Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންމަޖާލޯބި

ވުމުން ހިތެއްގެ މިލްކުގައި 3

gigi Level 110 Stories100 Comments
December 3, 2018 15 Mins Read
51 Comments

ތަޅުގައި ހިފައި އަނބުރާލަމުން ވަތް އަލިޝްކާ މުޅި ކޮޓަރި ތެރެއަށް އަވަސް ނަަޒަރެއް ދިނެވެ. ރަޖާގަނޑު އެއްލާލާފައިވާ އެނދުގައި އަވްޔަންއެއް ނެތެވެ. އޭނާ ކޮބައިބާއޭ އަލިޝްކާގެ ހިތަށް އެރިއެވެ. ފާހާނާ ތެރެއިން ފެންމާގަނޑު ދޫކޮށްފައިވާ އަޑު އިވެއެވެ. ނަމަވެސް އިންސާނެއްގެ ހިލަމެއް ނުވިއެވެ. ޑްރެސިން ޓޭބަލް މަތީގައި ބެހެއްޓިފައި ހުރި އޭނާގެ ލެދާރ ބޭގް ނަގައިގެން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. އެ ދަބަސް ތެރެއިން ނެގި ފެންފުޅިވެސް އަނގަޔަށް ޖަހައިގެންނެވެ. އަލިޝްކާގެ ހަރަކާތްތަށް ހުރީ ވަގެއްގެ ހަރަކާތްތަށް ހުންނާނެ ފަދަ ގޮތަށެވެ.

ކޮޓަރި ދޮރު މަތީގައި އަލިޝްކާ ހުއްޓިލީ ދެ ޙީޔާލެއްގެ މަތީގައެވެ. އަވްޔަން ކޮބައިތޯ ބަލާނުލާ ނިކުންނަ ހިތެއްނުވިއެވެ. އެއްކޮނޑުގައި ދަބަސް އަޅުވާލައިގެން އޭނާ ފާހާނާ ދޮރުމަތީގައި ހުއްޓިލިއެވެ. އެއްކޮށް ނުލައްޕާ ހުރި ދޮރުން އެތެރެއަށް ބޯ ދިއްކޮށްލިއެވެ.

ފެންވަރަން ޙާއްސަކޮށްފާވާ ބައިން ފެނުން މަންޒަރުން އޭނާ ދެލޯ ބޮޑުވިއެވެ. ޓައިލްސްތަށް މަތީ ވެއްޓިފައި ކުރުގެޅިގެން އޮތް އަވްޔަންއާ ދިމާލަށް ދުއްވައިގަނެވުނީ ފާހާނާ ދޮރުމަތީގައި ދަބަސް ބައިންދާފައެވެ. ފެންމާގަނޑުން ވެރެމުން ދިޔަ ފެންތަކުން ތެމެމުން ދިޔައިރު އަވްޔަންގެ ހަށިގަނޑުގައި މަޑު ތުރުތުރެއްވިއެވެ. އޭނާގެ ދޮން މޫނުވެސް ރަތްވެފައެވެ. މާގަނޑު ނިވާލަމުން އަވްޔަން ކައިރީގައި ކުޑަކަކޫ މައްޗަށް އަލިޝްކާ އިށީނދެލިއެވެ. ސޯޓުލައިގެން އަވްޔަން އޮތްކަންވެސް ނަސީބެކޭ އޭނާ ހިތަށް އެރިއެވެ. އިންސާނަކަށް ވީތީ އެ މައުސޫމް ޒުވާނާޔާ މެދު ހިތުގައި ރަހުމު އުފެދުނެވެ. އަލިޝްކާ އެހީއެއް ނުދީފިނަމަ އެހީ ވާނެ އިތުރު މީހަކު ދެން މިވަގުތަކު ނުހުންނާނެ ނޫންހެޔެވެ.

ނަމަވެސް ހިކިި ކުރު އަލިޝްކާއަށް އޭނާއަށް ވުރެ ދިގު ފިރިހެނަކު އުފުލޭނީ ކިހިނަކުން ހެއްޔެވެ. “ކިތަންމެ ޖެއްސުން ބޮޑަސް މީނަ މިހާލުގަ ބާއްވާފަ ދާކައް ނުވާނެއެއްނު. މަ ނިންދަވައިދިން ސޮރު ވިއްޔަ.” އަވްޔަންގެ އަތް އަލިޝްކާގެ ކޮނޑުގައި އަޅުވާލަމުން ބުރަކަށީގައި ހިފައި ކޮޅަށް ނެގޭތޯ އޭނާ މަސަތްކަތް ކުރިއެވެ. ކައްސާލަން އުޅޭ ފަހަރުވެސް މަދެއް ނޫނެވެ. އަލިޝްކާ ކޮށްލީ ކުޑަހިތްވަރެކެވެ.

ނަމަވެސް ވަރަށް ހާލުން އަވްޔަންގެ ހިކި ހަށިގަނޑުގައި ހިފާއްޓާލައިގެން އޭނާގެ އެއްއަތް އަލިޝްކާގެ ކޮނޑުމައްޗަށް ލައިގެން ފާހާނާއިން ނިކުމެވުނީ ގުދަށް އޮވެޔެވެ.. އިތުރު މީހެއްގެ އެހީތެރިކަމާ ނުލާ ތެތްއެއްޗެއްސާއެކު އަވްޔަން އެނދުމަތީގައި ބާއްވާލެވުނު އިރު އަލިޝްކާޔަށް މާނޭވާ ލެވެއެވެ. އޭނާގެ ހަށިގަނޑަށް ބަލަން ބޭނުން ނުވުމުން ދެލޯ މަރާލާފައި ރަޖާ އަޅާލިއެވެ. އޭނާގެ ހަރަކާތްތަށް ނިކަން މައުސޫމެވެ. މުޅި އުމުރުގައިވެސް އޭނާ އުފުލި އެންމެ ދިގު ބަރު މީހަކީ އެއީ ކަންނޭގެއެވެ.

ކޮޓަރީގެ ލައިޓް ދިއްލާލަމުން އަވްޔަން ހޭއެރުވުމުގެ މަސަތްކަތް އޭނާ ފެށިއެވެ. އަވްޔަން ފޯނު ރިންގުވަމުން ދިޔަޔަސް އެ ފޯނު ނެގުމުގެ ހައްގެއް ނެތެވެ. “ތި ނާއިލެއްވެސް މި ގަޑީގަތަ އެ ގުޅަނީ..” އޭނާ ކުދިކިޔައިގަތެވެ.

ލޯ މައްޗަށް ތެތްކަމެއް އިހްސާސްވުމުން މަޑު މަޑުން އެސްފިޔަތަޅުވާލަމުން ދެލޯ ހުޅުވާލިި އަވްޔަންއަށް ކޮޓަރީގެ އަލިކަމުން އުނދަގޫވިއެވެ. އޭނާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ސީލިންގުގައި ހަރުކޮށްފައި ހުރި އެނބުރެމުން ދިޔަ ފަންކާއެވެ. އޭސީ ކަނޑާލާފައިވާކަން ޔަގީންވިއެވެ. އޮތްތަނުން ބޯ ހިއްލާލުމުން އެނދުކައިރީގައި އޭނާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިން އަލިޝްކާ ފެނުމުން ދެބުމަ ގޮށްޖެހުނެވެ.

ސުވާލުތަށް އަވްޔަން ހިތުގައި ފުނިޖެހެން ފެށިއެވެ. “ކީއްތިކުރަނީ؟ ކީއްވެ މަގޭ ކޮޓަރީގަ.؟އަންހެނާ މީ ދަންވަރޭ ނުނިދާ ތިއުޅެނިއްޔޯ.” ނުބައި ޙިޔާލުތަށް ސިކުނޑީގައި ވަކި ހިއްޕާލުމުން އޮތް ތަނުން އަވްޔަން ތެދުވިއެވެ. އެނދުގެ ކަނުގައި އޮތް ޓީޝާރޓު އަވަސް ހަރަކާތާއެކު ބޮލަށް މަހާލިއެވެ.

އަލިޝްކާގެ އަތުގައި އޮތް އޭނާގެ ފޯނު ޖަހައިގަތެވެ. ނާއިލްގެ ހަތަރު މިސްކޯލު ފެނުނެވެ. “އަނުޝްކާ ޝާރމާ..ޖަވާބު ދީބަލަ ކީއްވެތަ މަ މިތާ މި އޮތީ.” ޖަވާބެއް ނުދީ ބަލަހައްޓައިގެން އިން އަލިޝްކާ ކުރެން އަވްޔަން އެއްސެވެ. “ފެންބޮވައިގަނެގެން ފެންފުޅި އިންނަ މިތާ ބައިންދާފަ އިން މަގޭ ދަބަސް ބަލައި އައި ޓަކި ތަޅާ ތަޅާ ނުހުޅުވީމަ ވަނީ..ދެން މަށަށް ފެނުނީ ފާހާނައިގަ އަނބުރައިގަނެގެން އަވްޔަން ވެއްޓިފައެހެންވެގެން މަ އަވްޔަން މިތަނަށް ގެނެއީ.” ކުރުގޮތަކަށް އަލިޝްކާ ކިޔާލަދިނެވެ.

“ޝުކުރިއްޔާ ނަގައިން މިތަނަށް ގެނެސްދިނީމަ..އެކަމަކު ތިކުއްޖާ ކީއްވެހޭ މަގޭ ފާހާނާއަށް ދަންވަރު ގަޑީގަ ވަންނަންވީ.” އަވްޔަން އޭނާގެ ވާހަކައިގެ ފުރަތަމަ ތަންކޮޅު ބުނެލީ މަޑުންނެވެ. އެހެންނަމަސް މެދުތެރެއިން އެ އަޑު ބާރުވިއެވެ. ބޮޑު އެނދުގެ ދެފަރާތުގައި ދެމީހުން ތިބިއިރު މިއީ ކޮންވަގުތެއް ކަމެއްވެސް ހަނދާނެއް ނެތެވެ.  ނިދާ ހެދުމުގައި މީހުން ކުރިމައްޗަށް ދުވަހަކުވެސް ނުނިކުންނަ އަލިޝްކާވެސް ޔުނިކޯން ޖަމްްޕްސުއިޓުގައި އިށީނދެ އިނީ ވަރަށް ހަމަޖެހިލައިގެންނެވެ. އެހެން ޒުވާނުންނާ ޙިލާފަށް ވަހުޝީ އެއްވެސް އެދުމެއް އެދެމީހުން ދެމެދަކު ނެތެވެ.

އަވްޔަންގެ ސުވާލަށް ދޭނެ ޖަވާބެއް އަލިޝްކާއަކަށް ނޭނގުނެވެ. “އެބުނާހެން..އަވްޔަންގެ ފާހާނާއަށް މަ ވަނީ ކީއްކުރަންތަ ގައިމު ދަބަސް އިނީ ކޮޓަރީގަ ވިއްޔަ.” ޝަހާދަތް އިނގިލި ތުންފަތުގައި ޖައްސާލަމުން ކޮޓަރިތެރެއަށް ނަޒަރު ހިނގަމުން އަލިޝްކާ ވިސްނަން ފެށިއެވެ. އޭނާގެ މައުސޫމް ހަރަކާތްތަކަށް ބަލަހައްޓައިގެން އިން އަވްޔަންގެ ނިއްއެރުވުނު ގޮތަކަށް ތިރިއެއްނުވިއެވެ. ބޯ ގޮވަންދެން ވިސްނުމަށްފަހު އަލިޝްކާގެސިކުނޑިއަށް އައީ އެންމެ ނުބައި ޖަވާބެވެ.

“އަވްޔަން ނެތީމަ ހޯދާ ހިތްވީއޭ ބުނެގެން އޭނަ ނަގާނީ ކޮން މާނައެއްބާ..” އަލިޝްކާގެ ހިތް ބުންޏެވެ. ކުއްލި ހަރަކާތާއެކު އަލިޝްކާ އޭނާގެ ޖަމްޕްސުއިޓުގެ ހޫޑީ ބޮލުގައި އަޅާލިއެވެ. ދޫކޮށްލާފައި އޮތް އޭނާގެ ފަން އިސްތަށިގަނޑު ބޮޑުވުމާއެކު މޫނު މައްޗަށް ބޮޑު ބައެއް އެޅުނެވެ. މޫނުގައި ސުވާލުމާކު ޖެހިފައި އަވްޔަން އަދިވެސް އިނީއެވެ.

