Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 39

Sh@_n@ Level 410 Stories100 Comments100 Login
December 13, 2018 5 Mins Read
41 Comments

” ދަރިފުޅާ, މި ބައްޕައަށް މާފް ކުރޭ, ބައްޕަމެން ވަރަށް ބޮޑަށް ދަރިފުޅު އެކަހެރި ކޮއްފި, ދެން އެހެނެއް ނުވާނެ, ދަރިފުޅު ނުރޮއެ, ބައްޕަ ވަޢުދުވަން ބައްޕަގެ މި ދަރިފުޅަށް, ދަރިފުޅުގެ ލޯބި ހޯދާ ދޭނެ ކަމަށް, މީ މި ބައްޕަ ވާ ވައުދެއް” އާމިރު އެހެންބުނުމާއެކު އަރުޝް ބައްޕާއޭ ކިޔައި އަނެއްކާވެސް ބައްދައިގަތެވެ.

ބައްޕައަކާއި ދަރިފުޅުގެ ލޯބި ލޯބި މި ވަގުތު ފެންނަ ކޮންމެ މީހެއްގެ ހިތަށް އަސަރު ކުރާހާ އެދެ ބަފައިންނަށް ވަނީ އަސަރު ކޮއްފައެެވެ. އާމިރު ވެއްޓުމުގެ ސަބަބުން ލިބުނު ކުދި ކުދި ޒަހަމްތަކަށް ޝިފާ ލިބުނު ފަދައެވެ.އަރުޝްގެ ހިތުގައި އާމިރުއަށް އޮތް ހުރިހާ ޝަކުވާއެއް ވެސް ފިލާ ދިޔަކަހަލައެވެ. އާމިރު އަރުޝްގެ ގައިން ދޫކޮއްލުމަށްފަހު އަރުޝް ގެންގޮސް ސޯފާ ގައި ބޭންދިއެވެ. އަދި ފެންތައްޓެއް ގެނެސް އަރުޝްއަށް ދިނެވެ. މައިންބަފައިންނަށް ދަރިން ދުވަހަކުވެސް ބޮޑެއް ނުވާނޭ ބުނަނީ މިހެންވެކަން އާމިރުއަށް އެނގުނެވެ. އެންމެ ތުއްތު ކުދިން މަސަލަސް ކުރާގޮތަށް މަސަލަސް ކުރަން އުޅުމަކީ ދަރިން ބޮޑު ނުވާ ކަމުގެ ހެއްކެކެވެ.

ދަރިއަކު ހުރިކަން އާމިރުއަށް އިހްސާސް ކުރެވި, މީގެ ކުރިން ދުނިޔޭގެ ވަގުތީ އުފަލަށް އިސްކަންދެވުނީ ހުރިހާވެސް އެއްޗަކީ ފައިސާ ކަމުގައި ދެކެވުނީތީއެވެ. އެހެންނަމަވެސް މިއަދު ލޯތްބަކީ ކިހާ މާތް, އުފާވެރި, އަދި ހިތާމަ އެކުލެވިގެންވާ ގުޅުމެއްކަން އާމިރުއަށް އިހްސާސް ކުރެވިއްޖެއެވެ.

” ދަރިފުޅާ ބައްޕައަށް މާފްކުރޭ, ބައްޕައަަށް އެނގޭ ދަރިފުޅު ނުބުންޏަސް ދަރިފުޅަށް ވަރަށް ދެރަ ދެވިއްޖެކަން, ދަރިފުޅު އުފަންވީ ސުރެ ބައްޕަ އުޅުނީ ލިބޭ ރުފިޔާ މަދުވެގެން ރުފިޔާ އެއް ކުރުމުގަ, ދަރިފުޅާ ދޭތެރޭ ކުޑަކޮއްވެސް ވިސްނާލާނެ ފުރުސަތެއް ނުލިބި, އެކަމް ބައްޕަ މިއަދު މިހުރީ ދަރިފުޅަށް ދަރިފުޅުގެ އުފާ ހޯދަ ދޭން ތައްޔާރަށް, ބައްޕަގެ ފުރާނައިން ގުރުބާން ވެގެން ވިޔަސް ސާރާގެ ލޯބި ހޯދަދޭނަން, ސާރާ ފެނުނު ފުރަތަމަ ދުވަހުވެސް ބައްޕައަށް އެނގުނު އެއީ ވަރަށް ރަނގަޅު ކުއްޖެއްކަން, ޕާޓީ އޮތް ރޭވެސް ބައްޕަގެ ހިތްބުނި, އަދި އެރޭ ތިދެ މީހުނީ ދެމެދު ހިނގި ކަންތަަށްވެސް ބައްޕައަށް އެނގުން” އާމިރު އަރުޝްއަށް ބަލާލަމުން ބުނެލިއެވެ. އާމިރުގެ ވާހަކައިން އަރުޝް ހައިރާންވި ނަމަވެސް އެއްޗެކޭ ނުބުނެއެވެ.

