Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ކުރެހުން އެޅުނޭ ހިތިގެ އަޑީގައި 9

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
November 24, 2018 One Min Read
5 Comments

ޕޮލިސް ޔުނީފޯމްގައި ސައިކަލުގައި ދުއްވާފައި ދިޔަ ޒުވާނާއަށް ވަނީ އެތައް ބައެއްގެ ލޯތައް އަމާޒުވެފައެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް އަޅާނުލާ އެ ޒުވާނާ ދިޔައީ މަގުމައްޗަށް ސަމާލުވަމުންނެވެ. ދުއްވާފައި ގޮސް އެ ޒުވާނާ މަޑު އެކޮށްލީ ހީވާގޮތުންނަމަ އޭނާގެ ގޭ ދޮރުމަތީގައިއެވެ. ”އަނހާ… ދަރިފުޅާ އައިޒަން… މިއަދު ހާދަ އަވަހަކަށް ތި އައީ… އެހެންނާ އަންނަ ގަޑިއަކު ނޫނެއްނު މިއަދު ތިޔައީ؟” އައިޒަން ގޮސް ގެއަށް ވަތް އިރަށް އައިޒަންގެ މަންމަގެ ސުވާލުތަކާ ކުރިމަތިވިއެވެ. ” ހޫމް… މިއަދު ކުޑަކޮށް ބޮލުގައި ރިއްސާތީ އަވަހަށް މިއައީ…” އައިޒަން އޭނާގެ މަންމަ ގާތުގައި އެހެން ބުނެފައި ކޮޓަރިއައި ދިމާއަސް މިސްރާބު ޖެހިއެވެ. ހަމަ ހަޤީޤަތުގައިވެސް އައިޒަން މިއަދު އެއުޅެނީ ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީއެވެ. އައިޒަން ގޮސް އެނދުގައި އޮށޯތްއިރަށް ނިފްޝާގެ އެކި ހިޔާލުތަކުން އޭނާގެ ސިކުނޑި ފުރާލިއެވެ. އަދިވެސް އައިޒަންއަށް އެއުޅެނީ ނިފްޝާގެ ހިޔާލުތަކުން ދުރުނުވެވިގެންނެވެ. އެ ހިޔާލުތަކުން ދުރުވެވޭތޯ މިހާރު އައިޒަން އެތައް މަސައްކަތެއް ކޮށްފިއެވެ. އެކި ހިޔާލުތަކުގައި އޮތް އައިޒަންގެ ލޮލަށް ނިދި ސަވާރުވީ ބަސް ބުނާހާ އަވަހަށެވެ. އައިޒަންއަށް ނޭނގުނީ އޭނާގެ ހަޔާތުގައި ބާކީ އޮތް ދުވަސްތައް އޭނާއަށް ވޭތު ކުރަން ޖެހޭނީ ކިހިނެއްކަމެވެ. އޭނާގެ ހަޔާތުގައި ކުރިއަށް ވާނީ ކޮންކަމެއް ކަމެވެ. ތަގުދީރު އެނގޭނީ ފަހެ ކާކަށް ހެއްޔެވެ؟

