Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 37

Sh@_n@ Level 410 Stories100 Comments100 Login
December 8, 2018 7 Mins Read
44 Comments

އަރުޝްގެ ކަންފަތް ދޮށުގައި ފަޒީލްގެ ކޮންމެ ވާހަކައެއް ތަކުރާރު ވަމުންދެއެވެ. ގަބުވެފައި ހުރެވުނީ ފަޒީލްގެ ޖުމްލަތަކުންނެވެ. އަނގަމަތީ އަތް އަޅާ ހުރިތަނަށް ތިރި ވެވުނީ އަމިއްލަ ނަފްސު ކުއްވެރިވީ ވަރުންނެވެ. އިސާހިތަކު ސާރާއާ ދޭތެރޭ ކަންތަށް ކުރެވުނު ހުރިހާ ގޮތެއް ލޯ ކުރިމަތީ ސިފަވަމުންދިޔައެވެ.

ހާސްކަމާއި ކަންބޮޑުވުމާއެކު އަރުޝްއަށް މޫނުމަތީގައި އަތް އަޅާލެވުނެވެ. އަދި ނޭވާ ހާސްވާހެން ހީވާން ފެށުމާއެކު މެޔާ ދިމާލުގައި އަތުން ފިރުމާލެވުނެވެ. އެޔާއެކު ގަމީހުގެ ގޮށުގައި އޮޅިފައި އިން އެއްޗެއްގައި އަތްޖެހުނެވެ. އެހެންކަމުން ރަނގަޅަށް ބަލާލިއެވެ. ރިހި ފަށެއްކަހަލަ ކުޑަ އެތިކޮޅެއް އިނުމުން އަރުޝް މީ ކޯއްޗެއް ބާއޭ ހިތަށް އަރަމުންދިޔައެވެ. އަދި އެވަގުތު ސާރާއާ އެކީ ޓެރަސްގަ އެވީ ކަންތަށް ހަނދާނަށް އައެވެ. އަދި އެވަގުތު ކަމެއް ވީކަން ފާހަގަ ނުވިޔަސް މީ އޭގެ ކަމެއް ކަން އަރުޝްއަށް ގަބޫލް ކުރެވުނެވެ.

އެހެންކަމުން ދުވެފައި ޓެރަސްއާ ދިމާލަށް މިސްރާބު ޖެހިއެެވެ. ޓެރަސްއަށް ދިއަ ފަހުން ބޮކި ނުދިއްލާކަން ހަނދާންވިއެެވެ. އެެހެންނަމަވެސް ދެވަނަ ފަހަރަށް ފައިބަން މަސައްކަތަަށް ފޯނު ނަގާ ފޯނުން ދިއްލާލުމަށްފަހު ސާރާ ހުރި ދިމާ ހޯދަން ފެށިއެވެ. ފޯނުން އަލިކުރަމުންދަނިކޮށް ވިދާއެއްޗެއް ފެނުނުހެން ހީވެގެން އަރުޝް އެދިމާލަށް ގޮސް އެ އެތިކޮޅު ނަގަން ދެކަކޫ މައްޗަށް އިށީނެވެ. އަދި އެ ނެގުމަށްފަހު ފޯނުން އަލި އަޅުވާ ރަނގަޅަށް ބަލާލިއެވެ. އެއާ އެކު އަރުޝްގެ ދެލޯ ދިޔައީ ބޮޑުވެގެންނެެވެ. ކުޑަކުއްޖެއް ފަދައިން ބިންމަތީ އިށީނދެވުނީ ހިތަށް ލިބުނު ޒަހަމް އަކުންނެވެ. ދެލޯ ފުރެންދެން ކަރުނައައީ އެ ފަށަކީ މީގެ ހަ އަހަރު ކުރިން ސާރާގެ ކަރުގައި އަރުޝްގެ ދެ އަތުން އަޅުވައިދިން ފަށަށްވީތީއެވެ.

ފަށުގެ ކުޑަ ތަންކޮޅެއް ފިޔަވައި ފަށް އެއްކޮއް ކަހަލަ ގޮތަކަށް ފަށުފުލާއެކީ މިހާރު އެ އޮތީ އަރުޝްގެ އަތުގައެވެ. އަރުޝްއަށް ފަށުފުލުގައި ތުންފަތް ޖައްސާލެވުނެވެ. އިސާހިތަކު އެރޭގެ އެ ހަނދާންތަށް އަރުޝްގެ ސިކުނޑީގައި އެނބުރެންފެށިއެވެ. ސާރާ އަރުޝްދެކެ ވަނީ ހަގީގީ ލޯބިކަން އަރުޝްއަށް ޔަގީންކުރެވުނެވެ. އަދި ފަޒީލް އެދެއްކީ ތެދު ވާހަކަ ތަކެއްކަން އަރުޝްގެ ހިތް ބުނަންފެށިއެވެ. އެއާއެކު އަރުޝް ސާރާ އޭ ކިޔައި ހަޅޭލަވައިގަތެވެ. އަޑުގެ ނެތްތަނަށް ކުޑަކުއްޖެއް ފަދައިން ރޮއެ ގޮތެވެ.

