Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އެންމެ ހިނިތުންވުމަކަށް 03

Blackpearl Level 210 Stories100 Comments100 Login
November 24, 2018 6 Mins Read
22 Comments

ލާނެތް ހިނިތުންވުމަކާއި އެކު ރިހާމް އުލްވީގެ ލޯކުރިމަތިން އަތްހުރަސްކޮއްލިއެވެ. އުލްވީއަށް ލިބުނު ސިހުމާއި އެކު އަވަސްއަވަހަށް ހަށިގަނޑު ސީދާ ކޮއްލަން އުޅުނު ގަޑީގައި އޭނާގެ ބޮލުން ރިހާމްގެ ބޮލުގައި ޖެހުނެވެ. ދެމީހުން އެކުއެކީގައި އައުޗް އޭ ކިޔައި ބޮލުގައި އަތްކާތަން ފެށިއެވެ. ” ހަތް އަހަރު ވެގެން ދިޔައިރުވެސް އުލްވީ ބަދަލެއްނުވޭ ދޯ.. އަދިވެސް އަބަދު ހުންނަނީ ވެއްޓި ވެއްޓި ދޯ.. ނޫނީ މިހުރިހާ ދުވަހު އެކަން މެދުކެނޑިފަ އަނެއްކާ ފެށުނީތަ.. ތީއަބަދު އަހަރެންގެ އަތު ތެރެއަށް ވެއްޓޭ ކުއްޖެއްނު ދޯ..” އުލްވީއާއި ދިމާއަށް އެއްލޯ މަރައިލަމުން ރިހާމް ވާހަކަ ދެއްކިއެވެ. ރިހާމްއާއި ވާހަކަ ދެއްކުމުގެ ބަދަލުގައި އުލްވީ ބެލީ ވީހާވެސް އަވަހަކަށް ރިހާމްގެ ލޯކުރިމަތިން ދެވޭތޯއެވެ. އަހަރުތަކެއް ފަހުން ރިހާމްގެ ރީތި ސޫރަ ފެނުމުން އޭނާގެ ހިތުގައިވަނީ ނޭނގޭ ހައިޖާންގަނޑެއް އުފެދިފައެވެ. މީހަމައެކަނި ކުރަޝްއެއް ހެއްޔެވެ. ނޫނީ އުލްވީއަށް މިވަނީ ރިހާމް ދެކެ ލޯބިވެވިފައި ހެއްޔެވެ. އެނާގެ ހިތުގައިވާ އެއްޗެއް ހުދު އޭނާއަށްވެސް ނޭންގެއެވެ.

އުލްވީ އޮފީހުން ނިކުމެގެން ދިޔައިރުވެސް ރިހާމް ހުރީ އުލްވީއާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ތުންފަތްމަތީގައި ލާނެތް ހިނިތުންވުމެއްވިއެވެ. ދެފަރާތަށް ބޯ ހޫރާލީ ކުރީގެ ހަނދާން އާވުމުންނެވެ. އޭނާ އުލްވީއާއި އެހާ ވަރަށް ދިމާކުރަނީ އުލްވީ ލަދުން އުޅޭ ވަރުންނެވެ. އޭނާއާއި ވާހަކަ ނުދައްކާތީއެވެ. އުލްވީގެ އެލަދުވެތިކަން އޭނާއަށް ވަރަށް ކަމުދެއެވެ. ” ކިހާ ދުވަހެއް ވަންދެން އުލްވީއަށް އަހަންނާއި ވާހަކަ ނުދައްކާ ތިގޮތަށް އުޅެވޭނެބާ.. އުލްވީ މިއޮފީހަށް ވަނުން އެއީ ކާކުގެ ނަސީބެއްކަމެއް ނޭންގެ.. ” ރިހާމްގެ ހިތުގައިވިއެވެ. އުލްވީގެ ހިޔާލުތައް އެއްފަރާތް ކޮއްލުމައްފަހު ރިހާމް ހިނގައިގަތީ ކުންފުނީގެ އާ ސީ.އީ.އޯ އާއި ބައްދަލުކޮއްލުމުގެ ނިޔަތުގައި އެކެބިންއާއި ދިމާއަށެވެ. ތިން އަހަރު ފަހުން އޮފީހަށް ވަތް ފުރަތަމަ ދުވަސްކަމުންނެވެ. ކިޔަވަން އުޅުނުއިރު ރާއްޖޭގެ ވިޔަފާރީގެ ހަބަރުތަށް ބަލައި ނޫޅުނަސް އޮފީހުގައި އުޅޭ ރައްޓެއްސެއްގެ ފަރާތުން ސީ.އީ.އޯގެ މަގާމުގައި މިހާރު ހުންނަނީ ޒަރީރުގެ ދަރިއެއްކަންވަނީ އެނގިފައެވެ. އޭނާއަށް ނޭންގެނީ އެއީ އޭނާގެ ހިތުގެ މަލިކާކަމެވެ.

