Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މާފެއް ނުކުރާނަން ހެއްޔެވެ؟ 14

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
December 13, 2018 3 Mins Read
6 Comments

ހެނދުނުގެ ހިތްފަސޭހަ ވަގުތު ރަސްފަންނުގައި ފުދޭވަރަކަށް މީހުން ގިނައެވެ. ޖެހެންމުން ދިޔަ ހިތްގައިމު ވައިރޯޅިންނާއި ދޮންވެލިގަނޑުގައި ބީހެމުން ދިޔަ ރާޅުގެ އަޑުއިވުމުން ހަލާކުވެފައިވާ ހިތަށް ކޮންމެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.

އަތުގައި އޮތް ފޮތް ހިފައިގެން ހުސްކޮށް އިން ހަޓެއް ދަށުގައި އަހަރެން އިށީނީމެވެ. ފޮތް ހުޅުވިއިރު އަހަރެންގެ އަތް ތުރުތުރު ލަމުން ދިޔައެވެ.

****

ޖަންނަތުގެ ޑައިރީ….

އަހަރެންގެ އުފާވެރި ދުނިޔެ މުޅިން އެފުށް މިފުށަށް ޖެހިއްޖެއެވެ. ކުރެވުނު އެންމެ ކުށެއްގެ ސަބަބުން މުޅި ހަޔާތް ބަރުބާދުވެއްޖެއެވެ. މައިންބަފައިން ދިން ނަސޭހަތާއި އެންމެ ފަހަރަކު ޚިލާފުވުމުން މުޅި އުމުރަށް އެމީހުން ގެއްލިއްޖެއެވެ. އަހަންނަށް އެހީގެ އަތެއް ދިއްކޮށްލަން ހުރީ އަހަރެންގެ ކޮއްކޮއެވެ. މަންމައާއި ބައްޕަގެ ނުގާބުލުގައި އަހަންނަށް އެހީވުމަށް ރަހުވާ އަތުކުރި އޮޅާލިއެވެ.

އުމުރުން އެންމެ އަށާރަ އަހަރުގައި ބަލިވެ އިނުމުގެ ސަބަބުން ތަފާތު އުނދަގޫތައް އަހަންނާ ކުރިމަތިވަމުން ދިޔައެވެ. އެފަދަ ކޮންމެ ދަނޑިވަޅެއްގައި ރަހުވާ އަހަރެން ގާތު ހުރެއެވެ. އަހަރެންގެ މޫނު މައްޗަށް ހިނިތުން ގެންނަނަށް ކޮންމެ ކަމެއް ކުރަންވެސް ރަހުވާ ހުރީ ތައްޔާރަށެވެ.

އަހަރެންގެ ބަނޑުގައި އަށަގަންނަމުން ދިޔަ އަހަންނާއި އަޝްޖައުގެ ލޯބީގެ ނިޝާން ކަމުގައިވި ދަރިފުޅު އެންމެ ފުރަތަމަ ތޮޅެލި ދުވަހު ތަފާތު އިހްސާސެއް އަހަންނަށް ކުރެވުނެވެ. އެދުވަހު އަޝްޖައު އަހަރެން ގާތު ހުރިނަމައޭ ހިތަށް އެރިއެވެ.

އަޝްޖައު މަތިން ހަނދާން ކުރަން ބޭނުންނުވިއަސް އެހަނދާންތައް ތާޒާކަންމަތީ އަހަރެންގެ ސިކުނޑީގައި ރައްކާކުރެވިފައި ވެއެވެ. ރޯޯން ބޭނުންނުވިއަސް އަޝްޖައު މަތިން ހަނދާންވުމާއެކު ލޮލުން ކަރުނަ ހިލެއެވެ. އެންމެ ފަހު ދުވަހު އަޝްޖައު ބުނި ބަސްތައް ހަނދާންވާން ކޮންމެ ފަހަރަކު ހިތް ކުދިކުދިވެގެން ދެއެވެ.

