Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މާފެއް ނުކުރާނަން ހެއްޔެވެ؟ 13

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
December 11, 2018 3 Mins Read
6 Comments

އެނދުގައި އަރާމުކޮށް ނިދާފައި އޮތް ޖީނާ ފެނުމުން ފުރަތަމަ ފަހަރަށް އަހަރެންގެ ހިތުގައި ރުޅިވެރިކަން އުފެދުނެވެ. އަހަރެން ޝައުންއާ ދުރުވާން ޖެހެނީ ޖީނާއާ ހެދިއޭ ސިކުނޑި ބުނަމުން ދިޔައެވެ.

އެހެން ނުވިސްނުމަށް އަހަރެން އަވަސް އަވަހަށް ދެފަރާތަށް ބޯހޫރުވާލީމެވެ. އިތުރަަށް ވިސްނަން ސިކުނޑިއަށް ފުރުސަތު ނުދީ ނިދޭތޯ ދެލޯ މަރާލީމެވެ.

******

އަޝްޖައުގެ ނަޒަރުން:

އެރި އިރާއެކު އަހަރެން ހުރީ ޝައުންމެން ގޭގައެވެ. ލޯބިވާ ދަރިފުޅާއެކު ވަގުތު ހޭދަކުރާ ހިތުން ރޭގައި ލޮލުފިޔައެއްވެސް ނުޖެހުނެވެ. އަހަރެން އެގެއަށް ދިޔައިރު އެންމެން އުޅެނީ ހޭލައެވެ.

ގޭތެރޭގައި އިތުރު މީހެއް އުޅޭކަން އަހަންނަށް އެނގުނީ އެތެރެއަަށް ވަން ފަހުންނެވެ. އެ މީހަކު ވަރަށް ނުރުހިފައި ޖަންނަތުއާ ވާހަކަ ދައްކަން ހުއްޓެވެ. ޖަންނަތު ހުރީ ފެންކަޅިވެފައެވެ. ޖަންނަތު ދިރާ ދިމާއަށް ބަލާލިގަޑީ އަހަރެން ފެނުމާއެކު ކަރުނަތައް ކުޑަވައި އިނގިލިން ފުހެލުމަށްފަހު ހިނިތުންވެލިއެވެ. އަދި ފަރިހިނގުމެއްގަ އައިސް އަހަރެން އަތުގައި ހިފައިގެން އެމީހާ ގާތަށް ގެންދިޔައެވެ.

“ޑޭޑް. މީ އަޝްޖައު ޖީންގެ ބައްޕަ. އަޝްޖައު ދިސް އިޒް މައި ޑޭޑްް” ކުޑަ ހިނިތުންވުމަކާއެކު ޖަންނަތު އޭނާގެ ބައްޕަ އަހަންނަށް ތައާރަފް ކޮށްދިނެވެ. އަހަރެން ވަރަށް ހަމަޖެހިލާފަ ހުރެ އަހަރެން ޖަންނަތުގެ ބައްޕައަށް ސަލާމަށް އަތް ދިއްކޮށްލީމެވެ.

*****

ރަހުވާގެ ނަޒަރުން:

އަޝްޖައުއާ ދިމާއަށް ބައްޕަ އެއްޗެކޭ ބުނެފާނެތީ އަހަރެންގެ ހިތް ނޭންގޭ ބާރު މިނެއްގައި ތެޅެމުން ދިޔައެވެ.

******

އަޝްޖައުގެ ނަޒަރުން:

އެއްވެސް އަސަރެއް ނެތް ގޮތަށް އަހަންނާ ދިމާއަށް ބަލާލުމަށްފަހު ބައްޕަ އަހަންނާ ސަލާންކުރިއެވެ. ބައްޕަގެ މޫނަށް އަރާފައިބަމުން ދިޔަ ކުލަވަރުން އަހަންނާ މެދު ހިތްހަމަ ނުޖެހޭކަން އަހަންނަށް އެނގުނެވެ. ވާނީވެސް އެހެންތާއެވެ. ތިމާގެ އަންހެން ދަރިފުޅުގެ އިއްޒަތް ނަގާލާފައި ހުރި ފިރިހިނެއްދެކެ ރުހުންވަނީ ކޮން ބައްޕައެއް ހެއްޔެވެ؟

ކޮޓަރިން ނިކުތް ޖީނާއަށް އަހަރެން ފެނުމާއެކު ޑެޑީއޭ ކިޔާ ދުވެފައި އައިސް އަހަރެން ގައިގައި ބައްދާލިއެވެ.

