ނޫރިޝް ( ދެވަނަ ބައި )
އިންސާނަކަށް ކެތްކުރެވޭނެ އެންމެ މަތީ ދަރަޖަ އަށް ކެތްކުރަމުން ދިޔަ ނޫރިޝް އޮތް ތަނަށް ދެމުނީ ހޭނެތިގެންނެވެ.
ޓާސްކު ފުރިހަމަ ކުރަމުން ދިޔަ ކުދިންނަށް ބަލަހައްޓައިގެން ހުރި އީޝަލް ގެ ދެލޯ ހޯދަމުން ދިޔައީ ނޫރިޝް އެވެ. ކުއްޖަކަށްފަހު ކުއްޖަކު ޓާސްކު ފުރިހަމަ ހަމަ ކޮށްފައި ސްކޮޑަށް ވަންނަން ދިޔަ އިރު އެތަނަށް އައި އެންމެ ފަހު ކުއްޖާ ފެނުމާއި އެކު އީޝަލް އަށް ނޫރިޝް އޭ ކިޔާލެވުނެވެ . ދެން ފެނުނީ ވަޅުގަނޑު ކައިރީ ހުއްޓައެވެ. ވަޅުގަނޑު ގެ ތެރޭގައި ހޭނެތިފައި އޮތް ނޫރިޝް ފެނުމާއިއެކު އީޝްލް ހުރެވުނު ތަންވެސް ނޭނގުނެވެ. ނޫރިޝް އޭ ކިޔާ ރޮއިގަތުމަށް ފަހު ވަޅުގަނޑުގެ ތެރެއަށް ފުންމާލިއެވެ. އީޝަލް ގެ އަޑަށް ހުރިހާ ކުދިންތައް ވީ ގޮތެއް ބަލާލަން ވަޅުގަނޑު ދޮށަށް އެއްވާން ފެށިއެވެ. ފެނުނު މަންޒަރުން ހުރިހާ ކުދިން ގެ މޫނު މައްޗަށް ވެރިވީ ހައިރާން ކަމެވެ. ނަމަވެސް ހުރިހާ ކުދިންނާއި ތަންކޮޅެއް ދުރުގައި ހުރި އަންހެންކުއްޖާގެ މޫނު މަތިން އެއްވެސް ވަރަކަށް ހައިރާން ކަމެއް ނުފެނެއެވެ. އެހެން ކުދިންނާއި ޚިލާފަށް އޭނާ ހުރީ ވަރަށް ހަމަޖެހިލާފައެވެ.
ނޫރިޝްގެ ބޯ އީޝަލް ގެ ފައި މަތީ ބާއްވައިގެން ނޫރިޝްގެ ކޮލުގައި ތަޅާ ގޮވަމުން ދިޔަ އީޝަލްގެ ހޭބުއްދި ފިލައިފައިވާ ފަދައެވެ. އެކުވެރިޔާ އެ ހާލުގައި އޮތް ތަން ފެނުމުން އޭނާގެ ހިތަށް ކެތްނުވީއެވެ. ހައިރާންވެފައި ތިބި ކުދިންތައް ހޭވެރިކަން ވީ އީޝަލް އެމްބިއުލެންސް އަށް ގުޅާށޭ ކިޔާ ހަޅޭއްލަވައި ގަތުމުން ނެވެ. ދެ ކުއްޖަކު ގޮސް ފޯނު ހިފައިގެން އައިސް އެމްބިއުލެންސް އަށް ގުޅިއެވެ.
