ކުރެހުން އެޅުނޭ ހިތުގެ އަޑީގައި 10
އިނާޝާމެން ގެއަށް އައިސް ވަން އައިޒަންގެ ލޮލުގައި ފުރަތަމަ ވެސް އަޅައިގަނީ ދުރުގައި ކަޅުކުލައިގެ ބަޓަފުލައި އަބާޔާއަކާއިއެކު މޫނު ނިވާކޮށްފައި ހުރި އަންހެން ކުއްޖެކެވެ. ކަޅު ކުލައިގެ އަންގިއަކުން އަތް ނިވާ ކޮށްފައި ވާއިރު ފައި ވަނީ ކަޅު ކުލައިގެ އިސްޓާކީނަކުން ނިވާކޮށްލައިފައިއެވެ. ހަމައެކަނި ފެންނަން ހުރީ އެކުއްޖާގެ އެ ޖާދޫ ކަން ގަދަ ދެ ލޮލެވެ. އައިޒަން ސިއްސައިގެން ދިޔައީ އޭނާގެ މަންމަ ގޮވާލުމުންނެވެ. އަވަހަށް ހިނގާށޭ ކިޔާފައި އެތަނުން އުސްވާ ހިނގައިގަނެވެ. އައިޒަން އަނެއްކާވެސް އެ ކުއްޖާ ހުރި ތަނަށް ބަލައިލިއެވެ. ނަމަވެސް އެ ކުއްޖާ މިފަހަރު ފެންނަން ވެސް ނެތެވެ. ދެން އައިޒަން އަވަސް ވެގަނީ އޭނާގެ މަންމަގެ ފަހަތުން ދިޔުމަށެވެ. ބާރު ހިނގުމެއްގައި ދިޔައީ އޭނާގެ މަންމަ އާއި އެއްވަރު ކުރުމަށެވެ. އަލަށް އެގެއަށް އައުމުން އޭނާ ވަނީ ކުޑަކޮށް ނުތަނަވަސްވެފައިއެވެ.
ބޮޑު ބަދިގެއެކެވެ. ހަތަރު ފާރުގައިވެސް ލާފައި ވަނީ މަޑު ޕީޗް ކުލައެލެވެ. ރީތި ޑިޒައިނެއް ޖައްސާލައިފައިވާ ސީލިންގުގައި ލާފައި ވަނީ ތަންކޮޅެއް ގަދަ ޕީޗު ކުލައެކެވެ. އެއްފަރާތުގައި ހަ މީހުންނަށް ތިބެވޭނޭ ވަރުގެ ހަތަރެސްކަން މޭޒެއް ހުއްޓެވެ. އަދި ދިގު ކަބަޑް ސެޓެއް ހަމަ އެތަނުގައި ހުއްޓެވެ. ކޮންމެ ތަނަކަށް ބަލާލި ކަމުގައި ވީނަމަވެސް ފެންނަނީ ތަރުތީބުކަމެވެ. އައިޒަން ގޮސް މޭޒު ކައިރީ ހުރި ގޮނޑިތަކުން ގޮޑިއެއް ދަމާލައިފައި އިށީނިއެވެ. އަދި އިނާޝާމެން ކާން ފަށައިށޭ ބުނުމުން ކާންފެށިއެވެ. ކާން އިން އައިޒަންގެ ލޯ އިރު އިރުކޮޅާ އެތާ ނިގާބު އަޅައިގެން ހުރި ކުއްޖާއަށް އަމާޒުވެެއެވެ. އައިޒަން ބަލައިލާ ކޮންމެ ފަހަރަކުވެސް އެކުއްޖާވެސް ހުންނަނީ އައިޒަން އާއި ދިމާއަށް ބަލާށެވެ. އެހެން އުޅެނިކޮށް ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ. އައިޒަންއަށް އެކުއްޖާގެ ހަރަކާތްތަކުން ނިފްޝާއާއި ވައްތަރުކަމެއް ހުރިކަން ފާހަގަކުރެވުނެވެ. ލޯ ވެސް ނިފްޝާގެ ލޮލާއި އެއްވެސް ތަފާތެއްނެތެވެ. ހަމަ އެދޮންކަމެވެ. ”އިނާޝާ މިހިރީ ކޮން ކުއްޖެއްތަ؟ އަދި ނުފެންނަ ކުއްޖެއް…” ކަބަޑުތައް ކައިރީގައި ހުރި ކުއްޖާއަށް އިޝާރާތް ކޮށްލަމުން އުސްވާބުނެލީ އެއީ އަދި އޭނާއަށް ނުފެންނަ ކުއްޖަކަށްވީމައެވެ. ”އެ….އެއީ ޝީރީން… ޤުރްއާން ކިޔަވައިދޭން އައިސް ހުރި ކުއްޖެއް.. މާދަމާ ފަށާނެ ކިޔަވައިދޭން… އުސްވާގެ ހަގު ކުއްޖާ ގެންނަންވީނުން އޭނަ ކައިރިއަށް….” އިނާޝާ އެކުއްޖާގެ ގޮތް ކިޔައިދިނީ އަޅައިގަންނަ ގޮތަކަށެވެ. އަދި އޭނާގެ މޫނުމަތިން ހާސްކަން ފާޅުވާން ހުއްޓެވެ. ” އެހެން ދޯ…. އާން ގެންނާނަން.. މިހާރު މިއުޅެނީ ކިޔަވައިދޭނެ މީހަކު ނުވެގެން… މާދަަން ކޮން އިރަކު ގެންނަން ވީ؟” އުސްވާވެސް އެކަމައި އެއްބަސްވެލަމުން އޭނާގެ ހަގު ދަރި މައިހާ ގެންނަން އެއްބަސްވިއެވެ. ”ހަވީރު ހަތަރުގަޑި ބައިގައި ގެނެވޭނެތަ؟” ޝީރީން ގަޑި ބުނެލިއިރު އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ. އެތާ ތިބި އެންމެންނަށް އެކަން އިނގުނީ އޭނާގެ ލޯ ހަނިވެފައި ވުމުންނެވެ. ޝީރީން ވާހަކަ ދެއްކި އިރު އައިޒަން އިނީ އޭނާގެ މޫނަށް ބަލައިށެވެ. އެއަޑުވެސް ނިފްޝާގެ އަޑާ ހާދަ ވައްތަރޭ އައިޒަންގެ ހިތަށް އެރިއެވެ. ”އެންމެ ރަނގަޅު.. އެގަޑީ ގެންނާނަން…” އުސްވާވެސް ހިނިތުންވުމެއް ރައްދުކޮށްލައިފައި ބުނެލިއެވެ. ދެން އެތަނަށް ވެރިވީ ހަމަ ހިމޭންކަމެވެ. ”ވަރަށް މީރު މި ކާއެއްޗެހި…” އެ ހަމަ ހިމޭންކަމުން އުނދަގޫވެގެން އައިޒަންއަށް އެންމެ ފަހުން ނީދެވިގެން ކައްކާފައި ހުރި އެއްޗެހިތަކަށް ތަޢުރީފު ކުރިއެވެ. ”ދެން ދައްތަ ކައްކާ އެއްޗެހި މީރުވާނެ ދޯ… ހެހެހެެެ….” އިނާޝާ ސަމާސާ ރާގަކަށް ބުނެލި ޖުމުލައިން އެތާ ހުރި އެންމެން ހޭ ފެށިއެވެ.