” ސާރާ އަހަރެންނަށް މާފްކުރޭ, ޕްލީސް މާފް ކުރޭ, ސާރާ އަހަރެންނަށް އެންމެ ބޭނުންވީ ދުވަހު އަހަރެން ސާރާ ދޫކޮއް ދިޔައީ, ޕްލީޒް އަހަރެންނަށް މާފް ކުރޭ, އަހަރެން ހުރިހާ ކަމެއްވެސް ހަމަޔަކަށް އަޅުވާނަން, ހަމަ އެންމެ ފުރުސަތެއް ދީ, އާދޭސްކޮއްފަ ބުނަން, އަހަރެންނަކަށް ދެން ސާރާ އާ ވަކިން ނޫޅެވޭނެ, އަހަރެން މިކަންތަށް ހިނގި ސަބަބު ހޯދާނަން, ސާރާ އަހަރެންނަކާ ދެން ވަތްކެއް ނުކުރެވޭނެ، އަހަރެން މިދަނީ ސާރާ, އަހަރެން ގޮވައިގެން ދޭ, އަހަރެންގެ ސަބަބުން ވަރަށް ވޭން ލިބިއްޖެއްނު, ދެން އެހެނެއް ނުވާނެ, ސާރާ ކޮންތާކަށް އަހަރެންދެކެ ރުޅި އައިސަ ތި ދިޔައީ, އެ ދަރިފުޅަށްޓަކައި އާދޭ, އަހަރެން ސާރާދެކެ ލޯބިނުވާތީއެއްނޫން އެގޮތަށް ކަންތަށް ކުރީ, ހިތަށް ލިބިފައިވާ އަނިޔާއިން, އަހަރެން ގަބޫލު ކުރަން މީހުން ދައްކާ ވާހަކަ ގަބޫލް ކުރަން ނުވާނެކަން, އަހަރެންނަށް މާފަކުރޭ” އަރުޝް ކުޑަކުއްޖެއް ފަދައިން އެ ފަށުގައި ފިރުމަމުން ބުނަމުންދިޔައެވެ.

އާރޓިފިޝަލް ބީޗާ ދިމާލަށް ސައިކަލްގައި ދުއްވަމުން ދިޔަ އަރުޝް ފަރާތް ފަރާތަށް ބަލަމުން ދިޔައީ ސާރާ ފެނުމުގެ އުންމީދުގައެވެ. އެހެންނަމަވެސް އަރުޝްގެ ލޮލުގައި އަޅައިގަތީ އެކަނިމާ އެކަނި އިން ފަޒީލްއެވެ. އަރުޝް ބަލާކަށް ނުހުރެ ސައިކަލް ޕާކް ކުރުމަށްފަހު ގޮސް ފަޒީލްއާ ޖެހިގެން އިށީނެވެ. އަރުޝްކަން އެނގުމާއެކު ފަޒީލް ލޮލުން ފޭބި ކަރުނަތަށް ފުހެލާ ވަރަށް އުނދަގުލުން ވާހަކަ ކުރިއަށް ގެންދިޔައެވެ.

” ސާރާ މިތާ އިނދެގެން ވަރަށް ރޮއެފަ އެ ދިޔައީ, މިތާ އިންދަ ފެނުންކަން އެއީ ނަސީބު, އަހަރެންގެ ބަހަށްވެސް ގުޑާނުލި, ކުޑަ ކުޑަ ފައުޒާން ބުނީމަ އެދިޔައީ، މީގެ ހަ އަހަރު ކުރިންވެސް އަހަރެން ސާރާގެ މޫނުމަތިން ފެނުނު ވޭން މިރޭ އެ ފެނުނީ” ފަޒީލް އެހެންބުނެ ވާހަކަ ހުއްޓާލީ އިތުރަށް ކުރިއަށް ނުގެންދެވުމުންނެވެ. އެހެންނަމަވެސް މިއަދު މިއޮއް ހުރިހާ ދުވަހު ހިތުގެ އުފެދުނު ރިހުމާއި ވޭން, ހުރިހާ ފިކުރަކާއި ހިތުގައި ފޮރުވާފައިވާ ކެކުޅުންތަށް ސިކުނޑިން ބޭރުން ކުރަން ބޭނުންވިއެެވެ.

” އަރުޝް, އަހަރެންނަށް މާފް ކުރޭ, އަހަރެންގެ ދަރިފުޅާ ބެހޭގޮތުން އެފަދަ އެއްޗެއް ބުނީމަ އަހަރެންނަށް ކެތް ނުވީ, އެ ދަރިފުޅަކީ އަހަރެންގެ އަންހެނުން މިދުނިޔެ ދޫކޮށް ދަމުން އަހަރެންނާ ހަވާލު ކުރި އަމާނާތެއް, އަހަރެން ކިހިނެއް އެ ދަރިފުޅަށް ދެރައެއް އެދޭނީ”

ފަޒީލް, އެހެންބުނެ ނޭފަތް ދަމާލީ އިތުރަށް ރޮވި ދާނެތީއެވެ. ފަޒީލްގެ މި އަމަލުން ފަޒީލްއަށް ކޮއްފައިވާ އަސަރު ވަރަށް ރަނގަޅަށް ހާމަވެއެވެ. މިއޮއް ހުރިހާ ދުވަހު އެހެން މީހުންގެ ހިތްވަރަކަށް ވާން ހިތުގައި ހުރިހާ ރިހުމަކާ ވޭނެއް ފޮރުވައިގެން ހުރި ފަޒީލްއަށް ރަނގަޅަށްވެސް ރޮވިއްޖެއެެވެ.