*****

އާދުވަހަކަށް އިރު އެރީ އެތައް ބަޔަަކަށް އުފާވެރިކަން ގެނުވާ އެނެއްބަޔަކަށް ހިތާމަވެރިކަން ގެނުވަމުންނެވެ. މިއީ އަބަދުވެސް ދުނިޔޭގެ ހާލަތެވެ. އެއްދުވަހު ހިތާމަވެރިކަން އެމީހަކަށް ލިބިއްޖާ އޭގެ އަނެއް ދުވަހު އެމީހަކަށް ލިބޭނީ އުފާވެރިކަމެވެ. ހެނދުނުގެ ވަގުތުގައި އައިޒަން ހުރީ ގޭގައި ހަދާފައި އޮތް ބަގީޗާގައި ކޮފީއެއް ބޯންށެވެ. ފޮޅިވައިވާ ރަތް ކުލައާއި ފިޔާތޮށި ކުލައިގެ ފިނިމެންމާ ތަކުގެ ސަބަބުން ބަލާ ފޫހި ނުވާނޭ ކަން ގައިމެވެ. އަދި ދުރުގައި ހުރި އެކި ކުލަކުލައިގެ ސާމާ ގަސްތަކުގެ ސަބަބުން އެރީތި ކަން ދެގުނައެވެ. މާމަލުގައި ހުރި ޝަބުނަމް ތިކިތަަކުން މަލުގެ ފުރިހަމަކަން ބަޔާން ކުރަން ވެސް ދައްޗެވެ. ގަސްތަކުގެ ތެރެއިން އެއް މަލުން ފޮނި ކޮޅު ބޯލައި އެނެއް މަލުން ފޮނި ކޮޅު ބޮމުން އުޅުނި ކޮކާތަކާއި ކުޅަނދުރުތައްވެސް އެކަމުގެ އުފާ ހޯދަމުން ދެއެވެ. ކުޅަދުންވަންތަ ކަމުގެ ލާމަސީލު މަންޒަރެކެވެ. މިފަދަ މަންޒަރެއް އާޓިސްޓަކަށް ކުރުހަންވެސް އުނދަގޫ ވާނެ ކަމާމެދު އެއްވެސް ޝައްކެއްނެތެވެ. އެ ބަގީޗާއަކީ އައިޒަން އަބަދުވެސް އޭނާގެ ބޯ ހަމަޖައްސައިލަން އަންނަ އެއް ތަނެވެ. އައިޒަންގެ ކޮއްކޮއަކީ ގަސް ހެއްދުމަށް ނުހަނު ފޯރި ހުންނަ ކުއްޖެކެވެ. އެ ގަސްތަކަކީ ވެސް މާޔާގެ ބުރަ މަސައްކަތެވެ.

”ދަރިފުޅާ އެއޮށް ގަޑިޖެހެނީ މިހާރު… ދެން ދޭ އަވަހަށް ތައްޔާރުވާން…” ކޮފީ ބޯން ހުރި އައިޒަން ސިއްސައިގެން ދިޔައީ އޭނާގެ މަންމަ ގޮވާލުމުންނެވެ. އައިޒަން އެތާ ނުހުރެ އަވަސްވެގަނީ އޭނާގެ ޑިއުޓީ ދާން ތައްޔާރުވާށެވެ. ޕޮލިހަކަށް ވުމަކީ އައިޒަން މާ ކުރާ ހިތް ވާ ކަމެއްނޫނެވެ. ނަމަވެސް އޭނާ އެވަޒީފާގައި އެއުޅެނީ އެނާގެ ލޯބިވާ ނިފްޝާއަށް އިންސާފު ހޯދައިދިނުމަށެވެ. ނިފްޝާއަށް އެކަން ކުރި މީހުން ހޯދައި ހައްޔަރު ކުރުމަށެވެ. ނަމަވެސް އަދިވެސް އެ ކުށްވެރިން ހޯދޭ ގޮތެއް ނުވެއެވެ. އެތައް މަސައްކަތެއް ކުރުމުންވެސް މެއެވެ. އެ ވަޒީފާއަށް ދާން ފެށިތާ ހަފްތާއެއް ނުވަނީހެން އައިޒަންގެ ހިތުގައި އެ ވަޒީފާއަށް ޝައުގުވެރިކަން އުފެދުނެވެ. ކޮންމެ ކަމެއްވެސް މިހާރު އެނާ ކުރަނީ ހިތްހަމަޖެހިލައިގެން ހުރެ ކުރާ ހިތުންނެވެ.

