Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހާސިލް ވުމަށް އެދި ހިތް ރޮނީ 28

Anjal Level 210 Stories100 Comments100 Login
December 18, 2018 9 Mins Read
36 Comments

“ލޯތްބޭ !!! ޝަޓް ޔޯ ފިލްތީ މައުތް..ޖަސްޓް ޝަޓް އިޓް…އަހަންނަށް ނޭންގި އަހަރެންގެ އިތްފަތްތެރިކަން ފޭރިގަންފަ ތި ބުނަނީ އަހަރެން ދެކެ ލޯބިވެޔޭތަ..!!!!” ޒިން ގެ ދުލުން ލޯބިވެޔޭ ބުނި އަޑު އިވި ރުޅިއައިސް އީން ގެ މޫނު ރަތްވިއެވެ. ވަކިވަކިން ލަފްޒުތަކަށް ބާރުލަމުން އީން ބުނެލި އެ ޖުމްލަ އަލްޔާން ގެ ކަންފަތަށް އިވުނީ ހޮނު ގުގުރިއެއްގެ ސިފާގައެވެ. އެ ހިނދުކޮޅުތެރޭ ނޭވާ ލާން ވެސް އަލްޔާން ހަނދާންނެތްފަދައެވެ. މުޅިގައިން ހީބިހަނަގާ ހިތްފިނިވެ ދެފައިން ވާގިދުވާ ފަދަ އިހްސާސެއް އަލްޔާން އަށް ކުރެވުުނު އިރު ކެތްތެރިކަން ވެސް ކޮޅުން ލިއެވެ.

******************

“އީން ޕްލީޒް ލިސެން ޓު މީ..އަހަންނަށް ހަގީގަތުގާ ވެސް އީން ދެކެ ވަރަށް ބޮޑަށް ލޯބި ވެވިއްޖެ..” ދެކޮނޑުގާ ހިފާ އީން ފަހަތަށް ޖައްސާ ސޯފާގައި ބައިންދަމުން ކަކޫ މައްޗައް ތިރިވެ ޒިން އިށީނީ އީން ކައިރީގައެވެ. ކުރި އަސަރެއްގެ ބޮޑުކަމުން އެވަގުތު އީތަން ގެ އަތް ފޮޅުވާލަމުން އަލްޔާން އެތެރެއަށް ވަނެވެ. ” މިބުނީ ނު އަހަރެން ކައިރީ ލޯތްބޭ…” ކަޅިއަޅާލަމުން އީން ދައްކަންފެށި ވާހަކަ ހުއްޓި ދޫ އައްސިވީހެން ހީވީ ކުރިމަތީ ހުރި އަލްޔާން ފެނުމުންނެވެ. އަޅިކުލައިގެ ކަމީހަކާ ކަޅު ފަޓްލޫން އާ އެކު އޮފިޝަލް އޮފީސް ކިޓްގާ ހުއްޓަސް އަލްޔާން ގެ އިސްތަށިގަނޑު ހުރީ ހޭވިފައެވެ.ގަމީހުގެ ކަރާ ދިމާލު ވީ ގޮތްތަށް ނާޅުވާ ހުރިއިރު ޓައިވެސް ވަނީ ހިސާބަކަސް މަހާލާފައެވެ. ޝަކުވާއާއި ރުޅީން ފުރިގެންވީ ނަޒަރުން ބަލަން ހުރި އެ ފެންކަޅިވެފާވީ ދެލޮލުގައިވި ރަތްކަމާއެކު ހީވަނީ އަލިފާން ކަނި ބުރަމުން ދިޔަހެންނެވެ. އަލްޔާން ހުރިހާލު ފެނުމާއެކު އޭނާއަށް ދެންމެ މިދެކެވުނު ވާހަކަ އަޑުއިވިއްޖެ ކަމުގެ އިހްސާސް އީން އަށް ކުރެވި އޭނާގެ މޭގަނޑު އަނގަޔަށް އައިހެން ހީވިއެވެ. ހިތް ނެގިނެގިފާ ޖެހެން ފެށިއިރު އަނގަމަތީ ދެއަތް އެޅުނީ ހަދާނެގޮތް ހުސްވެ ބުނާނެ އެއްޗެއްވެސް ނޭގުމުންނެވެ. އީން އަށް ވަމުން ދިޔަ ގޮތްފެނި ފަސްއެނބުރި ބަލާލި ޒިން އަށް އަލްޔާން ފެނުމާއެކު ތެދުވެލެވުނެވެ.

“ޝިޓް!!” މަޑުމަޑުން އަމިއްލަ ނަފްސައް އެހެން ބުނަމުން ޒިން ތެދުވެ ދެ ޖީބަށް އަތް ޖަހާލިއެވެ.

ޒިން ހީކުރީ އަލްޔާން ރުޅިއައިސް  އޭނާ އަށް ހަމަލާ ދޭނެ ކަމަށެވެ. އެހެނަސް ޒިން އާ ދިމާލަށް އަލްޔާން ބަލާވެސް ނުލައެވެ. އޭނާގެ ނަޒަރު ހުއްޓިފާ ހުރީ އިސްދަށަށް ޖަހާލައިގެން އިނދެ  ގިސްލެވެމުން ދިޔަ އީން އާ ދިމާލަށެވެ. މަޑު ފިޔަވަޅުތަކެއް އަޅަމުން ގޮސް އަލްޔާން ހުއްޓުނީ އީން ކުރިމަތީގައެވެ. ގުޑިލަންވެސް ނޭނގި ގަނޑުވެފާހެން ހުރި އީން ގެ ކުރިމައްޗައް އަލްޔާން ތިރިވިއިރު ހީވީ ދެފައިން ވާގި ދޫވެ ވެއްޓުނުހެންނެވެ. “ކީއްވެ އީން…” މަޑުމަޑުން އަލްޔާން ކޮއްލި ސުވާލުން މުޅިމީހާ ފިނިވެ އީން ގެ ހިތް ތެޅިގަތީ އޮބިނޯންނަ ވަރަށެވެ. އެއީ އޭނާ އަށް އެގިގެން ވީކަމެއް ނޫންކަން އަލްޔާން އަށް ބުނެދޭނީ ކިހިނެތް ބާވައޭ ސިކުނޑީގައި އެނބުރެންފެށިއެވެ. “އަހަރެން މި އަހަނީ ކީއްވެހޭ އަހަންނަށް ސިއްރުކުރީ އީން އަޝްރަފް!!!”  ރުޅިގަނޑު ފަޅާއިގެން ގޮސް އަލްޔާން ހަޅޭއްލަވައިގަތް އަޑަށް ބޭރުގާ ހުރި އީތަން ވެސް ދުވެފާ އެތެރެއަށް ވަނެވެ. ދުވަހަކުވެސް އަލްޔާން އެހާ ބާރަށް ވާހަކަ ދެއްކި އަޑު އިވިފާނުވާ އީން  ބިރުން ސިހި ބޭއިޚްތިޔާރުގާ އިސް އުފުލާލެވުނެވެ.

