Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހާސިލް ވުމަށް އެދި ހިތް ރޮނީ 29

Anjal Level 210 Stories100 Comments100 Login
December 28, 2018 10 Mins Read
28 Comments

ފަތިހު ހޭލާ އިނދެފައި ނިދުނު ގޮތަށް ފުން ނިންޖަކަށް ގެނބިފާ އޮތް އީތަން އަށް ހޭލެވުނީ މެދުކެނޑުމެއް ނެތި ރިންގްވަމުން ދިޔަ އޭނާގެ ފޯން ގެ އަޑަށެވެ. ރާއްޖޭން ބޭރު ނަންބަރަކުން ގުޅަމުން ދިޔަ އިރު އެއީ ކާކުބާވައޭ ހިތުގާ ސުވާލް އުފެދުނެވެ. އަވަސް އަވަހަސް ފޯނު ނަގާ ހަލޯ އޭ ބުނުމުން އެކޮޅުން ވާހަކަ ދެއްކިމީހާ ދިން ޚަބަރުން އީތަން އަށް ކަންބޮޑުވެފާ ހުރެ ފުއްމައިގެން ތެދުވެލެވުނެވެ…

*****************

“އީތަން… މިއުޅެނީ އުޅެ އުޅެވެސް އަލްޔާން އާ ނުގުޅިގެން ..ވަލީދުބޭ އެޓޭކެއް ޖެހިގެން މިކޮޅު ހޮސްޕީޓަލް ގައި އެޑްމިޓް ކޮއްފި ..ޑޮކްޓަރ ބުނީ ވަރަށް ސީރިއަސް އޭ..މޭޖަރ އެޓޭކެކޯ..ކޮބާތަ އަލްޔާން..ކީއްވެތަ އޭނާ ފޯނަށް ނުގުޅެނީ” ރޮވިފާ ހުރެ އާޝިޔާ އީތަން ކައިރީ ވާހަކަ ދައްކަމުން ދިޔައިރު އަލްޔާން ވީތަން ޚުދް އީތަން އަކަށް ވެސް ނޭގެއެވެ. އެހެނަސް ވީ އެންމެ އަވަހަކަށް ޚަބަރެއްވާނެ ކަމަށް ބުނެ ފޯން ބާއްވަމުން ހާސްވެފާ ހުރެ އަލްޔާން އަށް ގުޅޭތޯ އީތަން މަސައްކަތް ކުރިއެވެ. އަލްޔާން ގެ ބައްޕަ ގެ ހަތަރު ރިސޯޓް އޮންނަ އިރު ސީދާ އަލްޔާން ދިޔައީ ކޮން ރިސޯޓަކަށް ކަން ވެސް އީތަން އަކަށް ނޭގެއެވެ، އެހެން ކަމުން އަލްޔާން ގެ ޕީއޭ އަށް ގުޅާ އެ މައުލޫމަތު ސާފު ކުރުމަށް ފަހު އަވަސް އަވަހަށް ފުރީ އަލްޔާން އާ ބައްދަލްކުރަން ދިޔުމަށެވެ.

************

“ޑޫ ނޮޓް ޑިސްޓާރބް” ބޯރޑް އަޅުވާފާ ހުރި އަލްޔާން ގެ ކޮޓަރީގެ ދޮރު  އީތަން ހުޅުވާލީ ދެއަތަކަށް ބޯ ހުރާލަމުންނެވެ. އެއާއެކު ކޮޓަރިން ބޭރަށް ނިކުމެވެން ހުރި އޮޕެން އޭރިއާ ގެ ޑެގް މަތީގައި އޮށޯވެގެން އޮތް އަލްޔާން ފެނުމުން އީތަން އައީ އަމަށަކު ރުޅިއެއް ނޫނެވެ. އެދިޔަ ގޮތަށް ގޮސް މިނީބާރ ހުޅުވާލާފައި ނެގި ފެންފުޅި ގެނެސް އަލްޔާން ގެ މޫނަށް އޮއްސާލިއެވެ.

“ވަޓް ދަ..” ކުއްލިއަކަށް މޫނަށް އެޅުނު ފިނި ފެނުގެ ސަބަބުން އަލްޔާން އަށް ސިއްސައިގެން ގޮސް ދެއަތުން މޫނު ފޮހެމުން ކޮޅަށް ތެދުވެލެވުނެވެ.  ފެންފުޅި ހިފައިގެން ކުރިމަތީގައި ހުރި އީތަން ފެނުމުން އަލްޔާން ރަތަށް އެރިއެވެ. ” ވަޓް ދަ ހެލް  އާރ ޔޫ ޑުއިން ހިޔާ..ތީ ތަ މީހުން ހޭލައްވަން ކަލެއަށް އެނގޭ ގޮތަކީ؟؟”  މޫނުގައި ހުރި ފެންތަށް ފޮހެމުން އަލްޔާން ގޮސް ކޮޓަރިއަށް ވަދެ ތުވާލި ނަގާ ފެން ހިއްކަންފެށިއެވެ.

” އުހުނ..މަށަށް އިނގޭ މީހުން ހޭލައްވާ ބައިވަރު ގޮތް..އެކަމަކު ކަލޭ މިހާރު ނިދިފާ ތިހިރަ  ނިދީން ހޭލައްވަން އެންމެ މޮޅު ގޮތަކީ މީ..” އެއަށް ފަހު އަލްޔާން ގެ ބައްޕަ ގެ ޚަބަރު އީތަން ކިޔާދިނެވެ. ލިބުނު ޚަބަރުން އަލްޔާން ގެ މޭ ގުޑާލިއެވެ. ފާއިތުވެ ދިޔަ ތަކުގައި ބައްޕަ އާ ޖެހުނުހާ މައްސަލަތަކާ ކުރިހާ ޒުވާބު ހަނދާންވުމާއެކު ބައްޕަ އާއި މެދު ކަންތަށް ކުރެވުނު ގޮތުގެ ދެރަ އިހްސާސްވެ އަލްޔާން ގެ ލޯ ކަރުނައިން ތެއްމާލިއެވެ.

