ވަގުތު 1
”އޭ.. ދީބަލަ ސިނގިރޭޓެއް..” ޔުނިކް ފުޑްގެ ހިތްގައިމު މާހައުލުގައި އިޔާން އިށީންދެލައިގެން އިނީ އޭނާގެ ރައްޓެހިންނާއެކު ކޮފީއެއް ބޯލައިށެވެ. ”އަން.. މިއޮތީ..” ޝިބާން އޭނާގެ އަތުގައި އޮތް ސިނގިރެޓް ފޮށިން ސިނގިރޭޓެއް އިޔާން އަށް ދިއްކޮށްލިއެވެ. ”އޭ.. ދާން ހިނގާ.. މިހާރު ކޮފީ ބޮއެ ވެސް ނިމުނީނު… ލޫޝާން.. ކައެ ރުފިޔާ ދައްކާ.. މަ އަތަކު ނެތް އެކައްޗެއްވެސް..” އިޔާން ފޯނަށް ނަޒަރު ހުއްޓައިލައިގެން އިނދެ ބުނެލިއެވެ. ”ކައެ އަތުގަ ދުވަހަކުވެސް ރުފިޔާ ހުރޭތަ؟ ނިކަން ކައެ މަންމަ އަތުން އަތުލަބަލަ.. މަވެސް މަންމަ އަތުން ވަގަށް ރުފިޔާ ނަގަނި… އޭނާ ނުދޭނެ ދޭން ބުނެފިއްޔަކާ.. ވަރަށް ފޮނި ވާނެ.. މަ ވަރަށް ފޫހިވެސް ވޭ އޭނާ ދެކެ.. ރުފިޔާ އެއް ދޭށޭ ބުނާއިރަށް ފަތިވަރު ދަމަން ފަށާނެ.. ހުވާ.. ރުޅިގަނޑު ހިފަހައްޓާލެވެނި ހަމަ ކިރިޔާ..” ލޫޝާން އަނގައަށް ޖައްސަމުން ދިޔަ ވައްތަރުގެ ސަބަބުން އިޔާން އާއި ޝިބާން އިނީ ހީހީ ބަނޑަށް ތަދުވެފައެވެ. ”ކައެ ވެސް ތހާ ވަރަށް ފަތިވަރު ނުދަމަ އަންނަން ވީ ދާން..” އިޔާން ގޮނޑިން ތެދުވެލައިފައި މޯޅިއަކަށް ދެމިލިއެވެ. ލާފައިވާ ޖިންސު ހުރީ އުނަގަނޑުން ވެއްޓޭ ނުވެއްޓޭ ހިސާބުގައިއެވެ. އަދި ލައިފައިވަނީ ގަޔަށް ދޫ ކަޅުކުލައިގެ ބޮޑު ޓީޝާޓެެކެވެ. އިސްތަށީގަނޑެކޭ ބޮޑު ނޫޑުލީސް ގަނޑެކޭ އެއްވެސް ތަފާތެއް ނެތެވެ. ކަރުގައި ބޮޑެތި ޗޭނުފަށްތަށް އޮޅާލައިފައިވާ އިރު އަތުގެ އިނގިލިތަށް ވެސް ވަނީ ރިހި ކުލައިގެ އަނގޮޓިތަކުން ފުރައިލައިފައެވެ. ދުވަހަކު ފެން ވެރި ހެން ވެސް ހީނުވެއެވެ. ލޫޝާން އަދި ޝިބާން ވެސް ހުރީ ހަމަ އެގޮތަށެވެ. އެ ތިން މީހުން ވެސް ވައްތަރީ ޕާޓޭންނާއިއެވެ. ޔުނިކް ފުޑްގެ ދޮރުމަތީގައި ހުރި ތިން ސައިކަލަށް އަރައި ތިން މީހުންވެސް ދުއްވާލިއެވެ. ބާރު ސްޕީޑްގައި ތިން މީހުންވެސް ގޮސް މަގުގެ ކޮޅަށް އޮބައިލީ ސިކުންތެއްގެ ތެރޭގައިއެވެ.