އުލްވީގެ ހިތުގައިވެސްވަނީ ހަމައެކަނި ރިހާމްގެ ހިޔާލްތަކެވެ. ކިޔާންގެ ކުރިމައްޗަށް ދާން ޖެހޭނީ މީހާ ހަމައަކަށް އަޅުވައިގެންކަމުން ރެސްޓޯރެންޓްއަށް ނުވަދެ ބޭރުގައި މަޑުކޮއްލިއެވެ. އެހެންނޫނީ ކިޔާން އޭނާއާއި ދިމާކުރާނެކަން ޔަގީންވާތީއެވެ. ހިތުގެ ޖަޒުބާތުތައް ފޮރުވަން މަސައްކަތްކުރަމުން އުލްވީ ރެސްޓޯރެންޓް ތެރެއަށްވަނެވެ. މާގިނައިރު ބޭރުގައި މަޑުކޮއްގެން ހުންނަން ނުކެރުނީއެވެ. އޭރު ކިޔާން އޭނާގެ އިންތިޒާރުގައި މޭޒެއް ދޮށުގައި އިށީންދެލައިގެން ހުއްޓެވެ. ފޯނާއި ކުޅެލަ ކުޅެލައެވެ. ކިޔާންއަށް ބެލުމެއްނެތި އުލްވީ އިށީން ގޮތަށް ފައިލް ބަލަން ފެށިއެވެ. ނަމަވެސް އޭގައިވާ އެންމެ ބަހެއްވެސް އެސިކުނޑިއަށް ނަގައިގަނެވޭ ގޮތެއްނުވިއެވެ. އެހެންކަމުން ފައިލް ލައްޕާލައިފައި ކޮފީ ބޮއެގެން ކިޔާނީ ދޯއޭ ބުނެފައި ކޮފީއަށް އޯޑަރު ދިނެވެ. އޭރުވެސް ކިޔާން އިނީ އޭނާގެ ފޯނާއި ކުޅޭށެވެ.

” ތިފޯނާއި ކުޅެން އިންނަންތަ އަހަރެން މިތަނަށް ތިގެނައީ..ކޮބާ އަހަރެން މިތަނަށް ގެނައުމުގެ ބޭނުމަކީ ދެން..” އުލްވީ ޝަކުވާކޮއްލިއެވެ.

” މިއަދު އެފް ބީ ތެރެ މަޖައީ އޭ.. އުލްވީގެ ކޮއްކޮ މާ އެއްޗެހި ޕޯސްޓް ކުރާ ދުވަހެއްނު މީ..” ފޭސްބުކަކީ އުލްވީ މާގިނައިން ބޭނުންކޮށް ހަދާ އެއްޗެއްނޫން ކަމުން އޭނާއަކަށް އެކަމެއް ނޭންގެއެވެ. އެހެންކަމުން ކިޔާން ކައިރީގައި އުލްޔާގެ ޕޯސްޓުތައް ކިޔައި ދިނުމަށް އެދުނެވެ.

” ނޯ ވަން ލަވްސް މީ.. އެއީ މިއަދުގެ ފެށުން އިނގޭ.. ޑޯންޓް ޔޫ ހޭޓް އިޓް ވެން ސަމްވަން ޓުރައިސް ޓު ކޮންޓުރޯލް ޔުއާރ ލައިފް..މައި ލައިފް މައި ރޫލްސް.. ދެން މިކަހަލަ ބައިވަރު އެއްޗެހި އެބެއް ލިޔެފަ.. ” ކިޔާން ހެމުން ހެމުން ކިޔައިދިނެވެ. އުލްޔާއަކީ އަބަދުވެސް ކަމެއް ވާއިރަށް އެގޮތަށް ފޭސްބުކްގައި އެއްޗެހި ޖަހާ ކުއްޖެކެވެ.

އުލްވީއަށް އުލްޔާގެ ފޯނެއް އައީވެސް ހަމަ އެވަގުތުއެވެ. އުލްވީ ފޯނުނަގައި ހަލޯ އޭ ބުނުމުގެ ކުރިން އެކޮޅުން އިވުނީ ދޮންތީއޭ ކިޔައި އުލްޔާ ރޮއިގަތް އަޑެވެ. އުލްވީ ކިހިނެއް ވީހޭ އަހައިލިއެވެ. ހާސްވެފައި ހުރެއެވެ.