އިނާޝާމެން ގޭގެ ސިޓިންގް ރޫމުގައި ކައި ނިންމާގެން އެންމެން ތިބީ ވާހަކަދައްކާށެވެ. އެކި ވާހަކަތައް ދެއްކުމާއި ސަކަރާތް ޖެހުމުުގައިއެވެ. އެންމެ ގިނައިން ވާހަަކަ ދައްކާ ހެދީ މީޝާއެވެ. ލިމްޝާ އަދި ރިޔާޝާވެސް ދިޔައީ އެކަމުގައި އެންމެ ފުރިހަމަ އަށް ބައިވެރިވަމުންނެވެ. އައިޒަން ވެސް އަދި އޭނާގެ މަންމަވެސް އެމީހުންނާ އެއްބައިވެލައިގެން ބޮޑު ވާހަކައިގައި ތިއްބެވެ. ”އައިޒަން އަދިވެސް މީހަކާ ނީންނަންތަ؟” އިނާޝާގެ އެޖުމުލައިން އައިޒަން ދިޔައީ ސިއްސައިގެންނެވެ. ބުނާނެ އެއްޗެއް ނޭނގިފައިއިންދާ އަނެއްކާވެސް ހަމަ އެ ސުވާލު އިނާޝާ ކުރިއެވެ. އެންމެންވެސް ތިބީ އައިޒަން ދޭނެ ޖަވާބަކަށް އިންތިޒާރު ކޮށްލައިގެންނެވެ.ވަކި ވަކިން މީހުންގެ މޫނަށް ބަލައިލާފައި ޖަވާބުދިނެވެ. ”ހޫމް… އަދި ރަނގަޅު ކުއްޖެއް ނުފެނިގެން މިއުޅެނީ… ރަނގަޅު ކުއްޖެއް ފެނުނިހާ އަވަހަކަށް އިންނަން ހަމަ މިހުރީ…” އައިޒަންގެޖަވާބު ވަރަށްވެސް ސީދަލެވެ. ޖަވާބު ދިން ިއރު އައިޒަންގެ މޫނުމަތިން ހިތާމަވެރިކަން ފާޅުވާން ހުއްޓެވެ. އޭގެ ދެވަނަ ސިކުންތުގައިއޭނާ ހަމައަކަށް އެޅިލީ އެތާ ބައިވަރި މީހުން ތިބިކަން ހަނދާންކޮށްފައިއެވެ. އަދި ރީތި ހިނިތުންވުމެއް އެންމެންނަށް ރައްދުކޮށްލިއެވެ.”ދެން ދަނީ އިނގޭ.. އަދި ގޭގައި ހުންނަނެ ދެ ދަރިން… ލަސް ވެފައި ކަންނޭގެ ހުންނާނީ..” އުސްވާ ބުނެލިއެވެ. ”ކީއްވެތަ އެ ދެ ކުދިން ނުގެނައީ؟” އިނާޝާ ސުވާލު ކޮށްލިއެވެ. ” ކިޔާ ކިޔާ ވެސް ނައި… ވަރަށް ތަންތަނަށް ނުދަން އުޅޭނި..” އިނާޝާގެ ސުވާލަށް އުސްވާ ޖަވާބުދިނީ ތެދުވެރިކަމާއިއެކީއެވެ. އެހެން ބުނެފައި ދެ މީހުންވެސް ގެއަށް ދާން ހިނގައިގަނެވެ.
”ހަލޯ.. ހައިޝަމް.. ވަރަށް ބޮޑު ވާހަކައެއް ދައްކާލަން މިގުޅީ..ފޯނުން ކިޔައިދެވޭނެ ވަރުގެ ވާހަކައެއް ނޫން… މިގަޑީ ދިމާވެވިދާނެތަ؟” އައިޒަން ، ހައިޝަމް ފޯނު ނެގުމާއެކީ އެއްފަހަރާ ހުރިހާ ވާހަކައެއް އެއް ނޭވާއިން ބުނެލިއެވެ. ހައިޝަމްވެސް މިގަޑީގައި ދެވޭނެ ކަމާއި އަދި ކޮންތާކަށް ކަން އޮޅުންފިލުވައިލާފައި ފޯން ބޭއްވިއެވެ. ހައިޝަމް ސައިކަލުގައި އައިޒަން ބަލައި ދިޔައިރު އައިޒަންވެސް ބޭރުގައި ހައިޝަމްގެ އިންތިޒާރުގައި ހުރިއެވެ. ހައިޝަމް އައިސް ސައިކަލު މަޑު ކޮށްލުމާއިއެކު އައިޒަން ގޮސް ސައިކަލަށް އަރައި