Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހުވަފެނުގެ ރާނީ 18

Ninnu Level 210 Stories
January 1, 2019 6 Mins Read
8 Comments

“ބައްޕާ… މަންމަގެ ހަބަރެއްވިތަ؟ އަޅުގަނޑު ގުޅާއިރު އަބަދުހެން އޮންނަނީ ފޯނު ނިއްވާލާފަ…” އަމްރު އެހެން ބުނުމުން މުއާޒް ތެޅިގަނެފައި ބަލާލިއެވެ. ސިހުނު ވަރުން އޭނާގެ ތަލިން ކުޅުވެސް ހިކުނު ކަހަލައެވެ.

“އެހެންތަ؟ އަނެއްކާވެސް ފިލައިގެން ދިޔައީ ކަންނޭނގެ..” އެއްކޮލުން ހީލަމުން އެހެން ބުނެލި މުއާޒް އަނެއް ފަރާތަށް އެނބުރިލިއެވެ.

“ހޫމް…” މުއާޒް އެހެން ބުނުމުން އިތުރަށް ބުނާނެ އެއްޗެއް އަމްރު އަކަށް ނޭނގުނެވެ. ސޯފާއިން ތެދުވަމުން އޭނާ ބަލާލީ ތިރިއަށް ވެއްޓިފައި އޮތް ފޮޓޯ އަކަށެވެ. އޭގެ ކަނެއްގައި ރަތްކުލަ ހުރިހެން ހީވުމުން އަމްރު އެދިމާލަށް ހިނގައިގަތެވެ.

“އަމްރު…” ދޮރުން ވަދެގެން އައި އައްމާރު ގޮވާލުމުން އަމްރު ތެޅިގަނެފައި އެދިމާލަށް ބަލާލި ސިހުނު ވަރުންނެވެ. އޭނާގެ އަތުގައި އިން ގުރާ އޭރު ބާރަށް އަޑު ލައްވައެވެ.

“ހެއި ފިޝް…” އަމްރު އައިސް އަތް ދިއްކޮށްލުމުން އޭތި މަޑުމަޑުން ފައި ހަރަކާތް ކުރަމުން އައިސް އަމްރުގެ އަތަަށް އަރައިފިއެވެ.

“ނޭނގެ… މަންމަ ކުރިން ދުވަހެއްގެ އަހަރެން ހުއްޓަ ގެއަށްއައި….” އައްމާރު ބަލާލީ ފިހިގަނޑާއި އެއްޗެހި ހިފައިގެން ހުރި މުއާޒްއާއި ދިމާލަށް ބަލާލަމުން ލޯހަނި ކޮއްލިއެވެ. އައްމާރުވެސް ކުޑައިރުގައި ބެލީ އީމާނާ ކަމުން އައްމާރުވެސް އީމާނާއަށް ކިޔަނީ މަންމައެވެ.

“ދެން ބެއްބެ ނުދައްކަންތަ މަންމައާ ވާހަކައެއް…” އަމްރު އެހެން ބުނުމުން މުއާޒް ނިތަށް ރޫގިނަ ވެގެން ދިޔައެވެ. އީމާނާ ބޭނުން ގޮތަކަށް ކަންތައް ކުރަމުން ދިޔަ ނަމަވެސް އެދެކުދިންގެ ހިތުގައި އީމާނާއަށް ވި ލޯވި ކުޑައެއް ނުވިއެވެ.

“މަންމަ ދިޔަ ތަނެއް ނޭނގެ… އަހަރެން ހަމަ ވަދެފަ ނިކުމެގެން ދިޔައީ އެއްޗެހި ބަދަލު ކޮށްގެން…” އައްމާރު އެހެން ބުނެފައި ފިޝްގޮވައިގެން ދިޔައީ ބޭރަށެވެ.

“ބައްޕައާ ކޮން ވާހަކައެއް މަންމަ ދެއްކީ…” އެނގެން ބޭނުން ވެފައި ހުރި ވަރުން އަމްރު ބުނެލިއެވެ.

“އެއްވެސް ވާހަކައެއް ނުދައްކަން…”

އަމްރު ދެންވެސް ބަލަމުން ދިޔައީ ބައްޕަގެ ހަރަކާތްތަކަށެވެ. މަންމައާއި ހެދި ބައްޕަ ރުއި ރުއިމާއި އުޅުނު ގޮތް އެންމެ ކައިރިން ދުށީ އަމްރުއެވެ. ނަމަވެސް ހަބަރެއް ނުވެއޭ ބުނުމުން އެ ދެއްކި ދުރުކަން އަމްރުއަށް ކަމަކު ނުދިޔައެވެ. ވާހަކަ ނުދައްކައި އެހެން ގިނައިރުވާން ފެށުމުން އަމްރު ފަހުން އަންނާނެ ކަމަށް ބުނަމުން އެތަނުން ތެދުވެގެން ހިނގައިގަތެވެ.

