Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ދެގަޑި ތިރީސް 11

naina Level 110 Stories
November 26, 2018 4 Mins Read
7 Comments

ކުޑަދޮރުން ބޭރުގަ ނުލަފާ ގޮތަކަށް ހެވިފަ އާދަނު ހުއްޓެވެ. އޭނަގެ މޫނުމަތި ހުރީ ލެއިން ތަތްތެޅިފައެވެ. އެތޭރަގަ ތިބި އެންމެނަށް އޭނަ ހަނާއަޅަމުން އޭނަގެ ކަނާއަތުގަ އޮތް އެއްޗެއް ދައްކަނީއެވެ. އެއީ ނާޝިދާ ގެ އެންމެ ހަގު ކޮއްކޮ، ނާއިލްގެ ބޮލެވެ. އެކުއްޖާގެ ދެލޯވެސް ނެތެވެ. ނާޝިދާ ގެ ހަޅޭކަށް ބަދަލެއް ނާދެއެވެ. އޭނައަށް ފެންނަމުންދާ މަންޒަރުން ހިތް ކުދިކުދި ވެގެން ދިޔައެވެ. ހުއްޓާނުލާ ނާއިލްގެ ނަމުން ހަޅޭއްލަވަމުން ދަނިކޮށް މީހަކު އޭނަގެ މޫނުމަތީ ވަރަށް ބާރަށް ޖެހިއެވެ. ހަމަބިމަށް އާދެވުނީ އެހިސާބުންނެވެ. ވީތަދުން އޭނައަށް ލޯމަރާލައި މަންމައަށް ގޮވާލެވުނެވެ.

“ނާއްކޮ، ހަމަޖެހިބަލަ،” ދޮންމުހައްމަދުބޭގެ އަޑު ޖެހުނެވެ. ނާޝިދާ ލޯހުޅުވާލާ އަނެއްކާވެސް ކުޑަދޮރުން ބޭރު ބަލާލިއެވެ. މިހާރު އެތާ އެކަކުވެސް ނެތެވެ. އެކަމު ދުންގަނޑު ފެތުރެމުން ދާތަން ފެނުނެވެ. ނާޝިދާ ކޮޓަރިތެރެއަށް ބަލައިލިއެވެ. މަންމަ ކައިރީ ޒަކޯއީ އިންތަން ފެނި ފުންމައިގެން ތެދުވިއެވެ. އަދި އަވަސް އަވަހަށް މަންމަ ކައިރިއަށް ދިޔައެވެ. އޭރު ޒަކޯއީ ޒާހިޔާ ހޭއަރުވަން މަސައްކަތް ކުރަނީއެވެ.

“ނާއްކޮ ދީބަލަ ފެންފޮދެއް،” ޒާހިޔާގެ މޫނުގައި މަޑުމަޑުން ތަޅަމުން ޒަކޯއީ ބުނެލިއެވެ. އެނދުކައިރީ ހުރި މޭޒުމަތީ ގައި އިން ފެންފުޅި ހިފައިގެން އައިސް ޒަކޯއީއަށް ދިއްކޮށްލިއެވެ. އަދި މަންމަ ކައިރީ އިށީންދެލިއެވެ.

“ދެންމެ ކިހިނެއްވީ؟ އެއީ ހަމަ ބައްޕަތަ؟ ނާއިލް ކޮއްކޮ…” ނާޝިދާގެ އަޑުބެދުނެވެ. އޭނައަށް އަނެއްކާވެސް ރޮވެން އުޅެނީއެވެ. ޒަކޯއީ އެއްޗެކޭ ނުބުނެ ޒާހިޔާ މޫނުގަ ފެންހާކަމުން ގެންދިއައެވެ. ކުޑައިރުކޮޅެއް ފަހުން ޒާހިޔާ އެސްފިޔަތަޅުވާލިއެވެ. އަދި މަޑުމަޑުން ލޯހުޅުވާލިއެވެ. ކުޑަ ވަގުތުކޮޅެއް ވަންދެން އެއްޗެއް ނުބުން އެންމެންނަށް ބަލަހައްޓައިގެން އިނެވެ. އެންމެންވެސް ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ.