އެވަގުތު އަލްޔާން ގެ ދެލޮލުގައިވީ ޖަޒްބާތު ދެނެގަންނަން އީން އަށް ނުކުޅެދުވެ. ހަމައެކަނި ފެނުނީ އޭނާގެ މޫނުގާވި ނަފްރަތުގެ އަސަރެވެ.ހިތުގާ ޖެހި ވީދެރައިން މޫނުގާ ދެއަތް އަޅާ އީން އަށް އަޑުންއަޑުނަގާ ރޮވެން ފެށިިއެވެ.  އެމަންޒަރު ފެނުނު ޒިން ގެ ހިތަށް ވީ ތަދުން ކައިރީގައި ހުރި މޭޒުގައި ފައިން ޖަހާލެވުނެވެ. “ބަލ** އެންނު އަލްޔާން..ލީވް ހާ އެލޯން..” ޒިން ވެސް ރުޅިއައިސް ހަޅޭއްލަވާގަތެވެ. އެވަގުތު އަލްޔާން ކުއްލިއަކަށް ފުއްމައިގެން ތެދުވެ އެނބުރި މުއްކަވާލަމުން ޒިން ގެ ކަންފަތްމައްޗައް ވަރުގަދަ އެތިފަަރެއް ވިއްލާލިއެވެ. “ހައު ޑެއާ ޔޫ ޓު ޓަޗް ހާ… ޔޫ ބާސްޓރޑ**” އެހާލަތުގާ އެފަދަ ހަމާލާ އަކަށް ނުވިސްނާ ހުރި ޒިން ފަހަތައް ވިއްސާގެން ގޮސް ޖެހުނީ ބިންމަތީގައެވެ. ރުޅިއައިސް ރަތްވި ޒިން ވަގުތުން ތެދުވެ އަލްޔާން ގެ މޭގާ އަތް އަޅާ ފަހަތަށް ލުއްކެތް ޖަހާ ކޮއްޕާލިއެވެ.” ޔެސް އައި ޑިޑް ޓަޗް ހާ..މޫނުގަ އަތްލިން..ކަރުގަ އަތްލިން  ބަނޑުގަ އަތްލިން އަތުގަ އަތްލިން..ފައިގަ ވެސް  އަތްލިން…ކަލޭ ދެން ކީއްތަ ކުރާނީ…އަދިވެސް ބުނެދޭންވީތަ އަތްލި ތަންތަން..!!” އަޑުގަދަކޮށް ހަރުކަށި ރާގެއްގާ ޒިން ވާހަކަ ދެއްކި އިރު އަލްޔާން ތުންފަތުގާ ދަތްއަޅާލަމުން ދެލޯއަޅާލިއެވެ. އެނާގެ ލޭކެކި ދެއަތުގެ ނާރުތަށް ވެސް ފުފިބާރުވިއެވެ. ބޮލަށް ރުޅިސަވާރުވެ ވާނުވާ ވެސް ނޭނގުނު އެހާލަތުގާ އަލްޔާން ދުވެފައި ގޮސް ޒިން ކޮއްޕާ ފާރުގައި ޖައްސާ ކަރުގާ އެއްއަތުން ހިފާ ބާރުކުރަންފެށިއެވެ.ބަލާބެލުމަށް އަލްޔާން އަށް ވުރެ ޒިން ގެ ހަށިގަނޑު ވަރުގަދަ ނަމަވެސް އެވަގުތު އަލްޔާން ގަޔަށް ހީވީ އިތުރު ބާރެއް އައިސްފާ ހުރިހެންނެވެ. “ކަލޭގެ ދުވަސް މިއަދު ދުއްވާލާނަން.. އައި ވިލް ކިލް ޔޫ.. ޝީ އިޒް މައިން..މި އަތުންތަ އަހަރެން ގެ އީން ގައިގަ އަތްލީ..” ޒިން ގެ އަތް ފުރަގަހަށް ވާ ގޮތަށް ވާން ކުރަމުން ހަޅޭއްލަވަމުން ދިޔައިރު އަލްޔާން ހީވަނީ ރަނގަޅަށްވެސް ހަމަބުއްދި ފިލާފާ ހުރިހެންނެވެ. ނޭވާ ހާސްވެ ކަރަށް ވާންވުމުން ޒިން ވެސް ދިޔައީ އަލްޔާން ގެ އަތް ނެއްޓުވޭތޯ މަސައްކަތް ކުރަމުންނެވެ. އަލްޔާން އެހާ ރުޅިއައިސް ކޮންޓްރޯލުން ނެއްޓިފައި ހުރިތަން ދުވަހަކުވެސް ފެނިފައިނުވި އީތަން ވެސް އެވަގުތު ހުރީ އަލްޔާން ދުރުކުރުވަން ހަނދަންވީ ގޮތްވެސް ނޭނގި ގަނޑުވެފާ ކަހަލަ ގޮތަކަށެވެ.

އެ ވަގުތު ގެ ނާޒުކު ކަން ވިސްނި ދެއަތުން މޫނު ފޮހެލަމުން އީން ތެދުވިއެވެ. ޒިން ދެކެ ކިތަންމެ ނަފްރަތު ކުރި ކަމުގާ ވިޔަސް އަލްޔާން އަތުން މީހަކު މަރުވާތަން ދެކެން ބޭނުން ނުވީތީ އީން ދުވެފައި ގޮސް އަލްޔާން އަތުގާ ދެއަތުން ހިފާ ދުރުކުރެވޭތޯ މަސައްކަތް ފެށިއެވެ. “ފޯ ގޯޑް ސޭކް ލީވް ހިމް އަލްޔާން..ޖަސްޓް ލީވް ހިމް..”އީން ބުނި އެއްޗެއް އަލްޔާން އަށް އަޑުވެސް ނީވުނުހެން ހީވުމުން އެނާގެ ގެ ހިތް ބިރުގަނަން ފެށިއެވެ. އަސްލުވެސް އަލްޔާން ގެ ހަމަ ބުއްދި ފިލާ އޭނާ އަތުން އިންސާނެއްގެ ފުރާނަ ދަނީބާވައެވެ.އެވަގުތު އަލްޔާން ހުއްޓުވާނެ ގޮތަކަށް އީން އަށް ވިސްނުނީ ހަމަ އެންމެ ގޮތެެކެވެ. “ކިހާ ދެރަކަމެއް އަލްޔާން..ހުރިހާ ގުޅުމެއް ކަނޑާލީމަ ވެސް އަހަރުން ދެމީހުން ދޭތެރެއަށް ވަންނަން ތި އުޅެނީ ކީއްވެ؟”  އަލްޔާން ގެ ކުރިމައްޗައް އަރާ ބާރުބާރަށް އީން އެހެން ބުނުމާއެކު ގަބޫލް ކުރަން ދަތިނަޒަރަކުން އީން އަށް ބަލަމުން އަލްޔާން ގެ އަތުން ބާރު ދޫކޮށްލިއެވެ. ވަގުތުގެ ބޭނުން ހިފާ ޒިން ވެސް އަލްޔާން ކޮއްޕާލިއެވެ. ކުޑަކޮށްފަހަތަށް ޖެހުނު ނަމަވެސް އީން އަށް ބަލަން ހަރުވެ ގާގަނޑެއްހެން ހުރި އަލްޔާން ނުވެއްޓެއެވެ. ކަރުތެރެ ބެދި ޒިން ކެއްސަންފެށުމާއެކު ފެން ފޮދެއް ފެނޭތޯ އީން ވަށައިގެން ނަޒަރު ހިންގާލިއެވެ. އެނދުގެ ސައިޑްޓޭބަލް މަތީހުރި ފެންފުޅިއެއް ފެނުމާއެކު ދުވެފައި ގޮސް އެނަގާ ޒިން އަށް ދިއްކޮށްލަމުން ޒިން ގެ ބުރަކަށީގައި ކުޑަކޮށް ޖަހާލިއެވެ.އަލްޔާން އަތުން އޭނާ މަރުވެދާނެތީ އީން ހުރި އަސްލުވެސް ހާސްވެ ކަންބޮޑުވެފައެވެ.