”ކޮންތާކުން ތިއައީ އިޔާން.. އެއޮށް މިހާރު މެންދަމު ދޭއް ޖަހަނީ.. ކޮން އިރެއް މިހާރު މަންމަ އިޔާންގެ އިންތިޒާރުގައި އިންނަތާ..” ރޯޝީންއަށް އިޔާން ފެނުމާއިއެކު އޭނާ އިށީންދެލައިގެން އިން ގޮނދިން ތެދުވެ ގޮސް އިޔާންގެ ކުރިމައްޗަށް ހުއްޓިލިއެވެ. ”ކަލެއަށް ކީއް މަ ކޮންމެތާކު އުޅުނަސް.. ކަލޭ އާއި ބެހޭ ކަމެއް ނުން އެއީ.. އަދި.. ކާކު ބުނެގެން މަގޭ އިންތިޒާރުގަ އިނީ.. ހަމަގައިމުވެސް މަނުބުނަން ކަލޭ ކައިރިޔަކު މަ އަންނަންދެން މިތާ އިންނާކަށް ވަގުތުތަށް ގުނާކަށް..” އިޔާން ދިޔައީ އޭނާގެ މަންމައާއި ދިމާއަށް ހަޅޭއްލަވަމުންނެވެ. އުފަން މަންމަކަން ވެސް ހަނދާން ނައްތާލާފައިވާ ކަހަލައެވެ. ”އިޔާން! ތީތަ މައިންބަފައިންނާ މުހާތަބު ކުރަން ޖެހޭ ގޮތަކީ؟.. ތީތަ އަހަރެމެން އިޔާން ތަރުބިއްޔަތު ކުރި ގޮތަކީ؟.. ތިހެން ވާހަކަ ދައްކަންތަ އަހަރެމެން އިޔާން އަށް ދަސްކޮށްދިނީ؟ ނޫނީ ސްކޫލުންތަ އިޔާން އަށް ތިހެން އުޅެން ދަސްކޮށްދިނީ؟ ބަލާބަލަ ހުރި ވައްތަރު.. ދުވަހަކު ފެން ވެރި ވައްތަރު ނުޖަހާ.. ބުނެބަލަ އެންމެ ފަހުން ބޯކޮށި ދުވަހެއް؟ އެންމެ ފަހުން ނަމާދެއް ކުރި ދުވަހެއް؟ ދުވާލުދާ ހަތަރުދަމު ރައްޓެހިންނާއިއެކު މުޅި ރަށް ކުޑަ ކުރުމުގަ.. އުފަލާއި މަޖަލުގަ.. ތީތަ އުޅެން ޖެހޭ ގޮތަކީ؟ ތީތަ މުސްލިމުން އުޅެން ވީ ގޮތަކީ؟ ދަރިފުޅާ އިޔާން ވަގުތު ފާއިތުވުމުގެ ކުރިން ތި އުޅުން ދޫކޮށްލާ.. ވަގުތެއް އަހަރެމެން ފަހަތަކުން ނުދުވާނެ.. އަހަރެމެން ޖެހޭނީ ވަގުތުގެ ފަހަތުން ދުވަން.. އިސްލާހުވޭ ދަރިފުޅާ.. ތި އުޅުން ދޫކޮށްލާ ދަރިފުޅާ..” ނައީމު ދިޔައީ އިޔާން އަށް ވިސްނައިދިނުމުގެ ގޮތުން ވާހަކަދައްކަމުންނެވެ. އެއަޑުގައި ހަރުކަށި ކަމެއްވެސް ހުއްޓެވެ. އަދި މަޑު ތުރުތުރެއްވެސް ހުއްޓެވެ. ހަމައެކަނި ހުރި ދަރި ނުބައިކޮށް އުޅެން ދޫކޮށްލާނީ ކާކު ހެއްޔެވެ؟ ނަމަވެސް އިޔާން އަށް ކަހައިރުވަކު ދަނބެކޭވެސް ހީނުވެއެވެ. އެކީ އެއްވެސް އެއްޗެއް އޭނާ އަޑު އެހި ހެންނެއް ހިޔެއް ނުވެއެެވެ. ”ކަލޭމެންނަކަށް ނުޖެހޭ މަ އުޅޭ ގޮތް ބަލާކަށް.. މަ އުޅެން ވީ ގޮތް އިނގޭނީ މަށަށް.. ކަލޭމެންނަކަށް ނޫން.. މަ އަމިއްލަ ކަންތަކަށް އަނގަ ނުބާނާތި.. މަށަށް މިހެން އުޅެން ދަސް ކޮށްދިނީ ތިހިރި ފެންނަ އަންހެނާ..” އިޔާން އަށް އެހެން ބުނެވުމާއިއެކު އޭނާގެ ކޯތާފަތަށް ހޫނު އެތިފަހަރެއް އެރިއެވެ. ވީ ތަދުން އޭނާއަށް ކޮލުގައި އަތް އަޅައިލެވުނެއެވެ. އަދި އެތަނުގައި ނުހުންނަން ވެގެން ސިޑީގެ ހަރުފަތްތަށް ގިރާކުރަމުން ބާރަށް ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެ ބާރަށް ދޮރުޖަހައިފައި ތަޅުލިއެވެ. އިޔާން ދިޔަތަން ބަލަން ނައީމު އަށާއި ރޯޝީންއަށް ހުރެވުނީ ފެންކަޅިވެފައިވާ ދެލޮލުންނެވެ.