އެދުވަހުގެ ހަވީރު ފްލައިޓުން އަލްޔާން އާއި އޭނާގެ އާއިލާގެ ބައެއް އެހެން މެންބަރުން ފުރީ ވަލީދުމެން ތިބި ގައުމު ކަމަށް ވާ މެލޭޝިއާ އަށެވެ. ވަލީދު އެޑްމިޓް ކޮށްފައި އޮތް އިންޓެންސިވް ކެއާރ ޔުނިޓް ގެ ބޭރުގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި އާޝިޔާއަށް އަލްޔާން ފެނުމާއެކު އަވަސް ފިޔަވަޅުތަކާއެކު އައިސް އޭނާގެ މޭގާ ލަތްެވިއެވެ. ދުވަހަކުވެސް މަންމަ ކަމަކާ ދެރަވެގެން ރުއި މަންޒަރު ފެނިފާނުވާ އަލްޔާން އަށް މިއަދު އޭނާގެ މަންމަގެ ލޮލުން ކަރުނަ އޮހެމުން ދިޔަ މަންޒަރު ފެނުމުން ތަފާތު އިހްސާސްތަކެއް ކުރެވުނެވެ.މަންމަ އާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅުގެ ހައިސިއްޔަތުން އެދެމަފިރީންގެ ހުރި ހަމައެކަނި އުއްމީދަކީ އަދި ބަލަދުވެރިޔަކީވެސް އޭނާ އެކަނި ކަމުގާ އިހްސާސްވެ ފުރަތަމަ ފަހަރަށް ހަޔާތުގާ އުޅެވެމުން ދިޔަގޮތުގެ ޒިއްމާދާރުކުޑަކަން ވިސްނުނެވެ. އެވަގުތު  އަލްޔާން ގެ ހިތަށް ބިރުވެރިކަމުގެ އިހްސާސް ކުރެވި އެކަނިވެރިކަމާއި މޮޅިވެރިކަން ނަފްސު ވަށާލިފަދައެވެ. އެހެނަސް އަމިއްލަ ޖަޒްބާތުތަށް ކޮންޓްރޯލް ކުރަމުން މަންމަ ގައިގާ ބައްދާލަމުން ހިތްވަރު ދިނެވެ. އެވަގުތު ދޮރުހުޅުވާލައިފައި ބޭރަށް ނިކުތް ޑޮކްޓަރ ބަލިމީހާ އޭނާގެ ދަރިފުޅު އަލްޔާން އާއި އެކަނި ބައްދަލްކުރަން ބޭނުންވާ ކަމުގައި ބުނެލިއެވެ. އާޝިޔާ އާއި އަލްޔާން އަށް އެކަކު އަނެކަކުގެ މޫނަށް އެއްފަހަރާ ބަލާލެވުނެވެ. ބައްޕަ ދައްކަން އުޅެނީ އަނެއްކާ ކޮން ވާހަކައެއް ކަމާމެދު ވިސްނަމުން ހާސްވެފާހުރެ އަލްޔާން އެތެރެއަށް ވަދެގެން ދިޔައެވެ. މެޝިންތަކާ ގުޅާފައިވީ ވަލީދުގެ ހަށިގަނޑު ފެނުމާއެކު އޭނާ ލޮލުން ކަރުނަ ހިލުނެވެ. ބާރުވެރިކަމާ އިއްޒަތުގާ ނޫނީ މީގެ ކުރީން އަލްޔާން އަށް އޭނާގެ ބައްޕަ ފެނިފައިނުވެއެވެ. މިއަދު އެމޫނުގައިވީ ނިކަމެތިކަމާއި ގޮތްހުސްވުމުގެ އަސަރުފެނި އަލްޔާން އަށް ހަގީގަތުގާވެސް އަސަރު ކުރިއެވެ. މަޑުމަޑުން ދެލޯ ހުޅުވާލުމާއެކު ކުރިމަތީން ލޯބިވާ ދަރިފުޅުގެ ސޫރަފެނި ވަލީދު އަށް ރޮވެން ފެށިއެވެ. ބޮޑަކާމާއި ކިބުރުވެރިކަމުގާ މީހެއްގެ ދަރިއަކަށް ދޭން  އުޅުނު އަނިޔާ އަމިއްލަ ދަރިފުޅަށް ލިބުނު ހަނދާން އާވުމުން ކުރެވުނު ކުއްވެރިކަމުގެ އިހްސާސާއެކު ކައިރިއަށް އައުމަށް އެދި އަލްޔާން އާ ދިމާލަށް ވަލީދު އަތް ހިއްލާލިއެވެ. ތަންކޮޅެއް ދުރުގާ ހުރި އަލްޔާން އެވަގުތު ދުވެފާ އައިސް ބައްޕަ ގެ އަތުގާ ހިފާ ބޮސްދެމުން މޭގާ ޖައްސާލިއެވެ. ހިތަށް ކުރި އަސަރުން އަލްޔާން އަށް ވެސް އެވަގުތު ގިސްލެވުނެވެ. އެހެނަސް އެތެރެއަށް ވަނުމުގެ ކުރީން ބައްޕަ ގެ ހާލަތު ނާޒުކުކަމުގައި ޑޮކްޓަރ ކިޔާދީފައި ވީތީ އަލްޔާން ހިންދިރުވާލަމުން އަމިއްލަ ޖަޒްބާތުގެ މައްޗައް ބާރުފޯރުވިއެވެ.

“ދަރިފުޅާ..ބައްޕަ އަށް މާފުކުރޭ!!” ކުރެހިފާވީ ބަލި އަޑަކުން ވަލީދު ވާހަކަ ދައްކަން ފެށީ އަސަރާއެކުގައެވެ.ލަސްލަހުން ވާހަކަ ދައްކަމުން އޭނާގެ ހަޔާތުގާ ކުރެވުނު އެންމެ ބޮޑު ކުށް ކަމުގާވި އަލްޔާން ގެ އެކްސިޑެންޓް ގެ ހަގީގަތް ވަލީދު ކިޔާ ދިނުމުން އަލްޔާން ގެ ފައިދަށުން ހީވީ ބިންގަނޑު ދެމިގެން ދިޔަހެންނެވެ. ދެއަތުން މޭތެރޭ ފޮރުވައިގެން ހުރި ބައްޕަ ގެ އަތް ދޫކޮށްލެވުނީ އިޚްތިޔާރަކާ ނުލައެވެ. އެ އެކްސިޑެންޓްގައި އޭނާ އަށް ލިބުނު އަނިޔާ އީން އަށް ލިބުނުނަމަ ވާނެ ގޮތާމެދު ވިސްނި އަލްޔާން ގެ ހިތް ފިނިވެގެން ދިޔައެވެ. އެ ފިނިމާހައުލުގާވެސް އޭނާގެ ނިތުން ދާތިކި ވިދަންފެށިއެވެ.ބަލި އެނދުގާ އެވަގުތު އޮވެ އެ ހަގީގަތް ހާމަކުރީ އޭނާގެ ބައްޕަ ނޫންނަމަ އެއްވެސް ޝައްކަކާނުލާ އެމީހެއްގެ ފުރާނަ މިއަދު ދުއްވާލާނީ އޭނާގެ އަމިއްލަ ދެއަތުންނޭ އަލްޔާން ގެ ހިތަށް އެރިއެވެ. އެހެނަސް އެއީ އަމިއްލަ ބައްޕަ ކަމުގާވީތީ ދެއަތް ބަނދެވިފާ ވީއިރު އެބައްޕަގެ ބަލިހާލަތު ހުރި ގޮތުން އަލްޔާން ގެ ދޫވެސް ބަންދު ކުރަން މަޖްބޫރް ވިއެވެ. ” އެ އެކްސިޑެންޓް ގައި އަހަރެން މަރުވިނަމަ ކިހާ ރަނގަޅު..” ނަފްސަށް ކުރުވި ބަޔާން ކުރަންދަތި ހިތްދަތިކަމާއެކު އަލްޔާން އަށް ބުނެވުނުހާވެސް އެއްޗަކީ އެއީއެވެ.އެއަށް ފަހު ބާރުބާރަށް ހިނގާފައި ބޭރަށް ނިކުތެވެ. ކެތްތެރިކަމެއްނެތި އަލްޔާން ގެ އިންތިޒާރުގައި ބޭރުގައި ހުރި މަންމަ ފެނުމާއެކު އޭނާ ބޯ ހާސްވެ ހަތަރު ފަރާތުން ބެދޭހެން ހިވާކަހަލަ އިހްސާސެއްވިޔެވެ. ބައްޕަ ކުރި ނުބައި އަމަލުގެ ވާހަކަ މަންމަ އަށް އެނގިއްޖެނަމަ ވާނެ ދެރަ ހިތަށް އެރުމާއެކު  އަލްޔާން އަށް ބޮލުގައި އަތް އަޅާލެވުނެވެ. އެއާއެކު ބާރު ހިނގުމެއްގާ ދުވެފާ ކަހަލަ ގޮތަކަށް ނިކުމެގެން ދިޔައީ ފަސްއެބުރި ބަލާވެސް ނުލައެވެ.

