Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީބިރުވެރިއެހެނިހެން

ނޫރިޝް ( ތިންވަނަ ބައި )

HAAIX Level 1
December 5, 2018 One Min Read
38 Comments

ފުން ވިސްނުމެއްގައި ހުރެ ގޮސް ވޯޑަށް ވަތް ނޫރާ ގެ ދެ ލޯ ބޮޑުވެ އަތް ތުރުތުރު ލާން ފެށީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުން ނެވެ. ދެ ލޯ ފެންކަޅި ވީ ހިތަށް ކުރި ފުން އަސަރަކުން ނެވެ. ނޫރިޝް އެކޭ ބުއްދި ހަމަ ނުޖެހޭ މޮޔަ އެކޭ އެއްވަރެވެ. އެނދު މަތީގައި ބޯ ހާވައިލައިގެން ދެ ފައި ވައް ކޮށްލައިގެން އެކަނި އިނދެ ވާހަކަ ދައްކަމުން ދިޔަ އިރު ދޭތެރެ އަކުން ޖަހާލާ ބާރު ހިނިގަނޑުން މާހައުލުގެ ހިމޭން ކަން ނަގާލަ އެވެ. ހީވަނީ އެހެން މީހުންނަށް ނުފެންނަ މީހަކު   ނޫރިޝް އަށް ފެންނަނީ ހެންނެވެ.

ނޫރާ އަށް ފެންނަމުން ދިޔަ މަންޒަރުން ހިތުގެ ހިނގުން ހުއްޓުނު ހެން ހީވިއެވެ. މަންޒަރު ފުސްވީ ލޮލަށް ކަރުނަ ޖަމާވުމުން ނެވެ. އަނެއް ފަރާތަށް އެނބުރި ރޮވޭ ހާލު    ދުވެފައި ދިޔައީ ޑޮކްޓަރަށް ގޮވާށެވެ. ޑޮކްޓަރު ގެ ކޮޓަރީގެ ދޮރު ގައި ޓަކި ޖެހުމުމުން އެތެރެއިން    ވަންނާށޭ ބުނި އަޑު އިވުނެވެ. އެންމެ ސިކުންތެއްވެސް ބޭކާރު  ނުކޮށް ނޫރާ އެތެރެ އަށް ވަދެ ނޫރިޝް ގެ ހާލަތު ކިޔައިދިނެވެ. ޑޮކްޓަރާއި އެކު ވޯޑަށް ދިޔަ އިރު ނޫރިޝް މުޅި ތަން ވަށައިގެން ދުވަނީ އެވެ.   އަތު ޖެހުނު އެއްޗެއް އުކަމުން ނެވެ. އެވަގުތު ވޯޑު ގައި އެއްވެސް މީހަކު ނެތް ކަން އެއީ ނަސީބެކޭ ނޫރާ ގެ ހިތަށް އެރިއެވެ. ޑޮކްޓަރު ގޮވާލުމާއި އެކު ބަސްއަހާ ކުޑަ ކުއްޖެއް ފަދައިން ނޫރިޝް އައިސް ކުރިމަތީ ހުއްޓުނެވެ. ދެން ފެނުނީ ބަނޑުގައި އަތް އަޅައިގެން އޮވެ ހޭތަނެވެ. ނޫރާ އަދި ޑޮކްޓަރު ވެސް ހުރީ ހައިރާން ވެފައެވެ. ”ތުތީ ވެސް ދޯ! މިހާރު ހީހީ ބަނޑަށް ވެސް ތަދު ވެއްޖެ އޭ! ދެން ތުތީ ތި ގިލިގިލި ނު ކޮށްޓަ ބަލަ! ” ނޫރިޝް ހެމުން ހެމުން ކިޔަމުން ދިޔަ އެވެ. ހުނުން ހުއްޓާލުމަށްފަހު ނޫރިޝް މިސްރާބު ޖެހީ އެތަނުން އެނދަކާއި ދިމާލަށެވެ. ހީހީ ބަލިވުމުންނެވެ. ދަމުން ވެސް އިރު އިރު ކޮޅުން މި ތުތީ ގެ ކަންތަކޭ ބުނެލާ އަޑު އިވެ އެވެ. ނޫރާ އާއި ޑޮކްޓަރަށް ނޫރިޝް ކައިރި އަށް ދާން ހިނގައިގަނެވުނީ އެކީގަ އެވެ.  ޑޮކްޓަރު ނޫރިޝްގެ ޗެކަޕް އެއް ހަދާ ބަލި ފެނޭ ތޯ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް މާ ބޮޑު ކުރިއެރުމެއް ނުލިބެ އެވެ. ދޭތެރެ އަކުން ނޫރިޝް އާ ވެސް ސުވާލު ކޮށްލަނީ އިތުރު ކުރި އެރުމެއް ލިބޭތޯ އެވެ. ނަމަވެސް ނޫރިޝް ގެ ފަރާތުން މާ އެދެވޭ ޖަވާބެއް ނުލިބެ އެވެ. އޭގެ ބަދަލުގައި ދެނީ ސުވާލާ ނުގުޅޭ ޖަވާބު ތަކެވެ. ނުވިސްނޭ ވަރު ކުޑަ ކުއްޖެކޭ ނޫރިޝް އެކޭ މިހާރު އެއްވެސް ތަފާތެއް ނެތެވެ.

