވުމާއެކު މިދުއާމްއަށް އެއަންހެންކުއްޖާ ހުރި ހިސާބަށް ދެވުނި ކުޑައިރުކޮޅަކުން ނެވެ. ނަމަވެސް މިފަހަރުވެސް އޭނާގެ ނަސީބު އަތަކުނުހިފިއެވެ. އެތާންގައި އެކުއްޖާގެ ނިޝާންވެސް ނެތެވެ. އެއްލިކަޅިއަކުން ކައުންޓަރު ދޮށަށްދިޔަ ކުއްޖާ ފެނުމާއެކު ބޯކަހާލާފައި އެތަނުން ދެދަޅުނަގައިގެން ކައުންޓަރާއި ދިމާއަށް މަޑުޑުން ދިޔަ މިދުއާމް އިނީ ފެނުން އަންހެން ކުއްޖާގެ ރީތިކަމަށް ގެއްލި ހުސްވެފައެވެ. ނޭޕާލްގައި ޑޮކްޓަރުކަން ކިޔަވަން ހުރިއިރު އެތަށްގައުމެއްގެ ރީތި އެހާމެ ފުރިހަމަ ކުދިން އޭނާއަށް ވަނީ ފެނިފައެވެ. ނަމަވެސް ހިތާއި ހަމައަށް ފޯރީ މިރޭގައި މިފެނުން ނުދަންނަ ކުއްޖާއެވެ.

ހިޔާލީދުނިެއިން މިދުއާމްއަށް ނިކުމެވުނީ ކައުންޓަރުގައި އިން ކުއްޖާ މޫނުމަތީގައި ފުއްޓަކިޖަހާލުމުން ނެވެ. ދެފަރާތަކަށް ބޯހޫރާކުމާއެކު ދެލޯހޯދާލީ އެއްކަލަ އަންހެން ކުއްޖާއެވެ. އޭރު އެކުއްޖާ ނިކުންނަނީއެވެ. އަގުއަހާލުމާއެކު އަވަހަށް ފައިސާ ދައްކާފައި މިދުއާމްވެސް ނިކުންނަން ހިގައިގަތެވެ.

“އަޅެ އަހަރެން ހާދަ ކެއަރލެސް ވީމައޭ މިހާއިރު ވާއިރު ހަބަރެއް ނުވެވުނީ.. ރޭގަ މަސްބާނަން ދެވުނީމަ މިހުރިހާކަމެއްމިވީ ފަތިހުވެސް ގޮވާނުލެވުންތާގަ ހޭލެވުން އިރުވެސް ބޮލަށް ގޮތެއްވެފަ ހުރީމަ ކެފޭއަށް ދިޔައީ.. އެކަމަކު އެތަނުންވެސް އަވަލަވައިގަތީ ފުރޭތައެއްކަހަލަ އެއްޗެއް.. ކޮން ނަތާޝާއެއްތަ އޮންނާނީ.. ހުވާމިބުނީ ހާދަ ފޫއްސެއްވިޔޭ.. އޭނަޔާ ހަދައިގެން ފަހުންގޮސް އަނެއްކާ ނިދުނީ.. ” ސަލްވާ ގުޅާފައި އިން މިސްކޯލް އެލަރޓް ފޯނު ބަލާލި ހަމްޒާއަށް ފެނުމާއެކު ހިތާހިތާ އެތަކެއް ޝަކުވާއެއްކުރެވުނެވެ. ހަގީގަތުގައިވެސް މިއަދުއޭނާ ކުއްވެރިވާކަމަށް އަމިއްލަނަފްސަށް ވިސްނާދިނެވެ. ނަމަވެސް ނިދަން ވަދެފައިނޫނީ ހަމަ ޖެހިގެން ވާހަކަ ދައްކާ ނުލެވޭނެތީ މިވަގުތު ނުގުޅަން ހަމްޒާ ނިންމިއެވެ. އެހެންނޫނީ އޭނާގެ ދޮންބެގެ ސުވާލުތަކާ ކުރިމަތިވާނެއެވެ.

