Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެހެނަސް…(17)

Z A L 🐙 Level 210 Stories100 Login100 Comments
November 29, 2018 3 Mins Read
12 Comments

މެޑްރިޑްގެ އެއާރޕޯރޓުގެ އެރައިވަލްސް ގޭޓުން، މަލާކްއާއި ޒާހިލް ނުކުމެގެން އައީ ދާދި އެކުއެކީގައެވެ. ފޮށިތައް ކާރަށް އެރުވުމަށް މަލާކަށް އެހީވުމަށްފަހު، މަލާކް ކާރަށް އެރުމުން ޒާހިލްވެސް އޭނާ އުޅޭ ހޮސްޓެލްއަށް ދާން ކާރެއް ހޯދަން ފެށިއެވެ.

މަލާކް އެޕާރޓްމެންޓްއަށް ވަދެ ފޮށިތައް ކޮޓަރިއަށްލުމަށްފަހު އައިސް އީމާގެ ކޮޓަރީގައި ޓަކިޖަހާލިއެވެ. ނުހާ އަންނާނީ އަދި ދެދުވަސް ފަހުންނެވެ. “ހޭ..އީމާ އެބައުޅެންދޯ..ޖަސްޓް ވޯންޓެޑް ޓު ލެޓް ޔޫ ނޯ އައި ކޭމް.” “އޯ މަލާކް..ހޭ. އޯކޭ. ބައިދަވޭ، މިހާރު މިތަނަށް އެބަޖެހޭ ދޯ ރެންޓްދައްކަން. ބަޓް އީމްއަށް އެބަހުރި ފްރީކޮށް ހުރެވެން މިހާރު. މިއެޕާރޓްމެންޓް ކޮލެޖާ ކިތަންމެ ކައިރިޔަސް، ރުފިޔާ ސޭވްކުރުން މާމުޙިންމެއްނުދޯ. ސޯ، އައި އެމް މޫވިންގް އައުޓް މާދަން. ބަޓް ނުހާ އަންނަދުހު އެހެން ކުއްޖެއްވެސް އާދެ މިގެއަށް. ނޮޓް އަ ގާރލް މިފަހަރު، ބަޓް ލޭންޑް ލޭޑީ ބުނީ އިޓް ވޯންޓް ބީ އަ ޕްރޮބްލެމް އޯ.” އެއީ އީމާ މަލާކްއާ އެހާ ގިނައިން ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. “އޯ..އޯކޭ. ތޭންކްސް ފޯރ ލެޓިންގް މީ ނޯ. ކޮން ޤައުމެއްގެ ކުއްޖެއް؟” “ނުބުނެ އެޔެއް…ސޯ..ބާއި.” “އެހެންދޯ..އޯކޭ ބާއި.”

ދެފަހަރު މަތިން އަލޫކް މަލާކްމެންގޭ ދޮށުން މިއަދުވެސް ބުރުޖެހިއްޖެއެވެ. ނަމަވެސް މަލާކް ފެންނަގޮތެއް ނުވިއެވެ. އެންމެފަހުން ގެސްޓް ހައުސްގައި އުޅޭ ގައިޑް ލައްވާ އެކަން ބަލަން ނިންމިއެވެ. “ވައި ސޯ ކިޔުރިޔަސް؟” “ކޮލެޖުގަ އެއްކޮން އުޅޭތީ ޖަސްޓް ފްރެންޑްސް. ނޯ ބިގް ޑީލް.” އަލޫކް ދޮގެއް ހަދާލިއެވެ. އެކުއްޖާ އަލޫކްބުނުމުން މަލާކްގެ ޚަބަރެއް ހޯދަން ދިޔައެވެ.

“މަލާކް ވީ ނައު ބެކް އިން މެޑްރިޑްގަޔޯ. މަލާކް މަންމަ ބުނީ. ދެވަރަކަށް ދުވަސްވެއްޖެޔޯ ދިޔަތާ.” އަލޫކް ހުރީ ހުއްޓުން އަރާފައެވެ. “އެހެންދޯ. ތޭންކްސް. އޯކޭ.” އަލޫކް ވަގުތުން ކޮޓަރިޔާ ދިމާލަށް މިސްރާބުޖެހިއެވެ. އޭނާ ކިތަންމެ ވަރަކަށް ގުޅިޔަސް މަލާކް ފޯނު ނުނަގާނެކަން އެނގޭތީ އަލޫކް އެގަޑީ ކޮންމެހެން މަލާކަށް ގުޅާކަށް ނޫޅެއެވެ. އޭނާއަވަހަށް ބެލީ އެންމެއަވަހަށް މެޑްރިޑަށް ދެވޭނެ ގޮތަކަށް ޓިކެޓުހޯދުމަށެވެ.

