Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުރަހާލެވުނޭ ތިސޫރަ މިހިތުގައި….3ވަނަބައި

rishu Level 110 Stories
December 7, 2018 One Min Read
6 Comments

ބޭރުން ބެލްގެޖެހި އަޑު އިވިފައި އިޒާން ދޮރުހުޅުވާލިއެވެ. އިޒާންކުރިމަތީގައި ހުރި 5 މީހުންފެނިފައި މުޅިތަންހީވީ ކެކިއަރައިގަތްހެންނެވެ. “ވެލްކަމް”ހިތްވަރެއްލުމަށްފަހު އިޒާން މެހެމާނުންނަށް ވަންނަން ތަންދެއްކިޔެވެ. މެހެމާނުން ގެއަށްވަދެވުނު ވަގުތު ޕާޓީޕޮޕްގެ ކަރުދާސްތައް މުޅި މާހައުލުގައި ވެރިވެގަތުނެވެ.އީތާން ހިނިތުންވެލައިފައި އިޒާންއަށް ސަލާމްކުރުމަށް އަތްދިއްކޮށްލިއެވެ.އިޒާންވެސް ސަލާމްކޮށްލުމަށްފަހު ސޯފާގައި އިށީނދުމަށް އިޝާރަތްކުރިއެވެ.

“ޕޮއް” ޒޯޔާގެ ފަހަތުން މީހަކު އޭނާ ކޮނޑުގައިގައި ކުއްލިއަކަށް އަތްލުމުން އޭނާ ބިރުން ހަޅޭއްލަވައިގަތުނެވެ. ދެވަނަ ސިކުންތުކޮޅުގައި އޭނާއުފަލުން ހަޅޭއްލަވައިގަނެ ކައިރީގައި ހުރި މަލަކު ކަރުގައި އޮޅުލައިގަތެވެ.”މަލަކޫ….” މަލަކު ކަންފަތްދޮށުގައި ޒޯޔާ ހަޅޭއްލަވައިގަތުނީ މަލަކުއަށްއޭގެންކުރާނެ އަސަރަކާއި މެދު ވިސްނުމެއްނެތިއެވެ. “ދެން ޒޯޔާ… މަގޭ ކަންފަތް” މަލަކު ކަންފަތުގައި އަތްއަޅާލަމުން ޒޯޔާ އަށް ބަލާލިއެވެ.”ސޮރީ…. އާދެބަލަ”ޒޯޔާ މަލަކު އަތުގައި ހިފައިގެން ޒޯޔާގެ ފިރިމީހާ ރާއިފް ކައިރިއަށްދިޔައެވެ.”ރެފް މީޓް މައި ބެސްޓްފްރެންޑް ނަމްބަރ ވަން…މަލަކް މަލް މީޓް މައި ހަޒްބެންޑް ރާއިފް…ރެފް ގެ ކަނާއަތަށްވާގޮތަށް އެއިނީ އީތާން…އިތާންގެ ކަނާއަތަށް ދާއިން…ދެން އެހެރީ އީތާންގެ ކަޒިން ޝެރިން” ޒޯޔާ ވަކިވަކިން މަލަކުއަށް އެންމެން ތައާރާފްކޮށްދިނެވެ.”ކޮބާ އޭނާ؟” މަލަކު ކަންފަތްދޮށުގައި ޒޯޔާ އަހާލިއެވެ. ލޮލުގެ އިޝާރާތުން މަލަކު ބަދިގެދެއްކުމުން ޒޯޔާ ބަދިގެއާއި ދިމާލަށް މިސްރާބުޖެހިއެވެ.

“ރިޔާ”ބަދިގެއަށްވަދެވުމާއެކު ޒޯޔާ އަރިޔާ ފެނުނެވެ.ޒޯޔާ އެދިޔަގޮތަށްގޮސް އަރިޔާ ގައިގައި އޮޅުލައިގަތުނެވެ. “ރިޔާ…”ޒޯޔާ އަށް ރޮވުނެވެ. “ޒޯ….”އަރިޔާ ހައިރާންވެހުރެވުނެއްކަމަކު ޒޯޔާ ގައިގައި ބައްދާގަތުނެވެ. “ޒޯ…. އިޓްސް އޯކޭ” އަރިޔާ ޒޯޔާގެ ކަރުނަތައް ފޮހެލަދިނެވެ. “އޭ މަވެސް އެބަހުރިން”މަލަކު ބަދިގެ ތެރެއަށް ބޯ ދިއްކޮއްލަމުން ބުނެލިއެވެ. “ޒޯ….. ރޮނީތަ؟ މަލަކު ޒޯޔާ ކަރުނަ ފޮހޭތަންފެނި އަހާލިއެވެ.”އަހަރެން ރޮނީކީއެއް ނޫން…އުފަލުންގޮސް ލޮލުން ކަރުނައައީ” ޒޯޔާ މޫނުސާފުކޮށްލަމުން ބުނެލިއެވެ.”ދެންދޭބަލަ….ޔޫ ޝުޓް ހޭވްފަން” އަރިޔާ އުޅުނީ މަލަކުއާއި ޒޯޔާ އެތަނުން ފޮނުވާލާށެވެ.