”އަނހާ… ދައްތަ މެން ކޮން އިރަކު އައީ…” މަޑު މަޑުން ސައިކަލު ދުއްވަމުން ދިޔަ އައިޒަން އަށް ނިފްޝާގެ މަންމަ  އިނާޝާ ފެނުމުން ހިނިތުންވެލައި ވާހަކަދެއްކިއެވެ. އައިޒަންއަށް ނިފްޝާގެ މަންމަވެސް އެފެނުނީ އެތައް ދުވަހަކަށްފަހުއެވެ. ”އިއްޔެ އައީ… ދެން އަބަދަކު މާލެއަކު ނޫޅެވޭނެ ދޯ… އެހެންވެ އެންމެން ބަދަލުވީ މިކޮޅަށް…” އިނާޝާވެސް ހިނިތުނެވުމެއް ރައްދު ކޮށްލައިފައި އައިޒަންއާ ވާހަކަދެއްކިއެވެ. ވާހަކަ ދެއްކުން ހުއްޓާލައިފައި އައިޒަންއާއި ދިމާއަށް އިނާޝާއަށް ބަަލަން ހުރެވުނީ އައިޒަންއަށް އައިސްފައިވާ ބަދަލުތަކުންނެވެ. ބާމަތިފުޅައި ވެފައި ވާއިރު ތުނި ކޮށް ކޮށާފައިވާ ތުނބުޅިންނާއި ލައިފައި ހުރި ޕޮލިސް ޔުނީފޯމް އިން  އައިޒަންގެ ރީތިކަން ބޮލީވުޑުގެ ތަރިއަކަށް ވުރެ ދެރައެއް ނޫނެވެ. އަންހެންކުދިންގެ ހިތްތައް ކަތިލާނެކަން ގައިމެވެ. ”ޕޮލިހަކަށް ވީތަ… މާޝާﷲ… އައިޒަން ވަރަށް ފުރިހަމަ ތި ޔުނީފޯމް ގައި ހުންނަ އިރުވެސް… ޔަގީން އަންހެން ކުދިން މޮޔަ ވާނެކަން އައިޒަން ފެނިފަ… ހެހެހެ…..” އިނާޝާ އައިޒަން އަށް ތަޢުރީފު ކޮށްފައި ސަމާސާއެއް ކޮށްލިއެވެ. އިނާޝާވެސް މިހާރު ހިތްހަމަ ޖެހިފައި ވާކަން އައިޒަން އަށް ފާހަގަ ކުރެވުނެވެ. ”ހެހެހެ… ދައްތާ ދެން ދަނީ… ނެތް މިގަޑީ ވާހަކަ ދައްކަން ހުރެވޭކަށް….” އައިޒަން އެހެން ބުނެލައިފައި އެތަނުން ދިޔައީ އިނާޝާގާތު ފަހުން ދިމާވާނެ ވާޙަކަ ބުނެފައިއެވެ.