”ނައީމު.. އަހަންނަށް މަޢާފު ކުރޭ.. އަހަރެންގެ ސަބަބުން ހުރި ހަމައެކަނި ދަރިފުޅު ހަލާކު ވީ.. އަހަރެންގެ ސަބަބުން… އަހަރެންނަށް މަޢާފު ކުރޭ…” ރޯޝީންއަށް ބާރަށް ރޮއި ގަނެވުނެވެ. އަދި ނައީމްގެ ގައިގައި ބާރަށް ބައްދާލެވުނެވެ. ”ރޯޝީން.. އަހަރެން ރޯޝީން އަށް މަޢާފުކުރިތާ ކޮން ދުވަހެއް.. ރޯޝީން މިހާރު އޭރު އުޅުނި ގޮތް ދޫކޮށްލާފީމެއްނު.. ވަގުތު ފާއިތުވުމުގެ ކުރިން ތައުބާ ވެއްޖައީމެއްނު.. އަަހަރެމެންނަށް ދެން ޖެހޭނީ ހުރި ހަމައެކަނި ދަރިފުޅަށް ހެޔޮވިސްނުން ދެއްވާތޯ ދުޢާ ކުރަން.. އެނޫން ގޮތެއް ނެތް އަހަރެމެންނަކަށް.. ދުޢާ އަކީ މުއުމިނުންގެ އެންމެ ބާރުގަދަ ހަތިޔާރު.. އެކަލާނގެ އަހަރެމެން ކުރާ ދުޢާ ކޮންމެވެސް ދުވަހަކުން އިޖާބަ ކުރައްވާނެ.. އަހަރެމެން ވީ ހުއްޓާނުލާ ދުޢާކުރަން.. ރޯޝީން އަށް އެނގޭތަ އަހަރެންވެސް ހާދަ ދުޢާއެއް ކުރީމޭ ރޯޝީން އަށް ހެޔޮ ވިސްނޭތޯ.. އެންމެ ފަހުން މާތްﷲ އަހަރެންގެ ދުޢާ އިޖާބަ ކުރެއްވީ.. އަލްހަމްދުލިއްލާހް.. އަހަރެމެންގެ ދަރިފުޅަށް ވެސް އަދި ހެޔޮ ވިސްނޭނެ.. އަހަރެމެން ގާތުން މައާފަށްވެސް އެދޭނެ.. ކުރެވުނު ކުށަށް ތައުބާވެސް ވާނެ.. އިންޝާﷲ..” ނައީމު އޭނާގެ ލޮލުން ވެއްޓެން އައި ކަރުނަ ބޮޑުވާ އިނގިލިން ފޮހެލިއެވެ. އަދި ރޯޝީންގެ ކޯތާފަތުގައި ރޮގަކަށް ދެމިގެން އައިސްފައި ހުރި ކަރުނަތަށް ވެސް ފޮހެލަދިނެވެ. ”ދެން ހިނގާ ނިދަން ދާން.. އަހަރެންނަށްވެސް ހޭލެވުނި އިޔާން ބާރަށް ވާހަކަ ދެއްކި އަޑަށް..” ދެން ވެސް ވާހަކަ ދެއްކީ ނައީމުއެވެ.