“ޒޯ މީ ކާކު؟ ޒޯގެ ބެސްޓީނަމްބަރ ޓޫތަ؟” ބަދިގެއަށް ވަދެގެން އައި ރާާއިފް އަހާލިއެވެ. “ރެފް މީޓް ރިޔާ…ރިޔާ މީޓް މައި ހަޒްބެންޑް ރާއިފް” ޒޯޔާ އަރިޔާ އަތުގައި ހިފާލަމުން ބުނެލިއެވެ. “ހާއި… ނައިސް ޓު މީޓް ޔޫ…” އަރިޔާ ހިނިތުންވެލަމުން ބުނެލިއެވެ. “ޒޯ ކޭކް ފަޅަންވެގެން މިއުޅެނީ އަވަހަށް އާދޭ” ރާއިފް ބަދިގެއިން ނުކުމެގެން ދިޔައީ އީތާންމެންގާތަށެވެ.

ބަދިގެއިން ނުކުމެގެން އައި އަރިޔާ އަށް އީތާން ފެނުމާއެކު ހުއްޓުންއެރިއެވެ. އަރިޔާ ދެތިންފިޔައަޅު ފަހަތަށް ޖެހިލެވުނީ ބޭއިޙްތިޔާރުގައެވެ. އަރިޔާ މޫނުމަތިން ފެންނަމުންދިޔަ ނުތަނަވަސްކަން އެތާ ތިބި އެކަކަށް ނުފެނެވެ. ޒޯޔާ އަށް އެތަންފެނިފައި އަރިޔާ އަތުގައި ފެނިފައި މީހުންތަކުގެތެރެއަށް ވެއްދިއެވެ.އެވަގުތު އީތާންއަށް އަރިޔާ ފެނުނެވެ. އޭނާއަށް އަރިޔާގެ މޫނުމަތީގައި ވާ އަސަރުތައް ފެނުނެވެ. އަރިޔާ ބިރެއްފެނުނު ހެން ހުރެވުނީ ދެލޯބޮޑުކޮށްގެންބަލަހައްޓައިގެންނެވެ. އަރިޔާ ދަންނަ މީހަކާއި ވައްތަރުވުމުން އޭނާ އަށް ހަމަބެލެވެނީއެވެ.

“ރިޔާ…” ޒޯޔާ ގޮވާލިއަޑަށް އޭނާ ހަމަ ބިމަށް އާދެވުނެވެ. “ކީކޭ ޒޯ؟”އަރިޔާ ކަމެއްނުވާކަމަށް ހެދުނެވެ. “ހިއަރ…ކާލަ އަވަހަށް”ޒޯޔާ ކޭކްފޮއްޗެއް އަރިޔާ އަށް ހަވާލުކޮއްލިއެވެ. އެވަގުތުގައިވެސް އަރިޔާ އަށް ބެލެވެނީ އީތާންގެ މޫނަށެވެ. އީތާންއަށް މީހަކު އޭނާ އަށް މާވަރަކަށް ބަލާހެންހީވިއެވެ. އީތާން އިސްއުފުލާލިވަގުތު އަރިޔާ ފެނުނެވެ. އަވަސްއަވަހަށް އަރިޔާ އެތަނުންދާންއުޅުންވަގުތު އީތާން އޭނާއަށް ގޮވާލިއެވެ.”ޑޫ ޔޫ ނޯމީ؟” އިތާން އަރިޔާ އަށް ކޮއްލިސުވާލުން އޭނާ ދިޔައީ ސިއްސާގެންނެވެ.”ނޯ…ފްރެންޑް އަކާއި ވައްތަރުވީމަ ބެލެވެނީ” އަރިޔާ އަވަސްއަވަހަށް ބުނެލިއެވެ. އޭނާ އެތާނގައި މަޑުކުރާކަށް ބޭނުމެއްނުވިއެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

rishu

Level 110 Stories

i love to read stories as well as write stories.

Other Articles

Previous

މީ ހަޤީގަތެއް ނަމަ ހާދަ ދެރައޭ!

Next

ލޯބިވެވުނީ އެވެ. – 12

Next
December 7, 2018

ލޯބިވެވުނީ އެވެ. – 12

Previews
December 7, 2018

މީ ހަޤީގަތެއް ނަމަ ހާދަ ދެރައޭ!

6 Comments!

  1. anne says:
    December 7, 2018 at 12:08 pm

    v reethi story. when is nxt prt?

  2. rishu says:
    December 7, 2018 at 1:25 pm

    thnkx…maadhama up kurevetho mi try kurany

  3. Safarukadha says:
    December 7, 2018 at 3:19 pm

    Keep going well done
    When is next part coming?

  4. SHY says:
    December 8, 2018 at 10:45 am

    Varah reethi …..Keep going

  5. Ruwerr says:
    December 8, 2018 at 11:55 am

    Lwbi.. Adhi dhn huri parts miah vuren interesting kohlahchey rishu☺️

    1. rishu says:
      December 9, 2018 at 1:31 pm

      thnkx and will try

Comments are closed.

Next Episodeކުރުހާލެވުނޭ ތިސޫރަ މިހިތުގައި…5 ވަނަބައި←


All Right Reserved!