ސައިކަލުމަތީގައި ފިކުރުކުރަންއިން ހަމްޒާސިހުނީ ފަހަތުން އައިމީހަކު “އޭތް” އޭކިޔާ ކޮނޑުގައި ޖަހާލުމުންނެވެ. ބަލާލިއިރު އެއްކަލަ ފުރޭތަ މިއޮތީ އަރާފައެވެ. ” ހަމްޒާދޯ.. ކީއްތަ މިތާންގަ ތިކުރަނީ.. އެކަނިތަ.. ހިނގާބަލަ ރައިޑަކަށް.. ” ހަމްޒާއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް، ގަޔަށް ހިފާފައިހުރި ލޭސްފޮތީގެ ކަރުބޮޑު ޓީޝާޓު ތިރިއަށް ދަމާލަމުން ނަތާޝާ ފަށްޗަކަށް އަމުނާލިއެވެ.

ފިހާރައިން ނިކުތް މިދުއާމް އަށް ހަމްޒާ ކައިރީގައި ހުރި އަންހެންކުއްޖާ ފެނުމާއެކު ދެލޯބޮޑުކޮށްލެވުނެވެ. ބާރުހިނގުމުގައި އައިސް ހަމްޒާކައިރީގައި މަޑުކޮށްލިއިރު “މިއުޅެނީ ދޮންބެއާއެކު މިވަގުތަކު ނެތް ދެވޭކަށް ” ހަމްޒާ ބުނެލިއަޑު އިވުނެވެ. “ހިނގާދާން.. ” މިދުއާމް އައިސް ވަގުތުން ސައިކަލުގެ ފަހަތަށް އަރާ އެހެން ބުނެލިއިރު އޭނާގެ ހިތް ބާރަށް ތެޅެމުންދެއެވެ. ބޭނުންވީ ވީ އެންމެ އަވަހަކަށް އެތަނުން ދާށެވެ. ހަމްޒާވެސް އެގޮތް ބޭނުން ވެފައި ހުރުމާއެކު އަވަހަށް ސައިކަލް ސްޓާޓުކޮށްލުމާއެކު ދުއްވާލިއެވެ.

“ވާވް.. ހަމްޒާއަށް ވުރެ ހަމްޒާގެ އެދޮންބެ މާ ސްމާރޓް ވެފަ ހޮޓް.. ” ނުލަފާގޮތަކަށް ހެމުން ހިތުގައި މޮޅުގޮތްތަކެއް ރާވާލުމާއެކު ހަމްޒާމެން ދިޔަ މަންޒަރުބަލަން އިން ނަތާޝާ ހިތާހިތުން ކިޔާލިއެވެ.

******

މަންމަބުނެގެން ޖޫސްފުޅިއެއް ގަނެގެން އައި ސަލްވާ އިނީ އަދިވެސް ހަމްޒާގެ ހަބަރެއްނުވުމުން ހިތްމަރުވެފައިވާ މީހެއްފަދައިންނެވެ. މިއިންދުވަހަކުވެސް ހަމްޒާގެ ފަރާތުން މިކަހަލަ ކަމެއް ނުފެނެވެ. ” އަނެއްކާ އެމީހުން ކީހެން ހަމްޒާގެ ޓައިޕްގެ މީހަކު ލިބުނީމަ އަހަރެން ބަކީ ކޮށްލީކީ ނޫންބަ..؟ ” ހިތަށް ވަތް ނުބައިހިޔާލަކާއެކު ސަލްވާ އަށް ބޭއިހްތިޔާރުގައި ބޯހޫރާލެވުނެވެ. ” ނޫނެކޭ.. ބަލަ އެކީއްވެ މިމަހުގެ މުސާރައިން މަންމައަށް އެވަރުނުދެވޭންވީ.. އޭން..” ސަލްވާއަށް އެހެން ދުނިޔެއެއްގައި އުޅެވުމުން އޭނާގެ މަންމަ ވާހަކަ ދެއްކިކަންވެސް ނޭންގުނީއެވެ. ވުމާއެކު އަވަސް އަވަހަށް ކީކޭހޭ އަހާލިއެވެ. އެވަގުތު ރާމިޒާ ކީއެއްޗެއް ތަކުރާރުކޮށްލީ ދަތްކުނޑި ވިކާލައިގެން ހުރެއެވެ.