****
އިމާރާތްތަކުގެ ދޭތެރެ ދޭތެރެރިން ފޫއަޅުވައިލައިފައި އިރުގެ ރަން ދޯދިތަށް އައީ ހާލާއި ކޮވެލީގެ ރީތި މިޔުޒިކީ ރާގު އަޑު އަހަމުންނެވެ. ހެނދުނުގެ ހިތްގައިމު ވަގުތުގައި ދޫނިސޫފާއި ސޫފީގެ އަޑު ފިޔަވައި އިތުރު އަޑެއްނީވެއެވެ. އުޑުމަތީގައި އެންމެ ވިލާ ރޮއްޖެއްހާ ހިސާބުވެސް ނެތެވެ. މަންޒަރުފެންނަ މީހެއްގެ ހިތްތަށް ކަތިލާހާވެއެވެ. އެހައިވެސް ފުރިހަމައެވެ. ހިތްގައިމެވެ. ގުދުރަތީ ރީތި މަންޒަރެކެވެ. އެ ހިތްގައިމު ވަގުތުން އުފާ ހޯދުމުގެ ބަދަލުގައި ރޯޝީން އުޅުނީ ހެނދުނުގެ ނާސްތާ ތައްޔާރުކުރުމުގައި އަވަދިނެތިއެވެ. ”މިހާރުވެސް ބަނޑު ފުރިއްޖެ..” ނައީމުގެ ނޭފަތުގައި ކާއެއްޗެހީގެ މީރުވަސް ޖެހުމާއިއެކު ބޭއިޚްތިޔާރުގައި ބުނެވުނެވެ. ”އެހެންތަ؟ އެހެންނާ މޭޒުމަތިން ކާއެއްޗެހި ނަގަން ވީ ދޯ؟” ރޯޝީން އޭނާގެ މޫނުމަތީގައި ހުރި ދާތިކިތަށް ފޮހެލިއެވެ. ”ނޫނޭ.. އެހެން ނުހަދައްޗޭ..” ނައީމު އައިސް ގޮނޑިއެއް ދަމާލައިފައި އިށީންދެލިއެވެ. އަދި ރޯޝީން ގާތު އިޔާން އަށް ގޮވަންދާށޭބުނެލިއެވެ.
”ދަރިފުޅާ އިޔާން.. އާދޭ ސައިބޯން.. މަންމަ މިއަދު ހުންނާނި ދަރިފުޅާށް އެންމެ މީރު އެއްޗެހި ހަދާފަ.. ދެން ތެދުވެގެން އާދެބަލަ.. ބައްޕަވެސް އެބައިން…. އަވަސް ކުރޭ…ތެދުވޭ..” ރޯޝީން އިޔާންއަށް ގޮވަމުން ދިޔައީ ނުހަނު ލޯބިންނެވެ. ރޭގައި އިޔާން އޭނާއާއި ވާހަކަ ދެއްކި ގޮތް ހަނދާންވެސް ނެތްކަހަލައެވެ. ”ބޮޑު ކަމެއްނު.. މީހަކަށް ނިދާލެވޭކަށް ވެސް ނެތެއްނު ކަލޭގެ ކަންތަކާއި ހެދި… އަދި މާ ލޯބިވާ މީހަކަށް ހެދިގެން އެބަ އުޅެއެއްނު.. ދަރިފުޅާއޭ ކިޔާފަ މަށަށް ނުގޮވާތި.. މަމީ ކަލޭ ދަރިއެއް ނޫން.. މަ ނޫޅެން ކަލޭ ކައްކާފަ ހުންނަ އެއްޗެހި ނުކެވިގެންނެއް.. މަ ކުރިމަތިން ދާން އުޅޭ… މިހާރު މިކޮޓަރިންވެސް ނިކުމޭ..” އިޔާން ދިޔައީ އޭނާގެ އުފަން މަންމަ އާއި ދިމާއަށް ހިތުހުރިހާ އެއްޗެއް ގޮވަމުންނެވެ. ”ދަރިފުޅާ.. މަންމައަށް މަޢާފުކުރޭ.. މަންމައަށް އޭރު އުޅެވުނި ގޮތުން މިހާރު ދެރަވެސް ވޭ.. އިނގޭ މަންމަ އާއި ހެދިކަން ދަރިފުޅު ހަލާކު ވީ.. މަންމައަށް މަޢާފު ކުރޭ.. މަންމަދެން ދުވަހަކުވެސް އެގޮތަކަށް ނޫޅޭނަން..” ރޯޝީން ދިޔައީ ގިސްލަގިސްލާފައި ރޮމުންނެވެ. ދަރިއަކު މައިމީހާއާއި ދިމާއަށް ހިތުހުރިހާ އެއްޗެއް ގޮވާއިރު ކެތް ވާނީ ފަހެ ކިހިނެއް ހެއްޔެވެ؟ އެ މައިމީހާގެ ލަގޮނޑި އަށް ކެތްވާނެ ހެއްޔެވެ؟ ”ކޮންމެހެން މަށަށް ދައްކަން ތި ކަރުނަ އެތި ބާލާނެ ކަމެއް ނެތް.. މަ ހިތަށް ނާރާނެ އެކައްޗެކޭވެސް… ދުވަހަކުވެސް އަހަރެންގެ މައާފެއް ކަލޭ އަކަށް ނުލިބޭނެ.. ހިތަށްވެސް ނާރުވާތި ލިބޭނޭ.. މިތަނުން ނިކުންނާށޭ..” އިޔާން އަދިވެސް ހުއްޓާކަށް ނޫޅެއެވެ. ރޯޝީން ކޮތަރިން ނިކުންނަން ނޫޅުމުން އެންމެފަހުން އިޔާން ގޮސް ރޯޝީން އެކޮޓަރިން ނެރުނެވެ. ކޮށްޕަމުންނެވެ. ރޯޝީން ރޮއިރޮއި އޮއްވައެވެ. ރަހުމުގެ ކަންފުޅެއްވެސް ނެތެވެ. އިޔާންގެ ބާރު އަޑަށް ކޮޓަރި ދޮރުމައްޗަށް ގޮސް ހުއްޓުނު ނައީމު އަށް ސިހުން ލިބުނީ އޭނާގެ ކުރިމައްޗަށް އިޔާން ރޯޝީން ވައްޓާލީމައެވެ. މައިމީހާއަށް އެހެން ހަދަން ހެޔޮވާނެ ހެއްޔެވެ؟ ރޯޝީން ތަޅުންގަނޑު މައްޗަށް ވައްޓާލާފައި އިޔާން އޭނާގެ ކޮޓާރީގައި ދޮރު ޖަހައިފައި ތަޅުލިއެވެ. ނައީމުއަށް ހުރީ ބުނާޏެ އެއްޗެއް ނޭނގިފައިއެވެ. އިޔާން އެހާ ރަހުމު ކުޑަވާނެ ހެއްޔެވެ؟ ކޮންމެ ގޮތެއްވިޔަސް އޭނާގެ ލޮލަށް އެފެނުނީ ހަގީގަތެވެ. ހުރި ހަމައެކަނި ދަރިފުޅުގެ ނުބައިކަމެވެ. ނައީމު އަވަހަށް ރޯޝީން ނަގައި އެތަނުން ދާން ހިނގައިގަނެވެ.
”އިޔައްޓޭ.. އަދިވެސް ނުހޭލެވޭތަ؟ ހޭލަބަލަ މިއުޅެނީ ދަތުރު ދާން.. ދާނަންތަ؟ ވަރަށް މަޖާވާނެ.. ދާނަން ދޯ؟” ޝިބާން ވާހަކަ ދައްކަމުން ދިޔައީ ވަރަށް ފޯރީގައިއެވެ. ”ކޮން އިރަކު ދަނީ؟ ކޮން ބައެއް ދަނީ؟ ކޮން ރަށަކަށް ދަނީ؟” އިޔާން އެއް ފަހަރާ އެތަށް ސުވާލެއް ކުރިއެވެ. ”ސާބަހޭ.. ތިހާ ސުވާލުނުކޮށް ދާނަމޭ ދެން ބުނެބަލަ.. މިހާރު މިއުޅެނީ ދާން..” ޝިބާން ބުނެލިއެވެ. އިޔާން ވެސް ދަތުރު ދާނަމޭ ބުނެފައި ފޯނު ބޭއްވީ ދާން ތައްޔާރުވުމަށެވެ.
”ކޮންތާކަށް ތި ދަނީ ދަރިފުޅާ؟” އިޔާން ކޮޓަރިން ނިކުމި އިރު ސޯފާގައި ނައީމު އިނީ ނޫހެއް ހިފައިގެން ކިޔާށެވެ. އަދި އިޔާން ފެނުމުން ތިދަނީ ކޮންތާކަށް ހޭ ސުވާލުކުރިއެވެ. ނަމަވެސް ނައީމު ކުރި ސުވާލަށް ޖަވާބުވެސް ނުދީ ކުރިއަށް ބަލަމުން ދިޔައީއެވެ. އިޔާން ލޮލު ކޮޅަށް ގެއްލުމުން ނައީމުއަށް ދެ ފަރާތަށް ބޯހޫރުވާލެވުނީ އޭނާގެ ދަރިފުޅު އުޅޭ ގޮތުގެ ސަބަބުންނެވެ. އެދަރިފުޅަށް ވިސްނޭނީ ކޮން ދުވަހަކުން ބާވައެވެ. އެ އުޅޭ އުޅުން ދޫކޮށްލާނީ ކޮން ދުވަހަކުން ބާވައެވެ. މަގުމަތީގައި ހިނގާލިޔަސް އިވެނީ އޭނާގެ ދަރިފުޅުގެ ނުބައި ވާހަކައެވެ. ފިހާރައަކަށް ވަނިއަސް އިވެނީ ހަމަ އެ އަޑެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