ބުރަ މަސައްކަތުގައި ހުރި އައިޒަން ސިއްސައިގެން ދިޔައީ އޭނާގެ ފޯނު ހަޅޭއްލަވައިގަތް އަޑަށެވެ. ގުޅަނީ މަންމަކަމުން އަވަހަށް ފޯނުނަގައި ހަލޯއޭ ބުނެލިއެވެ. ”ދަރިފުޅާ… މިރޭ އެބަ ޖެހޭ އިނާޝާމެން ގެއަށް ދާން…. މިރޭގެ ކެއުމަށް ދައުވަތު ދީފައި އޮތީ… ދަރިފުޅު ފްރީ ވާނެތަ މިރެއަށް…” އައިޒަންގެ މަންމަ އުސްވާ ބުނެލިއެވެ. ” އާން މަންމާ… އަޅުގަނޑު މިރޭ ފްރީ… އެހެންވީމަ ދެވޭނެ… އެކަމަކު މިއަދު އިނާއްތައާ ދިމާވި އިރުވެސް ނުބުނެ ތިވާހަކައެއް…މަންމާ ދެން ބާއްވަނި…. ވަރަށް ބިޒީ ކޮށް މިއުޅެނި..” އައިޒަން ޖަވާބު ބުނެލިއިރު އޭނާގާތު އިނާއްތަ އެވާހަކަ ނުބުނުމުން ޝަކުވާ ކޮށްލިއެވެ. އަދި އިނާޝާ އޯކޭ އޭ ބުނުމުންއައިޒަން ފޯނު ކަނޑާލައިފައި އޭނާގެ މަސައްކަތަށް ރުޖޫޢަވިއެވެ. ނިފްޝާ ދުނިޔޭގައި ހުރި ނަމައޭ އެވަގުތު އައިޒަންގެ ހިތަށް އެރިއެވެ. އަނެއްކާވެސް އައިޒަން ސިއަސައިގެން ދިޔައީ އޭނާގެ ފޯނު ހަޅޭއްލަވައިގަތުމުންނެވެ. މިފަހަރު ގުޅަނީ ހައިޝަމްއެވެ. އަވަސް ކޮށްލައިފައި ފޯނު ނެގީ ހައިޝަމް އާ ވާހަކަ ދައްކާ ނުލައިތާ ގިނަ ދުވަސްވުމުންނެވެ. ”ޕިސްޕިސްޕިސް….. މިހާރު ޕޮލިހަކަށް ވީމަ އަހަރެމެންނާ އަނގައިންވެސް ބުނެނުލެވެ ދޯ ބިޒީ ކަމުން…. ސާބަސް…. އަދި މީހަކާ އިނީމަ ކިހާވަރެއް ވާނެބާއޭ މަ ހިތައްއަރާ….. އަހަރެމެން ފެންނަ ކަމަށްވެސް ނުހަދާނަން ދޯ؟” ހައިޝަމްއަކީ އަބަދުވެސް މަޖާ މިޒާޖެއްގެ މީހަކަށްވުމުން ކޮންމެފަދަ ވަގުތެއްގައިވެސް ހުންނާނީ ސަކަރާތްޖަހަން ބޭނުންވެފައިއެވެ. ނަމަވެސް ސީރިއަސްވެފައި ހުންނަ ވަގުތެއްގައި ވަރަށް ސީރިއަސްވާނެއެވެ. ”ހެހެހެ… ހައިޝަމް ވެސް މަށަކަށް ނުގުޅާ ވިޔަ މާލެ ދިޔަފަހުން…. މާލެ ފެން ބޮވުނީމަ… ދެން މަވެސް ބިޒީކަމުން ހަމަ ގުޅާނުލެވެނީ… ތިއެއް ނޫނޭ ކީއްކުރަންތަ ތި ގުޅީ މިގަޑީ؟” އައިޒަން ވެސް ރައްދުގައި އެއްޗެކޭ ބުނެލަމުން ހައިޝަމް ގުޅި ސަބަބު އަހައިލިއެވެ. ”ހޫން…. މިހާރުވެސް ފޯނު ނުބޭއްވިގެން ލަސްވީ ދޯ…. ކަމެއް ހުރެއޭ… މީހަކު އަޅެފަހެ އަޖާބެއް ނުވާނެތަ ތި ފިރިހެނަކާ ހެދި… ބަލަ މަވެސް މީ ފިރިހެނެކޭ… ތިޔަހެންނެއް ނޫޅެން… ރައްޓެހިންނާ ވާހަކަދެއްކުމެއް ވެސް ނޯވޭ ދޯ؟ މަ ހިތަށް އަރާ އުސްވާއްތަ ކޮން އެއްޗެއް ބާއޭ ކާން ދިނީ މި ސޮރަށް އެހާ ބޮޑަށް ބަދަލުވާން…” ހައިޝަމް ހަމަ ވާހަކަ ދައްކަމުން ދިޔައީ ސަކަރާތް ޖެހުމުގެ ރާގުގައުއެވެ. ”މަ ހިތަށް އަރާ މިއަދު ތި ސޮރު ކޯއްޗެއް ކާގެން ބާ އޭ ތިއުޅެނި… ދެން މަ ވެސް ބިޒީ ވީމަ އަވަހަށް ފޯނު ބާއްވާށެއްނު ޖެހޭނީ… މިހާރުވެސް މާ ލަސްވަނި… ތި ގުޅީ ކީއްކުރަންކަން ބުނެބަލަ ދެންވެސް އަވަހަށް؟” އައިޒަން ރުންކުރުވެފައި ބުނެލިއެވެ. ”އެ ވާހަކަ ދޯ… އާން މިގުޅީ ކޮފީ އަކަށް ދާން ހިނގާށޭ ބުނަން… އަހަރެން އިއްޔެ ރަށަށް އައީ… މިހާރު ފޫހިވާތީ މިއުޅެނި… އަދި އނގޭތަ އިއްޔަ ނިފްޝާގެ މަންމަމެން ވެސް އައި… ވަރަށް ވާހަކަ ދެއްކި… އަދި އެއުޅޭ ނިފްޝާގެ ކޮއްކޮ މީޝާ ހުއްޓާނުލައި ވާހަކަ ދައްކަމުން ދިޔައީ… އެންމެންވެސް ތިބީ ހިތްހަމަ ޖެހިފަ މިހާރު…. އެއްވެސް ހިތާމައިގެ އަސަރެއް ފެންނާކަށް ނެތް އެއްވެސް މީހެއްގެ މޫނުމަތިން… އާން އަދި ހަނދާންނެތިފައޭ މިހުރީ… އެ މީހުންނާއެކު އާ ނިގާބު އަޅާއިފަ ހުރި ކުއްޖެއްވެސް…. ވަރަށް ސަޅި މަންޖެއަކާއި ވައްތަރީ… އަހަރެން އަހާލިން ނިފްޝާ މަންމަ ކައިރީ އެއީ ކޮން ކުއްޖެއްހޭ… ބުނީ އެއީ ޤުރްޢާން ކިޔަވައިދޭން އައި ކުއްޖެކޭ އެގޭގަ… މާގިނަ ވާހަކަތަކެއް ނުބުނެ… ދެން ބުނެބަލަ… ދެވޭނެތަ މިހާރު މަށާއެކީ..” ހައިޝަމް ފޯރީގައި ފެށި ވާހަކަ ނިންމާލީވެސް ފޯރިއާއިއެކީއެވެ. ”ހޫމް… މަށަށް އިނގޭ އިނާއްތަ މެން އައިކަން….އެކަމު ތި ބުނި ކުއްޖެއް ނޭނގޭ………. މިހާރުތަ ދާން ތި އުޅެނީ ކޮފީއަށް… މަށަކަށް ނުދެވޭނޭ… މިހާރުވެސް މިއުޅެނި ކުރަން ހުރި ކަންތައްތައް މަދުވެގެންނެއް ނޫނޭ…” ހައިޝަމްވެސް އައިޒަންއަށް ނުދެވޭނެކަން އެނގުމުން އެތައް ވާހަކައެއް ދެއްކުމަށްފަހު ފޯނު ބޭއްވިއެވެ. އައިޒަން ހުރީ ހައިރާންވެފައިއެވެ. ހައިޝަމްގެ އެ އަނގަ ގަދަ ކަމުން ކަމަށް ވެސް ވެދާނެއެވެ. ނަމަވެސް އެކަންތައްތައް ސިކުނޑިން ނެރެ އެއްލާލުމަށް ފަހު އައިޒަން އޭނާގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ.