“ބައްޕާ ހުންނާނެ ބްލީޗްއަށްވުރެ މީރުވަސް ދުވާ އެއްޗެހިވެސް…” އަމްރު އެހެން ބުނެފައި ދޮރު ލައްޕާލިއެވެ.

ގޭގެ ތިރީގައި ހައްދާފައިވާ އަނބުގަސް ދޮށުގައި ދެފައި ވަށްކޮއްލައިގެން އިން ނިކަތުއަށް އަދިވެސް ވިސްނެމުން ދިޔައީ އަމްރު ކޮންމެ ދުވަހަކު އޭނާއާއި ކުރިމަތިލާނޭ ގޮތެކެވެ.  ފުންނޭވާއެއް ދޫކޮއްލި ނިކަތު އޭނާގެ ބަނޑުގައި އަތް ޖައްސާލިއެވެ. ދަރިފުޅުގެ ޖިންސު އެނގުމުން އަދިވެސް ނިކަތު ހުރީ ފާޑަކަށެވެ. އުފާވާންވީ ކަމެއް ނުނީ ދެރަ ވާންވީ ކަމެއް ނިކަތުއަކަށް ނޭނގުނެވެ. ގޭގެ ދޮރު ހުޅުވާފައި އައި އެތެރެއަށް ވަދެެގެން އައި އަމްރު ފެނުމުން ނިކަތު ލައިލައި އިން ނީވާ ކަރުގައި ތާށިވި ކަހަލައެވެ. ދަގަ ނޫކުލައިގެ ޕޮލިސް ޖަހާފައިވާ ޓީޝާޓަކާއި ކަޅު ފަޓުލޫނެއް ލައިގެން ހުރި އަމްރުގެ މިއަދު އިހުނަށްވުރެ ދޮންހެން ހީވެއެވެ. ނިކަތު ކަޅި ޖަހާނުލައި އެހެން ބަލަން އިނަން ފެށުމުން އަމްރު އައިސް އިށީޏ=ނީ ނިކަތުގެ ކުރިމަތީގައިގައެވެ. ކާޕެޓު ގަސްތަކުގެ މަތީގައި އިންއިރު އެތަނުގެ ތިރިއަށް އެންމެ އަވި ކޮޅެއްވެސް ނެތެވެ. މަޑުމަޑު ވައިރ÷ޅި ދޭތެރެއަކުން އެތަނަށް ޖެހެއެވެ.

އަމްރު ހީލުމުން ރައްދުގައި ނިކަތުވެސް ހީލިއެވެ. ނިކަތުއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާއަށް ސޮފަވަމުން ދިޔައީ އަމްރު އޭނާގެ މަންމައަށް ހެދުން ދިއްކޮށްލައިގެން ހުރިގޮތެވެ. އެދެލޮލުގައިވި ލަދުވެތިކަމެވެ. ފިރިހެން ކުއްޖަކު އެހެން އެހައި ލަދުގަނެފައި ހުއްޓައި ފެނުނު އެއީ ފުރަތަމަ ފަހަރެވެ. ނިކަތު އެތަނުގައި އޮށޯވެފައި އުޑާއި ދިމާލަށް ބަލާލިއެވެ. ނޫކުލައިގެ ބޮޑު އުޑުގައި ދަތުރު ކުރަމުންދިޔަ ވިލާތަކަށް ނަޒަރު ހުއްޓާލައިގެން އިނުމަށްފަހު އަނެއްކާވެސް އަމްރުއަށް ބަލާލިއެވެ. ހާދަހައި ފުރިހަމައެވެ. ކަޅުކަޅު އެބުމައިގެ ދަށުގައިވި ދެލޮލުން ސިހުރު ނުޖައްސާ އަންހެނެއް ނުވާނެކަން ޔަޤީނެވެ. އެހައިވެސް ރީތިއްޗެވެ.

“ކިހިނެއްވީ އަހަރެން އެހައިވެސް ރީތިތަ؟…” އަމްރު އެންމެ ފަހުން ނީނދެވިގެން އަހައިލިއެވެ.