އެދިޔަ ސްޕީޑްގައި ހިނގާފައި ގޮސް އަލްޔާން މަޑުކޮއްލީ ހޮސްޕިޓަލް އިމާރާތުގެ ފުރަގަހުގައި ހުރި އައްސޭރި ފަށުގައެވެ. ފެހިކުލައިގެ ދޫލަ އެއް ފެތުރިފާ ހެން އޮތް އެހިސާބުގައި މީހަކު ފެންނާކަށް ނެތެވެ. ކުރިމަތީގައި ހުރި ބިޔަ ގަހުގައި ދެއަތުން ހިފަހައްޓައިގެން ހުރެ އިސްދަށަށް ޖަހާލަމުން އަލްޔާން ގެ ހިތް ބަނޑުން ވާން ފެށިކަހަލައެވެ. ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހިގަތީ އޭނާގެ ބަދަލް ގައި އީން އެކްސިޑެންޓް ވިނަމަ ވާނޭގޮތް ހިތަށް އަރާފައެވެ. އެވަގުތު އަލްޔާން ގެ ސިކުނޑި ފުރި އެނބުރިގަތީ ނުބައި އެހެނަސް ހަގީގީ ހިޔާލްތަކުންނެވެ.

“އީން ގެ ހަޔާތަށް އަހަރެން އައި ފަހުން އެފަކީރަށް ހިތަމާޔާއި ހިތްދަތިކަން ފިޔަވާ އެހެން އެއްޗެއް ނުލިބުނު..ދުރު ހިލޭ މީހެއް ކަމައްވާ ޒިން ގެ އުނދަގުލުން އީން ސަލާމަތް ކުރަން އަހަރެން ފޫގަޅައިގެން އުޅޭއިރު ޚުދް އަހަރެން ގެ ބައްޕަގެ ފަރާތުންވެސް ލިބޭން އުޅުނީ އަނިޔާ..އީން ސަލާމަތް ކުރަން އެއްވެސް ކަމެއް އަހަންނަށް ނުކުރެވުނު…އެންމެ ފަހުން އެހާބޮޑު އަނިޔާއެއް ޒިން ގެ ފަރާތުންވެސް އީން އަށް ލިބުނީ ހަމަ އަހަންނާ ހެދި…ޑޭމް އިޓް..އަހަރެން ވީ ލޯބީގެ ސަބަބުން އީން ގެ ދިރިއުޅުމަށް މިވީ ކިހިނެތް؟؟” ކުރެވުނު ހިޔާލްތަކުން ސިކުނޑިގެ އެންމެ ހިމަނާރަށް ވެސް އަސަރުކުރުވާ ބޮލުގާ ރިއްސަން ފެށުމުން އައި ރުޅިގަނޑު އަލްޔާން އަށް ބޭލުނީ ކުރިމަތީ ހުރި ގަހަށެވެ. ފައިން ދެތިން ފަހަރަކު އެވަރުގަދަ ގަހުގެ މުލުގާ ޖެހިއިރު އަތުންވެސް އެތަށް ފަހަރަކު ޖެހުނެވެ. އޭނާ އިންތިހާއަށް އީން ދެކެވީ ތެދުވެރި ވަފާތެރި ލޯބި އީން އަށް ދިމާވި ބަދުނަސީބެއް ކަމަށް ވީ ކީއްވެގެން ކަމާމެދު ހިތުގާ ޝަކުވާ އުފެދި އަމިއްލަ ނަފްސުދެކެ ރުޅިއާދެވުނެވެ….

*****************************************

ފުން ހިޔާލަކަށް ގެއްލިފާ އިން އީން ސިހުނީ އަލްކާ އައިސް ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށެވެ. އެނދުގައި ލެނގިލައިގެން ހުރި އީން އޭނާގެ ހަށިގަނޑު ސީދާ ކުރަމުން ލޯތެރޭ ބޯވެފާ ހުރި ކަރުނަ އިނގިލިން ފޮހެލީ އަލްކާ އަށް ސިއްރުންނެވެ.

“ސާބަސް..ރޮއެ ރޮއެ މީހެއްގެ ލޮލުން ކަރުނަ ހުސްވާނެ ނަމަ މިހާރު އީން ގެ ލޮލުން ކަރުނަ އެއް ނާންނާނެ..” ނުރުހުންވެ ހުރެ ނަމަވެސް ގޮސް އީން ކުރިމަތީ އިށީނދެލަމުން އަލްކާ ބުނެލިއެވެ. އިތުރު އެއްޗެކޭ ނުބުނެ އީން ހުރުމުން އަލްކާ ވެސް އިރުކޮޅަކު އީން ގެ މޫނަށް ބަލަން ހުރެލިއެވެ.މޯޅިވެ މިލާފައި ވީ އެމޫނު މަތީގައިވި އަސަރުން އަލްކާ ގެ ހިތަށް އުނދަގޫވިއެވެ.

“އީން ބޭނުންވަނީ ތިހެން ހުރެ މީހާ ނިމިގެން ދާންތަ..މިހާރު އަލްޔާން ދިޔަފަހުން ދެމަސް ފާއިތުވަނީ..ދެން ތި ރުއިން ހުއްޓާލާފަ ރިއެލިޓީ އެކްސްސެޕްޓް ކުރަން ވެއްޖެ އެއްނު؟ ދެޓް ޗެޕްޓާ އޮފް ޔޯ ލައިފް އިޒް އޯވާ..އީން ދެކެ ހަގީގީ ލޯބިވި ނަމައިކީ އެހެނެއް ނަހަދާނެ..އޭނަ ދިޔައީ ކޮންތަނަކަށް ކަމެއް އެނގެނީއެއް ނޫން..އީން ގެ ހަބަރެއް ބަލާލީ އެއް ނޫން…ހީ ލެފްޓް ޔޫ އޯލް އެލޯން އިން ދިސް މެސް..ދެން ކީއްވެ އީން އަދިވެސް އެ ހަނދާނުގަ.. އެ އިންތިޒާރުގަ އަމިއްލަ ނަފްސަށް އަނިޔާ ތިދެނީ..މިހާވަރަށް އަހަރެން މި ވާހަކަ ދައްކާ އިރުވެސް ކީއްވެ ނުވިސްނެނީ…އީން އަދިވެސް ތިހިރީ ހުރިތަނުގަ..ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނާޅާ..”