އެމަންޒަރު ފެނުނު އަލްޔާން ހިތަށް ލިބުނު ލޮޅުމާއެކު ގޮސް އީން ގެ އަތުގާ ހިފާ ލުއްކެތް ޖަހަމުން ތެދުކުރުވިއެވެ. “ކީއްވެތަ އޭނާ އަށް އެހާ ހަމްދަރްދީ ތިވަނީ..ހުއްޓާލާ ތިކަން..އީން ތީ ހަމައެކަނި އަހަރެން ގެ މީހެއް..ނުޖެހޭނެ އޭނާ އާ އެހީވާން..ދެޓް އެނިމަލް…ހީ ވޯޒް ބްލެކްމެއިލިން ޔޫ……” އީން އާ އެކު ޒިން ހިނގިކަމަށް ބުނާ ގުޅުމުގެ ވާހަކަ އަލްޔާން ގެ ދުލުން އުޅެއުޅެ ބޭރުވެސް ނުކުރެވުނެވެ. އޭނާގެ ގެ ވާހަކަ ދެއްކުމުގައި ހުރި ހަރުކަށި ރާގުން އައިސްފާ ހުރި ރުޅި އީން އަށް އަންދާޒާ ކުރެވުނެވެ.

“އޭނަ އަށް ވުރެ ބޮޑަށް އެނިމަލް ކޮށް ބިހޭވް ތިކުރަނީ މިހާރު އަލްޔާން..އެހެން ނޫނަސް އިޓްސް ނަން އޮފް ޔޯ ބިޒްނަސް..ވީ ވިލް ސޯރޓް އައުޓް ވަޓް އެވާ އިޒް ބިޓްވީން އަސް..ޔޫ ޑޯންޓް ނީޑް ޓު އިންޓާފިއާ..” ހިތްހަރުކުރަމުން އީން އެހެން ބުނީ އަލްޔާން ގެ ސަމާލުކަން އޭނާ އަށް ލެންބުމަށެވެ. އޭރުން ރުޅިމައިތިރިވެ ފަހަރުގާ ހަމައަކަށް އެޅިދާނެ ކަމަށެވެ. އެހެނަސް އީން އަށް ނޭނގިނަމަވެސް  ކުރެވުނު ކަމަކީ އަލްޔާން ގެ ރުޅި އިންތިހާއަށް ގަދަކުރުމެވެ. އީން ގެ އެ ޖަވާބުން އަލްޔާން ހިތުގާ ހުޅުރޯވިއިރު ވަސްވާހާ ޝައްކުން ފުރިގެންވީ އެތަށް ޝަކުވާތަކެއް އެއްފަހަރާހެން ސިކުނޑީގައި ހިނގަންފެށިއެވެ.

“އެހެންތަ؟؟ މިހާރު އީން ގެ ނަޒަރުގަ އަހަރެން މީ ނުބައިމީހަކަށް ވެ ނާޒިން އަހްމަދު ދެކެ  ހަމްދަރްދީ ވަނީ ތަ؟ ހަމަ އެއްމެ ފަަހަރަކު އޭނަ އެކަން ކުރީމަ މިހާރު އީން ގެ ހުރިހާ ކަމާކާ ވެސް ބެހެވެނީ އޭނަ އަށް އެކަނި ތަ؟  ރިއަލީ!!! …ސޯ ޓެލް މީ… ވޯޒް ހީ ދެޓް ގުޑް؟؟” ބާރުބާރަށް އަލްޔާން ކޮއްލި އެ ސުވާލުން އީން ގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެން ހިވީ އިރު ހައިރާންކަމާއެކު އެ މޫނަށް ބަލާލެވުނީ އެއީ ހަމަ އަލްޔާން ބާވައޭ ހިތައެވެ. ޒިން އާ އީތަން އަށް ވެސް އެވަގުތު އެކަކު އަނެކަަކުގެ  މޫނަށް ބަލާލެވުނީ ގަބޫލްކުރަން ދަތިހާލުގައެވެ.

އީން ގެ ހިތަށް އެވަގުތު އެތަށް ވާހަކަ އެއް އަރާ ފައިބަމުން ދިޔަނަމަވެސް އެއްވެސްް އެއްޗެކޭ ނުބުނެވުނީ ގިސްލެވުމުންނެވެ. ހޯސްލާފައި އެލޮލުން ފައިބަންފެށި ކޮންމެ ކަރުނަ ތިއްކެތް އަލްޔާން އާ އެތަށް ޝަކުވާއެއް ކުރިއެވެ. ހަމަބިމަށް އާދެވުނު މީހެއްފަދައިން އަލްޔާން  ގެ ހިތް ތެޅެން ފެށީ ބުނެވުނު ބަހުން އީން އަށް ވީ ގޮތް ފެނުމުންނެވެ. އިޚްތިޔާރުން ބޭރުގައި ދުލުން ނިކުތް  އެބަސް އަނބުރާ ގެނެވޭނެ ނަމައޭ ހިތަށް އެރިނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫންކަން ވެސް އޭނާ އަށް އިނގެއެވެ. ރުޅިއައިސްގެން ނަމަވެސް އީން ގެ ދުލުން ކޮންމެވެސް އެއްޗެކޭ ބުނެލާ އަޑުއަހަން އަލްޔާން ބޭނުންވިއެވެ.އެހެނަސް ތޫފާނަކަށް ފަހު ހިމޭން ވާ ފަދައިން އެ މާހައުލަށް ވެސް އެވަގުތު ވެރިވެފައިވީ ނުތަނަވަސް ހަމަހިމޭން ކަމެކެވެ.