ބާރު ދުވެއްޔެއްގައި ސައިކަލު ދުއްވާފައި ދިޔަ އިހްސާންގެ މޫނުމަތިން ފެންނަމުން ދިޔައީ މަކަރުވެރިކަމެވެ. ހީވާ ގޮތުން މިފަހަރުވެސް އޭނާ އެދަނީ މަކަރުވެރި ރޭވުމަކާއިއެކު އެހެން މީހަކަށް އެކަން އަންގަން ކަން ޔަގީނެވެ. އައިޒަން އަށް އިހްސާން ފެނުމުން އިހްސާން އަށް ގޮވައިލިއެވެ. ”އިހްސާން… ކިހިނެއްތަ؟ ހާދަ ދުވަހެއްވެއްޖޭ ދޯ ދިމާ ނުވާތާ؟ ޖޮބަކަށް ނުދަންތަ؟” އައިޒަން އެއްނޭވާއިން އިހްސާންއާ ސުވާލުތައް ކުރަމުން ދިޔައެވެ. ”ވަރަށް ބަރާބަރު… އާން ދިމާ ނުވާނެއްނު މިހާރު ރަށަކު ނޫން ވިޔަ އުޅެނީ.. ރިސޯޓެއް ހިންގަން މިހާރު ފަށައިފިން… މިއަަހަރު.. އެކަމުގަ މިހާރު އުޅެނި މި…އައިޒަން ކިހިނެއްތަ؟” އައިޒަން ކުރި ސުވާލުތަކަށް ޖަވާބު ދީފައި އިހްސާންވެސް އައިޒަންއާ ސުވާލެއް ކުރިއެވެ. ” އަލްހަމްދުލިއްލާހް… ވަރަށް ރަނގަޅު….” އައިޒަން ފުރަތަމަ ވާހަކަ ދެއްކި ގޮތުންވެސް އިހްސާން ފޫހިވިއެވެ. އިހްސާން އިސްލާމްދީން ދެކެ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. އޭނާއަށް ވަނީ އާޚިރަތުގެ އުފަލަށްވުރެ ދުނިޔެވީ އުފާ މާ މުހިންމުވެފައިއެވެ. އޭނާ ހެއްދެވި ފަރާތް މަތިން ހަނދާން ނައްތާލައިފައިއެވެ. އެންމެފަހުން ނަމާދެއް ކުރި ދުވަހެއްވެސް އިހްސާން އަކަށް ހަނދާނެއް ނުވާނެއެވެ. އެނާގެ ސިކުނޑި ވަނީ ޝާއިޡާނާގެ ނުބައި ވަސްވާސްތަކުން ފުރައިލައިފައެވެ. މިހާރުވެސް އޭނާ ފަށައިގެން އެއުޅޭ ވިޔަފާއިއަކީ މާތްﷲ ހާރާމް ކުރައްވާފައިވާ ތަކެތި ވިއްކާ އަދި ނުބައި އަމަލުތައް ހިންގާ ވިޔަފާރިއެކެވެ. އިހްސާންގެ ހިތުގައި ކުޑަކޮށް ނަމަވެސް ބިރުވެރި ކަމެއްނެތެވެ. ”ކޮބާތަ ނިފްޝާ؟ އަހަރެން އަޑުއެހިން އެނާ މަރުވި ވާހަކަ އެއީ ތެދެއްތަ؟” ނުލަފައި ހިނުތުންވުމެއް ވެރިކުރުވަމުން މަކަރުވެރި ކަމާއިއެކު އިހްސާން ބުނެލިއެވެ. އެހެން ފަރާތެއް ބަލަން ހުރި އައިޒަން އަށް އިހްސާންގެ މޫނު ފެނުނު ނަމަ އެކަން ކުރީ އިހްސާންކަން އޭނާއަށް ޔަގީންވާނެއެވެ. ”ހުމް…” އައިޒަންގެ ޖަވާބު ވަރަށްވެސް ކުރެވެ. ”އާން ދެން ދަނީ..” ހަމަޔަކަށް އެޅެމުން އައިޒަން އަވަަހަށް އެތަނުން ދާން ހިނގައިގަނެވެ. އޭނާ އެތަނުގައި އިތުރަށް މަޑު ކޮށްފިނަމަ އިހްސާންއަށް އޭނާގެ މޫނުމަތީގައި ހުރި އަސަރުތައް ފާޅުވާނެއެވެ. އިހްސާންވެސް އައިޒަންދިޔަ ދިމާއަށް ނުލަފާ ބެލުމަކުން ބަލަން ހުރެފައި އޭނާގެ މަންޒިލަށް ދިޔުމަށްޓަކައި ދަތުރު ފެށިއެވެ.