“ނޫން…” ނިކަތުގެ ޖަވާބު ކުރެވެ. އޭނާގެ ހިތުގައިވި ހުރިހާ ވާހަކައެއް ދައްކާނީ ކިހިނެއް ހެއްޔެވެ. އަމްރުގެ ފޯނު ރިންގްވާން ފެށުމުން ދެމީހުން އެކުގައި ތެދުވެ އަނެއްކާވެސް އިށީނެވެ.

“ޔެސް ލިވީ…” ލިވިއާގެ ނަން ބުނުމާއެކު ކުއްލިއަކަށް ނިކަތުއަށް އެދިމާލަށް ބަލައިލެވުނެވެ.
“އަމްރު… އައި ނޯ ބޭބީގެ ޖެންޑަރ…” އަމްރު ފޯނު ބޭއްވުމުން ނިކަތު އަވަހަކާއި ބުނެލިއެވެ. ހީވީ ލަސްވެފައި އިންހެންނެވެ.

“ހުމް.. ނިކޫ އެއްޗެކޭ ބުނިންތަ؟.. ސޮރީ އެހެން ކަމަކާއި ވިސްނަން އިނީ…” އަމްރު ފޯނުން ނަޒަރު ވަކިކޮށްލަމުން އެހެން ބުނިއިރު ކަމަކާއި ހާސްވެފައިވާކަން އެނގެއެވެ.

“އަމް.. ނޫން… ކައިގެންހޭ އެހީ…” ނިކަތު އަވަހަށް ބުނެލިއެވެ. އަމްރު ބޯ ހޫރުވާލަމުން އެތަނުން ތެދުވެގެން ގެއާއި ދިމާލަށް ހިނގައިގަތެވެ. މީހަކު މޭމަތީގައި ބާރަށް ޖެހުމުން ވާކަހަލަގެ ތަދެއް ނިކަތުއަށް ވިއެވެ. އޭނާއަށްވިރެ އެހެން އަންހެނެއް އަމްރުއަށޑް މުހިންމުވުން އެއީ އޭނާ ބޭނުންވި ގޮތެއް ނޫނެވެ. ފެންވަރައި ތާޒާ ވެގެން އަމްރު ނިކުމެގެން ދިޔުމުން ނިކަތު ބެލްކަންޏަށް ނިކުފައި ކުރިމައްޗަށް ބަލައިލިއެވެ. އެއީ އޭނާއަށް ކުރިން އަމްރު އާންމުކޮށް ފެންނަތަނެވެ. ސާރައައިސް ކާން ބުނުމުން މަޑުމަޑުން ނިކަތު ފަހަތުން ހިނގައިގަތެވެ.

ތިރީގައި ހަލީމާމެން ތިބުމުން ނިކަތު ފޫހިވާ ގޮތްވިއެވެ. ނަމަވެސް އައިސް މޭޒު ކައިރީގައި އިށީނދެފައި ތަށި ނެގިއެވެ. ހަލީމާގެ ނަޒަރު ފުރަތަމަވެސް ދަތުރުކޮއްލީ ނިކަތުގެ ބަނޑާއި ދިމާލަށެވެ. ކިތަށް މަސްހޭ އަހާލުމުން ނިކަތު ފަސްމަހޭ ބުނެލީ އިސް ޖަހާލައިގެން އިނދެއެވެ. ހަލީމާ އެއްެޗެކޭ ނުބުނެ އިނދެ ކާންފެށިއެވެ. ކައި ނިމިގެން އެންމެނެވެސް ދިޔައީ ސިޓިން ރޫމަށެވެ. ނިކަތު ތަށިތަށް ދޮންނަން މަޑުކޮއްލީ ސިންކު ކައިރީގައެވެ. މަޑުމަޑުން ފަހަރަކު ތައްޓެއް ފުހެމުން އޭނާ ބަލާލީ ފަހަތަށެވެ. ހަލީމާ ބަލަހައްޓައިގެން އިންތަން ފެނުމުން ނިކަތު ކުޑަކޮޑް ބިރުވެސް ގަތެވެ. ހަލީމާ ބަލަން އިން ގޮތުން ކޮންމެެވެސް އެއްޗެކޭ ބުނަން އުޅޭކަން ނިކަތުއަށް އެނގެއެވެ. އެއްޗެކޭ ނުބުނެ އެހެން އިނުމަށްފަހު ހަލީމާ އައިސް ނިކަތު ކައިރީގައި ހުއްޓެމުން ސިޓިން ރޫމަށް ބަލާލިއެވެ. ހީވީ މީހަކު އާދޭތީ ބަލާލި ހެންނެެވެ،

‘މާމަ އެއްޗެކޭ ބުނަންތަ ތިއުޅެނީ؟…” ނިކަތު ހިނިތުން ވެލަމުން އެހެން ބުނެލިއެވެ. ހަލީމާގެ ނިތަށް ރޫއަރުވާލަމުން ދެލޯ އަޅާލީ މާމައޭ ބުނުމުންނެވެ.