އެރޭ ނިދަން އޮވެގެން ވެސް ނޫރާ ކައިރީގައި ނޫރިޝް ދެއްކީ ކޮންމެސް ތުތީ އެއްގެ މަޖާ ވާހަކަ އެވެ. ކަނޑާފައި ނުކަނޑާކަށް ފޮންޏެއް ނެތެވެ. ނޫރާ ފޫހި ކަމެއް ނެތި އެ ވާހަކަ ތައް އަޑު އަހަން އިން ނަމަވެސް ސިކުނޑި ތެރޭ އެތައް ބައިވަރު ސުވާލެއް ބުރު ޖަހަމުން ދިޔަ އެވެ. ނޫރިޝް ބުނެލާ ކޮންމެ ލަފްޒަކާއި އެކު ސިކުނޑި ތެރޭ އުފެދޭ ސުވާލުތައް ގިނަވެ އެވެ. އެންމެ ފަހުން ސިކުނޑި ތެރޭގައި އެންމެ ގިނައިން ބުރު ޖަހަމުން ދިޔަ ސުވާލު ނޫރިޝް އާ ކުރީ އެއީ އޭނާ އެންމެ ޖަވާބު ބޭނުންވާ ސުވާލަކީ އެއީ ކަމަށް ވާތީ އެވެ. ” ދަރިފުޅާ! ތުތީ އަކީ ކާކު ތަ! ” އެ ސުވާލު ކުރުމުން ނޫރިޝް ހީލާފައި މިއަދު މަންމަ އަށް ތުތީ އޭނާ އާ އެކު ކުޅެނިކޮށް ފެނުނެއް ނޫން ހޭ ބުނެލި އެވެ. ނޫރާގެ މޫނު މައްޗަށް ވެރިވީ ހައިރާން ކަމުގެ ކުލަވަރެވެ. އޭނާ އަށް ނުފެންނަ މީހަކުނޫރިޝް އަށް ފެންނަނީ ކީއްވެ ހެއްޔެވެ؟ އޭނާގެ ސިކުނޑީގެ ކަނަކުން މީ ރޫހާނީ ކަންތައްގަނޑެކޭ ބުނެލުމުން ހިތް ރޫރޫއަޅައިގަތީ އޭނާގެ ދަރިފުޅު ޖިންނި މޮޔަ ވީ ބާ އޭ ހިތަށް އެރުމުންނެވެ.