” ދޮންތީ އުލްޔާ ހުންއައިސްގެން މިއުޅެނީ.. ބޮލުގައިވެސް ވަރަށް ރިއްސާ އެބަ..” އުކްވީ ކަންބޮޑުވާނެވަރު އެނގިހުރެ އުލްޔާ ދޮގުހެދިއެވެ.

” ވަޓް.. ކޮއްކޮ ޓެންޕަރޭޗަރ ޗެކް ކޮއްފިންތަ.. ދޮންތި ހަމަ މިހާރު މިފޮނުވަނީ ޑޮކްޓަރެއް.. ކޮއްކޮ އެއްޗެއް ކައިގެން ގައިގައި އިރުއިރުކޮޅާއި ފެން އުނގުޅައްޗޭ އިނގޭ..” އެހެން ބުނެފައި އުލްވީ ފޯނު ބާއްވަން އުޅުނު ވަގުތު އުލްޔާ އަނެއްކާވެސް ގޮވައިލިއެވެ.

” އަހަރެން އެކައްޗެއްވެސް ނުކާނަން.. އަދި މިހުރީ ސައިވެސް ނުބޮއެ.. މިއަދު ބޭނުމީ ދޮންތި ހަދައިދޭ ހޮޓް ޗޮކްލެޓް.. ދޮންތި ޕުލީޒް އާދެބަލަ އަހަރެން ކައިރިއަށް.. ދޮންތި ނައިސްފިއްޔާ އަހަރެން ޑޮކްޓަރަކަށްވެސް ނުދައްކާނަން..” އޭރުވެސް އުލްޔާގެ އަތުގައި ސޮސެޖް ތައްޓެއް ހުއްޓެވެ. އޭނާގެ މަގްސަދަކީ އުލްވީ ގެޔަށް ގެނައުމެވެ.

” ކޮއްކޯ ދޮންތި ކިހިނެއް މިގަޑީގައި ގެޔަށް ދާނީ.. އޮފީހުގައި މިއަދު ވަރަށް ބިޒީވާނެ.. 10 އެއް ޖަހާއިރު ވަރަށް މުހިއްމު މީޓިންގ އެއްވެސް އެބައޮތް..” މާޔޫސްކަމާއިއެކު އުލްވީ ބުނެލިއެވެ.

” ދޮންތިއަށް އަހަންނަށް ވުރެ ވޯކް މާ މުހިއްމު ދޯ.. އޯކޭ އޭ.. ނޯ ވަން ލަވްސް މީ ނައު.. ” ޑުރާމާގެ އެންމެފަހު ލައިން ބުނެފައި އުލްޔާ ފޯނު ކަނޑައިލިއެވެ. ކާމިޔާބީގެ ހިނިތުންވުމެއް ތުންފަތުމަތީގައި ދުވެލީ އެނާއަށް އުލްވީގެ ގޮތް ރަގަނޅަށް އެނގޭތީއެވެ.

“ކިޔާން އައި ހޭވް ޓު ގޯ..” މޭޒުމަތީގައި ހުރި ދަބަސް ނަގައި ކޮޅަށް ތެދުވަމުން އުލްވީ ބުނެލިއެވެ. ” އެކަމަކު އުލްވީ.. އިރުކޮޅަކުން މީޓިންގ އެބައޮތޭ..”

” ކޮއްކޮއަށްވުރެ ވޯކް މުހިއްމެއް ނުވާނެ އަހަންނަކަށް ދުވަހަކުވެސް.. މީޓިންގ ކިޔާން ކުރިޔަށް ގެންދޭ.. އަހަންނައްވުރެ ރަގަނޅަށް ކިޔާންއަށް އެކަންވާނެ.. ޔޫ ވިލް ހޭންޑަލް އެވްރީތިންގ ދޯ..ދަނީ ދެން ބާއި..” ކިޔާންގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި އުލްވީ ދުވެފައި ކަހަލަ ގޮތަކަށް ގޮސް އެތަނުން ނިކުތެވެ.

ޑުރައިވަރަށް ގުޅުމެއްނެތި އުލްވީ އޭނާގެ ކާރަށް އަރައި ދުއްވައިލިއެވެ. ލައިސެންސް ހެއްދުނުކަން އެއީ ނަސީބެކޭ ކިޔަމުންނެވެ. އެހެންނޫނީ ޖެހޭނީ ޑުރައިވަރ އަންނަން ދެން މަޑުކުރާށެވެ.