” އަރުޝްއަކަށް ނޭނގޭނެ, ސާރާ އަކީ ވަރަށް ހިތްވަރުގަދަ އަހްލާގް ރަނގަޅު ކުއްޖެއް, އެހެންވެ އަހަރެންގެ ހިތުން ސާރާއަށް ހާއްސަ މަގާމެއް އެއްއިރެއްގަ ދެވުން, އެކަމް އެކަން ބަދަލްވީ ރަޝްމީ އާ ދިމާވި ހިސާބުން” ފަޒީލް މާޒީގެ ހިތި ސޮފްހާތަށް ހިތުގެ ކުރިމަތީ ނިއުޅާލިއެވެ. ފަޒީލްގެ ކޮންމެ ވާހަކައެއް އަރުޝް އަޑުއަހަމުންދިޔައެވެ. ފަޒީލްގެ ކޮންމެ ވާހަަކައަކުން އަރުޝްއަށް ލިބެމުން ދިޔައީ ހައިރާންކަމެވެ.

ފަޒީލް އަރުޝްއަށް ފަޒީލްގެ ކުރީގެ ދިރިއުޅުމާއި ފަހުގެ ދިރިއުޅުމަށް ބަދަލުވާން ދިމާވި ހާދިސާވެސް ކިޔައިދިނެވެ. އަދި ސާރާގެ މަންމަ ނިޔާވެގެން ސާރާ އެކަނި ބަހައްޓަން ބޭނުން ނުވާތީ މާލެ ގެނައި ވާހަކަވެސް ކިޔައިދިނެވެ. އަދި ހިނގި އެކްސިޑެންޓްގެ ވާހަކަ ވެސް ކިޔައިދިނެވެ. ފަޒީލްގެ ވާހަކަ އެހިސާބަށް ދިޔައިރު ފަޒީލްއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. އިރުކޮޅަކު ވާހަކަ ދެއްކުން ހުއްޓާލުމަށްފަހު ފަޒީލް އަނެއްކާވެސް އާ ހިތްވަރާއެކު ވާހަކަ ފެށިއެވެ.

ރާއްޖޭން ދޭނެ ފަރުވާއެއް ނެތިގެން ލަންކާއަށް ދިޔަ ވާހަކައާއި ދިޔަތާ ހަފްތާއެއް ނުވަނީސް ސާރާ ކޯމާއަކަށް ދިޔަ ވާހަކައެވެ. ސާރާގެ ހާލަތު ބަލަން ފައުޒިއްޔާއަށް ކެތްނުވެގެން ރޮއެ ހިތާމަކޮށް ފައުޒިއްޔާ ބަލިވި ވާހަކައެވެ. އެކަމުގައި ހަނދާނެ ގޮތެއްނެތިފަ ހުއްޓާ ރަޝްމީ ލަންކާއަށް ސާރާ ކައިރިއަށް ދިޔަ ވާހަކަވެސް ފަޒީލް އަރުޝްއަށް ކިޔައިދިނެެވެ. މިއިން ކޮންމެ ވާހަކައަކީ އަރުޝްއަށް އާ ވާހަކަތަކެކެވެ.

” އަރުޝްއަށް އެނގޭތަ، ސާރާ ދެ އަހަރު ވަންދެން ކޯމާގަ އޮތޭ, އަހަރެމެން އެކަކުވެސް ބޭނުމެއްނުވި ހިތްވަރު އެލުވާލާކަށް, ރަޝްމީ ގިނަ ވަގުތު ހޭދަކުރަނީ ސާރާ ކައިރީ, ވާހަކަ ކިޔައިދިނުމާއި ސަކަރާތް ޖެހުން އެއީ ރަޝްމީ އެންމެ ގިނައިން ކުރާކަންތަށް, އެއީ ކޯމާގެ އޮންނަ މީހާއަށް އަޑު އިވޭނޭ ބުނާތީ, ރަޝްމީ ހިތް ވަރު އެލުވައެއްނުލާ, ސާރާ ކޯމާއިން ރަނގަޅުވި ދުވަހު ރަޝްމީ ހާދަ ރުޔޭ, އުފަލުން އޭނަ ހީވަނީ މޮޔްވެދާނެހެން, އެކްސިޑެންޓުގައި ފަޔަށް ލިބުނު ގެއްލުމަށް ވަރަށް ގިނަ ދުވަސް ވަންދެން ބޭސްކުރަންވެސް ޖެހުން, މިހާރުވެސް އުޅޭނެ ފައިގަ ރިއްސާތީ” ފަޒީލް މާޒީން ދުވަހެއް ހަނދާން ކުރަމުން ބުނެލިއެވެ.