ނޫރިޝް އަށް ފަނޑު ހިނިތުންވުމެއް ދީފައި އަވަހަށް ނިދާލާށޭ ބުނެ ބޮލުގައި ފިރުމާލާފައި ނޫރާ ހިނގައިގަތީ އެތާ ހުރި ކުޑަ ދޮރާ ދިމާލަށެވެ. ނުތަނަވަސްވެފައިވާ ހިތަށް ފިނިކަމެއް ލިބޭ ތޯ އެވެ. ކުޑަ ދޮރުގައި އަތް އަޅުވާލުމަށްފަހު ބޭރު ބަލާލާ ފުން ނޭވާ އެއް ދޫކޮށްލީ ހިތުގެ އުދާސްތައް ބޭރު ވޭތޯ އެވެ. ނަމަވެސް ކުރި މަތިން ފެންނަން އޮތް މަންޒަރުން ހިތުގެ ނުތަނަވަސް އިތުރު ވުން ނޫން ކަމެއް ނުވި އެވެ. ކުރިން ފެންނަން އޮތީ މަހާނަ ފަލެވެ. ގަސް ތަކާއި ވިނަތައް ތަރުތީބެއްނެތި ހެދިފައި ވުމުން ވައްތަރީ ނާމާން ޖަންގައްޔަކާ އެވެ. މަހާނަތަކުން ފުރިފައި އޮތް އެ ގަބުރުސްތާނުން ދެންމެ ދެންމެ އެއްޗެއް ފެނިދާނޭ ހީވާ ފަހަރު ވެސް މަދެއް ނޫނެވެ. އެނބުރި ނޫރިޝް ކައިރި އަށް ދާން ހިނގައިގަތީ އެތަނުން ހިތަށް ނުތަނަވަސްކަން ވެރިވުން ނޫން އިތުރު ކަމެއް ނުވާނެތީ އެވެ.

ނޫރިޝް ކައިރި އަށް ދިޔައިރު ނޫރިޝްއަށް އޮތީ ނިދިފައެވެ. އެހެންކަމުން ނޫރާވެސް އެތާ ހުރި ގޮނޑިއެއް ގައި އިށީނދެ ނޫރިޝްގެ އެނދުގައި ބޯ އަޅާލީ ބޮލަށް ބަރު ވެފައި ހުރުމުން ނެވެ. މާ ލަސްތަކެއް ނުވެ އޭނާވެސް ނިދީގެ ފޮނި މީރު ކަމުގެ ތެރެއަށް ގެނބުނެވެ.

