Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެހެނަސް…(16)

Z A L 🐙 Level 210 Stories100 Login100 Comments
November 24, 2018 3 Mins Read
15 Comments

ދާދި ކައިރީގައި ހުރި ޒާހިލް ފެނުމުން މަލާކްހުރީ ޤަބޫލުކުރަންދަތިވެފައެވެ. މުޅިންކަޅު އައުޓްފިޓެއްގައި ޒާހިލް ހުރި އިރު ނުހަނު ރީއްޗެވެ. ސްމާރޓެވެ. ޒާހިލްގެ ދެއަތްވަނީ ފުރަގަހަށް ލެވިފައެވެ. ލޮލުގައިވަނީ މައުސޫމްކަމަކާއި ނުތަނަވަސްވެފައި ވުމުގެ ކުލަވަރެކެވެ. ޒާހިލް ކަރުކެހިލުމަށްފަހު ވަރަށް “ފިލްމީ” ގޮތަކަށް އެއްކަކޫ ޖަހައިގެން އިށީނދެލައިފައި އަތުގައި އޮތް މާބޮނޑި މަލާކަށް ދިއްކޮށްލިއެވެ. “މަލާކް… ވިލް ޔޫ އެކްސެޕްޓް ދިސް އެންޑް މޭކް މީ ދަ ހެޕިޔެސްޓް ޕާރސަން ރައިޓް ނައު ބައި ޔޫ ބީއިންގް މައި ގާރލްފްރެންޑް؟” މަލާކްގެ ދެލޯބޮޑުވެގެންދިޔައެވެ.

ކުއްލިއަކަށް މަލާކަށް ހޭލެވުނެވެ. އެފެނުނީ ހުވަފެނެއްކަން އޭނާއަށް އިނގުނީ އަދިއެވެ. ބޭރަށް ނުކުތްއިރު އަފާ ހަމަ އައިސް ގެއަށް ވަންނަނީ އެވެ. “ރެޑީވެސް ނުވަން؟ ހިނގާ ދާން ހިނގާލަން..” އަފާ ލައިގެން ހުރީ ހަމަ ހުވަފެނުގައިވެސް ފެނުނުއިރު ލައިގެން ހުރި ހެދުމެވެ. މަލާކަށް ޖެހުނީ ދޮގެއް ހަދާށެވެ. “ރޭގަ މާގަދަޔަށް ކެވުނީމަޔާ އެކީ ކަންނޭނގެ…އެހާ ފިޓެއްނޫން މިއަދު. އެހެންދުވަހަކުން ދާނީދޯ.” އަފާ އެންމެފަހުން ބޭރަށްދިޔުމުގެ ވާހަކަ ހުއްޓާލުމަށްފަހު ފިލްމެއް ބަލަން އެދުނެވެ. މަލާކް އެއްބަސްވީ އޭރުންދެން އަފާ ބޭރަށްދާން ނޫޅޭނެކަން އެނގޭތީއެވެ.

‘ޕޭޕަރ ޓައުންސް’ ކިޔާ އިނގިރޭސި ފިލްމެއް ބަލަން ދެމީހުން ތިބިއިރު މަލާކްގެ ވިސްނުންހުރީ އެހެން ދިމާލެއްގައެވެ. އަނެއްކާ ޒާހިލް މަލާކްއާ ގަޔާވަނީހެއްޔެވެ؟ އެހެންކަމަށްވާނަމަ ދެން އޭނާ ހަދާނީ ކިހިނެއްބާއެވެ؟