ސާރާވެސް ދަރިފުޅު ދެކެ ވަރަށް ލޯބިވޭ, އޭނައަށް ދިމާވި ގޮތުން ދެރަވެފަ ހުރީމަ އެގޮތަށް ކަންތައްކުރަނީ” އާމިރު ކުޑަކުއްޖަކަށް ވިސްނައިދޭ ފަދައިން އަރުޝްގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ. އަރުޝް ފެންތަށިން ފަހަރަކު ކޯވަރެއް ބޮމުންދެއެވެ. އޭރު އަރުޝްގެ ދެލޯ ވެސް ވަނީ ރަތްވެފައެވެ.
” އެކަމަކު މަންމަ” އަރުޝް އެހިސާބަށް ބުނުމަށްފަހު ހުއްޓާލީ އިތުރަށް ބުނާނެ އެއްޗެއް ނޭނގިގެންނެވެ.
” ދަރިފުޅު ނުވިސްނާ, ބައްޕަ މިހުރީނު, ބައްޕަ އަބަދުވެސް ދަރިފުޅާއެކީ ވާނަން, ދަރިފުޅު ބޭނުން ކޮންމެ ކަމެއް ކޮއްދޭނަން, ކުރިންވެފަ ހުރި ކަންތަށް ހަނދާން ނައްތާލާ” އާމިރު މިހެންބުނެ އަރުޝްގެ ގައިގަ ލޯތްބާއެކު ބައްދާލިއެެވެ. އަރުޝްއަށް ހުރިހާ އުފަލެއް ލިބުނުކަހަލައެވެ. ދުވަހަކުވެސް އިހްސާސް ނުކުރެވޭހާ އުފާވެރިކަން މިއަދު އިހްސާސް ކުރެވުނެވެ.

ހަފީޒާ ފޯނާ ކުޅެމުން އައިސް ހައިފާގެ ކޮޓަރި ދޮރު ހުޅުވާލީ އެފްބީ ޕޭޖަކުން ފެނުނު ވެޑިންގް ޑްރެސް އެއް ދެއްކުމަށެވެ. ކޮޓަރިއަށް ވަތް އިރު ދެކޮޅަށް ހިނގަ ހިނގާ ހުރި ހައިފާ ފެނިފައި ނިތަށް ރޫ އަރައިގެންދިޔައެވެ. ހަފީޒާ ފެނި ހައިފާގެ ފިޔަވަޅު ތަކަށް މަޑު ޖެހުމެއް އައެވެ. ހަފީޒާއަކީ ހައިފާ ހުންނަ ގޮތަކުންވެސް ކަމެއް ވެއްޖެކަން ދެނެގަންނަ މީހެކެވެ.

” ދޮގު ނަހަދާ ބުނޭ, ކޮން ކަންތައް ގަޑެއް ހިންގާލައިގެން ތިއުޅެނީ” ހަފީޒާގެ އެ ސުވާލުން ހައިފާގެ ހިތް ހީވީ ހުއްޓުނު ހެންނެވެ. ބުނާނެ އެއްޗެއް ނޭނގި މީހާ ދާހިތްލާ ފޯވާން ފެށިއެވެ. އެވަގުތު ހައިފާގެ ފޯން ރިންގްވާން ފެށުމުން ހައިފާ ފޯނު ނުނަގަން ހުރެފަވެސް ތެޅިތެޅި އޮތް ހިތަކާ އެކު ފޯނު ކަންފަތުގައި ޖަހާލިއެވެ. ހަމަ އެވަގުތު ހަފީޒާ ބަލާކަށް ނުހުރެ ފޯނު ދަމައިގަނެ ސްޕީކަރަށް ލިޔެވެ.