އާ ދުވަހަކަަަށް އިރު އެރީ އެކި މިހުންގެ ޙަޔާތަށް އެކި ކުލަ ވެރިކުރުވަމުން ނެވެ. ހާލާއި ކޮވެލީގެ އަޑުން ހިމޭންކަމުގެ ފާރުތަކުގައި ރެނދުލައިފި އެވެ. ނޫރާ އަށް އުނދަގޫ ގޮތަކަށް ތެދުވެވުނީ ކުޑަ ދޮރުން ފުރޭނިގެން އައި އިރުގެ ރަން ދޯދި ތައް އޭނާގެ ނިންޖަށް އަތް ގަދަ ކުރުމުން ނެވެ. ތެދުވެ ފޯނުން ގަޑި ބަލާލި އިރު ގަޑިން ހައެއް ޖަހާ ބޮޑު ވެއްޖެއެވެ. މޯޅިއަކަށް ދެމިލަމުން އަނެއްކާވެސް ފޯނަށް ނަޒަރު ހުއްޓާލި އިރު އީޝަލްގެ މަންމަ އިޝާ ގެ ދެ ކޯލު މިސް ވެފައި އިނުމުން އިޝާ އަށް ގުޅާލި އެވެ. ދެ ރިންގުން ފޯނު ނަގާފައި އިޝާ ފުރަތަމަވެސް މައާފަށް އެދިފައި ނޫރިޝް ކިހިނެއް ތޯ އެހިއެވެ. ” ނޫރިޝް އަށް ނޭނގެ ވާ ގޮތެއްވެސް… އަބަދުވެސް ދައްކަނީ ކޮންމެސް ތުތީ އެއްގެ ވާހަކަ… ނޭނގެ އެއީ ކޮންތާކުން ނެރެގެން އުޅޭ މީހެއް ކަމެއްވެސް… މިރޭވެސް މަ އޭނައަށް ނިދިފަ އޮތީމަ ގެއަށް ގޮސް ނޫޑްލްސް ކޮޅެއް ކައްކައިގއން އައި އިރު އެނދު މަތީގައި ދެފައި ވައް ކޮށްލައިގެން އިނީ އެކަނި ވާހަކަ ދައްކަން… އަހާއިރަށް އެބަ ބުނޭ އެ ތުތީ އާއޭ މި ވާހަކަ ދައްކަނީ…. އެކަމަކު މަށަށް ނުފެންނަ މީހަކު އޭނާ އަށް ފެންނާނީ ކޮންމެސް ސަބަބެއް އޮތީމަ އެއްނު… މަށަށް އެކަންޏެއް ނޫނޭ މިތާ ހުރި ޑޮކްޓަރަށް ވެސް އެބުނާ މީހަކު ނުފެނުނު… މަގޭ ހިތް ބުނަނީ މިއީ ރޫހާނީ ކަންތައް ގަނޑެކޭ…. ވަރަށް ބިރުވެސް ގަނޭ އެބަ… މިއަދު ކަޅުހުއްތުބެ އާ ވާހަކަ ދައްކާލަން ދާން ނިންމައިގެން މިހިރީ… އީޝަލް ގެއަށް އައީމަ ކޮންމެސް އިރަކުން އީޝަލް ފޮނުވައްޗޭ… އޭރަށް މަށަށް ދެވޭނީ… ” ނޫރާ އަށް އޭނާގެ ހިތުގެ އުދާސްތަށް އިޝާ އާ ހިއްސާ ކޮށްލުމުން ހިތަށް ލުއިވި ކަހަލަ އިހްސާސެއް ކުރެވުނެވެ. ” އާނ… މަށަށް ވެސް ފެންނަނީ ލަސް ނުކޮށް ކަޅުހުއްތުބޭ ކައިރިއަށް ގޮސް ތިވެގެން އުޅޭ ގޮތެއް ބަލަން… އަސްލު ވަރަށް ބޮޑަށް ސޮރީ އިނގޭ ނުދެވުނީމަ… މަށަށް މި އިނގުނީވެސް ރޭގަ ފިހާރައަކަށް ގޮސް އުޅެނިކޮށް އެ ޝިއުނާ ބުނީމަ… މި އިޝާލް ނުނިދައިގެން ނުދެވުނީ އެހެންވެ ކޮބާ ތޯ ބަލާލަން ގުޅީ… އޯކޭ އިނގޭ… މަސްހުނި ކޮޅެއް ހިފައިގެން އެބަ ދަން އިނގޭ ނޫރާ ދެނަ މިއަދު ގެއަށް ދާނެ ކަމެއް ނެތް… އަހަރެން މެންދުރަށް ވެސް ހަވީރަށް ވެސް ކާން ގެންގޮސް ދޭނަން… ނޫނެކޭ ނުބުނާތި އިނގޭ… ނޫނެކޭ ބުނެފިއްޔާ އަހަރެން ވަރަށް ދެރަވާނެ… ”އެ ކޮޅުން އިޝާ ވާހަކަ ދައްކަމުން ދިޔަ އިރު ނޫރާ އަށް ބެލެނީ ނޫރިޝްގެ މައުސޫމް މޫނަށެވެ. ” އާނ… އަޅެ ވަރަށް ބޮޑަށް ތޭންކްސް… އަހަރެންވެސް އިއްޔެ އުޅެން ޖެހުނު ގޮތުން ނުގުޅުނީ… އޯކޭ ބޭއްވީ އިނގޭ… ނޫރިޝްވެސް މިއޮށް ހޭލީ… ” ދެ ފަހަރަކު މޯޅިއަކަށް ދެމިލާފައި ތެދުވި ނޫރިޝް ފެނި ނޫރާ ފޯނު ބޭއްވި އެވެ. ” މަންމާ! މީ ކޮންތަނެއް ” ނޫރިޝް އަހާލީ ހައިރާންވެފައިވާ ރާގަކަށެވެ. ނޫރާގެ ލޮލުން ކަރުނަ ހިލުނީ އޭނާގެ ދަރިފުޅު އެނބުރި އައި ކަހަލަ އިހްސާސެއް ކުރެވުމުން ނެވެ. ބޮޑު ވައި އިނގިލިން ކަރުނަ ފުހެލުމަށްފަހު ނޫރިޝްގެ ގައިގައި ބައްދާލީ ދުވަހަކުވެސް މަންމަ ދޫކޮށްފައި ނުދާށޭ ބުނާ ފަދަ ގޮތަކަށެވެ. ބައްދާލިލެއް ބާރު ކަމުން ނޫރިޝް އަށް ނޭވާ ލެވޭނެ ކަމާއި މެދު ވެސް ޝައްކެވެ. ” މަންމާ ” ނޫރިޝް ގޮވާލުމުން އޭނާ ތެދުވެ ހަމަޖެހިލި އެވެ. ” މަންމާ! ކީއްވެތަ އެއްވެސް އެއްޗެއް ނުބުނެ ތިއިންނަނީ… ކީއްވެތަ އަހަރެމެން ހޮސްޕިޓަލްގައި މިތިބީ… ” ފުން ނޭވާއެއްލުމަށްފަހު ނޫރާ ނިންމީ ކުރުކޮށް ނަމަވެސް ނޫރިޝް އަށް ވެގެން މި އުޅޭ ގޮތް ކިޔައިދޭށެވެ. ” ދަރިފުޅު ކޭންޕްއަށް ގޮސް އުޅެނިކޮށް އަނބުރާ ގަތީމަ ހޮސްޕިޓަލަށް ގެނައީ… މަސްނޫއީ ހިނިތުންވުމެއް ތުންފަތަށް ވެރި ކުރުވަމުން ނޫރާ ބުނެލިއެވެ.