މަންމަ އިތުރު ވާހަކައެއް ދެއްކުމުގެ ކުރިން ސަލްވާ އަވަހަށް ބޯޖަހާލާފައި ކޮޓަރިއަށްދިޔައީ ހަދަންހުރި އެސައިންމަންޓްތަށް ނިންމާލުމަށެވެ. ސްކޫލް އިން ލިބުނު ފުރުސަތުގެ ބޭނުންހިފާ ސެކަންޑަރީ ޓީޗިން ބްލޮކްމޫޑްގައި ކިޔަވަން ފެށިތާ އަދިވީ ދެމަސްދުވަސް ނަމަވެސް ސަލްވާއަށް އެކަމުގެ ބުރަކަން އިހްސާސްވެއެވެ. ނަމަވެސް ހިތްވަރުކޮށްލާފައި ކިޔަވަމުން އެދަނީ އެއީ ސަލްވާ ކުރިއަށްދާން އެންމެބޭނުންވާ ދާއިރާއަށް ވުމުންނެވެ.

މަސައްކަތުގައި އިން ސަލްވާއަށް އެހެން އިންފައި ނިދުންއިރެއްވެސް ނޭންގުނެވެ. ހޭލެވުނީ ފަތިސްވާވްފެފައި ހުއްޓާ ފޯނު ރިންގް ވާންފެށުމުންނެވެ. ފޯނުގެ ސްކްރީނަށް އަރާފައިވާ ހަމްޒާގެ ނަންފެނިފައި ސަލްވާގެ ނިދިއެކުން ފިލާދިޔަފަދައެވެ.

“ދޫނި ކީއްވެތަ ފޯނު ނުނަގަނީ.. ރޭގަ ހާދަވަރަކަށް ގުޅީމޭ.. މެސެޖްވެސް ކުރިން.. ” ފޯނުނެގުމާއެކު ހަމްޒާ ވާހަކަ ދެއްކިއެވެ. އެތަށް އިރަކު ވާހަކަދައްކަންތިބެފައި ދެލޯބިވެރިން ވަކިވީ ފަތިސްނަމާދަށް ބަންގިވުމާއެކުގައެވެ. އޭރު ދެކުދިންގެ ދެމެދުގައި ޖެހިފައިވާ ކުނިގަނޑު ފިލާހިނގައްޖެއެވެ. ވާހަކަދައްކައިގެން ދެކުދިންވެސް މައްސަލަ ހައްލުކުރީއެވެ.

ފޯނު ބާއްވާފައި އަވަހަށް ތުވާލިހިފައިގެން ސަކްވާ ފާހާނާއަށްވަދެ ފެންވަރާ ވުޟޫޫކޮށްލައިގެން ނިކުމެ ނަމާދުކޮށްލީ ލިބިފައިވާ ހިތްހަމަ ޖެހުމާއެކުގައެވެ. ތިނެސްކަން ބުރުގާ ބޮލަށް ހެޔޮވަރުކޮށްލުމާއެކު ސަލްވާ އަވަހަށްނިކުތީ މަންމައާއި ބައްޕަ ހޭލަން ވާއިރަށް ސައިތައްޔާރުކޮށް ގޭދޮށް ކުނިކަހާހެދުމަށެވެ.

*******

އެހާދުވަސްކޮށްފައި އިރުއަރާމަންޒަރުފެނުމުން މޮދުއާމްގެ ހިތްށް ވަނީ ބަޔާކުރަން ދަތި އުފަލެއްލިބިފައެވެ. އަތުގައިވާ ނިކޯން ޑީ.ސެވަން.ޓޫ.ޑަބަލްޒީރޯއިން އެއުފާވެިން މަންޒަރުތަށް ތަސްވީރުތަކެއް ފަދައިން ރައްކާކުރަމުން މިދުއާމް ދިޔައީ ހިޔާލެއް ފިކުރެއްނެތިއެވެ. ނަމާދުކޮށްލައިގެން ހަމްޒާއަށް ގޮވުމުން ނުތެދުވީމަ އެކަނި ނަމަވެސް އަންނަން ބޭނުންވުމުން ސައިކަލުގައި އެކަނި އައީ އިރުއަރާވަގުތު އެހިތްގައިމު މަންޒަރު ނުފެންނަތާ ގިނަދުވަސް ވުމުންނެވެ.