ރީތިކޮށް ވާހަކަ ދެއްކަން ފެށިނަމަވެސް އިރުކޮޅަކަށް ފަހު  އިރުކޮޅެއް އަލްކާ ގެ އަޑުގައިވެސް ދިޔައީ ހަރުކަށިކަން އެކުލެވެމުންނެވެ. އަލްކާ އަށް ވަކި ޖަވާބެއް ދިނުމެއް ނެތި އީން އެނދުމަތީގައި އޮށޯވެލަމުން އަތުގައި އޮތް ބާލީސް މޫނު މަތީގައި އަޅާ ފޮރުވާލިއެވެ. އީން ގެ އެ ހަރަކާތާ އެކު ދެއަތަކަށް ބޯ ހޫރާލަމުން ތެދުވި އަލްކާ “ރިއަލީ އައެމް ފެޑް އަޕް މިހާރު” އޭ ބުނަމުން ނިކުންނަން ހިނގާގަތެވެެ. އެގޮތަށް އީން އޮށޯވެއްޖެ ނަމަ ދެންކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް ރުއިން ފިޔަވާ އެއްވެސް ޖަވާބެއް ނުލިބޭނެކަން އަލްކާ އަށް އިނގެއެވެ. ފާއިތުވި ދެމަހެއްހާ ދުވަސްތެރޭ އީން ގެ ހާލަކީ އެއީއެވެ. ކޮލެޖް ނިންމާފާ އައިސް އިންނަނީ ކޮޓަރީގައެވެ. ގެއިން ބޭރަށް ނިކުންނަނީ ހަމައެކަނި ކޮލެޖަށް ދިޔުމަށެވެ. އެންމެ ފަހުން އެ މޫނު މަތީން ހިނިތުންވުމުގެ އަސަރެއް ފެނުނު ހަނދާނެއްވެސް މިހާރަކު އަލްކާ ނެތެވެ. އަނެއްކޮޅުން އީން ފަހަތުން ޒިން އަޅުވާލައިގެން އުޅޭ ވަރުނާއި ކެއާ ކުރާ ގޮތުން ބައެއްފަހު އަލްޔާން އަށް ވުރެ ބޮޑަށް އީން ދެކެ ލޯބިވަނީ ޒިން އޭވެސް އަލްކާ ގެ ހިތަށް އަރައެވެ. ސީދާ ޒިން މާފަށް އެދެނީ ކޮންކަމަކާ ގުޅިގެން ކަން ނޭނގުނު ނަމަވެސް އީން ފަހަތުން މާފަށް އެދި ޒިން  އުޅޭ ގޮތުން އިންސާނެއްގެ ހިތުގާ ރަހުމް އުފެދޭހާ ވެއެވެ. ހަމަ އެންމެ ދުވަހެއްވެސް ވައްޓާ ނުލާ ކޮންމެ ދުވަހަކު އީން ފަހަތުން މާފަށް އެދި އާދޭސް ކުރަމުން ދެއެވެ. ކިތަންމެ ރުޅިއައިސް ހުރެ ހަޑިކޮށް އީން ވާހަކަ ދެއްކި ނަމަވެސް އިސްދަށަށް ޖަހާލައިގެން ހުރެ އަޑުއެހުން ފިޔަވާ އިތުރު ކަމެއް ނުކުރެއެވެ.އީން ގެ ލޯތްބަތް އެދި މެދުކެނޑުމެއްނެތި ޒިން ފޮނުވާ ހަދިޔާތަކާ ބޮކޭތަށް އެއްވެސް ރަހުމެއްނެތި ޒިން ގެ ކުރިމަތީން އެއްލާލަތާން ފެނުނަސް ޝަކުވާއެއް ނުކުރާތާ ރުޅިއެއްވެސް ނާދެއެވެ. އެހެނަސް ބޮޑުތަނުން ބަދަލްވެފާ ވީ ޒިން ގެ މިޒާޖުން އީން އަށް އެއްވެސް އަސަރެއް ނުކުރެއެވެ.އޭނާގެ ހަޔާތުން އަލްޔާން ދިޔަނަމަވެސް އެކަމާ އެއްވެސް ޝަކުވާއެއް ނުކުރެއެވެ. އަލްޔާން ގެ ހަނދާނުގައި ހަނު ހުރެގެން ކަރުނަ އޮހޮރުވުން އާދައަކަށް ވެ އޭނާގެ މުޅި ދިރިއުޅުން އެކަނިވެރިކަމާއި ހިތާމައިގެ ސާލަކުން ފަރުދާވެފާވާ ކަހަލައެވެ.

***************

ދުވަސްތަށް މާޒީ ގެ ސަފްހާތަކުގައި ލިޔެވި އުކެމުން ދިޔައީ ހަލުވި ކަމާއެކުގައެވެ. ދިރިއުޅުމުގައި ދިމާވި އަނދިރިކަމުން ފުރިގެންވީ އަޑިގަނޑުން އަރައިނުގަނެވުނަސް ބުރަ މަސައްކަތާއެކު ކިޔަވަމުން އައި އީން ގެ ކޯސް ނިމި އޭގެ ފޮނިމީރުކަން ލިބޭ ވަގުތު އައިސް ހަމަވިއެވެ. މިރޭ އޮންނަ ނޭޝަނަލް ޔުނިވާރސިޓީގެ ދަރިވަރުންގެ ދަސްވެނިމުން ރަސްމިއްޔާތަށް ތައްޔާރުވުމަށް ފެކަލްޓީ އޮފް ހެލްތް ސައިންސަސް ގެ ޑިގްރީ އިން ނާރސިން ކޯސް ފުރިހަމަ ކުރި ދަރިވަރުން އިއްތިފާގުވީ ގްރެޖުއޭޝަން އަށް ހުރިހާ ކުދީން ވެސް ދިވެހި ހެދުން ލުމަށެވެ. ޖަލްސާއަށް މާލެ އައުމަށް މަންމަ މެން ބޭނުންވި ނަމަވެސް އީން އެކަން މަނާ ކުރީ ސެލެބްރޭޓް ކޮށް އުފާވާން ބޭނުން ނެތީމައެވެ.