ތަންވަޅުބަލާ އީތަން ގޮސް އަލްޔާން ކޮނޑުގައި އަތް އަޅާ މިވަގުތު އެތަނުން ދިޔުމަށް އެދުނެވެ. އިސްދަށަށް ޖަހައިގެން ހުރި އީން އާ ދިމާލަށް ބަލަން ހުރި އަލްޔާން ފުރަތަމަ އީތަން ގެ އަތް ފޮޅުވާލިނަމަވެސް ދެވަނަ ފަހަރަށް ވެސް އީތަން ހިފުމުން އޭނާޔާއެކު ދާން ހިނގާގަތީ ހަދާނެ އިތުރު ގޮތެއް ނެތުމުންނެވެ. ޒިން ކުރިކަމަށް ބުނާ އެނުބައި އަމަލާ އެކުވެސް އީން ވާހަކަ ދައްކަނީ ޒިން ގެ ދިފާއުގައި ކަމަށް ވުމުން އަލްޔާން ގެ ހިތްވަރު އެލި މާޔޫސްވިއެވެ. މުޅި އުމުރަށް އީން އާ ވަކިވަނީ ކަމުގެ އިހްސާސުން އެހިތް ރޮއްވަމުން ދިޔައިރު ހިތާހިތުން އެދެވެމުން ދިޔައީ އެންމެ ފަހަރަކުވެސް އީން ބަލާލާތޯއެވެ. ދުވެފައި އައިސް އެންމެ ފަހަރަކުވެސް އޭނާ ގައިގައި ބައްދާލާ ތޯއެވެ. އެހެނަސް އެފަދަ އެއްވެސް ކަމެއް އީން ގެ ފަރާތުން ނުފެނުމުން އީތަން އާއެކު އަލްޔާން ބޭރަށް ނިކުތެވެ. ޒިން ކައިރީގައި އީން އެކަނި ބަހައްޓާފައިދާން ހިތް އެއްބަސް ނުވުމުން ޓެކްސީއެއްގާ ތިމަންނަ ގެއަށް ގޮސްދާނަން ކަމަށް ބުނެ އީތަން ކައިރީ އެދުނީ ކާރުގާ އީން ގެއަށް ގެންގޮސްދިނުމަށެވެ.

***********

ހަޔާތުގައި މިހާތަނަށް ހަމަ އެކަނި ލޯބިވެވުނު އިންސާނާ، އޭނާގެ ފުރާނަ ފަދައިން އީން ލޯބިވި އަލްޔާން އެތަނުން ނިކުމެގެން ދިޔުމާއެކު މުޅިގައިން ވަރުދޫވެ އީން އަށް ބިންމައްޗައް ތިރިވެވުނެވެ. ގިސްލަގިސްލާފައި ރޮވުނީ ހިތުގާ ޖެހުނު ވަރުންނެވެ. އޭނާގެ އިތްފަތްތެރިކަމާ ބެހުނު ކަމަށް ޒިން ބުނި ދުވަހު ހިތަށް ވީ ތަދާ ވީ ދެރައަށް ވުރެ އެތަށް ހާސްގުނަ އަނިޔާ މިއަދު އަލްޔާން ދެއްކި ވާހަކައިން އީން ގެ ހިތަށް ލިބުނެވެ. ޒިން ތެދުވެގެން އޭނާ އާ ދިމާލަށް  ހިނގައިގަތް ތަން ފެނުމާއެކު އީން ދުވެފައި ގޮސް ވަނީ ކުރިމަތީން ފެންނަން ހުރި ދޮރުންނެވެ. އެއީ ފާހާނާ ކަމުގާ އީން އަށް ހީކުރެވުު ނަމަވެސް އެއީ ޖިމް އެއް ކަހަލަ ގޮތަކަށް ޑިޒައިން ކޮށްފާ ވީ ކޮޓަރިއެކެވެ. ކުރިމަތީ ހުރި ފާރުގެ އެންމެ މަތީން ފެށިގެން ތިރިއަށް  ބިއްލޫރި ހަރުކޮށްފައިވީއިރު  ޖިމް ގައި ގެންގުޅޭ ކަހަލަ އެކި އެކި މެޝިން ތަކާ ސާމާނު އެތަނުގައި ހުއްޓެވެ. ދޮރުލައްޕާ ތަޅުލުމުން ޒިން ދޮރުގައި ޓަކިޖަހަން ފެށި ނަމަވެސް ސަމާލުކަމެއް ނުދީ ހުރި އީން ގެ ނަޒަރު ހުއްޓިފާވީ ކުރިމަތީ ހުރި ލޯގަނޑުން ފެންނަން ހުރި އޭނާގެ ސޫރައަށެވެ. ދެއަތުގަޔާ މޫނުގައި އަތްލަމުން ދިޔައިރު އީން ގެ ސިކުނޑީގައި އެނބުރިގަތީ ޒިން އަލްޔާން އާ ދިމާލަށް ބުނި ވާހަކަތެކެވެ. އޭނާ ގެ ގައިގެ އެތަން މިތަނުގާ އަތްލި ވާހަކައެވެ. އޭނާެ ނަފްސުގެ މުޑުދާރުކަން އެވަގުތު އީން އަށް އިހްސާސްކުރެވުނެވެ. ހަގީގަތް އެނގުމުން އަލްޔާން ވީ ލޯބި އެއްކޮއް ފޮހެވި އޭނާ މަތީން ފޫހިވީ އޭ ހިތަށް އެރުމުން އީން ގެ ހިތް ރޯލިއެވެ. އަމިއްލަ ނަފްސު ދެކެ ރުޅި އާދެވުނު އެވަގުތު ކޮޅު އެއްލި ކަޅިން ފެނުނީ ބިންމަތީގައި ބަހައްޓާފައި ހުރި ޑަމްބެލްސްތަކެވެ. ބަލާކަށް ނުހުރެ އެއިން އެއްޗެއްނަގާ އެއްލާލީ ފާރާ ދިމާލަށެވެ. ބާރު އަަޑުފަތްގަނޑަކާއެކު ބިއްލޫރިގަނޑު ތަޅައިގެން ދިޔަ އަޑު އިވި ޒިން ގެ ހިތް ތެޅިގަތެވެ. އެވަގުތަކީ އީތަން ވެސް އީން ހޯދަން އައިސް ވަން ގަޑިއެވެ. ކަންބޮޑުވެފާ ހުރި ޒިން ފެނި އީތަން ވެސް ގޮސް އީން އަށް ގޮވާ ދޮރު ގައި ތަޅަންފެށިއެވެ. އެތެރެއިން އިވެމުން ދިޔަ ވޭނީ ރުއިމުގެ އަޑުން ޒިން ގެ ހިތް ހަލާކުވަމުން ދިޔަފަދައެވެ. އަވަސް އަވަހަށްދުވެފައި ގޮސް އަލަމާރި ހުޅުވީ ޑަބަލް ކީ ނެގުމަށެވެ.