“މީ މަގޭ ޖަންނަގެ ޖީނާތަ؟” ޖީނާ ފެނުމާއެކު ފެންކަޅިވެފަ ހުރެ ބައްޕަ އަހާލިއެވެ. އެއާއެކު ލުއި ހިނިތުންވުމަކާއެކު ޖަންނަތު ބޯ ޖަހާލިއެވެ. “ދަރިފުޅާ ޖީން. އާދެބަ މީ ދަރިފުޅުގެ ކާފައޭ” ރޮވިފައިވި އަޑަކުން ބައްޕަ ޖީނާއަށް ގޮވާލިއެވެ.

*****

ރަހުވާގެ ނަޒަރުން:

މީ މަގޭ ޖަންނަގެ ޖީނާތަ؟” ޖީނާ ފެނުމާއެކު ފެންކަޅިވެފަ ހުރެ ބައްޕަ އެހިއެވެ. ފުރަތަމަ ފަހަރަށް ހަމަ ލޮލަށް ޖީނާ ފެނުމާއެކު އެކުއްޖާއާ މެދު ބައްޕަގެ ހިތުގައި ލޯބި އުފެދިއްޖެކަން އެނގުމުން އަހަރެން އުފާވިއެވެ. “ދަރިފުޅާ ޖީން. އާދެބަ މީ ދަރިފުޅުގެ ކާފައޭ” ރޮޮވިފައި ހުރެ ބައްޕަ ބުންޏެވެ.

ކުއްލިއަކަށް ބައްޕައާ ކާފާއާ ދިމާވުމުން ޖީނާ ހުރީ ހައިރާންވެފައެވެ. މޫނު މައްޗަށް ޖައްސާލި ވައްތަރުން އެންމެންނަށް އެއްފަހަރާ ހެވުނެވެ.

******

އަޝްޖައުގެ ނަޒަރުން:

“ރަހުވާ ދެން ހަމަ އިތުރަށް ނުކިޔަވާނަންތަ؟” ބައްޕަ ޖާންއަށް ރަހުވާއޭ ކިޔާ މުޚާތަބު ކުރުމުން އަހަރެން ހައިރާންވިއެވެ. “ކީއްވެ ޖަންނަތުއަށް ރަހުވާއޭ ތިބުނީ” ހިތުގައިވި ސުވާލު އަނގައިން ބޭރުވިއެވެ. އެއާއެކު ރުޅިއައިސް ރަތްވެފައި ހުރި މޫނަކާއެކު ބައްޕަ އަހަންނާ ދިމާއަށް ބަލާލިއެވެ. އެއަށްފަހު ހަމަ އެ ނަޒަރުން ޖަންނަތާ ދިމާއަށް ވެސް ބަލާލިއެވެ. ޖަންނަތުގެ އަތް ތުރުތުރު އަޅަން ފެށިއެވެ.

ބައްޕަގެ ރުޅި ގަނޑު ފަޅައިގެން ދިއުމުގެ ކުރިން ޖީނާ ގޮވައިގެން ޝައުން ބޭރަށް ނުކުތެވެ. ޝައުން ބޭރަށް ނުކުތުމާ އެކީހެން އަހަރެންގެ ކޯތާފަތް މައްޗަށް ހޫނު އެތިފަހަރެއް އެރިއެވެ.

“ކަލޭ ހީކުރީ މީ ޖަންނަ ކަމަށްތަ؟ އެހެންވެއްޖެޔާމުން އަހަރެން ބުނެދީފާނަން. މީ ރަހުވާ. އަހަރެންގެ ހަގު ދަރިފުޅު ޖަންނަގެ ކޮއްކޮ!” އިނގުނު ހަގީގަތުގެ ސަބަބުން އަހަރެން ހުރީ ޝޮކެއް ޖެހިފައެވެ. ޖީނާ މަންމަ އެ ކިޔަނީ ޖަންނަތުގެ ކޮއްކޮއަށް ހެއްޔެވެ؟ އަހަންނަށް ލޯބިވެވުނީ އަހަރެންގެ ދަރިފުޅުގެ މަންމަގެ ކޮއްކޮދެކެ ހެއްޔެވެ؟ އަހަރެންގެ ސަބަބުން އިއްފަތްތެރިކަން ގެއްލިގެން ދިޔަ ޖަންނަތުގެ ކޮއްކޮދެކެ ހެއްޔެވެ؟ ދެން އެހެން ވެއްޖެޔާ ރަހުވާ އެއީ ޖަންނަތުއެއް ނޫނޭ ނުބުނީ ކީއްވެހެއްޔެވެ؟ޖަންނަ ކޮބާ ހެއްޔެވެ؟ އަހަރުމެންގެ ދަރިފުޅު ރަހުވާ ބަލަންވީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ޖާން ކޮބާ ހެއްޔެވެ؟ އެތަށް ސުވާލެއް އަހަރެންގެ ހިތުގައި އުފެދުނެވެ.