ވޯޑުގެ ދޮރުން އެތެރެއަށް ވަދެގެން އައި އިޝާ ފެނި ނޫރާ ހިނގައިގަތީ އެ ދިމާލަށެވެ. ” މިހިރީ އިނގޭ… ނޫރާ ދާން ވީނު ގެއަށް ގޮސް ފްރެޝް ވެލައިގެން އަންނަން… އަހަރެން އިންނާނަން ނޫރާ އަންނަނަ ދެން ނޫރިޝް ކައިރީ… ” އެތާ ހުރި ކުޑަ ކަބަޑެއްގެ މަތީގައި ހެނދުނު ސަޔަށް ގެނައި އެއްޗެހި ބަހައްޓާފައި އިޝާ ނޫރާ އާ ދިމާ އަށް އެނބުރިލީ އަހަންނަށް އިތުބާރު ކުރާށޭ ބުނާ ކަހަލަ ގޮތަކަށެވެ. ނޫރާ ހީލާފައި އަހަރެން އިޝާ އަށް ފުރިހަމަ އަށް އިތުބާރު ކުރަމޭ ބުނެލި އެވެ. އަދި އެތަނުން ނިކުމެގެން ދިޔައީ ގެއަށް ގޮސް ފެންވަރާ ރީތި ވެލުމުގެ ނިޔަތުގައެވެ.