“ކިތަށް ފަހަރު ބުނާނީ އަހަރެންމީ ނިކަތުގެ މާމައެއް ނޫނޭ…” ހަލީމާ އެހުރި ގޮތަށް ހުރެ ބުނެލިއެވެ.

“ކަލޭ ކޮންއިރަކުން މިތަނުން ދާނީ.. އަހަރެންގެ ނާޒިންގެ ގެއެއްމީ.. މިތަނަށް ވެރި ގަންނަން ތިއުޅެނީ..” ހަލީމާގެ ވިހަ ބަސްތަކުން ނަގާނެ މާނައެއް ނިކަތުއަކަށް ނޭނގުނެވެ.

“ސާރާ އިތުރު ދަރިއަކު ނުހޯދީ ކަލޭ ބަލަން ވެގެން.. ދެން އަނެއްކާ ކަލޭއަށް ލިބޭ ދަރިއަކުވެސް އަހަރެންގެ ސާރާތަ ބަލަންވީ.. ލަދު ހަޔާތް ކުޑަކަން…” ހަލީމާގެ ބަސްތައް އަމާޒުވީ ނިކަތުއަށްކަން އެނގުނަސް އަދިވެސް ހަލީމާ ބުނަން އުޅޭ އެއްޗެއް ސާފުވާގޮތެއް ނުވިއެވެ.

“މާމަ ކީކޭ ކިޔަން ތިއުޅެނީ…” ރުންކުރުވި ނިކަތު ބުނެލީ ތަންކޮޅެއް ބާރަށެވެ. ދުވަހަކުވެސް  އޭނާ ހަލީމާއާއި ބާރަށް ވާހަކަ ދައްކާފައެއް ނުވެއެވެ. ބަނޑުބޮޑު ވުމުން އޭނާ އަވަހަށް ރުޅިވެސް އަންނަން އިނގުނީ މިއަދުގައެވެ.

“ކަލޭ ތީ މިތާ މައްޗަންގޯޅި ގެއެއްގެ ތެރޭގައި މަރާފައި އޮތް އަންހެނެއްގެ ކައިރިން ގެނައި ކުއްޖެއް… ތަޝްކީލްގެ ދަރިއެއް ތީ… ސާރާގެ އެއްނޫން….ތީ ނިޝާން އެގޭގެ ތެރެއިން ހޮވައިގެން ގެނެސް އަހަރެންގެ ސާރާގެ ބޮލަށް ޖެހި އުނދަގުލެއް.. ކަލޭގެ ސުންޕާކަމުން”

“މަންމާ…” ހަލީމާ ތެޅި ގަނެފައި ފަހަތަށް ބަލާލިއިރު ސާރާހުރީ ދެލޯ ބޮޑުވެފައެވެ. އެދެލޮލުން ރަތްކަން ފާޅުވާން ހުރީ ދެރަ ވެގެން ކަމެއް ނޫނީ ރުޅިއައިސްގެން ކަމެއް ބުނާކަށް ނޭނގުނެވެ. ހަލީމާ ބޮޑަށް ޖެހިލުންވީ ފަހަތުގައި ނިޝާން އަތް މުއްކަވާލައިގެން ހުރިތަން ފެނުމުންނެވެ.

” މަންމާ ނިކުމޭ މިތަނުން…” އިސްޖަހާލި ސާރާ ބުނެލީ މަޑުންނެވެ.

“ދޮގެއްތަ މިބުނީ… މިސުންޕާ ކުއްޖާގަނޑަށް އެވަރު އެގެން ޖެހޭނެއެއް ނޫންތަ..” ހަލީމާ އަދިވެސް ގޮތް ދޫކުރާކަށް ނޫޅުނެވެ. ފަހަތުގައި ތަށި ހިފައިގެން އިން ނިކަތު އަތުން ތަށި ވެއްޓި ޓައިލްސްގައި ޖެހުމާއެކު އޭތި ކުދިކުދި ވެގެން ބުރައިގެން ދިޔައެވެ. ތަޝްކީލްގެ ނަން ބުނުމުން އެހެންނާ ނުވާ ގޮތެއް މިއަދު ނިކަތުއަށް ވެއްޖެކަން އެކަމުން ނިޝާންއަށް ފާހަގަވިއެވެ.