” ބޭބް” ޑޯންޓް ވޮރީ, ބޭސް ހޯދައިފިން, މިރޭ ގެންގޮސް ދޭނަން, ކައިވެނި ކުރަންވާ އިރަށް ތިކަން ނިމޭނެ، އެކަމް ބަލައިގެން އުޅެއްޗޭ, މީހަކަށް ޝައްކެއް ވިޔަ ނުދޭތި ހައި ޕްރެގްކަން” އެމީހާގެ އެ ޖުމްލަޔާއެކު ހައިފާއަށް ދެލޯ މަރާލެވުނެވެ. ހަފީޒާއަށް ސިއްރުކުރަން ބޭނުންވި ކަންތަށް ހަފީޒާގެ ކުރިމަތީ މިއޮތީ ހާމަވެފައެވެ. ހަފީޒާގެ އަތުން ފޯނު ވެއްޓުނީ ލިބުނު ހަބަރުގެ ސަބަބުންނެެވެ. އަދި ހައިފާގެ ބަނޑަށް ބަލާލެވުނީ ރުޅިވެރި ނަޒަރަކުންނެެވެ.
” ކަލެއާ ހެދި ކިހާ ބޮޑު އުނދަގުލެއް, އަނެއް ފަހަރު އަނެއް ހަކަންތަށް, ހައްތާވެސް މަގްސަދަށް ވާސިލް ނުވެވޭ ވަރު އެބަ ކުރެޔޭ, ކާކުގެ ދަރިއެއް ބަނޑުގަ ތި އޮތީ ” ހަފީޒާ ހައިފާގެ ކުރިމައްޗަށް އަރާ ސުވާލުކުރިއެވެ. ހައިފާ އިސްޖަހައިގެން ހުރި ގޮތަށް ހުރީއެވެ.

” ކާކުގެ ދަރިއެއްހޭ ތީ” ހަފީޒާގެ ބާރުގަދަ އަޑާއެކު ހައިފާ ދިޔައީ ސިއްސައިގެންނެވެ.
” ނޭ ނޭނގެ” ހައިފާގެ ޖަވާބުން ހަފީޒާގެ އަތުގެ ހޫނު ހަމަލާއެއް ހައިފާގެ ކަންކަށި މައްޗަށް އެރިއެވެ. ވީ ތަދުން ހައިފާ ރޮއެގަނެ އައްދިއްޔޯތް އޭ ބުނެ އެ ޖެހި ތަނުގަ އަތް އެޅުނެވެ.

” އައްދިއްޔޯތް ބުނި އިރު ނޭނގޭތަ މިހެންވާނެކަމެއް, ކައިވެނި ކުރަން ކައިރިވެފަ އޮއްވާ ތިޔޮއް ހޭވި ހަޑިއެއް ބަލާބަލަ, ދުވަހަކުވެސް އަހަރެން ބުނާ ކަމެއް ނުކޮއް ހުރެގެން އަހަރެންގެ ބޯ ގޮވާ ކަންތަށް ކުރާނީ” ހަފީޒާ ހީވަނީ ރުޅި އައިސްގެން ހަލާކުވެދާނެ ހެންނެވެ. އެ ރުޅިން ހައިފާވެސް ފިއްސަން އުޅޭ ކަހަލައެެވެ. ހަދާނެ ގޮތެއް ނޭނގި ހަފީޒާ ބޮލުގައި އަތް އަޅައިގެން ހުރެ ދެކޮޅަށް ހިނގަމުންދެއެވެ. ހައިފާ އެނދުމަތީ އިށީނެވެ. އޭރުވެސް އެ ޖެހި ތަނުން ދިލަ ނަގާތީ އިނީ އެތާ އަތް އަޅައިގެންނެވެ.

“ބުނަން ދެންވެސް އަހަރެން ބުނާ ގޮތް ހަދާ, ތިކަމެއް ވަކި ކޮޅެއްގަ ޖެހެންދެން ބޭރަށް ނުނިކުމެ ހުންނާތި, މިހެން ބުނީމަ އަހަރެންނަށް ދޮރުން ނުނުކުމެވި އުޅެނިކޮށް ދުއްވައި ގަންނާނީ ކީ ނޫން”ހަފީޒާ އެހެންބުނެ ނުކުމެގެން ދިޔައީ ކުދި ކިޔަމުންނެވެ.

އާމިރު ކޮޓަރިއަށް ވަތްގޮތަށް އެނދުމަތީ ދެ އަތް ޖޯޑު ކޮއްލައިގެން އިނެވެ. ބެލެވޭ ގޮތުގައި އާމިރު ކަމަކާ ވިސްނަނީއެވެ.