ތުންފަތް އޫކޮށްލަމުން ދެލޯ ކުޑަކޮށްލާފައި އަވްޔަންއަށް ބަލާލިއެވެ. “ނިންޖާއެއްތަ.” ބޯ އަރިކޮށްލާފައި އަލިޝްކާގެ މޫނުން ފެންނަން އޮތް ބަަޔަށް އަވްޔަން ބަލާލިއެވެ. ވަގެއް ބޯ ދިއްކޮށްގެން ހުންނަހެން އަލިޝްކާ އަދިވެސް ހުރީއެވެ. އޭނާގެ މޫނުމަތީ ކުލަވަރު ހުރި ގޮތުން ހިނިގަނޑު ހިފާއްޓާލަން އަވްޔަން މަސަތްކަތްކުރިއެވެ. “ދެން ނިދާލާ އިނގޭ..”  ވާހަކަ ހިނދާލަމުން މަޑުމަޑުން އެނދުން ތެދުވެގެން ބޭރަށް ދާން އަލިޝްކާ ހިނގައިގަތެވެ.

ނަމަވެސް އޭނާގެ ފިޔަވަޅުތަށް ހުއްޓުނީ ޖްމްޕްސުއިޓުގެ ފަހަތުގައި އިން ފިޔާތޮށި ނިގުލުގައި މީހަކު ހިފައިގަތުމުންނެވެ. “އާތް މަންމާތް..” އޭނާޔަށް ހަޅޭއްލަވައިގަތުވުމުގެ ކުރިން  އަތެއްގެތެރެއަށް ވެއްޓުނެވެ. އެދުތީގައި ބުރަކަށި ޖެހުމުން ދެލޯ ހުޅުވާލެވުނެވެ. އޮވެވުނީ އަވްޔަންގެ އަތުތެރޭގައެވެ. އެ ހަށިގަނޑުގައި ތެތްކަމެއް ހުރުމުން އަލިޝްކާވެސް ތެމޭގޮތްވިއެވެ.

“ނޮޓް ސޯ ފާރސްޓް ކުޑަ ނިންޖާރ ޖަވާބުދީފަ ދެވޭނީ..ކީއްކުރަން މަގޭ ފާހާނާޔަށް ވަނީ” ދެލޯ ކުޑަކޮށްލަމުން އަވްޔަން އޭނާގެ މޫނު އަލިޝްކާގެ މޫނާ ގާތްކޮށްލިއެވެ. އަވްޔަންގެ އިސްތަށިގަނޑު މޫނުގައި ޖެހުމުން ހީލިކަރުވާ އިހްސާސެއް އަލިޝްކާޔަށް ކުރެވުނެވެ. އަވްޔަންގެ އަތުތެރެއިން ކުޑަ ކުއްޖެއްހެން ވީއްލިގަންނަމުން އެނދުމަތީގައި އޮތް ބާލިހެއް އަވްޔަންއާ ދިމާއަށް އެއްލިއެވެ. އެފަދަ ހަމަލާއަކަށް ނުވިސްނާ ހުރި އަވްޔަން އެނދުމައްޗަށް ވެއްޓުނެވެ.

ނަމަވެސް އޭނާ ތެދުވެލީ އަޒުމަކާއެކީގައެވެ. އަލިޝްކާ އެއްލި ހަމަލާ އަލުން އޭނާއަށް ރައްދުކޮށްލިއެވެ. ތެމިފައި އެނދުގެ ދެފަރާތުން ހަމަލާތަށް ރައްދުކުރެވެމުން ދިޔައިރު ކުޑަކުދިންތަކެކޭ ތަފާތެއް ނެތެވެ. އެހެން ފިރިހެނުންނާ ޙިލާފަށް އަވްޔަންގެ ފަރާތުން ފެނުނު މައުސޫމްކަމުން އަލިޝްކާ ހައިރާންވިއެވެ. ހީހީފައި ބާލިސް އަކަމުން ދިޔައިރު އެ ހިނިތުންވުމުގެ މައްޗަށް އަލިޝްކާގެ ހިތް ފުރަތަމަ ނަޒަރުންވެސް ލެނބުނެވެ. ފުންމެމުން ދިޔައިރު އަވްޔަންގެ އިސްތަށިގަނޑު ދެކޮޅަށް ވިއްސިވިހާލި ވިގޮތުން އާޝޯޙްވިއެވެ.

ބާލިސްތަށް ދެއަތުންވެސް ވީއްލި ދިޔުމުން އަތުންވެސް ހަމަލާތަށް ބަދަލުކުރެވުނެވެ. ވަރުބަލި ކަމާއެކު އެނދުމައްޗަށް ގުޅައަކަށް ދެޒުވާނުން ޖެހުނެވެ. ބައްދައިގަނެވިފައި ތިބިއިރު ކޮއްކޮއާއި ބޭބެހެންވެސް ބަލާލާ މީހަކަށް ހީވާނެއެވެ. “ކޯއްޗެއް ތި ބަލަނީ..” އަވްޔަންގެ ނަަޒަރުން އުނދަގޫވެގެން އަލިޝްކާ އެނދުން ފޭބިއެވެ. އޭނާގެ އުފާވެރި މޫޑު ކޯޅޭ މޫޑަށް ބަދަލުވިއެވެ. “ރީއްތި އެއްޗިއްސައް ބެލުމަކީ އިންސާނުންގެ ތޮބީޢީ ސިފައެއްނު.” އެއްލޯ މަރާލަމުން އަވްޔަން ސަމާސާކޮށްލިއެވެ އަލިޝްކާ ދެލޯ ކުޑަކޮށްލިއެވެ. “މަ މީ ރީތި އެއްޗެއް ނޫން..” ބަލި ގަބޫލުކުރާކަށް ހަމަހިލާ އަލިޝްކާގެ ހިތް އެއްބަހެއް ނުވިއެވެ.”ނޯނޯ އަނުޝްކާ ޝާރމާ ވަރަށް ރީތި ވާނެ..” މާނާ ދޭހަ ނުވާވާހަކަވެސް އަވްޔަން ދައްކަމުން ދިޔައެވެ. ޖެއްސުން ކުރާނެ ގޮތެއް ނެތިގެން ކަންނޭނގެއެވެ.

“އޯކޭ..މަ މިކޮޓަރިއަށް އައީ ފެން ފުޅި ބަލައި ދެން އަވްޔަން އެނދުގަ ނެތީމަ ކޮބައިތޯ ބަލާލަންވެގެން ފަހާނާއަށްވަނީ..” ހަށަން ބަނދެލަމުން އަލިޝްކާ ގޮތް ދޫކުރިއެވެ. އަވްޔަންގެ ސުވާލު އަމާޒުވާނެކަން އޭނާ ދެނެހުއްޓެވެ. “އެކީއްކުރަން މަ ކޮބައިތޯ ބަލަނީ.” ލާނެއް ގޮތަކަށް އަވްޔަން އެއްސެވެ.

“ލޯބި..މިސް ވެގެން” އެއްލޯ މަރާލަމުން ތުއި ގޮތަކަށް އަލިޝްކާ މޫނުގައި އަތް އުނގުޅާލިއެވެ. ތުންފަތް އޫކޮށްލަމުން އެސްފިޔަތަށް ތަޅުވާލިއެވެ. އަވްޔަންގެ ދެލޯ ބޮޑުވިއެވެ. އޭނާއަށް ފަހަތަށް ޖެހިލެވުނެވެ. އެހެންނަމަވެސް އަލިޝްކާގެ މޮޅު ޑްރާމާގައި އޭނާވެސް ބައިވެރިވާ ހިތްވިއެވެ. “އަޅޭ ހަަމަ އެހާ މިސްވޭތަ..” އަވްޔަންވެސް އޭނާގެ އަޑަށް ތުއިކަމެއް ގެނައެވެ. އެނދުގައި ކަކޫ މައްޗަށް ތެދުވެލީ އަލިޝްކާޔާ އެއްވަރުވާށެވެ.

“އާން ނުފެނިގެން ކެތް ނުވޭ ދޫންޏާ..” އަވްޔަންއާ ދިމާލަށް ގުދުވެލަމުން އެ ފުންގަނޑެއް ފެނިގެން ފަދައިން ދަތްކުނޑި ވިކާލިއެވެ. އަވްޔަންގެ ދޮންކޮލުގައި ބާރަށް ހިފާލިއެވެ. “ހަމަ އެހާ ލޯބިވޭ؟ ދެން އަޅޭ..” އަންހެނަކަށް ވުރެ އަވްޔަންގެ ކަންތައްފަލައެވެ. އަލިޝްކާގެ މޫނުގައި އޭނާ ފިރުމާލިއެވެ. މޫނުގައި ފިރުމަމުން މި ދެމީހުންގެ ހަރަކާތްތަށް ހުރީ އަމިއްލަ ނަފްސުގެ ކޮންޓްރޯލްގެ ދަށުގައ ނޫންފަދައެވެ. ދޫވެސް ހަރަކާތް ކުރަނީ އެހެން މީހެއްގެ ބާރުގައި ކަންނޭނގެއެވެ. ނަމަވެސް ހިތާ ސިކުނޑި ދެކޮޅެއް ނެހެދިއެވެ. ޖެހުނު ސަކަރާތެއް ޖަހަމުން ދިޔައީ މޮޔައިން ތަކެއް ފަދައިނެވެ. ނަމަވެސް މި ދެމީހުންގެ ދެމެދު އޮތީ ކޮން ގުޅުމެއްހެއްޔެވެ. އެކުވެރިންބާވައެވެ؟ ހަތުރުން ހެއްޔެވެ؟ ލޯބިވެރިންނަށް ވާނީ ކިހިނެއްހެއްޔެވެ؟

“އައްޗީޑި.” ކުޅިގަނޑުގެ މަޖަލުގައި ހުރެ މިކުރެވެނީ ކީއްކަން އަލިޝްކާ ރޭކާލިއެވެ. އޭނާގެ ބަހާއެކު ވަގުތުން އަވްޔަންވެސް އެނދަށް ވެއްޓިގަތެވެ. “މިކުރެވުނީ ކީއްތަ..” އިސްތަށިގަނޑު ހާވާލާފައި ބޯ ކަހާލަމުން އަވްޔަން ބުނެލިއެވެ. އަލިޝްކާ ދެކޮނޑު އަރުވާލަމުން ބާލިސް އަވްޔަންއަށް އެއްލާލާފައި ކޮޓަރިން ބޭރަށް އޭނާގެ ދަބަހާއެކު ނިކުތެވެ. “ގުޑް ނައިޓް.” ބޭރަށް ނިކުމެފައި އަލިޝްކާ ގޮވާލިއެވެ.

އަލިޝްކާ އެއްލި ބާލިހުގައި ހިފާއްޓާލައިގެން އަވްޔަން އިނީ ޙިޔާލެއްގައެވެ. އެ މޫނުމަތިން މިހާރު އެއްވެސް އަސަރެއް ނުފެނެއެވެ. ކުރިން ފެންނަކަހަލަ މިލާ މޯޅިވެފައި މޫނެެކެވެ. ދާދި ދެންމެއަކު ހީ ސަކަރާތްޖެހީ ހަމަ އެ އަވްޔަން ހެއްޔެވެ. މޭގައި އަތްއަޅާލަމުން އަވްޔަން ލައިޓް ނިވާލިއެވެ. އެނދު ފަޑީގައި ބޯ ޖައްސާލަމުން އޭނާ ވިސްނާލިއެވެ.

އެހެން އަންހެން ކުދިންނާ އަލިޝްކާ އެހާ ތަފާތީ ކީއްވެހެއްޔެވެ.؟ ނޭނގިނަމަވެސް އެ މައުސޫމްކަން އަވްޔަންގެ ހިތް އަތުލައިފިއެވެ. ނަމަވެސް ލޯތްބަކީ މިހާރު އޭނާ ގަބޫލުކުރާ އެއްޗެއް ނޫނެވެ. ހަޔާތުގައި މީހަކަށް ލޯބިވެވޭނީ އެންމެ ފަހަރަކުއެވެ. އެއީ އަވްޔަންގެ އުސޫލެވެ. ފުރަތަމަ ލޯބިން އޭނާގެ ކަރުގައި ލީ ހިތިރަހައެވެ. ދެވަނަ ފަހަރަށް އެފަދަ ތަޖުރިބާއެއް ކުރާކަށް އޭނާ ނޭދެއެވެ. އެހެންނަމަވެސް އަލިޝްކާގެ ނަން އެ ހިތުގައި ފެވިއްޖެކަން އޭނާ ނުދެނެހުއްޓެވެ.