ހަމަޖެހިލިއެވެ. ދެން ދެމީހުން މިސްރާބުޖެހީ އެމީހުންގެ މަންޒިލާ ހަމައަށް ވާސިލްވެވޭތޯއެވެ. ރަށުގެ އަތިރީގައި ހަދާފައި ހުރި ބެންޗެއްގައި ދެމީހުން ގޮސް އިށީންދެލިއެވެ. މާގިނަ މީހުން ނެތް އެ އަތިރިއަށް ވެރިވެފައިވަނީ ފަޅުކަމެވެ. ރާޅު ބީއްސާލައި އަޑާއި ރުކުގެ ފަންތައް ހެލޭ އަޑުނޫން އިތުރު އަޑެއް އެތަނުން ނީވެއެވެ. ”ހުމް… ދެން ބުނޭ ތި ބުނަން އުޅޭ ވާހަަކައެއް… މިހާރު ކެތް މަދު ވެއްޖެ ތި ބުނަން އުޅޭ ވާހަކަ އަޑު އަހާ ހިތުން…” ބެންޗުގައި ހަމަޖެހިލައިފައި އިނދެ އައިޒަން ކުރެ ސުވާލުކުރިއެވެ. ”ހައިޝަމް… ހައިޝަމްއަކަށް ވައްތަރެއްނޫންތަ އިނާއްތަ މެންނާއިއެކު އާއި ކުއްޖަ ނިފްޝާއާ.. މަށަށް ވަރަށް ވައްތަރު.. އެއަޑު ވެސް.. އެދެ ލޯވެސް… އެދޮންކަން… ހަމަ އެއްވެސް ތަފާތެއްނެތް.. ނިފްޝާގެ ހަރަކާތްތަށް… ހައިޝަމް އަކަށް ވައްތަރެއްނުންތަ؟” އައިޒަން ، ހައިޝަމް އަށް ވާހަކަ ކިޔާދިން އިރު އޭނާގެ ދެ ލޯ ވަނީ ކަރުނުން ފުރިފައިއެވެ. ހައިޝަމް ބުނެލީ އޭނާ އެކުއްޖާއާ ދިމާއަށް އެވަރަށް ނުބަލައިކަމެވެ. އަދި އެދުވަހު އައިޒަން ގާތު އެކުއްޖާ ރީއްޗޭ ބުނެލީވެސް މަޖާ ކޮށްލުމުގެ ގޮތުންކަމަށެވެ. އަދި އައިޒަންއަށް އެކަން އިނގުނީ ކިހިނެއްކަން ސުވާލުކުރުމުން އައިޒަން މިރޭ ވީ ހުރިހާ ކަމެއް އެއްވެސް ބަހެއް ވައްޓާނުލައި ކިޔާދިނެވެ. ”އައިޒަން… މަރުވަފައިވާ މީހެއް ނާންނާނެ…. މަރުވެފައިވާ މީހަކަށް އިންތިޒާރު ކުރުމުގެ ބޭނުމެއް ކޮބައި… އައިޒަން ކިތަންމެ ދުވަހަކު ތިހެން މީހަކާ ނީދެ ހުއްޓަސް ނިފްޝާއެއް ނާންނާނެ… ނިފްޝާމަތިން ދެން ހަނދާން ނައްތާލައިފައި އަލުން އާފެށުމަކުން ފަށައި… އަބަދު ނިފްޝާގެ ހިޔާލުތަކުގައި ހުންނަންޏާ ތި އެހެން މީހުން ވެސް ވައްތަރުވަނީ ނިފްޝާއާ… އެ ހިޔާލުތަކުން ދުރަށް ދެވޭތޯ ބަލާބަލަ… އޭރުން ތި ހިތަށް ހަމަޖެހުމެއް ލިބޭނީ..” އައިޒަންއަށް ވިސްނައިދޭ ފަދައަކުން ހައިޝަމް ދިޔައީ ވާހަކަ ދައްކަމުންނެވެ. ހަމަ ހަގީގަތުގައިވެސް މިއަދު އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާގެ ހާލަށްޓަކައި ވަރަށް ދެރަވެއްޖެއެވެ. އައިޒަންގެ ހާލަށް ހަމްދަރުދީވިއެވެ. ”ހައިޝަމް.. މަށަށް ކިހިނެއް އެ ހިޔާލުތަކުން ދުރަށް ދެވޭނީ.. ލޯ މަރާލާއިރަށް ފެންނަނީ ނިފްޝާ… ހަޔާތުގައިވެސް އެންމެކުއްޖެއްދެކެ ލޯބިވީ… އެންމެ ކުއްޖެއްދެކެ.. މިއަދާ ހަމައަށްވެސް… އެއީ ނިފްޝާ… މަ ގަބޫލުކުރަން މަރުވެފައިވީ މީހަކު ނާންނާނެކަން…. ގަބޫލުކުރަން… އެކަމުވެސް މަ ވަރަށް މަސައްކަތް ކުރިން ހިޔާލުތަކުން ދުރަށް ދެވޭތޯ… ބޭނުން މީހަކާ އިންނަން.. ނިފްޝާމަތިން ހަނދާން ނައްތައިލަން… އެކަމަކު މަ ހިތައްއަރަނި މަށަކަށް ނިފްޝާނޫން އިތުރު މީހަކު ދެކެ ލޯތްބެއް ނުވެވޭނޭ…” އައިޒަން ވާހަކަދައްކަމުން ދިޔައިރު އޭނާގެ ލޮލުން ކަރުނަ އަކަށްފަހު ކަރުނައެއް ހުއްޓާނުލައި ފާބަންނަމުންދިޔަ އިރު އަޑުގައި ތުރުތުރެއްވެއެވެ. އެ ހުދު ދެ ލޯ ވަނީ ރަތްވެފައިއެވެ. ހައިޝަމްއަށްވެސް އިނީ ބުނާނެ އެއްޗެއް ނޭނގިފައިއެވެ. އައިޒަން ހާދަ ކެތްގަދައޭ ހައިޝަމްގެ ހިތަށް އެރިއެވެ. އޭނާ ނަމަ ލޯބިވާ މީހަކު ވަކިވެދިއުމުން އައިޒަން އެއުޅޭ ގޮތަކަށް ނޫޅެވޭނެއެވެ. އޭނާއަށް އެކަހަަލަ ހިތްވަރުގަދަ ކެތްތެރިކަން ގަދަ ރައްޓެއްސެއް ލިބުމުން ނުހަނު އުފާވިއެވެ. އެކަހަލަ ރަނގަޅު ރައްޓެއްސެއް ލިބުމުން އުފާ ނުވާނީ ވަކި ކާކު ހެއްޔެވެ؟ ”މީހަކާއި އިނދެފަ އެކުގައި އުޅުނީމަ ލޯބިވެސް ވެވޭނެ.. އައިޒަން ދެން އެންމެ ރަނގަޅުވާނި އަވަހަށް ކައިވެނި ކުރިއްޔާ…. މަ ބުނާނި ހަމަ މިހެން… ކައިވެނިކުރުމުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.. ނިފްޝާމަތިން ހަނދާންނެތޭނެ… އެހެން ހަދާ…” އައިޒަންގެ ކޮނޑުގައި އަތްޖަހާލަމުން ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ ހައިޝަމް ބުނެލިއެވެ. އޭގެ ދެވަނަ ސިކުންތުގައި އައިޒަން ހިތްހަމަޖެހިލިއެވެ. އަދި އެކަންތައްތައް ހަނދާނުން ފޮހެލެވޭތޯ ބެލިއެވެ. ”އަހާ…. މިހާރު އެއޮށް ބާރަ ޖަހަނީ… ދެން ހިނގާ އަވަހަށް ގެއަށް ދާން…” އައިޒަން އޭނާގެ ފޯނަށް ނަޒަރު ހުއްޓައިލައިގެން އިނެބުނެލިއެވެ. ތެދެކެވެ. ދެމީހުން ވާހަކަ ދައްކަން އިން އިރު ގަޑި ހިނގި ގޮތްވެސް ނޭނގުނީއެވެ. ދެ މީހުންވެސް ސައިކަލަށް އަރައިގެއަށް ދިޔުމަށްޓަކައި ދުއްވާލިއެވެ. އައިޒަން މިހާރު ހުރީ އެނާގެ ހިތުގެ ހާލަތު މީހަކަށް ކިޔާދެވުމުން ވަރަށް ހިތްހަމަޖެހިލައިފައިއެވެ.ދެ މީހުންނަށް ވެސް ނެނގުނު ކަމަކީ އެދެމީހުން ދެއްކި ވާހަަކަ އިތުރު ދެމީހަކަށްވެސް އަޑު އިވުނުކަމެވެ. އަދި އެވާހަކަތަކުގެ ސަބަބުން ދެ މީހުންގެ މޫނަށް ވެރިވި ކުލަވަރުތަކެވެ.
