އެނގުމެއްނެތި…6
“އާނ… އެކަމަކު އެއްވެސް މީހެއް ކައިރީ ނުބުނާތި އިނގޭ. އޭރަށް އެންމެން އަލީޝާދެކެ ރުޅިއަންނަން ފަށާނީ.” އީތަން ވަރަށް ހެޔޮވެފައި ބުންޏެވެ. ތޫބާ އަވަސްއަވަހަށް ބޯ ޖަހައިލިއިިރު އޭނާގެ ހިތް އޮބިނޯންނަވަރަށް ތެޅެމުންދިޔައެވެ. ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު ތޫބާގެ އަތުން އަތް ދޫކޮށްލާފައި އީތަން ސިޑިއާއި ދިމާާއަށް ހިނގައިގަތެވެ. އޭނާގެ ތުންފަތުގައި ވީ އާދައިގެމަތިން ކިބުރުވެރި ހިނިތުންވުމެކެވެ.
************************
އޭގެ އެއް ދުވަސް ފަހެވެ. ބަަލައިވެސްނުލައި އުޅުން އީތަން ކުއްލިއަކަށް ޕޫލް ސަރަހައްދުން ބަައްދަލުކުރަން އެދި މެސެޖުކުރުމުން އަލީޝާގެ ހިތުގެ ތެޅުން ވަނީ އަވަސްވެފައެވެ. އީތަން ދައްކާނެ ވާހަކައެއް ނޭންގޭތީއެވެ. އިންޓަވަލްގަޑީގެ ބެލް ޖެހުމުންވެސް އޭނާ އިނީ ގޮނޑިން ތެދުވަން ނޭންގިފައެވެ. މަޑުމަޑުން ފަހަތަށް ބޯ އަނބުރައިލިއިރު އީތަން ފަހަތު ދޮރުން ނުކުމެގެން ދަނީއެވެ. އަލީޝާ ކުރިއަށް އަލުން އެނބުރިފައި މޭޒުގައި ނިޔަފަތިތަށް ތަޅަން ފެށިއެވެ. އީތަަން ޝުކުރުއަދާކޮށްފިއްޔާ ދެން ހަދާނީ ކިހިނެތްބާއޭ އޭނާގެ ހިތަށްއެރިއެވެ. ދެން އޭރުން ހުރިހާ މައްސަލަައެއް ހަމަޖެހުނީހެއްޔެވެ؟ ހުރިހާ ކަމެއް ނިމުނީހެއްޔެވެ؟
“އަލީޝާ؟ އިޒް ސަމްތިންގ ރޯންގް؟” އަލީޝާއަށް ހޭވެރިކަމެއްވީއިރު ކަންބޮޑުވެފައި ކުރިމަތީ ކުލާސް ޓީޗަރު ޔާނާ ހުއްޓެވެ. ބޯ ކަހަން އިން އަލީޝާ ފެންނަ ކޮންމެ މީހަކަށްވެސް އޭނާ އިނީ ކަމަކާ ކަންތައް ބޮޑުވެފަައިކަން އިނގޭނެއެވެ.
“ކަ..ކަ..ކަމެއް ނުވޭ…” އެހެން ބުނެލުމަށްފަަހު ލުއިގޮތަކަށް ހީލާފައި އަލީޝާ ތެދުވެ ކުލާހުން ނުކުތެވެ.
އަލީޝާއަށް ޕޫލްއަށް ދެވުނުއިރު ދޮރުވެސް ހުރީ ލައްޕާފައެވެ. ދޮރުގައި ހިފައިލިއިރު ތަޅުނުލާ ހުރުމުން ހުޅުވައިލިއެވެ. އެތެރެ އޮތީ އެއްކޮށް ހުސްކޮށެވެ. ބެންޗެއްމަތީ އިށީންދެގެން އިން އީތަން ފިޔަވައެވެ. ފުރަގަސްދީގެން އިނުމުން އޭނާއަށް އަލީޝާ ވަތްތަން ނުފެނެއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ބުރަކަށި ސީދާކޮށްލާފައި އަލީޝާ އެ ދިމާއަށް ދިޔައެވެ. އަދި އީތަން ކުރިމަތީ ގޮސް ހުއްޓުނެވެ. އެއްވެސް އެއްޗެކޭ ނުބުނެ އަތްއުރާލުމަށްފަހު އަލީޝާ ބުމަ ހިއްލައިލީ ތި ކިޔަން އުޅޭ އެއްޗެއް ކިޔާށޭ ބުނާ ފަދައިންނެވެ.