****

އިނާޝާމެން ގެއަށް އައިސް ވަން އައިޒަންގެ ލޮލުގައި ފުރަތަމަ ވެސް އަޅައިގަނީ ދުރުގައި ކަޅުކުލައިގެ ބަޓަފުލައި އަބާޔާއަކާއިއެކު މޫނު ނިވާކޮށްފައި ހުރި އަންހެން ކުއްޖެކެވެ. ކަޅު ކުލައިގެ އަންގިއަކުން އަތް ނިވާ ކޮށްފައި ވާއިރު ފައި ވަނީ ކަޅު ކުލައިގެ އިސްޓާކީނަކުން ނިވާކޮށްލައިފައިއެވެ. ހަމައެކަނި ފެންނަން ހުރީ އެކުއްޖާގެ އެ ޖާދޫ ކަން ގަދަ ދެ ލޮލެވެ. އައިޒަން ސިއްސައިގެން ދިޔައީ އޭނާގެ މަންމަ ގޮވާލުމުންނެވެ. އަވަހަށް ހިނގާށޭ ކިޔާފައި އެތަނުން އުސްވާ ހިނގައިގަނެވެ. އައިޒަން އަނެއްކާވެސް އެ ކުއްޖާ ހުރި ތަނަށް ބަލައިލިއެވެ. ނަމަވެސް އެ ކުއްޖާ މިފަހަރު ފެންނަން ވެސް ނެތެވެ. ދެން އައިޒަން އަވަސް ވެގަނީ އޭނާގެ މަންމަގެ ފަހަތުން   ދިޔުމަށެވެ. ބާރު ހިނގުމެއްގައި ދިޔައީ އޭނާގެ މަންމަ އާއި އެއްވަރު ކުރުމަށެވެ. އަލަށް އެގެއަށް އައުމުން އޭނާ ވަނީ ކުޑަކޮށް ނުތަނަވަސްވެފައިއެވެ.

(ނުނިމޭ)

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 33( ދިގު ކުރެވިފައި)

Next

ދުޢާ 39

Next
November 24, 2018

ދުޢާ 39

Previews
November 24, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 33( ދިގު ކުރެވިފައި)

5 Comments!

  1. mariyanbu says:
    November 25, 2018 at 9:23 am

    assalaam alaikum…
    here is the 9th part of the story… please point out the mistakes for me so i can improve my writing.. hope u all will like this part too… next part tomorrow… insha allah… 🙂 🙂

  2. Snow says:
    November 25, 2018 at 9:42 am

    story is v beautiful <3 jazakillah khairan
    den dhivehi bahuge kuhthaa faahanga kureveey ehen. misalaka " madu ekolly hyvagothun nama gey dhorumathee gai eve. " aslu onnanee "gaeve." mihen dhw
    "emyhunnai eku niqaab alhaigen huri kujje ves ai." mi gotha dhw aslu onnany
    den typing mistakes ves ulhey. but anehen vaahaka reethi 🙂

  3. mariyanbu says:
    November 25, 2018 at 9:47 am

    awwn snow……thanks vr bodah mistakes faahaga kohla dhinyma… nd vr ufaa vehjje snow ah mi story reethi v ma… have a nice day:)

  4. Kudoo says:
    November 25, 2018 at 10:25 am

    When is next part

  5. mariyanbu says:
    November 25, 2018 at 10:56 am

    next part tomorrow… insha allah.. 🙂

Comments are closed.

Next Episodeކުރެހުން އެޅުނޭ ހިތުގެ އަޑީގައި 10←


All Right Reserved!