ރޭގަނޑު ނިދަން އޮތްއިރު މަލާކްއަށް ވިސްނެމުން ދިޔައީ މިއަދު އެފެނުނު ހުވަފެނާއި ރޭގެ ކަންތައްތަކާމެދުގައެވެ. އެހެން އޮވެއޮވެފައި އެންމެފަހުން މަލާކް ފޯނުނަގާ ހާވަންފެށިއެވެ. ވައިބަރ ބަލާލިއިރު އަލޫކް މެސެޖެއް ކޮށްފައި އިނެވެ. “ހޭ،އައި ރިޔަލީ އެމް ސޮރީ. ހިޔާރ އިޒް އަ ވީޑިޔޯ އޮފް މީ ޕްލޭއިންގް ޕިޔާނޯ އެންޑް ސިންގިން ވަން އޮފް ޔުއަރ ފޭވަރިޓް ސޯންގް. ހޯޕް އިޓް ގިވްސް ޔޫ ސަމް ރިލީފް.” އެއާ ޖެހިގެން އިން ވީޑިޔޯ މަލާކް ޕްލޭކޮށްލިއެވެ.

“ހިތުގާ ނެގުނޭ ބިންވަޅު ފެނުނު ފުރަތަމަ ނަޒަރުން. އަޒުމެއް ހިތުގާ ކަނޑައެޅުނޭ ތިޔަ ލޯތްބަށް އެދެމުން. މަދިވާނާވީ ތިޔަ ޖާދޫގާ ޖެހުމުން. ނަލަކަން ސިފަވީ ހަނދުވަރު ދިން ރޭރޭގާ. ލޮލާލޯ ދިމާވާގޮތުން ދެން މަގޭ ޖާނު ދޭނަން. ފިދާވާށެ މިހުރީ ތިޖަޒުބާތުގައި ޢުމުރުދަންދެން. ހްމްމް..ރޭދުވާ ތިހަނދާން ވުމުން، މިންޖު ނުވެވޭ ތިހުވަފެން ތަކުން. ބީހިލަން މިއަޅާ އެދޭވަރު އަންގައިދޭން ބޭނުމޭ ހާދަހާ…” އެންމެފަހުން މަލާކް އެވީޑިޔޯ ކްލޕް ސްޓޮޕް ކޮށްލީ ދެލޯ ފުރިގެން ބަންޑުންވާން ފެށުމުންނެވެ. އަލޫކް އޭނާއަށް ކޮން ސިހުރެއް ހެދީބާއެވެ؟ އަލޫކްދެކެ ކިތަންމެ ރުޅިއަންނަން ބޭނުންވި ނަމަވެސް މަލާކްވަނީ އަދި އަދަށްދާންދެން ވެސް އެކަމަށް ނުކުޅެދިފައެވެ. އަލޫކް ރަނގަޅުވާނެބާއެވެ؟ އޭނާ ލޯބިދީފިނަމަ އަލޫކްގެ އުޅުން ރަނގަޅުކުރެވިދާނެ ބާއެވެ؟ އަލޫކް މިހާރު އެއުޅެނީ އޭނާގެ ސިކުނޑިއާ ކުޅެލަންބާއެވެ؟ ނޫނީ ހަމަ ޙަޤީޤަތުގައި ވެސް ރަނގަޅުގޮތް ވިސްނިގެންބާއެވެ؟

އަލޫކް އޮތީ ކަންނެތްވެފައެވެ. ދެރަވެފައެވެ. ތެދުވާހިތް ނުވެފައެވެ. މަލާކްއާ މެދު ކަންތައް ކުރެވިފައިވާ ގޮތުގެ މަތިން ހަނދާންވެ އަމިއްލަ ނަފްސު ކުށްވެރި ކުރެވެއެވެ. ފަންކާގެ ބުރުނޭނގޭ ފިޔަތަކަށް ބަލަން އޭނާ އޮތެވެ.