ކޯމާއިން ރަނގަޅުވުމަށްފަހު ސާރާ އެކަނިވެރިކަމަށް ލޯބިކުރަންފެށި, އެގޮތުން އަހަރެން ސާރާއާ ބައްދަލު ކުރަން ދިޔަ ދުވަހެއްގަ އިވުނީ ރަޝްމީ އަހަރެންދެކެ ލޯބިވާ ވާހަކަ ސާރާ ކައިރީ ބުނި އަޑު, އަދި ސާރާވެސް އެކަމާ އުފާވި, އެދުވަހު ވަރަށް ދެރަވި އެއީ އަހަރެން ލޯބިވަނީ ސާރާ ދެކެ ކަމަށްވާތީ, އެކަމް ރަޝްމީ ސާރާއަށްޓަކައި އެކުރި ހިތްވަރަށް އޭނަގެ ހިތް ހަލާކު ކޮއްލާކަށް ނުކެރުން, އެހެންވެ އަހަރެން ރަޝްމީ އާ ކައިވެނި ކުރީ, ސާރާ ހުރީ ވަރަށް އުފަލުން އަހަރެން ރަޝްމީއާ ކައިވެނި ކުރީމަ، އަހަރެން އުއްމީދު ކުރި ގޮތާ ހިލާފަށް ދުވަސްތަކެއްނުވެ ރަޝްމީގެ ލޯބިން އަހަރެންގެ ހިތް އޭނަގެ މައްޗަށް އަނބުރާލި, މުޅި ދުނިޔޭގަވެސް އަހަރެންނަށް އުފާ ނުލިބޭ ވަރަށް ރަޝްމީގެ ފަރާތުން ލޯބި ލިބުން, އުފާ ލިބުން, އެކަމަކު” ފަޒީލް އެހެންބުނެ ބޮލުގެ އިސްތަށިގަނޑު ތެރެއަށް އަތް މަހާލިއެވެ. އަދި ރޯންފެށީ ކުޑަކުއްޖެއް ފަދައިންނެވެ. އަރުޝްއަށްވެސް ކިރިޔާ އިނދެވޭކަމެވެ. އަރުޝް ފަޒީލްގެ ކޮނޑުގައި އަތް ޖަހާލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. ފަޒީލް އަނެއްކާވެސް ވާހަަކަފެށިއެވެ.

” ކައިވެންޏަށް 6 މަސް ފަހުން އެނގުނީ ރަޝްމީ ބަނޑުބޮޑުކަން, އަހަރެންގެ އުފާތަށް ދެގުނައަށް އިތުރުވި, އެދަރިފުޅަށްޓަކައި ހުރިހާ ގޮތަކުން ތައްޔާރުވިން, އެކަމް ރަޝްމީގެ ހާލާ ބޭބީގެ ހާލް ގޯސްވާން ފެށުމުން ހަތް މަހުގައި ދަރިފުޅު ނަގަން ޖެހުނު, ޑޮކްޓަރ ބުނީ ކޮންމެސް އެކަކެއްގެ ފުރާނައޭ ސަލާމަތް ކުރެވޭނީ, އަހަރެން ގޮތް ހުސްވި, އަހަރެން ދެމީހުންވެސް ބޭނުންވި, އެކަމަކު ވަރަށް ވިސްނުމަށްފަހު އަހަރެން ބުނީ އަހަރެންގެ އަންހެނުން ބޭނުމޭ އަދިވެސް އެވަގުތު ކޮޅު ހިތަށް އެރިއަސް މެއިން ދިލަ ނަގާ ވަރުވޭ”
ފަޒީލް މެޔާ ދިމާލުގައި އަތް އަޅާލަމުން ބުނެލިއެވެ

މިއަދު ވީ ކަމެއްހެން އަދިވެސް ހަނދާން އެބަހުރި, ރަޝްމީގެ މޫނުމަތިން ފެނުނު ނާ އުންމީދު, އެވަރުންވެސް އޭނަ މަސައްކަތް ކުރަމުންދިޔައީ އެހެން މީހުން ހިތްހަމަ ޖައްސަދޭން” އަހަރެން ކިހިނެއް އެވަގުތުކޮޅު މަތިން ހަނދާން ނެތޭނީ, ރަޝްމީ ފެނުމުގެ އުންމީދުގަ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީ، އެހެނަސް ޑޮކްޓަރ ދިން ހަބަރުން އަހަރެންގެ މުޅި ދުނިޔެ އެނބުރުނު ފަދަ, ކެތްކުރެވޭތޯ ވަރަށް މަސައްކަތް ކުރިން ދަރިފުޅުގެ ހައްގުގަ, ޑޮކްޓަރާ ސުވާލުކުރިން ކީއްވެތޯ އެގޮތަށް ވީ، އެނގޭތަ އެންމެ ފަހުވަގުތު ރަޝްމީ އެނދުނީ ދަރިފުޅު ސަލާމަތް ކޮއްދޭން, ޑޮކްޓަރ އެވާހަކަ ބުނީ މާ ފަހުން, އަހަރެންނަށް އިތުރަށް ޖައްސާނެ މައްސަލައެއްނެތް, އެއީ ރަޝްމީގެ ނިންމުން ކަމަށް ވާތީ” ފަޒީލް ވާހަކަ މެދު ކަނޑާލުމަށް ފަހު ވޭނީ އާހެއް ފަޒާގެ ތެރެއަށް ދޫކޮއްލިއެވެ.