ކިތަންމެ ބޭނުން ނުވި ނަމަވެސް ކްލާހުގެ ގާތް އެކުވެރިއެއް ކަމަށް ވާން ޝާޔަން އާ އަލްކާގެ ވެސް އެދުމުގެ މަތީން އީން ސެލޫން އަށް ދިޔައެވެ.މަޑު ބެއިޖް ކުލައިގެ ޝޯލް މަތީން އަޅާފައިވީ ގްރެޖުއޭޝަން ކެޕް ރަނަގަޅުކޮށްލަމުން ލޯނގަޑުން ފެންނަން ހުރި އޭނާގެ ސޫރައަށް ބަލާލަމުން އީން ފުން ނޭވާއެއް ދޫކޮށްލިއެވެ. އެއްގަޑިއިރު ވަންދެން މޭކަޕް އާރޓިސްޓް އޭނާގެ މޫނުމަތީގައި ހޭކިހާ މޭކަޕުން އެ މޫނުމަތީގައިވި މާޔޫސްކަމާ ހިތްދަތިކަން ފިލި ތޯ ފުންނަޒަރަކުން ބަލާލެވުނެވެ. “ވާއު ޔޫ ލުކް ލައިކް އެ ޑޯލް…ސޯ ބިއުޓިފުލް” އެތެރެއަށް ވަން އޭނާގެ ޝާޔަން އެހެން ބުނުމާއެކު އީން އަވަސް އަވަހަށް ފަހަތަށް ޖެހި އޭނާއަށް ފުރުސަތު ދެމުން ނިކުންނަން ހިނގައިގަތެވެ. މާނަވީ ގޮތަކަށް ހިނިތުންވެލަމުން އެއްޗެކޭ ނުބުނެ ނިކުތް ނަމަވެސް އެ ބިއުޓިފުލް ފޭސް ގެ ފަހަތުގާ ފޮރުވިފައިވީ ހިތާމަ މީހަކަށް އިހްސާސް ކުރެވޭނެ ނަމައޭ ހިތަށް އެރިއެވެ. އީން އާއެކު އެ ސެލޫން އަށް ދިޔަ ހަތަރު އެކުވެރީން ވެސް ތައްޔާރުވެ ނިމުމުން ހުރިހާ ކުދީން ވެސް އެކުގައި ނިކުތުމަށް ހިނގައިގަތެވެ. “ހޭއި ކާކުތަ ޕޭއިމެންޓް ހެދީ ..އަހަރެން ޕޭއި ކުރަން ދިޔައީމަ ބުނީ ތި ބިލް އޯލްރެޑީ ޕެއިޑް އޭ!!” އަނގަޔަށް ގޮތެއް ހަދާލަމުން އެތަނުން އެކަކު އެހެން ބުނުމާއެކު އީން ހުއްޓުނެވެ. އެކުއްޖާ އަތުން ލާރި އަތުލަމުން ބާރުބާރަށް ހިނގާފައި ގޮސް ކައުންޓަރުގައި މަތީ ބޭއްވުމަށް ފަހު ބިލް ޕޭއި ކުރި މީހާއަށް ދޭށޭ ބުނެ އިތުރު ޖަވާބަކަށް އިންތިޒާރުކުރުމެއް ނެތި ދިޔައެވެ.ފިހާރައަކަށް ރެސްޓޯރެންޓަކަށް ނުވަތަ ޓެކްސީއެއްގާ ދަތުރު ކުރިއަސް އޭނާގެ ބިލް އަބަދުވެސް ޕޭއި ވެފައި ހުރުމަކީ މިހާރު އީން އަށް އާ ކަމެއް ނުނެވެ. އެކަން ކުރާ މީހާއާއި އޭނާގެ މަގްސަދު އީން އަށް ރަނގަޅަށް އެނގެއެވެ. ލޯތްބަކީ ފައިސާއިން ގަނެވޭނެ ޖަޒްބާތެއް ނޫންކަން ޒިން އަށް ބުނެދީދީ މިހާރު އީން ވަރުބަލިވެއްޖެއެވެ.ކުރީކޮޅު ޒިން އެހެން ހަދަން ފެށުމުން ކޮންމެ ފަހަރަކު ގުޅާ އޭނާ އާ ދިމާލަށް އެއްޗެހިކިޔައެވެ. އެހެނަސް އެކަން ނުހުއްޓުމުން މިހާރު އީން މާބޮޑަށް އަޅާނުލައެވެ. އުމުރު ދުވަހު ޒިން އޭނާ އިމްޕްރެސް ކުރުވަން މަސައްކަތް ކުރި ނަމަވެސް އެހިތުން ދޭނެ އެއްވެސް ޖާގައެއް ނެތް ފަދައެވެ.

****************

ރަސްމިއްޔާތަށް ފަހު ކްލާސް ކުދީންނާއެކު ބޭއްވި ފޮޓޯ ސެޝަން އެއްގާ ބައިވެރި ވުމަށްފަހު ޝާޔަން އާއެކު އީން ގެއަށް ދާން ނިކުތް އިރު ރޭގަނޑު ދިހައެއް ޖަހާ ބޮޑުވަނީއެވެ. މިގަޑީގައި ޓެކްސީއެއްވެސް ލިބުން އުނދަގޫވާނެ ވާހަކަ ދައްކަމުން ދެމީހުން ނިކުތްތަނާ ކުރިމަތީން ފެނުނު މަންޒަރުން އީން އަށް ހުއްޓިލެވުނެވެ. މަގުގެ އަނެއް ފަރާތުގާ ޕާކުކޮއްފާ އޮތް ކަޅުލުކާއިގެ ކާރަށް ލެނގިލައިގެން އޭނާގެ އިންތިޒާރުގާ ޒިން ހުއްޓެވެ. ކަޅުފެހި ކުލައިގެ ގޮޅިޖެހު ގަމީހަކާ އެކު  ޑެނިމް ޖީންސް އެއްލާފައި ހުރި ޒިން އަތުގާ ގަދަރަތް ކުލައިގެ ފިނިފެންމަލުގެ ގުލްދަސްތާއެއް އޮތެވެ. ހިތް ތެޅިލި ގޮތުން ހިނދުކޮޅަކަށް ނަމަވެސް އީން އަށް ޒިން އާ ދިމާލަށް ބަލަން ހުރެވުނެވެ. “ވާއު..އެއީ ޒިން ތަ؟ ޑޭމް..ހީ އިޒް ސޯ ހޭންޑްސަމް..ހައު އައި ވިޝް… މަށަށް އޭނާ ލިބޭނެ ނަމަ..އަޅޭ!! ހާދާ ލޯބި ރޯޒެސް އޭ..ހައު ރޮމޭންޓިކް” އީން ކައިރީގައި ހުރި ޝާޔަން ހީވީ ޒިން ފެނި މޮޔަވީ ހެންނެވެ. މީގެ ކުރީން ވެސް ޝާޔަން އާއެކު އީން ހުއްޓާ ޒިން ދިމާވެފާވެއެވެ. އެއިން ކޮމްނެ ފަހަރަކުވެސް އޭނާގެ ހާލަކީ އެއީއެވެ.އަންހެން ކުދީން ފިދާވާ ފަދަ ސޫރައަކާ ހަށިގަނޑެއްގެ އިތުރުން ވަރުގަދަ މަޝްހޫރު ޕާރސަނަލިޓީ އަކަށް ޒިން ވިޔަސް އީން އަށް އޭނާ އާ ދިމާލަށް ފުންނަޒަރަކުން ބަލާލެވުނީ އަލްޔާން މަތީން ހަނދާންވިމައެވެ. ކޮލެޖް ކައިރިން ފުރަތަމަ ފެނުނު ދުވަހު އަލްޔާން ވެސް ޑްރެސް ކޮށްފާހުރީ ހަމައެ ގޮތަށެވެ. އެހެންނޫނަސް މި ފަހަކަށް އައިސް ޒިން އޭނައަށް ފެންނަ ކޮންެމެ ފަހަރަކު އަލްޔާން ހެދުން އަޅާ ސްޓައިލް އާއި ދާދި އެއްގޮތް ގޮތަކަށް ހެދުން އަޅާކަން އީން އަށް ފާހަނގަ ކުރެވެއެވެ. އެހެނަސް ދެރައީ އީން އަށް ލޯބިވެވުނީ އަލްޔާން ގެ ސޫރަ ދެކެކަން ގަބޫލް ކުރަން ޒިން ބޭނުން ނުވާތީއެވެ. ނުވަތަ ނުވިސްނޭތީއެވެ.