ޒާހިލްގެ މަންމަ މަލާކް މެންގެ ގެއަށް އައީ ޒައިލީއާ އެކުގައެވެ. މަލާކް މަންމައާ ޒާހިލް މަންމައާ ދެމީހުންވެގެން އެމީހުންގެ ކުދިން ބޭރަށް ފުރަންޖެހޭ ދުވަސް ކައިރިވަމުން އަންނާތީ، ކާޖާއާއި ތެލުލި ބަނބުކެޔޮފަދަ ހުކުލި މުކުލި ލުއިކާނާ ކޮޅެއް ތައްޔާރު ކުރާށެވެ. ޒައިލީއާ މަލާކް މަންމަމެންނާ އެކީ އެއްޗެހި ކޮށާ ނިންމާލުމަށްފަހު ތެލުލަން ފެށުމުން ދެން ދިޔައީ އަތްދޮވެލައިގެން ގޭތެރެއަށެވެ. “މަލާކް ދައްތަ ވެސް އުޅެނީ ދޮންބެއާ ސޭމް ކޮލެޖުގަ ދޯ.” “އާނ..ސޭމް ކޮލެޖުގަ. ޒައިލީ  ބޮޑުވެގެން ކޯއްޗެއް ކިޔަވާނީ؟” “ޒައިލީ ބޭނުމީ އިސްލާމިކް ސްޓަޑީޒް އިން ކުރިޔަށްދާން. އެއާއެކު ދެން ނުކުޅެދޭ ކުދިންނަށް އެހީތެރިވެ، ބޮޑަށް އެކަހަލަ ވޮލަންޓިޔާރ ކުރާ ކަހަލަ ކަންކަން ކުރަން.” ޒައިލީ ވާހަކަ ދައްކަމުން ދިޔައީ ވަރަށް ގާތްކޮށެވެ. “ރަނގަޅު. ކުޑައިރުންސުރެ ކުރިޔަށްދާނެ ދާއިރާއެއް ވިސްނައިގެން މަސައްކަތް ކުރަންޏާ ފިޔުޗާރ ވަރަށް ބްރައިޓް ވާނެ އިންޝާﷲ. ދޮންބެ ކޮބާ ޒައިލީ އައި އިރު؟” މަލާކް ވިސްނުމަކަށް ގެއްލިހުރެ އަހާލިއެވެ. “ދޮންބެ އުޅޭ އެބަ މާޒްއާ އެކީ. އަދި ވަކި ކަމެއް ކުރާކަށް ނޫން އުޅެނީ.” “ހިނގާބަލަ ތިގެއަށް. އައި ނީޑް ޓު ޓޯކް ޓު ހިމް.”

“ހޭ ޒާހިލް؟ ކޭން އައި ޓޯކް ޓުޔޫ ފޯރ އަ ސެކް؟” ޒައިލީއާ އެކު މަލާކް އެގެއަށް އައިސް ވަނުމުން ޒާހިލްގެ ހިތް އޮބިނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. “ޝުއާރ..ކީކޭ؟” “ހޭ..މަށަށް ކަމެއް ކޮށްދެންޏާ..ޓިކެޓް އަވަސްކުރަން ހިނގާބަލަ.” “ވޯވް! ހާދަ ކުއްލިއަކަށް، ކަމެއްވީތަ؟” “ވެލް..ކުޑަ ޕާރސަނަލް ކަމެއް ޕްލަސް ކޮލެޖު ހުޅުވެން ދެދުވަސް އޮއްވަ ގޮސްގެން ކިހިނެއް ޕްރެޕެޔާރ ވާނީ. ” “އޯކޭ..މައި ފްރެންޑެއް އުޅޭނެ އޭވިޔޭޝަންގަ. ވިލް ޗެކް އަޅެ ލިބޭތޯ އޭގެކުރިން. ގުޅާލަން މިދަނީ.” މަލާކްގެ އެދުމަށް ފުރަގަސްދޭކަށް ޒާހިލް ބޭނުމެއް ނުވެއެވެ.