އުލްޔާގެ ކޮޓަރިއަށް ނުގޮސް އުލްވީ ފުރަތަމަ ބެލީ ހޮޓް ޗޮކްލެޓްއެއް ހަދައިލެވޭތޯއެވެ. ކައްކަން ނޭންގުނަސް އެކި ވައްތަރުގެ ބުއިންތައް ތައްޔާރުކުރަން އޭނާއަށް އިނގެއެވެ.

ލަކްޝްމީ އުލްވީ ގެޔަށް އައި ވާހަކަ ބުނުމުން އުލްޔާ ފޮނިވެލައިފައި ބަދިގެއަށް ދާން ނިކުތެވެ. އުލްވީގެ ފަހަތުގައި އިރުކޮޅަކު މަޑުކޮއްލައިގެން އިނުމައްފަހު އުލްޔާ ގޮސް އެރީ އުލްވީގެ ކޮނޑަށެވެ. ވަރަށް ލޯބިވެޔޭ ބުނެފައި އުލްވީގެ ކޮލުގައި ބޮސްދިނެވެ.

” ކޮއްކޮ ކީއްކުރަން މިތަނަށް ތިޔައީ.. ދޮންތި ދާން ވެގެންނޭ މިއުޅެނީ..” ދެއަތުން އުލްޔާގެ ދެފައިގައި ހަފަހައްޓައިލަމުން އުލްވީ ބުނެލިއެވެ. އުލްޔާ ތުއި ގޮތަކަށް ދޮންތީއޭ ކިޔައިފައި ގޮވައިލިއެވެ. އަދި އުލްވީގެ ކޮނޑުގައި ބޯއަޅައިލިއެވެ. އުލްވީ ލައްބައޭ ބުނުމުން
އޭނާ ބަލިނޫންކަމަށް ބުންޏެވެ. ދޮގު ހެދީތީ މާފައްވެސް އެދުނެވެ.

” އަޅެ ކޮއްކޮއަކަށް ނޭންގޭތަ ދޮންތި ހާސްވާނެކަމެއް.. އެނގޭތަ ދޮންތި މިއައީ މީޓިންގ އަށް ވެސް ނުގޮސް.. ހާދަ އިމްޕޯޓެންޓް މީޓިންގއެކޭ އެއީ.. ކީއްވެ ދޮގު ހަދައިގެން ދޮންތި ގެޔަށް ތިގެނައީ..” އުލްޔާ އުލްވީގެ ކޮނޑުން ފައިބައި އަނެއްކާވެސް ސޮރީ އޭ ބުނެލިއެވެ. ” ކޮއްކިއަށް އެނގެއެއްނު ދޮންތި އޮފީހުގައި އުޅޭނީ ބިޒީކޮއްކަން..”

” އައި ނޯ.. އެކަމް މިހާރު ދޮންތިއަށް އަހަންނާއިއެކު އެއްވެސް ޓައިމްއެއް ސުޕެންޑް ކުރެވޭ ކަމަކަށް ނުވޭ.. ކުޑައިރު ހާދަ މިސްެވެޔޭ މިހާރު.. އަޅެ އެންމެ ދުވަހަކުވެސް އަހަންނާއި އެކީ އުޅެލަބަލަ.. ޕްލީޒް.. ” އިރުކޮޅަކު ވިސްނާލަން ހުރެފައި އުލްވީ އެއްބަސްވިއެވެ. އުލްޔާ ޔޭ އޭ ކިޔަމުން މުޅި ބަދިގެ ތެރޭގައި ފުންމަން ފެށިއެވެ. އުލްޔާ އުޅޭގޮތް ފެނިފައި އުލްވީ ހޭން ފެށިއެވެ.

” އޭ އަހަރުމެންގެ ނިއު ބޮސް އެއީ ވަރަށް ފަރުވާކުޑަ މީހެއް ދޯ.. އަހަރެން އޭރުވެސް ހިތައްއެރިއޭ އެކަހަލަ މީހަކަށޭ ވާނީ ޖަވާ އެވާހަކަ ބުނި ދުވަހަކުވެސް.. އެހާ ޔަންގް އަދި އެވެސް އަންހެނެއް.. ” ރިހާމްގެ މޭޒުދޮށުގައި އިށީންދެލައިފައި ކައިރީގައި އިން ޖަވާދު ކައިރީގައި ރިހާމް ބުނެލިއެވެ. ” ކީއްވެ ތިހެން ތިބުނީ.. އަހަރެން އަދި އަލަށް މިއަޑުއަހަނީ މީހަކު މެޑަމް ފަރުވާކުޑައޭ ބުނި އަޑު.. ” ޖަވާދު ބުނެލިއެވެ.