“ތަޝްކީލް…” ނިކަތު މަޑުމަޑުން އެހެން ބުނެލިއިރު އެއަޑުގައި ބަރުކަމެއް ހުއްޓެވެ. އެކަން ފާހަގަވި ސާރާ ހަލީމާ ކައިރިން ދުރަށް ދަމުން ދުވެފައި އައި ނިކަތުގެ އަތުގައި ހިފަހައްޓާލިއެވެ. ނަމަވެސް އޭރު މާލަސްވެއްޖެއެވެ. މަޑު ތުރުތުރުލުމެއް ހުރި ނިކަތުގެ ހަށިގަނޑު ސީދާވީ ނިޝާންގެ އަތްމައްޗަށެވެ.

 

2 ޖުލައި 2002

ޝައްމޫން ރުކާޔަތު ގޮވައިގެން އައިސް ހުއްޓުނީ ތަޝްކީލްމެންގޭގެ ކުރިމަތީގައއެވެ. އޭރު ގޭގެ ދޮރުމަތީގައި ތަޝްކީލް ފޯރި މަރަނީއެވެ. ރުކާޔަތު ފެނުމާއެކު އައިސް ގަޔާއި ކައިރިކޮއްލަމުން ޝައްމޫނަށް ލޯ އަޅާލިއެވެ. ޝައްމޫން އޭރުހުރީ ޖީބަށް އަތް ޖަހާލައިގެން ހުރިގޮތުން ހީވަނީ ހިނގައި ގަންނާނެ ދިމާލެއް ނޭނގިފައި ހުރިހެންނެވެ. ރޭގައި އީމާނާ މެންގޭގައި ވީ ކަންތަކަށްފަހު މިއަދު ރުކާޔަތު ބުނި ވާހަކައިން އޭނާއަށް ހަދާނެ ގޮތެއް ނޭނގުނެވެ. ތަޝްކީލް ރުކާޔަތު ގަޔާއި ދުރުކޮއްލަން މަސައްކަތް ކުރި ނަމަވެސް އެހަށިގަނޑުވީ ބަރެވެ. ހާސްވި ވަރުން ޝައްމޫންއާއި ތަޝްކީލް ރުކާޔަތުގެ ކޮލުގައި ޖަހާލީ މަޑުންނެވެ.

“ދަރިފުޅާ… ދަރިފުޅާ… ބައްޕައަށް ބަލާބަ…” ހުރިހާ އަޑެއް ސާފުވެ ރުކާޔަތު ކުރިމައްޗަށް ބަލާލިއެވެ. ޝައްމޫން ހުރީ ރުކާޔަތުގެ ގައި ހިފަހައްޓާލައިގެންނެވެ.

“ކޮން ބައްޕައެއް..” ތަޝްކީލްގެ އަޑު ކަންފަތުގައި ޖެހުމުން ރުކާޔަތު ބަލާލީ ބިރުންނެވެ. މަންމައަށް އޭނާ ދިޔައީ ބައްޕައާއި އެކުކަން އެނގޭނަމަ ރުޅި އަންނާނެއެވެ.

“މިކުއްޖާއަށް އެއްޗެއް ކާން ދިނިންތަ؟ ހާންތި ވެގެން ކަންނޭނގެ އެއަރި އަޅާލީ..” ތަޝްކީލް އަތް ޖައްސާލީ ރުކާޔަތުގެ ނިތުގައެވެ.

“ނުކަން މަންމާ…” ކުރެހިފައިވާ އަޑުން ކުޑަކުޑަ ރުކާޔަތު އެހެން ބުނިއިރު ހީވަނީ އަރިދަފުންވެސް ޖެހުފައިވާ ހެންނެވެ. ނިކަތު ކޮޓަރީގެ ދޮރުގައި ނިވާވެ ހުރިގޮތުން ޝައްމޫން އެދިމާލަށް ބަލާލިއެވެ.

“ޝައްމޫން ކައިރީގަ އަހަރެން ބުނިންދޯ ކުރިންވެސް.. ކުދިން ގެންދަން ގެންޏާ އެކުދިންނަށް ކާންދޭށޭ…” ތަޝްކީލް ނުރުހުންވެފައި ބަލާލި ގޮތުން ރުކާޔަތު ދެރަވިއެވެ.

“ހާސްނުވޭ ދެން އަހަރެންގެ ބަލާނަން ނައިސް ވޭތޯ…” ޝައްމޫން އެހެން ބުނެލަމުން ބަލާލީ ރުކާޔަތުގެ މޫނަށެވެ. އަދި އެތަނުން ނިކުމެގެން ހިނގައި ގަނެއްޖެއެވެ.