‘ވީއޫ ވީއޫ ‘ ސައިރެން އަޅަމުން ބާރު ދުވެލީގައި ދުއްވަމުން އައި އެމްބިއުލެންސް ސްކޫލުގެ ގޭޓު ތެރެއިން ވަދެގެން ގޮސް ކޭމްޕް އޮތް ސަރަހައްދަށް ވަދެގެން އައި އިރު ސައިރެންގެ އަޑު ގަދަ ކަމުން ސްކޫލް ދޮށަށް ކޭންޕް އަށް އައިސް ތިބި ކުދިން ގެ ބެލެނިވެރިން އެއްވަމުން ދިޔައީ އެމީހެއްގެ ދަރިއަކަށް ގޮތެއް ނުވޭތޯ ހިތާ ހިތުން ދުއާ ކުރާ ހާލުގައެވެ. އޭގެތެރޭގައި ނޫރިޝް ގެ މަންމަ ނޫރާ ވެސް ހިމެނުނެވެ. ސްޓްރެޗާރ އަކަށް ލައިގެން ގެނެސް އެންބިއުލެންސް އަށް އެރުވި ނޫރިޝް ފެނި ނޫރާ މަގޭ ދަރި އޭ ކިޔާ އެންބިއުލެންސް އާ ދިމާލަށް ދުއްވައި ގަތެވެ. ނޫރާ އެންބިއުލެންސް އަށް އެރީ ނޫރިޝް ގެ އެހީތެރި އަކު އެބަހުރި ހޭ އެހުމުންނެވެ. ނޫރާ އެންބިއުލެންސް އަށް އެރުމުން ބާރު ދުވެއްޔެއްގައި އެންބިއުލެންސް ނައްޓާލީ ރަށު ހޮސްޕިޓަލް އާ ދިމާލަށެވެ.
ނޫރިޝް ދިއުމާއެކު އަނެއްކާވެސް ހުއްޓުމަކަށް އައި ހަރަކާތްތައް ކުރިއަށް ގެންދަން ފެށިއެވެ. އީޝަލް ވެސް ހުރިހާ ހަރަކާތެއްގައި ބައިވެރިވީ ނަމަވެސް ކުރިން ފެނުނު ފަދަ ޖޯޝެއް އެ މޫނު މައްޗަކުން ނުފެނެ އެވެ.އޭނާ ހުރިހާ ހަރަކާތެއްގައިވެސް ބައިވެރިވަނީ ނަމަކަށެވެ. މަޖުބޫރުވެފައިވާ މީހެއް ފަދައިންްނެެވެ.
ހޮސްޕިޓަލްގެ ގޭޓުން އެތެރެ އަށް އެންބިއުލެންސް ވަދެގެން އައި އިރު އެމަރޖެންސީ ޕޭޝަންޓެއްގެ ގޮތުގައި ގެނައި ނޫރިޝްގެ އިންތިޒާރުގައި ދެ ނަރުހުންނާއި ޑޮކްޓަރެއް އެމަރޖެންސީ ރޫމް ތެރޭގައި ތިއްބެވެ. އެންބިއުލެންސް އިން ބާލައިގެން ސްޓްރެޗާރގައި ގެނައި ނޫރިޝް ފެނުމުން އެމީހުން އެމީހުން ގެ މަސައްކަތާއި ހަވާލުވިއެވެ.