އެތަށްއިރަކު ތުންޑީގައި ހޭދަުރުމަށްފަހު މިދުއާމް ގެއާދިމާއަށް މިސްރާބުޖެހީ މިފަހަރުއެހެން މަގަކުންނެވެ. އޭނާގެ ހިތާކުޅެލި އަންހެންކުއްޖާ ފެނޭތޯ ރޭގައި ދިޔަ ފިހާރަކައިރީންނެވެ. އެކީދިމާއަށް ނަޒަރުހިންގަމުން ދިޔަ މިދުއާމްއަށް އެކުއްޖާ ފެނުނީ ގޯޅިއަކަށް ލަނބާލަންއުޅެނިކޮށެވެ. ނޭންގިނަމަވެސް އާދެވުނީ އެގެ ހުންނަ މަގުންނެވެ. ނަމަވެސް އެހިސާބަށް ދާންވީ އިރަށް އެކުއްޖާ އެތެރެއަށް ވަދެ ދޮރުޖެހުމުން ގޭގެ ނަން ކިޔާލަމުން ސައިކަލު ދުއްވާލި މިދުއާމްގެ ތުންފަތުގައި ކުޅެލީ ފަތަހައިގެ ހިނިތުންވުމެކެވެ.

ސައިތައްޔާރު ކުރުމަށްފަހު ކުނިކަހާނިންމާލާފައި ގެއަށްވަތް ސަލްވާއަށް ވަދެވުނީ ރާމިޒާގެ ކުރިމައްޗަށެވެ. “ސައިހެދީތަ މިހާރު.. މީހުނަށް ތިއްތިދެއްކޭން ކުނިކަހާން ދާނީ ސައިހަދާފަ .. ” ރުންކުރު ގޮތްކަށް ރާމިޒާ އެހެން ބުނުމާއެކު ސައިހަދައިފިކަމުގައި ބުނެފައި ސަލްވާ އަވަހަށް ދިޔައީ ސްކޫލަށް ދިއުމަށް ތައްޔާރުވާށެވެ.

ގެއަށްވަދެގެން އައި މިދުއާމްގެ މޫނުމަތީގައި ނުފިލާހުރި ހިނިތުންވުން ފެނިފައި ހިދާއަށް އޭނާގެ ދަރިފުޅަށް ބަދަލުތަކެއް އައިސްފައިވާކަން އިހްސާސްކޮށްލެވުނެވެ. މީގެކުރިން މިދުއާމްއަކީ ހިޔާލީދުނިޔޭގައި އެގޮތަށް ހީހަދާކުއްޖެއްނޫންކަން ހިދާއަށްވެސް އެނގެއެވެ. ދެބެއިން ތިބޭއިރު ދެކުދިންގެ އުޅުން އުޑާ ބިމާހާ ތަފާތު ނަމަވެސް އެކުދިން އެއްކުއްޖަކު އަނެއްކުއްޖަކުދެކެ ވާލޯބިފެނި ހިދާއަށް އަބަދުވެސް ހެއްދެވި ފަރާތަށް ޝުކުރުވެރި ވެއެވެ.

“ދަރިފުޅު ހާދަ އުފާވެފަ.. ” މިދުއާމް އައިސް ހުދާކައިރީގައި މަޑުކޮށްލުމާއެކު ހިނިތުންވެލާފައި އަހާލިއެވެ. “ސިއްރެއް ބުނަންތަ.. މަންމަގެ މިދަރިފުޅު ހިތްކިޔާކަހަލަ ސާދާ ކުއްޖަކުފެނިގެން މިއުޅެނީ.. ” ނިކަން މަޑުމަޑުން އެއްލޯމަރާލަމުން މިދުއާމް އެހެން ބުނުމާއެކު ހިދާއަށް ހޭންފެށުނެވެ. “ތީހަމަ ދެވަނަ ދަރިފުޅުގެ ބައްޕަ ހަމަ ތިހާ ލާނެތްވާނެ.. ” ހެމުން ހެމުން ހިދާ އެހެން ބުނުމުން މިދުއާމް ވެސް އެހުނުމުގައި ބައިވެރިވީނަމަވެސް ހަގީގަތުގައި ކުއްޖަކުފެނުން ކަމަށް އޭނާގެ މަންމަ ގާތުގައި ބުންޏެވެ. ” އެކަމަކު ދަރިފުޅު އަދި އައިތާ ތިއުޅެނީ އެއްދުވަސްނުވެގެން.. ތިހެން ހަމަ ފެންނަ ފެނުމަކުން ކިހިނެއްއެނގެނީ ސާދާ ކުއްޖެއްކަން.. ރަނގަޅަށް ބަލާކަށްނުޖެހޭނީ.. ” ސީރިއަސް ރާގެއްގައި ހިދާ އެހެން ބުނުމުން މިއަދުއޭނާއަށް ފެނުންމަންޒަރު މިދުއާމް އޭނާގެ މަންމައަށް ކިޔާދިނެވެ.