29 Comments!
Comments are closed.







assalaam alikum..
”VAGUTHU” mee dhn alhugandu gensdheyn hama jehifaivaa vaahaka.. hope all the readers will like this part too.. nd point out the mistakes for me so i can improve my writing.. mi vaahaka ah kiyuntheringe support libeyne kamah unmeedhu kuran.. ”kurehun elhuney hithuge adygai” ehvaahaka ah vs kiyuntheringe support eh alhugandu beynyn vi varakah nulibey.. vr bodah unmeedhu kuran mi vaahaka ah binaakuranivi faadu kiyunthah libeyne kamah.. alhugandu mi vaahaka genesdheyny monday, wednesday nd friday.. next part on monday..
Masha Allah starting was interesting n i liked it?❤?
thanks shahu.. 🙂 happy to read your lovely comment shahu.. 🙂
V reethi …
Wanna read more ??
thanks aisha.. 🙂
U r frm ihavandhoo dhw???
🙂
Salhi ingey,,,,,,,,,,,,
thanks 🙂
Vaahaka v reethi kiyamun dhiyairu hithah asaru kuruvi inshaa allah
thanks aroo.. vr ufaavehjje aroo ge comment kiyaalaifa 🙂
Feshun v reethi.. Ummeedhu kuran kuriah oiy baithah wes reethi waane kamah.. All the best dear writer
thanks shaai… i will try my best.. insha allah… 🙂
Feshunnn vess varah furihama…kuriyah hurii baithahh vess mihaa reethii vaane kamah ummmeedhu kurannn..❤️❤️❤️
Thanks shannu… I will try my best.. insha Allah.. kuriyah huri part thah adhi miyah vure rythi kurun amaazaky.. ??
wow..vrh salhi and sifakurunves,.????????????????but font ge gothun undhagoovey words buri buri vefa hunnathi..as a writer with experience dear..???????☺☺☺???that happend to me 2 and lap in type kuraairu language inna thanunves language dhivehssa laigen hadheema that wont happen i tried it..??????????????????btw i just want to say once again maasha allah ur past stry ves hama habeys and i hope mi vaahakaves hama ehaa furihama vaanekan..just more sifakurun will do dear..and is this a love stry ????????❤❤???????
Thanks manha..??❤️? happy to read your colourful nd lovely comment..?❤️❤️ yeah.. alhugandah miulheni ekan rangalhu kuraane goii neygigen.. first story liyan feshi iru vs ehgothah hunnaathy rangalhu kuran vr ulhunin ekam nuvyma alhaanulaa behehty..?? thanks a lot manha.. vr happy vehhje manha ge comment kiyaalaifa.. nd kuryge story vs kamudhiya e ma..??? insha Allah mi vaahaka vs vr rythi Koh kiyuntherinnah kamudhaaney gothah genes dheveytho balaanan..? sifakurun that vs miah vure Gina kuraanan??
Manha sis.. Mee love story ehnoon..?
Lysm❤️?
Heart touching?
Ehves foohi kameh nethi kiyaalevihje.
V reethi.
Masha Allah.
Thanks comment..??vr happy vehjje comment ge comment kiyaalaifa…??☺️❤️❤️
Masha allah????how nyc the stry is❤????plx upload nxt prt soon??????LY n ur stories?????
thanks beryl stone.. 🙂 luv u 2 🙂
Thee ihavandhoo kujjeh dhw
🙂
thee ihavandoo kujjetha?…..
Kihineh thr v??
Mashah hageen ihavandhoo kujjeh thee.. Dhw?? .. Anyway nyc story
thanks E… 🙂
????️✌️???
Thi hama ha. Ihavandhoo kuhjjeh i knew it