“ހޭ. ހަމަޖެހިއްޖެ. މިއަދުމީ އާދިއްތަ ދޯ. އަންގާރަ ދުވަހު ފުރަންޖެހޭ. ހަވީރު ފްލައިޓް އިން މާލެއަށް ގޮސް ދެން ރޭގަނޑު ފްލައިޓްއިން މެޑްރިޑް އަށް. ދެޓްވޭ، ވީ ވިލް ހޭވް އޯލްމޯސްޓް އަ ވީކް ޓު ގެޓް ޕްރެޕެޔާރޑް. އަނެއްކާ މަލާކްގ މަންމަ__” “މަންމަ އޯކޭ ވާޏެ. ޕްލަސް ނޯ ނީޑް ޓު ވޮރީ، މަލާކް ބޭނުންވެގެންނު. ނޮޓް ޔޫ. އެކަމު ޒާހިލްގެ މަންމަ އޯކޭވާނެތަ؟” “ޔާ..ޝީ ވިލް ބީ ކޫލް.”

މަލާކް ގެއަށް އައިސް އެރޭގެ ކެއުމުގެ ގަޑީގައި މަންމައާ އެވާހަކަ ހިއްސާކުރިއެވެ. ވަރަށް އިރު ވިސްނުމަށްފަހު ސާރާވެސް އެންމެފަހުން އެއްބަސް ވިއެވެ.

ޖެހިގެން އައީ ހޯމަ ދުވަސް ކަމުން މަލާކްއާއި ޒާހިލްގެ އާއިލާއިން ދިޔައީ އެދެކުދިން ފުރުމަށް ތައްޔާރުވަމުންނެވެ. މަލާކް ހުރީ އަލޫކަށް އެކަން ނޭނގޭތޯ ދުޢާ ކޮށްލަ ކޮށްލާއެވެ. އެދުވަހު ހަވީރު މަލާކް އާއިލާ ގޭގެއަށް ޒިޔާރަތްކޮށް ހެދިއެވެ. މާދަން ބިޒީ ވާނެތީއެވެ.

ދެތިންފަހަރު މަލާކްގެ ގޭދޮށުން މުގޯލިއަޅާ، އެތައްފަހަރު ގުޅާ ހެދިނަމަވެސް އަލޫކަށް މަލާކްގެ ކޯލަކަށް މަލާކް ޖަވާބެއް ނުދިނެވެ. ގޭދޮށުންވެސް ނުވެސް ފެނުނެވެ.

ރޭގަނޑު ނިދަން އޮށޯންނަން އުޅެނިކޮން މަލާކްގެ ކޮޓަރި ކުޑަދޮރުގައި މީހަކު ޓަކި ޖެހިއެވެ. އެއީ އަލޫކްއެވެ. މިރޭ މަލާކް ކިތަންމެ ވަރެއް ވިޔަސް ދޮރު ނުހުޅުވަން ހިތާ ދެކޮޅަށް އަޒުމްކަނޑައަޅައިގެ، ދެކަންފަތްމަތީ ބާލީސް އެޅުމަށްފަހު ނިދޭތޯ މަސައްކަތްކުރިއެވެ.

މަލާކް ނުހުޅުވުމުން އަލޫކް ފޯނަށް ގުޅަންފެށިއެވެ. ނަމަވެސް ފޯނުވެސް ނުނެގިއެވެ. އެތައްއިރަކު އެތާ ބޭރުގައި ހުރުމަށްފަހު އަލޫކް ކަރުއެލުވާލާފައި މަޑުމަޑުން ހިނގައިގަތެވެ.

ރަށުގެ ބަނދަރުގައި އޮތް، ‘ފަހިމަގު’ ލޯންޗަށް އެރުމަށްފަހު މަލާކް ރަށަށް ބަލާލިއެވެ. އޭނާ ފުރުވަން ހަނިމާދޫއަށް ދާން މާޒްއާ،އަފާ އަދި މަލާކްގެ މަންމަވެސް ލޯންޗަށް އެރިއެވެ. އޭގެއިތުރުން ލޯންޗުގައި ތިބީ ޒާހިލްއާ، ޒައިލީގެ އިތުރުން ސަފީނާއެވެ. ލޮނުގަނޑު ކަފަމުން ލޯންޗު އޭގެ ބާރުމިނުގައި ދުއްވާލިއިރު ލޮލުގެ ކޮޅަށް ގޮސް ރަށް އޮބަންދެން މަލާކް ރަށަށް ބަލަހައްޓައިގެން އިނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Z A L 🐙

Level 210 Stories100 Login100 Comments

17//

Other Articles

Previous

ޖާހިލުކަން ނިއްވާލާ ފެނަކީ ޢިލްމެވެ.