” އަހަ, ތައްޔާރު ނުވަންތަ, ޗެކިންއަށް ދާންޖެހޭނެ އެއްނު ކުރިން” އަރީޝާ ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ. އަރީޝާގެ ޖުމްލަ އަޑު އިވޭ ވަރަށް ވުރެ އާމިރުގެ ވިސްނުންވަނީ ވަރަށް ބޮޑު ކަމަކަށް ގެއްލިފައެވެ. އަނެއްކާވެސް އާމިރު ކައިރީ އިށީނދެ ދެވަނަ ފަހަރަށްވެސް ހަމަ އެ ސުވާލު ތަކުރާރު ކުރިއެވެ.

” މިދަތުރު އަހަރެންނެއް ނުދާނަން, އެމީހުންނަށް އޮންނާނީ އަންގާފަ އޮފީހުގެ ގަފޫރު ދާނޭ, އެމީހުންނަށްވެސް އެކަހަލަ ފުރުސަތު ދޭންވާނެ އެއްނު” އާމިރު ހަމަޖެހިލަމުން ބުނެލިއެވެ.
” އެ ގަފޫރުތަ, އަަހަރެން އެވަރަށް އޭނަ ނުވައްދާށޭ ބުނީމަވެސް އޮފީހަށް ވައްދާފަ, އަނެއްކާ މިހާރު އޭނަ ފޮނުވަން, ކިހިނެއް ވެގެން ތިއުޅެނީ, އަހަރެމެންގެ ފެންވަރާއި ގާތްވެސް ނުކުރާ މީހެކޭ އެއީ” އަރީޝާގެ ބަސްބަގު ހުރި ގޮތުން އާމިރު ވަރަށް ހިތްހަމަ ނުޖެހުނެވެ.
އެކަން އާމިރު ގެނައި ހަަރަކާތުންވެސް ވަރަށް ރަނގަޅަށް އެނގުނެވެ. އެ އިން ތަނުން ތެދުވެ ފޮއްޓަށް އަޅާފަ ހުރި އެއްޗެހިތަށް ނަގަންފެށީ އަރީޝާ ދެކެ ހިތްހަމަ ނުޖެހުމުންނެވެ.

” ކީއްވެތަ އެއްޗެކޭ ނުބުނީ ތިކަަަހަލަ ކަމެއް ކުރާއިރު އެންމެ ފަހަރަކުވެސް އަހަރެން ކައިރީ އަހާލަން ކީއްތަވާނީ” އަރީޝާ ހިތްހަމަ ނުޖެހިފަ ބުންޏެވެެ.

” އަހަރެން އެއްޗެކޭ ބުނީމަ ބުނާ މީހާ ގޯސްވާނީ, ގަފޫރު އާ ދިމާލަށް ތިހެން ބުނާއިރު ކިހިނެއް އެނގެނީ މާދަމާ އަހަރެމެން އޭނަގެ ހާލަށް ނުވެއްޓޭނެކަމެއް, ރުފިޔާ މަދުވެގެން ދުވާލު ހަތަަރު ދަމު އެކަމުގަ ނަމާދެއް ނުކޮށް އުޅުން އިރު އެއްވެސް އެއްޗެކޭ ހިތަކަށްވެސް ނާރަ, އެވަރަށް މަސައްކަތް ކުރީމަވެސް އަހަރެމެންގެ ހިތް ފުރުނުތަ, އަހަރެމެން މިއޮއް ހުރިހާ ދުވަހު އެ އެއްކުރި ފައިސާ އަހަރެމެން މަރުވެގެންދާ އިރު ގެންދެވޭނެތަ, އަދި އެ ފައިސާއިން އަަހަރެމެން ކޮށްފަ ހުރި ފާފަ ފުހެވޭނެތަ, އަތުން މަދުވާނެތީ އެހީއަށް އަންނަ މީހުންނަށް އެހީ ނުވާއިރު ދެން ކާކަށް އެހީވާނީ, އަހަރެމެންގެ ހުރި ހަމަ އެކަނި ދަރިފުޅަށް އަޅާލެވުން ނަމަ އެއްނު އެހެންމީހަކަށް އަދި އަޅާލެވޭނީ” އާމިރުގެ އަޑު އިސާހިތަކު ބެދުނެވެ. ދެލޯ ފެންކަޅިވެ ދެންމެ ދެންމެ ރޮވި ދާނެހެން ހީވެއެވެ. އާމިރު ދައްކަމުން ދިޔަ ވާހަކަ އަޑުއަހަން ޖެހި ބުދެއްހެން އަރީޝާ އިނެވެ.