“މާ ބޮޑު އެއްޗެކޭ ކިޔާކަށް ނޫޅެން. ކަލޭގެ އެއްޗެއް ބިންމަތިން ހޮވުނީމަ އެ ރައްދުކުރަން މި ގޮވީ.” އިރުކޮޅަކު އަލީޝާއަށް ބަލަން އިނދެފައި އީތަން ބުނެލިއެވެ. އެއާއިއެކު އޭނާ ދިއްކޮށްލީ އަލީޝާގެ ޕެން ޑްރައިވްއެވެ. އަލީޝާ އެއަށް ބަލައިލިއެވެ. އެ ގެއްލުނުކަން އޭނާއަށް ފާހަގަވެސް ވެފަކާއެއް ނެތެވެ.
“ކޮންތާާކުން ފެނުނީ؟” އީތަންގެ އަތުން ޕެން ޑްރައިވް އަތުލިއިރު އަލީޝާއަށް ފުރަތަމަވެސް ޝައްކުކުރެވުނީ އީތަން އެ ވަގަށްނެގީ ކަމަށެވެ.
“ބްރޯޑްކާސްޓިން ރޫމްއިން.” އީތަން ތެދަށް ޖަވާބުދިނެވެ. “އާނ އަދި ތީގަ ބަޔެއްގެ ޕްރައިވެޓް ވާހަކަތަކެއް ހުރީމަ މަށަށް އެންމެ ރަނގަޅުގޮތަކަށް ފެނުނީ އެ އެއްޗެހި ޑިލީީޓުކުރަން. އެހެންވެ މިހާރު ތީގަ ހުރި އެއްޗިއްސެއް ނުހުންނާނެ އިނގޭ. ސޮރީ.” އީތަަންގެ ލޮލުގައި އެ ބުނި ސޮރީގެ ކަންފުކެއްވެސް ނެތެވެ. އަލީީޝާ ކަޅި އަނބުރައިލިއެވެ.
“އަދި އެއް ވާހަކަ… މަ އަނގައިން ނުބުނެ ހުންނާތީ އޭގެ މާނައަށް ނުނަގާތި އިނގޭ މަ ކަލެއަށް މާފުދިނީއެކޭ. ހަަމަ ވާހަކަ ދައްކަންވެސް ބޭނުންނުވަނީ މިހާރު. ކުރިން ބުނީމެންނު މަޖަލޭ. މިހާރު މަޖަލެއް ނޫން. މިހާރު ބޭނުންވަނީ ސީރިއަސްކޮށް މިކަން ނިންމާލަން. ކަލޭ ތިރިކޮށްލަން.” ޕެން ޑްރައިވް ދޭ މަގުމަތީގައި ބުނެލާ ވާހަކައެއްހެން ކޫލްކޮށް ބުނެލިއަސް، ހަގީގަތުގައި އީތަން ބުުނަން ބޭނުންވި ވާހަކަ އެއީއެވެ. އަލީޝާއަށް އެކަން އިނގެއެވެ. ހޫނއަކުން ފުއްދާލާފަައި އަލީޝާ ނުކުމެގެންދިޔައެވެ. އޭނާ ހުރީ ބަހުސްކުރާ ހިތަކު ނޫނެވެ.
ދަތުރުގައި ހިނގި ކަންތަަކުގެ ނަންވެސް އީތަން ނުގަތެވެ. ކުރިން ނުވިސްނުނު ނަމަވެސް، ވޭތުވެދިޔަ ތިން ދުވަހު އީތަންއަށް ވިސްނެމުންދިޔަ ކަންތަކުގެ ފަހުމެއްވަނީ އަލީޝާއަށް މިހާރު ވަނީ ވެފައެވެ. ރަނގަޅަށް ވިސްނައިލުމުން، އީތަންގެ މަގާމުުގައި އޭނާ ހުރިނަމަ އޭނާއަށްވެސް ރަނގަޅު އިހުސާސެއް ނުވާނެކަން އަލީޝާއަށް ވިސްނުނެވެ.