އެމަޖެންސީ ރޫމްގެ ކުރިމަތީ ގައި ދެކޮޅު ދެކޮޅަށް ހިނގަމުން ދިޔަ ނޫރާ ގެ ނަޒަރު އެމަޖެންސީ ރޫމް ގެ ދޮރާ ވަކިނުވެއެވެ. އެތަނުން ޑޮކްޓަރު ނިކުންނާނެ އިރަކަށް އޭނާ ކެތްތެރިކަމެއްނެތި އިންތިޒާރު ކުރާތާ މިހާރު ބައި ގަޑި އިރު ވަނީ އެވެ. އޭނާގެ އިންތިޒާރަށް ނިމުމެއް އައީ ދޮރު ހުޅުވާފައި ޑޮކްޓަރު ނިކުތުމުންނެވެ. ” އަޅުގަނޑުގެ ދަރިފުޅު ކިހިނެއް ތޯ! ” ބާރު ހިންގުމެއްގައި ގޮސް ޑޮކްޓަރުގެ ކުރިމަތީގައި ހުއްޓިލަމުން ނޫރާ އަށް އަހާލެވުނީ ހާސްވެފައިވާ ރާގަކަށެވެ. ވާނީވެސް އެހެންތާއެވެ. ނޫރިޝްގެ ބައްޕަ ރިޝްވާން ވަނީ ނޫރިޝް އަށް ދެ އަހަރުގައި ހިނގި އެއަރ ކްރެޝް އެކްސިޑެންޓެއްގައި މިދުނިޔެއާ އަލްވަދާއު ކިޔާފައެވެ. އެދުވަހުގެ ފަހުން ނޫރިޝް އަށް މަންމަ އެއްގެ ލޯބި އަދި ބައްޕައެއްގެ ލޯބިވެސް ދިނީ ނޫރާ އެވެ. ނޫރާގެ ހަށިގަނޑުގައި ނޭވާ ހުރި ހިންދަކު އެ އަމާނާތަށް ރައްކާތެރިވާން ނޫރާ ބޭނުމެވެ. ނޫރިޝް އަށް ކިރިޔާ ކަމެއްވިޔަސް އޭނާގެ އަމިއްލަ ނިދި ގުރުބާން ކޮށްފައިވެސް ނޫރިޝް އަށް ޚިދުމަތްކޮށްދޭން ނޫރާ އިންދެއެވެ. އެހާ ވެސް އޭނާގެ ހިތުގައި ނޫރިޝް އަށް އޮތް ލޯބި ފުންވެފައި ވަރުގަދައެވެ. މީގެންވެސް އިނގެނީ މައިވަންތަކަމުގެ ލޯބީގެ ބާރުގަދަ ކަމެއް ނޫން ހެއްޔެވެ؟
” ނޫރިޝް އަށް މާ ބޮޑު ކަމެއްނުވޭ…ހުންގަދަވީމަ އަނބުރައިގަތީ… ގިނައިން ދިޔާއެއްޗެހި ދިން ވަރަކަށް ރަނގަޅުވާނީ… ހުން މަޑިއްޔާ މާދަން ބަލާލާާފަ ޑިސްޗާޖް ކުރެވޭނެ… އަނެއްހެން މާ ބޮޑުކަމެއްނުވޭ… މިހާރު ވާރޑް އަށް ބަދަލު ކުރަމުން އެދަނީ… ‘ ”ހިތްހެޔޮ ހިނިތުންވުމަކާއިއެކު ޖަވާބު ދިނުމަށްފަހު ޑޮކްޓަރު އެނބުރި ގޮސް އެމަޖެންސީ ރޫމަށް ވަނެވެ. ޑޮކްޓަރުގެ ޖަވާބުން ނޫރާގެ ހިތަށް ހަމަޖެހުމެއް ލިބިގެންދިޔައެވެ. އެކަމުގެ ކުލަވަރުތައް އޭނާގެ މޫނުމަތިންވެސް ފެންނަމުން ދެއެވެ.
ނޫރިޝް ވޯޑަށް ބަދަލް ކުރުމުން ނޫރާ އެތަނަށް ދިޔަ އިރު ނޫރިޝް އޮތީ ނިދިފައެވެ. އެހެންކަމުން ނޫރާ އަވަސްވެގަތީ ނޫރިޝް ހޭލުމުގެ ކުރިން ނޫރިޝް އަށް ކާނެ އެއްޗެއް ހެދުމަށް ގެއަށް ދާށެވެ. ދިޔަ މަގުމަތީގައި ކައިރި ބޭސް ފިހާރަ އަކަށް ވަދެ ބޭސް ސިތީ އަށް ބޭސް ނެގިއެވެ.