ރޭނގަޑުގެ އެ ވަގުތުގައި ސީރީން އާއި އިނާޝާ އައީ އަތިރީގައި ހިނގާލުމަށެވެ. އިތުރު އެއްވެސް މީހަކު އެދެ މީހުންގެ ފަހަތުން އެނައީ އެއީ ތަންކޮޅެއް ދަން ގަޑިއަކަށް ވީމަ ކަމަށްވެސް ވެދާނެއެވެ. އެގަޑީގައި އެހައި ގިނަ މީހުން އަތިރީގައި ނެތުމުން ދެ މީހުންވެސް ތިބީ ވަރަށް ހިތްހަމަޖެހިފައިއެވެ. ހިނގަމުން ދިޔަ ސީރީން އަށާއި އިނާޝާއަށް ކުރިމަތީގައި ހުުރި ބެންޗެއްގައި އިށީންދެލައިގެން އިން އައިޒަން އާއި އަދިވެސް ކޮންމެވެސް ކުއްޖަކު ފެނުނެވެ. އިނާޝާ އެ މީހުންނާއި ދިމާއަށް ހިނގައިގަނުމުން ފަހަތުން ސީރީންވެސް އައެވެ. ހިނގަމުން ދިޔަ އިނާޝާ ހުއްޓުން އެރީ އައިޒަންމެން ދައްކަމުން ދިޔަ ވާހަކައަކުންނެވެ. އަދި އޭނާގެ ލޮލުން ހޯސްލައިފައި ކަރުނަ އައީ ބޭއިޚްތިޔާރުގައިއެވެ. ސީރީން ވެސް ހުރީ އައިޒަން ދައްކަމުން ދިޔަ ވާހަކައިން ހުއްޓުންއަރައިފައެވެ. އަދި އޭނާގެ ލޮލުންވެސް ކަރުނަތަށް ފައިބަން ފެށީ އިސްކޫރަކުން ފެން އަންނަގޮތަށެވެ. އަޅައިގެން ހުރި މޫނު ފޮތިކޮޅުގެ އެއްބައި ތެމުނީ ބަސް ބުނާހާ އަވަހެށެވެ. އެހެން ހުރެގެން އޭނާއަށް ކެތްތެރިކަން ދެއްވުމަށް އެދި މާތްﷲގެ ހަޟްރަތުގައި ދުޢާ ދެންނެވިއެވެ. ދެ މީހުން އެތާ ތިބިއިރު އައިޒަންމެންނަށް އެމީހުން އެތާ ތިބިކަން ރޭކާވެސް ނުލައެވެ. އެންމެ ފަހުން ދެމީހުން ގެއަށް ދިޔަ އިރުވެސް އައިޒަން އާއި ހައިޝަމް ކުރެ އެކަކު ލޮލުގައިވެސް އިނާޝާމެން އަޅައިއެއްނުގަނެއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.







masha Allah..
wen nxt part? varah interesting mihaaru
assalaam alaikum…. so miothy 10 vana part up vefai…. hurihaa kudhinnah vs kamudhaane kamah unmeedhu kuran… mistakes huriyyaa buneladhinun edhen..
awwwn…thanks shahu…will try to upload next part on tuesday … insha allah 🙂
soooo nice.. hitha eri maa avahey adhives nimunule hehehe..aslu ethaa THIBI enmen hen fashaanee dhw 🙂
thanks snow…einy olhifa… thanks mistake faahaga kohladhinyma.. 😉 😉 nd koahcheh avahah nimuny.. neygun thibuni ehcheh hehe…
vaahaka eh nun.. ekko kiyaala hivvanee yoo hehehe
oh… ehn dhw… hehehe… 🙂
Saabahey mariyanbaa!
Gadha ingey vaahaka liyan
Thanks Hisham??
Moonu burgaa alhigen e huree nifshaa dhw?