ދޮރު ހުޅުވާލުމާެކު ފެނުނު މަންޒަރުން ޒިން އަށް ނިތުގާ އަތް ހާކާލެވުނު އިރު އީތަން  “ޝިޓް..ޑޭމް އިޓް އީން ލީވް އިޓް!!” ކިޔާ ހަޅެއްލަވާގަތެވެ. އެބޮޑު ބިއްލޫރިގަނޑު ތަޅައިގެން ގޮސް މުޅި ހިސާބަށް ތޫނު ބިއްލޫރިކޮޅުތަށް ވިއްސިފާ ހުރިއިރު އީން އިނީ އެއިން އެތި ކޮޅެއް ނަގާ އަތުތެރެއަތްލާ ބާރުކޮށްގެންނެވެ. އޭގެއިން ޒަހަމްވެ އިނގިލިތަކުގެ ދޭތެރެއިން ހޯސްލާފައި ލޭ ފައިބަމުން ދިޔަ އިރުވެސް އީން އެ އެތިކޮޅު ދޫކުރަން ނޫޅުނެވެ. ” ދިސް އިޒް ހައު މައި ހާރޓް އިޒް ރައިޓް ނައު..އިޓްސް ބޮރޯކެން އިން ޓު ޕީސެސް..އިޓްސް ބްލީޑިން ..މި އަތުގަ އަޅާވޭނަށް ވުރެ މިތާ ހިތުގަ އަޅާވެން މާ ބޮޑު އީތަން …ޕްލީޒް ސޭވް މީ..” ރޮވެމުން ދިޔަ އީން އަށް ދެއްކެމުން ދިޔަ ވާހަކަވެސް ނޭނގުނު ކަހަލައެވެ.

“ބަލާބަލަ ޒިން..އަހަރެން ގެ ހިތުގަ އަޅާ ވޭން ބަލާބަލަ..އަހަރެނެް މިރޯ ރުއިން ބަލާބަލަ..އަލްޔާން އަހަރެން ގެ ހަޔާތާ ވަކިވެއްޖެ…މިހާރު ޒިން ގެ ކޮއްކޮ ވަރަށް އުފާވާނެ ދޯ؟؟ ކީއްވެތަ މާ ދެރަވެފަ ކަމަށް ހެދިގެން ތިހިރީ..ޔޫ ވޮން..އެންޑް އައި ލޮސްޓް މައި އެވްރީތިންގް..ބީ ހެޕީ ..ލާފް!!!” ރުޅިވެރިކަމާއެކު ހަޅޭއްލަވަމުން ދިޔަ އީން އާ ދިމާލަށް ބަލަން ޒިން އަށް ހުރެވުނީ ފެންކަޅިވެފައެވެ. ” ލުކް އައިމް ސަފަރިން…ލާފް ޑޭމް އިޓް!!!” އީން ގެ މޫނަށް ބަލަން އިތުރަށް ޒިން އަށް ކެތް ނުކުރެވުނެވެ. ނޭވާ ހާސްވާ ގޮތްވުމުން ބޮލުގާ އަތް އަޅަމުން ބޭރަށް ނިކުތެވެ. އީތަން ގެ މަސައްކަތުން އީން ގެ އަތުން ބިއްލޫރިގަނޑު ނައްޓުވާލިއެވެ. އޭރު އީތަން ގެ އަތްވެސް ކޮންމެވެސް ވަރަކަށް ޒަހަމްވެ ލޭއައެވެ.އެކަމަކު އެކަމަށް ފަރުވާލެއްނެތި އީތަން ބެލީ އެތަނުން އީން ގެންދެވޭތޯއެވެ. ބިންމަތީ ގައި އިށީނދެގެން ހުރި އީން ކަރުނައިން ފުރިފާ ވީ ދެލޮލުން އީތަން އަށް ބަލަމުން އޭނާގެ ކަކުލުގައި ބޯ އަޅާލިއެވެ.” އައި ލަވް ހިމް މޯ ދޭން އެނީތިންގް..އެކަމް ދެން އަލްޔާން އަހަރެން ދެކެ ފޫހިވާނެ ދޯ..ބާލާވެސް ނުލާނެ ދޯ؟..ހިތަށް އަރާނެ އައިމް ޔޫޒްޑް ބައި ހިމް އޭ ދޯ؟ ފަކުރު ގަންނާނެ އަހަރެން ގެ ހަށިގަނޑު ދެކެ ދޯ؟” ސުވާލަކަށް ފަހު ސުވާލެއް ކުރަމުން ދިޔަ އީން ގެ ސުވާލުތަކަށް ދޭނެ ޖަވާބެއް އީތަން އަކަށް ނޭގުނެވެ. އެހެނަސް އޯގާތެރިކަމާއެކު އިން ގެ ބޮލުގާ ފިރުމާލަމުން އީތަން ބުނެލީ އެންމެ ޖުމްލައެކެވެ. “އޯލް އައި ނޯ އިޒް ދެޓް ހީ ލަވް ޔޫ..އެންޑް ދެޓްސް ނެވާ ގޮއިން ޓު ޗޭންޖް ނޯ މެޓާ ވަޓް..” އެ މަންޒަރު ބަލަން ދުރުގާ ހުރި ޒިން ގެ ސިކުނޑީގައި އެތަކެއް ހިޔާލް އެނބުރެމުން ދިޔައެވެ. އޭނާގެ ޒަމީރު އަމިއްލަ ނަފްސަށް މަލާމާތް ކުރަމުން ދިޔަހެން ހީވިއެވެ.

*************

“ދިސް އިޒް ޓޫ މަޗް އީން” މެޑިސިން ކިޓް ހިފައިގެން ހުރެ އީން އަތުގާ ބޭސް އަޅަމުން ދިޔައިރު އަލްކާ ހުރީ ދެރަޔާ އެއްވަރަށް ރުޅިވެސް ގަދަވެފައެވެ. ބޮލުގެ އިޝާރާތުން އީތަން އެވަގުތު އެއްޗެކޭ ނުބުނުމަށް ނޭދުނު ނަމަ އަލްކާ ގެ އަނގަ ބަންދުނުވީސް ކަން ގައިމެވެ. ރޮއިރޮއި އަލްކާ ގެ އުނގުގާ ބޯ އަޅާއިގެން އޮވެ ވެސް އީން ދެއްކީ ހަމަ އީތަން ގާތު ދެއްކި ވާހަކަތަކެވެ. “ޝްޝް..އިނަފް..ދެން ކުޑަކޮށް ނިދާލާ..ފަހުން ވާހަކަ ދައްކާނީ” އީން ގެ ބޮލުގާ ފިރުމަމުން އެންމެފަހުން އަލްކާ ބުނެލިއެވެ.