” ކީއްވެ އެހެން ނުބުނަން ވީކީ.. އަހަރެން އެއްކަލަ ގަޑީ ދިޔައިރުވެސް ކެބިންގައެއް ނެތް.. މިއަދު އޮތް މީޓިންގ އަކަށްވެސް ނާދެ.. އެނގޭތަ އައްޑުއިން އައިސް ތިބި މީހުން ހާދަ ޝަކުވާއެއް ކުރިޔޭ އެކަމާ.. ކިޔާން ބުނީ އޭނާ ޔޯ އެމީހުންނަށް ކިޔީވެސް.. ކިޔާމެންގެ ވާހަކައެއް ޖަވާ ނުބުނަމެއްނު.. އެއީ އަހަންނާއި އެއް ސުކޫލެއްގައި އުޅުނު ދެމީހުންނޭ.. އަބަދު އުޅޭނީ އެއްކޮއް އެދެމީހުން.. އަހަރެން ހީޔެއް ނުކުރަން އެއް އޮފީހަކަށް ވަންނާނެކަމަކަށް..”

” ނާހަމަ ތެދެއް.. މެޑަމް ބަލީތަ އަނެއްކާ.. ރިހާމް ބުނަން އެކަހަލަ ވެރިއެއް ދެން ނުލިބޭނެ.. މިވީ ތިން އަހަރުގަ އޮފީހަށް ނުނިކުންނަ މިއީ ފުރަތަމަ ދުވަސް ކަންނޭންގެ.. ” ޖަވާދު އުލްވީއަށް ތައުރީފުކޮއްލިއެވެ. ” ތިވަރަށް ތައުރީފު ކުރާތީ އޭ އަހަރެން ބޮސްއާއި ދިމާކުރަން ކެތްމަދުވެގެން މިއުޅެނީ..” ރިހާމް ބުނެލިއެވެ. މަސައްކަތުގައި އުޅެމުން ދޭތެރެ ދޭތެރެއިން އޭނާ އުލްވީ ފެނޭތޯވެސް ބަލައިލައެވެ. އުލްވީއާއި ވާހަކަ ދައްކާ ހިތުންނެވެ.

އޮފީސް ގަޑި ނިމިގެން ދިޔައީ ރިހާމްއަށް އުލްވީ ނުފެނިއެވެ. އޮފީހުން ނިކުތީ މަޔޫސްވެފައި ނަމަވެސް މާދަމާ ދިމާވާނެ ކަމުގެ އުއްމީދާއި އެކުގައެވެ.

އުލްޔާ ބޭނުންވި ގޮތައް އޭނާ ނިއު ޔޯރކްއަށް ފޮނުވަން ބައްޕަ ޒަރީރު ގާތު ވާހަކަ ދައްކަން އުލްވީ އެއްބަސް ކުރުވިއެވެ. އުލްވީގެ އެދުމައް ބައްޕަ ފުރަގަސް ނުދެނެކަން އެނގޭތީ އެކި އެކި ވާހަކަ ދައްކައިގެން އުލްވީގެ ބޮލަށް އެރުނީއެވެ.

ރޭގަނޑުގެ ވަގުތެވެ. އުލްވީއާއި އުލްޔާ ކާމޭޒު ދޮށުގައި ތިބީ ބައްޕަ ޒަރީރު އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ރޭގަނޑުގެ ކެއުން ކާން ފެށީ ތިންބަފައިން އެކީގައެވެ. އުލްޔާ އިރުއިރުކޮޅުން އުލްވީއަށް ލޮލުން އިސާރާތެއް ކޮއްލާނެއެވެ. ބައްޕައާއި އެވާހަކަ ދެއްކުމަށް ބުނަމުންނެވެ.

” ބައްޕާ އަޅުގަނޑު ކުޑަ ކަމަކު ކިޔަންވެފަ އެބައޮތް..” އުލްޔާ ރުޅިއައިސްގެން އުކްވީގެ ފައިމަތީގައި ޖަހައިލުމުން އުލްވީ ބުނެލިއެވެ.