********

ސްކޫލްގެ ހަލަބޮލިމާހައުލުގައި ހަރަކާތް ތެރިވަމުން ދިޔަ ސަލްވާ މިއަދު ހުރީ މުޅިންތަފާތުކޮށެވެ. އިއްޔެ ހިނގާދިޔަ ކަންތަކުން އަރާގަނެވުމުން ސަލްވާ ބޭނުންވީ އިއްޔެ މީހުން އޭނަކައިރީ ކިހިނެއްވީތޯ ސުވާލުކުރުމުން އެކަން ދެން ތަކުރާރު ނުކުރަން އަޒުމްކަންޑައަޅައިގެންނެވެ. ނަމަވެސް ހިތަށް ވަތް ހިޔާލަކުން ހިނދުކޮޅަކަށް ނަމަވެސް ސަލްވާގެ އެރީތި ހިނިތުންވުން ފިލާދިޔައެވެ. ނަމަވެސް ހަމަ އެޔާވިދިގެން ” ހަމްޒާ ކިޔެވުން ނިންމާފައި އައިސް ކައިވެނީގެ ކަންކަމާ އުޅޭވާހަކަ ހިތަށް ވަނުމުން އިހުހުރިގޮތަށް އިޔާދަވިއެވެ.

ހިދާކައިރީގައި ވާހަކަ ދައްކަންހުރި މިދުއާމް ހަމްޒާ މަތީން ހަދާންވުމާއެކު އެކޮޓަރިއަށް ދިއުމަށް މިސްރާބުޖެހިއެވެ. ދެކުދީންނާއި ދެމަފިރިންވެސް ދިރިއުޅޭ ކޮޓަރިހުންނަނީ ގޭގެ ދެވަނަ ފަންގިފިލާގައި ކަމުން އެއޮއް ބޮޑުގޭގައި ތިރީގައި ހުންނަ ކޮޓަރިތަށް ހުންނަނީ ހުހަށެވެ. ނަމަވެސް ހިދާގެ މުރާލިކަމާއި ހިންގުތެރިކަމުން އެއިންތަނެއްވެސް ހަޑިވެ ހިރަފުވެގެން ދިޔަނުދެއެވެ.

ގަދަ ނިދީގައިއޮތް ހަމްޒާއަށް ފިނީގެ އަސަރުވާހެން ހީވުމާއެކު ފުންމާފައި ތެދުވެވުނެވެ. އޭރު ކުރިމަތީގައި މިދުއާމް ބަނޑުގައި އަތްއަޅައިގެން ގުދުވެ އޮވެހެނީއެވެ. “ދޮންބެވެސް ދެންދޯ.. އައިސްކިއުބު ވިއްޔާ.. ” އައިސްފައިވާ ރުޅި ފިނިކޮށްލަމުން ހަމްޒާ ކުރިމަތީގައިހުރި މިދްއާމްގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. “އެހެންނުވާނީ.. މަގޭ ހަމްޓީޑަމްޓީ ކޮއްކޮއަށް ލިބިފަ މިހުރީ ނިކަން ކުޅަދާނަ ދޮންބެއެކޭ.. އެހެންނޫނަސް މިހާރު އެހެރަގެން ނުވަގަޑިބައިވަނީ ބައްޕަވެސް ވަރަށްއިރު ހުރެފަ އެދުރުވީ އޮފީހަށް ކޮއްކޮ އަދިވެސް ތިއޮންނަނީ ނިދަން.. އެހެންވީމަ މިކަހަލަ ގޮތަކަންނު އެނދުންނެގޭނީ.. ދެންވެސް ނުހުރެ ތައްޔާރުވެގެން އާދެބަލަ ނިކަން ބަނޑުހައޭ.. ” ދައްކާނެ ވާހަކައެއް ދައްކާލުމަށްފަހު ބަނޑުގައި އަތްކާތާލަމުން މިދުއާމް އެހެންބުނުމުން ހަމްޒާވެސް އިތުރު ބަހަނާއެއްނުދައްކާ އަވަހަށް ފާހާނާއަށްވަދެ ފެންވަރާލައިގެން ތައްޔާރުވެގެން ތިރިއަށް ދިޔައެވެ.