Next

މާފްކުރާށޭ ކަލާ 17

Next
November 24, 2018

މާފްކުރާށޭ ކަލާ 17

Previews
November 24, 2018

ޖާހިލުކަން ނިއްވާލާ ފެނަކީ ޢިލްމެވެ.

15 Comments!

  1. Zelll says:
    November 24, 2018 at 11:12 am

    Assalaam alaikum all. Miothy ep16 up kohllaafa. Hope kamudhaane kamah, yes it’s a big twist! adhi ekahala twists thah kuriyah hury Inshaallah. Btw, i want you readers ge idea or view eh how you think about the story. It’s gonna be a big twist ekam thi kudhinn hithah araa ehcheh balaalan, do you want Aluke and Malaak together? Or Zahil and Malaak together? Heenukuraa gothah vunn ekasheegennvey ingey hehe. Hope you all love it, thanks for the support, and a huge round of applause to regular readers. Thankyou all.

  2. rai says:
    November 24, 2018 at 11:38 am

    Wow.bootiful.when next

  3. Nik says:
    November 24, 2018 at 12:39 pm

    Reethi ???

  4. kitty says:
    November 24, 2018 at 12:47 pm

    i want malaak n alook to be together.. anhway stry is v nyc.. looking forward to the nxt part..

  5. Hanaan says:
    November 24, 2018 at 12:50 pm

    I like Aluke and Malaak being together ?

  6. R says:
    November 24, 2018 at 1:34 pm

    Malaak n alook should b together in the end.. zaahil came to the story so late n the main boy has been alook all this time so make malak n him together n alook get better with her help

    1. Zelll says:
      November 26, 2018 at 3:58 pm

      Ahaha, okeyh

  7. Waiting says:
    November 24, 2018 at 1:35 pm

    Malaak n alook

  8. unique says:
    November 24, 2018 at 2:38 pm

    aluk n malaak look cute together
    hope they will stay together in the end
    curiously waiting for the next part

  9. Muna says:
    November 24, 2018 at 4:03 pm

    Mala and aluke
    Aslu vaahakaige kurykolhu now forget vejje
    Konthaakah tha malaa kiyavan gossa hury

  10. R says:
    November 24, 2018 at 8:49 pm

    Alook n malaak

    1. Zelll says:
      November 26, 2018 at 3:57 pm

      Ok.❤? Dhenn evrybody let’s hope and see if they’ll be together at the end. Ekam fyi adhi nimumaka kairieh nuvey, Aluke ge kannthahves isn’t that clear to Malaak ennu dhw aslu. Wait and see guys, hehe. thankyou for the support❤

  11. kitty says:
    November 26, 2018 at 2:49 pm

    zell kobaa tha nxt part???? thankolheh avas kohlladheyba…….

    1. Zelll says:
      November 26, 2018 at 3:54 pm

      Very soon Inshaallah. Zel ah internet libumuga kuda difficulties kolheh huryma midhuvas kolhu. But won’t dissapoint you guys. Now very soon okeyh?

  12. Zelll says:
    November 26, 2018 at 3:55 pm

    Very soon Inshaallah. Zel ah internet libumuga kuda difficulties kolheh huryma midhuvas kolhu. But won’t dissapoint you guys. Now very soon okeyh?

Comments are closed.

Next Episodeއެހެނަސް…(17)←


All Right Reserved!