” ރަޝްމީ ނިޔާވުމަށްފަހު ފައުޒާންގެ ހުރިހާ ކަމެއް ކުރަމުން އައީ ސާރާ, މަޑުމަޑުން ސާރާގެ ހިތުގައި ފައުޒާންއަށް ލޯބި ޖެހި ކުރިން އުޅުނު އެކަނިވެރިކަން ދޫކޮއްލި, އެކަމަކު ރަޝްމީ މަތިން ހަނދާންކޮއްފަ ނުރޮއެ ދުވަހެއް މަދުވާނެ, ސާރާ އަމިއްލައަށް މަންމަ ކިޔައިދިނީވެސް, ފައުޒާންގެ މައުސޫމް މޫނުކޮޅު ފެންނަ ކޮންމެ ފަހަރަކު ރަޝްމީ މަތިން ހަނދާންވެ، ފައުޒާން ބޮޑުވަމުންދާ މަންޒަރު ބަލާން ހުންނާނެ ނަމައޭ ހިތަށްއަރާ، އެކަމް މިއަދު ރަޝްމީ ވަނީ އަހަރެންނާ މާދުރުގަ” ފަޒީލް ނުރޯން މަސައްކަތް ކުރަމުން ދިޔައެވެ. އެހެން މީހުންގެ ކުރިމަތީ ކެތްތެރި ވެވޭތޯ ފަޒީލް ދިޔައީ މަސައްކަތް ކުރަމުންނެވެ.

އަރުޝްވެސް އިނީ ބާރަށް ރޮވި ދާނެތީ އަނގަމަތީ އަތް އަޅައިގެންނެވެ. އަރުޝްއަށް ސާރާ އުފުލި ބުރަ އާއި ފަޒީލް އުޅުނު ގޮތް ކިޔައިދިނުމުން ރަނގަޅަށް ވެސް އަމިއްލަ ނަފްސު ކުރެވުނެވެ. އަދި އެދުވަހު އެމީހުން އުޅޭނެ ހާލް އިހްސާސް ކުރެވުމުން ވަރަށް ދެރަވިއެެވެ. މިއޮއް ހުރިހާ ދުވަހު ބޮޑު ކުންހީއެއްގަ ހުރެވުނީތީ އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ.

” ފަޒީލް އަހަރެންނަށް މާފްކުރޭ, އަހަރެންނަށް ވަރަށް ގޯސްކޮށް ހުރިހާ މީހުންނާ ދޭތެރޭ ވެސް ކަންތަށް ކުރެވުނީ, އަހަރެން ބޭނުން ސާރާގެ މާފްވެސް, އަދި އަހަރެން ބޭނުން ކާކުގެ ރޭވުމެއްތޯ މިހުރިހާ ކަމަކީ” އަރުޝް އިންތަނުން ތެދުވަމުން ބުނެލިއެވެ.

” އަރުޝް ބުނަން, ތި ހުރިހާ ކަމުގެ ފެށުމަކީ ނަޢުހާ, އަހަރެން ކުރިން ބުނިހެން ނަޢުހާއާ އަަހަރެންނާ ދެމެދު ގުޅުންތަކެއް އޮތް, ނަޢުހާ ބޭނުންވަނީ އަރުޝް, އަދި އަހަރެން ބޮލުގަ އެ އެޅުވި އިލްޒާމަކީ ނަޢުހާ ގަސްތުގަ ޖެއްސި އެކްޓެއް, އެކަމަކު އެކަކުވެސް އަހަރެން ދެއްކި ވާހަކަ ގަބޫލެއް ނުކުރި, އެދުވަހު އަަހަރެން އެޅި ކަރުނަ ދެކެން ހުރީ ސާރާ އެކަނި” ފަޒީލް އަރުޝްއާ ދިމާލަމުން ބުނެލީ ޝަކުވާގެ ނަޒަރަކުންނެވެ. ފަޒީލްގެ އެވާހަކައިން ނަޢުހާގެ މަކަރުވެރިކަން ހިތަށް ވަދެ އަތްމުއްކަަވާލެވުނެވެ.

” ފަޒީލް, އަހަރެން ސާރާ އާ ބައްދަލު ކުރަން ބޭނުން, މާފަށް އެދެން ބޭނުން، އަލުން ގުޅެން ބޭނުން” އަރުޝް ފަޒީލްގެ އެހީއަކަށް އެދޭ ފަދައިން ބުނެލިއެވެ.

” އަރުޝް, ސާރާގެ މާފް އެހާ ފަސޭހައިން ނުލިބޭނެ, އެތަށް އަަހަރެއްގެ ވޭނާއި ކެކުޅުން ސާރާ ތަހައްްމަލް ކޮއްފި, މަސައްކަތް ކޮއްލަން ޖެހޭނީ” ފަޒީލް އަރުޝްއަށް ވިސްނައިދެމުން ބުނެލިއެވެ.