ހިތްގައިމު ހިނގުމެއްގާ އައިސް ޒިން އެމީހުން ގާތަށް މަޑުކުރުމާއެކު ޝާޔަން އީން ގެ އަތުގާ ހިފާ ބާރުކޮއްލިއެވެ. ފެންނަ ކަމަށް ވެސް ނަހަދާ ދުރު ބަލަން ހުރި އީން އަށް ބަލާލަމުން ޒިން ހިނިތުންވެލިއެވެ. ” ގެއަށް ދާން ތަ؟ މަޑުކުރައްޗޭ؟”  އީން ގެ އެކުވެރިޔާ އާއި މުހާތަބު ކޮށް އެހެން ބުނަމުން ޒިން ދުރުގާ އޮތް ކާރަކަށްް އިޝާރާތް ކޮއްލިއެވެ. އެއާއެކު އެކާރު އައިސް އެމީހުން ކުރިމައްޗައް މަޑުކުރިއެވެ.” ޔޫ ކޭން ގޯ ހޯމް މި ކާރުގަ..” ޝާޔަން ރަކި ގޮތަކަށް ހިނިތުންވަމުން ތޭންކްސް އޭ ބުނެ ކާރަށް އެރިއެވެ. މަޑުކުރީ ޓެކްސީއެއް ކަމުން އީން ވެސް އަވަހަށް ކާރަށް އަރަން އުޅެގަތީ ޒިން ގެ ފަރާތުން ސަލާމަތް ވެގެން ގެއަށް ދާން ބޭނުން ވީތީއެވެ. އެހެނަސް އޭގެ ކުރީން ހުށިއާރުކަމާއެކު ޒިން މަޑުމަޑުން އީން ގެ އަތުގާ ހިފެހެއްޓިއެވެ. ” ޔޫ ކޭން ގޯ..އައި ވިލް ޑްރޮޕް ހާ ހޯމް ސޭފްލީ” ކަންބޮޑުވެފާ ބަލަން ހުރި ޝާޔަން އާ ދިމާލަށް އެހެން ބުނަމުން ޒިން ޑްރައިވަރަށް އިޝާރާތް ކޮއްލިއެވެ. އެއާއެކު ކާރު ދުއްވާލިއެވެ. ޒިން ގެ އަތް ފޮޅުވާލަން އީން މަސައްކަތް ކުރި ނަމަވެސް މަގުމަތީގައި ދަންނަ އެކުވެރީން ވެސް ތިބުމާއެކު މާބޮޑު ނުރުހުން ވުމަކާނުލާ ޒިން ގެ ކާރަށް އީން އެރިއެވެ. މަޑުމޮޅިކަމެއް މޫނުމައްޗައް ވެރިވެފާވީ ނަމަވެސް ހިނިތުންވެލައިގެން ހުރި ޒިން ފެނި އީން ތުންފިތާލަމުން އަނެއްފަރާތަށް މޫނު އަނބުރާލިއެވެ. “ކޮން އިރަކުންތަ ޒިން އަށް ވިސްނޭނީ؟” ޒިން ދެކެ ރުޅިއައިސްގެން ވާހަކަ ދައްކާ ދައްކާ އީން ވެސް ހުރީ ވަރުބަލިވެފާ ކަހަލައެވެ.” ކޮން އިރަކުންތަ އީން އަހަންނަށް މާފު ކުރާނީ؟” ކިތަންމެ މަޑުމައިތިރި ކަމާއެކު ޒިން އެ ސުވާލު ކުރިނަމަވެސް އީން ގެ ލޭ ކެކި ޖަޒްބާތުތަށް އުތުރިއަރަން މިނެޓެއްވެސް ނުނެގިއެވެ. “އާރ ޔޫ މެންޓަލް..އަންހެން ކުއްޖެއްގެ އަބުރާ އިއްޒަތަށް އަރައިގަނެފަ މާފު ކުރާށޭ ބުނީމަ ކުރެވޭނެތަ؟ ނުކުރެވޭނެ…ދުވަހަކުވެސް ނުކުރެވޭނެ..މި ފާއިތުވީ ހަމަސް ދުވަސްތެރޭ މިވާހަކަ ކިތަށްފަހަރު މިހާރު ބުނެވިއްޖެ ތަ އަހަންނަށް..ކީއްވެތަ ގަބޫލް ނުކުރެވިގެން ތި އުޅެނީ!!” އާދައިގެ ސްޕީޑްގައި ދުއްވާފައި ދިޔަ ކާރު މަޑު ޖައްސަމުން ފުންނަޒަރަކުން ޒިން ބަލާލީ އީން ގެ މޫނަށެވެ. “އަހަރެން އީން ގެ ގައިގަ އަތްވެސް ނުލަން..އަބުރަކާ އިއްޒަތަަކަށް ވެސް އަރާ ނުގަންނަން..މިވާހަކަ މި ފާއިތުވީ ހަމަސް ދުވަސް ތެރޭ އަހަންނަށް ކިތަށް ފަހަރު ކިތަށް ގޮތަށް ބުނެދެވިއްޖެ..ކީއްވެ ގަބޫލް ނުކުރަނީ؟؟” އޭނާ ވާހަކަ ދެއްކި މޭރުމުން ޒިން ވާހަކަ ދެއްކީތީ އީން ރުޅިގަދަވިއެވެ. “އަހަރެން ރީތިކޮށް ވާހަކަ ދެއްކީތީ ކޮންމެހެން މާ އިޒީ ވާން އުޅޭނެ ކަމެއް ނެތް..އުމުރު ހުސްވަންދެން ތިހެން ކިޔަސް ގަބޫލެއް ނުކުރާނަން..އަބުރަށް އަރާގަތުމަކީ ގަޔަށް އަތްލުން އެކަންޏެއް ނޫން..ކިޑްނެޕް ކޮށްގެން ގެންގޮސް ވަކީން އަަހަރެން ބަހައްޓާގެން ހުރުމަކީ ވެސް އަބުރަށް އަރާގަތުން..އަހަންނާއެކު ކުރި ކަންތަކޭ ބުނެ ދެއްކި ވާހަކަތަކަކީ ވެސް އަބުރަށް  އަރާގަތުން…އައި ވިލް ނެވާ ފޮގިވް ޔޫ..ނެވާ އެވާ..”