“އޭ ބުރޯ! ހާދަ ވަައޭ! ނެތްތަ ކަމެއް؟” ޖިނާހު އައިސް އީތަންގެ ކޮނޑަށް އަތް ވައްޓައިލަމުން ބުންޏެވެ. އީތަން ޖިނާހުއަށް ބަލައިލިއެވެ. އަބަދުވެސް ސެޓެއްގަައި އަަންނަ ދެ މީހުންގެ ތެރެއިން އެކަކު މިއަދު މަދެވެ.
“މަގޭ މުޅަ މަސް ކައިކައިފަ… ވައިވެގެން ހަމަ އަންނަން ޖެހެނީ މަގޭ ކައިރިއަށްދޯ. އެކަމަކު މި މީހުންގެ އަދި ބޭނުން ހިފޭނެ. އަދި އަތްދަށުގަ ގެންގުޅުނީއާ ރަނގަޅުވާނީ.” އީތަން ހިތާހިތުން ކިޔައިލިއެވެ. “އެބަ އޮތޭ ސަޅި ކަމެއް.” އީތަން ޖިނާހުގެ ޝައުގުވެރިކަން އަތުލިއެވެ. އީތަން ސިއްރު ސިއްރުން ކިޔައިދިން ވާހަަކައިން ޖިނާހު އިނީ އަނގަ ލައްޕަން ނޭންގިފައެވެ. އީތަން އޭނާގެ މޮޅު ޕްލޭންގައި ޖިނާހު ހިމަނައިލިއެވެ. ޕްލޭންގަނޑު ސޮލިޑްކަމުން އީތަން އޭނާގެ ބޭނުންހިފަނީއޭ ހިތަށައަރާނެ ފުރުސަތެއް ޖިނާހުއަކަށް ނުލިބުނެވެ. އެއަށްވުރެ ޖިނާހު އެކަމާ ޝައުގުވެރިވެއްޖެއެވެ.
“ރާފިއުއޯ؟ އޭނަ ފައި ބިނދިގެން ގޭގައެންނު އޮތީ.” ޖިނާހު އެއްސެވެ.
“އޭނަ ކައިރީ ބުނާނެކަމެއް ނެތް. އަނެއްކާ ބިނދިފަ އޮތް ފަޔަށް ނުބަލާ އައިސްދާނެ ބައިވެރިވާން. އެކަހަަލަ މީހެންނު އެއީ.” ރާފިއުއަށް ހެޔޮއެދޭކަން ދައްކަން އުޅުނު ނަމަވެސް އީތަންގެ ހިތުގައި އޮތީ ރާފިއު ބައިވެރިވާން ކުސްތަޅަން ފަށައިފިއްޔާ ބޮލަށް އުނދގޫވާނެ ކަަމެވެ. ރޭވުމަށް ބުރޫއަރާފާނެ ކަމެވެ.
ބަދިގެފަރާތުގައި ހުރި ތޫބާއަށް ބޯ ދިއްކޮށްލެވުނީ އޭނާގެ މަންމައާއި ބައްޕަ އޭނާގެ އުފަންދުވަހުގެ ވާހަހަދައްކާ އަޑަށެވެ. އަނެއްކާ ސަޕްރައިޒްއެއް ހަދަނީބާއޭ ހިތާ ޝައުގުވެރިވިއެވެ.
“މިއަންނަ ހަފްތާގަ ތޫބާގެ އުފަންދުވަސްދޯ…” ތޫބާގެ ބައްޕަ ހަނީފު ހީލާފައި ބުންޏެވެ.
“އާނ… އަހަރުންނަށް އެ މަންޖެ ފެނުން ދުވަސް…”
“އޭތް! އެ ވާހަކަ ނުދައްކާ! އެ މަންޖެއަށް އިވިދާނެ.” ހަމީދާގެ ޖުމުލަ މެދުކަނޑައިލި ހަނީފު، ހާސްވެފައި ދެ ކޮޅު ހޯދައިލިއެވެ.
“ސޮރީ.” ހަމީދާ އިސްޖަހައިލިއެވެ.
އެ ދެމީހުނަށް ނިވާވެފައި ހުރި ތޫބާއަށް އެ ދެއްކި ވާހަކައެއް ފަހުމެއް ނުވިއެވެ. ހިތުގައި އުފެދުނީ ޝައްކެކެވެ. އެ މީހުން އޭނާއަށް ކަމެއް ފޮރުވަންއުޅޭކަމުގެ ޝައްކެވެ.