*********************

“ތޭންކްސް” އަލްކާ ދިއްކޮއްލި ކޮފީތަށީގައި ހިފަމުން ސިޓިން ރޫމް ސޯފާގައި އިށީނދެ އިން އީތަން މާނަވީ ގޮތަކަށް ހީލިއެވެ.  އަލްކާ ވެސް ރަކި  ގޮތަކަށް ހިނިތުންވަމުން އައިސް އީތަން ގާތު އިށީނެވެ.”ކޮބާ މިހާރު އީން” އިރުކޮޅަކު އޭނާގެ މޫނަށް ބަލަން އިނދެފައި ކުޑަކޮށް ކަރުކެހިލަމުން އީތަން ކުރި ސުވާލުން އަލްކާ ގާތަށް ހިނިއައެވެ. އޭނާ އަށް އިންޓްރެސްޓް ހުރިކަން އީތަން ފާޅުކުރާނީ ކޮންދުވަހަކުން ބާވައޭ އަލްކާ ހިތަށް އެރިއެވެ. އެދުވަހެއްެގެއިންތިޒާރުގާ ހުރެ އަނެއްކާ އުމުރު ހުސްވާނީ ނޫންބާވައޭ ވިސްނި ހިތް ނުތަނަވަސް ވީ ނަމަވެސް  އެކަން ސިއްރު ކުރަމުން އީން ވީ ނިދިފާ ކަމުގާ އަލްކާ  ބުނެލިއެވެ. “އަލްޔާން ނުވެސް ގުޅާތަ..ނާދޭތަ އީން ދެކިލަންވެސް” އީން އެހާލުގާ ވަނިކޮށް އަލްޔާން ނައުމުން އަލްކާ ގެ ހިތުގާ ސުވާލުއުފެދުނު އިރު އެކަމާ އީތަން ވެސް ހުރީ ހައިރާންވެފައެވެ. ފަހުން ވީ ގޮތް ބަލަން އަލްޔާން ނުގުޅުމުން އީން ގެއަށް ގެނައި ކަމަށް ބުނެ އީތަން މެސެޖް ވެސް ކުރިއެވެ. އޭގެ ރިޕްލައި ކުރަމުން ހަމައެކަނި އޯކޭ ފިޔަވާ އިތުރު އެއްޗެއް އަލްޔާން ލިޔެފާ ނުވެއެވެ. އަލްކާ އާ ދެމީހުން ވާހަކަ ދައްކަން ތިބެފާ އިރު އޮއްސެން ގާތް ވުމުން އީތަން ގެއަށް ދާން ނިކުތީ އެއްވެސް ކަމެއް ބޭނުން ވެއްޖެ ނަމަ ގުޅުމަށް އެދެމުންނެވެ.

ގެއަށް ދިަޔ މަގުމަތީގައި އަލްޔާން ގެ ފޯނަށް ގުޅޭތޯ އީތަން ވަރަށް މަސައްކަތް ކުރިއެވެ. އެހެނަސް ގުޅޭ ގޮތެއް ނުވިއެވެ.އެގެއަށް ދިޔަ އިރު އަލްޔާން ގޭގައި ވެސް ނޫޅޭތީ އެންމެ ފަހުން އޮފީހަށް ގުޅުމުން އަލްޔާން ހަވީރު ރިސޯޓަށް ފުރިހަބަރު އޭނާގެ ޕީއޭ ދިނުމުން އީތަން ހައިރާންވިއެވެ. އޮފީސް ކަމެއްގާ ވިޔަސް ހަބަރެއްވެސް ވެ ނުލާ އަލްޔާން ދިޔުމުން ކަންބޮޑުވި ނަމަވެސް އޭނާ އަށް ގުޅާކަށް އީތަން ވެސް އިތުރަށް މަސައްކަތެއް ނުކުރެއެވެ.

*********************

ރޭގަނޑުގެ ކަޅު އަނދިރިކަމުގެ ތެރޭ ފަޚްރުވެރިކަމާއެކު އުޑުގާ ދިއްލިފާ ވީ ފުރިހަމަ ހަނދު އޭގެ ޗާލު ރިހިދޯދިތަށް ފުންމިން ނޭނގޭ ކަނޑުގެ ލޮނުގަނޑަށް އަޅުވާފައިވީ ފުރިހަމަ މަންޒަރު ބަލަން އަލްޔާން އިށީދެގެން އިނީ  އޭނާ ގެ ޕްރައިވެޓް ވޯޓާ ވިލާ ގެ ޑެގް މަތީގައެވެ. އެޅިފާވީ ހަނދުވަރުގެ އަލިކަމާއެކު މަޑުރާޅުބާނި އުފައްދަމުން ކަނޑުގެ ލޮނުގަނޑު ތެޅެމުން ދިޔައިރު ދުރުން ބަލާއިރު ހީވަނީ ކުދި ޖަވާހިރުތަކެއް ވިދާހެންނެވެ. އެހެނަސް އެއް އަތުން  އެނާރޖީ ޑްރިންކެއް ކަމަށް ވާ އެކްސް އެލް އެއް ދަޅެއް ހިފައިގެން އަނެއް އަތުން ރޯކޮށްފައިވީ ސިނގަރޭޓް ހިފައިގެން ހުރެ ދަމަަމުން ދިޔަ އަލްޔާން ގެ ހިތަށް އެ ޖާދުވީ މަންޒަރުގެ އެއްވެސް ހިތްހަމަޖެހުމެއް ލިބުނުހެން ހީނުވެއެވެ. އޭނާގެ ލޮލުގާވި ޝަކުވާޔާ ޖަޒްބާތުން ހިވަނީ އެފަދަ ހިތްގައިމު ކަމެއް ދައްކަމުން ދިޔައީތީ ހަނދުދެކެވެސް ރުޅީން ހުރި ހެންނެވެ. ތަކުރާރުކޮށް އޭނާގެ ކަންފަތުގާ ގުގުމަމުން ދިޔައީ އީން ގެ ދުލުން ބޭރުވި ރަހުމެއް ނެތް ބަސްތަކެވެ. ލޯކުރިމަތީން ސިފަވަމުން ދިޔައީ ޒިން އަށް ފެންފުޅި ނަގާދީ އޭނާގެ ބުރަކަށީގައި ކަނބޮޑުވެފާހުރެ އީން ފިރުމާލި މަންޒަރެވެ. އެފަދަ ނުލަފާ އަމަލެއް ޒިން ހިންގުމުން ވެސް އެކަހަލަ ކުލުނެއް އީން ހިތުގާ ޒިން އަށް ޓަކާ އުފެދުނީ ކީއްވެގެންބާވައޭ ތަކުރާރުކޮށް ހިތާ ސުވާލު ކުރެވެމުން ދިޔައެވެ.