” ކޮއްކޮ އުޅެނީ ރައްޓެހި ކުއްޖެއްގެ އުފަން ދުވަސް ފާހަގަ ކުރަން ދާންވެގެން.. ކޮއްކޮގެ އެންމެ ގާތް އެކުވެރިޔާގެ.. ރެމީ އެނގެއެއްނު ބައްޕައަށް.. އަޅުގަނޑުމެން ކޮއްކޮ ކައިރިއަށް ޗުއްޓީގައި ދާއިރު ދިމާވެއެއްނު.. އޭނަ ވަރަށް އާދޭސް އެބަ ކުރެޔޯ ކޮއްކޮ ކައިރީގައި އެކޮޅަށް އަންނަން.. ކޮއްކޮ މިހާރު ވައުދުވެސް ވެއްޖެ ދާނެކަމަށް.. ދެން ނުގޮސްފިއްޔާ ރެމީ ކިހާ ދެރަވާނެ.. އަޅުގަނޑަށް ފެންނަނީ މިދަތުރު ކޮއްކޮ ފޮނުވައި ދިނުން.. އެންމެ ތިން ދުވަސް ނޫންތޯ.. އެނގޭތަ ބައްޕައަށް.. ކޮއްކޮ ބުނެފިޔޭ އަޅުގަނޑު ކައިރީގައި މިދަތުރު އައިސް އޮފީހަށް ނިކުންނާނެ ވާހަކަ.. ދޯ ކޮއްކޯ..” އުލްވީ ކައިރީގައި އެކަހަލަ އެއްޗެއް ބުނެވުނު ހަނދާން ނުވިޔަސް އުލްޔާ ވަގުތުން އާއެކޭ ބުނެލިއެވެ. އޭނާ ބުނީ އޮފީހަށް ނިކުތުމާއި ދޭތެރޭ ވިސްނާލާނެ ކަމަށެވެ.

” އުލްޔާ މިހާރު ދޮންތަގެ ބޮލަށް އެރިގަތީ ދޯ.. މައްސަލައެއް ނެތް.. އެނބުރި އައިސް އޮފީހަށް ނިކުންނަ މަތިން ފޮނުވަފާނަން.. މާދަން ހެނދުނު ފައިސާ ޖަމާކޮއްދޭނަން..” އުލްވީގެ ބޮލުގައި ފިރުމާލުމައްފަހު އުލްޔާގެ ކަންފަތުގައި ހިފައިލަމުން ޒަރީރު ބުނެލިއެވެ.

” ބައްޕާ އަދި ދެކޮޅު ޓިކެޓް ނަގަންވެސް ފައިސާ ބޭނުން..” އުލްޔާ ބުނެލިއެވެ. ޒަރީރު ވަގުތުން ފޮނުވަދޭނެކަމަށް ބުނެލިއެވެ. އަނެއްކާވެސް ގޯހެއް ހެދެނީކަމެއް އޭނާ ނުދެނަހުއްޓެވެ.

ފަތިހު 5 ޖެހިއިރު އުލްވީ އޮފީހަށް ދާން ތައްޔާރުވާން ފެށިއެވެ. ލާނެ ހެނދުމެއް ނޭންގިގެންވެސް އެތައް އިރަކު އަލަމާރީ ހުޅުވައިގެން ބަލަން ހުއްޓެވެ. މިއަދު އޭނާ ލައިއުޅޭ އޮފީސް ހެދުންތައްވީ ވަރަށް ފޫހި ހެދުންތަކަކަށެވެ. ނަމަވެސް އޮފީހަށް އެނޫން އެއްޗެއް ލައިގެން ދާކަށް ނުކެރޭނެއެވެ. އެހެންކަމުން އޭނާގެ އަތުގައި އޮތް އެންމެ ރީތިހެން ހީވާ ހުދުކުލައިގެ ގަމީސްކޮޅަކާއި ކަޅުކުލައިގެ ދޫ ސުކިނީއެއް ނެގިއެވެ. ފެންވަރައިގެން ނިކުމެ އެއެއްޗެހި ލީވެސް ފޫހިކަންމަތީ ހުރެއެވެ. މޭކަޕް ކުރަން ފޫހިވާ ކުއްޖާ އާދައިގެ މޭކަޕެއް ކޮއްލުމައްފަހު ތުންފަތުގައި ގަދަ ރަތް ކުލައިގެ މޭކަޕެއް ޖައްސައިލިއެވެ. ލޮލުގައި އަދުން އެޅުމުން އެދެލޮލުގެ ރީތިކަން އެތައް ގުނައެއް އިތުރުކަމަށް ދައްކާލިއެވެ. އިސްތަށިގަނޑު ދޫކޮއްލައިފައި އޮތުމުން އޭނާއަށް ކަމަކު ނުދިޔައެވެ. އިސްތަށިގަނޑުގައި ހިފައި މައްޗަށް ނަގައިފައި ކަޅު ކުލައިގެ ބޮލުގައި ޖަހާ އެއްޗެއް ނަގައި ޖަހައިލިއެވެ. އަރާނެ ހީލްސް ނޭންގިގެންވެސް އެތައް އިރަކު އިނެވެ.