ވެރިވެފާވީ ހިމޭން ކަމާއެކު ޒިން ބަލަން ހުރި ނަޒަރުން އުނދަގޫވެ ބޭރަށް ނިކުންނަން ބޭނުން ވީތީ ކާރުގެ ދޮރު ހުޅުވޭތޯ އީން މަސައްކަތް ކުރިއެވެ.އެހެނަސް ލޮކް ކޮއްފައި ހުރުމުން ހުޅުވޭ ގޮތެއް ނުވިއެވެ. “ގަބޫލް ކުރަން އަހަންނަށް ގޯސް ހެދުނުކަން..އެކަމަކު އަހަރެން އީން ދެކެ ވަރަށް ލޯބިވޭ..އީން ގެ ލޯތްބަތްޓަކާ އަހަރެންނަށްް މިއައި ބަދަލް ކޮންމެވެސް ދުވަހަކުން އީން ގަބޫލް ކުރާނެ..ވިތް ޕްލެޝާ އައި ކޭން ސްޕެންޑް މައި ހޯލް ލައިފް ސެއިން ސޮރީ ޓު ޔޫ..އަހަރެން ދެކެ ރުޅި އަޔަސް ހެޔޮ..މާފު ނުކުރިޔަސް ހެޔޮ..މުޅި އުމުރަށް އަހަރެން ކުރި ކުށުގެ ސަޒާ ދޭން ނަމަވެސް ކައިރީގާ ހުރެދީ..އަހަރެންގެ ލައިފްގަ ހުރެދީ ޕްލީޒް އީން..” ޒިން އަޑުގާ ކިތަންމެ އާދޭހުގެ ރާގު އެކުލެވިފާވީ ނަމަވެސް އީން ގެ ހިތާ ހަމަޔަށް އެ އަޑު ނުފޯރާ ކަހަލައެވެ. ނުވަތަ ފޯރިއަސް އަޑުއަހަން ބޭނުން ނުވާ ކަހަލައެވެ. ފާއިތުވެ ދިޔަ ދުވަސްތަކުގާ އާދޭހާއެކު ޒިން އެދެމުން ދާ ލޯތްބަތް ނޫނެކޭ ބުނެބުނެ ޖަވާބު ދޭނެ ލަފްޒުވެސް މިހާރު އީން އަށްް ހުސްވެފާވާ ކަަހަލައެވެ.އެވަގުތު ބޭ އިޚްތިޔާރުގާ އީން ގެ ލޮލުން ކަރުނަ ހިލުނީ އަލްޔާން މަތީން ހަނދާން ވުމުންނެވެ.”އަލްޔާން އަޅާގޮތަށް ހެނދުން އަޅާ މާ  ކައިންޑް ކޮށް އަހަންނަށް ޓްރީޓް ތިކުރަނީ އެލޯބި މިހިތުން ފޮެހެވޭނެ ކަމަށް ތަ؟  އުހުނ..އެ ސޫރަ..އެނަން..މިހިތަކުން ދުވަހަކު ނުފިލާނެ..” ރޮވޭގޮވުމުން އީން އަށް ވާހަކަ ދައްކަން އުނދަގޫ ވިއެވެ. ހިތަށް ކުރި އަސަރުން ލޯމަރާލާ ހިންދިރުވާލަމުން ޒިން ކާރު ދުއްވާލީ މިވަގުތު އީން އިތުރަށް ދެރަކުރަން ބޭނުން ނުވީތީއެވެ. އީން މެންގެޔާ ހަމަޔަށް ދެވުމާއެކު ކާރުން ފޭބި އީން ދާން ހިނގާގަތެވެ. އެވަގުތު ޒިން ގޮސް އީން ކުރިމައްޗައް އަރަމުން އޭނާ ގެނައި ފިނިފެންމާ ބޮކޭ ދިއްކޮށްލަމުން ހިނިތުންވެލިއެވެ. ” އައިމް ޕްރައުޑް އޮފް ޔޫ..ކޮންގްރެޓްސް..”އެއްޗެކޭ ނުބުނެ ފުން ނޭވާއެއް ދޫކުރަމުން އީން ހިނގާގަތީ  އަތުން ޖައްސާ ޒިން ގެ އަތް ދުރުކުރުވަމުންނެވެ. މޫނުމަތީން ނުރުހުންވުމުގެ އަސަރު ފާޅުކުރަމުން އީން ހިނގާފައި ދިޔަ ގޮތުން ޒިން ގެ ހިތަށް ތަދުވިއެވެ. އެހެނަސް ފަނޑު ހިނިތުންވުމެއް ވެރިކުރުވަމުން ތުންފަތުގާ ދަތްއަޅާލީ ހިތާހިތުން “ކިތަންމެ އަނިޔާއެއް މިހިތަށް ދިނަސް އައި ވިލް ނެވާ ގިވް އަޕް” އޭ ބުނަމުންނެވެ.

**********************************************

ވެފާހުރި ވަރުބަލިކަމާއެކު މަޑުމަޑުން އައިސް އަނދިރިކަން ވެރިވެފާވީ ސިޓިން ރޫމް ގެ ބޮކި ދިއްލާލުމާއެކު އީން އަށް ދެލޯބޮޑުކޮށްލަމުން އަނގަމަތީ އަތް އަޅާލެވުނެވެ. “ސަޕްރައިޒް” އޭ ކިޔާ ހަޅޭއްލަވަމުން ކުރިމަތީ ހެވި ދިއްލިފައި ތިބި މަންމަ އާއި ބައްޕަ އަދި ކޮއްކޮ ފެނުމުން އީން ހަގީގަތުގާވެސް ސަޕްރައިޒް ވިއެވެ. އާދީ ދުވެފާ އައިސް މިސްޑް ޔޫ ސޯ މަޗް ދޮންތީ އޭ ކިޔާ އީން ގައިގާ އޮޅުލައިގަތެވެ. ރަންކުލައިގެ ފަށުވިން ކައިރި ޖަރީކޮއްފައިވި ކަޅުކުލައިގެ ގައުން އާއެކު ކެޕް އަޅާގެން ހުރި އީން ފެނުމުން އަމީނާގެ ލޮލުން ކަރުނަ ހިލުނެވެ. ނިޔާވި ދަރިފުޅު މަތީން ހަނދާންވި ނަމަވެސް އީން ގެ ހިތްވަރާ އަޒުމުން މިއަދު އޭނާގެ ހުވަފެން ހަގީގަތަކަށް ހަދާދިނީތީ އޭނާގެ ލޮލުން އައީ އުފާވެރިކަމުގެ ކަރުނައެވެ. “މަންމަ ދަރިފުޅާމެދު މިއަދު ފަޚްރުވެރިވަން” އީން ގެނެސް މޭގާ ޖައްސާ ނިތުގާ ބޮސް ދެމުން އަމީނާ ބުނެލީ އުފަލާއެކުގައެވެ. ކުއްލިއަކަށް މަންމަމެން ފެނުމުން އުފާވިނަމަވެސް  ދެންމެ ދިމާވި ކަންތަކާ އަދިވެސް މޫޑް ގޯސްވެފާ ހުރި އީން ރުޅިމޫނު ހަދާލާ އާދީ ދުރުކުރުވަމުން ގޮސް ބައްޕަ ކައިރީ ޝަކުވާކުރަންފެށިއެވެ. އޭނާ ރަށަށް ދާން ތައްޔާރުވެގެން ހުއްޓާ އިތުރު ބޭކާރު ޚަރަދެއްކޮށް މަންމަމެން ގޮވައިގެން ބައްޕަ މާލެ އައީތީ އީން ހުރީ ހިތްހަމަ ނުޖެހިފައެވެ. ” ދަރިފުޅާ..މާލެ އައީ ބައްޕަމެން ބަލާ މީހަކު ދިޔައީމަ…” އޯގާތެރިކަމާއެކު ހިނިތުންވެ ހުރެ ބުނެލި ޖުމްލައާއެކު  އަތުން ބައްޕަ އިޝާރާތް ކޮއްލި ދިމާލަށް އީން ފަސްއެނބުރި ބަލާލީ މަޑުމަޑުންނެވެ. ރަނގަޅަށް އެދިމާލަށް ބަލާލާލަމުން ކުއްލިއަކަށް ފުއްމައިގެން އީން އަށް ތެދުވެލެވުނު އިރު އޭނާގެ ހިތުގެ ހިނގުމަށްް ބަދަލްތަކެއް އައިކަން އިހްސާސްވިއެވެ. ހިތްނެގިނެގިފައި ޖެހެން ފެށިއިރު އަތްފައި ފިނިވެ މީހާ ގަނޑުވިކަހަލައެވެ…….