އަހަރުތަކަކަށް ފަހު އަވްޔަންގެ މޫނަށް ހަގީގީ ހިނިތުންވުމެއް އެ އަންހެން ކުއްޖާ ގެނުވަދީފިއެވެ. ޒަޙަމްވެ ކުދިކުދިވެފައިވާ އަވްޔަންގެ ނާޒުކު ހިތަށް އޮތް ޝިފާއަކީ އަލިޝްކާއޭ އެހިތް ބުނަމުން ގެންދިޔައެވެ. ނަމަވެސް އޭނާގެ ޡަމީރު އެކަމާ ދެކޮޅު ހެދިއެވެ. ސިކުނޑިން ގޮވަން ފެށީ “ރިޔާޝާ” ގެ ނަމެވެ.

ކޮޓަރި ދޮރު ބަންލާފައި ޖެހުމަށްފަހު އެނދުމައްޗަށް އަލިޝްކާ ވެއްޓިގަތެވެ. އޭނާގެ ހިތް ތެޅެމުން ދިޔައީ ނޭނގޭ ބާރުމިނެއްގައެވެ. މިއީ ކޮންކަަަހަލަ އިހްސާސެއްބާވައެވެ. އެބުނާ ލޯތްބަކީ މިއީ ހެއްޔެވެ. މުޅި ސިކުނޑި އެ އިހްސާސުން މޮޔަކޮށްލައިފިއެވެ. އެހެންވިއްޔާ ތި ލޯތްބަކީ ހާދަ މޮޔަ އެއްޗެކެވެ. އަލިޝްކާގެ ހިތް އޭނާގެ ސިކުނޑިއާ ވާހަކަ ދެއްކިއެވެ. ދުވަހަކުވެސް މީހެއްދެކެ ލޯބިވެވިފައިނުވާ އަލިޝްކާޔަށް އޭނާ ހިތަށް ވަމުން ދާ ގޮތްކަށް ދޭނެ ނަމެއް ނޭނގުނެވެ.

ޙިޔާުލުތަކުން ބޭރަށް އަވްޔަން ބޯ ދިއްކޮށްލިއެވެ. ލައިގެނެފައި އޮތް މުސީބާތް ހަނދާންވުމުން އަވަސް ހަރަކާތާއެކު އަވްޔަން ތައްޔާރުވެލިއެވެ. ހޫޑީއެއް ބޮލުގައި އަޅާލަމުން އޭގެ ދެޖީބަށް އަތްކޮށްޕާލައިގެން ކޮޓަރިން ނިކުމެ އަވަސް ފިޔަވަޅުތަކެއް ގެއިން ނިކުތެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވިކަންވެސް ނަސީބެކެވެ. މީހަކަށް ފެނުނު ނަމަ ދަންވަރު އަލިވެ އެކެއް ޖަހާއިރު ބޭރަށް ނިކުންނަންޏާ ސުވާލު ނުކޮށް ނުދާނެ ނޫންހެޔެވެ.

“ހުއް..އެހާ ޖެއްސުން ބޮޑު ބޯ ގޯސް މީހެއް ދެކެ ލޯތްބެއް ނުވެވޭނެ..އަހަރުން މީ ހަމައެކަނި ރައްޓެހިން..” ތުން ދަމާލަމުން އަލިޝްކާ އޭނާގެ ހިތް ހަމަޔަކަށް އަޅުވާލިއެވެ. “ހަމައެކަނި ރައްޓެހިން ހަމައެކަނި ރައްޓެހިން ހަމައެކަނި ރައްޓެހިން.” ނިޔަފަތިކަމުން އަލިޝްކާ ކިޔަމުން ގެންދިޔައީ ތަސްބީހަ ފައްޗެއް ހެންނެވެ. “ހަމައެކަނި ރައްޓެހިން ރައްޓެހިވާނީ..” ދުލުން ބޭރުވި ބަހުގެ ސަބަބުން ނިޔަފަތި ކެއުން ހުއްޓާލާފައި އަލިޝްކާ އަނގަމަތީގައި އަތް އެޅިއެވެ. އޭނާގެ ދެލޯ ވަގުތުން ބޮޑުވިއެވެ.

ބާރު ސްޕީޑުގައި ކަޅުކުލައިގެ ޕްރައިވެޓު ކާރު ހުއްޓުނީ އަނދިރި ގޯޅިގަނޑެއްގެ ތެރެއަށެވެ. އޭގެން ފޭބީ އަވްޔަންއެވެ. އޭނާގެ މިސްރާބު ހުރީ ހަދަން ފަށާފައިވާ އިމާރާތަކާ ދިމާލަށެވެ. “އޭ ކޮބާ ސައްޕޭ..ކިތަށް ވަނަ ފްލޯރ.” ކަންފަތުގައި ފޯނު ޖައްސާލަމުން މާހައުލުގެ ހިމޭންކަން އަވްޔަން ފޫ އަޅުވާލިއެވެ. ޖަވާބު ލިބުމުން އޭނާގެ ޖިންސު ޖީބަށް ފޯނު ލިއެވެ.

“ކޮބާތަ އެ ކަލޭގެ..” ކޮޓަރި ދޮރު ހުޅުވާލި އަވްޔަންގެ ކަންފަތުގައި ޖެހުނީ ބާރު ފިރިހެން އަޑެކެވެ. ސިނގެރޭޓާއި ވޭޕް ދުމުން ފުރިފައިވާ ކޮޓަރީގެ ދެފަރާތުގައި ހުރި ސޯފާއިން އޭނާގެ އެކުވެރިޔާ ނާއިލް އިން ސޯފާގައި އިށީނދެލިއެވެ. އެ ސޯފާގެ ކުރިމައްޗަށް ވާގޮތަށް ހުރި ސޯފާއަށް ބަލާލިއެެވެ.

“މީނދީ ދޯ މީނަ..” އެ ސޯފާގައި އިން ޒިޔަލް ބުނެލިއެވެ. އަވްޔަންއާ ހަތަރު ކަޅި ހަމަކޮށްލަމުންނެވެ. އަވްޔަންގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. އޭނާގެ މޫނުމަތިން އެއްވެސް ކަހަލަ ކުލަވަރެއް ނުފެނެއެވެ. “ކަލޭ ޖަލުން މިނިވަންވީތަ..” އާދައިގެ ގޮތަކަށް އަވްޔަން ވާހަކަ ފެށިއެވެ. “ކަލޭ މާ މައްޗަށް ނުދައްވޭ..ނޯމަރލް އިނގޭ..” އަވްޔަންގެ ހާލުން ރަނގަޅަށް އިނގޭ ސާއިފް އޭނާގެ ކަންފަތްބުޑުގައި ނަސޭހަތުގެ ރާގަކަށް ބުނެލިއެވެ. ސާއިފްއާއި ޖެހިގެން އިން ނާއިލްވެސް އެކަމާ އެއްބަސްވިއެވެ. “އާން މިދިޔަ ހަފްތާގަ..ކައެ އަދިވެސް ހަނދާން އެބަހުރިދޯ ރިޔާޝާ..” ބިޔަރު ފުޅި އަނގަޔަށް ޖަހާލަމުން ނުލަފާ ގޮތަކަށް ޒިޔަލް ބުނެލިއެވެ. ކޮންޓްރޯލް ކުރަން މަސަތްކަތް ކުރަމުން އަވްޔަން އޭނާގެ ދަތްތަށް ޖައްސާ ބާރުކޮށްލިއެވެ.

“މަ ބުނީމެއްނު ރިޔާޝާ އެއީ މަގޭ ހައްގެކޭ..އެކަމަކުވެސް ކަލޭ މަ ބުނާ ގޮތް ނެހެދީމަ ކީ ހިތި ރަހަ ދޯ.” ޒިޔަލް އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. އޭނާ ކައިރީގައި މަސްތު ހާލުގައި އޮތް އޭނާގެ ޕާރޓުނަރު އިޔާޒް ފާޑަކަށް ހެމުން ގެންދިޔައެވެ. “ލޯތްބަކީ ގަދަކަމުން ހޯދޭނެ އެއްޗެއް ނޫންކަން ކަލެޔަށް އިނގިއްޖެއެއްނު..ރިޔާޝާ މަރާލައިގެން ކަލެއްޔަށް ކުރީ ކޮން ފައިދާއެއް..” މަޑުމައިތިރިކަމާއެކު އަވްޔަން ވާހަކަ ދެއްކިޔަސް އޭނާގެ އަޑުގައިވީ ރުޅިވެރިކަމެވެ. ބިޔަރު ފުޅި ބިންމައްޗަށް ވައްޓާލަމުން ޒިޔަލް ސޯފާއިން ތެދުވިއެވެ. އެ ފުޅި ތަޅައިގެން ދިޔަ އަޑުން މުޅި ތާނގައިގުގުމާލިއެވެ.

“ހައްހައް..ޖޭ ވޭ ދޯ..ރިޔާޝާ އޭނާގެ އުމުރުގައި ހޭދަކުރި އެންމެ ފަހަރުވޭސް މަށަށޭ އޭނާ ހަށިގަނޑު ހިބަކޮށްދިނީ..” މޭގައި ޖަހަމުން ބާރު ހިނިގަނޑަކާއެކު ފަޙްރުވެރި ޒިޔަލް ބުނެލިއެވެ. އޭނާވެސް ހުރީ ހަމައިގައެއް ނޫނެވެ. “ހިބަކޮށްދިނީތަ ނޫނީ ގަދަކަމުން ކަލޭ އޭނާގެ އިތްފަތްތެރިކަން ނަގައިގަތީތަ..” ދަތްކުނޑި ވިކައިގަންނަމުން އަވްޔަންވެސް އިންތަނުތެދުވިއެވެ. ސައިފް އޭނާގެ އަތުގައި ހިފެއެއްޓިއެވެ. ނަމަވެސް އަވްޔަން އެ އަތް ފޮޅުވާލިއެވެ.

“ބެހޭކަމެއްތަ..އޭނާ މަރުވެއްޖެޔޭ..މަށޭ އޭނާ މަރާލީ..މަށަށް ނުލިބުނު ލޯތްބެއް ކަލެއަކަށް ނުލިބޭނެޔޭ..” އަޑުގެ ނެތްތަނަށް ޒިޔަލް ހަޅޭއްލަވައިގަތެވެ. ބިންމަތީގައި ހުރި ފުޅިއެއް ނަގައި ބޮމުން ދިޔަ އަވްޔަންގެ އަނގަމައްޗާ އަމާޒުކޮށް ޒިޔަލް ފައި އެއްލިއެވެ. ފައިން ޖެހުމާއެކު އަވްޔަން އަނގަޔަށް ޖަަހައިގެން ހުރި ބިއްލޫރި ފުޅިވެސް ވިއްސައިގެން ދިޔައެވެ. ހަމަ ރަނގަޅަށްވެސް އޭނާ މަސްތުވެއްޖެއެވެ. “އެ މައުސޫމް ފުރާނަ ދުއްވާލައިގެން ކަލެޔަށް ކުރީ ކޮންފައިދާއެއްހޭ..ރިޔާޝާގެ ކުށަކީ ކޮބައިތަ..ކަލޭ ޖަވާބުދާރީބެލަ..ލޯބިވުމަކީ ކުށެއްތަ..” އަވްޔަން ހަޅޭއްލަވައިގަތީ ޒިޔަލްއަ ވުރެ ބާރަށެވެ.

އޭނާ އެލެމުން އެލެމުން ގޮސް އަތުގައި ހުރި ބާރަކުން ޒިޔަލް ކޯތާފަތް މައްޗަށް ގޮށްމުށެއް އަރުވާލިއެވެ. ފަހަތުގައި ތިބި ސައިފްއާއި ނާއިލް މަސަތްކަތް ކުރީ އެދެމީހުން މަތަކުރެވޭތޯއެވެ. ނަމަވެސް ދެމީހުންވެސް ހަނގާ ކުރަމުން ދިޔައީ އެންމެ ނަމަކަށެވެ. ދެ ދުލުކުރީގައިވެސް “ރިޔާޝާ” ގެ ނަން ތަކުރާރުވިއެވެ. ނަމަވެސް މަރުވެފައި މާ މީހަކު މިލްކުކުރަން ކިތަންމެ ހަނގުރާމައެއް ކުރިޔަސް ވާނީ ކޮންފައިދާ އެއްހެޔެވެ.