“ރުކޫއެއީ ފިޓް ޖެހޭ ކުއްޖެކޭ ޝައްމޫން… އެހައި ގިނައިރު އަހަންނަށް ނޭނގި ގެންދިޔަސް ކާންދޭންވާނެ ދޯ…” ތަޝްކީލް ލޯބިން ފުރިގެންވި ލޮލުން ބަލާލީ ކައިރީގައި އިން ރުކާޔަތަށެވެ. ކުޑަ ދުވަހުން ފެށިގެންވެސް އޭނާ ނިކަތުއަށް ނުދިން ސަމާލުކަން ރުކާޔަތަށް ދިނެވެ. ނަމަވެސް ކޫޑަ ދުވަހުން ފެށިގެންވެސް ބަލި ނަމަވެސް ވަރުގަދަވީ ރުކާޔަތެވެ. ޝައްމޫން ބޯ ޖަހާލަމުން އަދިވެސް އެއްފަހަރު ބަލާލީ ދޮރުކަނީގައި ހިފަހައްޓާލައިގެން އިން ނިކަތުއަށެވެ. ހީވަނީ އެންމެ ފަހު ފަހަރަށް ބަލާލި ހެންނެވެ. ޝައްމޫން އެތަނުން ދިއުމުން ތަޝްކީލް ކަކޫޖަހާލީ ރުކާޔަތުގެ ކުރިމަތީގައެވެ. ރުކާޔަތު ފަރުވާތެރި ކަމާއެކު މަންމަގެ މޫނަށް ބަލާލިއެވެ.

“ދަރިފުޅު…” ތަޝްކީލް ނިކަތުއާއި ރުކާޔަތަށް ބަލާލަމުން ބުނެލިއެވެ. ނިކަތު ފިލައި އިނދެފައި އެންމެފަހުން ދުވެފައި އައިސް ރުކާޔަތުގެ ކޮނޑަށް އަތް ލަމުން ހީލައިފިއެވެ. ކުޑަކުޑަ މައުސޫމު ހިނިތުން ވުމެކެވެ.

“މަންމާ…” ރުކާޔަތު އެހެން ގޮވާލީ ވަރަށް ލޯބިންނެވެ. މަންމަގެ މޫނުގައި އަތް ޖައްސާލިއެވެ. އެހައި ރީތި އަންހެނެއް ރުކާޔަތަށް ފެނުނު ހެނެއް ހިއެއް ނުވެއެވެ. އެލޮލުން އޭނާއަށް ފެނުނީ ކިތަށް ކުލަކަމެއް ނޭނގެއެވެ. ތަޝްކީލް ދެކުދިން ކައިރިކޮށްލަމުން ތެކުދިންގެ ގައި ބައްދާލީ ވަރަށް ލޯބިންނެވެ. ކުއްލިއަކަށް ނިކަތުގެ ބޯފަހަތަށް ޖެހިފައި އައިސް ޖެހުނީ ރުކާޔަތުގެ ކޮނޑުގައެވެ. ހީވީ މީހަކު ނިކަތުގެ އިސްތަށިގަނޑުގައި ހިފައި ދަމައިގެން ހެންނެވެ. ރުކާޔަތު ވީތަދުން ކުޑަކޮށް ދުރަށް ޖެހިލިއެވެ. އޭރު ތަޝްކީލް އިނީ ކަޅި ޖަހާނުލައި ރުކާޔަތަށް ބަލަންށެވެ.

ރުކާޔަތު ބަލަން ހުއްޓައި ތަޝްކީލްގެ ކަރުގެ މަސްގަނޑު ހީވީ މީހަކު ވަޅިއަކުން ޖެހި ހެންނެވެ. ހަމާއި މަހާއި ދޭތެރެއިން ލޭތަށް ބުރައިގެންގޮސް ޖެހުނީ ރުކާޔަތުގެ މޫނުގައެވެ. މިވަނީ ކިހިނެއް ކަމެއް ނޭނގި އިން ރުކާޔަތު ބަލާލި ނިކަތުއަށެވެ. އޭރު އެދެލޮލަށް ލޭއަރާފައިވާ ގޮތުން ވަރަށް ބިރުވެރިއެވެ.

“މަންމާ… ނިކޫ….” ރުކާޔަތުގެ އަޑު މިފަހަރު ނިކުތީ ކަރު ބުޑުންނެވެ. ރުކާޔަތު ބަލަބަލައި ހުއްޓައި އެދެމައިން ލެއިން ކަޅި ވެގެން މަގުމައްޗަށް ވެއްޓިއްޖެއެވެ. އެތަނުގައި އެއްވެސް މީހަކު ނެތެވެ.