 

 

***************************************

ދެން ގެނެސްދޭ އެޕިސޯޑް އެއީ މި ވާހާކައިގެ ފަހުބައި..އިންޝާﷲ އަންނަ ބުރާސްފަތިދުވަހު އެބައި އަޕްކޮއްދޭނަން..އިންތިޒާރުކޮއްލައްޗޭ ހުރިހާ ކުދީން…ލޮޓްސް އޮފް ލަވް…އަންޖަލް…

30 ވަނަ އެޕިސޯޑް ގެ ޓީޒާ….

“ބައްޕާ…އަޅުގަނޑު ބޭނުން ވީހާ ވެސް އަވަހަކަސް އީން އާ ކައިވެނި ކުރަން..” ……….. ގެ ދުލުން އެ ލަފްޒުތަށް އަޑުއިވުމުން އީން ގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެން ހީވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anjal

Level 210 Stories100 Comments100 Login

Other Articles

Previous

މަރާލުމަށްފަހު…

Next

ހަދިޔާ (ނަވާރަވަނަ ބައި)

Next
December 28, 2018

ހަދިޔާ (ނަވާރަވަނަ ބައި)

Previews
December 27, 2018

މަރާލުމަށްފަހު…

28 Comments!

  1. Aki says:
    December 28, 2018 at 12:35 am

    haadha dhigu inthizaare kohfeemey. mi vaahaka ah

  2. Airah says:
    December 28, 2018 at 12:48 am

    story vvv Reethi.thursday ah vurea avahea nuvaaneatha

  3. ??? says:
    December 28, 2018 at 3:31 am

    Alyaan dw ???????Haadha lahakunn

  4. Aisha says:
    December 28, 2018 at 6:01 am

    Wow wow wow?????????????????????????????????????????????????????

  5. shaan says:
    December 28, 2018 at 8:22 am

    mashaa allah v v reethi varae furihama… hevanee eenge n aliyange thedhuveri lobi kaamiyaab vaaneehen ☺?

  6. Hanaan says:
    December 28, 2018 at 9:34 am

    Who is it? Who is it? I will miss this story sooo much ?

  7. miky says:
    December 28, 2018 at 11:01 am

    Kaaaku ???? Alyaan dhwwww .. Alhey I missed him plx plx alyaan and een gulhuvaba???

  8. Beryl Stone says:
    December 28, 2018 at 11:11 am

    Masha allah ????????vrh vrh furihama mi prt vx??❤❤❤???curiously waiting for the last prt ???much luvx from ma??????????????????????

  9. Xuu says:
    December 29, 2018 at 10:47 am

    Alyaan or zin??

  10. Niha says:
    December 29, 2018 at 11:14 am

    Aadheys koffa mibuny e zin gandu thithanah nulaathi.. alyaan aa een aa gulhunyma readers in ves ufaavaanee ??.. btw.. mi part ves hama awesome

  11. Airah says:
    December 29, 2018 at 8:36 pm

    plx plx nimun hadi nukurachey

  12. Aami says:
    December 29, 2018 at 9:22 pm

    anehkaa alyaan tha, alyaan ah vejjeh yaa een maafkuraanebaa anekkaa….. plx plx dhen alyaan annan vejje ennu…… mi part ves varah reethi

  13. nunnu says:
    December 29, 2018 at 11:15 pm

    plzzzz not Zinnn… i hate him

  14. #Somebody says:
    December 30, 2018 at 12:55 am

    Whooooo?????? I wanna knowww… Thursday ah vure Avas koh laga..???

  15. ބޯގޯސް says:
    December 30, 2018 at 12:57 pm

    ޒިންއާއިއީން ގުލުވަބަލަ ޒިން ކިހާލޯބިވޭތަ އީންދެކެ އޭރުން ރީތިވާނީ

  16. CU says:
    December 30, 2018 at 10:57 pm

    alyaan bappa thoaccheh e dhiyaeee

  17. Mary says:
    December 30, 2018 at 11:52 pm

    Alyan n een gulhuvaba plx plx plx

  18. ?? says:
    January 1, 2019 at 9:40 am

    Zin aa een gulhuvahchey

  19. Peraasherr says:
    January 1, 2019 at 7:16 pm

    Alyaan aa een aa gulhuvaba plxxxx zin aa nugulhuvahche avahah up kohdhyy plxx

  20. beauty says:
    January 1, 2019 at 8:29 pm

    anjal TEEZAA aky koaccheh
    adu naahaa baheh vyma ahaaly igey

  21. Maya says:
    January 1, 2019 at 10:04 pm

    Wat is that alyaan❤️

  22. Een says:
    January 2, 2019 at 1:59 am

    vaanuvaaga mihiry ufalun gos
    avahah up kohdhechchey a run mi hithah hamajehumeh libeyny

  23. Aish says:
    January 2, 2019 at 6:37 pm

    Mi story feshunu iru alyaan aa gulhen beynumy … miharu xin aa gulhen beynumy

  24. Saifeena says:
    January 2, 2019 at 8:47 pm

    Koba next part …hama kiyaala hiythun

  25. Laamiu says:
    January 3, 2019 at 12:16 pm

    Anjal… mi story ge fahubai buraasfathi dhuvahu anjal buneemennu genes dheynamey adhives kiyuntherinnakaai hisaabakah fahubaeh naadhey lyer anjal….???? avas kurey…

  26. Oxford says:
    January 3, 2019 at 4:24 pm

    Its teaser. Pronounced as ˈtiːzə.
    Meaning, kunnu nugenes kudhi kudhi scene thah genesdhinun. Just like film ge isthihaaru thah.

  27. ?? says:
    January 3, 2019 at 6:47 pm

    Een & zin??

  28. Sajy says:
    January 3, 2019 at 8:51 pm

    Kobaa next part? Plxxxx zin aa een nugulhuvahchey…
    Alyaan aa een gulhuvaba…
    Next part thankolheh avas koh up kobbaa❤

Comments are closed.

Next Episodeހާސިލް ވުމަށް އެދި ހިތް ރޮނީ 30 (ފަހުބައި)←


All Right Reserved!