“ނުހާ!!” “މަލާ!” މަލާކްއާ ނުހާ އެކަކު އަނެކަކު ގައިގައި ބައްދައިގަތެވެ.”ކޮންއިރަކު ބުރުގާ އެޅީ؟!” “ރަށަށް ގޮސް އެޅީ. ހެހެ ނުހާ ކިހިނެއް ޓްރިޕް؟” ނުހާ އެއްޗެހިތައް ތަރުތީބުކުރަމުން ދިޔައިރު މަލާކްއާ ދެމީހުން ވަރަށް ގިނަ ވާހަކަތައް ހިއްސާކުރިއެވެ. “ބައިދަވޭ..އީމާ މޫވްޑް އައުޓް.” މަލާކް ނުހާޔަށް އެވާހަކަތައް ކިޔައިދިނެވެ. “ކޮންއިރަކުބާ ތިޔަ ސޮރަކު އަންނާނީ. ހޮޓިއްޔާ މަށަށްދޯ. ހޮޓުނޫނަސް މަށަށް. ޔޫހޭވް އަލޫކް.” ސަމާސާގެ ތެރެއިން ގޮސް ނުހާ އަލޫކްގެ ނަން ބުނުމާއެކު މަލާކް ހިމޭންވިއެވެ. ނުހާވެސް އިތުރަކަށް އެވާހަކަ ކުރިޔަކަށް ނުގެންދެއެވެ. އެޕާރޓްމެންޓްގެ ބެލް ޖަހާލީއެވަގުތުއެވެ. “މަސްޓް ބީ ދެޓް ބޯއި. ޗަންޗިންޗުން ބަހުން ވާހަކަ ދައްކާ މީހަކަށް ނުވިއްޔާ ރަނގަޅު ކިތަންމެހާވެސް…” ނުހާއާ މަލާކް ދޮރާ ހަމަޔަށް ގޮސް، ނުހާ ދޮރު ހުޅުވާލިއެވެ. “ހެލޯ__” ދެމީހުންވެސް އިނގިރޭސިބަހުން ފެށި ‘ވެލްކަމިންގް’ ހުއްޓާލެވުނެވެ. އަދި ދެލޯ ބޮޑުކޮށްލުމަށްފަހު އެއްފަހަރާ ‘ޒާހިލް’ހޭ ކިޔާ ހަޅޭލަވައިގަނެވުނެވެ. ޒާހިލްއަށްވެސް ވީ އެފަދަ ގޮތެކެވެ.

“އައި ޖަސްޓް ކާންޓް ބިލީވް ދިސް. އޭ މަލާ..އައި ޓޭކް ދެޓް ބެކް..އަބައުޓް ހޮޓް ސޮރެއްގެ ވާހަކަ.” “ހެހެ، ބުނިބަސް އަނބުރައެއް ނުގެނެވޭނެ.” މަލާކް ނުހާއާ ދިމާކޮށްލިއެވެ. ޒާހިލްގެ ހިތްއުފަލުން ނަށާ ކަހަލައެވެ. ‘އޯވާރ ރިއެކްޓް’ ކުރެވިދާނެތީ އޭނާ އިނީ މަޑުންނެވެ. އޭނާއާ މަލާކްއާ އެއްފުރާޅެއްގެ ދަށުގައި އުޅެން ލިބުމަކީ ކޮންފަދަ ނަސީބެއްހެއްޔެވެ؟ އަދި އޭނާ އެންމެ އުފާވާނީ މަލާކް އޭނާގެ މިލްކަކަށް ވާ ދުހުކުންނެވެ.

ޒާހިލް ފެންވަރާލަން ދިޔުމުން ނުހާއާ މަލާކްވެގެން ޗީޒްޕާސްތާ ކައްކަން ފެށިއެވެ. ދެމީހުންވެސް ހުރީ ޒާހިލް އައުމުން ހިތްހަމަ ޖެހިފައެވެ. ތިންމީހުންނަކީ ކޮލެޖުގައިވެސް އެންމެ ގާތްރައްޓެހިންނެވެ. ރާއްޖެކުދިންނެވެ. ހަށިގަނޑުގައި ހިނގަނީ ދިވެހިލެޔެވެ. އުފާ ނުވާންވީ ކީއްވެ ހެއްޔެވެ؟

އަލޫކް މަސައްކަތް ކޮށް ކޮށްވެސް ޓިކެޓު އަވަސްވާ ގޮތެއް ނުވިއެވެ. އެންމެ އަވަހަށްވެސް އޭނާއަށް ފުރެން އަންނަނީ މަލާކްމެންގެ ކޮލެޖުހުޅުވުމުގެ ހަތަރު ދުވަސް ކުރިންނެވެ. ދެންޖެހޭނީ ޗާންސް އެއް ލިބޭތޯ ބަލާށެވެ. އެކޮޅުން މިކޮޅަށް އައި އިރުވެސް ހަމަ ޖެހުނީ މިފަދަ ހާލެކެވެ. މަލާކް ބީވެގެންދާކަށް އޭނާ އެއގޮތަކަށްވެސް ބޭނުމެއްނޫނެވެ. މަލާކް ނެތިއްޔާ އޭނާގެ ހިތަކު ވިންދެއްނުވެއެވެ. ގަޔަކު ދިރުމެއްނުވެއެވެ.