ކުއްލިއަކަށް ފޯން ރިންގްވާން ފެށުމުން ބަލާލި އިރު ގުޅަނީ ރިސޯޓް ގެ ޖީ އެމް އެވެ. އޭނާ އެ ގުޅަނީ މިރޭ އެމީހުން ބޭރުގެ ކްލައިންޓް އަކާއެކު ނިންމާލި ޑިނާރ މީޓިން ގައި ދެކެވުނު ވާހަކަތަށް ޑިސްކަސް ކޮށް ކޮންމެހެން ނިންމަންޖެހޭ ނިންމުން ތަކެއް ހުރުމުން ކަން އަލްޔާން އަށް އެނގެއެވެ. އެހެނަސް އެ ކޯލް ބިޒީކޮށް ޑިސްކަޝަން ޕޯސްޓްޕޯން އޭ ބުނެ އޭނާ އަށް މެސެޖް ކުރަމުން އަލްޔާން ބޭނުންވީ އީން އަށް ގުޅާލާށެވެ. އީން ގެ އަޑުއަހާލާ ހިތުން އެހިތް ތެޅިފޮޅެމުން ދިޔައިރުވެސް އަލްޔާން އަށް އެ ނަންބަރަށް ޑައެލް ނުކުރެވުނެވެ. އީން އާ ދިމާލަށް މިއަދު ބުނެވުނު ވާހަކަތަށް މަތީން ހަނދާން ވީ ހިނދު ދެއަތުގާ ކަސްތޮޅު އެޅުނު ކަހަަލައެވެ. އީން ގެ ޚަބަރެއް ބަަލަން އީތަން އަށް ގުޅަން ހިތަށް އެރިނަމަވެސް އެކަން ކުރާނެހާ ހިތްވަރެއް ވެސް ނުލިބުނެވެ. އަޖައިބެއްފަދަ މާޔޫސީ އިހްސާސަކުން ވަނީ އެހިތުގެ މައްޗައް ބާރުފޯރުވާފައެވެ. އެއްވެސް މިހަކަށް ނުފެންނާނޭހެން އެކަނި އިނުމަށް އޭނާގެ ޒަމީރު ބޭނުންވި ނަމަވެސް ހިތް އެދި ގޮވަމުން ދިޔައީ އީން އަށެވެ. ހުސްވީ ސިނގަރޭޓް ގެ ފިލްޓާ ނިވާލަމުން ދެވަނަ ސިނގިރޭޓް ރޯ ކޮށް ބާރަށް ދަމާލުމަށް ފަހު ލޯ މަރާ ލަމުން އަލްޔާން ފަޒާ ގެ ތެރެއަށް ފުންނޭވާއެއް ދޫކޮށްލީ ޖެހެމުން ދިޔަ ހިތްގައިމު ވައިރޯޅީގެ  ފިނީން ރޯވެފާ ވީ އެހިތުގެ އަލިފާން ގަނޑު ނިވޭތޯ އެވެ. ދެލޯ ހުޅުވާލުމާއެކު ހަނދާނަށް އައީ އައްޑޫ ގައި ތިބި އިރު ދެމީހުން އެކުގައި ހަނދުވަރު ދިން މިފަދަ އެތަށް ރެއަކު އަތިރިމަތީގައި އަތާ އަތް ގުޅުވައިގެން ތިބެ ވީ ވައުދުތަކެވެ. މިއަދު އެއިން އެއްވެސް ކަމެއް އީން ހަނދާން ނުވަނީބާވައެވެ. ނޫނީ އެއީ އީން އަށް އެއްވެސް މާނައެއް ނެތް ލަފްތަކެއް ހެއްޔެވެ. ސިކުނޑީގެ ސްކްރީންގައި މާޒީގެ އެ ލޯބި ހަނދާންތަށް އާވާން ފެށުމުން އަލްޔާން ގެ ހިތުގާ ރިއްސާލިއެވެ. ހަށިގަނޑަށް އިހްސާސް ވީ ވަރުބަލިކަމާއެކު ފިލައިން ހަދާފާވީ ޑެގް މަތީގައި އޮށޯވެލަމުން  އަލްޔާން ގެ ނަޒަރު ހުއްޓާލީ މާ ސިންގާ އުޑުގައި ދިއްލިފައި ހުރި ހަނދަށެވެ. އެއާއެކު ކިޔަން ފެށުނީ އެހާލަތުގައި  ދުލަށް އައި އަލީރަމީޒް ގެ ކުރީގެ ރީތި ލަވައެކެވެ.

ނާރާ ހަނދާއޭ….އޭނާ ނެތީ އޭ

އަހަރެން މިރޭ ދެން ނޭދެން…..އަލިކަން ހަނދާ އެ ހެވޭ…..ބޭނުން ނެތީއޭ

ރިއްސާ ހިތެއްގާ ލޯބިން…..ފިރުމާނެ މީހަކު ނެތް ތާ

ކުރިހާ އެވައުދެއް ވީ ހަމަ…..ހަނދުވަރުމަތީގަ މިތާއޭ…..އެހަނދާނވެސް އޭނާ ނެތީއޭ…

****************************

ފަތިހު ހޭލާ އިނދެފައި ނިދުނު ގޮތަށް ފުން ނިންޖަކަށް ގެނބިފާ އޮތް އީތަން އަށް ހޭލެވުނީ މެދުކެނޑުމެއް ނެތި ރިންގްވަމުން ދިޔަ އޭނާގެ ފޯން ގެ އަޑަށެވެ. ރާއްޖޭން ބޭރު ނަންބަރަކުން ގުޅަމުން ދިޔަ އިރު އެއީ ކާކުބާވައޭ ހިތުގާ ސުވާލް އުފެދުނެވެ. އަވަސް އަވަހަސް ފޯނު ނަގާ ހަލޯ އޭ ބުނުމުން އެކޮޅުން ވާހަކަ ދެއްކިމީހާ ދިން ޚަބަރުން އީތަން އަށް ކަންބޮޑުވެފާ ހުރެ ފުއްމައިގެން ތެދުވެލެވުނެވެ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anjal

Level 210 Stories100 Comments100 Login

Other Articles

Previous

އެނގުމެއްނެތި…4

Next

އިންދިރާސް (ކިޔުންތެރިންގެ ސަމާލުކަމަށް)

Next
December 19, 2018

އިންދިރާސް (ކިޔުންތެރިންގެ ސަމާލުކަމަށް)

Previews
December 18, 2018

އެނގުމެއްނެތި…4

36 Comments!

  1. miky says:
    December 18, 2018 at 9:17 pm

    Plx up next part love this ?❤

  2. Sharu says:
    December 18, 2018 at 9:18 pm

    When is next part

  3. Airah says:
    December 18, 2018 at 9:31 pm

    V Reethi eakamu tankolhea kuru.koniraku next part up kolaane.adhi kita part eaba in tha mi story ga