“މަންމާ،” ނާޝިދާ މަޑުމަޑުން ގޮވާލިއެވެ. ޒާހިޔާ ބަޑިފަޅައިގެންދިޔައީ އެހިސާބުންނެވެ. މަގޭ ދަރިފުޅާއޭ ކިޔާފަ އަޑުގެ ނެތްތަނަށް ހަޅޭއްލަވަން ފެށިއެވެ. ނާޝިދާ އޭނަގެ މަންމަ މައިތިރި ކުރޭވޭތޯ މަސައްކަތް ކުރިއެވެ. އެކަމު ޒާހިޔާއެއް މަތައެއް ނުވިއެވެ. އެންމެ ފަހުން ޒަކޯއީ، ޒާހިޔާގެ ނިތްކުރީގަ ހިފަހައްޓާލާފައި ކިޔަވަން ފެށިއެވެ. މަޑުމަޑުން ޒާހިޔާގެ ގައިން ވަރުދޫވެ ލޯމެރުނެވެ. ނާޝިދާއަށް އަތުގެ އިޝާރާތުން މަންމަ ނެގުމަށް އެހީތެރިވާން ޒަކޯއީ އެދުނެވެ. ޒަކޯއީ އާއި ދެމީހުން ވެގެން ޒާހިޔާ ނަގައިގެން ގޮސް އެނދުމަތީ ބޭއްވިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ޒަކޯއީ ނާޝިދާއާއި ކުރިމަތިލިއެވެ.

“ނާއްކޮ، މިވަގުތު މިތަނުން ނާއްކޮ ބިރުގަނެ، ހިތްދަތިވާނެ ކަހަލަ ބައިވަރު ކަންތައްތައް ފެންނާނެ. އެޝައިޠޯނުންގެ ބޭނުމަކީ ހާސްކަމާއި ނުތަނަވަސްކަން ގެނުވަން. ބޭރުން ފެންނަ މަންޒަރުތައް ޤަބޫލް ނުކުރާތި. ނާއްކޮ ބައްޕައާއި  ކޮށްކޮމެން މިވަގުތު ތިބީ ޖެހިގެން  ހުރި ކޮޓަރީގަ. އެމީހުންނަކަށް އެއްވެސް ކަމެއް ނުވޭ. ﷲ އިރާދަފުޅުން އެމީހުންނަށް އެއްވެސް ކަމެއް ވިޔަކަވެސް ނުދޭނަން.”

ނާޝިދާ ބޯޖަހާލިއެވެ. ޒަކޯއީ އަށް އެހާ އިތުބާރު ކުރެވެނީ ކީއްވެ ކަމެއް އޭނައަކަށް ނޭންގެއެވެ. އޭނަ އަނެއްކާވެސް ބޭރު ބަލާލިއެވެ. ކުރިން ފެނުނު ޝައިޠޯނުންތައް އަދިވެސް ތިއްބެވެ. ބަނބުކެޔޮ ގަސްކައިރީގައެވެ. އިންތިޒާރުގައެވެ.

“ކިހިނެއް ކުރިއަށް ގެންދަންވީ ޒަކޯއީ؟” ދޮންމުހައްމަދުބެ އަހާލިއެވެ.

“މުހައްމަދުގެ ކިޔެވުން ކުރިއަށް ގެންދޭ. ޔޫއާން ކައިރީގަ އުޅޭ ޖިންނިވެސް އަންނާނެ މިރޭ ލިވާކް އާއި އެކީ. އެވެސް ލިވާކް ގަސްދުގަ ކުރި ކަމެއް. އޭނަޔަށް އިނގޭ އެޖިންނިއަށް ދޭ ކޮންމެ ގެއްލުމަކީ ޔޫއާން އަށް ލިބޭ ގެއްލުމެއްކަން. އެހެންވެ އަހަރުމެން އެކަމަށް ބަލާނެކަން.”