” ކިތަންމެ ދުވަހެއްވިޔަސް އަހަރެން ސާރާއަށް އިންތިޒާރު ކުރާނަން, އެކަމަކު ޝާމިންއަށް އަހަރެން ކިހިނެއް އަންގާނީ, އޭނަ ނިމެން އަދި 6 މަސް އެބައޮތް” އަރުޝް އަނެއްކާވެސް އިށީންނަމުން ބުނެލިއެވެ.

” އަރުޝް, ޝާމިންއަށް އެހަށް ނުވިސްނާ, ސާރާ ހަމައަކަށް އަޅުވާ, އަަހަރެން ބޭނުންވަނީ ތި ދެމީހުން ގުޅެން, ސާރާއަށް މިއޮއް ހުރިހާ ދުވަހު އުނިވި ލޯބި އަނބުރާލިބުން” ފަޒީލް އަރުޝްއަށް ބުނެލިއެވެ.
އެރޭ ނިމިގެންދިޔައީ ފަޒީލްއާއި އަރުޝް ދެ ރަހްމަތްތެރިންގެ ގޮތުގައި ލިޔެވިގެންނެެވެ.

ފާހާނާއިން މޫނު ފޮހެމުން ނިކުތް އާމިރު ބަލާލީ އެނދުމަތީގައި ފޯނާ ކުޅެން އޮތް އަރީޝާއަށެެވެ. ތުވާލި އެޅުވުމަށްފަހު އާމިރު އައިސް އަރީޝާއާ ޖެހިގެން އޮށޯތެވެ. އެތަށް ދުވަހަކަށްފަހު މީ ދެމީހުންނަށް ވާހަކަ ދައްކާލަން ލިބުނު ފުރުސަތެއް ކަމާ އާމިރު ވާހަކަ ފެށިއެވެ.

” އަރީ، އަހަރެމެންނަށް އަރުޝްއާ ދޭތެރޭ ކަންތަށް މިކުރެވެނީ ރަނގަޅަށްތަ” އާމިރު ފުރަތަމަ ފަހަރަށް އަރުޝްއާ ދޭތެރޭ ވިސްނާކަން ހާމަވެގެން ދިޔައެވެ.

” އާނ, ކީއްވެ ރަނގަޅު ނުވާންވީ, އެކައިވެނީގެ ސަބަބުން އަހަރެންނާ ހަފީއާ ދެމީހުންގެ އޮތް ގުޅުން ކައިރިވާނެ” އަރީޝާ ހާމަ ކުރީ ހަގީގަތުގައިވެސް އަރީޝާ އެކައިވެނި ކުރުވަން ބޭނުންވަނީ އެ ގުޅުން ކައިރިކުރުވަންކަމެެވެ.

” އެކަމް, އަހަރެންނަށް ހީވަނީ އަރުޝްއަށް އަދި ވަގުތު ކޮޅެއް ދޭންވީހެން ހައިފާ ދަސްކުރަން” ހަގީގަތުގައި އާމިރު މިހާރު ބޭނުންވަނީ އެކައިވެނި ލަސްކުރުވާށެެވެ. ކޮންމެފަދަ ކަމެއް ކޮށްގެންވެސް އެކައިވެނި ލަސްކުރާށެވެ. އިތުރަށް އަރީޝާއާ ވާހަކަ ނުދައްކާ އަނެއް ފަރާތަށް އެނބުރުނީ އަރީޝާ ނުވިސްނާނެ ކަން އެނގޭތީއެވެ.

ކޮޓަރިއަށް ވަތް ހަފީޒާ ސިހުނީ މުޅި ކޮޓަރި އެފުއް މިފުށަށް ޖަހާފައިވާ ތަން ފެނިފައެވެ. ހައިފާ ކޮބާތޯ ބެލިއިރު ހައިފާ ކޮޓަރީގައި ނެތުމުން ކަންތަކާ ޖެހުނީއޭ ކިޔައި ކޮޓަރިން ނުގުންނަން ހިނގައިގަތެވެ. އެހެންނަމަވެސް ފާހާނާއިން ނުކުތް ހައިފާ ފެނިފައި އެނބުރި ކޮޓަރިއަށް ވަނެެވެ.

” ހައިފާ, މީ ކޮންކަމެއް, ކޮންހާ ވަރެއް ކޮޓަރިއަށް އަރުވާލާފަ މިއޮތީ” ހަފީޒާގެ އަޑު ފަހަރަކަށް ވުރެ ފަހަރެއް ބާރުވަމުންދިޔައެވެ.

” މަންމަ މިކަމާ ނުބެހީ, އަރުޝް އަހަރެންނާ އިންނާނޭ ކިޔައިގެން އުޅުނީ, މަށަށް ޔަގީން އެދެމީހުންގެ ދެމެދުގަ ކޮންމެސް ގުޅުމެއް އެބަ އޮތްކަން, އަހަރެން ހޯދާނަން, ތިޔަ ކުއްޖަކާ ވައި އެޅެންވެސް ދެން އަރުޝްއަކަށް ނުކެރޭނެ” ހައިފާ އެނދުމަތީ އިށީންނަމުން ބުނެލިއެވެ.