“މަންމާ…. މަންމާ…” ރުކާޔަތު ގޮވަމުން ދިޔައީ މީހަކަށެވެ. މުނިތަނަށް އަނދިރިކަން ވެރިވެގެން ދިޔައީ ރުކާޔަތު ބަލަން ހުއްޓައެވެ. މީހުން ކޮބައި ހެއްޔެވެ؟ މިއީ ދުވާލެއް ނޫން ހެއްޔެވެ؟ މިތަން އަނދިރި ވީ ކިހިނެއް ހެއްޔެވެ؟ އޭނާ މިތަނަށް އައީ ކިހިނެއް ހެއްޔެވެ؟

 

9 ފެބްރުއަރީ 2019

“މަންމާ…..” ނިކަތު އެހެން ކިޔާފައި ހަޅޭއް ލަވައި ގަތުމާއެކު ސާރާ ކުރިއަށްވުރެ ބާރަށް ނިކަތުގެ ގައި ހިފަހައްޓާލިއެވެ. ހަލީމާ ދުރުގައި އިނީ ހަދާނެ ގޮތެއް ނޭނގިފައެވެ.

“އެމްބިއުލައިންސް… ގުޅާބަ..” ނިޝާން އެހެން ބުނެފައި ދުއްވައިގަތީ އޭނާގެ ފޯނު ހޯދާށެވެ. ތުރުތުރު ލަމުން ދިޔަ ނިކަތު މިހާރު ދިޔައީ ވާހަކަ ދައްކަމުންނެވެ. ރޮމުންނެވެ. ކޮންމެވެސް މީހަކާއި ވަރަށް ގަދައަށް ވާހަކަ ދައްކަމުންނެވެ. ސާރާ ހިފަހައްޓައިގެން އިނީ ނިކަތު ބަނޑުބޮޑު ވުމުންނެވެ.

“މަންމާ… މަންމާ… ޕްލީޒް.. މަ.. މަން…މަންމާ….” ސާރާ ކުއްލިއަކަށް ނިކަތުގެ މޫނަށް ބަލާލިއެވެ. ނިކަތުގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތިކި އަނގައިގައި ޖެހިފައި ދިޔައީ ވަރަށް ބުރައިގެންނެވެ. އެއަނގައިން މިހާރު ހުދު ކުލައިގެ ފޮނައެއް ނިކުންނަމުން ދިޔައެވެ. ބިރުގަތް ސާރާއަށް ފަހަތަށް ޖެހިލެވުނީ ބޭއިޙްތިޔާރުގައެވެ. ކުއްލިއަކަށް ހަނދާންވީ ޝަވާދިން މަތިންނެވެ.

“ނިޝާން…” ފަހަތަށް ޖެހުނު ސާރާ ޓައިލްސް މަތީގައި ދެއަތް ޖައްސާލަމުން ބަލާލީ ނިކަތުއަށެވެ. އޭނާއަށް އެނގޭ އެއްކަމަކީ މިހާރު ނިކަތު މަންމާއޭ ކިޔާފައި އެގޮވަނީ އޭނާއަށް ނޫންކަމެވެ.

އަމްރު ހޮސްޕިޓަލަށް އައީ ނިޝާން ގުޅާފައި އަންނަން ބުނުމުންނެވެ. އޭރު ނިކަތު އޮތ އައިވީ ގުޅާފައި ނިދާ އިންޖެކްޝަންއެއް ދީފައެވެ. ހަލީމާ ދުރުގައި ހުރި ގޮނޑީގައި އިށީނދެގެން އިނީ ކުށްވެރިއެއް ހެންނެވެ. އަމްރު އެންމެ ފުރަތަމަ މިސްރާބުވެސް ޖެހީ ހަލީމާއާއި ދިމާލަށެވެ. ނަމަވެސް ނިޝާން އަމްރު ހުއްޓުވުމަށްފަހު ނިކަތު ކައިރިއަށް ދިއުމަށް ބުނެލިއެވެ. ހަލީމާ ގޮވައިގެން ސާރާ ދިޔައީ ގެއަށެވެ. އަމްރު މޫނުގައި އަތް ހާކާލަމުން ލޯމެރިފައިވާ ނިކަތުގެ ބޮލުގައި ފިރުމާލިއެވެ. ލަސްލަހުން ނިކަތު ލޯ ހުޅުވާލަމުން ވަށައިގެން ބަލާލިއެވެ. އޭނާގެ މަންމަ ކޮބައި ހެއްޔެވެ. އޭނާގެ ކޮއްކޮ ކޮބައޮ ހެއްޔެވެ. ނިކަތު ކޮބައި ހެއްޔެވެ. މަންމަ ކޮބައޮ ހެއްޔެވެ.