“ދެން ކިހިނެއް އަހަރުމެން ސަލާމަތްވާނީ؟” ނާޝިދާ ބިރުން އަހާލިއެވެ. ސަލާމަތްވާނެ މަގެއް އޭނައަކަށް ނުވިސްނުނެވެ.

ނާޝިދާއަށް ބަލަހައްޓައިގެން ކުޑައިރުކޮޅަކު ހުރުމަށްފަހު ޒަކޯއީ ވާހަކަ ދެއްކިއެވެ.

“ނާއްކޮ، މިވަގުތު އަހަރެން ނާއްކޮ ކައިރީ އެދެން މިއުޅެނީ ނާއްކޮއަށް ކުރަން ވަރަށް އުނދަގޫ ކަމަކަށް. އެކަމު ޔޫއާން ސަލާމަތް ކުރަން ބޭނުމިއްޔާ ޖެހޭނީ އެގޮތަށް ކަންކުރަން.”

“ކޮންކަމެއް؟” ސުވާލު ކުރި އިރުވެސް އޭނަ ކުރަންޖެހޭނީ ކޮންކަމެއްކަން ނާޝިދާ އަށް އިނގެއެވެ.

“ޔޫއާންއާ ވަކިވޭ. އޭނައަށް ގުޅާފަ ބުނޭ ނާއްކޮ އޭނައާއި އެއްކޮށް އުޅެން ބޭނުންނުވާ ވާހަކަ. ހުރިހާ ގުޅުމެއް ކަނޑާލާ.”

އަޑުއިވޭނީ އެބަސްތަކަން އިނގިހުރި ނަމަވެސް ނާޝިދާ އަށް އެއަޑުއަހަން އުނދަގޫވިޔެއެވެ. އެކަމު ފުންނޭވާއެއްލުމަށްފަހު އޭނަ ބޯޖަހާލިއެވެ. އަދި ތުރުތުރުލާ އަތަކުން އޭނަގެ ފޯނު ނަގާ ޔޫއާންގެ ނަންބަރަށް ގުޅާލިއެވެ. ރިންގް ކެނޑުނު އިރުވެސް ޔޫއާން ފޯން ނުނަގައެވެ. އަނެއްކާވެސް ނާޝިދާ ގުޅާލިއެވެ. މިފަހަރު 2 ފަހަރަށް ރިންގް ވިތަނާ ޔޫއާން ފޯނަށް ޖަވާބުދިނެވެ.

“ހޭ ޝިދާ، ނުނިދަނީތަ އަދިވެސް؟ އަހަރެން މަތިން މިސްވާތީދޯ”

ނާޝިދާ ލޮ ފުރިގެން ދިޔައެވެ. ފޯނު ކަންފަތާ ދުރަށްލާފަ އޭނަގެ ގިސްލުން ހުއްޓުވޭތޯ މަސައްކަތް ކުރިއެވެ. ފޯން އިން ޔޫއާން ގޮވާ އަޑު އިވުމުން ހިންދިރުވާލާފަ ފޯން ކަންފަތުގައި ޖައްސާލިއެވެ.

“ޝިދާ؟ ކީއްވެ އަނގައިން ނުބުނެ ތިހިރީ؟” ޔޫއާން ސުވާލުކޮށްލިއެވެ. ނާޝިދާ ލޯމަރާ ތަގުޅިކޮށްލާފަ ވާހަކަ ދައްކަން ފެށިއެވެ.