“އާހް, ވަރުބަލި ވެއްޖެ, ފެންފުޅިއެއް ގެނެސްދީބަލަ” މައި ނޭވާ ލެވެމުންދިޔަ ނަޢުހާ ވައްޑެއަށް ބުނެލީ އެނދުން ތެދުވެގެން ދާންފެށި ވަހީދުއަށެވެ.
” ނަޢު, ކޮންއިރަކުންތަ މެރީ ކުރާނީ, އަހަރެން ވަރަށް ލޯބިވޭ ނަޢުދެކެ” ވަހީދު ފެންފުޅި ދިއްކޮއްލަމުން ބުނެލިއެެވެ.
” ކައިވެންޏޭ, އަހަރެން ތިކަހަލަ ކަމަކާ ނޫޅެން, ކައިވެނި ކުރަން ބޭނުންނަމަ ކީއްކުރަން މި ކަމެއްވެސް ތިޔަ ކުރީ, އެހެންނޫނަސް ކައިވެނި ކޮއްގެން ކިހިނެއް މިހެން އުޅޭނީ, މިވީ ހަ އަހަރު, ދުވަހުވެސް އަހަރެން ކައިރީ އެހެން މީހަކު ނާހާ އިންނާކަށް, އެމީހެއްގެ ބޭނުން ފުދުނީމަ އެ ނިމުނީ” ނަޢުހާ ވަހީދުއާ ދިމާލަށް އެހެންބުނެލީ ހިސާބަކަށް ނުރުހުންވެފައެވެ. ވަހީދު އިސްޖަހާލީ އިތުރަށް ބުނާނެ އެއްޗެއް ނެތުމުންނެވެ.

މިފާއިތުވި ދުވަސްތަކުގައި ނަޢުހާގެ ދިރިއުޅުމަކީ އެއީއެވެ. ފަހަރަކު ފިރިހެނަކާ ގުޅުން ބާއްވަމުން ދިޔުމެވެ. އެހެން އުޅުމުގެ ތެރޭގައި އެއްފަހަރު ބަނޑުބޮޑުވިއެެވެ. އެދަރިފުޅަކީ ކާކުގެ ދަރިއެއްކަމެއް ހުދު ނަޢުހާއަކަށް ވެސް ނޭނގެއެވެ. ބާރުގަދަ ބޭސް ބޭނުންކޮއްގެން އެ ކުށެއްނެތް ފުރާނަ ދުއްވާލީ އެއްވެސް ރަހްމެއްނެތިއެވެ. ކުރެވުނީ ކިހާ ބޮޑު ފާފައެއްކަން ނަޢުހާ ވިސްނާކަށް ބޭނުމެއްވެސް ނުވިއެެވެ.

އަރައިގެން އައި އިރާއެކު ސާރާ ތައްޔާރުވަމުންދިޔައީ ފައުޒާން ހެނދުނު ހިނގާލަން ދާން ބުނެފަ އޮތީމައެވެ. ފައުޒާންގެ އަތުގެ ހިފައިގެން މަޑު ހިނގުމުގައި ރަސްފަންނާ ދިމާލަށް ދަމުން ދިޔައެެވެ.
” މަންމީ, ލުކް” ފައުޒާން ރަތް ދަޅަ އަޅަމުންދާ އިރަށް ބަލަމުން ބުނެލިއެވެ. ސާރާ އަރަމުންދާ އިރަށް ބަލާލީ ހިތަށް ލިބިފައިވާ މާޔޫސްކަން ކުޑަ ކުރާށެެވެ. ރޭގެ ހާދިސާއަށްފަހު އަރުޝްއާ އެއްގޮތަކަށްވެސް ވާހަކަ ނުދައްކަން އަޒުމު ކަނޑައެޅިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

ކުރުހާލެވުނޭ ތިސޫރަ މިހިތުގައި…5 ވަނަބައި

Next

ލޯބި 9 ވަނަ ބައި

Next
December 8, 2018

ލޯބި 9 ވަނަ ބައި

Previews
December 8, 2018

ކުރުހާލެވުނޭ ތިސޫރަ މިހިތުގައި…5 ވަނަބައި

44 Comments!

  1. Niha says:
    December 8, 2018 at 6:25 pm

    Yeyyy. Me first dhw.. kiyaalaafa comment eh kohlaanan

    1. Sh@_n@ says:
      December 8, 2018 at 6:27 pm

      Yess. Ur first. Comment kohlahchey

  2. Sh@_n@ says:
    December 8, 2018 at 6:33 pm

    Hello dear readers, finally up vehje, kiyaalaafa comment kohlahchey

    1. Niha says:
      December 8, 2018 at 6:40 pm

      Saaraa aa arush dhuru nukurahche.. dhn saara avahah arush ah maaf dhy alun arush aa gulhey ??❤❤

  3. Niha says:
    December 8, 2018 at 6:37 pm

    Varah rythi mi part ves.. hama rovijje.. varah rythi ibaaraaih kurun ves.. ❤❤

    1. Sh@_n@ says:
      December 8, 2018 at 6:47 pm

      Thank you so much nihaa❤❤❤❤❤

  4. kudoo says:
    December 8, 2018 at 6:41 pm

    Avahah next part up kurahche

    1. Sh@_n@ says:
      December 8, 2018 at 6:48 pm

      Yaa. Insha Allah❤❤❤

  5. R@! says:
    December 8, 2018 at 6:53 pm

    Next part tommorow ga up kohdhehchey…plxxx.nd varah reethi mi part vx.