އަލޫކްގެ ޚިޔާލުތަކުން މަލާކް ސިކުނޑި ނުތަނަވަސް ކުރުވާންފެށުމުން މަލާކް ޕިޖާމާގެ މަތިންއަތްދިގު ހުޑީއެއް ލުމަށްފަހު ވަށްބުރުގާއެއް އަޅާލައިގެން ކޮޓަރިން ބޭރަށްނުކުތެވެ. ހޮޓްޗޮކޮލެޓެއް ތައްޔާރުކުރަން އޭނާ ހުއްޓާ ސިޓިންރޫމުން އަޑެއް އިވޭހެން ހީވެގެން އެދިމާލަށް ދިޔައީ ލަސްފިޔަވަޅު ތަކެއްގައެވެ.

މަލާކްގެ ހިތްތެޅިގަތެވެ. ސިޓިންރޫމް ވަރަށް އަނދިރިއެވެ. އެއްވެސް ބޮތްކެއް ދިއްލާފައެއް ނުވެއެވެ. ނަމަވެސް ފަންކާ ހުރީ ޖަހާފައެވެ. ތެޅިތެޅި އޮތް ހިތަކާއެކު މަލާކް މަޑުމަޑުން ފާރުގައި އަތްކާއްތަމުން ގޮސް ސްވިޗުބޯޑު ހޯދަންފެށިއެވެ. މަލާކް ސްވިޗް ބޯޑުފެނުމުން އަވަހަށް ސްވިޗްދިއްލާލިއެވެ. ޒާހިލްއަށް އޮތީ ސޯފާގައި ނިދިފައެވެ. ފަޓުލޫނެއް އެކަނި ލައިގެން އޮތް ޒާހިލްގެ ހަށިގަނޑުފެނުމުން މަލާކްގެ އަތްފައި ފިނިވެގެން ދިޔައެވެ. އެއީ ކީއްވެހެއްޔެވެ؟

ބޮކީގެ އަލި މަޑުކުރުމަށްފަހު މަޑުމަޑުން މަލާކް ހިނގައިގަތެވެ. ކުއްލިއަކަށް ސޯފާގެ ކައިރީގައި ވެއްޓިފައިއޮތް ފެންފުޅިއަކަށް އެރި މަލާކް ވެއްޓުނެވެ. ސޯފާގައި އޮތް ޒާހިލްގެ ފިރިހެންވަންތަ ހަށިގަނޑުގެ މައްޗަށެވެ. މަލާކް ދެލޯމަރާ ތަގުޅިކޮށްލިއެވެ. ޒާހިލްއަށް ސިހިފައި ހޭލެވުނެވެ. ފަނޑުއަލީގައި އޭނާގެ ގައިމަތީ އޮތް މަލާކް ލޮލުގައި އަޅައިގަތެވެ. މަލާކްގެ ހޫނު ނޭވާތައް ހުރަހެއްނެތި ޒާހިލްގެ ތަނަވަސް މޭމައްޗަށް އެޅެމުންދިޔައެވެ. ޒާހިލްގެ ނޭވާ ކުރުވެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ. އެހިތްތެޅޭލެއްބާރު ކަމުން ހީވަނީ މޭފަޅާފައި ނުކުމެދާނެ ހެންނެވެ. ޔަޤީނުންވެސް މަލާކްއަށްވެސް އެއަޑު އިވޭނެއެވެ.

މަލާކްގެ އަތްފައިވެސްވަނީ ފިނިވެފައެވެ. ރޭހެއްގައި ދުވަމުން ދިޔަ އަހެކޭ އޭނާގެ ހިތުގެ ތެޅުމެކޭ އެއްވަރެވެ. ހީވާގޮތުން ދެމީހުންވެސް ބޭނުމީ އެގޮތުގައި ތިބޭށެވެ. ނަމަވެސް އަލޫކް މަތިން ހަނދާން ވުމާއެކު މަލާކް ސިހިފައި ތެދުވިއެވެ.