މެންދަމުން އަނބުރައި އެކެއްޖަހައިފިއެވެ. ތޫބާގެ ގޯތިތެރެއަށް ފާރުބުރިމަތިން އަރައިގެން ވަނީ އެކަމަށް ވަރަށް ކުޅަދާނަ ދެ މީހުންނެވެ. ގޯތިތެރޭގައި ދިއްލާފައިހުރި ބޮކީގެ އަލި ފިޔަވައި އެހެން އައްޔެއް ގެއަކު ނެތެވެ. ފެންޑާއާއި ބަދިގޭގެ އިތުރުން ގޭގައި ހުރި ދެ ކޮޓަރިން ވަންނަންވީ ކޮޓަރިއެއް އެ ތަނުން އެކަކަށްވެސް ނެންގުނެވެ. ދެ ކޮޓަރިވެސް ހުރީ ތަޅުލާފައެވެ. އިންކީ ޕިންކީ ޕޯލީ ކިޔާފައި އިނގިލި ދިމާވި ކޮޓަރީގެ ލޫއްވަގަނޑުން ބިއްލޫރި ނަގަންފެށީ ޖިނާހުއެވެ. ދެ ބިއްލޫރިކޮޅު ނެގުމުން އެތެރެއިން ދަމާފައި ހުރި ފިޔާތޮށިކުލައިގެ ދޮރުފޮތިގަނޑު ކަހާލާފައި އެތެރެ ބަލައިލިއެވެ. ކޮޓަރިތެރޭގައި ހުރި ނިދާބޮކީގެ އަލިން އޭނާއަށް ފެނުނީ ސިންގަލް އެނދެއްގައި މުޅި ގައިގައި ރަޖާއަޅައިގެން މީހަކު އޮއްވައެވެ.
“ޕިސް!…” ޗޮކެއްކަނޑާލާފައި ޖިނާހު، ކައިރީގައި ހުރި އީތަންއަށް ބަލައި ދެ ފަރާތަށް ބޯ ހަލުވައިލިއެވެ. އަނބުރާ ލޫއްވަގަނޑު ހަމަޖެއްސައި ނިމުމުގެ ކުރިން އީތަން ގޮސް ދެން ހުރި ކޮޓަރީގެ ލޫއްވަގަނޑު ރޫޅަންފެށިއެވެ. މެދުން ތިން ބިއްލޫރިކޮޅު ނެގުމުން އަތްބާނާފައި އެތެރެއިން ތަޅު އަނބުރައިލިއެވެ. އެޕޯލޯ ތަޅެއްކަން އެއީ އޭނާގެ ނަސީބެެވެ. ތަޅު ހުޅުވުމުން ލޫއްވަގަނޑަށް ބިއްލުރިކޮޅުތައް އަނބުރާ ލެއްވުމަށްފަހު ޖިނާހު ކައިރީ ބޭރުގައި މަޑުކުރުމަށް ބުނެފައި އީތަން ދޮރު ހުޅުވައި އެތެރެ ބަލައިލިއެވެ. ހިސާބަކަށް ބޮޑު ކޮޓަރިއެކެވެ. ކޮޓަރިތެރެ އަލިކޮށްދެނީ ނިދާބޮކީގެ ފަނޑު އަލިންނެވެ. ފަރުނީޗަރުތައް އަތުރާލާފައި ހުރި ގޮތް ހުރީ އީތަންގެ މަސައްކަތަށް ފަސޭހަވާނެ ބީދައަކުންނެވެ. ދެމަފިރިން ނިދާފައި ތިބި އެނދު ހުރީ އެހެން ފަރުނީޗަރުތަކާއި ވަކިން ތަންކޮޅެއް އެތެރެއަށް ވާގޮތަށެވެ. އެނދުން ތެދުވިއްޔާ ނޫނީ އީތަން ނުފެންނާނެއެވެ. އެތެރެއަށް ވަދެ މަޑުމަޑުން ދޮރު ލެއްޕުމަށްފަހު ބޮޑު އަލަމާރި ހުޅުވައިލިއެވެ. ކަބަަޑުގައި އެލުވާފައި ހުރި ހެދުންތަކުގެ ތިރީގައި ދެ ވަތްގަނޑު ހުއްޓެވެ. ފުރަތަމަ އެއް ވަތްގަނޑުގައި ހުރީ ބޭހެވެ. އަނެއް ވަތްގަނޑު ހުރީ ތަޅުލާފައެވެ. އީތަންގެ ނަސީބު ގަދަވާންވެސް ހައްދެއް އޮންނާނެތާއެވެ. ތަޅުދަނޑި ހޯދަން ދެން ހުރި ހުރިހާ ކަބަޑަކާއި ވަތްގަނޑެއް ހޭވިއްޖެއެވެ. ބާކީ ހުރީ އެނދު ކައިރީގައި ހުރި ނައިޓްސްޓޭންޑް އެކަންނެވެ. ކިތަންމެ ކެރޭ ވަގަކަސް އެހިސާބަށް ދިޔުމަކީ އަމިއްލަ ކަރުގައި މަޅިއެޅުން ކަހަލަ ކަމެކެވެ. ހަމީދާގެ ގުގުރީގެ އަޑު ގަދަނަމަވެސް، އެނދުގެ މަގަތުފަޅިއަށް އެނބުރި އޮތް ހަނީފު ހީވަނީ ދެންމެ ދެންމެ ލޯ ހުޅުވައިލަފާނެހެންނެވެ.