“ޖަން..ނ..ަ ކޮބާ؟” ވަރަށް ހިއްވަރުކޮށްފައި އަހަރެން އެހީމެވެ. އަނެއްކާވެސް އަހަރެންގެ ކޯތާފަތަށް އެރީ ބައްޕަ އަތުގެ ހޫނު ހަމަލާއެކެވެ.

“ތި އަނަގައިން ދެން އެންމެ ފަހަރަކުވެސް އަހަރެންގެ ދަރިފުޅުގެ ނަން ނުގަންނާތި!” އެހެން ބުނުމަށްފަހު ހަރުކޮށް ހިނގާފައި ގޮސް ގެއިން ނިކުމެގެން ދިޔައީމެވެ.

ޚިޔާލީ ދުނިޔެއަށް ގެއްލިފައި އިން އަހަންނަށް ޚިޔާލުތަކުން ނިކުމެވުނީ ރަހުވާއައިސް އަހަންނަށް ފިޔާތޮށި ކުލައިގެ ފޮތެއް ދިއްކޮށްލުމުންނެވެ.

އަހަރެން އެ ފޮތުގައި ހިފުމާއެކު ރަހުވާ ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ.

******

ރަހުވާގެ ނަޒަރުން:

ކޮޓަރިއަށް އައިސް ދޮރު ލެއްޕިތަނުން އަހަރެންގެ ބަޑި ފަޅައިގެން ދިޔައެވެ. ދޮންތަ މަތިން މާ ބޮޑަށް ހަނދާންވީއެވެ.

****

ޝައުންގެ ނަޒަރުން:

ރުޅިގަދަވެފައި ހުރެ ރަހުވާގެ ބައްޕަ ގެއިން ނުކުމެގެން ދިއުމުން ގޭތެރޭގެ ހާލަތު މާ ރަނގަޅު ނޫންކަން އަހަންނަށް އެނގުނެވެ. “ޝައުންބެ ކީއްވެތަ ކާފަ އެހާ އެންގްރީވެފަ އެދިޔައީ؟” ޖީނާގެ އެސުވާލަަށް ޖަވާބެއް ނުދީ ޖީނާ ގޮވައިގެން އަހަރެން އެތެރެއަށް ވަނީމެވެ.

ރަހުވާގެ ރުއިމުގެ އަޑު ކޮޓަރިއެ ތެެެރެއަށް އިވެމުން ދިޔައިރު ފިޔާތޮށި ކުލައިގެ ފޮތެއް ހިފައިގެން ދީވާނާވެފަ ހުރި މީހެއްހެން ބިންމަތީގައި އަޝްޖައު ހުއްޓެވެ. އޭރު އޭނާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.

އަހަރެން އަތުން ވީއްލިގެން ޖީނާ ދުވެފައި އަޝްޖައު ގާތަށް ދިޔައެވެ.

*****

އަޝްޖައުގެ ނަޒަރުން:

“ޑެޑީ ކީއްވެ ރޮނީ؟” ޖީނާ އޭނާގެ ކުޑަކުޑަ އަތުން އަހަރެންގެ ކަރުނަތައް ފުހެދިނެވެ. އަހަރެންގެ ހިތުަގައި މާ ބޮޑަށް ޖެހުމާއެކު ގިސްލެވެން ފެށުނެވެ. އަދި އެ ދަރިފުޅު ގެނެސް މެއާލާ ބޮނޑި ކޮއްލެވުނެވެ. “އައި އެމް ސޮރީ މައި ޕްުރިންސެސް” ކިރިޔާ އަހަންނަށް އަޑުއިވޭ ވަރަށް އަހަރެން ބުނީމެވެ.