“އަހަރެން ޔޫއާން އަށް ގުޅާ މީ އެންމެ ފަހު ފަހަރު. މިއަދަށް ފަހު އަހަންނާ ޔޫއާން އަކާ އެއްވެސް ގުޅުމެއް ނޯންނާނެ. އަހަރެން މަންމަ ކައިރީ އިންނަވާހަކަ ނުބުނީވެސް މި ގުޅުން ކަނޑާލަން ބޭނުންވެފަ ހުރީމަ. އަހަރެން އެއްގޮތަކަށްވެސް ޔޫއާން އާއި ގުޅޭކަށް ބޭނުމެއް ނޫން. އަހަންނަށް ނުގުޅާތި. އުނދަގޫ ނުކުރާތި. އަހަރެންމީ ދެން ނެތް މީހެއްކަމަށް ބަލާ” އެއްފަތިވަރަކަށް ހުރިހާ އެއްޗެއް ކިޔާލާފަ ނާޝިދާ ފޯން ކަނޑާލިއެވެ. ޔޫއާންގެ ޖަވާބަކަށް އޭނަ އިންތިޒާރެއްވެސް ނުކުރެއެވެ. ފޯން ނިއްވާލާފަ އެނދުމައްޗަށް ޖެހުމަށްފަހު އޭނަ ބިންމައްޗަށް ތިރިވެ ރޯންފެށިއެވެ. ދޮންމުހައްމަދުބެ ނާއްކޮ ކޮނޑުގަ އަތްއަޅާލާފަ ހިތްވަރުދޭން ފެށިއެވެ.

ކުއްލިއަކަށް ވަރަށް ބަރު އަޑަކުން ހޭންފެށިއެވެ. ނާޝިދާ ސިއްސައިގެން ގޮސް މުޅިތަން ހޯދާލެވެނެވެ. ދޮންމުހައްމަދުބެއާއި ޒަކޯއީގެ ނަޒަރު ހުއްޓިފަ ހުރީ ކުޑަދޮރާ ދިމާލަށެވެ.

“ލިވާކް،” ޒަކޯއީ މަޑުމަޑުން ބުނެލިއެވެ. އޭނައާއި ދޮންމުހައްމަދުބެ އެކަކު އަނެކަކަށް ބަލާލިއެވެ. އެދެމީހިން ދޭތެރޭ ހިމޭނުން މުޢާމަލާތެއް ހިނގި ކަހަލައެވެ. ދެމީހުންވެސް އެއްފަހަރާ ނާޝިދާއާއި ދިމާލަށް ބަލާލިއެވެ.

“ނާއްކޮ ދޭ ކޮއްކޮމެން ކައިރިއަށް. ގޮސް ބައްޕަ މިތަނަށް ފޮނުވާ. އެކޮޓަރި ރައްކާތެރިވާނެ.” ދޮންމުހައްމަދުބެ ބުނެލިއެވެ. ނާޝިދާ ޒާހިޔާއާއި ދިމާލަށް ބަލާލުމުން ދޮންމުހައްމަދުބެ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

“މަންމަ އާއި ދޭތެރޭ ނުވިސްނާ. މަންމައަކަށް އެއްވެސް ގެއްލުމެއް ނުވާނެ. އަވަހަށްދޭ.” ނާޝިދާ ބޯޖަހާލުމަށްފަހު ނުކުންނަން ހިނގައިގަތެވެ.

“ނާއްކޮ މަޑުކޮށްބަލަ” ޒަކޯއީ ގޮވާލިއެވެ. ނާޝިދާ ޒަކޯއީ އާ ދިމާލަށް އެނބުރިލިއެވެ. “ކޮޓަރިއަށް ގޮސް ބަޤަރާ ސޫރަތާ ޔާސީން ސޫރަތް ކިޔަވާ. ހުއްޓާނުލާތި. ނިދިނުޖެހޭތި. ނިދި ޖެހެން އުޅެންޏާ ކުރިސި އާއި އިޚްލާސް ފަލަޤް ނާސް މިތިން ސޫރަތް ކިޔަވާފަ ކައިރިޔަށް ފުމެލާ. ހަނދާން ކުރާތި. ނިދިނުޖެހޭތި. ޔޫއާންގެ ޖިންނި ނާއްކޮއަށް އުނދަގޫ ކުރާނީ ނިދީގަ.”

ނާޝިދާ އަނެއްކާވެސް ބޯޖަހާލިއެވެ. ޔޫއާން އާއި ވަކިވުމުގެ ހިތާމައިން އޭނައަށް ޝޮކެއް ލިބިފައިވާ ކަހަލައެވެ. އޭނަގެ ހަރަކާތްތައް ހުރީ ރޮބޮޓެއް ހެންނެވެ.ޒަކޯއީ ކުއްލިއަކަށް ނާޝިދާގައިގަ ބައްދައިގަތެވެ. އަދި މަޑުމަޑުން އޭނަ ބޮލުގަ ފިރުމާލިއެވެ.

“ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ނާއްކޮ، ﷲ އަށް ވަކީލް ކުރޭ،” މަޑުމަޑުން ޒަކޯއީ ބުނެލިއެވެ. ނާޝިދާ ލޯފެންކަޅިވިއެވެ. އޭނަ އަނެއްކާވެސް ބޯޖަހާލާފަ ކޮޓަރިން ނިކުމެގެން ދިޔައެވެ. ޒަކޯއީ ދޮންމުހައްމަދުބެއާއި ދިމާލަށް ބަލާލާފަ ބޯހޫރުވާލިއެވެ. އަދި ކުޑަދޮރު ކައިރިއަށް ގޮސް ބޭރުބަލާލިއެވެ.

ނާޝިދާ ކޮޓަރިން ނިކުމެ ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. އާދަޔާ ޚިލާފް އެއްވެސް ކަމެއް ފެންނާކަށް ނެތެވެ. ގޯތި ތެރެއަށް ނިކުންނަ ދޮރު ހުރީ ބޮޑު ތަންޑު އަޅުވާފައެވެ. އޭނާ އަވަހަށް ކޮއްކޮމެން ކޮޓަރިއަށް ވަނެވެ. އޭނަގެ ތިން ކޮއްކޮ ނިދާފަ އޮތްތަން ފެނުމުން އޭނަގެ ހިތަށް ފިނިކަމެއް ލިބުނެވެ. ކޮޓަރީގެ ކަނަށް ބަލާލިއިރު ޚަތިމް ހިފައިގެން ބައްޕަ ކިޔަވަން އިނެވެ. ނާޝިދާ ފެނުމުން އާދަނު އިންތަނުން ތެދުވެ އޭނަ ކައިރިޔަށް އައެވެ.

“ދަރިފުޅާ ނިމުނީތަ؟ ހާދަ އަވަހޭ. ކޮބާ މަންމަ” އާދަނަށް ކަންގޮއްސަ އޮތް ހިސާބެއް ނޭންގެއެވެ. ޖެހިގެން ހުރި ކޮޓަރީގަ ހިނގި އެއްވެސް ކަމެއްގެ ހިލަމެއް ވެސް ނުވެއެވެ.

“ބައްޕާ، ދޮންމުހައްމަދުބެ ބުނީ ބައްޕަ އެކޮޓަރިއަށް ދާށޯ. އަހަރެން މިތާ  ބަހައްޓާފަ.” އާދަނު ނާޝިދާއަށް ބަލަހައްޓައިގެން ހުރީއެވެ. އޭނަގެ ލޮލުން ނާޝިދާގެ މޫނުމަތިން އޭނަގެ ހިތުގައިވާ ސުވާލުތަކަށް ޖަވާބެއް ލިބޭތޯ ދުވިއެވެ. ނާޝިދާ އިސްދަށް ޖަހާލިއެވެ. އިތުރު ސުވާލެއް ނުކޮށް ނާޝިދާއަށް ޙަތިމު ހަވާލުކޮށްފައި އާދަނު ނިކުންނަން ހިނގައިގަތެވެ. ވަކި ހިސާބަކުން އޭނަ ހުއްޓި އަނެއްކާވެސް ނާޝިދާއާއި ދިމާލަށް ބަލާލިއެވެ.