” ވަޓް އިޒް ރޯންގް ވިތް ޔޫ އުލްވީ.. ތިދަނީ އޮފީހަށް މަސައްކަތް ކުރާށޭ.. މީހުންނަށް ތިއްތި ދެއްކޭކަށްނޫނޭ.. ” ލޯގަނޑުން އަމިއްލަ ސޫރަ ބަލަމުން އުލްވީ ވާހަކަ ދެއްކިއެވެ. ބޮލުގައި ޖަހައިފައިވާ އެތި ނައްޓައި އިސްތަށިގަނޑު ދޫކޮއްލިއެވެ. ތުންފަތުގައި ޖައްސައިފައިވާ ލިޕްސްޓިކް ފުހެލައިފައި މަޑު މުށިކުލައިގެ ލިޕްސްޓިކެއް ޖައްސައިލިއެވެ.

ހެނދުނުގެ ނާސްތާގައި އުލްޔާ ބައިވެރިވިއެވެ. 10 ޖަހާއިރު ފުރާތީއެވެ. އުފަލުން ރޭގައި ރަގަނޅަށް ނުވެސް ނިދެޔޭ ބުންޏެވެ.

އުލްވީ މިއަދު އޮފީހަށް ނިކުތްއިރު އެހެން ދުވަސް ދުވަހާއި އޭނާގެ މޫނުމަތީގައި ނޭންގޭ ހިނިތުންވުމެއް ވިއެވެ. ކެބިންއަށް ދިޔުމުގެ ބަދަލުގައި އޭނަ މަޑުކޮއްލީ ތިރީގައި އިން ސޯފާއެއްގައިއެވެ. ނޫސް ޕޭޕަރެއް ކިޔަން ކަމަށް ހެދިގެންނެވެ. އިރުއިރުކޮޅާ ވަރަށް ސިއްރުން އޮފީސްތެރެއަށް ނަޒަރު ހިންގައިލައެވެ. އެދެލޯ ދުށުމަށް އެދެނީ އެންމެ ފަރާތެކެވެ.

” ކާކުތަ މާ ވަރަކަށް ތިހޯދަނީ..އަހަރެން ތަ ” އެހިތްގައިމު އަޑު އިވުނީ އުލްވީއާއި ވަރަށް ކައިރިންނެވެ. ލަސްލަހުން މޫނު އަބުރައި ބަލައިލިއިރު އޭނާގެ ކައިރީގައި ސޯފާގައި އިށީންދެގެން ހުރީ ރިހާމްއެވެ. ރިހާމް ހުރީ ކަޅު ފަޓުލޫނަކާއި އެކު ހުދު ކުލައިގެ ގަމީހެއް ލައިގެންނެވެ. އޭނާއާއި ވަރަށް ގުޅެއެވެ.އަނެއްކާވެސް އުލްވީއަށް ދެލޯ ބޮޑުކޮއްލައިގެން ރިހާމްއަށް ބަލަން ހުރެވުނީއެވެ. އެސްފިޔަ ޖަހާލަންވެސް ނޭންގިފައެވެ.

ރިހާމް ފެނުމުން އުލްވީ ހުއްޓުން އަރާފައި އިންނަ ގޮތް އޭނާއަށް ވަރަށް ކަމުދެއެވެ. މަޑުމަޑުން އުލްވީގެ ލޯކުރިމަތިން އަތް ހުރަސްކުރަން ފެށިއެވެ. ” މީ.. މި އަހަރެން .. ކިޔާން މާލަސްވާތީ މިތާ މަޑުކޮއްލައިގެން އިނީ.. ކިޔާން އާދޭތޯ މިބަލަނީ..” ހަމަހޭވެރިކަންވުމުން އުލްވީ ބުނެލިއެވެ. އޭނާގެ އެޖަވާބުން ރިހާމް ހިތުގައި ޖެހޭނެވަރު ނޭންގިިހުރެއެވެ. އެހެންދޯ އޭ ބުނެފައި ރިހާމް އެތަނުން ދިޔައީ އެހެންވެގެންނެވެ. ހަގީގަތުގައިވެސް އޭނާ ހީކުރީ އުލްވީ އެހޯދަނީ އޭނާ ކަމަށެވެ. އުލްވީގެ ހިތުގައި އޭނާއަށް ހާއްސަ މަގާމެއް ދެވިފައިވާހެން އޭނާއަށް އަބަދުވެސް ހީވެއެވެ. ކިޔާންއާއި އުލްވީއާއި ދެމެދު ގުޅުމެއް އޮންނަހެންވެސް ހީވެއެވެ. ކުރީގައިވެސް އޭނާ އުލްވީދެކެ ލޯބިވާ ވާހަކަ ބުނަން ނުކެރުނީ އެހެންވެގެންނެވެ.