“މިއަދު އަހަރެން ވަރަށް ދެރަވެއްޖެ, ކުރިން އުޅުނު ހުރިހާ ގޮތެއް ލޯ ކުރިމަތީ ސިފަވޭ, އަހަރެން އެކުއްތަކަށް ތައުބާވަން, އަރީޝާވެސް ތިލާ ހެދުންތަށް ދޫކޮއްލުމަށްފަހު، ގައިގެ ވަނާތަށް ނޭނގޭ ދޫ ހެދުންލާފަ ބުރުގާ އަޅަންފެނޭ, އަހަރެން މި ބުނި އެއްޗެއް ވިސްނޭނެ ކަމަށް އުއްމީދު ކުރަން” އާމިރު މިހެން ބުނެ މަޑުވެސް ކޮއްނުލާ ނުކުމެގެެންދިޔައެވެ. އާމިރު ދިޔަ ދިމާލަށް ބަލަހައްޓައިގެން ގަބޫލު ނުކުރެވިފަ އިނީ އެއީ ހަމަ އާމިރު ބާއޭ ހިތަށް އަރާތީއެވެ.

” ކޮންފަދަ ކަންތައްގަޑެއް މީ, ކުއްލިއަކަށް މިހާ ބޮޑު ބަދަލެއް މިއައީ ކީއްވެ, މިވީހާ ދުވަހު ނުދައްކާ ވާހަކަ މިއަދު ވަކި ކީއްކުރަން އެ ދެއްކީ, ވަރިހަމަ އަހަރެން އުޅޭ ގޮތަކަށް ނުބެހެވޭނެ, އެހެން ހަމަ ހުންނަން ޖެހޭނީ” އަރީޝާވެސް ގޮތް ދޫކުރަން ބޭނުން ނުވިއެވެ.

ވަގުތުތަށް ފާއިތުވަމުންގޮސް ރޭގަނޑުގެ ވަގުތެވެ. ސާރާ ފައުޒާން ނިންދަވާލުމަަށް ފަހު ފަޒީލްއަށް ކާން ހެދުމަށްޓަަކައި އުޅުނެވެ. އޭރު ފަޒީލް ސޯފާގައި ދެލޯ މަރާލައިގެން ނިތްކުރިމަތީ އަތް ބާއްވާލައިގެން އޮތެވެ. ބަލާބެލުމަށް ނިދާފަކަމެއް ނުވަތަ ފުން ވިސްނުމަަކަށް ގެއްލިފަ ކަމެއް ނޭނގެއެވެ. ސާރާ ކާން ހެދުމަށްފަހު ފަޒީލް އޮތް ސޯފާޔާ ޖެހިގެން އިން ސޯފާ އިށީނދެ ދެފަހަރަކު ފަޒީލްއަށް ގޮވާލިއެވެ. ފަޒީލް ދެލޯ ހުޅުވާލުމުން ކާން އައުމަށް ބުނެލިއެވެ. އެހިނދު ފަޒީލް ހިނިތުންވެލަމުން އެތަނުން ތެދުވިއެވެ. އެހެންނަމަވެސް ބޮލަށް އެރި ތަދާއެކު ބޮލުގައި އަތް އަޅާލަމުން އެތަނުގައި އިށީނެވެ.

” ފަޒީލް ކިހިނެއްވީ, އަނެއްކާ އެއްކަލަ ގޮތަށް ތަދުވަނީތަ, މިހާރު ބުނެފިން ޑޮކްޓަރަށް ދައްކަންވެސް, ތިހެން އުޅޭކަށް ނުވާނެ, ހިނގާ ޑޮކްޓަރަށް ދައްކަން ދާން” ސާރާ ފަޒީލްގެ ހާލާމެދު ކަންބޮޑުވާ ހާލް ބުނެލިއެވެ.

” ސާރާ މާ އަވަހަށޭ ސީރިއަސް ވަނީ, މީ ކުޑަ ކުޑަ ކަމެއް, އެކަމް ދެ ހަފްތާ ވަރު ވެއްޖެ މިހާލުގަ އުޅޭތާ މާދަން ދައްކާލަން ދާނަން, އެކަމާ ނުވިސްނާ” ފަޒީލް މަޑުމަޑުން އެ ރިހެމުންދާ ދިމާލަށް ދެފަހަރަކު އޮބާލިއެވެ. އަދި ވަރަށް މަސައްކަތުން އެ ތަނުން ތެދުވެ ގޮސް ކެއުމަށް އިންސާފު ކުރަންފެށިއެވެ.