** *** ** *** ** *** ** *** **

ފެނުން ތޮޅިލުމަށްފަހު އިރު އަރައިގެން ދިޔައިރު ދޫނި ސޫފާ ސޫފީގެ ތޫލި އަޑު ފަޒާގެ ހިމޭންކަން ނަގާލިއެވެ. ހަނދު އޭގެ ވާޖިބް ނިންމާލިއިރު އިރު އެ ވަޒީފާއަށް އިސްވިއެވެ. ގަސްތަކުތެރެއިން ފުރޭނިގެން އެ އަލި ދޯދިތަށް ބިމަން އެޅެން ފެށުމުން މާމެލާމެތިވެސް ފޮޅިގަތެވެ. އޭގެ މީރުވަހުން ބަގީޗާތަށް އެއްވަސްކުުރުވަމުންނެވެ. ފިޔަވަތަށް ހުޅުވާލަމުން ކޮކާތަކާއި މާބުރުތަށް އެ ގުލްޝަންތަށް މަތީ އުދުހެން ފެށިއެވެ. ބަނޑު ފުރާ މުއްތި ކޮށް ފޮނި ބޮމުންނެވެ.

އަރައިގެން އައި އިރާއެކު އަލިޝްކާވެސް އޭނާގެ ތަންމަތިން ހިއްލާލިއެވެ. އެނދުން ތެދުވިއިރު އޭނާގެ މުޅި މޫނުގައި އޮތީ އިސްތަށިގަނޑެކެވެ. ހަނދާނަށް އެންމެން ފުރަތަމަވެސް އައީ އަވްޔަންއާއެކު ޖެހުނު ސަކަރާތެވެ. އެއީ އަނެއްކާ ހުވަފެނެއް ނޫންބާވައޭ އަލިޝްކާގެ ހިތްއެއްސެވެ. ހުވަފެނަކަށް ނުވެއްޖެއްޔާ ކިތަންމެ ހާވެސް ރަނގަޅެވެ. އަވްޔަން ކޮބައިތޯ ބަލަން އޭނާގެ ހިތް ކެތްމަދުވިއެވެ. ރަޖާގަނޑު އެއްލާލާފައި އެނދުން ފޭބިއެވެ. ދުވެފައި ފާހާނާއަށް ވަދެ އަވަސް ހަރަކާތާއެކު ތައްޔާރުވެލިއެވެ.

ކޮޓަރިން ނިކުތް އަލިޝްކާ އެންމެ ފުރަތަމަވެސް ބަލާލީ އަވްޔަންގެ ކޮޓަރި ހުޅުވާފަ ހުރިތޯއެވެ. ނަމަވެސް އެކޮޓަރި ތެރެއިން އަޑެއް ބަޑެއްނީވެއެވެ. ފާރަވެރިއެއްހެން ލަސްފިޔަވަޅުތަކެއްގައި އޭނާގެ ހިނގައިގަތެވެ. ނަމަވެސް ޓްރެކްޝޫޓް ޖީބުގައި އޮތް ފޯނު ރިންގުވާފެށިއެވެ. ގުޅަނީ ސަމީމައްތައެވެ. އެއްގެއްގައި އުޅޭއިރު ފޯނުވެސް ކުރޭހޭ އަލިޝްކާ ހިތަށް އެރިއެވެ.

“އަލިޝްކާ..ދައްތަ ބުނީ މިއަދު އަވްޔަންގެ ކޮޓަރި އޭނަ ނޫޅޭ އިރަކު ރީތި ކޮއްލައްޗޭ..އެއްވެސް އެއްޗެއް އެއްލާލާނެއް ކަމެއް  ނެތް..ހަމައެކަނި ތަރުތީބުކޮށްލާފަ ކުނި ކަހާލަން ޖެހޭނީ…ދައްތަ ހުން ހުރީމަ މިއުޅެނީ ގައިގަ ރިއްސާތީ.. ދެން އެހާ މައްޗައް ނޭރޭނެ.. ” އާދޭހުގެ ރާގަކަށް ކެއްސާލަމުން ސަމީމާ ބުނެލިއެވެ. އުފަލުންހުރެ އަލިޝްކާ އެއްބަސްވިއެވެ. އެއީ އޭނާއަށް ލިބޭ ރަނުގެ ފުރުސަތެއް ކަމުގައި ދެކިގެންނެވެ.

ފޯނުގައި ބާރަށް ހިފާއްޓާލައިގެން އަލިޝްކާ ގޮސް އަވްޔަންގެ ކޮޓަރި ދޮރުގައި ޖަހާލިއެވެ. އޭނާގެ އަތްދިގު ޓީޝާރޓަށް ދަމާލަމުން ދެވަނަ ފަހަރަށްވެސް ޓަކި ޖެއްސެވެ. އެހެންޏާވެސް ކަންކުރާ ގޮތަށް ޖަވާބެއް ނުލިބުމުން ދޮރު ހުޅުވާލިއެވެ. އަވްޔަން ހިލަމެއް ނުވިއެވެ. އޭނާގެ ފޯނެއްވެސް ފެންނާކަށް ނެތެވެ. ފާހާނާއިންވެސް އެނާއެއް ނުފެނުނެވެ.

އަވްޔަން ބެރަށް ދިޔައީކަމަށް ހިތާ މާޔޫސްކަމާއެކު އެ ކޮޓަރި ސާފުކުރުމުގެ މަސަތްކަތް އަލިޝްކާ ފެއްޓިއެވެ. ސަމީމާ ބުނިފަދައިން އެއްވެސް އެއްޗެއް އެއްލާނުލާ ވަރަށް ބަލައިގެންނެވެ. ހުރިހާ އެއްޗެއް ތަރުތީބުކޮށްލީ ރީތި އޯޑަރަކަށެވެ. ވަރަށް ހިތްހަމަޖެހިލައިގެން އަލިޝްކާއަށް އެ މަސަތްކަތް ކުރިއެވެ. އަވްޔަންގެ އެނދު ތަންމަތި އަޅާލަން ލިބުމުން އޭނާ ނިކަން ފަޙުރުވެރިވިއެވެ.

އާފުރެމުން ބޯހަކަމުން ގެއަށް ވަތް އަވްޔަންގެ ލޮލުގައި އަޅައިގަތީ ސޯފާގައި ޓީވީ ބަލަން އިން ބައްޕަ އަޖްވަދެވެ. ކާމޭޒުކައިރީގައި ހުރި އޭނާގެ ދޮންތަ އަޝްފާޔަށް ހިނިތުންވުމެއް ރައްދުކޮށްލަމުން ބައްޕަޔަށް އަވަސް ނަޒަރެއް ދީފައި އަވްޔަން މިސްރާބުޖެހީ ކާމޭޒާ ދިމާލަށެވެ.

“ކޮންއިރަކު ބޭރަށް ދިޔަގޮތަށް ބުރޯ” މޭޒުމަތީގައި ހުރި ފެންތަށި އެއްކޯވަރުން ދަމާލި އަވްޔަން ކުރެން އަޝްފާ އެއްސެވެ. “ރޭގަ.” އަވްޔަންގެ ޖަވާބު ވަރަށްކުރެވެ. “މައްޗަށް ދާއިރުގަ މަންމަ ކޮޓަރިއަށް ވަދެފަ މީތި ހަވާލުކޮށްލަބަލަ..” ޓިޝޫއަކަށް ލާފައި އަޝްފާ އަވްޔަންއާ ހަވާލުކުރީ ބޭސް ގުޅައެކެވެ. “މި ކީއްކުރަން.” އެ ބޭސްގުޅަޔަށް ބަލާލަމުން އަވްޔަން އެއްސެވެ. “މަންމަ ހުންވައްތަރުވީމަ..” އަޝްފާ ބުނެލިއެވެ. އަވްޔަން ހަލުވިފިޔަވަޅުތަކެއްގައި ސިޑީގެ ހަރުފަތަށް ގިރާކުރަން ފެށިއެވެ.

“އޭ އަވްޔަން..ކޮންތާކު އުޅެފަ ތިއައީ..” އޭނާގެ ބައްޕަ އަޖްވަދު ގޮވާލި އަޑު އިވުނެވެ. ނަމަވެސް އަވްޔަން އަޅައެއްނުލިއެވެ. މަންމަގެ ކޮޓަރު ދޮރުހުޅުވާލަމުން އެތެރެއަށް ވެނެވެ.

“ދަރިފުޅާ ނިއްކުރިއަށް ކިހިނެތް ހަދައިގެން ތިއުޅެނީ..” އެނދުކައިރީގައި ދެކަކޫ މައްޗަށް އިށީނދެލި އަވްޔަންގެ ނިއްކުރީގައި ކަނޑައިގެން ގޮސްފައި އިން ތަންކޮޅު އިސްތަށިތަށް ތެރެއިންވެސް ސަމީމާ ލޮލުގައި އަޅައިގަތެވެ. ކަންބޮޑުވެފައި އޭނާ އެތާނގައި އަތް ޖައްސާލިއެވެ. އެއާއެކު ސިހިފައި އަވްޔަން ތެޅިގަތެވެ. “އެ ނިޔަފަތިން..” ދޮގުހަދަން އަވްޔަންއަށް މަޖްބޫރެވެ. ހަގީގަތް ހާމަކޮށްފިނަމަ މަންމަގެ ހިތް ހަލާކުވެދާނެއެވެ.

އެނދުގެ ފަޑީގައި ލެނގިގެން އޮތް ސަމީމާގެ ނިއްކުރީގައި އަވްޔަން އަތުގެ ނުފުށް ޖައްސާލިއެވެ. “ހުމެއް ނެތް ދޯ މިހާރު.” ބޭސްގުޅަޔާއެކު ފެންތަށްޓެއް ދިއްކޮށްލަމުން ވާހަކައިގެ މިސްރާބު އަވްޔަން ބަދަލުކޮށްލިއެވެ. “އާން އެތެރެހަށީގަ ކަންނޭނގެ..” ފެންތަށި އެއްކޯވަރުން ސަމީމާ ދަމާލިއެވެ. “ބޭސް ކަނިކޮށް ރަނގަޅު ވެދާނެ..މަންމާ މަ އަދި އަންނާން އިނގޭ އިހަށް ދަނީ ކޮޓަރިއަށް.” ކުޑައިރު ކަންކުރާ ފަދައިން ސަމީމާގެ ކޮލަށް ދޮނެއް ދިނުމަށްފަހު ކޮޓަރިން ނިކުންނަ އަވްޔަން މިސްރާބުޖެހިއެވެ. ދަރިފުޅުގެ ފަރާތުން ފެނުނު އޯގާތެރިކަމުން ސަމީމާގެ ލޯ ފުރިގެން އައީ އުފާވެރިކަމުގެ ކަރުނައިންނެވެ.

އެނދުގެ ރަޖާގަނޑު ރީތިކޮށްލި އަލިޝްކާ ސިހުނީ އެއްޗެއް ވެއްޓުނު އަޑަށެވެ. އަވްޔަން ރަޖާގަނޑު ދަށުން ބިންމައްޗަށް ވެއްޓިފައި އޮތް ކަޅުކުލައިގެ ޑައިރީ އޭނާ އަތަށް ނެގިއެވެ. “ރިޔާޝާސް.” ބަނޑޭރިގަނޑުގައި ރީތި ފަރުމާއަކަށް ޖަހާފައި އިން ނަން އަލިޝްކާ ކިޔާލިއެވެ. އެ ޑައިރީ ހާވާހިތް އޭނާ ވަގުތުންވިއެވެ. އަމިއްލަ ކޮޓަރިއަށް ގޮސް ކަބަޑު ތެރޭގައި ބީރައްޓެހި ޑައިރީ ބާއްވާލަމުން އަލުން އަވްޔަންގެ ކޮޓަރިއަށް އައިސް މަސަތްކަތަށް ރުޖޫޢަވިއެވެ.

“ކީކޭ..” ސިޑިން އަރައަރާ ހުރެފައި ސިޑި މަތީގައި އަވްޔަން އިށީނދެލީ މުހިންމު ފޯނުކޯލެއް އައުމުންނެވެ. މީހަކަށް އަޑު އިވިދާނެކަމުގެ ބިރު އޮތުމާއެކު އަނގަމަތީގައި އެ އަތް އަޅާލިއެވެ. “މިހާރު ކިހިނެތް..އެއްކަހަލަ ބޭސް ނަގަންތަ..” އެކޮޅުން އިވުނީ ހަރުދަނާ ފިރިހެނެއްގެ އަޑެވެ. “ހްމްމް..އޭތި ނެގީމަ ވަރަށް ރަނގަޅޭ ނިދީގަ އަނެއްހެން ސިހޭގޮތެއްވެސް ނުވޭ އެކަމަކު އެ ހިޔާލުތަށް ގިނަވާންފަށާއިރަށް ބޮލަށް ވާންކުރޭ..ހަމަ ކުރިން ވާގޮތަށް އުނދަގޫވެސްވޭ..” އަވްޔަން ތަފްސީލުކޮށްދިނީ އޭނާގެ ހާލަތެވެ.