“ދަރިފުޅާ، ޒަކޯއި އެދުނު ކަންތައް ކުރާތި. ހިތްވަރު އެލުވާނުލާތި. ކޮންމެ އަޑެއް އިވުނަސް، ކިތަންމެ ބާރު އަޑެއް އިވުނަސް ކޮށްކޮމެން ދޫކޮށްފަ ނުނިކުންނާތި.” އާދަނު ބުނެލި ވާހަކައިން ނާޝިދާ ހައިރާންވިއެވެ. ޒަކޯއި އެދުނީ ކޮންކަމެއްކަން ބައްޕަ އަށް އިނގުނީ ކިހިނެއްހެއްޔެވެ. އޭނަ ސުވާލު ކުރަން އަނގަހުޅުވާލިތަނުން އާދަނު ނިކުމެގެން ދިޔައެވެ. ކުޑައިރުކޮޅަކު އެހުރިގޮތަށް ހުރެފަ ޒަކޯއީ ބުނި ގޮތަށް ކަންތައް ކުރަން އޭނަ އަވަސްވެގަތެވެ. ދޮރު ތަޅުލާފަ އޭނަގެ ކޮށްކޮމެން ކައިރީ އިށީންދެލިއެވެ. ލޯމަރާލާފައި ކުރުސިއާއި ކުޑަ ތިން ސޫރަތް ކިޔަވާލާފައި ކޮށްކޮމެންގައިގަ އާއި އޭނަގެ ގައިގަ އަތް ހާކާލިއެވެ. އަދި ހަތިމް ނަގާ ބަޤަރާ ސޫރަތް ކިޔަވަން ފެށިއެވެ. އޭނަގެ ހިތުގަ އުފެދިފައިވާ ހައިޖާނުގަނޑު ކޮންމެވެސް ވަރަކަށް ހަމަޖެހެން ފެށިއެވެ. ޔޫއާންގެ ހިޔާލުތައް އެއްފަރާތް ކުރިއެވެ. މިވަގުތު އޭނައަށް މުހިއްމުވާނީ އޭނަގެ އާއިލާ ސަލާމަތް ކުރާށެވެ. ޔޫއާންއާއި ދޭތެރޭ ވިސްނާނެ ވަގުތު އަންނާނެއެވެ. ﷲގެ ބަސްފުޅުން އޭނައަށް ލިބޭ ހިތްހަމަ ޖެހުމަށް ހިތުން ޝުކުރު ކުރަމުން ﷲގެ މަދަދަށް ހިތުން އެދެމުން ޤުރުއާން ކިޔަވަމުން އޭނަ ގެންދިއައެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

naina

Level 110 Stories

Other Articles

Previous

ލޯބިން ދީވާނާ … 1

Next

ލޯބި 3 ވަނަ ބައި

Next
November 26, 2018

ލޯބި 3 ވަނަ ބައި

Previews
November 26, 2018

ލޯބިން ދީވާނާ … 1

7 Comments!

  1. Lovely says:
    November 26, 2018 at 2:21 am

    Yay me fitst v reethi mi vaahaka BTW naina mi vaahaka up kurany konme 3 days intha…..???. Vaahaka v reethi ? waiting curiously for next part. Good job keep it up naina?

  2. Lovely says:
    November 26, 2018 at 2:23 am

    Yay me first v reethi mi stry BTW naina mi vaahaka up kurany konme 3 days intha…..???. ? waiting curiously for next part. Good job keep it up naina?

  3. ?shifrraa?Shifnaa? says:
    November 26, 2018 at 12:23 pm

    Masha allah. Mi prt vx v.salhi. whn nxt prt??? Story v.salhi. mihaaru esfiyaga up vamundhaa vaahaka thakuge therein emme kiyaa hivvaa vaahaka mee. Good job. Keep it up. Waiting 4 nxt prt…….????

  4. ގޯޕީ says:
    November 26, 2018 at 3:06 pm

    VARA reethi next

  5. Fayaz says:
    November 26, 2018 at 8:13 pm

    V furihama

  6. unique says:
    November 26, 2018 at 8:55 pm

    vaahaka gosfa oih hisaabu varah reethi….. i just love this….. am waiting to read next part

  7. kiyuntheriyaa says:
    January 29, 2019 at 12:08 pm

    mee hagee gee haadhisaaehthw?

Comments are closed.

Next Episodeދެގަޑި ތިރީސް – 12←


All Right Reserved!