އިރުކޮޅެއްނުވެ ދޮރުގައި ޓަކި ޖެހުމާއެކު ސާރާ ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީ ހުރި އަރުޝް ފެނިފައި ސާރާގެ ހިތް ނެގިނެގިފައި ޖެހެންފެށިއެެވެ. ސާރާގެ މައުސޫމް ކަމުން ފުރިގެންވާ މޫނާއި, ފިޔާތޮށި ކުލަ އަރާފައިވާ ރީތި ތުންފަތް ފެނި އަރުޝް ހިން ދިރުވާލިއެވެ. އަލަށް މީހަކު ފެނިގެން ބަލަމުންދާ ބީދައިން އަރުޝް ސާރާއާ ދިމާލަށް ބަލަމުން ދިޔައެވެ.

ސާރާ އެއްވެސް އެއްޗެކޭ ނުބުނެ އެތަނުން ގޮސް ފައުޒާންގެ ކޮޓަރިއަށް ވަނެެވެ. ފަޒީލް ކާކުތޯ އަހާލީ އެމީހަކު ގެޔަށް ނުވަނުމުންނެވެ. އަރުޝް ގޭތެރެއަށް ވަދެގެންއައެވެ.

“އަހަ, އަރުޝް, ރަނގަޅު ގަޑިއަކަށް ތި ޖައްސާލީ އަވަަހަށް އާދޭ ބައިވެރިވާން” ފަޒީލް އަރުޝްއަށް ގޮނޑި ދައްކާލަމުން ބުނެލިއެވެެ.
” ނޫނޭ ދެންމެ މިއައީ ކައިގެން, ދެން އެހެންފަހަރަކުން” އަރުޝް ގޮނޑީގައި އިށީންނަމުން ބުނެލިއެވެ. އަދި ފަރާތް ފަރާތަށް ނަޒަރު ހިންގާލިއެވެ.
” ސާރާދޯ ތި ހޯދަނީ, ހާސްނުވޭ, ސާރާ ހަމަޔަކަށް އެޅިދާނެ, އެހާވަރަށް ވިސްނާ އެއްޗެއް ނޫން” ފަޒީލް އަރުޝް ހިތްހަމަ ޖައްސާ ދިނުމުގެ ގޮތުން ބުނެލިއެވެ.

އެރޭ ސާރާ ކޮޓަރިން ނުކުތީ އަރުޝް ދިޔަކަން ޔަގީންކޮއްފައެވެ. އަރުޝްއަށް އެހާ ފަސޭހަތް މާފް ކުރަން ސާރާގެ ހިތް ދެކޮޅު ހަދަމުންދިއުމާއެކު, ސާރާ, ސާރާގެ ހިތުގެ އަޑުއެހިއެވެ.

ރޭގަނޑު ނިދަން އޮތް އާމިރު ވިސްނަމުންދިޔައީ މިއަދު ހިނގާ ދިޔަ ކަންތަކާއެެވެ. އިރުކޮޅެއް ނުވެ އަރީޝާވެސް އައިސް ޖައްސާލިއެވެ.
” އަރީ، ކިހާވަރަަކަށް ހަފީޒާއަށް އިތުބާރުކުރަން” އަރީޝާ އައިސް ޖައްސާލުމާއެކު އާމިރުގެ އެ ސުވާލުން އާމިރާ ދިމާލަށް ބަލާލިއެވެ.

” ކިހިނެއްވީ އަނެއްކާ، މިފަހަރު ކޮން ދީނީ ނަސޭހަތެއް އޮތީ, ނޫނީ ކާކު ކޯއްޗެކޭ ކިޔަންވެފަ އޮތީ” އަރީޝާ އެ ތަނުން ތެދުވެ ހަމަ ޖެހިލަމުން ބުނެލިއެވެ.

” ކަމެއް ވެގެންތަ އަހާނީ, އަރުޝް އެގޭ ކުއްޖަކާ ގުޅޭއިރު ބަލަން ވާނެ ދޯ، ކިހާ ވަރެއްގެ, ކޮންބައެއްތޯ” އާމިރު އަރީޝާއަށް ބަލާލިއެވެ.

” އާމިރު ތިކަމާ ވިސްނާކަށް ނުޖެހޭނެ, އޭނަ އެއީ އަހަރެންގެ ދުވަސްވީ އެެކުވެރިޔާ, އާމިރު ނުބެލިޔަސް އަހަރެން ބަލާނެދޯ, އަނެއްފަހަރު އަނެކައްޗެކޭ ކިޔާފަ ފަށާ” އަރީޝާ މިހެން ބުނެ އަނެއް ފަރާތަށް އެނބުރުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

ވާ ލޯބި އެނގޭ ނަމަ 15

Next

މަގޭ ހިތް ދެން ނުތަޅުވާށޭ….