“އެހެންތަ..ދެން ރަނގަޅުވަމުން ދާނީ އިރާދަކުރެއްވިޔާ.އަޅުގަނޑު ބުނިހެން ބޮޑަށް އަމިއްލަ ނަފްސަށް ވަގުތު ހުސްނުކޮށް ކަންކަމުގަ މަސްއޫލުވެ މީހުންނާ ގުޅިގެން ބޭރުތެރޭގަ އުޅުނީމަ ހަނދާންތަކާ ދުރުވެވޭނީ..” ޑޮކްޓަރް ޝާޙްގެ ވާހަކަތަށް ކަނުލާ އަޑުއަހަން އިން އަވްޔަން އޭނާގެ ފޯނު ބާއްވަން މަޖްބޫރުވީ ސިޑިން އަރައިގެން އައި އަޖްވަދް ފެނުމުންނެވެ. “ލައްބަ..ޝުކުރިއްޔާ..ފަހުން ގުޅާލާނަން އިނގޭ.” ފޯނު ކަނޑާލުމަށްފަހު އަޖްވަދަށް ފަސްދީފައި އަވްޔަން އޭނާގެ ފްލޯރއަށް އެރިއެވެ. އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ހުޅުވާފައި ހުރި އޭނާގެ ކޮޓަރި ދޮރެެެވެ.

“އެއްކަލަ ނިންޖާ ވަނިއްޔޭ ދޯ..ހުޅުވާފަ ހުރިއްޔާ މީނަ ނުވަންނަ ފަހަރެއް އެބަ ދޭތަ.” ކުދިކިޔަމުން އަވްޔަން ހުއްޓިލީ ދޮރު ކުރިމަތީގައެވެ. ސިއްރުން އުޅެން ހަދައިގެން އޭނާގެ ބޯ ގޮސް ފާރުގައި ޖެހުނެވެ. ސީދާ ކަނޑައިގެން ގޮއްސަ އިންތެނެވެ. “އާޙް.” އަވްޔަންގެ އަނގައިން މަޑު ހަޅޭކުގެ އަޑެއް ނިކުތެވެ. ބާލީސްތަށް ރީތިކުރަން ފުރަގަސްދީގެން ހުރި އަލިޝްކާ ފަސްއެނބުރި ބަލާލިއެވެ.

“ސުއްބޫހު..” އަވަސް ހިނގުމެއްގައި އެއް އަތް ބޮލުގައި އަޅައިގެން ހުރި އަވްޔަންގެ އަނެއް އަތުގައި ހިފާއްޓާލައިގެން ގެނެސް އެނދުގައި އަލިޝްކާ ބޭންދިއެވެ. އަވްޔަންގެ އަތް ބޮލުން ނައްޓާލުމާއެކު އޭނާ ސިހުނެވެ. ކަނޑައިގެން ގޮސްފައި އިން ލަކުނުން ލޭ ފޭދިފައި ހުއްޓެވެ. “އޯ މައި ގޯޑް ކިހިނެތް ހަދައިން ތިއުޅެނީ ކަންނެތްވިޔަސް ބޮޑުވަރެއްނު ކަލޯ..” އެކުވެރިއެއްހެން އަލިޝްކާ ފުރަތަމަ ފަހަރަށް އަވްޔަންއާ މުޙާތަބުކުރިއެވެ.

ކަބަޑު ތެރެއިން ފަސްޓް އެއިޑް ކިޓް ނަގާފައި އަލިޝްކާ އަވްޔަންއަށް ފަރުވާ ދޭން ފެށިއެވެ. ކަންބޮޑުވެފައިވާ އޭނާގެ މޫނު ފެނުމުން އެއްމިޔަކުން ބޭއިޙްތިޔާރުގައި އަވްޔަން ހިނިތުންވެލިއެވެ. އިހްސާސްތަށް ކިތަންމެ ކޮންޓްރޯލްކުރަން މަސަތްކަތްކުރިޔަސް އަވްޔަންގެ ހިތް އޭގެ މަގާމުން ދޫވަނީ އަލިޝްކާގެ ސޫރަ ފެނުމުންނެވެ.

“ކީއްވެ ތި ބޭސް އަޅަނީ..” ހިމޭންކަމުން އުނދަގޫވެގެން އަވްޔަން އެއްސެވެ. “މަ މިއުޅެނީ ނަރުހަކަށް ވާންށޭ..” އަލިޝްކާ ޖަވާބުދާރީވިއެވެ. ބޭސްމަލަމުގެ ކަވަރު ކަރުދާސްގަނޑު ނައްޓާލަމުންނެވެ. “މޫނުމަތީގަ ބޭރަށް ފެންނަން ހުންނަން ޒަޙްމްތަކަށް ފަރުވާދެވެންޏާ ޒަޙްމްވެފަ އޮތް ހިތަކަށްވެސް ފަރުވާދެވޭނެދޯ.” އަވްޔަން އޭނާގެ ހިތުގައި އޮތް ސުވާލު ސީދާ ބަހުން ބުނެލިއެވެ.

ހިނދުކޮޅަކަށް އަލިޝްކާގެ ހަރަކާތްތަށް ހުއްޓުމަކަށް އައެވެ. “ހްމްމް..އިޓް ޑިޕެންޑްސް މަށާ ކޮން ގުޅުމެއް އޮތް މީހެއްކަމާ ފަރުވާދޭންވީ ހިތް ޒަޙްމްވި ސަބަބަކީ ކޮބައިކަންވެސް.” ބޭސްމަލަން ވަރަށް ބަލައިގެން އަވްޔަންގެ ނިއްކުރީގެ އެއް އަރީގައި ތަތްކޮށްދެމުން އަލިޝްކާ ވަރަށް ފުރިހަމަ ޖަވާބެއް ދިނެވެ.

“ތިހެންވެއްޖިއްޔާ މަގޭ ހިތަށް އޮތް ފަރުވާއަކީ ތީއޭ ބުނެފިއްޔާ.؟” އެއްބުމަ ހިއްލާލަމުން އަލިޝްކާގެ ލޮލާ އަވްޔަން ހަތަރު ކަޅި ހަމަކޮށްލިއެވެ. “މޮޔަ ވާހަކަ ނުދައްކާ..އެހެންނޫނަސް އަވްޔަން ހިތް ޒަޙަމްވީ ކޮންއިރަކު؟.” ހިނިގަނޑެއްޖަހާލަމުން އަލިޝްކާވެސް ކޮށްލީ ސުވާލެކެެވެ. އަވްޔަންގެ ވާހަކަ ސީރިއަސްކޮށް ނުނަގާލަން އިނގުމުން އަވްޔަން މާޔޫސްވިއެވެ. ނަމަވެސް އެއްގޮތަކުން ރަނގަޅެވެ. ކުރެވޭ އިހްސާސަކީ ލޯބިކަމަށް ހީކުރެވޭ ހީކުރެވުމެއް މައްޗަށް ގުޅުމެއް ބިނާކުރުމަކީ މާ ރަނގަޅުގޮތްނޫންކަން އަވްޔަން ސިކުނޑި އޭނާޔަށް ވިސްނައިދިނެވެ.

“އެހެމް..އެހެމް.” ދޮރު ކައިރިން މީހަކު ކަރުކެހިލި އަޑަށް އަލިޝްކާއާއި އަވްޔަން އެކުއެކީހެން ފަސް އެނބުރި ބަލާލިއެވެ. ދޮރުމަތީގައި ހުރި އަމީންގެ މޫނުމަތީގަ ވަނީ ލާނެއްކަމެވެ. އެކަން ދެނެގަންނަމުން އަވްޔަން މޫނަށް ވައްތަރެއް ޖައްސާލިއެވެ. އަލިޝްކާ ވަގުތުން ކޮޓަރިން ނިކުންނަން މިސްރާބުޖެހިއެވެ. “އަމްމް..ތީ އަލިޝްކާއަކީ ދޯ..” އަލިޝްކާޔާ ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން އަމީން އެއްސެވެ. އަލިޝްކާ ބޯ ޖަހާލިއެވެ. “އުހުން..އެއީ އަނުޝްކާ ޝާރމާ..” ފޯނު ހުޅުވާލަމުން އަވްޔަން ޖެއްސުމުގެ ރާގަކަށް ބުނެލިއެވެ. އަލިޝްކާ އޭނާގެ އުޅަނބޮށިން އަވްޔަންގެ މޭގައި ޖެއްސެވެ. އޭނާއަށް ވާނެ ތަދު ވިސްނާނުލިއެވެ. ތުންފަތުގައި ދަތް އަޅާލަމުން އަވްޔަން ކެތްކޮށްލީ ވަގުތާއި ހާލަތުގެ ގޮތުންނެވެ. އަލިޝްކާގެ ދެކެ އޭނާއަށް ރުޅިއެއް ނާދެވުނެވެ.

“އާން ތި އަލިޝްކާ ހޯދަން ބަޔަކު އައިސް އެބަ ތިބި.” އަލިޝްކާއާއި އަވްޔަންގެ ހަރަކާތްތަކުން ނަގަންވީ މާނައެއް ނޭނގިފައި ހުރި އަމީން ބުނެލިއެވެ. އިތުރަށް މަޑުކުރުމެއް ނެތި އޭނާކޮޓަރި ނިކުންނަން ހިނގައިގަތީ އަވްޔަންއަށް އެއް ލޯ މަރާލަމުންނެވެ.

ދޮންބެ އަމީން ނެގީ ކޮންކަހަލަ މާނައެއްކަން އެނގުމުން އޭނާ ބޯ ކަހާލިއެވެ. އަލިޝްކާއަށް ބަލާލިއިރު އޭނާވެސް ހުރީ އަވްޔަންއަށް ބަލަހައްޓައިގެންނެވެ. “ދަނީ އިނގޭ.” ފަސްއެނބުރި ދަމުން އަލިޝްކާ ދޮރު ޖަހާލިއެވެ. ޓީޝާރޓު ބާލާލަމުން އަވްޔަން އޭނާގެ މޭގައި އަތް ޖައްސާލިއެވެ. އެހިތް ތެޅެމުން ދިޔައީ އިންތިހާއަށެވެ. ނާރުތަކަށް ވާންވާ ކަހަލަ އިހްސާސެއް އޭނާއަށް ކުރެވުނެވެ. ދެލޯ މަރައި އަވްޔަންއަށް ތަގުޅިކޮށްލެވުނެވެ. ކުއްލިއަކަށް އިންތަނުން ތެދުވެ ފާހާނާޔާ ދިމާލަށް އަވްޔަން ދުއްވައިގަތެވެ. ސިންކު ކައިރިއަށް ކުޑަކޮށް ގުދުވެލަމުން ދެތިން ފަހަރު އޭނާ ކެއްސާލިއެވެ. ހުދުކުލައިގެ ސިންކު ގަދަ ރަތްކުލައިގެ ލެއިން ވިދައިގަތެވެ.

އެންމެ ހިނދުކޮޅަށްވެސް އަވްޔަން މޭމަތީގައި ބާއްވާފައި އޮތް އަތް ދޫކޮށްނުލިއެވެ. ސިންކު ސާފުކޮށްލަމުން އޭނާ ކޯށް ދުވެލިއިރު އެ ދެލޯ ފުރިގެން އައި ބޮޑުތިކި މުތީގެ ކަރުނައިންނެވެ. ފިރިހެނެއްކަމަކު އޭނާއަކީވެސް އިންސާނެެކެވެ.

ފާހާނާއިން ނިކުތް އަވްޔަންގެ މިސްރާބު ހުރީ އަލަމަރިއާ ދިމާލަށެވެ. ހެދުން ތަކު ތެރެއިން ނެގި ބޭސްގުޅަ ކެއުމުންވެސް އެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަކަށް ބަދަލެއް ނައެވެ.  އަވްޔަން އެނދުގައި ބަންޑުން އޮށޯވެލިއެވެ. ސިކުންތު ކޮޅަކަށްވުރެ ސިކުންތުކޮޅެއް އޭނާގެ ނޭވަތަށް އަވަސްވެ ކުުރުވަމުން ދިޔައެވެ. އަވްޔަންގެ ބާރު ކެއްސުމުގެ އަޑު ހިމޭންވެފައި ކޮޓަރީގެ ހިމޭންކަން ނަގާލައެވެ.