*****

ޝައުންގެ ނަޒަރުން:

ޖީނާއާ އަޝްޖައުއަށް ވަގުތު ދިނުމަށްފަހު އަހަރެން ރަހުވާގެ ކޮޓަރިއަށް ދިޔައީމެވެ. އަހަރެން ފެނުމާއެކު ރަހުވާ އަހަރެން ގައިގައި އޮޅުލައިގަތެވެ. “ޝާން. އައި މިސް ދޮންތަ” ގިސްލަމުން ރަހުވާ ބުންޏެވެ.

*****

އަޝްޖައުގެ ނަޒަރުން:

ދެލޯ ފުހެލުމަށްފަހު އަހަރެން ތެދުވީމެވެ. އަދި ރީތި ހިނިތުންވުމެއް ޖީނާއަށް ހަދިޔާ ކުރުމަށްފަހު އެ ދަރިފުޅު އުރާލީމެވެ. ރަހުވާ ވީ ކޮޓަރީގައިކަމުން ރަހުވާ ގާތަށް ޖީނާ ގެންދަން އަހަރެން އެ ކޮޓަރިއަަށް ދިޔައީމެވެ. އޭރު ޝައުން ގައިގައި ބައްދާގެން ގިސްލަ ގިސްލާފަ ރޯން ރަހުވާ އިނެވެ. ޝައުން ރަހުވާ ގައިގައި ބައްދާގެން އިންގޮތުން ރަހުވާދެކެ ޝައުންވާ ލޯބި އަހަންނަށް ފެނުނެވެ.

“ޑެޑީ މަންމި ކީއްވެ ޝަާންބެ ގައިގައި ހަގްކޮށްގެން އެރޮނީ؟” މައުސޫމްކަމާއެކު ޖީނާ އަހާލިއެވެ. “ކޯސް ދޭ ލަވް އީޗް އަދާ” ޖީނާ ބިންމަތީގައި ބަހައްޓަމުން އަހަރެން ބުނީމެވެ. އަހަރެން ބުނީ ކީކެން ޖީނާއަކަށް ދޭހައެއް ނުވިއެވެ.

“ޖީން ދޭ މަންމި ކާރިއަށް!” ޖީނާ ރަހުވާ ގާތަށް ދިއުމުން ރަހުވާ ދިން ފޮތް ހިފައިގެން އަހަރެން ރަސްފަންނާ ދިމާއަށް މިސްރާބު ޖެހީމެވެ.

ހެނދުނުގެ ހިތްފަސޭހަ ވަގުތު ރަސްފަންނުގައި ފުދޭވަރަކަށް މީހުން ގިނައެވެ. ޖެހެންމުން ދިޔަ ހިތްގައިމު ވައިރޯޅިންނާއި ދޮންވެލިގަނޑުގައި ބީހެމުން ދިޔަ ރާޅުގެ އަޑުއިވުމުން ހަލާކުވެފައިވާ ހިތަށް ކޮންމެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ހާސިލް ވުމަށް އެދި ހިތް ރޮނީ 26

Next

ލޯބިވެވުނީއެވެ. – 18

Next
December 11, 2018

ލޯބިވެވުނީއެވެ. – 18

Previews
December 11, 2018

ހާސިލް ވުމަށް އެދި ހިތް ރޮނީ 26

6 Comments!

  1. Uknwme;) says:
    December 11, 2018 at 8:11 pm

    Alheyyy whT hppnd to janna

    1. Kiyara says:
      December 11, 2018 at 8:35 pm

      Hihi lets see what happened to janna.

  2. Haa says:
    December 11, 2018 at 8:57 pm

    Vrh reethi

  3. Nau says:
    December 11, 2018 at 9:51 pm

    Woww….speechless kiya darlinn???pls nxt part avahah up kohdhechchey……keep up the gud wrk dearr…..?much luvs frm nau??

  4. Anonymous says:
    December 11, 2018 at 11:36 pm

    Probably janna is dead?????? btw story is superb

  5. Naash says:
    December 13, 2018 at 12:46 pm

    Heyy …. kn irakn tha next part??? Waiting curiuosly….? . By the way your story is just amazing…???..keep up your good work..??

Comments are closed.

Next Episodeމާފެއް ނުކުރާނަން ހެއްޔެވެ؟ 14←


All Right Reserved!