“އަހަ..ރެން..މިހެން ލައިފަ ދާން ދަނިކޮށް…މިއޮއް ފުޅިއަށް އެރިފަ…ވެއްޓުނީ..ސޮ..ސޮރީ!” ލަދުންގޮސް މަލާކްގެ ކޯތާފަތަށްވަނީ ޖަންބުކުލައަރާފައެވެ. ޒާހިލް ހިނިތުންވެލަމުން އެއީ މާބޮޑު މައްސަލައެއްނޫނަކަމަށް ބުންޏެވެ. “ކީއްކުރަނީ މިގަޑީ ހޭލާ މަލާ؟” “ނުނިދިގެން..ހޮޓްޗޮކްލެޓެއް ބޯލަން ނުކުތީ. މިކޮޅުން އަޑެއް އިވޭހެން ހީވެގެން…ބަލާލަން…އައީ.” މަލާކް އަދިވެސް ހުރީ ލަދުން އިސްޖަހާލައިގެންނެވެ.

“މަލާކަށް އުނދަގޫ ނޫނިއްޔާ އަހަރެންވެސް ބޭނުން ހޮޓްޗޮކްލެޓެއް..ދެން ހިޔެއް ނުވޭ މިގަޑީ ނިދޭނެހެނެއް. އެހެންނޫނަސް ދުވަހަކު އަންހެން ކުއްޖަކު އަތްނުލާ އަހަރެންގެ މި އިއްފަތްތެރި ހަށިގަނޑުގަ މަލާކް ހުއްދަޔަކާނުލައި އައިސް ޖެހިގަނެފަ އޮޅުލައިގަތީމަ އަދަބެއް ދޭންޖެހޭނެ އެއްނު.”ޒާހިލް ސަމާސާކޮށްލިއެވެ. އޭނާ އެހެން ބުނީ މަލާކް އިތުރަށް ލަދު ގަންނުވާލަން ކަންނޭނގެއެވެ. މަލާކް އެއްޗެކޭ ނުބުނެއެވެ. ލަދުން ހުރެ ބަދިގެއަށް ދާން ހިނގައިގަތެވެ.

މަލާކް ހޮޓްޗޮކްލެޓް ތައްޔާރުކުރަމުން ދިޔައިރުވެސް ޒާހިލްގެ ނަޒަރުން އޭނާ ވަތްކެއް ނުވެއެވެ. އަދިވެސް ޒާހިލްއިނީ ހުސްގަޔާއެވެ. މަލާކްއާ ދެމީހުން ޖޯޑު ހުސްކޮށްލުމަށްފަހު، ދެމީހުންވެސް އެމީހެއްގެ ކޮޓަރިޔަށް ދިޔައެވެ. ނަމަވެސް އެކަކު ލޮލަކަށްވެސް ނިންޖެއް ނައެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Z A L 🐙

Level 210 Stories100 Login100 Comments

17//

Other Articles

Previous

ލޯތްބަށްޓަކައި (ޓްރެއިލަރ)

Next

ލޯތްބަކީ 24

Next
November 29, 2018

ލޯތްބަކީ 24

Previews
November 29, 2018

ލޯތްބަށްޓަކައި (ޓްރެއިލަރ)

12 Comments!

  1. Hanaan says:
    November 29, 2018 at 11:40 pm

    Malaa aa zaahil ok but I like Malaa and Alook ?

    1. Zelll says:
      January 13, 2019 at 6:08 pm

      Aslu ves dhw. Ekam Alook Malaak ah haadha kameh sirru kohffiyey Hanaan

  2. unique says:
    November 29, 2018 at 11:56 pm

    reethi but malaak n alook suit together
    not zaahil n malaa’but love this story

    1. Zelll says:
      January 13, 2019 at 6:09 pm

      Ahaha, yes, dhenn balamaa hingaa dhw vaagotheh Unique

  3. kitty says:
    November 30, 2018 at 1:13 am

    wow….. nyc story.. no words..

  4. Nus says:
    November 30, 2018 at 3:27 pm

    Tamkoley digukolaafa kome duvahaku up kolevidaaneta vara gina duvas vefa do mihaaru up kolanee

  5. Kitty says:
    December 3, 2018 at 10:27 am

    Well kobaatha story?? Thankolheh avahah up kohlladheyba..?

  6. Anonymous says:
    December 5, 2018 at 11:47 pm

    do you have any EXCUSE for the late update ZELL??

    1. Zelll says:
      December 6, 2018 at 12:04 pm

      Now upload ah laiifinn. Rashuga varah internet slow…ehennve kanneynge. Pending ga iny, alunn anehkka laan miulheny avas veythw. Sorry to keep you waiting.

  7. rau says:
    December 7, 2018 at 12:25 pm

    lair huh v foohi vey.. vahakaige eh episode in vaa goii hadhaan nethey haa dhuvas fahun aneh episode up kurany

  8. Aki says:
    December 25, 2018 at 7:20 pm

    koba vaahaka up kohla dheebaa

    1. Zelll says:
      January 12, 2019 at 7:31 pm

      Mihaaru up vefa innaany sorry kuruvyma. VARAH BODAH SORRY. Inshaallah rangalhu kohllaanannn

Comments are closed.

Next Episodeއެހެނަސް…(18)←


All Right Reserved!