އޭނާއަށް އިތުރަށް ކެންނުވުމުން ނައިޓްސްޑޭންޓް ތެރެއިން ކުނޑި ޕެެކެޓެއް ނަގައި އަނގަޔަށް އަޅާލިއެވެ. ތަދު އިހްސާސްކުރަން ބޭނުންނުވުމުންނެވެ. ޕެކެޓު އެކީހެން ހުސްވިއިރު އޭނާ ހުރީ ހަމަހޭގައެއް ނޫނެވެ. ނަމަވެސް ކެއްސުން ދިޔައީ ކުރިއަށެވެ.

** *** ** *** ** ***

ސޑިން ފައިބައިގެން އައި އަލިޝްކާއަށް ގެ އަނގަ ތަންމިނަށް ހުޅުވުނީ ސޯފާގައި ތިބި މީހުން ފެނުމުންނެވެ. “މަންމާ..” އަފަލުން ހެމުން އޭނާގެ މަންމަ އަނީސާޔާ ދިމާލަށް ދުއްވައިގަތެވެ. އަނީސާ ގައިގައި ބައްދާލަމުން އޭނާގެ ކޮއްކޮ ފަނަަރައަހަރަށްދާ އަޔާންގެ ބޮލުގައި ފިރުމާލިއެވެ. އޭނާ ވަގުތުން ދުރަށްޖެހިލިއެވެ. ޒުވާނެއްގެ ސިފަތަށް ފުރިހަމަޔަށް މިލްކުކޮށްފައިވާ އަޔާންގެ މޫނުން ފެންނަނީ ފިރިހެންވަންތަކަމުގެ ސިފަތަކެވެ.

ސަމީމާވެސް މި މަންޒަރު ބަލަން އިނީ އުފަލުން ފޮޅިފައެވެ. “ކޮންއަރަކު އައީ..” އަނީސާ ކައިރީގައި ސޯފާގައި އިށީނދެލިއެވެ. “މީ އަޔާންގެ ސްކޫލު ފަރާތުން ކޮންމެވެސް ޖަލްސާއަކަށް އެންމެ ދުވަހަކަށް އައިސް މިއުޅެނީ..” އަނިސާ ބުނުމުން އަލިޝްކާ މާޔޫސްވިއެވެ. ފޯނަށް ގެއްލިފައި އިން ކޮއްކޮ އަޔާންއަށް ބަލާލިއެވެ. އޭނާ ކުރަނީ ކޮންކަމެއްތޯ ބަލާލާ ހިތްވިއެވެ. “މައިޝާ ރެޑް ހާރޓް.” އަޔާންގެ ފޯނު ތެރެއަށް އަލިޝްކާ ބޯ ދިއްކޮށްލިއެވެ. “ހޯ ހޯ..ޔާނޫ ހާދަ ކުރިއެއްގައޭ ދޯ މިއުޅެނީ.” ޖެއްސުމުގެ ރާގަށް އަލިޝްކާ ސަމާސަކޮށްލިއެވެ. އަޔާން ހުތްވިއެވެ. އޭނާ ވަގުތުން ފޯނު ޖީބަށްލިއެވެ. އަލިޝްކާ ޖަހާލީ ހިނިގަނޑެކެވެ.

މިދެމީހުންގެ ކުޅިގަނޑު ބަލަން ހެވިފައި ސަމީމާއާއި އަނީސާ ތިއްބެވެ. “ކޮބާ މިގެ ކިހިނެތްތަ..” ސަމީމާއެކޭ އަނީސާއެކޭ ތަފާތެއް ނެތެވެ. އަލިޝްކާގެ ބޮލުގައި ފިރުމުން ނޫންކަމެއް އަނީސާއެއްވެސް ނުުކުރިއެވެ. “ހަމަ ބަރާބަރު ދޯ ސަމީމައްތާ އަދި އެންމެ ދުވަހެއްނު މިވީ..ކޮލެޖަށް ދާން ފެށީމަސަމީމައްތަޔާ އެއްކޮށް ކޭކު އަޅަންވެސް ދަސްކުރާނަމޭ..” ޖޯޝުގައި އަލިޝްކާ ކިޔާލިއެވެ. އޭނާ ދިޔައީ އެތަކެއް ހުވަފެންތަކެއް މުސްތަގުބަލާމެދު ދެކެމުންނެވެ.

“މި ލިބުނީ ރަނގަޅު ދަރިއެއްނު..” ސަމީމާވެސް ހުރީ ނިކަން އުފަލުންނެވެ. އޭނާގެ ދެ އަންހެން ދަރިންނަށްވުރެ މިޒާޖުގެ ގޮތުން އަލިޝްކާ މާ ގަމުގޮސްފިއެވެ. “ދަރިފުޅާ މަންމަ ހުންނާނީ ނާރސް ކޯހަށް ބޭނުންވާ ހުރިހާ ލާރިޔަކާ މަންމަގެ އެކައުންޓުގެ ބޮޑުބައި ޖަމާކޮށްފަ އިނގޭ ދަރިފުޅު އަކައުންޏަށް.” އަނީސާ ކިޔައިދިނެވެ. ބުނާނެ އެއްޗެއް ނޭނގުުމުން އަލިޝްކާ މަޑުމަޑުން ބޯ ޖަހާލިއެވެ. “މަ ނެތް ދުވަހަކުންވެސް އަލިޝްކާ ބަލައިދޭނަން ދޯ ސަމީމާ..” އަނީސާ ދައްކަމުން ދިޔަ ވާހަކައިން އަލިޝްކާ ބިރުގަންނަ ގޮތްވިއެވެ. އެންމެ ކުޑައިރުއްސުރެއް ބައްޕައެއްގެ ލޯބިވެސް ފުރިހަމަކޮށްދިން އެ މަންމަޔާ ނުލާ

“އާން ޔަގީނެއްނު..މީ މިހާރު މަގޭވެސް ދަރިއެކޭ.” ސަމީމާ ހޭވައްލާ ތައްޔާރެވެ. އޭނާ ޖަހާލީ ހިނިގަނޑެކެވެ. “މަންމަ ކޮންކަހަލަ ވާހަކައެއް ތި ދައްކަނީ..” ނުތަނަވަސްވެފައި އަލިޝްލާ އެއްސެވެ. އަޔާންވެސް ފާޑަކަށް އޭނާގެ މަންމަޔާ ދިމާލަށް ބަލަހައްޓައިގެން އިނެވެ. އޭނާގެ އެއްބުމަ ހިއްލިފައެވެ. “މަށަށް ވަރަށް ބިރުވެރި ހުވަފެނެއް ފެނުނީ..މަ މަރުވަނިކޮ..ދެން އަލިޝްކާޔާ އަޔާން ނިކަމެތިވަނީ..” އަނީސާގެ އަޑު ކުރެހުނެވެ. އޭނާއަކީ ހުވަފެންތަކަކީ ތެދެއްކަމަށް ގަބޫލުކުރާ މީހެކެވެ.

“މޮޔަ ވާހަކަ..މަންމަ ގަބޫލުކުރާނެ..ހުވަފެނުގަ އެކޮޅުކޮޅުން ހިނގޭނޭ މީހަކު ބުންޏަސް..” އަޔާންއަށް އެކަންވީ މަޖާކަމަކަށެވެ. އޭނާ ބުނެލި އެތިން އަލިޝްކާޔަށްވެސް ހެވުނެވެ. ނަމަވެސް އަނީސާ ރުޅި އަންނަ ކަމަށް ހަދާލީއެވެ.

“ދެން ގޮސްލަނިއްޔޭ އެކެއް ޖަހާއިރު ފެރީ ނައްޓާލާނެ..ސަމީމައްތަ ބަސްއަހައިގެން ކިޔަވައްޗޭ އިނގޭ” އަޔާންއާއެކު ސޯފާއިން ތެދުވަމުން އަލިޝްކާ ގައިގައި އޭނާ ބައްދާލިއެވެ. މިއީ އަލިޝްކާ ގައިގައި ބައްދާލެވޭނެ އެންމެ ފަހު ފަހަރުކަމެއް ނުދެނެހުއްޓެވެ. އަޔާންވެސް އޭނާގެ ދޮންތަ ގައިގައި ބައްދާލާފައި ނިކުމެގެން ދިޔައިރު އެދެމައިގެން ހިތުގައިވެސް ނުތަނަވަސްކަމެއްވިއެވެ. ޙުދު އަލިޝްކާގެ ހިތުގައިވެސްމެއެވެ.

“މަންމަ ވަރަށް ފާޑެއްގެ ވާހަކައެއް ދެއްކި ދުވަހެއްދޯ. އެކަމަކު ދައްތަ ވާ ވައުދެއް އެއީ އަނީސާ ނެތްދުވަހަކުން ރަނގަޅަށް އަލިޝްކާ ބަލައިދޭނަން” ހިންދީ ޑްރާމާއެއް ޓީވީން އަޅުވާލަމުން ސަމީމާއާއި އަލިޝްކާ ސޯފާގައި ހަަމަޖެހިލިއެވެ. އަލިޝްކާ ބޯ ޖަހާލިއެވެ. ސަމީމާގެ ފަރާތުން ލިބުނު އޯގާތެރިކަން މުޅި އުމުަރަށްވެސް ލިބޭނެ ކަމުގެ ޔަގީންކަން ދިނުމުން އަލިޝްކާ ހިތްހަމަޖެހުނެވެ. ޑްރާމާ އަޅުވާފައި ހުއްޓެއްކަމަކު ހުއްޓާނުލާ އެ ދެ އަންހެނުން ހުސްނުވާ އަނގަތެޅިއެވެ. އުމުރުގެ ފަރަގު ބޮޑުވިއަސް ގާތް އެކުވެރިންނެކޭ ތަފާތެއް ނެތެވެ.

“ދޭބަލަ ބަދިގޭގަ ހުރި ޕޮޕްކޯން ކޮޅު ހިފައިގެން އަންނަން..ވަރަށް ޗިލްކޮށެއްނު ކަސޯޓީ ބަލަންވާނީ..” ސާޅީހުގެ އަހަރުތަށް ގުނަމުން ދިޔަކަމުގައިވިޔަސް ސަމީމާގެ ވިސްނުމުގައި ހުންނަ ޒުވާންކަމާއި އޭނާގެ “ކޫލް” ކަން އަލިޝްކާޔަށް ކަމުދިޔައެވެ. އޭނާއަށް ހެވޭފަހަރުވެސް މަދެއް ނޫނެވެ.

ސަމީމާގެ އެދުމުގެ މަތިން އަލިޝްކާ ބަދިގެއަށް ވަނެވެ. ބޮކި ދިއްލާލަމުން އެ ބޮޑު ބަދިގެއަށް ނަޒަރު ހިންގާލިއެވެ. ޝާހީ ކަމުގެ އިންތިހާއެވެ. ބަދިގޭގައިވެސް ޗާންދަލިއާރއެއް ހަރުކޮށްފައި ހުއްޓެވެ. އަވަން ކައިރިއަށް ޖެހިލަމުން އަލިޝްކާ އޭގެތެރޭގައި ހުރި ޕްޕްކޯން ތަށިނެގިއެވެ. އާވިން އަރައިގެން އައި މީރުވަހުން ކުޅު ދިޔާވިއެވެ. ވަހުން އެކަނިވެސް ބަނޑު ފުރުނު ފަދައެވެ.

ބާރު ހިންގުމެއްގައި ބަދިގެއަށް ވަދެގެން އައި އަޖްވަދުގެ ފިޔަވަޅުތަށް ހުއްޓުނީ އަވަން ކައިރީ އޭނާއަށް ފުރަގަސްދީގެން ހުރި އަންހެން ކުއްޖާ ފެނުމުންނެވެ. ދޫ ޓްރެކްޝޫޓަކާއި ޓީޝާރޓެއްގައި ހުރިނަމަވެސް ފުރަގަހުންވެސް އެ އަންހެން ކުއްޖާ ލޫޅާފަތި ބައްޓަން ހާމަވިއެވެ. ފަން ދިގު އިސްތަށިގަނޑު ހުޅިއެއް ޖަހާފައި ވީނަމަވެސް ފަރާތް ފަރާތުން އިސްތަށިތަށް ދޫވެފައި ހުއްޓެވެ. ހަމަ ގައިމުވެސް އެއީ އޭނާގެ ދަރިއެއް ނޫންކަން އަޖްވަދުއަށް ޔަގީންވިއެވެ.

ތަށްޓާއެކު އެނބުރުނު އަލިޝްކާ ސިއްސައިގެން ދިޔައީ އޭނާޔާ ދިމާލަށް ބަލަހައްޓައިގެން ހުރި ޖާނުން ވަރުގަދަ ހަށިގަނޑުގެ ވެރި ފިރިހެންމީހާ ފެނުމުންނެވެ. އޭނާ ހުރީ ކޯޓާ ފަޓުލޫނުގައެވެ. މޫނުމަތީގައި އެއްވެސް އަސަރެއްނެތަސް ހަރުދަނާވެފައި ހަރުކަށި ގޮތެއް ހުއްޓެވެ.