އިރު އޭގެ ޑިއުޓީ ނިންމާލުމަށްފަހު ހަނދަށް ފުރުސަތު ދެމުން ދުނިޔެ އާ އަލްވަދާއު ކިޔައިފި އެވެ. ކެޑޭޓް ކުދިންގެ ކޭމްޕް ނިންމާލާފައި އައި އީޝަލް ގެ މިސްރާބު ހުރީ ހޮސްޕިޓަލާއި ދިމާލަށެވެ. އެކުވެރިޔާގެ ހާލު ބަލާ ނުލައި ގެއަށް ދާން ވެސް އޭނާގެ ޒަމީރު އެއްބަހެއް ނުވިއެވެ. ހޮސްޕިޓަލަށް ވަދެ ލަސް ފިޔަވަޅު ތަކެއްގައި ގޮސް ވޯޑަށް ވަތް އިރު ނޫރިޝް ކުޑަ ދޮރުން ބޭރަށް އިނގިލި ދިއްކޮށްފައި ނޫރާ ކައިރީ އޭތި އެހެރީ އޭ ބުނެލި އަޑު އިވުނެވެ. ނޫރިޝްގެ ދެ ބުމަ ގޮށްޖެހިގެން ދިޔައީ އަނެއްކާ ކޯއްޗެއްބާ އޭ ހިތަށް އެރުމުން ނެވެ. އީޝަލް ގޮސް އެތަނަށް ހުއްޓުނު އިރު ނޫރިޝް އޮތީ ދާހިއްލާ ފޯވެފައެވެެ. ނޫރިޝް އިނގިލި ދިއްކޮށްފައި ދައްކަމުން ދިޔައި ގަބުރުސްތާނު ތެރޭގައި ހުރި ބިޔަ ނިކަ ގަހެކެވެ. ނިކަ ގަހަކީ ނަމަން ގަހެއްކަން މާމަ ކިޔައިދީފައި ހުރި ބައެއް ވާހަކަ ތަނުން އީޝަލް އަށް އޮތީ އިނގިފައެވެ. އަދިވެސް ނޫރިޝް އެ ގަސް ދައްކާފައި އެހެރީ އޭ ކިޔަމުން ދިޔައެވެ. ނޫރާގެ މޫނުމަތީގައިވި ކުލަވަރުތަކުން އޭނާ އަށް ވެސް އެ ދައްކާ އެއްޗެއް ނުފެންނަކަން އިނގެ އެވެ. އީޝަލް ބަލަކަށް ނުހުރެ ގޮސް ބިސްމި ކިޔާފައި އެ ދޮރު ފޮތިގަނޑު ކަހާލި އެވެ.

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

HAAIX

Level 1

im 13 years old and loves to read and write dhivehi stories

Other Articles

Previous

ޑިސެންބަރު ތިރީސް އެކެއް 1

Next

ލޯބިވެވުނީ އެވެ. – 10

Next
December 5, 2018

ލޯބިވެވުނީ އެވެ. – 10

Previews
December 5, 2018

ޑިސެންބަރު ތިރީސް އެކެއް 1

38 Comments!

  1. HAAIX says:
    December 5, 2018 at 3:42 pm

    SORRY FOR THE DELAY
    reyga up kurin ekamu hama pending ga innany

    1. Zuha says:
      January 10, 2019 at 11:26 am

      Its ok

  2. Aroo says:
    December 5, 2018 at 3:49 pm

    Keep it up

    1. HAAIX says:
      December 5, 2018 at 4:07 pm

      thnkss

  3. Minnnnu says:
    December 5, 2018 at 4:18 pm

    Story vv reethi maasha allah???? and stil cant beleive that you are 13. you are so good at writing stories mashallah ??????? im 14 and i dont even known to write stories so perfectly.??????

    1. HAAIX says:
      December 5, 2018 at 6:53 pm

      try kohla eyrun vaane insha allah and thankss

    2. Cute Lips says:
      December 5, 2018 at 8:25 pm

      Minnnnu Me too 14… And dont knw to write ah story

    3. Minnnnu says:
      December 6, 2018 at 10:04 am

      @cute lips ???????
      @haaix welcome

  4. Sliiim says:
    December 5, 2018 at 4:23 pm

    Vvv salhi hama speechless keep it up

    1. HAAIX says:
      December 5, 2018 at 6:54 pm

      hehe thankss

  5. Aisha says:
    December 5, 2018 at 5:06 pm

    Ma sha allah wow…13 yrs kujjakaa balaafa vr nice…am 15 nd dont even knw how to write a story hehehe?like u do….keep it up…waiting fr the nxt part?