  4. Maya says:
    December 18, 2018 at 9:37 pm

    Just waaaaaaau ❤️❤️❤️❤️❤️Mashaallah mashaallah vvvvvvvv reethi ??????haadha heart touching emotional part ekey??????hama rovihjje???????????????????????????????????????huvaa mibuny mihaa asarugadha story eh nukiyan vvvvv habeys ??????????????☺️☺️???????alhey zin dhen goih dhookuran vehje ehnu een e fakyru is totally broken n alyan ??????????????alhe Anjal zing ah visnai dhyba loihbakee gadhabaarun hoadheyne ehcheh noon kan??????????????????anehkka kaaku baa e gulhy eethan ah ??????????????????umm so curious alhe anjal miahvure avahah up kohdhyba please ????????????????haadha inthixaaru kuraa story ekey mi❤️❤️❤️Much love ❤️ ??????????????????????alhe avahah e misunderstanding thah een n alyan ge dhemedhun dhurukohbaa??????

  5. @Ikleel says:
    December 18, 2018 at 9:49 pm

    Story was awesome❤❤??…This part also very nice????…Kiyamun dhaa iru hama sifa vegen dhey manzaru?????❤❤❤…Ehaa vex reethi sifa kurun?????…Alhe dhen alyaan ah een gelluny tha??…???Alhe een aa alyaan gulhuvaba??…I feel sorry for him??…Keep it up?❤?…Ur very telented…Waiting for next episode…Miss you and much loves..??❤❤??

  6. Noor says:
    December 19, 2018 at 12:06 am

    Efakeerah dhen ehen nahadhaa ezingadu ehadhaa dhogu fahaa aruvaalaafa ekaleygeah ranglhu filaavalheh dheebala

  7. Noor says:
    December 19, 2018 at 12:09 am

    Efakeerah dhen ehen nahadhaa ezin gandu ehadhaa dhogu falhaa aruvaalaafa ekaleygeah ranglhu filaavalheh dheebala

  8. Reader says:
    December 19, 2018 at 4:05 am

    Short but sweet. Please upload soon I’m dying ?❤️

  9. Sis says:
    December 19, 2018 at 8:40 am

    Wowww.. Awesome ??? but next part thankolheh dhigu kohlahchey ingey.. When is it? #DESPERATELY IN WAITING ❤️❤️❤️

  10. Xuam says:
    December 19, 2018 at 9:52 am

    Wow…. Plx next part varah ahvaha update koh dhehcheh..,.

  11. Hanaan says:
    December 19, 2018 at 11:50 am

    ???? dhen kihineh vaanee?

  12. Nisaa says:
    December 19, 2018 at 12:46 pm

    Reethi vaanedhow …

    Thankx salhiyeee

  13. Niz nizu says:
    December 20, 2018 at 5:57 pm

    When is next… haadha laheyy??

  14. Aish says:
    December 20, 2018 at 9:38 pm

    Hei. It’s soooo beautiful and wowsome ? Masha Allah ❤️? miadhu hurihaa part eh kiyaa mi ninmaaly… Sooo emotional… Asluves. Mivaru vaahaka eh nukiyan adhi.. yu are so talented ? Masha Allah ❤️

  15. Sana says:
    December 22, 2018 at 2:39 pm

    Is it a new story? Story is awesome… waiting for the next part impatiently

  16. Kiuntheriyaa says:
    December 22, 2018 at 3:06 pm

    Haadha lahey esfiyaaga vaahaka thah up vaaleh thin hatharudhuvas vaairuves kiyaahihvaa enme vaahaka eh ves up nuvey mihenvangnaa kiuntheringe shaugu verikan gehleynee

    1. aisha says:
      December 22, 2018 at 5:41 pm

      i support ya

    2. ? says:
      December 23, 2018 at 2:23 am

      Agreed

    3. naa says:
      December 27, 2018 at 1:09 pm

      me too

  17. Shifu says:
    December 23, 2018 at 10:51 am

    Dhn up kuran vehje ehnu alhe..asluves maa bodah ves lahey..??

  18. schamma says:
    December 23, 2018 at 1:50 pm

    kn iraku next part update vaany cant wait

  19. Summ❤ says:
    December 23, 2018 at 2:06 pm

    Anjal.. when next part…

  20. Meee says:
    December 23, 2018 at 4:25 pm

    Yeah aslu vx kushakaa nulaa e vaahaka ah vx neyge v gotheh vx dhn avahah up kohdhybala v kiaa hithun mi hunnany

    1. Minha says:
      December 24, 2018 at 3:38 pm

      Yeah… Ma ves dhuvaalaku kithah faharu mi balany.. up vey tho… writer ge comment evves neiy dhw mi part ga.. maybe sick ?

  21. ??? says:
    December 24, 2018 at 10:16 pm

    Konn irakunn anehbaiiiiiii

  22. ??? says:
    December 24, 2018 at 10:18 pm

    Plxplx avahah nerebala anehbaiiii kiyaahithunn mihuriiii avas plxplx???

  23. Rifoo says:
    December 25, 2018 at 8:19 am

    Ekahala ethah vhk eh hurey ehen nunimma dhw.. Reethi iyyaa nunimey.. Kakuni vx up kuraanamey kiyaafa vx up eh nukurey..

  24. shasha says:
    December 25, 2018 at 9:03 am

    hadhahaa lahey mivaahaka upload vaaleh dho. mihaaru varah foohi mivaahaka upload nukohdheythee

  25. Eekko says:
    December 25, 2018 at 5:38 pm

    When is next part? Am waiting so eagerly to read it… please make it fast ….

  26. ??? says:
    December 25, 2018 at 7:53 pm

    ????

  27. maybe says:
    December 25, 2018 at 11:13 pm

    mi story nimuneetha?reply kolaanamaves rangalgu.vaanuva ga.vvv foohivey mihaaru mi story lasvaatee

  28. Shaa says:
    December 26, 2018 at 10:14 am

    Kobaa dhen veegoih v kiyaa hithun mi hunnany up kohlaba avahah please

  29. Sana says:
    December 26, 2018 at 2:58 pm

    Waiting… waiting… konirakutha vaahaka kiyan libeyneee???

  30. naa says:
    December 27, 2018 at 1:07 pm

    kobaa vaahakaeege aneh bai……..haadha lasvanee

  31. mahoo says:
    December 27, 2018 at 1:11 pm

    kobaatha…haadha lasvanee

  32. Meee says:
    December 27, 2018 at 1:41 pm

    Alhe kobaatha dhn part …….

Comments are closed.

Next Episodeހާސިލް ވުމަށް އެދި ހިތް ރޮނީ 29←


All Right Reserved!