“ތީއީތަ..އެ ސަމީމާ ގެނެސްގެން އުޅޭ ރަށްފުށު އަލިޝްކާއަކީ..” އޭނާގެ ބަރު އަޑުއިވުމުން އަލިޝްކާގެ ހިތްމަޑުމޮޅިވިއެވެ. ހިސާބަކަށް ބިރުވެސް ގަތެެވެ.  މަޑުމަޑުން އަލިޝްކާ ބޯ ޖަހާލިއެވެ. “މީ އަޖްވަދް ސަމީމާގެ ފިރިމީހާ އަދި މިގޭ ވެރިމީހާ.” އަޖްވަދުގެ އަޑުގައި ބޮޑާ ކިބުރުވެރި ގޮތެއް ހުއްޓެވެ. އަލިޝްކާ ފޫހިވިއެވެ. “ލައްބަ..” ބޯ ޖަހާލަމުން އިސްތިރިކޮށްލައިގެން އޭނާ ހިނގައިގަތީ ބަދިގެއިން ނިކުންނާށެވެ. ނަމަވެސް ކުރިބެއްދީ އަޖްވަދެވެ.

މިއީ ކިހިނެތްވެގެން އުޅޭ ފިރިހެނެއް ހެއްޔެވެ.؟ އަލިޝްކާ ހިތަށްއެރިއެވެ. އަޖްވަދުގައި ބިޔަހަށިގަނޑުގައި ޕޮޕްކޯން ތަށިޖެހުމެއް ބިންމައްޗަށް ދެ ޕޮޕްކޯން ފުންމާލިއެވެ. ބޭނުންނުވިނަމަވެސް އެއް އަތުން ބިއްލޫރި ތަށި ހިފަމުން އަނެއްއަަތުން ޕޮޕްކޯންކޮޅު ނަގަން އަޖްވަދްގެ ފައި ދޮށަށް އަލިޝްކާ ގުދުވެލިއެވެ. އަޖްވަދްއަށް ފެންނާނީ ކޮންކަހަލަ މަންޒަރެއްކަން ނޭނގި ހުރެއެވެ.

ވަހުޝީ އެދުންތަކުން އަޖްވަދުގެ ސިކުނޑި ހިސޯރުކޮށްލިއެވެ. އަލިޝްކާގެ ޓީޝާރޓުގެ ބޮޑު ކަރުވަޅު އެލިފައިވުމުން ކަޝްފުވި އެ މޭމައްޗަށް ބެލުން ނޫންކަމެއް އަޖްވަދަކަށް ނުކުރެވުނެވެ. އެހެން ހުރިހާ އެއްޗެއް އޭނާޔަށް ޢައިބުވެފައި ވާފަދައެެވެ. އަލިޝްކާގެ އަންހެންވަންތަ ހަށިގަނޑަށް ވަގުތުން ދަހިވެތިވެވުނެވެ.

“ހްމްމް..ސަމީމާވެސް މިހާރު ބާވެފަ..ދެން މި މަންޖެ މިގޭގަ ހުންނަންޔާ މަށަށް ލިބޭނެ ރަނގަޅު ފުރުސަތެއްދޯ..އެކަމަކު މިއީ ރަށްފުށު ފަގީރެކޯ.” އަޖްވަދް އޭނާގެ ތުންބުޅީގައި އަތްހާކާލިއެވެ. އޭނާގެ ހިތް ގޮވަމުން ދިޔައީ އެންމެ ކަމަކަށެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ދެބަސްވެވުނެވެ.

“ނޫނޭ އަޖްވަދު ތިހެން ނުވިސްނާ..ކަލޭ ތިއުޅެނީ އޭނާޔާ އިންނާކަން ނޫނެއްނު..އެހެންމަ އެންމެ ރެއަކަށް ރަނގަޅުވާނެ..ބާކޮށްފަ އެއްލާލީމަ އެ ނިމުނިއްޔޭ.” ޝައިތޯނާ އަޖްވަދުގެ ސިކުނޑިއަށް ސަވާރުވެ ވިސްނައިދިނީ އެންމެ ނުބައިކޮށެވެ. ގުދަށްއޮވެފައި ތެދުވި އަލިޝްކާއަށް ބަލާލެވުނީ އަޖްވަދުގެ މޫނަށެވެ. ނުލަފާ ގޮތަކަށް ހެވިފައި ހުރި މޫނުގައިވާ ކުލަވަރުން ވަރަށް ފަސޭހަކަމާއެކު އެ ސިކުނޑީގައިވަނީ ކީކޭކަން އަލިޝްކާ ދެނެގަތެެވެ. އިތުރަށް އެންމެ ވަގުތެއްވެސް ބޭކާރުނުކޮށް އޭނާއަށް ހުރަހަކަށްވި އަޖްވަދުގެ އަތް ފޮޅުވާލާފައި ސިޓިންގް ރޫމަށް މިސްރާބުޖެހިއެެވެ. އަޖްވަދުވެސް އޭނާފަހަތުން އައިކަން އެނގިހުރެއެވެ.

ކާމޭޒުކައިރީގައި ފޯނާ ކުޅޭކަމަށް ހަދައިގެން އަޖްވަދުއިނެވެ. ނަމަވެސް އޭނާގެ ނަޒަރު ހުއްޓިފައިވަނީ ސޯފާގައި ސަމީމާއާއެކު އިން އަލިޝްކާއަށެެެވެ. މިކަން އަލިޝްކާ ދެނެހުއްޓެވެ. އަޅާނުލުމަކީ އެންމެ ރަނގަޅުގޮތޭ އޭނާ ހިތަށްއެރިއެވެ. ބޮޑާ ކިބުރުވެރި ބާރުގަދަ މަހުޖަނުންގެ ގޮތް އަލިޝްކާއަށް އޮޅިފަކައެއް ނެތެވެ.

“ދައްތާ އެބައަންނަން އިނގޭ ކޮޓަރިއަށް ގޮސްލާފައި” އުނދަގޫވެގެން ހަތިޔާރު ބަހައްޓަން އަލިޝްކާޔަށް މަޖްބޫރުވިއެވެ. ސަމީމާގެ ކޮނޑުގައި ޖަހާލަމުން ހަލުވިކަމާއެކު އުޅާއްޔެއްފަދަ ސިޑީގެ ކާޕެޓްއަޅާފައިވާ ހަރުފަތަށް ގިރާކުރަން ފެށިއެވެ. އަޖްވަދުގެ ލާނެއް ނުބައި މޫނު ސިފަކުރެވޭ ކޮންމެ ފަހަރަކު އޭނާއަށް ރުޅި އާދެވެއެވެ. ފިރިހެނުންނަކީ މޮޔަ އަމިއްލަ އެދުމުން ފުރިފައިވާ ބައެކޭ އަލިޝްކާ އޭނާގެ ހިތަށް އަބަދުވެސް ވިސްނައިދޭ ސަބަބަކީ އެއީއެވެ.

ތިންވަނަ ފްލޯރައަށް އެރިއިރު އަވްޔަންގެ ބާރު ކެއްސުމުގެ އަޑު އޭނާގެ ކަންފަތާ ހަމައަށްވެސް ފޯރިއެވެ. އަލިޝްކާގެ  ދެބުމަ ކައިރިވިއެވެ. މިސޮރު އަނެއްކާ ކޮން ހާލެއްގަބާވައޭ ހިތަށްއެރިއެވެ. ކުއްލި ހަރަކާތާއެކު އޭނަ ދޮރު ހުޅުވާލިއިރު އަވްޔަންވެސް ކުއްލި ހަރަކާތާއެކު ތެދުވެ އެނދުގައި އިށީނނަނީއެވެ. ކުޑަކޮށް ގުދުވެލަމުން މޭގައި އަތް އަޅައިގެން އޮވެ އޭނާ ކެއްސަމުން ދިޔައެވެ.

ކޮޓަރި ތެރެއިން ދުވި ނުބައި ވަހުން އަލިޝްކާ އޯކާދެމިގަތެވެ. އެހެންނަމަވެސް އަވްޔަންގެ ހާލާމެދު އަނެއްކާވެސް ހަމްދަރުދީވެ ހުރެ ގޮސް އަވްޔަން ގާތުގައި އިށީނދެލިއެވެ. ދެން އަލިޝްކާޔަށް ހަރާކާތެއް ނުކުރެވެނީސް އަވްޔަން އޯކައްދެމިގަތެވެ. ދެލޯ މަރައި ތަގުޅިކޮށްލަމުން އަނެއްކާވެސް ކެއްސައިގަތެވެ.

އޭނާގެ އަނގައިން ފޭބި ލޭތަށް ފެނި އަލިޝްކާގެ ދެލޯ ބޮޑުވިއެވެ. އަވްޔަންގެ ފައިތިލައިގަޔާ ޓައިލްސްމަތީގައިވެސް ހުސްލެޔެވެ. “އަވްޔަން…އޭ..” އަލިޝްކާގެދުލުން ބޭރުވިއެވެ. ކެއްސައިކެއްސައިންވެސް އިތުރަށް އެއްޗެއް ނައުމުން އަވްޔަން ލާންފެށީ ފުންނޭވާތަކެކެވެ.

އަވްޔަންގެ ކޮނޑުގައި ފުރަގަހުންނާ ކުރިމަތިން ދެއަުން ހިފާއްޓާލަމުން އަލިޝްކާ ގަޔާ ކައިރިކޮށްލިއެވެ. އަލިޝްކާގެ ކޮނޑުގައި ބޯ އަޅާލަމުން އަވަސް ނޭވާތަކާއެކު އަވްޔަން ދެލޯ މަރާލިއެވެ. އަލިޝްކާވެސް އޭނާގެ ބޯ އަވްޔަންގެ ބޮލުގައި މަޑުމަޑުން ޖައްސާލިއެވެ. “ރިޔާޝާ..” ވަރުނެތް އަޑަކުން ދެލޯ މެރިފައިވާ ހާލުވެސް އަވްޔަން ކިޔަމުން ގެންދިޔައެެވެ. އޭނާހުރީ ހަމަ ހޭގައި ނޫންކަން އަލިޝްކާ ދެނެގަތެވެ.

ނަމަވެސް މިފަދަ ވަގުތެއްގައި އަވްޔަން އެކަނި ހާލަށް ދޫކޮށްލަން އެހިތް ހަމަ ހިލާ އެއްބަހެއްނުވިއެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި އަލިޝްކާގެ އަތްތެރެއަށް ދެމުނު އަވްޔަންގެ ބޮލުގައި ބޯ ޖައްސާލައިގެން އަލިޝްކާ އިނީއެވެ. އަވްޔަންގެ ލޮލުން ފޭބި ކަރުނައިގެ ރޮނގުން އޭނާއަށް އަސަރުކުރިއެވެ. ފުރާފުރިހަމަވެފައި ހުރި ފިރިހެނެއް ރުއިތަށް ހަމަލޮލަށް ފެނުނު ފުރަތަމަ ފަހަރުވިއްޔާއެވެ. އަވްޔަންގެ މޫނުގައި އޭނާ މަޑުމަޑުން ފިރުމާލިއެވެ.

ދެލޯ މެރިފައި އޮވެވެސް އަވްޔަން އޭނާގެ މޭގައި އެއްއަތުން ތަޅަން ފެށިއެވެ. އަލިޝްކާ މަސަތްކަތްކުރީ އެކަން ހުއްޓުވޭތޯއެވެ. “..ޕްލީސް ޑޯންޓް ޑޫ ދިސް ޓު މީ..” މަޑުމައިތިރަ އަޑަކުން އަވްޔަން ބުނެލިއެވެ. އޭނާއަށް ކިޔޭ ނުކިޔޭ ނޭނގެނީކަމަށް ހިތާ އަލިޝްކާ މާ ބޮޑު ސަމާލުކަމެއް ނުދިނެވެ. “ޝްޝްޝް އެ އޯކޭވާނެ ނިދާލާ ދެން..” ކުޑަކުއްޖަކު ގެންގުޅޭ ފަދައިން އަލިޝްކާ އަވްޔަން ގައިގައި ނާނާ ކިޔަންފެށިއެވެ. އޭނާގެ ތުންފަތް އަވްޔަންގެ ނިއްކުރީގައި އޮޅިގެން ޖައްސާލެވުނެވެ. ނަމަވެސް ނިދީގެ ތެރެއިން އަވްޔަންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވި ތަން އަލިޝްކާ ދުއްޓެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

gigi

Level 110 Stories100 Comments

Other Articles

Previous

ނުކުރެވުނު އިތުބާރު (1 )

Next

ލޯބިވެވުނީ އެވެ. – 8

Next
December 3, 2018

ލޯބިވެވުނީ އެވެ. – 8

Previews
December 3, 2018

ނުކުރެވުނު އިތުބާރު (1 )

51 Comments!

  1. Hazu says:
    December 3, 2018 at 8:40 pm

    Me first dhw

    1. gigi says:
      December 4, 2018 at 12:14 am

      Yes ❤❤❤ proud of you dear ????jehi jehignn two parts ga first dhw????congratulations ?????