ގެއަށް ގޮސް ނޫޑްލްސް ކައްކައިގެން އެ ހިފައިގެން އައިސް ވަތް ނޫރާ އަށް މީހެއްގެ ބާރު ހަޅޭކެއްގެ އަޑު އިވުނެވެ. އަޑު އައި ދިމާލަށް ދާން އުޅެފައިވެސް ނޫރިޝް ހޭލަފާނޭ ހިތަށް އެރުމުން ވޯޑާ ދިމާ އަށް ހިންގައިގަތެވެ. އެ އަޑު މަޑު މަޑުން ހިނދެމުން ހިނދެމުން ގޮސް އެއްކޮށް ހިނދުނު އިރުވެސް ނޫރާ އަށް ވިސްނެމުން ދިޔައީ އެ އަޑާ މެދުގަ އެވެ. ފުން ވިސްނުމެއްގައި ހުރެ ގޮސް ވޯޑަށް ވަން ނޫރާ ގެ ދެލޯ ބޮޑުވެ އަތް ތުރު ތުރު ލާން ފެށީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުންނެވެ.
=ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
48 Comments!
Comments are closed.

Maakuru
yeah maa bodah ves expected but hope rangalhu kuraankamah dhw
Vaahaka varah reethi thankolheh kuree
sorry aslu thankolheh busy v ma and buni date ah up kohdheyn vegen insha allh next part dhigu kohdheynan
Ma sha Allah
Mi part ves hama v habeys
thankss
Ma Sha Allah v reethi mi part vs ♥
thnkss
Thankolheh kuru overall koh salhi
thnkss insha allah next part miahvure dhigu kohla dheynan
Story salhi n konme dhuhuku up kuraathy v happy
thnkss for your support
Aneh part kondhuhukuntha noorish ah kihineh tha evanee
insha allah miadhu next part up kohla dheynan
Kiyaalaa hithun huhta enimunee asluvs thankolheh kuru
thankss insha allah today u will get a long part to read
13yrs kujjaka alhabalaafa v molhu ?
thankss kulfi
rangalhu alah liyaa kujjakaa balaafa, next part ah inthizaaru kuran
warah reethi.. aneh bai awas kohlaaahchey
Aslu ves hama 13 yrs kuhjehtha thy haadha he nuveyeh
adhi 13 eh nuvey ekamu feb ga 13 vaane
Asluga vs… Gabool kurn v udhagoo … Ehaa reethi koh vaahaka genesdheythi…
vaahaka v salhi n ummeedhu kuran medhu nukedi vaahaka nimendhen genesdheyne kamah
thankss insha allah vaahaka nimendhen genesdheynan
What a nice stort
thankss
haaadha kurey
next part dhigu kohdheynan insha allah
cha liyanee ahan vaahaka
kykey???
Ma Sha Allah v furihama
thankss
wow so beautiful
thankss
haadha molhu kujjekey dhw Baarakallahi vaahaka v reethi MaShaAallah . kondhuhukuntha aneh bai genesdheynee …
hehe thankss insha allah miadhu up kohdheynan
hama furihama next part ge inthizaaruga.. konme dhuwahaku aa baeh up kuraane thA
mee hageegee waahaka ehtha??
When next???
insha allah today
HAAIX hama aslah va thee 13 year kuhjjetha…..Maasha Allah .. V molhu ingey… Alhugandah 14 ekm vs neygey vaahakeh liyan… Thi gothuga kuriyah dhaashey dhahtha bunelaany… All the best HAAIX
hehe adhi 13 eh nuvey
thankss sissy
yes 13 yrs aa balafaa v reethi dhww.. thnx for a story.. especially a real horror one hihih 😉
hehe thanks for you support
Thibuny adhi 13 nuveyey.. It mean’s u ar 12… U ar so talented boy\girl for ur age… Masha Allah
Idc whatever u r age is but i really am a big fan of u … Really like u r strys …. Keep trying … Lysm ??????
Thihen vaahaka liyamun dhaairu kiyevumah burunaaraatha. Ekamuves bunelan othy masha Allah ey.