    1. HAAIX says:
      December 5, 2018 at 6:56 pm

      hehe insha allah maadhan up kohla dheynan

  6. inaza says:
    December 5, 2018 at 6:19 pm

    eyy salhi ingeyy….u ah ves ingey i ah vure reethiko vaahaka liyan i am also 13.. btw keep up the good work. love it

    1. HAAIX says:
      December 5, 2018 at 7:00 pm

      hahaha thankss

  7. Suni says:
    December 5, 2018 at 6:21 pm

    Furihama aneh bayah inthizaaru kuran

  8. R@! says:
    December 5, 2018 at 6:56 pm

    Wow.❤varah reethi?.whn next..hama aslu ga vx mee real story eh tha??

    1. HAAIX says:
      December 5, 2018 at 6:58 pm

      ya its a real story happened in my island to my sisters bestfriend

  9. R@! says:
    December 5, 2018 at 7:04 pm

    Wat.aslu tha??..dhn mihaaru e grl okay tha..

    1. HAAIX says:
      December 7, 2018 at 9:14 pm

      vaahaka kiyaalyma ingeyny dhw

  10. nai sher says:
    December 5, 2018 at 7:24 pm

    Ehemma haaix ge sis akee eeshal dhw…btw v reethi story eh..keep it up

    1. HAAIX says:
      December 7, 2018 at 9:15 pm

      yeah… thankss

  11. Cute Lips says:
    December 5, 2018 at 8:21 pm

    Wow HAAIX…. Cnt believe this…. So nice….masha Allah .. Neygun bunaane ehchehvs mi liyumaa medhu…. Heevany Cute Lips vs vaahakaa therey ulheveyhen… Vvvvvv reethi ingey Masha Allah…. Keep it up ur talent.. Ur ar really good at this field… Hope kuran new storys kiyaalan libeyne kamah… In Sha Allah… LY 🙂

    I’am a big fan of ur’s

    1. HAAIX says:
      December 7, 2018 at 9:17 pm

      thankss i will not be able to write stories so perfectly without your support thank u all especially minnu and cute lips

  12. She says:
    December 5, 2018 at 9:05 pm

    Thee boy ehtha.. btw stry habeyss???

    1. HAAIX says:
      December 7, 2018 at 9:20 pm

      thankss sorry but i cant tell u

  13. Jûûn says:
    December 5, 2018 at 10:00 pm

    U konrasheh tha??

    1. Zuha says:
      January 10, 2019 at 11:29 am

      You shouldn’t ask personal stuff

  14. Hawwi says:
    December 5, 2018 at 11:17 pm

    Sifa kurunthah v salhi vaahaka thereyga ulhevunee. V kiyaahithun mikiyaalee.. keep it up … this is my 1st comment for esfiya

    1. HAAIX says:
      December 7, 2018 at 9:22 pm

      thankss and am really happy cox your first comment in my story

  15. heem says:
    December 6, 2018 at 12:13 am

    warah hiygaimu, eh part aneh part ah wure furihama.. waahaka ah kurewey inthizaaru buduwey

    1. HAAIX says:
      December 7, 2018 at 9:23 pm

      thankss

    2. HAAIX says:
      December 7, 2018 at 9:24 pm

      thankss varah ufa vehjje heem ah kamudhiyaeema

  16. heem says:
    December 6, 2018 at 12:51 am

    miee hageegee waahakaneh tho??

  17. Aroo says:
    December 6, 2018 at 7:29 pm

    Kobaa 4 vana part

    1. HAAIX says:
      December 7, 2018 at 9:27 pm

      midhe dhuvahu varah busy koh ulhuneema up nukurevuny ekamu mihaar up kohfin but still its in pending

  18. Raaya says:
    December 7, 2018 at 8:06 pm

    Mashallah. U write story so beautiful.. Love it..
    ?❤❤❤.if u write that much nice maybe I will go crazy about u. Good luck.?love ur story. Keep it up.

    1. HAAIX says:
      December 7, 2018 at 9:29 pm

      thankss… owwwwwn thats sooo sweat of you

  19. Rose says:
    December 17, 2018 at 4:33 pm

    I also write stories but theena haa molhei nuvaane. But still keep it up. Masha Allah varah reethi….

Comments are closed.

Next Episodeނޫރިޝް ( ހަތަރުވަނަ←


All Right Reserved!