  2. unique says:
    December 3, 2018 at 8:59 pm

    yey vaahaka up vee thanks gigi

    1. gigi says:
      December 4, 2018 at 12:21 am

      WC❤❤❤❤My pleasure dear?? ekm it’s all cux of you alls support ingey??

  3. Hazu says:
    December 3, 2018 at 9:14 pm

    ❤❤❤❤❤❤❤❤Story vvvvvvv rethi nxt part kon dhuva hakun baa

    1. gigi says:
      December 4, 2018 at 12:24 am

      Awwwn hazu..❤❤❤❤ thank you so much dear????sweet of you ingey?????????maadhan up kohleveythoa I’m trying?????? insha allah maadhan rey kiyaalan libey varu kohlaanan ????

  4. NaaNi says:
    December 3, 2018 at 9:49 pm

    Varah reethi vaahaka.. daily up kuraane dho? And im impressed varah dhigukoh episode thah genes dheytheeve.. keep up the good work.. ❤️❤️ much loves.. 🙂

    1. gigi says:
      December 6, 2018 at 1:06 am

      Awwwwwn naani.. thank you so much ❤❤❤❤❤ yesh daily koh insha allah ?????alheyy I’m so happy u like it’s ???????????insha allah I wont let my readers down ??????love more ????

  5. Anonymous says:
    December 3, 2018 at 9:53 pm

    Nice ?❤??

    1. gigi says:
      December 4, 2018 at 12:30 am

      Thank you so much anonymous ??❤❤???

  6. unique says:
    December 3, 2018 at 9:53 pm

    varah varah habeys hama varah loabi but varah gina mistakes huri i hope u figure it out n improve it next partga all the best
    thanks for this lovely story

    1. gigi says:
      December 4, 2018 at 12:42 am

      Alheyyyyyy…I was waiting for your comment unique ❤❤❤❤❤❤ mi comment ves vrh loabi…???so sweet..yeah adhi alah mihaa gina words liyunii??? so maa bodah check kohlan time ehves nulibunu ??????????????but next part ehga I’ll be more careful and thanks for pointing em out it means a lot ingey??????????nd my pleasure dear???

  7. Ahana says:
    December 4, 2018 at 12:49 am

    Masha Allah! Storyline v thafaathu and reethi..best of luck..!! And v inthizaaru kurevey mi story ah..

    1. gigi says:
      December 4, 2018 at 3:09 pm

      Awwwwwn?? thank you so much ❤❤❤❤❤❤ vrh vrh bodah dear it means so much ingey…???? nd yesh I wanted make it as unique as I can ehen strys aa thafathukohlan ????????❤❤❤thanks alot vrh ufaavejje thihaa kiyaa hihvaa reader akaa dhimaaveema??????????

  8. Gigi ge fan says:
    December 4, 2018 at 8:11 am

    Story is awesome Marsha allaah…curiously waiting for next part…please varah avahah up kohdheeeeba

    1. gigi says:
      December 4, 2018 at 3:13 pm

      OMG alheyy??…I can’t believe do i even have fans ??happy tears ❤❤❤❤❤❤❤Thank you so much luvvx ???? so loabi ?????next part mihaaru liyevemun dhanee ingey ?????????mirey kiyaalevey varu vaane insha allah ???????I’m trying my best ingey dear ?????????

  9. Beryl Stone says:
    December 4, 2018 at 9:11 am

    Masha allah???this stry is just fabulous?????????hope u will correct the mistakes???❤????Jazakhallah khairan dear

    1. gigi says:
      December 6, 2018 at 9:05 am

      Awwwn thank you so much ❤❤❤❤❤❤vrh loabi comment eh ingey dear ??????spelling mistakes dho…avahah type kureveythii eii ?????????but with more practice I’ll keep improving insha allah ???????????????

  10. Xennyy says:
    December 4, 2018 at 11:04 am

    Woahh….alheyyyyyeyyyy……
    So lovelyyyyy…vahaaka is so obiii…????????????????????

    1. gigi says:
      December 4, 2018 at 3:17 pm

      Awwwn??? haadha colourful comment ekey xenny dear ❤❤❤❤❤❤❤ vrh loabi ingey I’m hoping to see such loabi comments often ??????eii aslu vrh bodu encouragement eh kuriyah dhaan libey ???????????????much luv dear ??????

  11. hamtii says:
    December 4, 2018 at 12:44 pm

    Salhi ingey…gigi, i ge phone gehligen mi ulheny..fenuneema bunaanan shithothi kaari..okay tha?ehah dont msg to my phone ingey gigi…reply kurachey

    1. gigi says:
      December 4, 2018 at 12:53 pm

      thank you so much.hamtti dear????❤❤❤? though i have no idea what youre talking about..???????all i know is dear ge phone gellunu kan so ill pray phone avahah feneythoa??????????????? cux i understand how hard it is to be without the phone?????and who might shithothi be? i have no idea?????????????????

  12. pink polka dots says:
    December 4, 2018 at 1:23 pm

    luv this story ur ? IDea of this story is awesome when is the nxt pxt❓

    1. gigi says:
      December 4, 2018 at 3:21 pm

      Cool camera emojie??????alheyy…such luv❤❤❤❤❤❤thank you so much ?????assu tha? I din know ehaa osam idea eh kameh but know i gotta belive ?????????????????next part liyanii mihaaru I’ll submit et dawn insha allah ????? ❤❤❤

  13. Kudoo says:
    December 4, 2018 at 2:01 pm

    Varah reethi story, Maasha Allah, avahah up kurahche next part, can’t wait, ehaa vx reethi

    1. gigi says:
      December 4, 2018 at 3:26 pm

      Awwh thank you so much kudooo ❤❤❤❤❤❤yesh insha allah today I’m trying my best ??????? alheyy assu tha??? I’ll make it as fast as I could ingey..????????????????????

  14. kudoo says:
    December 4, 2018 at 4:38 pm

    Hama aslu vx varah reehche mi story,?? vaahaka kiyan mi story noonas but mi story kiyaalyma ehen part eh vx kiyaa hiyy vaavarun mi ulheni hama, ???ehaa ehaa reethi, avahah up kurahche dhoooooneee?

    1. gigi says:
      December 4, 2018 at 9:22 pm

      Awwn alheyy❤❤❤❤❤vrh ufaavejje kudoo thihaa kiyaa hihvaathee????????? yssh mihaaru sunmit kohlaifin??❤?????

  15. Xennyy says:
    December 4, 2018 at 9:47 pm

    Giggi…dhooonii…i ah nuvex nidhenyyy eyyy…..mi vaahaka kiyaa hithunn……alhe up koh dheyn vaane ingeyyyy…..plzzzzz….???????????????❤??????????????????? the storyy is awwsummm…..nyyyyndhevign…again comment kohlyyyy….mi…..

    1. gigi says:
      December 4, 2018 at 10:34 pm

      Alhe dhooonnyyaa❤❤❤❤same here ??I ves vaahaka upnuvanis nunidhan huvaa kohgen mihiri ???????? 9 ga submit kohlaifin vrh vrh long 3000 something ge part eh???????????? Im expecting on admin mirey up kohdheyne kamah???? and xenny dear alhe contact kohlaba if u wish avaskohlan ????????ok vaane I’ll be awake keep commenting foohi filaane lol ??????I ahves needhevey ????

  16. She says:
    December 4, 2018 at 10:11 pm

    Kbaatha alheyyy.. kiyaa hithun nues nidhuneyyy??????????????????????????????????????????????????????????????????????????????

    1. gigi says:
      December 4, 2018 at 10:28 pm

      Alheyyyyyy srry toleave you guys sleepless ???????9 ga I submitted a very long 4th part admin 12 ge kurin ????publish kohlaane kamah mi hope kuranii ❤❤❤❤❤dear men contact kohliyas rangalhu vaane ??

  17. Dhuruvaanebadhuruvaaneba says:
    December 5, 2018 at 6:06 am

    Alheyyyyy alhives up nuvey ????????????? kiyaahithun kei nuvey ???????????????????????????

  18. Gigi ge fan says:
    December 5, 2018 at 11:55 am

    Alhey… forth part adhives up nuvey… Gigi…I’m still waiting..avahah up kohdheeba.. pleeeeeeeeeees??????????

  19. She says:
    December 5, 2018 at 12:12 pm

    Mihaaru 12 jehy eoh miadhuge vx adhivx up nuvey ekamaku vaa

    1. gigi says:
      December 5, 2018 at 1:41 pm

      ikr..alhey..iyye rey 9 ga up kohleemey ekamu adhives publish nuvey but im not allowed to contact. mihaaru 5th part ves liye nimeny..?

  20. fazoo says:
    December 5, 2018 at 1:47 pm

    Vvv reethii mii story.. When next part …. ??

    1. gigi says:
      December 5, 2018 at 2:07 pm

      awwn thank you so much fazoo dear????❤❤❤????next part mihaaru submit kohlaafa innanii??????

  21. Gigi ge fan says:
    December 5, 2018 at 2:34 pm

    Alhe gigi…avahah publish kohdheyshey buneba admin team kairy..pleeeeees..mihaaru inthizaaruga hunnathaa kon ireh… I love Ur story

    1. gigi says:
      December 6, 2018 at 1:08 am

      Alheyy dear..ur patients will pay insha allah ❤❤❤❤ Hope for the best nd much luv 2 u ????????

  22. unknown says:
    December 5, 2018 at 3:54 pm

    alheyy kon irakun thr nxt part up vanyy…mihaaru vaahaka kiyaa laahitun hure veny eh vx nun

    1. gigi says:
      December 6, 2018 at 8:30 am

      Patients pays ??but submit kohlaifin ?????? vrh ufaavejje thi hurihaa readers ves ????stry ah inthizaaru kuraathyyy❤❤❤❤❤❤❤??????

  23. Xennyy says:
    December 5, 2018 at 6:06 pm

    Gigi..adhivex nuvey tha…y it is so slow….am waiting eagerlyy……?????????❤????❤??????❤??????????????????

    1. gigi says:
      December 5, 2018 at 11:34 pm

      Yaaah dear…but I’m hama waiting impatiently mihaaru admin team ga ahaalanii ??????❤❤❤❤❤but don’t worry dhe paart libeyni insha allah cux I submited both 4 and 5 ???????

  24. tara says:
    December 5, 2018 at 7:48 pm

    alhe pls pls avhah up kohdhyba v kiyaa hiyvey mi story

    1. gigi says:
      December 5, 2018 at 11:36 pm

      Alheyy dear insha allah vrh avas vaane kamah mi balanii ???and great news 5th part ves submit kohlaifin ????❤❤❤❤

  25. Sha says:
    December 5, 2018 at 8:48 pm

    Aneh mirey 5th part es libeyne dhwh ehnma

    1. gigi says:
      December 5, 2018 at 11:38 pm

      Yes I submited 5th part ves??? insha allah hurihaa readers ahves dhe part ekkoh kiyaalan ??????libeyne kamah mi ummeedhukuranii ❤❤❤❤

  26. Sis says:
    December 5, 2018 at 9:58 pm

    Hahahah ??? that was soooooo funny? Gigi when next part?

    1. gigi says:
      December 5, 2018 at 11:41 pm

      Awwwwn❤❤❤❤ gigi is proud of gigi cux gigi made sissy laugh ????rhyme vey dho??? vrh majaa koh mi stry gendheveythoa ingey I’m trying hope u will laugh gina ginain ???????? next dhwww…..4 tha and 5th ves submit kohlaifin ??????

  27. Z says:
    December 6, 2018 at 11:45 am

    vvvvvvvvvvvvvvvvvvvvv reethi. Alhey cover pic ves NULAAHIKU SALHI HEHE

Comments are closed.

Next Episodeވުމުން ހިތެއްގެ މިލްކުގައި 4←


All Right Reserved!