Share Article

Follow Me Written By

Blackpearl

Level 210 Stories100 Comments100 Login

A girl who read to kill her boredom and write to entertain others ?? [email protected]

Other Articles

Previous

ވާ ލޯބި އިނގޭ ނަމަ 13

Next

ލޯބި 1 ވަނަ ބައި

Next
November 24, 2018

ލޯބި 1 ވަނަ ބައި

Previews
November 24, 2018

ވާ ލޯބި އިނގޭ ނަމަ 13

22 Comments!

  1. nunnu says:
    November 24, 2018 at 7:24 pm

    story reethi ekam mistakes ebahuri eg) meyzu kairee isheedhegen hutteve. ethaa liyan jeheynee meyzukairee isheedhegen ineve..

    1. Blackpearl says:
      November 26, 2018 at 4:05 pm

      Thank yuh so much Nunnu ??

  2. Sakha says:
    November 25, 2018 at 1:32 am

    Varah reethi dhn when next part …….. waiting for it please mifahru avahah up kn dhathi

    1. Blackpearl says:
      November 26, 2018 at 4:06 pm

      Thank yuh so much Sakha ??

  3. umra ummm says:
    November 25, 2018 at 8:45 am

    Story v nice . But I think it has some mistakes actually. So…. It’s ok . Next time dho dhen better kollaanee. Good story . Thanks to the author

    1. Blackpearl says:
      November 26, 2018 at 4:07 pm

      Thank yuh so much umra ummm ??

  4. Ana says:
    November 25, 2018 at 11:54 am

    Hey Blackpearl,
    Mi partves hama varah salhi.Masha Allah ❤❤

    1. Blackpearl says:
      November 26, 2018 at 4:08 pm

      Hello Ana
      Thanks a lot ??

  5. Ryva says:
    November 25, 2018 at 1:49 pm

    Nice story

    1. Blackpearl says:
      November 26, 2018 at 4:09 pm

      Thank yuh Ryva ?

  6. Juvey says:
    November 25, 2018 at 11:05 pm

    Masha Allah varah furihama
    Keep it up ??

    1. Blackpearl says:
      November 26, 2018 at 4:10 pm

      Thank yuh Juvey ?

  7. Siyah Inci says:
    November 25, 2018 at 11:21 pm

    Nukada. Varah salhi. Waiting for the next part

    1. Blackpearl says:
      November 26, 2018 at 4:11 pm

      Thank yuh so much ?❤❤

  8. Pooh says:
    November 26, 2018 at 1:22 am

    Ey Varah salhi ♥️ Can’t wait to read next part ?

    1. Blackpearl says:
      November 26, 2018 at 4:12 pm

      Thank yuh so much ?❤

  9. unknown says:
    November 28, 2018 at 8:36 am

    very nice

    1. Blackpearl says:
      December 22, 2018 at 5:57 pm

      Thanks dear ?

  10. Udhfaan? says:
    November 29, 2018 at 10:09 pm

    Varah reethi..i just luv the story adhi mi year ga stories kiyan feshyy but to be honest can say is the one of best story I read……..keep it up ..insha Allah i will be reading ur stories….

    1. Blackpearl says:
      December 22, 2018 at 5:59 pm

      Glad to know that yuh liked it dear. Thank yuh so much ??

  11. Me ? says:
    June 3, 2019 at 8:48 pm

    I love the merrell twins and i love collins key im a huuugeeee fan of the merrell twins just saying because i like the cover page …. and most important thing i love ur stories .. ur stories really good and i like them a lot .

  12. Kiara says:
    June 4, 2019 at 3:22 pm

    I loooooveeee the merrell twins …. im a huggeeeeee faaannnn of themmmmm

Comments are closed.



All Right Reserved!