ދަރިފުޅުގެ ބައްޕައާ ބެހޭ ގޮތުން ރަހުވާ ވަރަށް ގިނައިން ސުވާލުކުރިއެވެ. އެހެނަސް އަޝްޖައު ކުށްވެރިކޮށްފައި ވާހަކަ ދައްކާނެހާ ހިތްވަރު އަހަރެން ގައިގައި ނެތުމުން ނުބުނަމެވެ. އަޝްޖައު ނޫން އެހެން ހުރިހާ އެކުވެރިންގެ ވާހަކަ ރަހުވާއަށް ކިޔާދިނީމެވެ. ޚާއްސަކޮށް ޝައުންއާ ހުދާގެ ވާހަކައެވެ. ވާނީވެސް އެހެންތާއެވެ. ހުދާއާ ޝައުން އަހަންނަށް ވަރަށް ގިނަ ގޮތްގޮތުން އެހީތެރިވެދިނެވެ. ލަންޑަނަށް އައި ފަހުންވެސް ޝައުންއާ ހުދާއާ އަހަރެން ވާހަކަ ދެއްކީމެވެ. އަޝްޖައު ބޭރަށް ކިޔަވަން ދިޔަކަންވެސް ޝައުންގެ ފަރާތުން އަހަންނަށް އެނގުނެވެ. އަޝްޖައު އިސްވެ އަހަރެންގެ ވާހަކައެއް ދެއްކުމުން ނޫނީ އަހަރެންގެ ނަންވެސް އަޝްޖައު ގާތު ނުގަންނަށް ޝައުންއާ ހުދާގެ ކިބައިން އަހަރެން އެދުނީމެވެ. އެދުވަހު އަހަރުމެންގެ ޗެޓް ފެނިގެން ރަހުވާއަށް ހުރިހާ ކަމެއް އެނގުނެވެ. އަދި އަޝްޖައުއާ ދިމާއަށް ވަރަށް އެއްޗިހި ކިޔެވެ.

ދުވަސްތައް އޭގެ ބާރުމިނުގައި ފާއިތުވަމުން ދިޔައެވެ. އަހަރެންގެ ބަނޑަށް ނުވަމަސް ފުރުނުގޮތްވެސް ނޭންގެއެވެ. ކެއްތެރިކަމެއް ނެތި އަހަންނަށް އިންތިޒާރު ކުރެވެމުން ދިޔައީ އެދަރިފުޅު އުފަންވާނެ އިރަކަށެވެ.

ދަރިފުޅަށް ކިޔާނީ ކޮންނަމެއްތޯ ރަހުވާ އެހިއެވެ. އަންހެން ކުއްޖެއް ވެއްޖެޔާމުން ޖީނާ ފިރިހެން ކުއްޖެއް ވެއްޖެޔޭމުން އަޝްއައްމް ކަމަށް އަހަރެން ބުނީމެވެ.

ޝައުންއާ ހުދާގާތު ނަންތައް ބުނުމުން ޖީނާ ވަރަށް ރީތި ކަމުގައި އެދެމީހުންވެސް ބުންޏެވެ.

******

އަޝްޖައުގެ ނަޒަރުން:

ފޮތުގެ ދެން އޮތްބައި ލިޔެފައި އޮތީ ލެޓިން އަކުރުންނެވެ.

*****

މިއީ ދޮންތަ ވަރަށް ލޯބިން ގެންގުޅޭ ފޮތެއްކަން އަހަންނަށް އެނގެއެވެ. ދިވެހިން ނޫނީ މި ފޮތުގައި ނުލިޔަާނެ ކަމަށް ދޮންތަ ވަނީ އަހަރެން ގާތު ބުނެފައެވެ. އެހެނަސް ތާނަ އަކަުރުން ލިޔާކަށެއް އަހަންނަކަށް ނޭންގެއެވެ.

ދޮންތަ ބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ގެނެވުނީ ދަންވަރު ގަޑީއެވެ. އަހަންނަކީ ކުޑަކުއްޖެއް ކަމުން ހަދާނެ އެއްވެސް ގޮތެއް އަހަންނަކަށް ނޭންގުނެވެ. ހިތާހިތުން އަޝްޖައުއާ ދިމާއަށް އެއްޗެހި ގޮވުނު އަދަދަދެއްވެސް އަހަންނަކަށް ނޭންގުނެވެ.