” ދަރިފުޅު ކީއްވެތަ އެހާލަހުން މިދެދުވަހު ތިހޭލަނީ އަނެއްކާ ބަލީތަ..މިހާރުދެން މިއޮތީ ބާކީ ތިންދުވަސް އޭގެ ފަހުން ދޮންބެ ހެދިހެން ކިޔަވާ ނިންމާފަ ކަންނޭގެ ދަރިފުޅު މަންމަ މެންނަށް ފެންނާނީ.. އެހެން ވީމަ އާއިލާ އެކުގަ ކައިބޮއެ ހަދަންވާނު..  ” ތިރިއަށް އައި ހަމްޒާފެނުމާއެކު ހިދާ ކަންބޮޑުވެފައި ސުވާލުކޮށްލިއެވެ. ” މަންމާ އަޅުގަނޑަށް ނަމާދުކޮށްލައިގެން އަނެއްކާ ޖައްސާލެވުނީމަ ނިދުނީޔޭ.. އެބުނާހެން ދޮންބެ އައީމަ ދެން ދާންދޯމިވީ.. ” ހަމްޒާ އެހެން ބުނެލާފައި މިދުއާމްއަށް ބަލާލަުމުން މިދުއާމްގެ މޫނުމަތީގައި ހުރި އުޖާލާކަންވެސް ފަނޑުވިއެވެ. ނަމަވެސް ދާދި އަވަހަށް ” ކޮއްކޮއަކަށް ނުހުރެވޭނެ ނައިހެއް.. ބަލާބަލަ އެންމެ ފުރަތަމަ ލިބުުނު ޗުއްޓީއާއެކުވެސް އެހުރީ އައިސް.. ޔަގީނޭ..އަހަރެމެންނަށް ސިއްރުން ކަމެއްކުރަނީކަން ދޯ މަންމާ.. ” ލާނެތް ގޮތަކަށް ހެމުން މިދުއާމް އައިސް ހިދާގެ ކޮންޑުގައި ބޯއަޅާލާފައި އެހެން ބުނުމާއެކު ހަމްޒާއަށް ބޭ އިހްތިޔާރުގައި “ސަލްވާ..” އޭ ބުނެލެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

ވިންދޭ ލޯބި ތީ އެދޭ 15

Next

ކަލާގެ ހިޔަނި

Next
January 5, 2019

ކަލާގެ ހިޔަނި

Previews
January 5, 2019

ވިންދޭ ލޯބި ތީ އެދޭ 15

9 Comments!

  1. Unknown girlll.. says:
    January 5, 2019 at 11:10 pm

    V…niceeee…???.keep up the good work???…comment thakah reply nukurevunas kiyaalahchey..ingey sis…by the way layaa ge malak vaahaka fashaigen miulhrny…ekam kuda suvaaleh ebaoi…malaak adhi ulheny grade 9 ga eh nun ?dhw…and what hat are the age differnce between the 3 sisters and the 3 boys……adhi v reethi malaak ves bunedhen hey vess…i m happy to have a new writer in my favourit list… u made it yeyyy???when nxt, me first dhwwww??? n whats ur age… waiting for the nxt…luv ya bodukohhh❤??????

    1. Hawwu (Layaa) says:
      January 6, 2019 at 7:48 am

      Dhoonyaa malak ulhanee gr10ga

    2. Unknown girlll.. says:
      January 6, 2019 at 4:38 pm

      Okkkk …sorry, neygeythyve ahaaly ekam mihaaru clear…soo aroon ge age aky koba ,…is it the same age as shamaal and meesha….alhey emmenge age differnce bunedhyba???pls….luv ya sis

  2. nuz says:
    January 6, 2019 at 9:55 am

    alhey haadha kurey ??????well done dear good work???????next partah v inthizaaru ebakurevay avass kohlahchey

    1. nuz says:
      January 6, 2019 at 9:56 am

      kureh noon dhw kiyaa hithun inyma naguny??????

  3. fasy says:
    January 6, 2019 at 1:43 pm

    wow can’t wait next part v reethi mi partvess ?

  4. Nau says:
    January 6, 2019 at 9:29 pm

    mi part vx varh reethi layaa…….masha allah……keep up the gud wrk…….whn nxt????curiously waitinn…….

  5. unique says:
    January 7, 2019 at 5:01 pm

    love this story waiting curiously for the next part

  6. nuz says:
    January 9, 2019 at 1:16 pm

    next part kobaatha???

Comments are closed.

Next Episodeބުނެދެންހޭ… 3←


All Right Reserved!