ގޮތްހުސްވާން ގާތްވެފައިދެކޮޅަށް ކަޅި ހިންގައިލި އީތަންގެ ލޮލުގައި އަޅައިގަތީ ރީތިވާ މޭޒުމަތީ ބަހައްޓާފައި ހުރި މާވަށިގަނޑުން ނުކުމެފައި އޮތް ދަގަނޑު އެތިކޮޅެކެވެ. އެ ނެގިއިރު ތަޅުދަނޑިއެކެވެ. އެއްޗެހި ފޮރުވަން ރަނގަޅު ތަނެކެވެ. ނަމަވެސް ފޮރުވަން އިނގޭނަމަތާއެވެ. އޮތީ ފެންނަންވިއްޔާއެވެ. އީތަން އެ ތަޅުދަނޑިން ވަތްގަނޑު ހުޅުވައިލިއެވެ. އޭގައި ހުރީ އޭނާ ބޭނުންވިގޮތަށް ފަައިލުތަކެކެވެ. ހުޅުވައި ހާވަމުންދިޔައިރު އެ އެއްޗެހީގައި ބޭސް ސިޓީތަކަކާއި، ފެނާއި ކަރަންޓު ބިލުގެ ރަސީދުފަދަ ތަކެތި ހުއްޓެވެ. އެންމެ ފަހު ފައިލުގައި ހަނީފުއާއި ހަމީދާގެ ކައިވެނީގެ ސެޓުފިކެޓާއި ޖެހިގެން އޮތީ އީތަން ބަލަން ބެނުންވި ސެޓްފިކެޓެވެ. އެ ކިޔާލުމުން އީތަންގެ ތުންފަތަށް ހިނިތުންވުން ވެރިވިގޮތުން، ކުރި މަސައްކަތުގެ ނަތީޖާ ހެޔޮކަން އެނގިގެންދިޔައެވެ. ޖީބުން ފޯނު ނަގައި އެ ސެޓްފިކެޓްގެ ފޮޓޮއެއް ނެގުމަށްފަހު ފައިލު ވަތްގަނޑަށް ލައި ތަޅުލިއެވެ. ކަބަޑުވެސް ލެއްޕުމަށްފަހު ތަޅުދަނޑި މާ ވަށިގަނޑު ތެރެއަށް ވައްޓައިލާފައި ބޭރަށް ނުކުންނަން ދޮރު ހުޅުވައިލިއެވެ. އީތަންގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ދޮރު ހުޅުވައިލެވުނީ ތޫބާ ކުރިމައްޗަށެވެ.
ތޫބާގެ ދެލޯ ބޮޑުވިއެވެ. ހަޅޭއްލަވައިގަަންނަން އަނގަ ހުޅުވުމުން އީތަން ވަރަށް ހުޝިޔާރުކަމާއިއެކު ތޫބާގެ އަނގަމަތީ އަތްއެޅިއެވެ. އަނދިރީގައި ތޫބާއަކަށް އިތަންގެ މޫނު ސާފެއްނުވިއެވެ. ގަދަހަދައިގަތްނަމަވެސް އީތަންގެ އަތްދަށުން ސަލާމަތެއް ނުވެވުނެވެ.