Next
December 13, 2018

މަގޭ ހިތް ދެން ނުތަޅުވާށޭ….

Previews
December 13, 2018

ވާ ލޯބި އެނގޭ ނަމަ 15

41 Comments!

  1. Mal says:
    December 13, 2018 at 11:21 pm

    Thanks ehaa avaah up kohdhineema.. mi part ves v nice

    1. Sh@_n@ says:
      December 13, 2018 at 11:39 pm

      Thanx mal

  2. Zee says:
    December 13, 2018 at 11:22 pm

    Vvvvvvvvvvvvv…… salhi

  3. RaI❤ says:
    December 13, 2018 at 11:26 pm

    wow♡♡Whn next….

    1. Sh@_n@ says:
      December 13, 2018 at 11:40 pm

      Thanx rai. Adhi liyaakah nufashan

  4. Zy Na says:
    December 13, 2018 at 11:31 pm

    Yeyyy….first me♥️?

    1. Sh@_n@ says:
      December 13, 2018 at 11:40 pm

      ❤❤❤❤

  5. Sh@_n@ says:
    December 13, 2018 at 11:41 pm

    Shana next story aky “magey hiy dhen nuthalhuvaashey” hurihaa kudhin kiyaalahchey

  6. Naju says:
    December 13, 2018 at 11:50 pm

    V rythi mi partvx ???

    1. Sh@_n@ says:
      December 14, 2018 at 3:14 pm

      Thank you naju

  7. ???? says:
    December 14, 2018 at 2:08 am

    Nice. When next part

    1. Sh@_n@ says:
      December 14, 2018 at 3:15 pm

      ❤❤❤❤

  8. Xuam says:
    December 14, 2018 at 10:02 am

    Wow… Varah reethi mi part vas

    1. Sh@_n@ says:
      December 14, 2018 at 3:16 pm

      Thanx dear xuam

  9. Sis says:
    December 14, 2018 at 10:17 am

    Nice…dhn ekam Sara arush ah forgive kohbala… Eyrun maa reethi vaane…,#IN WAITING.. ❤️❤️❤️

    1. Sh@_n@ says:
      December 14, 2018 at 3:16 pm

      Sis, kuriah othy, keep waiting

  10. beauty says:
    December 14, 2018 at 12:38 pm

    thibunaa vaahaka eh ves rythi vaane kan igey
    ekam shaana ge vaahaka up vaa vattharah balaafa emme bolah faseyha vaany vaahaka nimendhen up koh nimunu dhuvahakun kiyyaa
    ethah dhuvaheh fahun bunefaane up koffymey adhi pulish nuvany ey dhen publish veytho 70 faharu balan jehey
    so mifaharu mi moya heyvijje
    thi kahala ithubaaru nuhifey liyuntheriyegge vaahaka dhen ma kiyaany vaahaka nimendhen publish ve nimunu dhuvahakun

    1. Sh@_n@ says:
      December 14, 2018 at 1:01 pm

      Beauty heekury Shana up vehjey kiyaafa dhogu hadhany eyy dhw. mihaathanah neen naane up kohfeemey kiyaafa dhogu hadhaafa eh, ehn nun up kohdheynamey kiyaafa nukohdhevi huredhaane, up kohfeemey kiyaafa dhogu hadhaafa eh neen naane

    2. Ifa says:
      December 14, 2018 at 5:31 pm

      Beauty buni vaahaka ah maves thaaeedhu kuran. Shaana up kuran fonuvaifymey bunaa fahun ehen vaahaka ves publish vey viyya

  11. Sh@_n@ says:
    December 14, 2018 at 1:00 pm

    Beauty heekury Shana up vehjey kiyaafa dhogu hadhany eyy dhw. mihaathanah neen naane up kohfeemey kiyaafa dhogu hadhaafa eh, ehn nun up kohdheynamey kiyaafa nukohdhevi huredhaane, up kohfeemey kiyaafa dhogu hadhaafa eh neen naane

  12. Sh@_n@ says:
    December 14, 2018 at 1:04 pm

    Vaahaka up kurumah fahu Shaana ge Ehvess baareh noan naane, kithanme avahakah up kohdheyn beynun viyas admin publish kurihyaa vaany