އެސްފިޔަތަކުގެ ފުރަގަހުން ފޭދިގެންދިޔަ ކަރުނަތިކި އަތުގެ ނުފުށުން ފުހެލަމުން ނިކަތު އެސްފިޔަ ޖަހާލިއެވެ. މިހުރިހާ ދުވަހު އޭނާއަށް ކިޔަމުން މިދިޔައީ އޭނާގެ ކޮއްކޮގެ ނަމެވެ. ނިކަތުއާއި އޭނާގެ މަންމައަށްވީ ކިހިނެއް ހެއްޔެވެ. އަމިއްލަ ނަން އެނގުނު ނަމަވެސް އޭނާ އުފަލެއް ނުވިއެވެ.

“ނިކޫ….” އަމްރު ނިކަތުގެ މޫނުގައި ހިފަހައްޓާލަމުން އެހެން ބުނެލިއިރު އެމޫނުގައި ވީ ސުވާލެވެ. އޭނާއަކީ ނިކޫއެއް ނޫނެވެ. ދެފަރާތަށް ބޯ ހޫރުވާލަމުން ނިކަތު އަނެއްކާވެސް ގިސްލެވެން ފެށުނެވެ.

“ރުކޫ…. ރުކާޔަތު…” އަމްރުއާއި ދުރުގައި ކޮޅަށް ހުރި ނިޝާނަށް ބަލާލަމުން ނިކަތު އެހެން ބުނެލިއެވެ. ނީޝާންގެ ފައިން ހީވީ ވާގި ދޫވި ހެންނެވެ. އެބުނި އެއްޗެއް ވަގުތުން ނިޝާންއާއި އަމްރުއަށް އެނގުނެވެ. އަމްރުގެ މޫނުމަތީގައި ލުއި ހިނިތުންވުމެއް ވިއެވެ. ނަމަވެސް ނިޝާންގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ninnu

Level 210 Stories

Other Articles

Previous

ބުނެދެންހޭ.. ޓްރެއިލަރ

Next

މާފެއް ނުކުރާނަންހެއްޔެވެ؟ ކިޔުންތެރިންގެ ސަމާލުކަމަށް

Next
January 1, 2019

މާފެއް ނުކުރާނަންހެއްޔެވެ؟ ކިޔުންތެރިންގެ ސަމާލުކަމަށް

Previews
January 1, 2019

ބުނެދެންހޭ.. ޓްރެއިލަރ

8 Comments!

  1. Xila says:
    January 1, 2019 at 5:33 pm

    Nice … Plz upload soon..
    Love the story ❤️?

  2. zaara says:
    January 1, 2019 at 5:57 pm

    v rythi. thankolheh avahah upp kohla dhybala, plx??❤❤

  3. nikki says:
    January 1, 2019 at 6:36 pm

    aslu varah lahun up kuraany sroey reethi btw ninnu ak yeh hai mohabbatein fan eh dhw eii kuryge story ruhi ge nan use kohfa inyma in a nutshell story varah reethi keep it up but avaha story upkohdhyfa comments ah reply kohdhechey

    1. Ninnu says:
      January 2, 2019 at 9:38 am

      mifaharu in shaa allah avahah upload kureveytho balaanan 🙂

  4. Hajja says:
    January 1, 2019 at 7:33 pm

    Alhey mi part kiyaafa kehmadhuvejje dhen oiy part kiyan.. pls avaskoh up kohdheeba plssss

  5. teacher says:
    January 1, 2019 at 7:52 pm

    ninnu aki kurin v yageen liyun theri eh.. konme dhuvahaku kahala gothakah kiyaalan libeyne kamuge furihama yageen kan onnaathi ninnu vaahaka, kiyaa hiyyvani bt mihaaru nove yageeen kameh next week part kiyaalan of libeyne, kamuge vx.. bt vaahaka thah v habey hama v curious…

    1. Ninnu says:
      January 2, 2019 at 9:39 am

      Thank you.. Glad i have readers like you guys 🙂 <3

  6. az says:
    January 5, 2019 at 10:13 am

    haadha lahey .. koba next part up kohla dheebaa

Comments are closed.

Next Episodeހުވަފެނުގެ ރާނީ 19←


All Right Reserved!