“ޝްޝްޝްޝް…” ތޫބާގެ އަނގަމަަތީ އަތްއަޅައިގެން ހުރެ ފަހަތުން އޭނާގެ ކަންފަތްބުޑުގައި އީތަން ކިޔައިލިއެވެ. ތެޅުމާއި އަޑު ލެއްވުން މައިތިރިވިނަމަވެސް ތޫބާގެ ލޮލުން ކަރުނަތަށް ފައިބައިގަތެވެ. އީތަން މަޑުމަޑުން ތޫބާއާއިއެކު ތޫބާގެ ކޮޓަރި ކުރިމަތީ ހުއްޓުނެވެ.
“ފަސް މިނެޓު ވަންދެން ގުޑިވެސް ނުލާތި!” ތޫބާގެ ކަންފަތްބުޑުގައި އަޑު ބަރުކޮށްލާފައި އީތަން ކިޔައިލުމަށްފަހު އަނގަމަތީ އަތްއަޅާފައިވާ އަތް ނޫން އަނެއް އަތުން ކޮޓަރި ދޮރު ހުޅުވާފައި ތޫބާ އެތެރެއަށް ކޮއްޕާލައި ދޮރު ލެއްޕިއެވެ. އަދި ގޯތިތެރެއަށް ނުކުމެހުރި ޖިނާހުއާއިއެކީ ވަތް ކޮޅުން ނުކުތެވެ. ތޫބާ ނުކުތްކަން އަންގާނުލީތީ ޖިނާހުއާއި ދިމާއަށް ކުދިކިޔަމުންނެވެ.
ހެނދުނު ހޭލިގޮތަށް ފޯނު ބަލައިލި އަލީޝާގެ ބޮލުގައި ފުރަތަމަ ޖެހުނީ ސުވާލުމާކެކެވެ. އެއީ ނުދަންނަ ނަންބަރަކުން ފޮނުވާފައިވާ ފޮޓޮއެކެވެ. ފޮޓޯގައި އިނީ ސެޓްފިކެޓެކެވެ.
“އެޑޮޕްޝަން ސެޓްފިކެޓް؟… ތޫބާ ހަނީފް؟!” އަލީޝާގެ ދެ ބުމަ ގޮށްޖެހުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.





Dhen oi bai mianna hafthaaga up kohdheynan ingey hope u liked this part too
vv reethi
Thnx raah
Wowwww varah reethi mi part vx me second dhw? ?????❤️❤️❤️❤️❤️❤️ curiously waiting for the next part ????
Thnx n ya ur 2nd sis
Plx thankolheh avahah next part up kohdhehcheyy .v kiyaa hiyy vey .mi part ves v reethi
thnx malu mihaaru half liyefa onnaanee
Ma Sha Allah!! mi part ves v reethi… am curiously waiting for the nxt part….
Thank u muslim
Mi bai ves v reethi haadhalahun thi up kollee
Thnx aroo ehaa laheh noonennu
Jinni haadha lahuneyy thi up kohladheny mivaahak nukiyigen dheravegen ulheythaa kn dhuvaheh avahah up kohladhehchey next part
Dhera vi tha? Sowwy… Nxt prt mianna week ga ingey dhen ehen kanthahves hunnaathee… avahah liyumah vure faruvaatheri koh liyumennu muhimmee eyrashennu vaahaka reethi vaanee. Avas aruvaalaigen liyaa hitheh nuvey ehenve
Its ok aan v reethi koh liyaathi erun nattu mi vaahaka ehkoh njmendhen kiyaanan insha allah
Kay~ kiyachey nimendhen
LYSM??and ur stories too
???
engumeh nethi kon kameh vany
E eh dhen ingeynee vaahaka ekkoh keema ennu kiyachey ekkoh nimendhen
❤❤❤❤❤ next part ah inthizaaru kurevey #ANUFAKKO????? #NATUFAKKO…..
inthizaaru kurachey. n i have no idea wat those ship names stands for but manpaa sure is a funny name
Eethan med kon kahala meeheh.
varah faadegge meeheh
When next part jinni…..????? Im courious?
mihaaru submit koffin hoping maadhamayah upveytho