    1. Niha says:
      December 15, 2018 at 12:03 am

      Ehen myhun ehen bunaa ehchis ah ehaa bodah alhaanulaa shaana.. and beauty and ifa.. hama shaana ah emergency kameh dhimaa vegen ves up kohdhinun las vedhaane dhw.. shaana ge ves personal life eh onnaane.. komme myhakuves emyhehge personal life ashaa alhukanthakah vaguthu hus kuran jeheyne.. shaana ah vaavarakun kohdheyne.. ehen noonas shaana vaahaka up kuryma e publish kurun ei ehen faraathehga onna zimmaa eh dhw.. so dont say such things inge. And shaana dont worry and dont be sad.. btw.. mi part ves varah varah varah salhi.. ❤❤❤

  13. Haha says:
    December 14, 2018 at 2:11 pm

    Adminooo. Mioh beheny @admin aa

  14. Maya says:
    December 14, 2018 at 2:26 pm

    Vvvvv reethi as usual ??????????????????❤️Alhe arush n saaraa gulhuvaba avahah????n haifa he kanthah vs bust kohlaaba ??????????waiting curiously vv habeys mashaallah ❤️❤️??❤️❤️???love u dear

    1. Sh@_n@ says:
      December 14, 2018 at 3:17 pm

      Thank you so much dear?❤?❤❤

  15. Reader? says:
    December 14, 2018 at 6:31 pm

    Nice Maashaa Allah…..waiting 4 the next part❤❤❤

  16. Afreen says:
    December 14, 2018 at 11:33 pm

    Masha allah varah varah varah varah reethi….
    When is the next part.. eagerly waiting for it..

  17. Zoe says:
    December 15, 2018 at 12:46 pm

    Alhey ma hykury vaahaka nimuny kamashey……… hehe
    Anyway vaahaka hama habeys ingey ??????????????????

  18. Niz nizu says:
    December 15, 2018 at 10:18 pm

    Alheyy vvv reethi???
    … when is next

  19. RaI❤ says:
    December 16, 2018 at 1:51 pm

    Shana whn nxt..mihaaaru kiyaaahithun keih nukurevey..

  20. ShaashaA says:
    December 16, 2018 at 3:51 pm

    Mi part vex v.reethi next part thankolheh dhigukohlahchey when next part wanting for next part ❤️

  21. Zy Na says:
    December 16, 2018 at 7:32 pm

    Kobaa thr next part ?

  22. Ishaa says:
    December 16, 2018 at 7:59 pm

    Konirukun tha next part up kodheynee

  23. Reader? says:
    December 17, 2018 at 10:42 am

    Waiting………….

  24. nunnu says:
    December 17, 2018 at 11:12 am

    Alhe haadha lahey up vaaleh. kurin buni 2 days inn up vaaney. ekam mihaaru kon dhuvahe. vaahaka vrh reethi. ekam ves maa slow ee up vaaleh

  25. Xaanaa says:
    December 17, 2018 at 12:51 pm

    Storyy ul vaaleh haasha laheyy

  26. Niz nizu says:
    December 17, 2018 at 1:01 pm

    Alhey❤❤❤..cant wait… plz avahah up koh dhyy????

  27. ???? says:
    December 17, 2018 at 3:00 pm

    Alhey dhen adhives up nuvey.mihaaru foohi vehje mi vaahaka kiya.

  28. Niha says:
    December 17, 2018 at 4:10 pm

    Guys.. have patience. . Shaana ah vaa varakun eba kohdhe ennu.. evarah ves shukuru kohbala.. kehtherivaan jeheyne.. allah ves vany kehtherinnaa eku

  29. Sh@_n@ says:
    December 17, 2018 at 11:54 pm

    I am sry dear all readers. Shana balive ulhuneema up kuran nufonuvuny, ekm mihaaru fonuvaifin, up kuran fonu veema shana mi buny fonuvai feemey, ehn nun nama nubunaanan. Baeh Readers ge ehme bodu shakuvaa aky up kuran fonu v mey bunaa hisaabun up nuve gina iru vaathy. Shana ah buneveynee ekamuga shana ah kureveyne hama ehves kameh noan naaney. And also Mirey fonuvi part dhigu vaane kameh neyge, because Still I am not feeling well, ehnve ehaa dhigukoh nuliye vuny, ekamahtakaa maafah edhen. Understand vaane kamah uhmeedhu kuran

  30. ???? says:
    December 18, 2018 at 8:00 pm

    Sorry shaana aslu vaahaka kiyaa hih vaaleh bodu kamun hama wait nukureveny

Comments are closed.

Next Episodeއެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 40←


All Right Reserved!