    1. Sh@_n@ says:
      December 8, 2018 at 7:36 pm

      Thank you so much dear

  6. anjal says:
    December 8, 2018 at 7:06 pm

    Nice….Knirakun nxt part….

    1. Sh@_n@ says:
      December 8, 2018 at 9:45 pm

      Thanx anjal, nimunuhaa avahakah

  7. Xuam says:
    December 8, 2018 at 7:15 pm

    ???????

    1. Sh@_n@ says:
      December 8, 2018 at 7:36 pm

      ❤❤❤❤❤❤

  8. Anonymous says:
    December 8, 2018 at 7:31 pm

    Wow haadha reechey. rovijje asarugadhakamun

    1. Sh@_n@ says:
      December 8, 2018 at 9:45 pm

      Thanx dear anonymous❤?❤

  9. Aisha says:
    December 8, 2018 at 7:34 pm

    Finally..v salhi mi part ves..hama rovihjje..when is next part? V avah upkohdhehchey inge..waiting waiting..❤

    1. Sh@_n@ says:
      December 8, 2018 at 9:47 pm

      Thanx dear Aisha, insha Allah v ehme avahakah kohdheynan

  10. Sis says:
    December 8, 2018 at 8:14 pm

    Alheyy Mi story mihaaru varah emotional dhw.. Good job ? waiting eagerly for next part and the day Sara Forgive arush.. ❤️❤️❤️

    1. Sh@_n@ says:
      December 8, 2018 at 9:50 pm

      Heheh. Yess, hurihaa kudhin kudakoh rohvaalan?

  11. Naju says:
    December 8, 2018 at 8:28 pm

    Wow ??? I just love this story n mi part v v v emotional ??? When is next ?

    1. Sh@_n@ says:
      December 8, 2018 at 10:20 pm

      Thank you so much naju, ❤?❤❤

  12. Shashaa says:
    December 8, 2018 at 8:42 pm

    Wow.v.reethi mi part vex .next part vex mihaareethivaane kamah ummeedhu kuran waiting

    1. Sh@_n@ says:
      December 8, 2018 at 10:21 pm

      Thank you so much shashaa❤❤??

  13. ???? says:
    December 8, 2018 at 9:16 pm

    Alhey v reethi mi part ves. And saraa ah arush libey goih hadhai dhehchey. Ummeedhu kuran v avahah up vaane kamah

    1. Sh@_n@ says:
      December 8, 2018 at 10:22 pm

      Yess dear, v ehme avahakah up kohdheynan

  14. Naadhee says:
    December 8, 2018 at 9:43 pm

    Wow haadha reechey mi part ves.rovijje asarugadhakamun kamun

    1. Sh@_n@ says:
      December 8, 2018 at 10:22 pm

      Thanx naadhee

  15. X.o.o.n.a says:
    December 9, 2018 at 6:57 am

    Varah reethi, plx avahah up kohdheebr.

  16. Udhu says:
    December 9, 2018 at 1:07 pm

    Varah reethi just luv the story

    1. Sh@_n@ says:
      December 9, 2018 at 1:43 pm

      Thanx udhu?❤❤

  17. Nizerm says:
    December 9, 2018 at 1:31 pm

    Varah habeys mi vaahaka

    1. Sh@_n@ says:
      December 9, 2018 at 1:44 pm

      ???

  18. RaI❤ says:
    December 9, 2018 at 11:04 pm

    Tmrw ga nxt prt up kohdhehchey

  19. rosy says:
    December 10, 2018 at 2:16 pm

    《Kobber nxt part????》

  20. gggg says:
    December 10, 2018 at 2:18 pm

    《Kobber nxt part????》

  21. X.o.o.n.a says:
    December 10, 2018 at 4:35 pm

    Kobr next part,??

  22. Xuna says:
    December 10, 2018 at 4:36 pm

    Kobr next part!??..

  23. liu says:
    December 11, 2018 at 1:40 pm

    Whn nxt..cant wait now..

  24. reader says:
    December 11, 2018 at 1:57 pm

    waiting for the next part

  25. Sh@_n@ says:
    December 12, 2018 at 7:57 am

    Hey reader. Up nuvey tha. Reyga fonuvaifin

    1. Niha says:
      December 12, 2018 at 10:51 am

      Yeah.. adhives nuvey ?

  26. rosy says:
    December 12, 2018 at 10:53 am

    Yeah.. still up eh nuvey..eii keeve tha shana ge strys thah lahun up vany.?

  27. Shabs says:
    January 13, 2019 at 3:29 pm

    Varah reethi… Suspense ufahdhaa vaahaka eh.. Good luck ❤️?

Comments are closed.

Next Episodeއެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 38←


All Right Reserved!