ދޮންތަ ހޮސްޕިޓަލަށް ގެނައި ވާހަކަ ބުނަން މަންމަމެންނަށް ގުޅުމުންވެސް ނައެވެ. ހިތުގައި ޖެހުނެއް ކަމަކު އަހަންނެއް ނުއެެއް ރޮމެވެ.

ލޭބާ ރޫމަށް ދޮންތަ ވެއްދިތާ އެއް ގަޑިއިރު ފަހުން ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ.

ފަސްވަރަކަށް މިނެޓު ފަހުން ވަރަށް ލޯބި ލޯބި އަންހެން ކުއްޖެއް ފިޔާތޮށި ފޮތިގަނޑަކަށް ލައިގެން އައިސް އަހަރެންގެ އަތަށް ނަރުސް ކުއްޖާ ލާދިނެވެ. މަޑު މަޑުން އަހަރެންގެ އަނގައިން ޖީނާއޭ ބުނެވުނެވެ. އެންމެ ފުރަތަމަވެސް އަހަރެންގެ ލޮލުގައި އަޅާގަތީ ޖީނާގެ ފެހި ކުލައިގެ ލޮލެވެ. އެއީ ހަމަ ދޮންތަގެ ލޮލެވެ. ޖީނާ އުރާލުމާއެކު އަހަރެންގެ ހިތް ލޯބިން ފުރިގެން ދިޔައެވެ. އަހަރެންގެ ބަނޑުން އުފަން ނުވިއެއް ކަމަކު އަހަރެންގެ ހިތުގައި މައިވަންތަކަމުގެ ލޯބި އުތުރި އަރާ ދިޔައެވެ. އުފާވެރި ކަމުގެ ކަރުނަ ލޮލުން ފައިބައިގެން ދިޔައެވެ. ލޮލުން ވެއްޓުނު ކަރުނަ ތިކި ގޮސް ޖެހުނީ ޖީނާގެ ނިއްކުރީގައެވެ. ޖަޒުބާތުގައި ޖެހި އަހަންނަށް ދޮންތަ މަތިންވެސް ހަނދާންނެތުނެވެ. ދޮންތަ މަތިން ހަނދާންވީ ނަރުސް ކުއްޖާ އައިސް އަހަރެން އަތުން ޖީނާ އަތުލުމުންނެވެ. ދޮންތަ ކިހިނެއްތޯ އެހުމުން ނަރުސް ކުއްޖާގެ މޫނު މަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. “އައި އޭމް ސޮރީ ޓު ޓެލް ދިސް. ބީ ބްރޭވް ޔަންގް ގާލް ޔުއާ ސިސްޓާ އިޒް ނޯ މޯ” އަހަންނަށް ހީވީ ދުނިޔެއެކީ ހުއްޓުނުހެންނެވެ. ލޯފުސްވެ މޫނު މައްޗަށް އަނދިރިވާން ފެށިއެވެ.

އަހަންނަށް ލޯހުޅުވާލެވުނު އިރު އަހަރެން އޮތީ ހޮސްޕިޓަލްގައި ބާއްވާފައެވެ. އެނދުގައި ކާރީ އިން ގޮނޑީ މަންމަ ފަރާތު ބޮޑުދައިތަގެ ދޮށީ ފިރިހެން ދަރިފުޅު ޖެސޭ ހުއްޓެވެ. ޖެސޭގެ މޫނަށް ބަލާލުމުން ވަރަށް ގަދައަށް އޭނަ ރޮއެފައި ހުރިކަން އެނގެއެވެ. “ޖެސް” އަހަރެން މަޑު މަޑުން އޭނައަށް ގޮވާލީމެވެ. “އޯ ރަހުވާ. އާޔޫ އޯކޭ. ލެޓް މީ ކޯލް ދަ ޑޮކްޓާ!” ޖެސޭ ޑޮކްޓަރަށް ގޮވަން އުޅުމުން އަހަރެން އެކަން މަނާ ކުރީމެވެ. އަދި ދޮންތަ ކޮބާތޯ އެހީމެވެ. އަހަރެންގެ ސުވާލަށް ޖަވާބު ދިނުމެއް ނެތި ޖެސޭ ޑޮކްޓަރަށް ގޮވިއެވެ. ޑޮކްޓަރު އައިސް ބެލުމަށްފަހު އައިވީ ނައްޓާލިއެވެ.

ޖެސޭ އަހަރެން ގޮވައިގެން ދޮންތަ އޮތް ތަނަށް ދިޔައެވެ. ބަލާބެލުމަށް ދޮންތަ ހީވަނީ އަރާމުކޮށް ނިދާފައި އޮތް ހެނެވެ. ހިނިތުންވެފައި އޮތްއިރު އެހާ ރީއްޗެވެ. ދޮންތަ ފެނުމާއެކު މޮޔައެއް ފަދައިން އަހަރެން ގޮސް ދޮންތަގެ ފުރާނަނެތް މަސްގަނޑުގައި އޮޅުލައިގަތީމެވެ. “ދޮންތާ ކަމް ބެކް. ޖީންއަށްޓަކައިވެސް އާދެބަ. ދޮންތާ ޕްލީޒް. އައި ނީޑް ޔޫ. ޖީން ނީޑްސް ޔޫ.” ގިސްލާ ރޮމުން އަހަރެން ދޮންތަ ގާތު އާދޭސް ކުރީމެވެ. އެހެނަސް ދޮންތަ ދެން ނާންނާނެކަން އަހަންނަށް އެނގުނެވެ.

އެދުވަހަކީ އަހަރެންގެ ހަޔާތުގައި އެންމެ އުފާވި އަދި ދެރަވި ދުވަހެވެ. ޖީނާއަށްޓަކައި ދޮންތަ ހިއްވަރު ކުރި ފަދައިން އަހަރެންވެސް ހިއްވަރު ކުރަން އަޒުމު ކަނޑައެޅީމެވެ. އުމުރުން އެންމެ ސަތާރަ އަހަރުގައި މަންމައެއްގެ ޒިންމާ އަމިއްލައަށް ކޮނޑުގައި އެޅީމެވެ.

ދޮންތަ މި ދުނިޔެއާ ވަކިވެގެން ދިޔައީ އަޝްޖައުއާ ހެދިއެވެ. އެ މަކަރުވެރި ފިރިހެނާއަށް ދުވަހަކުވެސް އަހަރެން މާފެއް ނުކުރާނަމެވެ.

*****

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ލޯބިވެވުނީއެވެ. 22 (ފަހުބައި)

Next

ވާ ލޯބި އެނގޭ ނަމަ 15

Next
December 13, 2018

ވާ ލޯބި އެނގޭ ނަމަ 15

Previews
December 13, 2018

ލޯބިވެވުނީއެވެ. 22 (ފަހުބައި)

6 Comments!

  1. Naash says:
    December 14, 2018 at 12:55 am

    Alheyy…janna maru v dhw…varah riithi mi part vx….ekm varah kuru…ekm hiivanyy hama kurimathiiga hingaa kameh henn…ehaa vx riithi sifa kohdhyyfa hunna iru…varah sad miiga vaa gothun…
    And i am first dhw…??..
    Keep up your good work Kiyara..??…i really appreciate your work…??☺..lots of lovxx from naash …
    BTW when next part???

  2. zai says:
    December 14, 2018 at 7:57 am

    Haadha kurey..

  3. Aki says:
    December 14, 2018 at 10:08 am

    alhe jannath maraa nulai moaya kohli nama eyrah varah salhi vees

  4. Minnnu says:
    December 14, 2018 at 12:31 pm

    Wat janna is dead ????? story hama habeys ibaaraai kurun vvv salhi mashaa allah hama speeeeeach less???????? u are so good maashaa allah???????? BTW next part kon irakun ???? Avahah up kurahchey

  5. brom says:
    December 27, 2018 at 6:04 pm

    v salhi…… when next part

  6. Minnnnu says:
    December 30, 2018 at 12:48 pm

    Alhey next part kobaa tha haadha dhuvaheh vehjjey up nukuraathaaa?????? vaahaka ehaa kiyaa hithun mihunnany??? plx reply and next part avahah up kohdhee?????

Comments are closed.

Next Episodeމާފެއް ނުކުރާނަން ހެއްޔެވެ؟ 15←


All Right Reserved!